އީމަން ބޭރުގައި ހުރި ބޮޑު ސޯފާތަކުގައި އިށިނދެލީ ތެޅެމުންދާ އެހިތަށް ހަމަ ޖެހުމެއް ހޯދައި ދިނުމަށެވެ. ނަމަވެސް ހިތްތެޅެމުން ދިޔައީ އާދަޔާ ހިލާފަށެވެ. ކުރިއަށް އޮތް އުފާވެރި ވަގުތުކޮޅު މަތިން ހަނދާންވާ ކޮންމެ ފަހަރެއްގައިވެސް ހީވަނީ ހިތް އައިސް ލަގޮނޑީގައި ޖެހިތާށިވެދާނެ ހެނެވެ. ކުއްލި އަކަށް މުޅި ތަން އަނދިރިވެގެން ދިޔައެވެ. ހީވަނީ ކަރަންޓު ކެނޑިގެން ދިޔައީހެނެވެ. ތަނެއް ދޮރެއް ނުފެނެއެވެ. އީމަން ތެޅިގަނެވުމާއެކު ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއްވެސް އަޑެއް ބަޑެއް ނީވުމުގެ ސަބަބުން […]
ކުރެވުނު ކުޑަ ސަމާސާއަށްފަހު ދެމީހުންނަށްވެސް ކުޑަކޮށް ނޭވާ ހަމަޖައްސާލެވުނެވެ. ނީމް ގެއަށްލައި ދީފައި ކައިލް އަނބުރާ އައީ ސީދާ ގެއަށެވެ. ގޮތްނޭނގޭ ކޮންމެވެސް ސަބަބަކާއި ހުރެ ހަލުވި ދުވެއްޔެއްގައި ދިޔަ ކާރުގެ މަތިން އޭނާއަކަށް ހަނދާން ނައްތައެއް ނުލެވުނެވެ. އެނގެނީ އެއީ ކަޅުކުލައިގެ ޕްރައިވެޓް ކާރެއްކަމެވެ. މިހާ އެކްސިޑެންޓުތައް ގިނައިރު، ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވާއެއްޗެހި އަދިވެސް ދުއްވަމުން ދާތީ އެކަމާ ކައިލްވެސް ވަރަށް ކަންބޮޑުވެ އެވެ. ނަމަވެސް ހެއްވާ ކަމަކީ އޭނާ އަމިއްލައަށްވެސް ކޮންމެ ދުވަހަކު […]
“އޭނަ އެބަހުރި. އޭނަ އައީ ބޮޑު ރޭވުމަކާއެކު. އަފޫ ބަދުނާމު ކުރުމުގެ ރޭވުން. އޭނަ ހުރީ އަދިވެސް އަފޫއަށް ވަރަށް ރުޅި އައިސްފަ. އެންމެން ކުރިމަތީގަ އަފޫ ތިމަންނަ ދޫކޮށްފަ ދިޔައިއްޔޭ ކިޔާފަ. ރެއާއި ދުވާލު އޭނަ އެކި ރޭވުންތައް ރާވަނީ އޭނަގެ އެކުވެރިންނާއެކު. އެ އެކުވެރިންގެ ތެރޭގަ ހިމެނޭ……..މިޞްބާޙް ވެސް.” ނަޝާ އެންމެ ފަހަކަށް ބުނެލި ނަމުން އަފްރީނަށް ދެލޯ ބޮޑުކޮށްލަމުން ނަޝާއާއި ދިމާލަށް ބަލާލެވުނެވެ. އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނައަށް އޭނަގެ ކަންފަތަށް […]
ޒުހޭރު ސިހިފައި މާޔާއާ ދިމާލަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ” ހަނދާންވެއްޖެ ދޯ؟ މޫނުމަތިން ފެންނަމުންދާ ކުލަވަރުން މާ ރަނގަޅަށްވެސް އެނގޭ ހަނދާންވެއްޖެކަން.. ވާއު ” މާޔާ ޒުހޭރުގެ މޫނު ކުރިމަތިން އަތް ހޫރާލަމުން ބުނެލީ ހީލަމުންނެވެ. ” ހަ. ހަމަ އަކަ.. އަކަށް އެޅުނު އި.. އި.އިރަކުން އައިސް ވާހަކަ ދައްކަބަ.. މޮ.. މޮޔަ ވާހަކަ އެބަ ދައްކައެއްނު އައިސް.. ދޭބަ ގޮސް ބޮލަށާ އެކީ ފެންއަޅައިގެން ފެންވަރަން… ” ޒުހޭރު ހަމަޖެހެން މަސައްކަތްކުރަމުން ވާހަކަ […]
ކަޅު ކާރެއްގައި އައިސް މަޑުކޮށްލުމަށްފަހު އެ ކާރުން ފޭބީ ޕަރީއެއް ފަދަ ރީތި ޒުވާނެކެވެ. އެ ޒުވާނާ ހުރީ ހުދުކުލައިގެ ބޮޑު ޕްރޮމް ޑްރެސްއެއް ލައިގެންނެވެ. ހެދުމުގެ މޭމަތީގައި ވަނީ ރިހި ކުލައިން ދިއްލޭ އެސްތަކަކުން ޖަރީ ކޮށްފައެވެ. އޭނާގެ ރާޅުބާނި ދިގު އިސްތަށިގަނޑުވަނީ ނިއުޅުވާލާފައެވެ. އަތުކުރީގައި އަޅާފައިވާ ބޯ، ރިހި ތަނޑުގަނޑު ފިޔަވާ އިތުރު ގަހަނާއެއް ބޭނުން ކޮށްފައެއް ނުވެއެވެ. ކާރުން ފޭބުމާއި އެކީ ވަށައިގެން އެއްވެ ތިބި މީހުންގެ އަމާޒަކަށް އެ އަންހެން […]
“ދެން އެހާ ކުރީގެ ހަނދާނެއް ނުވެސް ހުންނާނެތާދޯ؟ އެކަމަކު އަހަރެން ހަނދާން އެބަހުރި. ޔޫ ވާ މައި ޗައިލްޑްހުޑް ކްރަޝް!” އަޙްސަން ހެވިފައިހުރެ ބުނެލިއެވެ. އޭނަގެ ފުރިހަމަ ހިނިތުންވުން ފެނިފައި އަފްރީން އުނދަގުލެއްވެގެން އުޅޭ ފަދައަކުން ދުރުބަލަން ފެށިއެވެ. އެތެރެއަށް ދާންވީއޭ ހިތަށްއެރިއެއްކަމަކު އިސާހިތަކު ބައްޕަ އައިސްދާނެއޭ ހިތް ބުންޏެވެ. އަފްރީނަށް މަގުގެ ވާތް ފަރާތަށް ބަލާލެވުނީ ޖިޕެއްގެ ނިޝާނެއް ފެނޭތޯއެވެ. އޭނައަށް ނޭނގި ހުއްޓާ އަޙްސަން ލަސް ފިޔަވަޅުތަކެއްގައި އޭނަ ގާތަށް އަންނަން ފެށިއެވެ. އަޙްސަން […]
“އެހެންވީމަ ދެން ކަންތައް ކުރަންވީ ގޮތް އެނގިއްޖެ؟” ޖާހަތު އަމިއްލަ ނަފްސާ މުހާތަބު ކޮށްފައި ބުނެލިއެވެ. “ކިހިނެއް ކަންކުރާ ވާހަކައެއްތަ ތިބުނީ؟” އީމަން އެނދުގައި އޮށޯވެލަމުން ބްލޫޓޫތު ހެޑްސެޓް ޖަހައިގެން އިނދެ ވާހަކަ ދެއްކީ ޔާނާ އާއި އެވެ. “އަހަރެން ހިތަށް އަރަނީ ޖާތުވެސް ގޮވައިގެންނޭ ފުރާނީ. އަހަރެން ދިޔައީމަ އޭނަ އެކަނިވާނެ.” ޔާނާ ބޭނުންވި ގޮތް ކިޔައިދިނެވެ. “އާނ، ތިގޮތަށް ނިންމައިގެން އަހަރެންވެސް މިހުރީ. މައްސަލައެއް ނެތް.” އީމަން ބާލީހުގައި ބޯއަޅާލަމުން ހަމަޖެހިލިއެވެ. އަދި ލޯމަރާލައިގެން […]
އެހެން ނަމަވެސް އަމިއްލަ ހާލަތާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ހިތަށްވާތަދުން ޑްރަގްސް ބޭނުންކުރެވެއެވެ. މާޔާ އޭނަގެ އަސްލު މައިންބަފައިން ހޯދަން ބޭނުންވިއެވެ. އެހެންކަމުން އެއްދުވަހު ގެއަށް ދިޔައީ މަންމައާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބޭތޯއެވެ. މާޔާ ފެނުމުން އެންމެންވެސް އޭނައަށް ބަލާލާ ގޮތުން ދެރަވެއެވެ. އެންމެ ގާތްކޮށް އުޅުނު ޝަހާ މިހާރު އޭނަ ފެނުނަސް ދަނީ ދުރަށެވެ. މާއިޝާއާ ޝާނިމްވެސް މާޔާ ފެނުމުން މޫނު އަބުރާލަމުން ދުރަށް ދާ ގޮތް ފެނުމުން ދެރަވެއެވެ. ޒުހޭރު […]
ސޯ ނޯވަން ޓޯލލްޑް ޔޫ ލައިފް ވޯޒް ގޮނަ ބީ ދިސްވޭ… ޔޮއަ ޖޮބްސް އަ ޖޯކް… ޔޫއަރ ބޮރޯކް… ޔޮއަ ލަވްސް ޑީ އޯ އޭ… އިޓްސް ލައިކް ޔޫއަރ އޮލްވޭޒް ސްޓަކް އިން ސެކަންޑް ގިއަރ ވެން އިޓް ހެޒެންޓް ބީން ޔޮއަ ޑޭ، ޔޮއަ ވީކް، ޔޮއަ މަންތް، އޮރ އިވަން ޔޮއަ އިއަރ، ބަޓް އައި ވިލްބީ ދެއަރ ފޮރ ޔޫ ވެން ދަ ރެއިން ސްޓާޓްސް ޓު ޕޮއަރ އައިވިލް […]