ގޭޓު ތެރެއަށް ވަންނަ އިރު ފުރަތަމަވެސް ފެންނަ ބޮޑު ބަގީޗާތެރޭ ހުރި މޭޒު ދޮށުގައި ދާނިޔާ އާއި ސުޖާޢު އާއި، ސަޢުދިއްޔާ އަދި އެޚާންދާނުގެ ބޮޑު “ލަޝްކަރު” ތިއްބެވެ. ޔައިންގެ މަންމަ ސަޢުދިއްޔާ ރޮއިރޮއި ހަލާކުވަނީ އެވެ. އެއްބަޔަކު ސަޢުދިއްޔާއަށް ހިތްވަރުދެނީ އެވެ. ހުރިހާ އެންމެންގެ މޫނުމަތީގައި ހީވަނީ ހިތާމައިގެ ސާލެއް އޮޅާލާފައިވާހެންނެވެ. އެރޭ ގަސްތައްވެސް ހީވަނީ އެންމެންގެ ހިތާމައިގައި ބައިވެރިވަނީ ހެންނެވެ. މާހައުލު ފިނި ނަމަވެސް، އެއަކުން މީހެއްގެ ހިތަކަށް ކުރި އަސަރެއް ނެތެވެ. ކިތަންމެ […]
ކިޔަމުން ދިޔަ ލަވަތަކާއި އެއްވަރަށް އަތް ޖަހަމުން ދިޔަ ޒީކްގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން އޮތް ފަޅު ރަށަށެވެ. ދެންމެ އެމީހުން އެ އައީ އެ ރަށުންނެވެ. އެރަށުގެ މަލަމަތި ކިތަންމެހާވެސް ބިރުވެރިއެވެ. އެބޮޑު ފަޅުގެއަށް ޒީކް ގެ ނަޒަރު ގޮސް ހުއްޓުމުން ހަނދާންވީ ކެމެރާއިން ނެގުނު ފޮޓޯގަނޑު ބަލާލާށެވެ. ކަރުގައި އަޅާފައިވާ ކެމެރާ ނެގުމަށް ފަހު އޭގައިވާ ފޮޓޯ ބަލާލުމަށް ހުޅުވާލިއެވެ. އެގޭގެ ފުރާޅެއް ނެތެވެ. ފާރުމަތިން ފެންނަން ހުރި ބިޔަ ގަސް […]
“އައި. ލަވް.ޔޫ ސޯ މަޗް އަނޫޝް.. ބަލާބަ އެއޮތީ ރަށެއް” ތެދެކެވެ. ލޮލުކަޅަށް ފެންނަ ހިސާބުން ރަށެއްގެ މަލަމަތި ފެންނަންހުއްޓެވެ. ނަސީބު ރަނގަޅުކަމުން އޮއި ހުރިގޮތުން މާ ގިނަ އިރު ނުވެ އެރަށާއި ހަމައަށް ދެވިއްޖެއެވެ. ހިކިފަސްތާކު ފައި ޖެހުމުން ﷲ އަށް ހަމްދުކޮށް ގޮނޑުދޮށުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލިއެވެ. އެހެން ތިއްބާ ދެމީހުނަށްވެސް ނިދިޖެހނީ ކޮން އިރަކު ކަމެއް ނޭނގުނެވެ. އަނޫޝްއަށް ހޭލެވުނީ ކަރު ހިތްކައިގަނެގެނެވެ. ދެއަތަކަށް ފުރޮޅިލިތަނުން ގައިދަށުގައި ކަށި އެއްޗެއްހުރިކަމުގެ އިހްސާސްވުމުން އޮވެވުނުތަން […]
ޖައުޝަން އައިސް ސައިކަލު ޕާރކް ކޮށްލީ 4 ބުރި އިމާރާތަކަށް ނަގައިފައި ހުރި ބޮޑު ގެއެއްގެ ކުރިމައްޗަށެވެ. “މީތަ ޝަންމެންގެ ގެއަކީ؟” ނިއުޝާ ޖައުޝަންއާއި ދިމާ ބަލައިލުމަށްފަހު އެހިއެވެ. “ޔާ… އަޑުއަހަންތަ ސިލްވަރ ކޮމްޕެނީގެ ނަން؟” ޖައުޝަން ނިއުޝާ ގޮވައިގެން އެ އިމާރާތްތެރެއަށް ވަންނަމުން އެހިއެވެ. “ހުމްމް… އެއީ ޝަންމެންގެތަ؟” ނިއުޝާ އެހިއެވެ. “ޔާ ބައްޕަގެ.. އޮފީސް ހުންނާނީ އަދި އެކޮޅުގަ..” ޖައުޝަން ނިއުޝާއަށް ކިޔައިދެމުން ދިޔައެވެ. އެ ގޭގެ ގަރާޖު ގައި ދެތިން ކާރުވެސް އޮތެވެ. […]
އައި ރިއަލީ ހޯޕް ހީޒް ޑުއިން ފައިން.. މާ ބޮޑު ވަރެއް ނުވޭދޯ؟ ” މާޔާ އެއްޗެކޭ ބުނަން އުޅެފަވެސް ވަގުތުގެ ގޮތުން ހިމޭންކަން ހިޔާލުކުރަމުން ފޯނު ބޭއްވިއެވެ. މާޔާ އެނބުރިލަމުން ކިޔާންގެ މޫނަށް ބަލާލީ ހިތްދަތިގޮތަކަށެވެ. ކިޔާން ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ. މާޔާ ހީލިއެވެ. ނަރުސް ކުއްޖަކު އައިސް މަޑުކުރެވޭނީ އެންމެ މީހަކަށޭ ބުނުމުން އެންމެން ނުކުމެގެން ދިޔައީ މާޔާއާ ކިޔާނަށް ވަގުތު ދޭން ވެގެނެވެ. ނިޝާ ނުކުންނަމުން މާޔާގެ އަތުގައި ހިފާ […]
އަހަރެންނަކީ މުއްސަނދި އާއިލާއަކަށް ލިބިފައި ހުރި ހަމައެކަނި ކުއްޖާއެވެ. އަންހެން ކުއްޖަކީމެވެ. ދުނިޔެމަތިން ލިބެންޖެހޭ ހުރިހާ އުފަލެއް އަހަރެންނަށް ލިބިފައިވެއެވެ. ހިތްހަމަޖެހުމާއި އަރާމެވެ. އައިލީ ލޯތްބާއި އަޅާލުމެވެ. ކިތަންމެ މުއްސަނދި ކަމުގައި ވިޔަސް އަދި ކިތަންމެ އަރާމުކޮށް އުޅެވުނު ކަމުގައި ވިޔަސް އަހަރެންނަކީ މުއްސަނދި ދަރިއެއްގެ ކުރިން މުސްލިމެއްކަން އަބަދުވެސް ހަނދާންކުރަމެވެ. ދުނިޔެމަތީ މުއްސަނދި ވިޔަސް އަދި ފަޤީރު ވިޔަސް އަނބުރާ ރުޖޫޢަ ވުން އޮތީ އެއްތާކަށެވެ. އެއް ބިމަކަށެވެ. އެއްކޮންނެވެ. އެދުވަހަކުން ތިމާގެ މުއްސަނދިކަމެއްގެ […]
މާލޭގެ ބޮޑެތި ފިހާރަތަކުން ފަހަރަކު ފިހާރައަކަށް ސައުދިއްޔާ ވަދެ އަގުބޮޑު ހެދުމާ ގަހަނާ ގަންނަމުން ދިޔައެވެ. ޖާހަތު ހުރީ ފަސްޖެހިފައެވެ. ނަމަވެސް ސައުދިއްޔާ އާ ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އީމަންއާ ޔާނާ ތިބީ އީމަންގެ ގޭގެ ކޮޓަރީގައެވެ. ޖެހިގެން އޮތް ދުވަހު ފުރަން ހަމަ ޖެހިފައި އޮތުމުން ދެމީހުންވެސް ދައްކަމުން ދިޔައީ އެވާހަކައެވެ. އިރުކޮޅަކުން އީމަންގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އީމަން ފޯނަށް ބަލައިލިހިނދު ނިތްކުރިއަށް ރޫތަކެއް އަރައިގެން ދިޔައެވެ. އަދި ޔާނާއަށް ބަލައިލަމުން ފޯނު […]
“ފައިހާ ޓްރައި ކުރަން ހިނގާ.. އޮންލީ ޗޮއިސް ވީ ހޭވް” ޖެހެމުންދިޔަ ގަދަ ވައިގާ ދައްކާ ވާހަކަ އަޑު ނީވިދާނެތީ އަނޫޝް ވަރަށް ބާރަށް ފައިހާއަށް ގޮވާލައިފާ ބުންޏެވެ. އަނެއްކާ ވެސް ފައިހާ ބޯ ޖަހާލިއެވެ. އަޑު ބޭރުނުވި ނަމަވެސް ފައިހާ ތުންތަޅުވާލައިފާ “އައި.ނޯ ” އޭ ބުނެލިއެވެ. ފައިހާ އާއި އަނޫޝް މަސައްކަތްކުރަމުން ދިޔައީ ޔޮޓުއޮތް ހިސާބަށް ފަތާފައި ދެވޭތޯއެވެ. މިހާރު ކަނޑުވެސް ތަންކޮޅެއް މަޑުހެން ހީވެއެވެ. ފަހަރެއްގައި އެއީ ހީވިގޮތްކަމުގައި ވެސް ވެދާނެއޭ އަނޫޝްގެ […]
“ޖަވާބެއްދީ!” އަމީން ހަރު އަޑުން ގޮވާލިއެވެ. މިޞްބާޙް ދެންވެސް އިސްޖެހިފައި ހުރީއެވެ. އޭނަ ހުރިގޮތުން ދުރުގައި ހުރި އޭނަގެ މަންމަގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ޖަވާބެއް ނުލިބި ގިނައިރު ވުމުން އަމީން އައި ރުޅީގައި ހިނގާފައި ގޮސް މިޞްބާޙްގެ ގަމީހުގެ ގިރުވޯނުގައި ހިފައި ދަމަމުން ގޮސް ފާރަށް މިޞްބާޙް ތަތްކޮށްލިއެވެ. ދުރުގައި ހުރި ޒާހިޔާއަށް މިޞްބާޙޭ ކިޔައި ގޮވާލެވުނެވެ. “ކަލޭ ހުރިތަނެއް މަށަށް ނޭނގޭނެ ކަމަށްތަ ހީކުރީ؟ މުޅި ރަށަށް އެނގޭ އެކަން. ކޮންމެވެސް […]