ޝައިން ހުއްޓާނުލައި ހަޅެއްލަވަމުން ކޮޓަރިއަށް ވަދެ ދޮރުލައްޕަން ކުރި މަސައްކަތް ވީ ބޭކާރެވެ.. އެ އެތީގެ ބާރު އެއަށްވުރެ މާގަދައެވެ.. ޝައިން ތެޅެމުން ފޮޅެމުންގޮސް އެންމެ ފަހުން ގޮދަޑި މައްޗަށް ވެއްޓުނެވެ.. އިތުރަށް ތެދުވާނެހާ ހިތްވަރު ނެތުމުން ދެލޯ މަރައި ތަގުޅި ކޮއްލާގެން އޮތީއެވެ…
އެ އެތީގެ އެއްއަތުން ޝާއިންގެ އަނގަ މަތީގައި އަތް އެޅިއެވެ.. އޭރުވެސް ޝައިން އޮތީ ދެލޯ މަރައިލައިގެންނެވެ.. އޭތި ދެން ހަދާނެ ގޮތެއް އެނގެނީއެއް ނޫނެވެ. ޝައިންގެ މޭގަނޑު ހީވަނީ ދެންމެ ދެންމެ ނިކުމެދާނެ ހެންނެވެ.. މަޑުން ގިސްލެވެމުން ދާއިރު އެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދެއެވެ.. ޝިބާން އަށް ގޮވާލްން ކިތަންމެ ބޭނުންވިޔަސް އެ ހިތްވަރު ޝައިން އަށް ނުލިބުނެވެ..
މަޑު މަޑުން އެ އެތި ޝައިންގެ މޭމައްޗާ ދިމާލަށް ގުދުވާހެން ޝާއިން އަށް ހީވިއެވެ.. ފުއްމައިގެން ތެދުވަން ބޭނުންވި ނަމަވެސް ބިރުން ގުޑިލަންވެސް ނުކެރުނެވެ.. އެ އެތި ގުދުވެ ޝާއިންގެ މޫނުން ވަސް ގަނެލިއެވެ.. ލިބުނު ސިހުމުން ޝައިން ހިތް ހުއްޓުނުކަހަލައެވެ.. އޭތީގެ މޭމަތީގައިި އަތް އަޅައި ކޮއްޕާލިއެވެ.. ނަމަވެސް ދުރައް ދެވުމުގެ ކުރިން ޝައިން އަތުގެ ުމުލައްދަނޑީގައި ހިފިއެވެ.. ދެން ކުރެވުނީ އެހެން އިހުސާސްއެއްކަމުން ވާނުވާ ރޭކާލީ ދެނެވެ..
ކުޑަކޮއް ބޯގުދުކޮއް އެނދާއި ދިމާލަށް ބަލާލިއެވެ.. އޭރު ކަޅު ދިގު ކުރުތާއެއް ކަހަލަ ދިގު ހެދުމެއް ލައިގެން އިން މީހާ ހަމަ އެ އިން ގޮތަށް އެނދުގައި އިނެވެ.. މަޑު މަޑުން މޫނާ ދިމާލަށް ބަލާލީ އޭއީ ކާކުކަން އަދިވެސް އެއްފަހަރު ޔަގީން ކޮއްލާށެވެ.. ” ޝިބާން ގަނޑު.. އައި ހޭޓް ޔޫ… ދެން ތިހެން ހަދާކަށް ނުވާނެއްނު…. ހާދަ ފޫއްސޭ… ޝައިން ރުޅި..” ލޯ ހަނިކޮއްގެން ޝިބާން އާއި ދިމާލަށް ބަލަން އިދެ ޝާއިން ބުނެލިއެވެ.. އަދި އިން ތަނުން ތެދުވެ ދާން ހިގައިގަތެވެ. ޝިބާން ވެސް ޝައިން ގެ ފަސް ފަހަތުން ހިގައިފައި ދިޔައީ ބާރު ބާރައް ހެމުންނެވެ.. އޭރު ޝައިން ހުރީ ރުޅިއައިސްގެން ހަލާކުވާވަރުވެފައެވެ.
ކާން ތައްޔާރު ކޮއްލުމަށްފަހު ޝައިން އާއި ޝިބާން އެކު އެކީ ކާން ފެށިއެވެ.. “ކޮބާތަ އިޒާން.. ނުވެސް ފެނެ.. ތަނަކަށް ގޮއްސަތަ ވީ؟؟” ތަށިން ޕާސްތާކޮޅެއް ނަގައި އަނގައަށްް ލަމުން ޝައިން ބުނެލިއެވެ.. ” ހޫމް.. އޭނަ ވީ ލަންކާއަށް ގޮސް.. ބޮޑުދާތަ ވަރައް ބަލިވެގެން ކުއްލިއަކަށް ފުރަން ޖެހުނީ.. އޭނަ ހިރީ ވަރަށް އަންނަން ބޭނުންވެފަ.. އެކަމަކު އާދެވެން ނެތީމަ ނައީ.. އޭނަ އެހި ކައިވެނި ކުރީ ކާކާހޯ.. މަ ބުނިން އެއީ ސަޕްރައިޒް އެކޭ..” ޝިބާން ޝައިން މޫނަށް ބަލަން އިނދެ ބުނެލިއެވެ.
ކައި ނިމިގެނަ ތަށިތައް ނަގައިފައި ޝައިން ދިޔައިރު ޝިބާން ފެންނަންނެތުމުން ފަހަނައިގައި ވީ ކަމަށް ޝައިން މަޑުމަޑުން އޮށޮއްވެލީ ވަރުބަލިވެސް ވެފައިހުރިވަރުންނެވެ.. ނިންޖައް ގެބެމުން ދިޔަ ޝައިން ސިހިފައި ދެލޯ ހުޅުވައިލެވުނީ މީހެއްގެ ފިރުމުން އިހްސާސް ވެގެންނެވެ.. ރަކި ގޮތަކަށް ހީލައިގެން ޝާއިން މޫނައް ބަލަން އޮތް ޝިބާން ފެނި ޝައިންގެ ހިތް ތެޅމުން ދިޔައީ ބުނަން ނޭނގޭހާ ބާރުމިނުގައެވެ.. ހީވަނީ ދެންމެ ދެންމެ މޭ ފަޅާއި ނިކުމެދާނެ ހެންނެވެ.
ޝިބާން މަޑުމަޑުން ޝައިންގެ މޫނާ ކައިރި ވަމުން ދިޔަ ވަރަކަށް ޝައިން ނޭވާލުން އަވަސްވެ ދެލޯ މަރާލިއެވެ. ޝިބާން ގުދުވެ ޝައިންގެ ތުންފަތުގައި ބޮސްދިނެވެ. ދެން ވެރިވެގެން ދިޔަ ހަމަހިމޭން ވަގުތުކޮޅަށްފަހު ދެމީހުންނަށް ވެސް ކައިވެނީގެ ފޮނި މީރުކަން ލިބިގެން ދިޔައެވެ..
ފަތިޗްނަމާދުގެ ބަންގީގެ އަޑަށް ޝައިން ތެދުވިއެވެ.. އޭރުވެސް ޝިބާން އޮތީ ފުން ނިދީގައެވެ.. ޝައިން ތެދުވެގެން ގޮސް ފެންވަރައިލައިގެން ނިކުމެ ނަމާދުކުރިއެވެ. ލިބުނު އުފާވެރި ކަމަށްޓަކައި އެތަކެއް ފަހަރު ހަމްދު ކުރިއެވެ. އަދި އެ އުފާވެރިކަމް އަބަދައް ލަހައްޓަވާތޯ ދުވަވެސް ކުރިއެވެ.. ނަމާދު ކޮއްލައިގެން ތެދުވެ ޝިބަން އަށް ގޮވާލިއެވެ. ފުން ނިދީގައި އޮތް ޝިބާން ޝައިން ގޮވާލުމާއި އެކު ތެދުވެ މޯޅީއަކަށްދެމިލިއެވެ..
ޝާއިން އަވަސްވެގަތީ ހެދުނުގެ ނާސްތާ ތައްޔާރު ކުރުމަށެވެ.. ” ދޫނީ އަވަސްކޮއްލާފަ ގޮސް ޕެކިން ކޮއްލަބަ.. ” ފުއްމޮޑެން ހުރި ޝައިންގެ ފުރަގަހުން ބައްދާލަމުން ޝިބާން ބުނެލިއެވެ.. ޝާއިން ހައިރާންވެ ހުރެ ބަލާލީ ކީއްކުރަންހޭ ކިޔާ ސުވާލު ކުރާފަދަ ގޮތަކަށްށެވެ.. ޝިބާން އެއީ ޗަޕްރައިޒްއެކޭ ބުނެފައި ޖޮގިންއަށް ނިކުމެގެން ދިޔައެވެ..
“އައްސަލާމް އަލައިކުމް” ޝައިން ސަލާމްގެ ޖަވާބްދެމުން އެބުރިލި އިރު ފަހަތުގައި ހުރި އިޒާން ފެނި އުފަލުން ހިނިތުންވެލެވުނެވެ. އަވަސް އަވަހަށް އަތް ދޮވެލައިގެން އިޒާން މަންމަ ގެނެސް ސޯފާގައި ބޭންދުމަށްފަހު ސައި ހަދަން ދިޔައެވެ.. ފަނަރަ ވަރަކަށް މިނިޓް ތެރޭގައި ސައި ތައްޔާރު ކޮއްފައި އައިސް އިޒާން މެންނަށް ސައިބޯންދަާން ބުނެލިއެވެ. އޭރު ޝިބާންވެސް އައިސް ގެއަށް ވަންނަނީއެވެ..
ގޭތެރޭގައި ހުރި އިޒާންފެނި ޝިބާން އުފަލުންގޮސް ބައްދާލީ ހިއްލާފައިހުރި ދަލާއެއްކޮށެވެ.. އިޒާ ޗީޑިއޭ ކިޔައި ހަޅެއްލަވައިގަތެވެ. އެއާއި އެކު ޝިބާންގެ ލާނެއް ހުނުމުގެ އަޑުން މުޅި މާހައުލު ގުގުމައިގެން ދިޔައެވެ.. “އެވާހަކައެއް ނޫނޭ.. ކޮބާތަ ފަހަރީ؟ މަންމަވެސް އަންނަހިިތުން ކެތްމަދުވެފަ ހުރީމަ މިހާ އަވަހަށް މި އައީވެސް.. ޝައިން މިގޭގަ ކީއް ކުރަނީ.. މިގޭ ނޯކްރީކަން ކުރަނީތަ؟'” އިޒާން ޝިބާންގެ ކޮޑަށް އަތް ވައްޓަލްމުން އަހާލިއެވެ.. “ބަލަ ޝައިންއަކީއޭ އިޒާން ފަހަރި އަކީ.. ދެން ދުވަހަކުވެސް ނުބުނާތި ނޯކަރެކޭ..” ޝިބާން އިޒާން ކަންފަތުގައި ހިފާލަމުން ބުނެލިއެވެ…
“ދެެކުދިން ކީއްކުރަނީ..ސައިބޯން އަންނާކަށް ނުވޭތަ” ސިޑިން ފައިބައިގެން އައި ފަރީދު ޝިބާންމެނާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.. ޝިބާން އަރަށް އަވަހަށް އެބަ އަންނަމޭ ބުނެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ..
“އިޒާން.. ބޮދުބޭބެއަށް ހުރިހާ އެއްޗެއް އެނގޭ.. އެކަމަކު މިހާރު އެންމެ ރަގަޅު ގޮތަކީ ތި ހިޔާލު ބަދަލު ކުރުން.. ނޫނީ ޝިބާން އަށް ހުރިހާ އެއްޗެއް ކިޔަދެން ޖެހިދާނެ.. ” ފަރީދު އިޒާންގެ ކަންފަތް ދޮށު ސިއްރުން ބުނެލި ޖުމްލައިން އިޒާންގެ މުޅި ހިތް ހަލާކު ވިއެވެ.. މީހަކާ މެދު ހިތް ބުރަ ނުކުރާ އިޒާންގެ ހިތުގައި މިއަދު ނަފްރަތުގެ އަލިފާން ރޯވެއްޖެއެވެ.. އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއާއި ދިމާލައް މިސްރާބް ޖެހީ އެއީ އެންމެ ރަގަޅު ގޮތް ކަމަށް ވީތީއެވެ..
ސައިބޮއެ ނިމުމުން ފަރީދު އާއި ޝިބާން ބޮޑުދާތަ ދިޔައީ އަރާމް ކޮއްލާށެވެ.. ޝިބާންވެސް ހަވީރަށް ނިންމަންޖެހޭ މަސައްކަތެއް އެބައޮތް ކަމްށް ބުނެ ނިކުމެގެން ދިޔައީ އަދިވެސް އެއްފަހަރު ޕެކް ކުރަން ހަދާން ކޮއްދީފައެވެ..
ޝައިން މޭޒުމަތި ސާފުކޮއްނިއްމާލުމަށްފަހު މެއްދުރަށް ކައްކާ ނިންމާލިއެވެ.. އަދި އަވަސް ފިޔަވަޅުތައް އަޅަމުން ކޮޓަރިއާއި ދިމާލަށް މިސްރާބް ޖެހީ ޝިބާން އަންނަންވާއިރަށް ޕެކް ކުރަން ބޭނުންވީތީއެވެ.. ޞާރު ބާރަށް ހިގާފައި ދިޔަ ޝައިން ސިއްސައިގެން ދިޔައީ އިޒާން ކުއްލިއަކަށް އޭޢނައިގެ އަތު ހިފައި ކޮޓަރި ތެރަށް ދަމައި ގަތުމުންނެވެ.. ވަނުވާ ނޭގި ޝައިން އިޒާން މޫނަށް ބަލަހައްޓައިގެން ހުރީ ހައިރާން ވެފައެވެ.
“ޝައިން.. ނުވެސް ބުނެ ކީއްވެ ކައިވެނި ކުރީ.. އަހަރެން ހަމަ އެހާ ދުރުކޮއްލީތަ.. އަހަރެން ހީކުރީ ޝައިން އެކަކު ގާތު ނުބުނި ކަމުގައިވިޔަށް އަހަރެން ގާތު ބުނާނެ ކަމަށް.. ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ..” ބުނާނެ އެއްޗެއް ނޭނގި ހުއްޓާ ވާހަކަ ފެށީ އިޒާންއެވެ.. ދެއްކި ވާހަކައިން ސަމާސާ ރާގު ނެތްތާނގައި އިޒާން މޫނުމަތި ވަނީ މިލާފައެވެ.. ” އަސްލު ކަންތައް ވެގެން ދިޔައީ އަހަރެންވެސް ހީކުރިގޮތާ ހިލާފައް އަދި އެހާމެ އަވަހަށް.. އިޒާން އަށް ކިޔާދެންވެސް ބޭނުންވި އަދި މިވާހަކަ އެންމެ ފުރަތަމަ ބުނަން ބޭނުން ވީވެސް އިޒާން ގާތު.. އެކަމް ވަގުތާ ހާލަތު އެކަމަށް ތަން ނުދިނީ… އައި އޭމް ސޯ ސޮރީ..” ޝައިން ދެރަވެލާފައި ބުނެލިއެވެ.. އަވަހަށް ނިންމަންޖެހޭ ކަމެއް އޮތްކަމަށް ބުނެ ޝައިން ނިކުމެގެން ދިޔައިރު އިޒާން ހުރީ ޝައިން ދިޔަ ދިމަލަށް ބަލަހަށްޓައިގެންނެވެ.. ޝައިން އަވަސް އަވަހަށް ޕެކްކޮއް ނިންމާލުމަށްފަހު ފެންވަރައިލައިގެން ނިކުމެ އޮށޯއްވެލި ތަނާހެން ނިދުނެވެ..
“އިޒާން.. އަހަރެން ބުނީމެއްނު އަމިއްލަ އިހުސާސް ކޮންޓްރޯލް ކުރާށެ.. ޝައިން އަށް އަދި އިޒާންގެ ހަގީގަތް ނޭނގޭތީ އެ ވާހަކަ ދައްކަނީވެސް.. ނޫނީ އިޒާންއާއި އެއް ފުރާޅެއް ދަށުވެސް އުޅެން އޭނާ ނަފްރަތު ކުރާނެ.. އަހަރެނަށް ހީވަނީ ޝިބާން އާއި ޝައިން ގާތު މިވާހަކަ ކުރިން ނުބުނެ ހުރުން އެއީ އަހަރެނަށް ކުރެވުން ވަރަށް ބޮޑު ކުށެއްހެން.. އެކަމަކު ދެން އެންމެ ސިކުންތެއްވެސް ބޭކާރު ކުރާކައް ބޭނުމެއް ނޫން..” ފަރީދުގެ އެ ހަރުކަށި ޖުމަލައިން ގޮދަޑިމަތީ އިސްޖެހިފައިން އިޒާން ދިޔައީ ސިއްސައިގެންނެވެ..
މެންދުރާއެކު ބޭރުގަ އުޅެލާފައި އައި ޝިބާންއަށް ގެއަށް ވަދެވުމާއެކު ފެނުނު މަންޒަރުން ހިތް ހުއްޓުނު ކަހަލައެވެ.. މުޅި މީހާ ގަނޑުވެ ހިލަ ބުދެއްހެން ހުރެވުނީއެވެ.. މުޅި މީހާގެ ގައިން ވާގި ދޫވެ ހިއްސުތައް ގަނޑުވި ކަހަލައެވެ.. އަނގައިން ބުނަންވެސް ހަދާންނެތި އިންތަނަށް ތިރިވީއެވެ…
**ނުނިމޭ**
720 Comments
Comments are closed.
zuha
October 4, 2015 at 3:35 pmAneh bai mihaa gina dhuvas nukoh genes dheeba, varah reethi mi part ves
shaai
October 4, 2015 at 3:37 pmTHANK YOU… SORRY FOR THE LATE UPDATES…. 🙂
As You Wish
October 4, 2015 at 3:46 pmEvaguthu shiban hithah eri eve….. “haadha loabin ney hinithunvanee eyna”…. Ekamakuves sirru sirrun Shain aai dhimaalah balaakah shiban akah nukeruneve.
Hehe. Nice work Shaine, keep it up
Princess Noddy
October 4, 2015 at 3:50 pmMihaaru v foohi mi story kiyan..maa bodah vess lahy up kuraa leh..Btw reethi mi part vess.
SHAAI
October 4, 2015 at 3:55 pmSO SORRY NODDY…. BTW THANK YOU 🙂
As You Wish
October 4, 2015 at 4:04 pmEvaguthu shiban hithah eri eve….. “haadha loabin ney hinithunvanee eyna”…. Ekamakuves sirru sirrun Shain aai dhimaalah balaakah shiban akah nukeruneve.
Hehe. Nice work Shaai, keep it up
SHAAI
October 5, 2015 at 10:12 amTHANK YOU AS U WISH :-*
Kiyuntheriyaa
October 4, 2015 at 4:53 pmVarah reethi mibaives 🙂
Shaai
October 4, 2015 at 11:38 pmThank you so much kiyuntheriyaa
rakin
October 4, 2015 at 5:35 pmPis pis thi thankolheh avahah up kohdheebala….mi bai handhaan nethey fahun aneh bai up vaany
Shaai
October 4, 2015 at 11:39 pmInsha allah maadhan noonee anehdhuwahu up kohdheynan.. egey rakin ??
raakin
October 4, 2015 at 5:36 pmMioh nice story
Shaai
October 4, 2015 at 11:39 pmKihineii v mi story rakin…. ???
sharu2
October 4, 2015 at 5:49 pmMige mistake eh ebaa kuda kuda.any way nice story
Shaai
October 4, 2015 at 11:40 pmYeah will chnge it sharu2 n thank you ☺☺
zai
October 4, 2015 at 6:17 pmKn irakun tha next part avahah up kohdhiiba..v salhi story
Shaai
October 4, 2015 at 11:44 pmZai maadhan noonee aneh dhuwahun up kohdheynan insha allah… thnxx shaaai story kiyaathee ☺☺☺
xu
October 14, 2015 at 4:30 pmajaibehnuunthr alhe.. vaanuvaa neynge mihaaru.. haadha lahun up kury.. 🙁
SHAAI
October 24, 2015 at 8:59 pmsorry for the late updates bt in here the internet conection is lost.. if posible i will up it.. sorry for that
Yoohaa
November 7, 2015 at 12:56 pmKobaa aneh bai.. varah reethi mi story