Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 39

BONDAY Level 210 Stories
October 5, 2015 3 Mins Read
24 Comments

ފުލެއިޓުގެ ދޮރުން ބޭރު ބަލާލުމާއެކު ޒެދީންގެ ދެލޯބޮޑުވެގެން ދިޔައެވެ. ސިކުނޑިއަށް ބާރުވެގެން ދިޔައީ ކުލަނުވާ ހަނދާންތަކެއް ސިކުނޑިއަށް ވެރިވެގެން ދިއުމުންނެވެ. ބޯޓުން ފައިބައިގެން އެޅި ފުރަތަމަ ފިޔަވަޅާއެކު ޒެދީންއަށް ވަރަށް އެހެންކަހަލަ އިހްސާސްތަކެއް ކުރެވުނެވެ. އެގޮތަށް ފުލޭޓްތައް ޕާކްކޮއްފައި ހުންނަ މަންޒަރާއި ޕުލޭޓްތައް ޖައްސާ އަދި ނަގާ މަންޒަރު މީގެކުރިން ކިތަންމެ ތަނަކުން ފެނުނު ނަމަވެސް މިކަހަލަ އިހްސާސްތަކެއް ޒެދީންއަށް ކުރެވިފައެއް ނެތެވެ. ސެލީނާ ޒެދީންގެ އަތުގައި ހިފައިގެންހުރެ ފޮޓޯތައް ނަގަމުން ދިޔައިރު ޒޮބީދުއަށް ޒެދީންގެ މޫނަށް އަރާފައިބަމުން ދިޔައިރު ކުލަވަރު ވަރަށް ރަނގަޅަށް ފާހަގަކުރެވުނެވެ. އެކަން މަލީސާއަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ. ޒެދީން އެންމެ ބޮޑަށް އަޖައިބުވީ އެއަރޕޯޓު ތެރޭގައި ހުރިއިރު އެތަނުގައި އުޅުނު މީހުން ދިވެހިން ދެއްކާ ހުރިހާ ވާހަކައެއްވެސް ޒެދީންއަށް އިނގުމުންނެވެ.

ފޯނުން ވާހަކަ ދައްކަމުން އައި ސިރާޖު ހުއްޓުންއެރީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. ފާޒިން އޭނައާއި ދިމާލަށް ޓުރޯލީ ކޮއްޕަމުން އާދެއެވެ. އަޅައިގެން ހުރި އައިނުވެސް ނެގުނީ ހީވި ހީވުމެއް ކަމަށް ހިތައެވެ. ނަމަވެސް ސިރާޖުގެ ކުރިމަތިން ހުރަސްކޮއްފައި ފާޒިން ދިޔައިރު އަޅާނުލިތާ ބަލާވެސް ނުލިއެވެ. ނަމަވެސް އެއީ ހަމަ ފާޒިންއެވެ. އެއްވެސް ތަފާތެއް ނެތެވެ. ހަމައެކަނި މޫނުމަތިން ކުރިން ފެންނަން ހުންނަ ހިނިތުންވުން ނެތީއެވެ. އިތުރު އެއްވެސް ތަފާތެއް ނެތެވެ. ޒެދީންގޮސް މަޑުކޮއްލީ ސެލީނާމެން ކައިރީގައެވެ. އޭރު އެތާގައި ޒޮބީދުމެންވެސް ފާޒިން އަންނަން ދެން މަޑުކޮއްގެން ތިއްބެވެ.

ލޯންޗައް އަރަން ދިޔައިރު ކައިރީގައި އޮތް މާލޭގެ ފުނިޖެހިފައިވާ އިމާރަތްތައް ފެނުމުންވެސް ޒެދީންގެ ބޮލަށް އުނދަގޫ ވެގެން ދިޔައެވެ. ހުޅުލޭގެ ފަޅަށް ވަދެ ނިކުމެ ހަދާ ފެރީތަކާ ލޯންޗުތައް ފެނުމުން ޒެދީންއަށް އެމަންޒަރުތައް ކުލަނުވާ މަންޒަރުތަކެއްގެ ގޮތުގައި ސިފަވެގެން ދިޔައެވެ.

” ބައްޕާ…! އަހަރުމެން މީގެކުރިން މިތަނަށް ވަރަށް ގިނައިން އައިންތަ…؟  އަހަރެންނަށް ހީވަނީ މިއޮތް ރަށަށް އަހަރެންނަށް ދެވުނުހެން…! ” ޒެދީން ކައިރީގައި ފެންނަން އޮތް މާލެއަށް ނަޒަރު ހުއްޓާލައިގެންހުރެ ބުނެލިއެވެ. ކުލަނުވާ މަންޒަރުތަކެއް ލޯކުރިމަތިން ސިފަވަމުން ދިޔައިރު ސިކުނޑިއަށް އެންމެ ބާރުކުރަމުން ދިޔައީ އެގޮތް ނޭގޭ އަންހެންކުއްޖާގެ ހުނުމުގެ އަޑުންނެވެ.

” ދަރިފުޅާ ކިހިނެއްވެފަ..؟ ކޮންކަމަކާ މާ ހާސްވެފައި ތިހިރީ…؟ ” މާލެއަށް ނަޒަރު ހުއްޓާލައިގެން ހުރި ޒެދީންގެ ކޮޑުގައި ޖަހާލަމުން ޒޮބީދު ބުނެލިއެވެ. އޭރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ސެލީނާ ދިއްކޮއްލި ޓިޝުއަކުން މޫނު ފުހެލަމުން އަދި އެއްފަހަރު މާލެއާއި ދިމާލަށް ޒެދީން ބަލާލިއިރު ހީވަނީ ހުރިހާ ކަމެއް އެއްފަހަރާ ހަނދާން ކުރަންވެގެން ސިކުނޑިއަށް ބާރު ލައިގެން ހުރިހެންނެވެ.

ޒެދީންމެން އެރި ލޯންޗް ނައްޓާލުމުން ފާލަން މަތީގައި ހުރި ސިރާޖު އޭނަގެ ފޯނުން ނެގި ޒެދީންގެ ފޮޓޮގަނޑު ބަލާލިއެވެ. އެހުރިހާ އިރު ސިރާޖު އެތަނުގައި ހުރިއިރުވެސް ޒެދީންއަކަށް ސިރާޖެއް ނުފެނުވެ. ނަމަވެސް ޒޮދީބު ސިރާޖާއި ދިމާލަށް ވަރަށް ބެލިކަން ސިރާޖައްވެސް ފާހަގަ ކުރެވުނެވެ. ޒޮބީދު ބަލާތީ މަލީސާވެސް ދެފަހަރަކަށް ސިރާޖާއި ދިމާލަށް ބަލާލިއެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސުޕީޑުގައި ދިޔަ ލޯންޗުގެ އަރިމަތީގައި ހުރި ގޮނޑީގައި އިށިންދެލައިގެން ބޭރަށް ބަލަހައްޓައިގެން ޒެދީން އިނެވެ. އޭނައަށް ފެންނަ ކޮންމެ މަންޒަރަކީވެސް އެގޮތްނޭގޭ ހަދާންތަކުން އޭނައަށް އުނދަގުކުރާ މަންޒަރުތަކަކަށް ވެއްޖެއެވެ.

” ބަލާލަބަލަ…! ”  އޮފީހުން ނިކުންނާން އައި ފަޒީލަށް ސިރާޖުގެ ފޯނުގައި އިން ޒެދީންގެ ފޮޓޯގަނޑު ދައްކާލިއެވެ.

” މީކޮންއިރަކު ނެގި ފޮޓޮއެއް…! ” ފަޒީލްގެ މާބޮޑު ސަމާލުކަމެއް އެފޮޓޯއަށް ނުލިބުނީ ކުރިން ނަގާފައި އިން ފޮޓޯއެއްކަމަށް ހީކޮށެވެ.

” މިއަދު ހެނދުނު ހުޅުލެއިން…! ” ސިރާޖުވެސް ފޯނުގައި އިން ފޮޓޯގަނޑަށް ބަލާލަމުން ބުނެލިއެވެ.

” އޭނ…! މިއަދު ހެނދުނުއޭ…! ” ފަޒީލަށް ލިބުނީ ކުއްލި ސިހުމެކެވެ. ފަޒީލް ސިރާޖުގެ ފޯނުގައި އިން ފޮޓޯގަނޑަށް ދެވަނަ ފަހަރަށް ބަލާލިއެވެ.

” ކޮއްކޮއަށް ސިރާޖު ފެނުނުތަ…؟ ވާހަކަ ދެއްކިތަ…؟  ” ފަޒީލަށް އަހާލެވުނެވެ.

” އޭނައަށް ކިޔަނީ ޒެދީން ޒޮބީދު…! ފުރާންސައް އުފަން އިންގުލެންޑުގައި ދިރިއުޅޭ މުސްލިމެއްގެ ދަރިއެއް…! އޭނަގެ ފެމެލީ އެއްކޮއް އައިސްގެން އެއުޅެނީ…! ޒެދީންގެ ކައިރީގައި އޭނީ އޭނަގެ އަންހެނުން…! އޭނަގެ އަންހެނުން ނޫނީ ދެން ތިބިއެންމެންނަކީވެސް ހަމަ މުސްލިމުން ކަމަށްވަނީ…! ” ސިރާޖު އޭނަ ހޯދި ކަންތައް ފަޒީލަށް ކިޔައިދިނެވެ.

” ވަރަށް ވައްތަރު ދޯ ކޮއްކޮއާ….! މުސްކުޅިންވެސް ބުނެއުޅެއެއްނު އެއްވައްތަރު ޖަހާ ހަތް މީހުން ދުނިޔޭގައި ތިބޭނެއޭ…! ” ފަޒީލް ހިނިތުންވެލަމުން ސިރާޖުއާއި ދިމާލަށް ބުނެލިއެވެ. ސިރާޖުވެސް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ފަޒީލްވެސް އެފޮޓޯގަނޑު އޭނައަށް ފޮނުވުމަށް ބުނެފައި އޮފީހުން ނިކުމެގެން ދިއުމުން ސިރާޖުވެސް އޭނަގެ މަސެއްކަތްތައް ނިންމުމަށް އަވަހަށް ދިޔައީއެވެ.

ޒޮބީދުމެންގެ ޗުއްޓީ ދަތުރުގައި ރާއްޖޭގެ ދެތިން ރިޒޯޓެއްގައި މަޑުކުރާ ގޮތަށް ވަނީ ނިންމާފައެވެ. ފުރަތަމަ ދިޔަ ރިޒޯޓުގައި ތިންދުވަސް މަޑުކުރުމަށްފަހު ފުރަން ދިޔައިރުވެސް ޒެދީންއަށް އެއްވެސް ކަހަލަ ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ޒެދީން ހުރީވެސް ދުވަސް ހިނގާލެއްވެސް ލަސްވެފައެވެ. ރާއްޖެ އައިއްސުރެ ކުލަނުވާ ހަނދާން ތަކަކުން އުނދަގުނުވާ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ.

ދުރުދުރުން ފެންނަން އޮތް ރިސޯޓާ ދިމާލަށް ޒެދީން ނަޒަރު ހުއްޓާލައިގެން އިންއިރު ސެލީނާ ޒެދީންގެ ކޮނޑުގައި ބޯއަޅާލައިގެން އިނީ ނިދިފައެވެ. ކަނޑު މަޑުކަމުން ހީވަނީ ސާލެއް އަޅާލާފައި އޮތްހެނެވެ. އުޑުމަތީގައި މަދުން ނޫނީ ފުސްކޮޅެއްވެސް ނެތެވެ. ލޯންޗު ބާރުދުވެލީގައި ލޮނުގަނޑު ކަފަމުންދިޔައިރު ދޭތެރެއަކުން ފުޅަނގި އުދުއްސައިގެންގޮސް ލޮނުގަނޑަށް ތިރިކުރާ މަންޒަރު ވަރަށް ހިތްގައިމެވެ. ލޯންޗުގޮސް ރިސޯޓުގެ ޖެޓީގައި މަޑުކޮއްލިއިރު ޒެދީންއަށް އިނދެވުނީ ހައިރާންވެފައެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ކުރީގެ ހަނދާނެއް ކުލަނުވާ މަންޒަރެއްގެ ގޮތުގައި ސިފަވެގެން ދެއެވެ. ޖެޓީމަތީގައި ޒޮބީދުމެންގެ އިސްތިގުބާލަށްގޮސް ހުރި ކުއްޖާއަށްވެސް ޒެދީން ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ މީގެ ތިންއަހަރު ކުރިން އެކްސިޑެންޓެއްގައި މަރުވެފައިވާ އެރިޒޯޓުގެ ބޮޑުމީހާގެ ދަރިފުޅެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

އަރޫނީ 1

Next

KANDU FEN – ކަނޑުފެން

Next
October 5, 2015

KANDU FEN – ކަނޑުފެން

Previews
October 4, 2015

އަރޫނީ 1

24 Comments!

  1. zai says:
    October 5, 2015 at 12:07 am

    Tq ehaa avahah up kohdheythii..mi vaahaka up veythw v balan..story ge reethikamun i love dis story

  2. aal says:
    October 5, 2015 at 12:21 am

    V v v nice

  3. maani says:
    October 5, 2015 at 12:29 am

    Wow.vaahaka vara reethi….but haadha kurey

  4. aish says:
    October 5, 2015 at 12:43 am

    Vv reethi ekam v kuru

  5. Ab says:
    October 5, 2015 at 1:06 am

    Varh reethi……
    Meege kurin varah heyow varu varaka liyefa hunanyy ekamu mirey maa bodah vz kuru ..
    Dhen part eh ga dhigu kohdheyne kamah unmmeeedhu kuran..

  6. Princess Noddy says:
    October 5, 2015 at 6:30 am

    Haadha kurey…btw nice

  7. ninth says:
    October 5, 2015 at 7:14 am

    haadha kurey

  8. Anonymous says:
    October 5, 2015 at 7:26 am

    mihaaru dhen maakurukoh genes thidhenee

  9. Shau says:
    October 5, 2015 at 9:39 am

    V reethi ekam haaadha kurey

  10. Mr says:
    October 5, 2015 at 10:50 am

    Alah intro vefa huri nan thah varah udhagu kiyan. Selina kahala nan nan ok. Zebeedhu zedheebu zobeedhu is just too difficult. One such name may be ok in a long story, but many names make readers focus on who is who rather than the story line :). But vaahaka varah reethi igey. 🙂 good luck.

  11. ilaan says:
    October 5, 2015 at 12:05 pm

    v reethi next part v avas plz… mi part maa kuru dhen part dhigu koh genesdheyne kamah ummeedhu kuran

  12. ken? says:
    October 5, 2015 at 1:43 pm

    mivaru thankolhei up nukoh thankolhei dhigukoh up kohlinama eyrun kiyuntherin maayoos nuvaane…

  13. ken? says:
    October 5, 2015 at 1:43 pm

    mivaru thankolhei up nukoh thankolhei dhigukoh up kohlinama eyrun kiyuntherin maayoos nuvaane…

  14. Aal~ says:
    October 5, 2015 at 2:06 pm

    v v v v nice mi story but names are lil bit confusing..

  15. sobi says:
    October 5, 2015 at 8:06 pm

    Vaahaka v reethi. But thankolheh kury.. Next part dhigukoh up kohdheyne kamah ummeedhu kuran.

  16. Emiliya says:
    October 5, 2015 at 8:35 pm

    It’s really beautiful but really short

  17. jeezan says:
    October 6, 2015 at 2:24 pm

    anehkaaves 100 dhuvas fahuntha liyaanee

    1. zyn says:
      October 7, 2015 at 12:47 pm

      ޔަގީންތާ އެހާދުވަސް ވާނެކަން. ހަފްތާއަކު 1ޕަޓް ގެނެސްދިނަސް………………………..

  18. nazi says:
    October 7, 2015 at 7:54 am

    plz plz plz vahaka up kolladheebala mihaaru kiyaahithun up kutitho belunu adhadhu ves neynge

  19. meee says:
    October 7, 2015 at 9:15 am

    Koba anehbai????haadha lahey…

  20. Ihthu says:
    October 7, 2015 at 9:19 am

    Jeezaa akah neyngeyne vaahaka genes dheyn v kithah dhuvahun kameh…vaahaka liyanee ma so mashah ingeyney vaahaka up kuraane vagutgaai dhuvas.100 dhuvahun up kuriyas kiyan jeheyny…..

    1. Ihthu says:
      October 7, 2015 at 5:47 pm

      Mee aslu ihthu kohfa in comment eh noon… mikahala comment thah ehen myhunge nanmatheega kurumakee vrh dhera kameh…

  21. sharu says:
    October 7, 2015 at 11:09 am

    vvv reethi story nd vv intrested

  22. aal says:
    October 7, 2015 at 1:51 pm

    Dhen kon irakun up vaany

Comments are closed.

Next Episodeހިތަކުން ނުފިލާނެ 40←


All Right Reserved!