Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (6 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
October 15, 2015 4 Mins Read
13 Comments

ކުއްލިއަކަށް ބޭރުން ވިދާލައިފި އެވެ. އެކަން އިނގުނީ ހޯލުގެ ކުޑަދޮރުތަކުން ވަދެގެން އައި އަލިގަނޑަކުންނެވެ. ވަގުތުން ދެމީހުންވެސް ހުއްޓުނެވެ. ޝެރިނަށް ވެސް ހުއްޓެވުނެވެ. ސިހުނުކަމުގެ އަލާމާތްތައް އެދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ. ޝެރިން ހައިރާންވީ މިއޮއްހާއިރު އެމީހުންގެ ގަދަކަމުގެ ވާހަކަ ދައްކަދައްކާފައި ކުއްލިއަކަށް ބިރުން އުޅޭތަން ފެނުމުންނެވެ.

ދެން އިވެންފެށީ އެލާމެއްގެ އަޑެވެ. އެންމެ ވައްތަރީ ނުރައްކަލެއް އުޅޭކަމުގެ އެލާޓަކާއެވެ. ވަގުތުން ކަޅު ހެދުމުގައި ތިބި ފާރަވެރިންތަކެއް އެތަނަށް ޖަމާވެއްޖެ އެވެ. އޭރު މަޑުމަޑުން ނައު ގުޑެމުން އަންނަކަން ޝެރިން ފާހަގަ ކުރިއެވެ. ކުއްލިއަކަށް ހީވީ ނައު އެއްޗެއްގައި ލައިގަތްހެންނެވެ. އެރި ކުއްލި ގުޑުމާއިއެކު ބައެއް މީހުން ބެލެންސް ނުކުރެވިގެން ވެއްޓުނެވެ. ޝެރިންވެސް އަރި އަޅާލައިގެން ވެއްޓިއްޖެ އެވެ. އެއާއިއެކު ހޯލުގެ މަތީގައި ދިއްލާފައި ހުރި ހޮޅިބުރިތައް ކުއްލިއަކަށް ނިވިއްޖެ އެވެ.

 

……………

“ދަރިފުޅާ… ޝެރިން ގެނެސްދީ މަންމަ ގާތަށް… އެފަކީރު އުޅޭނެ ޙާލެއްވެސް ނޭނގެ… ހާދަ ދެރައޭ…” ދިނާޔާ ވާހަކަދައްކަމުން ގެންދިޔަ އެވެ. އޭނާ އޮތީ އޭޑީކޭގައި އައި.ސީ.ޔޫ ގައި ބާއްވާފައެވެ. ދުވަސް ނިމިގެން ދިޔައިރުވެސް ކުޑަކުޑަ ޝެރިންގެ އެއްވެސް ޚަބަރެއް ނުވާތީ ދިނާޔާ އަށް ހީވީ އޭނާގެ ގައިން އެއްބައި މަދުވެފައި ވާހެންނެވެ. މުޅިދުވަހު އެއްވެސް އެއްޗެއް ނުކައި ހަމައެކަނި ގުޅާފައިވާ ގުލުކޯޒަށް ބަރޯސާވެގެން އެއޮތީ ޝެރިން ފެނުނީމާ ނޫނީ އަރުން އެއްޗެއް އެތެރެ ނުކުރަން ކަމަށެވެ. އޭރު ކައިރީގައި ހުރި ދެ ގޮނޑީގައި އިން ނީމަށާއި، ދާނިޔާއަށް ދިޔައީ ގިސްލެވެމުންނެވެ. އިރުއިރުކޮޅާ މިކްޔާލް ނޫނީ ކައިލަށް ގުޅާ، ޚަބަރު ދަބަރު ބަލަމުން ގެންދެ އެވެ. ދެންހުރި ދެގޮނޑީގައި އިނީ ޔައިނާއި، އޭނާގެ މަންމަ ސަޢުދިއްޔާ އެވެ. އެންމެންގެ މޫނުމަތިވެސް ހީވަނީ މިލާ މޯޅިވެފައިވާ ތަސްވީރު ތަކެއް ހެންނެވެ. އެ ޚާންދާނުގެ ވަރަށް ގިނަ މީހުންތަކެއް ދިނާޔާގެ ޙާލު ބެލުމައްޓަކައި ޒިޔާރަތް ކުރުމަށްފަހު އެދިޔައީ ދެންމެ އެވެ. އެންމެންވެސް އުންމީދު ކުރަނީ މިރޭ ނޫނީ މާދަމާ ޝެރިން ފެންނާނެ ކަމަށެވެ.

ބާރަ އަހަރުގެ ކުޑަ ކުއްޖަކު ކިޑްނެޕް ކޮށްގެން އުޅޭކަމުގެ ޚަބަރުތައް މީޑިޔާގެ އެކިއެކި ވަޞީލަތްތަކުގައި ދިޔައީ ޢާންމުވަމުންނެވެ. ދިވެހި ސިފައިން މިމައްސަލަ ސީރިއަސްކޮށް ނެގުމުން ގަރޑަން ވޭލީގެ މެމްބަރުންގެ ހިތްވަރު ގަދަވެގެން ދިޔައެވެ. ޚާއްޞަކޮށް ސުޖާޢު އާއި، މިކްޔާލާއި، ކައިލް އެމީހަކަށް ވެވުނު އެހީއެއް ފޯރުކޮށްދެމުންދާތީ އިތުރަށް ހިތްވަރު ލިބުނެވެ.

 

ޖެހެމުންދާ ފިނިފިނި ވައިރޯޅި ތަކުން މިކްޔާލްގެ ގައިން ހީބިހި ނަގުވާލައިފި އެވެ. އަމީރު އަޙުމަދު މަގުގައި ހުރި ޕޮލިސް ސްޓޭޝަންގެ ހެޑް ކުއާޓާސް ކުރިމަތީ ފާރުގައި ލެނގިލައިގެން ހުރި އިރު އޭނާ ވާހަކަދައްކަމުން ގެންދިޔައީ ޖަރުމަންގައި ހުރި އޭނާގެ އެކުވެރިއަކަށެވެ.

“އާން އޯކޭ…! ތިކޮޅަށް މަ ދާނަން…” ސުޖާޢުއަށް މިކްޔާލާ ހަމައަށް ދުރުވެވުނުއިރު މިކްޔާލް ފޯނު ބާއްވަނީ އެވެ.

“ދަރިފުޅު މިހާރު ކައިފިންތަ…؟” ސުޖާޢު އެއްސެވީ ހިތްހެޔޮ ކަމާއެކީގަ އެވެ.

“ނޫން، ބައްޕާ… އަދި ވަގުތު ނުވެގެން މިއުޅެނީ…” މިކްޔާލް އިސްޖަހާލި އެވެ. އޭނާ ރާވަމުންދާ ނުރައްކާތެރި ޕްލޭން އޭނާގެ ބައްޕައަށް ކިޔާދޭނެ ގޮތަކާމެދު ވިސްނާލި އެވެ. އެޕްލޭނަށް ޢަމަލު ކޮށްފިނަމަ ޝެރިން ލިބޭނެކަމުގެ ނުވަދިހަ ޕަސެންޓް ގެރެންޓީ އެބައޮތެވެ. އަނެއް ދިހަ ޕަސެންޓަކީ ދިރިހުރުމެވެ.

“ދަރިފުޅު ވާހަކައެއް ބުނަން އުޅޭހެން ބައްޕައަށް އެބަ ވަރަށް ހީވޭ… ހިނގާބަލަ މިތާ ކައިރި ރެސްޓޯރެންޓަކަށް.” ސުޖާޢު އެދިލެއްވި އެވެ. ބައްޕަގެ އެދުން ބޮލާލާ ނުޖަހާން ވެގެން މިކްޔާލް ސުޖާޢު އާއި އެކު ސައިކަލަށް އެރިއެވެ.

ދެމީހުންވެސް ސީގަލް ކެފޭތެރެއަށް ވެދެގެން ދިޔައިރު، މޭދު ދޮށުގައި ތިބި މީހުންގެ ނަޒަރު މިދެ ބަފައިންނަށް އަމާޒުވަމުން ދިޔައެވެ. މިކްޔާލާއި ސުޖާޢު ޚިޔާރު ކުރީ ތަންކޮޅެއް މީހުން މަދު ހިސާބެކެވެ. އެއީ ކެފޭގެ ތަންކޮޅެއް ބިއްދޮށެވެ. ދެމީހުންވެސް ނޫޑުލްސް އަކަށް އޯޑަރު ދިނެވެ.

“މަންމަ އަދިވެސް އެއްވެސް އެއްޗެއް ނުކައި… އަޅުގަނޑު އާދޭސް ކުރުމުންވެސް ބުނަނީ ޝެރީއްކޮ ގެނައީމައޭ ކާނީ…” މިކްޔާލް ވާހަކަ ދެއްކި އެވެ.

ސުޖާޢުއަށް ފުންނޭވާއެއް ބޭރުކޮށްލެއްވެވުނެވެ. “ވަރަށް ދެރަކޮށް މިކަންތައް ދަނީ… މަންމަ އަދި ރަނގަޅުވާނެ. އިރާދަކުރެއްވިއްޔާ އަހަރެންގެ ދަރިފުޅު ފެންނާނެ. އެކަން ކުރި ބަޔަކު ހޯދާފައި ނޫނީ ދުލެއް ނުކުރާނަން…”

މިކްޔާލަށް މަޑުމަޑުން ބޯޖަހާލެވުނެވެ. އެވަގުތު އޭނާގެ ހޭޒަލް ކުލައިގެ ދެލޮލުން ފާޅުވާންފެށީ ހިތާމައިގެ އަސަރެވެ. ހަމައެވަގުތު ވެއިޓަރު އައިސް ދެތަށި ފްރެޝް އޮރެންޖު ގެނެސްދީފި އެވެ. މިކްޔާލް އޭގެން އެތިފޮދެއް ބޯލި އެވެ. ބޯތިރި ކޮށްލި ވަގުތު އޭނާގެ ނުހަނު ފަން އިސްތަށިގަނޑުން ބައެއް އިސްތަށި ނިއްކުރި މައްޗަށް ވެއްޓުނެވެ.

“ބައްޕާ… މީ… އަޅުގަނޑު ވާހަކައެއް އަހާލަންތަ؟” ބުނަން ނުބުނަން ހުރެފައިވެސް މިކްޔާލަށް ބުނެވުނެވެ.

ސުޖާޢު ނިތް އަރުވާލީ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.

މިކްޔާލް ފުންނޭވާއެއް ލިއެވެ. “އަޅުގަނޑު މިއުޅެނީ ވަރަށް އަވަހަށް ޖާރމަނީ ފުރަން ވެގެން… ވަރަށް މުހިއްމު ކަމަކު… މިކަމަށް ހުއްދަ ލިބިދާނެތޯ؟” މިކްޔާލް ވާހަކަ ދެއްކީ އިސްޖަހައިގެން އިނދެ އެވެ.

“ކިހިނެއްވީ؟ އެކީކުރަން ޖަރުމަނަށް ދަނީ؟” ސުޖާޢު ހައިރާން ވެލައްވާފައި އެއްސެވި އެވެ. “އަދި މިފަދަ ދަނޑިވަޅެއްގަ ދަރިފުޅު ދިޔައީމަ މަންމަ ކިހާ ހިތްދަތި ވާނެ…؟”

މިކްޔާލް ބައްޕަގެ މޫނަށް ނަޒަރު ހުއްޓާލި އެވެ. “ބައްޕާ… އިނގޭ މިވާހަކަ ޤަބޫލު ކުރަން ދަތިވާނެކަން… އެކަމަކު އަޅުގަނޑަށް ވަރަށް ބޮޑަށް ހީވޭ ޝެރީއްކޮ ގެންދާނީ ޖަރމަނީ އަށްހެން…” މިކްޔާލްގެ ޖުމުލައިން ސުޖާޢުއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.

“ކީކޭ ދަރިފުޅު ތިކިޔަނީ…؟؟ އެކީއްވެ ޝެރިން ޖަރމަނީ އަށް ގެންދަންވީ؟ ބައްޕައަކަށް ނުވިސްނުނު އެކައްޗެއްވެސް…” ސުޖާޢު އެއްސެވީ ސުވާލުން ފުރިގެންވި ލޮލަކުން ބައްލަވަމުންނެވެ.

“އިނގޭ ޤަބޫލު ނުކުރެއްވޭނެކަން. އެކަމަކު މީ ހަމަ ޙަޤީޤަތް. މިއަދު ހެނދުނު އަޅުގަނޑު ޝެރީއްކޮ ކޮޓަރިއަށް ވަތް އިރު ބެލްކަނީ ގެ ދޮރުކައިރިއަށް ވެއްޓިފައި އޮތް އެއްޗެއް މީގެ ހެއްކަކަށް ވެދާނެ ކަންނޭނގެ.” މިކްޔާލް އޭނާގެ ގަމީހުގެ ޖީބުން ގަނޑުކޮޅެއް ނަގައި ސުޖާޢުއަށް ދައްކާލި އެވެ. ދެބުމަ ކައިރި ކޮށްލާފައި ސުޖާޢު އޭގައި ހިފީ ކަންބޮޑުވެފައިވާ ޙާލުގަ އެވެ.

ކަރުދާސްކޮޅު ނިއުޅުވާލުމާއިއެކު ސުޖާޢުގެ ނަޒަރު ގޮސް ހުއްޓުނީ ފަލަ އަކުރު ތަކަކުން އެއް އަރިމަތީ ލިޔެފައިވި ނަމަށެވެ.

“އޯހް.. ނޯ…!!” މި ލަފްޒުތައް ސުޖާޢުގެ އަނގައިން ބޭރުވީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. މިކްޔާލަށްވެސް ލިބުނީ ސިހުމެކެވެ.

“ކިހިނެއްވީ ބައްޕާ؟ އެނގިލައްވާތޯ ތިތަން…؟” ބައްޕަ ކުރެން އޭނާ އަވަސްއަވަހަށް އަހާލި އެވެ.

“އާން… މަށަށް އިނގޭ މިތަން… އަހަރެންގެ ކުންފުނީގެ އެތައް ކޮންޓްރެކްޓުތަކެއް އަތުލާފައިވާނެ މިބައިމީހުން. އަދި އެކި ގޮތްގޮތައް ކޮރަޕްޝަންގެ ޢަމަލު ކުރަމުން އަންނަ ބައެއް، ވިޔަފާރި ކުރަމުން އަންނަ ތަނެއް. ‘އައިރިސް ޕްރައިވެޓް ލިމިޓެޑް’… އާނ…! މީހަމަ އެތަން… ކީކޭ ބުނާނީ… އަމިއްލަ އެދުމާއިގެން ފޯވެފައި ތިބޭ މީހުން އަދިވެސް ދުނިޔޭގައި ދަނީ އިތުރުވަމުން. ދުވަހަކު މަދެއް ނުވޭ. ރާއްޖެވެސް މިހާރު މިއޮތީ 180 ގައުމު ހިމެނޭ ލިސްޓުގެ 134 ވަނާގަ… ކިހާބޮޑު ފަޚުރެއް؟؟” ސުޖާޢުގެ އަޑު ތުރުތުރު އަޅަންފެށީ އޭނާގެ ހިތުގައި އުފެދުނު ނަފުރަތުގެ އަލިފާނުގެ ސަބަބުންނެވެ.

“އެހެންވިއްޔާ މިކުންފުނި ހުންނަނީ ކޮންތާކު؟ ޖަރުމަންގަ އެއްނު… ދޮގެއްތޯ؟ އެހެންވީމަ އެންމެ ބޮޑަށް ލަފާކުރެވެނީ އެތަނުގައި އުޅޭ މީހުން ރާއްޖެ އައިސް އެބަތިބިކަން. އެތަނުން ބަޔަކު މިގެއަށް ވަދެގަނެފަ އެހެރީ…” މިކްޔާލް އަވަސްއަވަހަށް ބުންޏެވެ.

ސުޖާޢު އިރުކޮޅަކު އެއްޗެކޭ ނުބުނެ އިންނެވި އެވެ. އޭނާ އިތުރަށް ޔަޤީން ކުރަން ބޭނުންވި އެވެ. ފުލުހުންނަށް އެގޭ ކައިރީ މަގުމައްޗާވީ ފަޅިން ހުސްވެފައިވާ ސިރިންޖެއް ވަނީ ފެނިފަ އެވެ. އޭގައި ވެސް އައިރިސް ޕްރައިވެޓް ލިމިޓެޑްގެ ލޯގޯ އިނުމުން ސުޖާޢުގެ ޝައްކު ޔަޤީނަށް ބަދަލުވި އެވެ. އޭނާ ހަނދާންވީ ކުރީ ދުވަހެއްގެ ހާދިޘާ އެކެވެ.

 

ސުޖާޢު އޭނާގެ އޮފީހުގެ މަސައްކަތުގައި އަވަދިނެތި އުޅެފައި ކޮފީއެއް ބޯލައްވަން ވެގެން ބޭރަށް ނުކުމެލެއްވި އެވެ. ކެންޓީން މިވަގުތު ބަންދުކޮށްފައިވީ ކަމުން ކައިރީގައިހުރި ހޮޓަލަކަށް ދުރުވާންވެގެން އޭނާގެ އޮފީހުގެ މުއައްޒަފަކާއިއެކު އޮފީސް ކުރިމަތީގައި ހުންނަ ހޮޓަލަކަށް ދުރުވި އެވެ. ދެމީހުންވެސް ވާހަކަދައްކަމުން ގެންދިޔައީ ސުޖާޢުގެ ވިޔަފާރިއާއި ބެހޭގޮތުންނެވެ.

ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ވެއިޓަރު އައިސް ދެ ކޮފީތަށި މޭޒުމަތީ ބެހެއްޓުމުންނެވެ. އެވަގުތު ސުޖާޢުމެން ތިބި މޭޒާއި ޖެހިގެން ފަހަތަށް ހުރިމޭޒު ދޮށުގައި ތިބި މީހުން ދައްކަމުންދިޔަ ވާހަކަ ސުޖާޢުގެ ސަމާލުކަން އަތުލީ ހަމަ ކުއްލިއަކަށެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ދުރުގައި ވިޔަސް (0)

Next

ހިޖުރަ (ސަތުތިރީސްވަނަ ބައި)

Next
October 15, 2015

ހިޖުރަ (ސަތުތިރީސްވަނަ ބައި)

Previews
October 14, 2015

ދުރުގައި ވިޔަސް (0)

13 Comments!

  1. kidy says:
    October 15, 2015 at 12:11 pm

    Faxu thnks avahah up kohdhineethi mi prtves reethi waiting for nxt part…..☺

    1. Faxoo says:
      October 15, 2015 at 1:29 pm

      thankuu kidy. varah ufaavejje emme furathamavx comment kurythy ?

  2. xiu says:
    October 15, 2015 at 12:14 pm

    Alhey faxooo haadha kurey part thah… Ekm mi part vx vrh salhi.. Waiting for next part. I love ur stories…:-)

    1. Faxoo says:
      October 15, 2015 at 1:32 pm

      thankx xiu.. sorry ehaa kurukoh genesdheveythy. ekam vaguthu vyvarakun vaahakaige part thah dhigu koh genesdheveythw balaanan. mi part kury part ah vureh dhiguvaane .ekam thanx 🙂

  3. shima says:
    October 15, 2015 at 2:08 pm

    Salhi. ..but thankolheh kury….adhi kudakoh dhigu koh lyma ragalhu waane..plz next part dhigu kohladhyba igay. … ☺

  4. ayminoo says:
    October 15, 2015 at 6:12 pm

    Faxoo thankoleh diguko geneshdeebala v nice mi part ves

  5. jeesh says:
    October 15, 2015 at 6:39 pm

    Faxu vaahaka hama great ingey…varah interesting gotha kah dhany…gudluck

    1. Faxoo says:
      October 17, 2015 at 9:03 pm

      thnx jeesh <3

  6. Thoo says:
    October 15, 2015 at 6:50 pm

    Faxu mi prt vx varah salhi but nxt prt thankolheh dhiguko genesdhechee

  7. nazi says:
    October 17, 2015 at 8:59 pm

    faxoo alhe vaahaka avaha up kolla dheebala plz plz plz avas

  8. Faxoo says:
    October 17, 2015 at 9:05 pm

    thank you all. 7 vana part than kolheh lasvedhaane. maybe sunday or monday up kureveythw balaanan 🙂 thank you for the support ? ?

  9. dark princess says:
    November 12, 2015 at 5:22 pm

    v salhi ingey faxoo ge vaahaka….hama habeys

    1. Faxoo says:
      November 16, 2015 at 6:24 pm

      thanx dark princess. ?

Comments are closed.

Next Episodeޝެރިން (7 ވަނަ ބައި)←


All Right Reserved!