Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާ

cyclopx Level 1
October 16, 2015 6 Mins Read
21 Comments

(ވާހަކައިގެ ފެށުން)

ނިއުުޔޯކް ސީޓީގެ ރީތި މަންޒަރުތަކާއެކު އިރު ފެނުން ތޮޅިލި ވަގުތު ގަޑީ އެލާމުގެ އަޑާއެކު  ސޯފިޔާ ރޭގަނޑުގެ އަރާމު ނިދިން ހޭލުމުގެ އުނދަގޫ މަރުހަލާ ކަޑަތުކުރަމުންގެންދިޔައެވެ. އަދި ލޯބިވާ ފިރިމީހާ ހޭލުމުގެ ކުރިން ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގެ މަސައްކަތް ފެށިއެވެ.

“އަހޫ ދެން ތެދުވަން އުޅޭ، މިހާރު ގަޑިން އެއޮއް ހަތެއް ޖަހަނީ” ބަދިގެ ތެރޭގައި ނާސްތާ ތައްޔާރުކުރުމުގެ މަސައްކަތުތެރޭން ސޯފިޔާ އަހުޝަން އަށް ގޮވާލިއެވެ.

“މަޑުކޮއްލާ ، މިތެދުވީއޭ” ނިދި އަޑަކުން އަހުޝަން  އޭނާގެ އަންހެނުންނަށް އޭނަ ހޭލާ ހުރިކަން އަންގަދިނެވެ. އެނދުން ތެދުވުމަށް ފަހު އަހުޝަން އާދައިގެމަތިން އެހެން ދުވަސްތަކެކޭ އެއްގޮތަށް ދުވަހުގެ ތާވަލާއި އެއްގޮތަށް މިދުވަސް ވެސް ފެށިއެވެ. އެގޮތުން ހެދުނުގެ ހިތްފަސޭހަ ވަގުތުގެ އެންމެ ފުރަތަމަވެސް އަހުޝަން ކުރާކަމަކީ ލުއި ކަސްރަތަކުން ދުވަސް ފެށުމެވެ. އެގޮތުން މިއަދުވެސް އަހުޝަން ކަސްރަތު ކޮށް ނިންމާލުމަށްފަހު ހޫނު ފެނުން ފެންވަރާލިއެވެ. އަދި އޮފީހަށް ދާ ވަގުތު ކުޑަތަން ވެފައި ހުރުމުން އަވަސް އަވަހައް ތައްޔާރު ވެލުމަށްފަހު ނާސްތާކުރުމަށް އައެވެ. އެހެން ނަމަވެސް އަހުޝަން އަކީ ނޫސް ކިޔުމަށް އާދަވެފައި ހުރި މީހެއްކަމަށް ވުމާއި އަދި އާއްމުދަނީ ހޯދަން ކުރަމުން ދާމަސައްކަތަކީ އެމެރިކާގެ ނިއުޔޯކުގައި ކޮންސްޓަރަކްޝަން އަމިއްލަ ކުންފުންޏެއްގެ މަސައްކަތް ކަމުން ދުވަހުގެ ނޫސް ހިފައިގެން ވިޔަފާރީގެ ހަބަރުތަކާއި އަދި އިއުލާންތައް ކިޔަމުން އައިސް ކާމޭޒު ކައިރީގައި އިށީނެވެ. އަދި ސޯފިޔާ ފެންނަން ނެތުމުން ސޯފިޔާއަށް ގޮވާލީއެވެ. އެވަގުތު ބޭރުން އަޑު އެއެވެ. “ގުޑް މޯރނިން ލަވް” ސޯފިޔާ އެނާގެ އާދައިގެ މަތިން ބޭރު ބަގީޗާ ތެރޭގައި ޔޯގާ މެޓެއް ބާއްވައިގެ ކަސްރަތު ކުރަމުން ގެންދިޔައެވެ.

“ބާއްޖަވެރި ހެދުނަކަށް އެދެން” އަހުޝަން އޭނާގެ އަމިއްލަ ބަސް ކަމުގައި ވާ ދިވެހި ބަހުން ޖަވާބު ދިނެވެ. އަދި ބުންނެވެ. ” ސޯފީ އަހަރެން އަހަރެންގެ ޤައުމާ ކިތަންމެ ދުރުގަ ހުރިކަމުގަ ވިޔަސް އަހަރެންގެ ޤައުމާ ދީނާ ސަޤާފަތާ އަދި ޤައުމީ ބަހަށް ލޯބި ކުރަން ” އެހިނދު ސޯފިޔާގެ ތުންފަތް މަތީގައި މަޑު ހިނިތުންވުމުގެ ބާންޏެއް ދުވެލިއެވެ. އަދ ބުންޏެވެ “ހައްހައްހާ ، މަށައް އިނގޭ  މަގޭ ފިރިމީހާއަކީ ދިވެހި ބަހުގެ އެކަޑަމީ ދިރުވާލާގެން ހުރި މީހެއް ކަންވެސް. ދެން އަވަހައް ސައި ބޮއެގެން އޮފީހަށް ދާން އުޅޭ، އަހަރެންވެސް މިދަނީ ތައްޔާރުވާން”  އަދި ސޯފީވެސް ކަސްރަތު ކުރުން ނިންމާލުމަށް ފަހު އޮފީހަށް ދާން ތައްޔާރުވެލައިގެ ނާސްތާކުރާ މޭޒު ކައިރިއަށް އައެވެ.

“ބޭބީ ، ތި ޖަންކް ފުޑް ތައް ކެއްުން ހުއްޓާލާފަ، ތި ނާސްތާ ކުރަން އުޅޭ” ސޯފިޔާ ގޮނޑީގައި އިށީންނަމުން އަހުޝަން އަށް ބުނެލިއެވެ. “އަހަން، އެހެން ވިއްޔާ ކޮބާ މަގޭ، ފަރާޓާޔާ މަސްރިހަ” އަހުްޝަން ކުޑާކޮއްމަޖާވެލަމުން ކާތަށި ކައިރި ކޮލަމން ބުނެލިއެވެ. “ހޫން މިތަނުންވިއްޔާ އެންމެ ގިނައިން މަސް ރިހަ ލިބެނީ، އަހޫ ކީއްތަ ވާނީ އަހޫގެ ޤައުމުގެ މޮޅު ހަވާދުގަނޑު މިކޮޅަށް ގެނަސްފަ ބަހައްޓަން.” ސޯފީވެސް އެމަޖަލުގައި ބައިވެރި ވެލަމުން ބުނެލިއެވެ.  ކެއުމުގެ ތެރޭން އަހުޝަން ބިސްގަނޑުން އެތިކޮޅެއް ކާލުމަށްފަހު މިކަހަލަ ބިސްގަނޑެއް ކާން ނުލިބޭތާ ގިނަދުވަސްތަކެއް ވެއްޖެ ކަމަށް ބުނެލިއެވެ.

“ބުނަން ވާހަކައެއް ބިސްގަޑާ ފަރާޓާޔާ އަހޫ އަށް ލިބެނީ ހަމަ އެކަނި މަންޑޭގަ” ސޯފިޔާ ކުޑަކޮއް ހަރުކަށި ގޮތް ދައްކާލަމުން ބުނެލިއެވެ.

“ސޯފީ އައި ލަވް ޓް އީޓް” އަހުޝަން ބުނެލިއެވެ.

“ޔޫ ލަވް ޓް ލޮޓް އޮފް ތިންގްސް، އެކަމް މަށައް އެހެން ނުވާންވީ ކީއެތަ، މަށައް ހަމަ އެކަނީ އަހޫ އިން ފުދޭ  އައިލަވް ޔޫ” ސޯފީ އެއް ޖުމުލައިން އޭނާ އަހުޝަން ދެކެ ވާ ލޯބި ހާމަ ކޮއްލަ ދިނެވެ.

“ލަވް ޔޫ ޓޫޫ ބޭބީ” އަހުޝަން ވެސް އޭނާގެ ލޯބިވަ އަނބި މީހާ ދެކެވާ ލޯބި އެވަގުތު ހާމަކޮލިއެވެ.

ނާސްތާ ކުރުމަށް ފަހު ގަރާޖަށް ވަދެ ކާރު ނެރުމަށްފަހު އަހުޝަން ސޯފީ އަންނަދެން ބޭރުގަ މަޑު ކޮއްލިއެވެ. އެވަގުތު އަހުޝަންގެ މޮބައިލް ފޯން ރިންވާފެށުމުން ޖީބުން ނަގާ ފޯނަށް ބަލާލުމާއިއެކީ އަހުޝަންގެ މޫނުމަތިން އުޖާލާ ކަން ފެނިގެން ދިޔައެވެ. ގުޅަނީ އޭނާ މިދުނިޔެ މަތީގަ އެެންމެ ލޯބިވާ އިންސާނާ ކަމުގައި ވާ އޭނާގެ މަންމަ އެވެ.

“އައްސަލާމް އަލައިކުމް  މަންމާ” އަހުސަން ފޯނަށް ޖަވާބު ދިނެވެ.

“ވައަލައިކުމް ސަލާމް ، ދަރިފުޅާ، ދަރިފުޅު މިހާރު އޮފީހައް ދާން ތައްޔާރު ވެއްޖައިންތަ” އަހުޝަންގެ މަންމަ ޒާހިޔާ ބުންނެވެ. “ލައްބަ މަންމާ މިހާރު މިހުރީ އޮފީހައް ދާން ނިކުމެމިހުރީ މަންމާ” އަހުޝަން ބުންޏެވެ. އެވަގުތު ސޯފީ ގޭގެ ބޭރު ދޮރުގައި ތަޅުލާފައި ނިކުމެގެން ކާރާދިމާލަށް އާދެއެވެ. “މަންމާ ، މަންމަ ކާރީގަ މިހާރު ކިތައް ފަހަރު ބުނެވިޖެތަ މިގަޑީ މަންމަ ފޯނު ނުކުރާށޭ، މީ މަންމަ އަރާމު ކުރަން ޖެހޭ ގަޑިއެ، މިއޮ ދަންވަރު މަންމަގެ އަރާމު ނިދި ގެއްލުވާލާފަ ދެން ތީ ކޮންކަމެށް” އަހުޝަން އެވަގުތު މަންމަ އަށް ބުނެލިއެވެ. އެއީ މިވަގުތަކީ ރާއްޖެއަށް ރޭގަނޑުގެ ވަގުތު ކަމުގައި ވުމުންނެވެ.

“ދަރިފުޅު މަތިން މަންމަ ހާދަ ހަނދާން ވެޔޭ ދަރިފުޅާ، އެހެން ހަމަ ގުޅާ ނުލާ ނުހުރެވެނީއޭ” ޒާހިޔާ އެވަގުތު ބުނެލިއެވެ.

“މި އަހޫ އަކަށް މަންމަގެ ފޯނުކޯލެއް އައިސްފިޔާކާ ދެން ލަހެއްވެސް ނުވާނެ ގަޑިއެވެސް ނުޖެހެނެ” ސޯފީ ހިނިތުންވެ ހުރެ އަމިއްލަ ނަފްސައް ބުނެލިއެވެ. އަދި ހިނގާފައި އައިސް ކާރައް އެރިއެވެ.” މަންމާ މަންމަ މަތިން އަޅުގަނޑުވެސް ހަނދާން ވެޔޭ، އެކަމަަކު މަންމާ ޕްލީސް މަންމަ ތިއުމުރުގަ ޖެހެނެއެންނު މަންމަގެ ސިއްހަތައްވެސް ކޮންމެސް ވަރަކަށް ބަލާލަން ” އަހުޝަންވެސް ކާރުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަމުން ބުނެލިއެވެ.

“ދަރިފުޅާ ކޮންއިރަކުންތަ ދަރިފުޅު ރާއްޖެ އަންނަނީ، މިހާރު ދަރިފުޅު ދެކޭހިތުން މަންމައަށް ހުރެވެނީކީއެއް ނޫންވިއްޔަ” ޒާހިޔާ އަހުޝަންއާއި މުހާތަބު ކުރަމުން ބުނެލިއެވެ.

“އާން، މަންމާ މިދުވަސްކޮޅު މަސައްކަތްތައް ހުންނަ ގޮތުން ޗުއްޓީއެއް ހަދާލެވޭވަރައްވުން މާ ބިޒީ އެކަމަކުވެސް ފްރީ ވީހާ އަވަހަކައް ކުޑަ ޗުއްޓިއެއް ހަދާލަން ރާއްޖެ ދާނަން އިނގޭ، މަންމާ އަޅުގަނޑު އޮފީސް ގަޑިވެސް ޖެހެނީ ދެން ފޯނު މިވަގުތައް ބޭއްވީ އިނގޭ، ގުޅާނަން ފަހުން” އަހުޝަން މިހެން ބުނުމަށް ފަހު މަންމަގެ ފޯނު ކުރު ކޮއްލުމަށްފަހު ފޯނު ބޭއްވިއެވެ.

“މަންމަ ދޯ ގުޅީ” ފޯނު ބޭއްވުމާއި އެކީ ސޯފީ އަހުސަން ކައިރީގައި އަހާލިއެވެ.

“އާދެން މަންމަ ނޫން ކާކު ރާއްޖެއިން އަހަރެން މަތިން ހަނދާކޮއް އަހަރެންނަށް ގުޅަން ހުނާނީ” އަހުސަންވެސް ސޯފީއަށް ޖަވާބު ދިނެވެ.

“މިހާރު ހިތައް އަރާ މަންމަ މެންގެ ރުހުމުގަ މަންމަ އަށް އިނގިގެން މިކައިވެނި ކުރެވުނުނަމަ ކިހާ ރަނގަޅުހޭ، އޭރުން އަހަރެންނަވެސް އަލުން މަންމަ އެއްގެ ލޯބި ލިބުނީހެއްނުް” ސޯފީ ދެރަވެލާފައި ބުނެލިއެވެ.

“ސޮރީ ލަވް، އައިއެމް ރިއަލީ ސޮރީ. އަސްލު މަގޭ ސަބަބުން ސޯފީ އަށް ވަރަށް ބޮޑު ނިކކަމެތިކަމެއް މިދެވެނީ، މަގޭ މަންމަމެންނަށް މިކަން އަންގައިގެން މަންމަގެ ރުހުމާއި އެކީ ކުރެވުނު ނަމަ ކިހާ ރަނގަޅު ދޯ. އެކަމަކު މަށައް އިގޭ މަންމަ ގަބޫލެއް ނުވާނެ ކަން މަންމަ ދައްކާ ކުއްޖަކާ ނޫނީ ކައިވެނި ކުރަން، ދެން މިކަން މަންމަ އައް އާނގާނީވެސް ކިހިނެއް. މަންމަ ސިއްހަތު ދުވަހެއް ދުވަހަކަށް އެދަނީ ގޯސްވަމުން” އަހުޝަން ސޯފީގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އަޅެ އެއްފަހަރުވެސް ޓްރައި ކޮއްލަން ހިނގާބާ މަންމަ މިކަމާ ގަބޫލް ވޭތޯ، ވަހަކަ ދައްކާލަން” ސޯފީ އާދޭހުގެ ރާގެއްގައި އަހުޝަން ކައިރީގައި ބުނެލިއެވެ.

“ސޯފީ، މޮޔާވީތަ. މަށައް ހަމަ ޔަގީން މަންމަ ްަބޫލެއް ނުވާނެ ކަން.” އެހެން ބުނެލުމައްފަހު ކާރު ސްޓާޓް ކޮއްލުމަށް ފަހު އަހުޝަން ސޯފީގެ އޮފީހާދިމާލަށް މިސްރާބުޖެހިއެވެ.

“މަންމަ އަހަރެންގެ ހުރިހާ އުފަލަކާ ހުރިހާ ކަމެއް ފުރިހަމަ ކޮއްދިން . އެއްވެސް ކަމަކަށް އުންނިކަމެއް އަޔަކަ ނުދޭ. އަދި މަންމަ އަހަރެންގެ އުފަލައްޓަކާ، އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރުމަށްވެސް ހުއްދަ ދީފި. ހަމަ އެހެންމެ މަންމަ އަހަރެން ކައިރީގައި އެދެމެުން ދިޔައީ ހަމަ އެންމެ ކަމަކަށް . ރަނގަޅު ގެވެހި ދިވެހި އަންހެން ކުއްޖަކާ އަހަރެން ކައިވެނި ކޮއްގެން މަންމަ ގެ ޅީދަރިފުޅަކީ ދީނައް ލޯބި ކުރާ ރަނގަޅު މާތް އަހުލާގެއްގެ ދިވެހި އަންހެން ކުއްޖަކަށް ވުން. އެހެން ނަމަވެސް މަންމަގެ އެ އެދުންވެސް އަހަރެނަށް މިއަދު މިވަނީ ފުއްދާ ނުދެވިފަ. އައެމް ސޮރީ މަމް.”  ކާރު ދުއްވަމުން ދިޔަ ވަގުތު އަހުޝަންގެ ހިތާ ހިތުން އެހެން ކިޔާލެވުނެވެ

ސޯފީއަކީ އިންޑިއާގެ ގޯއާ އަށް އުފަން ކްރިސްޓިއަން ދެމަފިރިފިއަކަށް ލިބިފައިވާ ހަމަ އެކަނި އަންހެން ކުއްޖާއެވެ. އަދި ސޯފީ ގެ އުމުރުން 18 އަހަރުގައި ހިނގާދިޔަ ކާރު އެކްސިޑެންޓް އެއްގައި އޭނާގެ މައިންބަފައިން ވަނީ މިދުނިޔެ ދޫކޮއްފައެވެ. އަދި ސޯފީ ވަނީ އޭނާގެ މައިން ބަފައިން ނިޔާމުން އޭނާގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކޮއްފައެވެ. ސޯފީ އާއި އަހުޝަން އެންމެ ފުރަތަމަ ދިމާވީ އެމެރިކާގެ ނިއުޔޯކްގެ ސެންޓްރަލް ޕާރކް ގެ “ދަ ޕްލާޒާ” ހޮޓެލް ގައި އޮތް އާރޓް އެކްޒެބިޝަން އަކުންނެވެ. އަހުޝަން އަކީވެސް ކުރެހުމުގެ ފަންނަށް ލޯބިކުރާ މީހަކަށް ވުމުން ޕްލާޒާ ހޮޓެލް ގައި އޮތް މި އެގްޒެބިޝަން އަށް ދިޔަ ދިޔުމުގައި އަހުޝަންގެ ލޮލުގައި ސޯފީ އަޅާއިގަތެވެ. އަދި ދެމީހުން ދިމާވެ ތައާރަފުވެ ދެމީހުން ދޭތެރޭގައި ނުހަނު ފަސޭހައިން އެކުވެރިކަން ބަދަހިވެގެން ދިޔައެވެ. ގިނަ ދުވަސްތަކެއް ނުވެ ދެމިހުންގެ ދޭތެރޭގައި އޮތް އެކުވެރިކަން ލޯތްބައް ބަދަލުވެ އަދި ދެމީހުން ވަކި ނުވެވޭހާ ގާތް ވެވިފައި ވުމުން ދެމީހުންވެސް ނިންމީ ކައިވެނި ކުރުމަށެވެ. ނަމަވެސް ސޯފީ އަކީ ކްރިސްޓިއަނެއް ކަމުގައި ވުމުން އަހުޝަން އަށް ވަރައް ބޮޑު ގޮންޖެހުން ތަކާކާ ދިމާވިއެވެ. ސަބަބަކީ އަހުޝަން ގެ މަންމަ މިކައިވެންޏާ ނުރުހުން ވާނެ ކަން އަހުޝަން އަށް އިނގުމެވެ. އަދި ސޯފީ އައްވެސް އޭނާގެ ކާބަފައިންގެ ދީން ބަދަލުކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވުމެވެ. ވުމާއެކު ދެމީހުން ނިންމީ އަހުޝަން ގެ މަންމަ އަށާއި އަދި އާއިލާއަށްވެސް ސިއްރުން ކައިވެނީގެ ގޮއް ޖަހާލުމަށެވެ. އެހެން ކަމުން އެމީހުންގެ ކައިވެންނަކީ އަދާއި ހަމައަށްވެސް އަހުޝަންގެ އާއިލާ އަށް ސިއްރުވެފައިވާ ކައިވެންޏެކެވެ.

 

…………………….

“ޖައުފަރުގެ އާއިލާއިންވެސް އެކައިވެންޏާ އިންކާރުތަ ކުރީ، ކަލޭ އެމީހުންނަށް ރަނގަޅައް ވިސްނާދިންނަމަ” ޒާހިޔާ އޭނާގެ ރަހުމަތްތެރި އެއް ކަމުގައިވާ ރޮޒެއިނާ އާ މުހާތަބު ކޮއް ބުނެލިއެވެ.

“މީގަ ދެން އެމީހުންނަށް ވިސްނާދޭން ޖެހޭނެ  ކަމެއް އޮތްހެންެ މަށަކަށް ހިޔެއް ނުވޭ، އެމީހުންނަށްވެސް އިނގެން ޖެހޭނެއްނު ދެން ޒާހިޔާގެ އާއިލާއަކީ މިމާލެގައި ޤަދަރުވެރި އާއިލާއެއްކަން. އެމީހުން ބޭނުން ނުވީކަންނޭނގެ އެމީހުންގެ ދަރިފުޅު ގެ އަމިއްލަ ކަންތަކާ ބެހިހަދަން” ރޮޒެރިނާ ބުނެލިއެވެ.

އެވަގުތު މ.ފިނިފެންމާވިލާ ގޭގެ ބަގީޗާގެ ހިތްފަސޭހަ މާހައުލުގައި ޒާހިޔާއާއި އެނާގެ ރަހުމަތްރެރި ރޮޒެއިނާ އަދި ޒާހިޔާގެ އެއްބަނޑު ކޮއްކޮ ސީރީން އެތަނުގައި މަސްވަރާކުރަމުން ދަނީ ޒާހިޔާގެ ހުރި ހަމަ އެކަނި ދަރިފުޅު އަހުޝަންގެ ކައިވެނި މާލޭގެ ގަދަރުވެރި އާއިލާއެއްގެ އަހުލާގު ރަނގަޅު ކުއްޖަކާ ކުރުމުގެ މަސްވަރާއެވެ.

“ކީއްކުރާނީ މިހާރު މީ ތިންވަނަ އާއިލާ މަގޭ އަހުޝަން އާ ކައިވެނި ކުރުމަށް އިންކާރު ކުރާ، މާތް ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާށި” ޒާހިޔާ ބުނެލިއެވެ.

“ފިކުރު ބޮޑުކުނުރޭ މަގޭ ރަހުމަތްތެރިޔާ، އަދިވެސް ރަނގަޅު އާއިލާތައް މިމާލޭގައި އެބަ ހުރި އަހަރެން މަސައްކަތް ކުރާންނަން، ކަލޭގެ ދަރިފުޅުގެ ކައިވެންޏައް ރަނގަޅު ކުއްޖަކު ހޯދާދެން” ރޮޒެއިނާ ބުންޏެވެ.

“އޭ ދެން އަހަރެން ދަނީ އިނގޭ މިހާރު މަގޭ ފިރިސޮރުވެސް އުޅޭނެ ގެއައް އަންނަ” އެހެން ބުނުމަށްފަހު ރޮޒެއިނާ އެގެއިން ނިކުތުމަށް ހިނގައިގަތެވެ. އަދި ޒާހިޔާވެސް ގަސްތަކަށް ފެންދިނުމަށްޓަކައި ގާރޑަނގެ ތެރެއަށް ހިނގައި ގަތެވެ. ސީރީން ވެސް ޒާހިޔާއާއި އެކީގައި ބަގިޗާއަށް ފެން ދިނުމާއިގެން މަސްއޫލުވިއެވެ.

“ސީރީން އަހަރެންނަށް ހާދަ އެބަ ވިސްނެޔޭ މަގޭ އަހުޝަން ގެ ކައިވެންޏާ ދޭތެރޭ. މަށަކަށް ހަމަ ނިންޖެއް ނުނިދޭނެ އެކަން ނުވަނީހެއް” ޒާހިޔާ ބުންޏެވެ.

“ދައްތާ، ދައްތަ ކީއްކުރަންތަ އެކަމާ ތިވަރަކަށް ތިވިސްނަނީ، އަހުޝަންވެސް ނޫޅެއެންނު އެވަރަކަން އެކަމަކާ. އޭނާ އެހުންނަނީ ދައްތަ ތިއޮއް ބަލިކޮއް އުޅޭއިރުގަވެސް އެމެރިކާގައި، އޭނަގެ އުފަލަށް” ސީރީން ރުންކުރު ގޮތަކަށް ބުނެލިއެވެ.

“އޭނަ އަހަރެންނާ ކިތަންމެ ދުރުގަ ހުއްޓަސް އޭނަ އަހަރެންނާ ވަރަށް އަޅާލާ، އަހަރެން ބޭސްކައިފިތޯ ބަލާ އަހަރެންގެ ހާލު ބަލާ ނުލާ ދުވަހެއް ނުދާނެ. ދުވާލަކު ދެތިން ފަހަރު އަހަރެންނަށް އޭނަ ގުޅާ، އެކަހަލަ މަދު ކުއްޖެއް ހުނާނީ މައިްަ ބަފައިން ދެކެ އެވަރަށް ލޯބީިވާ، ހަމަ ގައިމުވެސް އަހަރެންގެ އަހުޝަން އަހަރެންދެކެ ވަރަށް ލޯބި ވާކަން އަހަރެންނަށް ހަމަ ޔަގީން”

“ހޫން .. ލޯބި ވާވަރު އެބަ އިނގެޔޭ. މީހާރު މީ ހަތްވަނަ އަހަރު އަހުޝަން އަށް އޭނާގެ ލޯބިވާ މަންމާފުޅުގެ މޫނުކޮޅު ފެނި ނުލާތާވެސް ” ރުންކުރު ރާގަކަށް ސީރީން ބުނެލިއެވެ.

“ކާމޯން ދައްތާ، އަހުޝާން ދެއިރު ދެދަޅައަށް ދައްތަ އަށް ގުޅިމާ އޭނަގެ ފަރުލު އޭނައަށް އަދާކުރެވުނުކަމަށްތަ ދައްތަ ތި ހީކުރަނީ” ސީރީން ބުންޏެވެ.

“އޭނަވެސް އޭނަގެ ދިރިއުޅުމައްޓަކާ އަދި އޭނަގެ މުސްތަގުބަލައްޓަކާ އޭނާގެ މުސްތަގުބަލް އުޖާލަ ކުރުމަށްޓަކާ މަސައްކަތް ދޯ އެކުރަނީ، އަހަރެން އުފާކުރަން އަހަރެންގެ ދަރިފުޅުގެ ހިތްވަރަށް. ހުދު ސީރީން އައްވެސް މިކަން އިނގޭނެ” ޒާހިޔާ ސީރީން އައް ރައްދު ދިނެވެ.

“މުޅި ދުނިޔެއަށް އެބަ އިނގޭ އޭނަ މި ރާއްޖެ އަން ނާންނަންކަން އެ ހުންނަނީ. ކިހިނެއްތަ އިނގެނީ އޭނަ އެތާ ކައިވެންޏެއް ކޮއްގެން ނޫން ކަމެއްވެސް އެއުޅެނީ. މިކަން ގަބޫލް ނުކުރެވިގެ ތިއުޅެނީ ދައްތައައް” ސީރީ ބުންޏެވެ.

“މީރާއްޖޭގެ ކިތަންމެ ޒުވާން ކުއްޖެއް ދުނިޔޭގެ އެހެން ގައުމުގަތަކަށް ދިގުމުއްދަތައް ގޮސްގެން އެބަ އެއުޅޭ، އަދި އޭގެ މާނައަކީ އެމީހުން އެތަނަށް ގޮސް ދިރިއުޅުމެއް ފެށުމެށް ނޫން” ޒާހިޔާ ބުންޏެވެ.

“އެހެންވެކަނެނޭންގެ އެންނު ޖައުފަރުވެސް އޭނަގެ ދަރިފުޅާ އަހުޝަން ދެވަން ބޭނުން ނުވެގެން އެއުޅެނީ. އެމީހުންނަށްވެސް ދުނިޔޭގެ މީހުން އުޅޭ ގޮތް ފެންނާނެ ދޯ. އަހުޝަން އެތަނުގައި ކުރާ ކަންތައް ދައްތަ އަށް ނޭންގުނަސް މުޅި މިމާލޭގައި އަހުސަން އާއި މިއާއިލާ ދަންނަ އެންމެން އެއްއަޑަކުން އެކިޔަނީ އަހުޝަން އެމެރީކާގައި އުޅެނީ އަންހެން ކުއްޖެއް ގޮވާގެނޭ” ސީރީން އެއްޖުމުލައިން ހުރިހާ ވާހަކަ އެއް ކިޔާ ނިންމާލިއެވެ.

” ތި އަނގަ މައިތިރި ކުރޭ. މަގޭ އަހުޝަން އެއް ނޫޅޭނެ އެހެނެއް. ތީ މީހުން އަހަރުމެންންކީ މިމާލޭގައި ޤަދަރުވެރި އާއިލާއަކަވެފައި ތަންކޮޅެއް ހަމަޖެހިގެން އުޅޭތީ އެމީހުންނަށް ހަޖަމް ނުކުރެވޭތީ، މަގޭ އަހުޝަން އޭކިޔާގެން ދައްކާ ބޭކާރު ވާހަކައް. މަށެއް ޤަބޫލެއް ނުކުރާނަން އަހުޝަން އެހެން އުޅޭނެ ކަމަކަށް. އެޔައްވުރެން މާފުރިހަމަ ތަރުބިއްޔަތެއް އަހަރެން ހުންނާނީ އޭނައަށް ދީފަ.” މިހެން ބުނުމަށް ފަހު ޒާހިޔާ އޭނާގެ  ފެން ދޭން ގެންގުޅޭ ފެންހޮޅި ބަނދުކުރަމަށްފަހު ގޭތެރެއަށް ވަންނަން ދިޔައެވެ.

~ ނުނިމޭ~

ނޯޓް: މިވާހައަކައަކީ އަޅުގަނޑު ލިޔާ އެންމެ ފުރަތަމަ ވާހަކައަށް ވުމުން ލިޔުމުގައި ކުއް ހުރުން އެއި އެކަށީގެންވާ ކަމެކެވެ. އަދި މިވާހަކަ ކިޔަމުންދާވަރަކަށް ކިޔުންތެރިންނަށް ވާހަކަ ރީތިވާނެކަމަށް އުންމީދު ކުރަމެވެ. ހަމަ އެހެންމެ ވަހާކަ ކިޔާލުމައްފަހު ތިޔަބޭފުޅުންގެ ހިޔާލެއް ވާނަމަ ތިރީގައިވާ ކޮމެންޓް ބޮކްސް ގައި ލިޔެލުމައްފަހު ޕޯސްޓް ކޮއްލެއްވުން އެދެމެވެ. ފާޑުކިޔުމަކީ ކުރިއެރުމެކެވެ. އަދި ތިޔަބެފުޅުންގެ ހިޔާލު ވަރަށް މުހިންމު ވާހަކަ މިފުރުސަތުގައި ލިޔެލީމެވެ. –ސުކުރުއްޔާ-

 

 

Tags:

ހަޔާ

Share Article

Follow Me Written By

cyclopx

Level 1

Other Articles

Previous

ނިޤާބް

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 22

Next
October 16, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 22

Previews
October 16, 2015

ނިޤާބް

21 Comments!

  1. Mira says:
    October 16, 2015 at 3:25 am

    Nice story keep it up .. waiting for next episode

  2. Mary says:
    October 16, 2015 at 5:36 am

    Nice story……. waiting for next episode

  3. saamy says:
    October 16, 2015 at 8:40 am

    nice!

  4. Red Rose says:
    October 16, 2015 at 8:45 am

    Vaahaka varah rythi. Alah liyaa vaahaka akaa balaafa hama superb. Keep it up. Waiting for next part. Ekam ehaa las nukurahchey.

  5. mine says:
    October 16, 2015 at 10:07 am

    Salhi vaahaka eh..waiting for the next episode..gud luck..

  6. hudha says:
    October 16, 2015 at 11:34 am

    Very nice beggining waiting fr the next part hope it will be beautiful….

  7. Anonymous says:
    October 16, 2015 at 12:05 pm

    Ahushan aky mee kuh gotheh.. Ragalhu gothakay ahushanaky…

  8. Laara says:
    October 16, 2015 at 12:39 pm

    Feshun v nice… unmeedh kuran awahah next part up kuraane kamah.

  9. fareeeaaa says:
    October 16, 2015 at 1:28 pm

    Shaviyani sukun beynun kuran jehey than thanah alifu sukun beynun kohfa huri kan faahaga kurevey varah bodah

  10. ainyyy says:
    October 16, 2015 at 1:32 pm

    Nice…… keep up the good work…. ummeedhu kuran vaahaka avah uploaf kuramun dhaane kamah …. mihen mi buniii varah gina liyuntherin vaahaka medhu kadaalaafa hunnaathiiiii… i dont want that to be happened

  11. Anonymous says:
    October 16, 2015 at 6:15 pm

    Vaahaka Nice

  12. Hasy says:
    October 16, 2015 at 6:18 pm

    Vahaka v Nice

  13. sim says:
    October 16, 2015 at 6:45 pm

    Feshun v reethi.. Hykuran kuriyah huri baithah ves reethi vaane kamah. Nxt part up kurany kon dhuvahakun.?

  14. cyclopx says:
    October 16, 2015 at 9:12 pm

    Thanx all … next part Anna Thursday night ga up kolladheynan inshallah…. 🙂

  15. Noora says:
    October 16, 2015 at 11:08 pm

    Wow interesting mi gothah genesdgey vaahaka thah maa reethi asluves. Gina liun therin onnaany e gothakah vaahaka thah genes dheefa. Mi vaahaka mi genes dheny varah reethi gothakah dialog gina v ma varah reethi heevany hama vaahaka thereyga ulheveyhen. Next part ge inthizaaru ga huryn. hafuthaa yaku madhuvegen 2 part varu genes dheyne kamah heekuran. Best of luck

  16. luyoo says:
    October 17, 2015 at 6:31 am

    Salhi vaahaka eh

  17. mezzo says:
    October 17, 2015 at 3:08 pm

    v reethi. furatha liyaa vaahaka ah balaafa

  18. Ifaa says:
    October 19, 2015 at 9:12 am

    Nice

  19. Rixhone Wild says:
    October 22, 2015 at 1:26 am

    Nice..
    Keep it up brw

  20. D!^^^^¥ ? says:
    September 6, 2017 at 9:58 am

    Vvvv reethi ماشا الله.

  21. HANEEN says:
    November 14, 2017 at 9:51 pm

    Me at the least dhw hehehe story vvv nice ingey keep it up

Comments are closed.


All Right Reserved!