އާއިޒަށް ސިހިފައި ދުރަށް ޖެހެވުނެވެ. ފަނޑު އަނދިރީގެ ތެރެއިން އެއީ ކާކު ކަމެއް ދަނެގަންނާކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އެއީ ޔާނާ ނޫންކަމެވެ. އަވަސް އަވަހަށް ދެކޮޅު ހޯދާލެވުނީ ސްވިޗްބޯޑު ހުރި ދިމާއެއް ދެނެގަތުމުގެ ބޭނުމުގައެވެ. ދޮރާ ދިމާއަށް ހިނގައިގަނެވުނީ އެތަނުގައި ސްވިޗްބޯޑް ހުންނާނެކަމަށް ލަފާކޮށްފައެވެ. އަނދިރީގައި ގޮސް ފާރުގައި އަތް ކާއްތައި ގަތުމާއެކު ސްވިޗްތަށް އަތުގައި ޖެހުމުން ދިއްލައިލިއެވެ. މުޅި ތަން އަލިވެގެން ދިޔަހިނދު ދާދި ކައިރީގައި ހުއްޓިލައިގެން ހުރި ޖާހަތު ފެނުމުން އާއިޒުއަށް ސިހުންލިބި […]
(ވާހަކައިގެ ފެށުން) ނިއުުޔޯކް ސީޓީގެ ރީތި މަންޒަރުތަކާއެކު އިރު ފެނުން ތޮޅިލި ވަގުތު ގަޑީ އެލާމުގެ އަޑާއެކު ސޯފިޔާ ރޭގަނޑުގެ އަރާމު ނިދިން ހޭލުމުގެ އުނދަގޫ މަރުހަލާ ކަޑަތުކުރަމުންގެންދިޔައެވެ. އަދި ލޯބިވާ ފިރިމީހާ ހޭލުމުގެ ކުރިން ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގެ މަސައްކަތް ފެށިއެވެ. “އަހޫ ދެން ތެދުވަން އުޅޭ، މިހާރު ގަޑިން އެއޮއް ހަތެއް ޖަހަނީ” ބަދިގެ ތެރޭގައި ނާސްތާ ތައްޔާރުކުރުމުގެ މަސައްކަތުތެރޭން ސޯފިޔާ އަހުޝަން އަށް ގޮވާލިއެވެ. “މަޑުކޮއްލާ ، މިތެދުވީއޭ” ނިދި އަޑަކުން އަހުޝަން […]
“ޔެސް… ޔެސް… ޔޭސްސްސް…” ލިންކް ހުޅުވާލަން ފިއްތާލުމަށްފަހު މަޑުމަޑުން މިހެން ބުނެލީ މުއްކަވާއިގެން ހުރި އަތުން ފައިގެ ފަލަމަސްގަނޑުގައި ތަޅަމުންނެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އޮތް ކަޔާނަށް ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. އެވޯޑް ލިބިފައިވުމުން މިހާރު އެ ވާހަކަ ވަނީ ސައިޓުތަކުން ނަގާފައެވެ. ވީ ދެރައިން ފޯނު ނަގާ މިޝްކާއަށް ގުޅާލީ އެވާހަކަ ލިބޭނޭގޮތެއް ހޯދާލާށެވެ. ތިންފަހަރުވެސް ފޯނު ދިޔައީ ވޮއިސް މެއިލަށެވެ. ކަޔާން ޖަވާބެއް ނުދީ ފޯނު ބޭއްވީ އެކަމާ ވަރަށް މޫޑު ޚަރާބުވެ […]
“އެތާ އެއްވެސް މީހަކު ނުހުންނާނެ ދޯ ފަލަކް؟” މިޞްބާޙް ޝައްކު ފިލުވާލުމުގެ ގޮތުން އަހާލިއެވެ. ތިން އަންހެން ކުދިން އެކީގައި ހޫންލައްވާލިއެވެ. މިޞްބާޙް ދެންވެސް ޖެހިލުންވުމަކާއެކީ އެ ކޮޓަރިއާއި ދިމާލަށް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިޞްބާޙް އެންމެ ފަހަކަށް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިލިއެވެ . އެއަށްފަހު އެ ދޮރުގެ ތަޅު އަނބުރާލަމުން ދޮރު ހުޅުވައި ކޮޓަރި ތެރެއަށްވަނެވެ. އެއާއެކު އެނދުމަތީގައި އިން އަފްރީން އިސްއުފުލާލިއެވެ. މިޞްބާޙާއި އަފްރީންގެ ހަތަރުކަޅި ހަމަވީ ވަގުތު […]
ކުއްލިއަކަށް ބޭރުން ވިދާލައިފި އެވެ. އެކަން އިނގުނީ ހޯލުގެ ކުޑަދޮރުތަކުން ވަދެގެން އައި އަލިގަނޑަކުންނެވެ. ވަގުތުން ދެމީހުންވެސް ހުއްޓުނެވެ. ޝެރިނަށް ވެސް ހުއްޓެވުނެވެ. ސިހުނުކަމުގެ އަލާމާތްތައް އެދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ. ޝެރިން ހައިރާންވީ މިއޮއްހާއިރު އެމީހުންގެ ގަދަކަމުގެ ވާހަކަ ދައްކަދައްކާފައި ކުއްލިއަކަށް ބިރުން އުޅޭތަން ފެނުމުންނެވެ. ދެން އިވެންފެށީ އެލާމެއްގެ އަޑެވެ. އެންމެ ވައްތަރީ ނުރައްކަލެއް އުޅޭކަމުގެ އެލާޓަކާއެވެ. ވަގުތުން ކަޅު ހެދުމުގައި ތިބި ފާރަވެރިންތަކެއް އެތަނަށް ޖަމާވެއްޖެ އެވެ. އޭރު މަޑުމަޑުން ނައު ގުޑެމުން […]
ދުރުގައި ވިޔަސް…. “މީހަކު ދެކެ ލޯބިވުމަކީ ކުށެއްހެއްޔެވެ،؟އެއްވެސް އިހްތިޔާރަކާއި ނުލައި ހިތް އެހެން މީހަކަށް ހިބައިން ދެވުމަކީ ވޭންހުރި ކަމެއްހެއްޔެވެ ؟ އަދި ހާއްސަކޮށް އެ ހިތް މިލްކު ކުރި ފަރާތަކީ ތިމާގެ ނަސްލުން އައިސްފައިވާ މީހަކަށް ނުވުމަގެ ސަޒާއަކީ ކަރުނަ ހެއްޔެވެ.؟ ނޫނީ އެއީ ބައެއްގެ ނުބައި ރޭވުންތަކެއްގެ ނަތީއްޖާ ހެއްޔެވެ.” ލޯބީގެ އެތަށް ޖަޒްބާތަކުން ފުރިގެންވާ މި ވާހަކައަށް އިންތިޒާރުކޮށްލަށްވާ… ހުރިހާ ކިޔުންތެރިންނަށްވެސް ބާއްޖަވެރި ދުވަހަކަށް އެދެން އިންތިޒާރު ކޮށްލައްވާ…!
” އަހަރެން ހުންނަ ގޮތަށް ހުރެ މާޔާއަށް އަހަންނާ އެއްކޮށް ތަންތަނަށް ދާން ކެރޭނެތަ؟ ” ނިހާން ފާޑަކަށް ހީލަމުން ކޮށްލި ސުވާލުން މާޔާ ހައިރާންވެފައި ނިހާނަށް ބަލާލިއެވެ. ހަގީގަތުގައިވެސް މާޔާއަށް ނިހާން ހުންނަ ގޮތުގައި ހުރެ ނިހާނާ އެކީ ތަންތަނަށް ދާން ކެރޭނެ ހެއްޔެވެ؟ ނިހާން އޭނައަށްޓަކާ ބަދަލުވި ފުރަތަމަ ދުވަހު ވެސް އޭނައަށް ނިހާނާ އެކީ އެދުވަހު ގާޑިޔާ ކައިރީ އިންނަން އުދަގޫވިއެވެ. ދެން އަސްލު ނިހާން ހުންނަ ގޮތަށް ހުރެ ދާން ކިހާ […]
އިރުއޮއްސޭ މަންޒަރަކީ ކިހާ ރީތި މަންޒަރެއް ހެއްޔެވެ. ހިތްގައިމެވެ. ރިއްޗެވެ. ބަލާ ބަލާ ފޫހި ނުވާފަދަ މަންޒަރެކެވެ. އެމަންޒަރު ފެނުމުން އަހަރެންގެ ދެ ލޮލުން ކަރުނަ އޮހެނީ ކީއްވެ ހެއްޔެވެ؟ އެފަދަ މަންޒަރު ދުށުމަށް އަހަރެންގެ ހިތަށް ކުޅަދާނަ ނުވަނީ ހެއްޔެވެ؟ އަހަރެންގެ ހަޔާތާ ގުޅިފައި ވަތީ ހެއްޔެވެ؟ އާއެކެވެ. އަހަރެންގެ ހަޔާތްވެސް ވަނީ އޮއްސިފައެވެ. އަލިވުމެއް ނެތެވެ. ދިރިއުޅޭނެ ހިތްވަރެއް ނެތެވެ. އުންމީދެއް ނެތެވެ. މިއީ ކޮންފަދަ ހިތްދަތި ދިރިއުޅުމެއް ހެއްޔެވެ؟ އަހަންނަށް މިލިބުނީ ފަހެ […]
އެކެއް ޖަހަން ކައިރިވުމުން މައިޝާމެން ރޫމަށް ދިޔައީ ކާންދިއުމަށްޓަކައި ކުޑަކޮއް ތައްޔާރުވެލާށެވެ. ތައްޔާރު ވެލައިގެން ނިކުތް އިރު ބަގީ ޑުރައިވަރު މައިޝާމެން ބަލާގޮސް އޮތެވެ. މައިޝާމެން ގޮސް ރެސްޓޯރެންޓު ތެރެއަށް ވަންނަން ދިޔަ ވަގުތުވީ ޒެދީންމެންވެސް ކައިނިމިގެން ނިކުންނަން އައި ވަގުތަށެވެ. މައިޝާގެ އަތުގައި ހިފައިގެން ހުރި ފިޒާން މައިޝާގެ އަތުން ދޫކޮއްލާފައި ދުރައްދުއްވައިގަތީ އެވަގުތުއެވެ. ފިޒާންގެ ފަހަތުން ފައިހާ ދުވެފައި ދިޔައިރު މައިޝާވެސް ފަހަތުން ދިޔައެވެ. ފިޒާން ދުވެފައި ގޮސް ހުއްޓުނީ ރެސްޓޯރެންޓްގެ އެއްފަރާތުން ތަންކޮޅެއް […]