މި ވާހަކަ އަޕްލޯޑް ނުކުރެވި ގިނަ ދުވަސްވާތީ ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާުޔަތަށް މަޢާފަށް އެދެން. ލަސްވަމުން މިދަނީ މިވާހަކަ ލިޔެފައިވާ، ތާޔާގެ ޕެންޑްރައިވް ގެއްލިގެން. ޕެންޑްރައިވް ނުފެނި ގިނަދުވަސްވަމުން ދާތީ މިވާހަކަ އަލުން ލިޔުމުގެ މަސައްކަތް ކުރަމުންދާވާހަކަ ހުރިޙާ ކުދިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން. އަދި ވާހަކަ އަލުން ލިޔެ ނިމުނުހާ އަވަހަކަށް ނުވަތަ ޕެންޑްރައިވް ލިބުނުހާ އަވަހަކަށް ވާހަކަ ޕަބްލިޝްކުރަމުން ގެންދާނެވާހަކަ ދަންނަވަން. ތިޔަ އެންމެހާ ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރުވެރިވަން.
ސީލިންގުގައި ހަރުކޮށްފައިހުރި ހިތްގައިމު ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތީ ފުންވިސްނުމެއްގައެވެ. އުޅެބޮޑުވި ރަށާއި, މަޔަކާއި ނުލައި ބަލާބޮޑުކުރި ލޯބިވާބައްޕަ ދޫކޮށްލުމަށްފަހު އޭނާ މާލެ އައީ ބައްޕަގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދިނުމަށްޓަކައި ޓީޗިންގ ކޯސް ހެދުމަށެވެ. އަރޫނީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު މިގެއަށް އައިއިރު ދިމާވި ކަންތައްތަކެވެ. “މިއީ ޖައިޝް ދެން މިހިރީ ޖީނާ. ބޭބެގެ ފުރާނަ އަކީވެސް މިދެކުދިން” މަންސޫރުބޭބޭ ކިތަންމެ ހެވިލާފައި ތައާރަފް ކޮށްދިނަސް އެކުދިންގެ މޫނުމަތިން ފެނުނީ ފޫހި ކަމެވެ. […]
” ކަލޭ ކިޔާ އެއްޗެއް މަށާ ދިމާއަށް ކިޔާ! އޭނަޔާ ނުބެހޭތި،” ސަކީނާގެ ނޭފަތާއި ނޭފަތް ޖެހޭ ހިސާބަށް ކައިރިވެފައި އަހަރެން ބުނީމެވެ. މާޝާ އާއި މާމަ އައިސް އަހަރެން ދުރަށް ގެންދިޔައެވެ. ރުޅީގަދަވެގެން އަހަރެންގެ އަތްފައި ތުރު ތުރު އަޅައެވެ. ހަތެއްޖެހި އިރު އަހަރެން ހުރީ މާޝާގެ ބައްޕަ އާއި ބައްދަލު ކުރުމަށް ދާން ތައްޔާރުވެގެން ގޭގެ ދޮރުމަތީގައި މާޝާގެ އިންތިޒާރުގައެވެ. އަހަރެން އެތާހުންނަތާ އިރުކޮޅެއްފަހުން މާޝާ ނުކުމެގެން އައެވެ. “މިއޮއް ހަނދުވަރު ކުރަފި އަރަނީދޯ….” […]
ލޯހުޅުވާލުމާއި އެކު މާޝާ އަހަރެންގެ މޫނުގައި ފިރުމާލިއެވެ. އަނގައިން ބަހެއް ނުބުނެ އަހަރެންގެ މޭމަތީ ބޯއަޅާއިގެން ރޯން އޮތް މުސްކުޅިމާމަގެ އަތުގައި ހިފާލީމެވެ. މިއޮވުނީ ހޮސްޕިޓަލުގައިކަން އެނގުނީ އިރުކޮޅެއްފަހުންނެވެ. މާމަ އަހަރެންގެ ގައިގާ އޮޅުލަ އޮޅުލަފާއި ރޮއި އިރު މަޝާވެސް ހުރީ ފެންކަޅި ވެފައެވެ. އެހާ މަތިން ވެއްޓުމުންވެސް ބޯފަޅައިގެން ދިޔުން ފިޔަވައި މަބޮޑު ގެއްލުމެއް ނުލިބުނު ކަން އެއީ އަހަރެންގެ ނަސީބެވެ. ނަމަވެސް ކަނަތުފައިގެ ކަށިގަނޑުގައި ރެނދުލިއެވެ.އަހަރެން އެންމެ އުފާވީ އެތުއްތު ފުރާނައަށް އެއްވެސް އަނިޔާއެއްނުވެ […]
“ހަމަ މިހާރު ދޫކޮށްލާ!” އިވުނު އަޑާއި އެކު ސިހިގެން ގޮސް އަތުގައި އޮތް ސިނގިރޭޓުބުރި ވެއެްޓުނެވެ. އަޑު އައި ދިމާ ބަލާލިއިރު އަލިފާނުގެ ނަޒަރަކުން ބަލަހައްޓައިގެން ފުރާވަރު އުމުރުގެ އަންހެންކުއްޖަކު ހުއްޓެވެ. އޭނާގެ ނަޒަރު ސީދާވެފައި ހުރި ދިމާ އަށް ބަލާލެވުނު އިރު ދާދި ދެންމެއަކު އެހެންލާފައި ދިޔަ ދެކުދިންގެ ތެރެއިން އެއްކުއްޖެއްގެ އަތުގައި ހިފައިގެން އިސްކޮޅުން ދިގު ސާދާ ފިރިހެނެއް ހުއްޓެވެ. އަހަންނާއެކު ބައިހަދާފައި ތާސް ކުޅޭން ތިބި އެންމެންނާ، އަންހެންކުޖާ ނިކުތް ފިހާރައިން ނިކުންނަމުން […]