Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 38

Ihthu
October 4, 2015
4 Mins Read
18 Comments

” ދަރިފުޅު މިވަގުތު ޖެހޭނެ ވަރަށް ހިތްވަރުކުރަން… ދަރިފުޅުގެ ބަނޑުގައި ތިއޮތީ ފާޒިންގެ ހަމައެކަނި ނިޝާން…! ފާޒިން ނެތަސް އަނެއްކާވެސް އަހަރުމެންނަށް ލިބެންތިއުޅެނީ ހަމަ ކުޑަކުޑަ ފާޒިންއެއް…! ދެން އެކަމާ ހިތާމަކޮއް ރޮއި ހެދުމުން ދަރިފުޅުގެ ބަނޑުގައި ތިއޮތް ދަރިފުޅަށް އިތުރު ގެއްލުމެއްނޫނީ ނުވާނެ…! ބައްޕަކައިރީގައި ވައުދުވޭ މީގެ ފަހުން ދަރިފުޅުގެ ބަނޑުގައި ތިއޮތް ކުޑަކުޑަ ދަރިފުޅަށް ގެއްލުންވާ ކަހަލަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް…! ” އާމިރު ވާހަކަ ދައްކަމުން މައިޝާގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލައިދިނެވެ. މައިޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ބޯޖަހާލިއެވެ. މާގިނަ އިރުތަކެއް ނުވަނީސް މުނީރާމެންވެސް މައިޝާ ބާއްވާފައި އޮތް ރޫމަށް އައިސް ވަނެވެ. އެހަބަރު ލިބުމުން އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. ނަމަވެސް ފާޒިންގެ ހަނދާނުގައި މައިޝާގެ ހިތް މުޅިއުމުރަށް ރޯނެއެވެ. އެހަދާންތައް ދުވަހަކުވެސް ހިތަކުން ނުފިލާނެވެ.

ތިންއަހަރު ފަސް…..

” ދަރިފުޅާ ފިޒާން…! އާދޭ މަންމަ ކައިރިއަށް…! ” ފައިހާގެ އަތުގައި އިން ފިޒާންއަށް މައިޝާ ވަރަށް ލޯބިން ގޮވާލިއެވެ. އަދި ތައްޔާރުކޮއްގެން ގެނައި ބަކުންތަށި ފިޒާންއަށް ކާންދޭން ފެށިއެވެ. އެކުޑަކުޑަ ފިޒާންގެ ކޮންމެ ބަލާލުމަކުން މައިޝާގެ ހިތުގައި ފާޒިންގެ ހަދާންތައް އާވެގެން ދެއެވެ. ފާޒިންއާއި ވައްތަރުވެފައި ފިޒާންއަށްވެސް ލިބިފައިވަނީ ފާޒިންގެ ހުންނަ ކަހަލަ މަޑުއަޅިކުލައިގެ ދެލޮލެވެ. ހީލާއިރު ފާޒިންގެ ދެކޮލަށް އެޅޭ އަޑިކޮޅުގޮތަށް ފިޒާންގެވެސް ހަމަ އެއަޑިކޮޅު އެޅެއެވެ.

” ކާފަގެ ދަރިފުޅު މާ މީރުކޮއް ކޯޗެއް ތިކަނީ…؟ ” ގެއަށް ވަތް އާމިރުއަށް ސިޓިންގްރޫމްގައި އިން ފިޒާން ފެނުމުން ދަބަސް ބަހައްޓާފައި އައިސް ފިޒާން ނަގާއުރާލިއެވެ.

” ބައްޕަ ގައިގައި ބަކުން އުނގުޅިދާނެ..! ” ކޮށީގައި އިން ފިޒާން ނަގާ އުރާލުމުން މައިޝާ ބުނެލިއެވެ.

” ކާފަ ގައިގައި އުނގުޅުނަސް ރަނގަޅުވާނެ ދޯ ދަރިފުޅާ…! ” އާމިރު ފިޒާންގެ މޫނުގައި ލޯބިކޮއްލިއެވެ. މައިޝާ ފިޒާންގެ އަނގަޔަށް ލިބަކުންކޮޅު ވަރާލީ އާމިރުގެ ގަމީހަށެވެ. އެމަންޒަރު ފެނުމުން ފައިހާކައިރިއަށްވެސް ވަރަށް ހިނިއައެވެ. އާމިރު ސަކަރާތް ޖަހަންފެށުމުން ފިޒާން އިތުރަށް ކާކަށް ނޫޅުނެވެ. އެހެންވެ މައިޝާވެސް ފިޒާންއަށް ކާންދޭންގެނައި ތަށިތައް ދޮވެލާފައި ފެންވަރަން ދިޔައީ ހަވީރު މުނީރާމެން ކައިރިއަށް ދިއުމަށެވެ. މިސްރާ އިމާދުއާއި ކައިވެނިކޮއްގެން އިމާދުމެންގެއަށް ބަދަލްވިއިރު މުނީރާއާއި މިޝާވެސް އެގެއަށް ބަދަލްވީ މިސްރާގެ އެދުމުގެ މަތިންނެވެ.

މައިޝާ ފެންވަރައިލައިގެން ނިކުތްއިރުވެސް އާމިރުއާއި ވަދީފާ ފިޒާންއާއި ސަކަރާތް ޖަހަން ސިޓިންގްރޫމްގައި އިނެވެ.

” ދަރިފުޅޫ ހިނގާ ފެންވަރަން…! މާމަ ގެއަށް ދާނަންތަ…؟ ” މައިޝާ އައިސް އާމިރުމެން ކައިރީގައި މަޑުކޮއްލަމުން ބުނެލިއެވެ. ފިޒާން އުރާލައިގެން ސިޑިން އަރަން ދިޔަ މައިޝާއަށް ބަލަހައްޓައިގެން އާމިރުއާއި ވަދީފާ ތިއްބެވެ. އެދެމީހުންގެ ނަޒަރުވެސް ހުއްޓިފައި ވަނީ ކުޑަކުޑަ ފިޒާންއަށެވެ. ފާޒިން ކުޑައިރުގެ ހަދާންތަކުން އެދެމަފިރިންގެ ހިތް ރޮއްވާލިއެވެ.

” އަދިވެސް ތިއްތިބޭދައްތަ ނުނިކުންނަނީތަ…؟ ” ރީތިވެލައިގެން ނިކުތް ފައިހާ އައިސް އާމިރުމެންކައިރީގައި މަޑުކޮއްލިއެވެ.

” ފިޒާން ފެންވަރުވާލަންގޮސްވީ…! ދޭބަލަ ބަލާލަން…! ” އާމިރު ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ވަދީފާވެސް އާމިރުގެ ފަހަތުން ހިނގައިގަތެވެ. ފައިހާގޮސް މައިޝާމެންގެ ކޮޓަރިއަށް ވަތްއިރު މައިޝާ ފިޒާން ރީތިކުރަން އެނދުމަތީގައި އިނެވެ.

” ހާދަ ލޯބިއޭ ދޯ ދޮންތިގެ ކޮކީ…! ” ފައިހާ އައިސް ފިޒާންގެ ކޮލުގައި ހިފާލުމުން ފިޒާން މޫނަށް ވައްތަރެއް ޖައްސާލުމުން މައިޝާއާއި ފައިހާއަށް ހެވުނެވެ.

” އިނގޭތަ…؟ މަންމަ ބުނީ ތިއްތި އަބަދު ހުންނާނީ ކޮންމެވެސް ވައްތަރެއް ޖައްސާލަ ޖައްސާލައޭ…! މަންމަ ކިޔާނެ ތިއްތިއާ ދިމާލަށް ތީ އަބޫޖަހުލު ކުރާކަމެކޭވެސް…! އެކަމަކު މަންމަ އެހެންބުންޏަސް ތިއްތި މަންމައާއި ދިމާލަށްވެސް ކޮންމެވެސް ވައްތަރެއް ޖައްސާލާނީއޭ މަންމަ ބުނި…! ” ފިޒާން ޖައްސާލި ވައްތަރުގެ ސަބަބުން ފައިހާ ފާޒިންގެ މަތިން ހަދާންވެގެން ކިޔައިދިނެވެ. އެވަގުތު މައިޝާގެ މޫނުމަތީގައި ހުރި އުފާވެރިކަން ގެއްލިގެންދިޔައެވެ. ލޮލަށް ޖަމާވި ކަރުނަތައް ގަދަކަމުން ކަހަލަ ގޮތަކަށް ހިންދާލުމަށްފަހު ތެދުވެ އޭގެ ފުރިހަމަ މިނިވަންކަމަށް ދޫކޮއްލެވިފައިވާ އެދިގު ފަން އިސްތަށިގަނޑުގައި ދަތްޗެއް ޖަހާލުމަށްފަހު ކޮޓަރިން ނިކުންނާން ހިނގައިގަތެވެ. އޭރު ފައިހާ ފިޒާން ގޮވައިގެން ކޮޓަރިން ނިކުންނަނީއެވެ.

” ދޮންބެގެ ދޫނި ހާދަ ތިއްތިކޮއްލާފަ ކޮންތަނަކަށް ދާންވެގެން…! ” ފައިހާ އުރާލައިގެން އިން ފިޒާން ފެނުމުން ސިޓިންގްރޫމްގައި އިން ފަޒީލް ތެދުވެގެން އައިސް ފިޒާން އުރާލިއެވެ.

” ކޮކީގެ މާމަގެއަށް ދާންވެގެން ދޯ…! ” ފައިހާ އަނެއްކާވެސް ފިޒާންގެ ކޮލުގައި ހިފާލުމުން ފައިހާއާއި ދިމާލަށް ފިޒާން އަނެއްކާވެސް ވައްތަރެއް ޖައްސާލިއެވެ. ފަޒީލްވެސް ދިޔައީ ހިނިގަނޑު ފަޅައިގެންނެވެ. ފައިހާ ދެވަނަ ފަހަރަށް ފިޒާންގެ ކޮލުގައި ހިފާލުމުންވެސް ފިޒާން ވައްތަރެއް ޖައްސާލިއެވެ.

” ބައްޕާ..! ފިޒާން މިހާރު ވައްތަރު ޖައްސަން ފަށައިފި…! ކޮއްކޮވެސް ކުޑައިރު އުޅުނެއްނު ވައްތަރު ޖައްސަ ޖައްސާފަ…! ” ފަޒީލް ފިޒާންގޮވައިގެންގޮސް ގޮނޑިސެޓުގައި އިށީނެވެ. އާމިރު އައުމުން ފިޒާން ހީހީފައި އެންމެނާ ސަކަރާތްޖަހަމުން ދިޔަމަންޒަރު ބަލަން ސިޑިކައިރީގައި ހެވިފައި މައިޝާ ހުއްޓެވެ.

” ދަރިފުޅާ ދެންދޭ ފިޒާން ގޮވައިގެންދާން…! އިރުއޮއްސުމުގެ ކުރިން ގެއަށްވެސް އަންނަން ޖެހޭނޭނު…! ” ވަދީފާ އައިސް މައިޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މައިޝާމެން ހިނގާފައި ދިޔައިރު ގިނަ ފިރިހެނުންގެ ލޯއަމާޒުވެފައިވަނީ ފައިހާއަށެވެ.  ނަމަވެސް އެކަމަށް ސަމާލުކަމެއްނުދީ ފައިހާ ދިޔައީ ފިޒާންއަށް ސަކަރާތްޖަހަމުންނެވެ.

” މާމަގެ ދޫނި ހާދަ ތިއްތިއޭ…! އާދޭ މާމަ އުރާލާނަން…! ” މައިޝާގެ އަތުގައި ހިފައިގެން ހުރި ފިޒާންއާއި ދިމާލަށް އަންނަމުން މުނީރާ ބުނެލިއެވެ. ދެފަރާތަށް ބޯހޫރާލަމުން ފިޒާންވަނީ މައިޝާގެ ފުރަގަހަށެވެ.

” މާމަގެ ދޫނި ހާދަ ބާރުވެސް ގަދައޭ ދޯ މިހާރު…! ” ފިޒާން އުރަން އުޅެ އުޅެ އެކަން ކާމިޔާބު ނުވުމުން މުނީރާ ބުނެލިއެވެ. މުނީރާ އެހެން ބުނުމުން ފިޒާން މުނީރާއާއި ދިމާލަށް ވައްތަރެއް ޖައްސާލިއެވެ.

” ދަރިފުޅޫ ތީ ހަޑިކަމެއް… ދެން އެހެން ނުހަދައްޗޭ…! ” ފިޒާން ގެނެސް ކައިރީގައި ބަހައްޓަމުން މައިޝާ ބުނެލިއެވެ. އަދި ފިޒާން އުރާލައިގެން ގޮސް ގޮނޑިސެޓުގައި އިށީންދެލިއެވެ. މުނީރާގޮސް ފިޒާންނަގާ އުނގުގައި ބައިންދައިގެން އިނދެ މައިޝާމެންނާ ތަފާތު ވާހަކަތައް ދައްކަމުންދިޔައެވެ. އެގަޑީގައި މިޝާ މިސްރާމެންނާއެކު ބޭރަށްގޮސް ވުމުން އެމީހުންއަންނަން ދެން މަޑުކޮއްގެންތިބެފައި ގެއަށްދިޔައީ އެރޭ އަށެއް ޖަހަން އުޅެނިކޮށެވެ. އަވަހަށް ފިޒާންގެ ގައިދޮއްވާލާފައި ނިންދެވީ މުނީރާމެންގެއިން ކައިގެން އައުމުންނެވެ.

ނިދަންއުޅެ އުޅެ އެއްގޮތަކަށްވެސް މައިޝާގެ ލޮލަކަށް ނދި އަންނަގޮތެއްނުވިއެވެ. ލޯމަރާލާއިރަށް ފެންނަނީ ފާޒިންއެވެ. ދެފަރާތަށް ފޮރޮޅިލާ ފޮރޮޅިލާ އޮއްވާ މައިޝާއަށް ނިދުނީ ވަރަށް ލަސްވިފަހުންނެވެ. ލަހުން ނިދުމުގެ ސަބަބުން މައިޝާއަށް ހޭލެވުނީ އަށެއްޖަހަން އުޅެނިކޮއް ވަދީފާ އައިސް ގޮވުމުންނެވެ. މައިޝާ ތެދުވިއިރުވެސް ފިޒާން ގަދަނިދީގައި ނިދާލާފައި އޮތެވެ.

މައިޝާގޮސް ސައިހަދަން ހުއްޓާ ފައިހާއައިސް ބަދިގެއަށްވަނެވެ. އޭރު ސިފާއާއި ފަޒީލްވެސް ތިއްބެވެ.

” ކޮބާ ކޮކީ…؟ ރޭގަ ހުވަފެނުން ފެނުނީ ތިއްތި އައިސްގެން އުޅެނިކޮއް…! ” ފައިހާ ރޭގަ އޭނައަށްފެނުނު ހުވަފެން ކިޔާދިނެވެ. މައިޝާއަށް ފައިހާއާއި ދިމާލަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. މައިޝާއަށްވެސް ފެނުނީ ފައިހާއަށް ފެނުނު ހުވަފެނާ ވަރަށް އެއްގޮތް ހުވަފެނެކެވެ.

” އަދިވެސް ނުހޭލާ… ދޭބަލަ ބަލާލަން…! ” ފައިހާ ދެވަނަ ފަހަށް އެސުވާލު ތަކުރާރު ކުރުމުން އަވަސް އަވަހަށް މައިޝާ ބުނެލިއެވެ. ފައިހާ އިތުރު އެއްޗެއް ނުބުނެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. މައިޝާ ރޮށިފިހަން ހުރިނަމަވެސް މައިޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ފައިހާ ދެއްކިވާހަކަތަކެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސަން އައިއިރު ރާއްޖޭގެ މަލަމަތި ފެންނަނީ ވަރަށްވެސް ފުރިހަމަ ކޮށެވެ. ފެންނަމުން ދިޔަ ގުދުރަތި ރީތި މަންޒަރަށް ނަޒަރު ހުއްޓާލައިގެން އިންއިރު ޖެހިގެން އިން ގޮޑީގައި ނިދާފައި ޒެދީންއިނެވެ. ޒެދީންއާއި ދިމާވި ފަހުން މިވީ ދެއަހަރު ތެރޭގައިވެސް އެމޫނުމަތިން މަދުން ނޫނީ ހިނިތުންވުމެއް ސެލީނާއެއް ނުދެކެއެވެ. މުޅިންވެސް ފެންނަނީ މަސްނުއީ ހިނިތުންވުމެއްކަން ސެލީނާ ދަނެއެވެ. އެއާރޕޯޓުގައި ޖެއްސުމުން ޒޮބީދު އާއި މަލީސާ ބޯޓުން ފޭބުމަށްޓަކައި ތެދުވިއެވެ. އޭރުވެސް ޒެދީން ނިދާފައި އިނެވެ.

” ހޭލަބަލަ… ފައިބަންވެއްޖޭ މިހާރު…! ” ޒެދީން ކައިރީގައި އިން ސެލީނާ ޒެދީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ލޯ ރަނގަޅަށް އުގުޅާލުމަށްފަހު ސެލީނާއަށް ހިނިތުންވެލަމުން ޒޮބީދުމެންގެ ފަހަތުން ޒެދީންވެސް ހިނގައިގަތެވެ. ސެލީނާއަކީ ޒޮބީދުގެ ވަރަށް ގާތް އެކުވެރިއެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. ސެލީނާގެ އެދުމުގެ މަތިން ރާއްޖެ އައުމަށް ޒޮބީދު ނިންމީވެސް ސެލީނާ އަންނަން ބޭނުންވެފައި ހުރި ވަރުންނެވެ. މީގެ ދެއަހަރު ކުރިން ސެލީނާގެ ބައްޕަ ނިޔާވުމުން ސެލީނާ އުޅެނީ ޒޮބީދު ކައިރީގައެވެ. ސެލީނާއާއި ޒެދީން ފުރަތަމަ ދިމާވީވެސް ޒޮބީދުމެން ގެއިންނެވެ.

ފުލޭޓުގެ ދޮރުން ބޭރު ބަލާލުމާއެކު ޒެދީންގެ ދެލޯބޮޑުވެގެން ދިޔައެވެ.

35
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ihthu

Other Articles

Previous

ހިޖުރަ (ބައްތިރީސްވަނަ ބައި)

Next

ޝައިން (ޕާޓް-16)

Next
October 4, 2015

ޝައިން (ޕާޓް-16)

Previews
October 3, 2015

ހިޖުރަ (ބައްތިރީސްވަނަ ބައި)

18 Comments

  1. saamy says:
    October 4, 2015 at 9:46 am

    me hykury mivaahaka nimuny kamah. v reethi 🙂

  2. nanni says:
    October 4, 2015 at 9:54 am

    ma ves ur the best ihthu

  3. dark princess says:
    October 4, 2015 at 10:16 am

    Maves hykury nimuny kamah.. haadha ehen kahala nan thakeh beynun kohfa.. mashakah nenge vaanuvaehves… new caracters thakeh introduce kurytha..

  4. Paachaa says:
    October 4, 2015 at 10:34 am

    Those names in last para made me to read it again bcx names were so confusing LOL
    I thought story ended with last update, anyways happy to c a twist in this
    carry on

  5. nanni says:
    October 4, 2015 at 10:38 am

    I think tht is faazin… n his new family or friends tht is… zedheen akee faazin… avahah up kurahchey…

  6. maani says:
    October 4, 2015 at 10:58 am

    Waahaka vara reethi…….

  7. Princess Noddy says:
    October 4, 2015 at 11:06 am

    Nunimey tha adhi.. nice mi part vess

  8. ammuty says:
    October 4, 2015 at 11:16 am

    Zedheen is Faazin dho?

  9. sithu says:
    October 4, 2015 at 11:46 am

    mashah vex heevanee zedheen ee faaxin hen…. handhan nethifa dw

  10. maash says:
    October 4, 2015 at 11:54 am

    Nice! Avahah up kohdhehchey

  11. nazi says:
    October 4, 2015 at 12:02 pm

    vara reethi ihthu is tha best waiting 4next part♥

  12. Pearl says:
    October 4, 2015 at 1:40 pm

    Nunimenyaa thiryga ekan faahaga kohladhybala liyuntheriyaa… 37part kiyaafa vaahaka nimuny kamah hykurevuny….. v v reethi mi part

  13. ninth says:
    October 4, 2015 at 2:39 pm

    maruvegen ulhey myhadhw eaeee…. kada ekm…

  14. zai says:
    October 4, 2015 at 2:58 pm

    Kada eh nun..eyna adhi maruwi kameh yagiineh nuwe ehnu..btw story is owsome..waitting for next part..avahah up kohdhehchey☺

  15. foohi says:
    October 4, 2015 at 3:07 pm

    Mi part ga tharukaary kolheh nukoshaathy kada :p

  16. ammuty says:
    October 4, 2015 at 3:56 pm

    It seems like the author is really bsy..cant even reply to a comment. But it’s good that he takes all the comments positively and continues with the story?

  17. Naax says:
    October 4, 2015 at 7:04 pm

    V reethi.heevanee zedheen akee faazinhen …..ehen dhw dhn vaane

  18. Nafys says:
    December 4, 2016 at 10:17 pm

    Mivaahakaige photo akah meenee kaakuge photo eh tha

Comments are closed.

All Right Reserved!