Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

އުންމީދެއް ނެތެވެ…

Lamyarr Level 1
October 14, 2015 2 Mins Read
36 Comments

އިރުއޮއްސޭ މަންޒަރަކީ ކިހާ ރީތި މަންޒަރެއް ހެއްޔެވެ. ހިތްގައިމެވެ. ރިއްޗެވެ. ބަލާ ބަލާ ފޫހި ނުވާފަދަ މަންޒަރެކެވެ. އެމަންޒަރު ފެނުމުން އަހަރެންގެ ދެ ލޮލުން ކަރުނަ އޮހެނީ ކީއްވެ ހެއްޔެވެ؟ އެފަދަ މަންޒަރު ދުށުމަށް އަހަރެންގެ ހިތަށް ކުޅަދާނަ ނުވަނީ ހެއްޔެވެ؟ އަހަރެންގެ ހަޔާތާ ގުޅިފައި ވަތީ ހެއްޔެވެ؟ އާއެކެވެ. އަހަރެންގެ ހަޔާތްވެސް ވަނީ އޮއްސިފައެވެ. އަލިވުމެއް ނެތެވެ. ދިރިއުޅޭނެ ހިތްވަރެއް ނެތެވެ. އުންމީދެއް ނެތެވެ.

މިއީ ކޮންފަދަ ހިތްދަތި ދިރިއުޅުމެއް ހެއްޔެވެ؟ އަހަންނަށް މިލިބުނީ ފަހެ ކޮންކުށެއްގެ ސަޒާ ހެއްޔެވެ؟ މިއީ ކޮންފަދަ ކެހިވެރި ދުނިޔެއެއް ހެއްޔެވެ؟ އަހަރެންގެ ނަސީބުގައީ ވަނީ ހިތާމަ އާއި ކެކުޅުން ހެއްޔެވެ؟ އަހަރެންގެ ނަސީބުގައި އުފަލެއް ނެތީ ހެއްޔެވެ؟ އިންތިޒާރުތަކައް ނިމުމެއް ނެތީ ހެއްޔެވެ؟ ލޯބިވުން އެއީ ކުށެށް ހެއްޔެވެ؟

އާއެކެވެ. އަހަރެންނަށް އެކުއް ކުރެވިއްޖެއެވެ. ކަލާ ދެކެ އިންތިހާއައް ލޯބިވެވިއްޖެއެވެ. ކަލާގެ ހަނދާންތަކެއް ފޮހެނުލެވުނެވެ. ކަލާއާ އެކުގައި ހޭދަކުރެވުނު އުފާވެރި ވަގުތު ތަކެވެ. އެހެނަސް މިއަދު މިވަނީ އެނަސީބުތައް ގެއްލިފައެވެ. އަހަރެންގެ ގާތުގައި ކަލާއެއް ނެތެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ބަލާލި ކޮންމެ ދިމާއެއްގައިވަނީ ކަލާގެ ހަނދާންތަކެވެ. ދެލޯ މަރާލީމެވެ. އެ ހަނދާންތައް އާކުރާނެހާ ހިތްވަރު ނެތީމައެވެ. އެހެނަސް އެހިތި ހަނދާންތައް، އެމާޒީ އަބަދުހެން ކުރިމަތީގައި ސިފަވެ ސިފަވެ ހުރެއެވެ. ހަނދާންކުރާކައް ބޭނުމެއް ނޫނެވެ. ހިތްވަރު ނެތީމައެވެ.

އެކަމަކު ބުނަން ހެއްޔެވެ؟ ހިތުގައި ވަނީ އަބަދުވެސް ކަލާ އެވެ. ކަލާގެ ހަނދާންތަކެވެ. އެކުގައި ހޭދަކުރި އުފާވެރި ދުވަސްތަކެވެ. ފުރަތަމަ ބައްދަލުވުމެވެ. ދިމާވި ގޮތެވެ. “ހާއި” ކަލާގެ ދުލުން އަހަންނާ ފުރަތަމަ މުހާތަބުކުރި ޖުމުލައެވެ. ކަލާއާ އަހަރެން ފުރަތަމަ ބައްދަލުވީ އިންޓަރ ސުކޫލު ފުޓުބޯޅަ މެޗެއް ބަލަން ގަލޮޅު ދަނޑައްގޮސް އުޅެނިކޮށެވެ. ކަލާގެ އަޑު ރީއްޗެވެ. ހިތްގައިމެވެ. ވަރަށް ފިރިހެންވަންތަ އެވެ.

އެ ދުވަހައްފަހު ދެ ތަހުމަތްތެރިން ކަމުގައި ވީމެވެ. މިގުލުން އެއްދުވަހުން އަނެއް ދުވަހައް ދިޔައީ ބަދަހިވަމުންނެވެ. އިންތިޒާރު ކުރަމެވެ. ކަލާ ގުޅާނެ ވަގުތަކަށެވެ. އުފާވިއެވެ. ކަލާ އަހަރެންނާ ބައްދަލުކުރަން އެދުނީމައެވެ. ތައްޔާރުވީމެވެ. ކަލާއާ ބައްދަލުކުރަން ދިއުމަށެވެ. އިންތިޒާރުގެ ގަޑިތައް ގުނަމުން ދިޔައީ ކެއްތެރިކަން ކޮޅުންލާފައިވާ ހާލުގައެވެ.

ކަލާގެ ކުރިމަތީގައި ހުއްޓިހުރިއިރު އަހަރެން ފިނިވެ ލަދުވެތިކަން އިހުސާސްވިއެވެ. ކަލާއަށް ބަލާލީމެވެ. މާތްރަސްކަލާނގެ ކުޅަދުންވަންތަ ކަމާއެވެ. ކަލާގެ ލޮލުގައިވަނީ ކޮންފަދަ ޖާދުލެއް ހެއްޔެވެ؟ ކަލާ ބަލަން ފެށުމުން އަހަރެން އިސްޖަހާލިމެވެ. ލަދުންނެވެ. ކަލާ އެރޭ ވަރަށްގިނަ ވާހަކަ އަހަރެން ގާތުގައި ދެއްކިއެވެ. އަހަރެން ކަލާގެ ހަޔާތަށް ގެންނަން ބެނުންވާ ވާހަކަ އެވެ. ކަލާ އަހަރެންދެކެ ލޯބިވާ ވާހަކަ އެވެ.

ލޮލުން ކަރުނަ އައެވެ. އުފަލުންނެވެ. ކަލާ އަހަރެންގެ ހަޔާތައް އައީތީ އެވެ. އެރެއަށް ފަހު ލޯބިގެ ލިސްޓުގައި އަހަރެމެންގެ ނަންވެސް ރަން އަކުރުން ފަވާލެވުނެވެ. ލޯބީގެ ބަގީޗާގައި މާތަށް ފޮޅުވަމުން ދިޔައީމެވެ. އުފަލާއެކުގައެވެ. ވައުދާ އަހުދުތަށް އެކަކު އަނެކަކަށް ވަމުން ދިޔައީމެވެ. ވަކި ނުވުމަށެވެ. އުމުރަށް އެކުގައި ވުމަށެވެ. ހުވަފެންތައް ދެކި ގަނޑުވަރުތައް ބިނާކުރަމުން ދިޔައީމެވެ. ކަލާގެ ހަޤީޤަތް ނޭގިހުރެ ކަލާދެކެ އިންތިހާއަށް ލޯބިވީމެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދާހެން ކަލާވެސް ދިޔައީ ބަދަލުވަމުންނެވެ. އަހަންނަށް ކަލާގެ ހަޤިޤަތް އެނގުނެވެ. އަހަރެން ނޫނަސް ކަލާގެ ހަޔާތުގައި އެހެން ކުދިންވެސް ވާކަމެވެ. މާބުރެއްހެން ފެންނަހާ މަލެއްގެ ފޮނިބޮމުންދާ ކަމެވެ. ކަލާގެ ހަގީގަތް އަހަނައް އިނގުމުން ކަލާ އަހަރެން ދޫކޮއްލީ އެވެ. ކަލާދެކެވާ ތެދުވެރި ލޯތްބެއްގެ ބޮޑުކަމުން ކަލާއަށް އާދޭސް ކުރީމެވެ. މާފުކުރީމެވެ. ލޯތްބަށް އެދި އާދޭސްކުރަމުން ކަލާގެ ފަހަތުން ދުވީމެވެ. އެކަމަކު އަހަރެން ކުރި އާދޭސްތަކަށް ކަލާދިނީ ބީރު ކަންފަތެކެވެ. “ތިމަލުން ދެން ލިބޭނެ އުފަލެއް ނެތޭ” ބުނެ ކަލާ އަހަންނަށް މަލާމަތް ކުރިއެވެ. ކަލާގެ މަޤުސަދު ހާސިކުވީމަ ކަލާ އަހަރެން ދޫކޮއްކީއެވެ. ލޯބިވަމޭ ބުނެ އަހަންނަށް އޮޅުވާލީއެވެ. ދޮގު ހެދީއެވެ. ހިތަށް އަރައެވެ. ކަލާ ލޯބީގެ ނަމުގައިދިން ޒަހަރުތަށި ނުބޮވުނުނަމަ ކިހާ ރަނގަޅު ހެއްޔެވެ. ކުރާނެކަމެއް ނެތެވެ. ޒަހަރުގެ އަސަރު މިހަރުވަނީ މުޅި ހަށިގަނޑަށް ފޯރާފައެވެ. ކެއްކުރުން ނޫންގޮތެއް ނެތެވެ.

ބުނެބަލާށެވެ. ލޯބިވާއެވެ. ހިތާއެވެ. ކަލާ އަހަންނަށް ތިހެން ތިހެދީ ކީއްވެ ހެއްޔެވެ؟ ކަލާ އަހަންނަށް އޮޅުވާލީ ކީއްވެ ހެއްޔެވެ؟ ބޭވަފާތެރިވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ އުއްމިދުތައް ނާއުންމީދުން ފުރާލީ ކިއްވެ ހެއްޔެވެ؟ އަހަރެން އެކަނިވެރި ކޮއްލީ ކިއްވެ ހެއްޔެވެ؟ އަހަރެންދެކެ ލޯބި ނުވަނީ ހެއްޔެވެ؟

ޔަގީނެވެ. ކަލާ އަހަރެން ދެކެ ލޯތްބެއް ނުވެއެވެ. ކަލާ އަހަރެންގެ ހަޔާތަށް އައީ ދެދުވަހެއްގެ މެހެމާނެއްގެ ގޮތުގައެވެ. ކަލާގެ އެދުންތައް ހާސިލުވީމަ ކަލާ އަހަރެން ދޫކޮއްލީއެވެ. ތިހިތުގައި ރަހުމެއް ހަމްދަރުދީއެއް ނެތީ ހެއްޔެވެ؟ އަހަރެން އުޅެމުންދާ ހާލު ދެކިލަ ބަލާށެވެ. ދިރުމެއް ނުވާ ހިތެކެވެ. ފުރާނައެއް ނުވާ ހަށިގަނޑެކެވެ. އެކަމަކު ދިރިހުރީމެވެ. އިންތިޒާރު ކުރަމެވެ. ނަމަވެސް އުއްމީދެއް ނެތެވެ.

(ނިމުނީ)

Share Article

Follow Me Written By

Lamyarr

Level 1

Other Articles

Previous

ކަރާފަނި

Next

އިންތިޒާރު ( 17 )

Next
October 14, 2015

އިންތިޒާރު ( 17 )

Previews
October 14, 2015

ކަރާފަނި

36 Comments!

  1. Lamyarr says:
    October 14, 2015 at 3:15 pm

    mi ee alhugandu mi site gai liyunu furathama waahaka.. unmeedhu kuran kiyun therinnah kamudhaane kamah.. thibeyfulhun ge faadu kiyun eii alhugandu ge kuri erun.. 🙂

  2. iraa says:
    October 14, 2015 at 3:17 pm

    Perfect…V Salhi…

    1. Lamyarr says:
      October 14, 2015 at 3:26 pm

      thank you 🙂

    2. Midy says:
      October 15, 2015 at 4:26 am

      Not bad 🙂

  3. Shabee says:
    October 14, 2015 at 3:29 pm

    hey lam…vrh habyes mi story…vrh vrh vrh rythi… 🙂 i luv it..but mistakes ebahuri thahumahtherin eh noon ingey..rahumahtherin ingey…hehe i knw it was a spelling mistake… 😉 but still dis story is perfect… 😀 adhi first vaahaka v ma maa bodahvx rangalhu..i hope lam ge ithuru stories thakeh fennaane kamah…adhi dhigu story eh liyedhehchey…masha allah u have da talent…oll da bst 😛

    1. Lamyarr says:
      October 14, 2015 at 3:52 pm

      thank you so much shabee… yah insha allah adhi ithuru waahakathah fennaane 🙂

  4. aathu says:
    October 14, 2015 at 3:33 pm

    Nice story.. ekm baeh thankolhu kolhuga kuh hurikan faahaga kurevey.. u can be a gud writer..gudluck lamyarr

    1. Lamyarr says:
      October 14, 2015 at 3:52 pm

      thank you 🙂

  5. ryyn says:
    October 14, 2015 at 3:39 pm

    i like it.. waiting for another story.. aslu hama frst stry aai balaafa habeys.. I luv it.. vrh salhi.. gd lck 🙂 🙂 🙂 <3

    1. Lamyarr says:
      October 14, 2015 at 3:53 pm

      thank you so much ryyn 🙂

  6. sofoo says:
    October 14, 2015 at 3:40 pm

    Kurimagu vara ujaalaavaane .himAthaa eku masaka kuraathi story vara nyce .umeedh kurany adhives mikahala rythi story thake fenigen dhaane kama .

    1. Lamyarr says:
      October 14, 2015 at 3:54 pm

      than Q 🙂
      insha allah adhi ithuru waahaka thah fennaane 🙂

  7. Thoo says:
    October 14, 2015 at 5:05 pm

    thankolheh kuree but v v salhi

    1. Lamyarr says:
      October 14, 2015 at 8:54 pm

      thank u

  8. luvna says:
    October 14, 2015 at 6:00 pm

    hei lam.the story is really nice. its the bitter truth dw that some dont undestand the value of true love. but first story aa balaa vrh ves nice. hope to see more and more stories of you. loved the story. and good luck.

    1. Lamyarr says:
      October 14, 2015 at 8:54 pm

      thank you 🙂

  9. Anonymous says:
    October 14, 2015 at 7:10 pm

    Mee coahcheh? Mee meehehge aadheys thakeh nu.. Faadehge diary eh kahala gothah liyefa oi ehcheh mee. Ekamaku furathama vaahaka aa balaafa K.. V Gina sukunuge kuh eba huri.. Keeh vaany meehehge gaathu ahaalaigen namaves nuvatha netun balaigen namaves dhivehi bahuge gavaaidhu balaaliyya.. Ginaeehunnah sukun ves jahaane gotheh neyge.. Dhen e vaguthaku hithah eri ehcheh jahaalany.. Ummedh kuran dhen faharakun ragalhu vaane kamah.. Kaamiyaabah edhen
    . ma mihen bunaatheeves mashah bon alhaa.. Ekamaku hageegai vaany hageegathah dhoa.. Liyuntheriyaa ah kuri erun edhey meehaku e liyumakah faadu kiyaa ne.. Gina meehunnah heevany vaahaka aky hama ekani munifoohi filuvaa ehchekey.. Ekamaku vaahakaige zareeaain kutin neygey ethah aa basthakeh dhasve baskoshaaru mihsadhi vumaa bahuge fenvaru ragalhu vun fadha ethakeh faidhaa eh libey

    1. Lamyarr says:
      October 14, 2015 at 9:00 pm

      varah bodah sukuriyya thi dhehvi hiyaalah… alhugandu gaboolu kuran alhuganduge vaahakaiga kuh hurikan… insha allah dhen liyaa vaahaka eh miyah vure rangalhu kuran varah masahkaiyy kuraanan 🙂

  10. isha says:
    October 14, 2015 at 7:29 pm

    bagvaaas!!!!!!

  11. zai says:
    October 14, 2015 at 10:58 pm

    Oh my god..zai ge lyf ga vii hurihaa kameh mi story ga eba huri..enme thankolheh fiyavaa hurihaa thaneh hama zai ge lyf ga hingi..?..btw story v salhi

    1. Lamyarr says:
      October 15, 2015 at 2:15 pm

      thank you zai.. 🙂

  12. Liyuntheriyaa says:
    October 14, 2015 at 11:41 pm

    If I take liberty to write in English it is because it is so very difficult to write in Divehi in this comments column which is, regrettably, not designed with our right- to- left thaana script in mind. Coming to the story I would think it is fairly commendable coming from a novice as the writer’s admission at the head of the column implies. The many spelling errors could have been all together avoided if the writer has taken care to go through the draft. Lamyarr, next time , please read the final draft to a friend prior to publication.This will help you not only to spot the typos and spelling errors but also to polish the text for greater conciseness and clarity and rhyme. Lack of a strong plot ( or being merely a voice as a critic has pointed out) is really not an issue so long as you were able to capture the mood and convey a vission of life in your story which you did quite well.However,you have not named your baby very well. Why go through something if it is
    utterly hopeless(Ummedeh neh)? That name only gave away the plot! Do
    name your stories attractively, in a way that captures the reader’s interest without killing it.This story could have been named Intizaar even if the waiting is hopeless, Quite obviously you are a talent in bud. It needs to bloom and spread its fragrance. I wish you success and expect to read many more of your stories in the future.

    1. Lamyarr says:
      October 15, 2015 at 2:16 pm

      thank you so much 🙂

  13. Faxoo says:
    October 15, 2015 at 9:02 am

    v.reethi..

    1. Lamyarr says:
      October 15, 2015 at 2:16 pm

      thanxx 🙂

  14. alhugandu says:
    October 15, 2015 at 10:01 am

    Lamyarr,,,,,
    Molhu reethi iburaathun fashuvi koh liyefavaa loabeege basthakeh! Bodah belevenee, hageegi haadhisaayakah binaakoh liyefavaa liyumehkamah,

    1. Lamyarr says:
      October 15, 2015 at 3:33 pm

      thank you 🙂

  15. Sparrow says:
    October 15, 2015 at 9:07 pm

    mee lam ge hayaathaa haadha gulhun huri vaahaka eh hen heeveyey…

  16. meezo says:
    October 15, 2015 at 9:37 pm

    milu v v v v shali
    i luv it

    1. Lamyarr says:
      October 16, 2015 at 11:57 am

      thank you

  17. samee says:
    October 15, 2015 at 9:43 pm

    V nyc.. Bt maa kurey… Dhn fahara kun digukoh genes dehchey…..

  18. mine says:
    October 16, 2015 at 9:59 am

    Vrh salhi vaahaka eh..hithah asaru kuruvaa vaahaka eh..adhi mivaahaka dhigu kohlaafi nama miah vure vs reethi vaane kamah lafaa kurevey..anyways vrh nice aslu vs..adhi vs ithuru stories thakakah I’m waiting..gud luck dear..

  19. aishaa says:
    October 21, 2015 at 1:55 pm

    lam thix storie ix amazing…….mashaa allah…….nd i wnt share somethng wid u plxxxxx……

  20. Cupcake says:
    November 12, 2015 at 10:55 pm

    Kudakoh twisteh laabala, miaku nethennu alhaiganna kahala kameh??? Best of luck for ur other stories

  21. Myhaa says:
    March 28, 2016 at 6:14 am

    Mi dhn v aamu gothakah liyefai in vaahakaeeh ekm mulhiakun goaheh nun ingey

  22. raaz says:
    April 20, 2016 at 11:18 pm

    raaz experience kurin mi kanthah thah. raaz ge life ga vx vi mi hurihaa kameh vx. o level ge year ga. o level exam thereyga. bt adi gandakah fahu uss gandeh anna gothah mihaaru hurihaa kameh vx v baraabaru. n yeah story v v v habbu????

Comments are closed.


All Right Reserved!