Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ސަތުތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 15, 2015 8 Mins Read
48 Comments

“އެތާ އެއްވެސް މީހަކު ނުހުންނާނެ ދޯ ފަލަކް؟” މިޞްބާޙް ޝައްކު ފިލުވާލުމުގެ ގޮތުން އަހާލިއެވެ. ތިން އަންހެން ކުދިން އެކީގައި ހޫންލައްވާލިއެވެ. މިޞްބާޙް ދެންވެސް ޖެހިލުންވުމަކާއެކީ އެ ކޮޓަރިއާއި ދިމާލަށް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިޞްބާޙް އެންމެ ފަހަކަށް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިލިއެވެ el mejor sitio. އެއަށްފަހު އެ ދޮރުގެ ތަޅު އަނބުރާލަމުން ދޮރު ހުޅުވައި ކޮޓަރި ތެރެއަށްވަނެވެ. އެއާއެކު އެނދުމަތީގައި އިން އަފްރީން އިސްއުފުލާލިއެވެ. މިޞްބާޙާއި އަފްރީންގެ ހަތަރުކަޅި ހަމަވީ ވަގުތު ދެމީހުން ވެސް ގަނޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި މިޞްބާޙްގެ ފުރަގަހުން ކޮޓަރީގެ ދޮރު ބާރަށް ލެއްޕި ތަޅުލެވިގެން ދިޔައެވެ. އެ އަޑަށް ހަމަހޭވެރިކަމެއް ލިބިގެން ދިޔަ މިޞްބާޙް ފަސްއެނބުރި ބަލާލި ވަގުތު އަފްރީން އަވަސްއަވަހަށް އެނދުން ފޭބިއެވެ. އަވަސްވެފައިވާ ހިތަކާއެކީ އޭނަ ވެސް ދޮރާއި ދިމާލަށް ދާން އުޅުނު ވަގުތު ބޭރުން އިވުނު ފިރިހެނެއްގެ ހުނުމުގެ އަޑަށް އަފްރީންގެ ފައިގައި ތަޅު އެޅުވުނު ފަދައެވެ.

 

ކައިރިވަމުން ދިޔަ ހުނުމުގެ އަޑުއަހަން މިޞްބާޙަށް ހުރެވުނީ ދެ ބުމަ ކައިރިކޮށްގެންނެވެ. އެއީ ސިނާންގެ އަޑުކަން ނަގައިގަނެވުމުން އޭނަގެ ނިތުން ރޫފިލައިދިޔައެވެ. މީގެ ދުވަސްތަކެއް ކުރިން ކަންތައްވެގެން ދިޔަގޮތް ލޯކުރިމަތިން ސިފަވެގެން ދިޔުމުން މިޞްބާޙަށް މިވީގޮތް ނަގައިގަނެވުނެވެ. އެއާއެކު އޭނަގެ ހިތް މާޔޫސްވިއެވެ. އޭނަގެ ކޮއްކޮ މިހާ ފާޅުކަން ބޮޑު ގޮތަކަށް އޭނައަށް ދޮގުހަދައި އޮޅުވާލިކަން އެނގުންވުމުންނެވެ.

 

“ހެހެހެ……މިޞްބާ! މިއީ އަހަރުމެން އިންތިޒާރުކުރަމުން އައި ރެއަކީ. މިޞްބާ މިހާތަނަށް ޖެއްސި ހުރިހާ އެކްޓެއްގެ ފައިނަލް އެޕިސޯޑް މިއީ. އެ ކިޔެވި ކިޔެވުމާ، ދިގުދިގު ލެކްޗާރތައް ބެލުމާ، ޤުރުއާނާއިބެހޭ ސްޕީޗްތައް ދިނުމާ……އެ ހުރިހާ ކަމެއްގެ އަގު މިރޭ މިޞްބާއަށް ލިބެން ތި އުޅެނީ. އެންޖޯއި ބްރޯ!” ސިނާން ދެއްކި ވާހަކަތަކަކުން މިޞްބާޙަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. ސިނާން އޭނަ އިޞްލާޙުވިފަހުން ކުރި ކަންތައްތަކުގެ ވާހަކަ ދެއްކުމުން އޭނަ އޮޅުން އެރިއެވެ. ސިނާން އެގޮތަށް ވާހަކަ ދައްކަންވީ ސަބަބެއް އެންމެ ފުރަތަމަ އޭނައަށް ނޭނގުނެވެ. އެހެނަސް މާގިނައިރެއް ނުވެ އެއީ ކީއްވެކަން ވިސްނުމުން އޭނައަށް ކުއްލިއަކަށް އަފްރީނާއި ދިމާލަށް ބަލާލެވުނެވެ. އަފްރީން ނުރުހުންވެފައިވާ މޫނަކާއެކީ ދެއަތް އުރައި އިސްޖަހައިގެން ހުރިގޮތުން ސިނާން އެދެއްކީ އޭނައަށް އާ ވާހަކައެއް ނޫންހެން މިޞްބާޙަށް ހީވިއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ސިނާން އަފްރީންގެ ސިކުނޑިވެސް ދޮވުނީހެއްޔެވެ؟ މިޞްބާޙް ފުން ވިސްނުމެއްގެ ތެރޭގައި ހުއްޓާ އަނެއްކާވެސް ދޮރާއި ދިމާލަށް ބަލާލެވުނީ ސިނާންގެ އަޑު އިވުމުންނެވެ.

 

 

“އޭ އަފޫ! އަފޫ ކިހިނެއްތަ؟ ހާދަ ދުވަހެއްވެއްޖެއޭ ދެމީހުން ދިމާ ނުވާތާ. ކުރީކޮޅު އަހަރެން އަފޫ މިސްވި. އެކަމަކު މިހާރު އަހަރެންގެ ގާލްފްރެންޑެއް ހުރޭ. ޓޫ ބޭޑް. އަޑުއެހިން އޭރުއްސުރެ އަފޫގެ ބޯއިފްރެންޑެއް ނެތް ވާހަކަ. އަހަންނަށް އެނގޭ އަފޫ އަދިވެސް އަހަރެން މަތިން ހަނދާންވާކަން. އެކަމަކު ދެރަވާންވީ ސަބަބެއްނެތް. މިރޭ އަފޫ ކައިރިއަށް އައިއްސަ ތިހިރީ އަހަރެންގެ ކަޒިން. އޭނަ އަފޫއަށް……..” ސިނާންގެ ވާހަކަ މެދުކެނޑުނީ ގޮށްމުއްކެވިގެން ދިޔަ މިޞްބާޙް ދޮރުގައި ބާރަށް ޖަހާލުމުންނެވެ.

 

“މި ދޮރު ހުޅުވާ ސިނާން!” މިޞްބާޙް ރުޅިވެރިކަމާއެކީ އަޑުގެ ކޮޅަށް ގޮވާލިއެވެ. އެވަގުތު އޭނަގެ ހިތް މޭތެރޭގައި ބާރަށް ތެޅެމުން ދިޔައިރު އޭނައަށް ފުން ނޭވާތަކެއް ލެވެމުން ދިޔައެވެ. އޭނަގެ ރުޅިވެރިކަން އެހާ ހިސާބަށް ދިޔައީ ސިނާން އަފްރީނާއިމެދު ވާހަކަ ދެއްކި ގޮތުންނެވެ. އަފްރީނާއިމެދު އެފަދަ ދަށްގޮތަކަށް ވާހަކަ ދެއްކުމުގެ ޙައްޤު އެކަކަށްވެސް ލިބިގެން ނުވާނެ ކަމަށްބުނެ އޭނަގެ ހިތް ހަޅޭއްލެވިއެވެ. އެހެނަސް މިޞްބާޙްގެ ހިތް އޮތްގޮތް ނޭނގޭ އަފްރީން އޭނައާއި ދިމާލަށް ބަލަން ހުރީ ފެންކަޅިވެފައިވާ ދެލޮލާއެކީ ޝައްކުގެ ނަޒަރަކުންނެވެ.

 

“ހެހެހެހެ…….މިޞްބާ! އަދިވެސް އެކްޓް ޖައްސަނީތަ؟ އޮހް……ނޭނގުނީއޭ. އޭރުންތާދޯ އަފޫ ދެންވެސް މިޞްބާދެކެ ލޯބިވާނީ؟ މިރޭ އަފޫ މޮޔަވެދާނެ ތި ލޯބީގަ.” ސިނާނަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާ މިޞްބާޙް އަނެއްކާވެސް ހަރުއަޑުން ސިނާނަށް ގޮވާލިއެވެ.

 

“ބްރޯ ދެން އަހަރެން ދަނީ. ޑޫ ނޮޓް ޑިސްޓާބް ސައިންއެއް އަޅުވައިފިން މި ދޮރުގަ. ދަނީ އިނގޭ؟ ބާއި!” ސިނާންގެ އަޑު ފޭދެމުން ދިޔަ ގޮތުން އޭނަ ދަނީކަން މިޞްބާޙަށް ޔަޤީން ކުރެވުނެވެ.

 

“ސިނާން ޑޯންޓް! ސިނާން!” މިޞްބާޙް ހަރުއަޑުން ގޮވަމުން ދޮރުގައި ދެތިން ފަހަރަކު ގޮށްމުށުން ޖެހިއެވެ. އެއަށްފަހު އޭނަ ދޮރުގެ ތަޅަށް ބަލާފައި އަނބުރާލަން އުޅުނެވެ. އެކަން ކާމިޔާބު ނުވުމުން އޭތި ހަލާކު ކުރެވޭނެ އެއްޗެއް ފެނޭތޯ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެކަހަލަ އެއްޗެއް ނުފެނުމުން މިޞްބާޙް އޭނަގެ ކަނާތް އަތް މުށްކަވައި ތަޅުގައި ބާރަށް ޖަހާލިއެވެ. އަތަށްވެގެން ދިޔަ ތަދާއެކީ މިޞްބާޙްގެ އަނގައިން ހަޅޭކެއްގެ އަޑު ނިކުތެވެ. އޭނައަށް ދެލޯ މަރައި ތަގުޅިކޮށްލަމުން ތަދުވި އަތުގައި އަނެއްއަތުން ހިފާލިއެވެ.

 

“ދެން ތިހާވަރު ނުވިޔަސް ރަނގަޅުވާނެ.” ދުރުގައި ހުރި އަފްރީން ތުރުތުރުއަޅާ އަޑަކުން ބުނެލިއެވެ. އެ އަޑު އިވުނު މިޞްބާޙް އަފްރީނާއި ދިމާލަށް ބަލާލިއެވެ. އަފްރީން ފެންކަޅިވެފައި ހުރި ގޮތުން އޭނަ ދެންމެ ދެންމެ ރޮއިގަންނާނެހެން މިޞްބާޙަށް ހީވިއެވެ. އަފްރީން އެވަނީ އޭނަގެ ހިމާޔަތަށް ބޭނުންވެފައި ކަމަށް މިޞްބާޙްގެ ހިތް ބުންޏެވެ. އޭނައަށް ވަގުތުން ޚިޔާލު ކުރެވިގެން ދިޔައީ އޭނަ އަވަސް ހިނގުމެއްގައި ގޮސް އަފްރީންގެ ގައިގައި ބައްދާލާ މަންޒަރެވެ. އެވަގުތަށްޓަކައި މިޞްބާޙް ހެވާއި ނުބައިގެ މަތިން ހަނދާން ނެތުނުފަދައެވެ. އޭނައަށް އަފްރީނާއި ދިމާލަށް އެނބުރިލެވުނީ އެ މަންޒަރާއި އެއްގޮތަށް ޢަމަލުކުރުމަށެވެ. އެހެނަސް އޭނައަށް ފިޔަވަޅެއް ނޭޅެނީސް އަފްރީން ވާހަކަ ދެއްކިއެވެ.

 

“ހިއެއްވެސް ނުކުރަން…….ހީ ނުކުރަން އަންހެން ކުއްޖަކު ހައްލާލުމަށްޓަކައި މީހަކު ދީން ބޭނުން ކުރާނެކަމަށް. ކުރީކޮޅު ހިތަށްއެރި. ފަހުން ހިތް ބުނީ މީހަކަށް ހަމަ ހިދާޔަތް ލިބިދާނެއޭ. އެކަމަކު……” އަފްރީންގެ ލޮލުން އޭނަގެ ކޯތާފަތް މައްޗަށް ކަރުނަ ތިތްކެއް ފައިބައިގެން އައެވެ. އެ މަންޒަރު ފެނިފައި މިޞްބާޙްގެ މެއަށް ތަދުވިއެވެ. އޭނަގެ ލޮލުން ކަރުނަ ހިލުނީ އޭނައަކީ ދޮގުވެރިއެއްކަމުގައި އަފްރީން ދެކޭކަން އެނގުމުންނެވެ. އޭނަ އަފްރީންގެ ގާތަށް ގޮސް ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދޭން ބޭނުންވިއެވެ. އެ ޚިޔާލު ހިތަށް ވަނުމުން މިޞްބާޙް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އޭނަ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު އިސްޖެހިފައިހުރި އަފްރީން އޭނައަށް ހުރަސްއެޅިއެވެ.

 

“އަހަންނަށް…..ދެން ދުވަހަކުވެސް މީހަކަށް އިތުބާރު ކުރެވޭނެހެނެއް ހިއެއްނުވޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!” އަފްރީން އެންމެ ފަހު ޖުމްލަ އިވޭ ނުއިވޭ އަޑަކުން ބުނެލަމުން އިސްޖަހާލިއެވެ. އެ ޖުމްލަ ނިމުނުއިރު މިޞްބާޙްގެ ކުޑަކޮށް ހުޅުވިފައިވާ އަނގަ ލައްޕާލެވުނެވެ. ސިނާންގެ ރޭވުން ކޮންމެވެސް ވަރަކަށް ކާމިޔާބު ވެއްޖެކަން އެނގުންވުމުން އޭނަގެ ބުމަގޮށްޖެހުނެވެ. ސިނާން ބޭނުންވިހެން މިއަދަށްފަހު މީހަކުދެކެ ލޯބިވުމަކީ އަފްރީނަށް ފަސޭހަކަމަކަށް ނުވާނެއެވެ. މިޞްބާޙް އެކަން ބަދަލުކުރަން ބޭނުންވިއެވެ. ހުރިހާ ޙަޤީޤަތެއް އަފްރީނަށް ކިޔައިދިނުމުން އެކަން ކުރެވިދާނެކަމަށް އޭނަގެ ހިތް ބުންޏެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާ އަފްރީން އޭނަގެ ނަމުން ގޮވަމުން އިސްއުފުލާލިއެވެ.

 

“މިޞްބާޙް……ފަހަރެއްގަ ވެދާނެ މިޞްބާޙް ކުރީގަ ރައްޓެހިވީ ކުދިން މިޞްބާޙްގެ ޙަރަކާތްތަކަށް ހެއްލިގެން ވަރަށް ކުރު މުއްދަތެއްގެ ތެރޭގަ މި މަޤާމަށް އައިސް ތިބޭކަމަށްވެސް. ވެދާނެ މިރޭ ހިނގާނެ ފަދަ ކަމަކަށްފަހު އެކުދިން މިޞްބާޙް ދެކެ އިތުރަށް ލޯބިވާ ކަމަށްވެސް. އެކަމަކު އަހަރެން ތަފާތު. އަހަންނަށް މިޞްބާޙް ކަމުދިޔަ. ވަރަށް ޤަދަރުކުރިން މިޞްބާޙަށް. އެކަމަކު މިރޭ ކަންތައް މިވީގޮތުން އަހަރެންގެ ހިތުގައި މިޞްބާޙަށްޓަކައި އޮތް ހުރިހާ އިޙްތިރާމެއް ނެތިއްޖެ. އަހަރެން ނަފްރަތުކުރަން މިޞްބާޙަށް!” އަފްރީން ރޮވިފައިވާ އަޑަކުން އެންމެ ފަހު ޖުމްލަ ބުނެލީ މުޅި ކޮޓަރިއަށް އިވޭނެ ވަރަށެވެ. އެއާއެކު މުޅި ކޮޓަރިއަށް މަރު ހިމޭންކަމެއް ވެރިވިއެވެ. މިޞްބާޙް ދެލޯ ބޮޑުވެފައި ބުދެއްހެން އަފްރީނަށް ބަލަން ހުރިއިރު އަފްރީން ދެންވެސް ހުރީ ރޮވިފައި ކަހަލަ ގޮތަކަށެވެ. މިޞްބާޙް އެއްވެސް ޙަރަކާތެއް ނުކޮށް ހުންނަން ފެށުމުން ނޭނގޭ ސަބަބަކާހުރެ އަފްރީނަށް ރޮވުނެވެ. އޭނަ މޫނުގައި ދެއަތް އަޅާލަމުން ގިސްލަގިސްލާފައި ރޯން ފެށިއެވެ. އެ މަންޒަރު ފެނުނު މިޞްބާޙްގެ މޫނުމައްޗަށް ވެސް ހިތާމައިގެ އަސަރުތައް ވެރިވިއެވެ. ދެންމެ އަފްރީން ދެއްކި ވާހަކަތައް އޭނަގެ ކަންފަތުގައި ގުގުމަން ފެށިއެވެ. އަފްރީން އޭނަގެ ބޮލުގައި އެ އެޅުވީ އޭނަ ދުވަހަކުވެސް ނުކުރާ ކުށެއްގެ އިލްޒާމެވެ. އަންހެން ކުދިންނާއި އޭނަ ރައްޓެހިވެފައިވިޔަސް އޭނަ އަންހެން ކުއްޖަކާއެކީ ކޮޓަރިއެއްގައި އެކަހެރިވި ފުރަތަމަ ފަހަރަކީ މިއީއެވެ. އަފްރީން އޭނައާއިމެދު ދެކެނީ ހާދަ ނުބައިކޮށެވެ. އަފްރީންގެ ހިތުގައި އޭނައަށްޓަކައިވި ހުރިހާ އިޙްތިރާމެއް ނެތިދިޔައީ ނުބައި ނަޒަރިއްޔާތެއްގެ ސަބަބުންނެވެ. އަފްރީން އޭނައަށް ނަފްރަތުކޮށް އަމިއްލަ ނަފްސަށް އެ އަނިޔާދެނީ ޙަޤީޤަތް ނޭނގޭތީވެއެވެ. ޙަޤީޤަތް އޭނައަށް ބުނެދޭންވީއެވެ. އެ ޚިޔާލު ހިތަށް ވަނުމާއެކު މިޞްބާޙަށް ލަސް ފިޔަވަޅުތަކެއް ކުރިއަށް އެޅެން ފެށިއެވެ. ފުރަތަމަ ފިޔަވަޅާއިއެކީގައި ވެސް އަފްރީންގެ ގާތަށް ގޮސް ކަންތައްވާނެ ގޮތް އޭނަގެ ލޯކުރިމަތިން ސިފަވަމުން ދިޔަ ފަދައެވެ. ފުރަތަމަ ވެސް ސިފަވެގެން ދިޔައީ އަފްރީން އޭނަގެ އަތުތެރެއަށް ގެނެސް ހުއްޓާލުމަށް ބުނާ މަންޒަރެވެ. އެއަށްފަހު ހުރިހާ ވާހަކައެއް ކިޔަދީފައި އޭނަ ވެސް އަފްރީންދެކެ ވަރަށް ލޯބިވާ ވާހަކަ ބުނާ މަންޒަރެވެ. ނޭނގޭ ސަބަބަކާހުރެ އެ ހިނދުކޮޅަށްޓަކައި އެ މަންޒަރުތަކަކީ މިޞްބާޙަށް ނުބައި މަންޒަރުތަކަކަށް ނުވިއެވެ. އޭނަ ޚިޔާލުކުރަމުން ކުރިއަށް ދަމުން ދަނިކޮށް އޭނަގެ ފައި ބިންމަތީގައި ތަތްލީހެން ހީވީ ވަކި ހިސާބަކުން ކުރެވެން ފެށި ޚިޔާލުތަކަކުންނެވެ. އެއާއެކު އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އޭނަ މި ފިޔަވަޅުތައް އަޅަނީ ހަމައެކަނި އަފްރީނަށް ޙަޤީޤަތް ހާމަކުރުމަށްޓަކައި ނޫންކަމަށް އޭނަގެ ސިކުނޑި އަންގައިފިއެވެ. އޭނައާއި ދެ ފިޔަވަޅު ދުރުގައި މޫނު ފޮރުވައިގެން ހުރި އަފްރީނަށް ބަލަން މިޞްބާޙަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އަފްރީނާއި ވީހާވެސް ދުރަކަށް ދާންވީ ކަމަށް ހިތުގެ ކަނަކުން ގޮވާލި އިރު ހިތުގެ އަނެއްފަޅިން ގޮވަމުން ދިޔައީ ކުރިއަށް ދިޔުމަށެވެ. ކުރިއަށްދާން އޭނަ ވަރަށް ބޮޑަށް ބޭނުންވިއެވެ. އޭނަ ހުރިތާހުރެ އަތް ދިއްކޮށްލިޔަސް އޭނައަށް އަފްރީންގެ ގައިގައި އަތްލެވޭނެކަމަށް އޭނަގެ ސިކުނޑި ބުންޏެވެ. އެގޮތަށް ކަންތައް ކުރުމަށް އެދެވުނު ވަރުން މިޞްބާޙްގެ އަތުގައި ރިއްސާލިއެވެ. ހައިޖާނެއް އުފެދިފައިވާ ހިތް އަތްލާންވީކަމަށް ބުނެލި ވަގުތު އޭނައަށް އޭނަގެ ކަނާތް އަތް ވަކި ހިސާބަކަށް އުފުލާލެވުނެވެ. އެވަގުތު އެ އަތުގައި ތުރުތުރެއް އެކުލެވިގެންވިއެވެ. އޭނަ ހަމަ މިގޮތަށް ކަންތައް ކުރާނީތޯ ހިތް ސުވާލު ކުރި ވަގުތު އޭނަގެ ހަނދާނަށް އައީ އޭނަ އެންމެ ފަހަކަށް ތަރުޖަމާ ބެލި ސޫރަތެވެ. ޔޫސުފް ސޫރަތުގައި ވެސް މިފަދަ ޙާލަތެއް ސިފަކުރައްވާފައިވިކަން މިޞްބާޙް ހަނދާންވިއެވެ. އެ ސޫރަތުގެ އާޔަތެއްގައި ނުބައި ކަންތައް ކުރާ މީހުން ކާމިޔާބު ނުވާނެކަމަށް އޮތް ވާހަކަ ހަނދާނަށް އައުމުން މިޞްބާޙަށް އޭނަ އުފުލާލަން އުޅުނު އަތް މުށްކަވާލެވުނެވެ. އޭނަ އަފްރީނާއި ދިމާލަށް ބަލާލިއެވެ. އެވަގުތުވެސް އަފްރީން ހުރީ މޫނުގައި ދެއަތް އަޅައިގެންނެވެ. ދެންވެސް ކުރިއަށް ފިޔަވަޅެއް އަޅަން ބޭނުންވިއެއްކަމަކު މިޞްބާޙް ގަދަކަމުން އަފްރީނަށް ފަސްދިނެވެ. އެއަށްފަހު އޭނަ ހިނގައިގަތީ އެނދުގެ އަނެއްފަރާތަށެވެ. ހިނގަމުން ދިޔައިރު އޭނަގެ ދެލޯ ފެންކަޅިވީ އޭނަ ދެންމެ ކުރަން އުޅުނު ކަމަކާމެދު ވިސްނާލެވުމުންނެވެ. އޭނަ ﷲ ވޮޑިގެންވާކަން ހަނދާން ނައްތާލީ ކޮން އިރަކު ހެއްޔެވެ؟ ﷲ ވޮޑިގެންވާއިރު އޭނަ އެހާ ލަދުކުޑަކަމެއް ކުރަން އުޅުނީވެސް ކީއްވެ ހެއްޔެވެ؟ އަފްރީން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ހެއްޔެވެ؟ އޭނަ ހިތުން އޭނަ ދެންމެ އެކަން ކުރަން އުޅުނީ އަފްރީންދެކެ ލޯބިވާކަން އެންގުމަށްޓަކައި ހެއްޔެވެ؟ ނޫނެކެވެ. އެއީ ލޯބީގެ ނިޝާނަކަށް ނުވާނެއެވެ. އޭނަ އެކަން ކުރިނަމަ އެ ވެގެން ދިޔައީހީ އޭނަ އޭނަގެ އަމިއްލަ އެދުންދެކެ ވާ ލޯތްބެއްގެ ނިޝާނަކަށެވެ.

 

އަފްރީންގެ ގާތަށް ނުދިޔުމަށް ހިތްވަރުލިބޭ ފަދަ ޚިޔާލުތަކަކުން މިޞްބާޙްގެ ސިކުނޑި ފުރުނެއްކަމަކު އޭނައަށް އަފްރީނާއި ދުރަށް ފިޔަވަޅުތައް އެޅެމުން ދިޔައީ ނުހަނު އުނދަގުލުންނެވެ. އޭނަގެ ފައި ރިއްސަމުން ދިޔައީ އެ ދެފައި އެހެން ދިމާލަކަށްދާން އުޅުމުން މިޞްބާޙް އެ ފަޔަށް ބާރު ހިންގަން އުޅޭ ފަދައަކުންނެވެ. ކޮންމެއަކަސް މިޞްބާޙަށް ކާމިޔާބު ކަމާއެކީ ފަހަތް ބެލުމެއްނެތި އެނދުގެ އަނެއްފަރާތަށް ދެވުނެވެ. އޭނަ އެނދުގެ ކައިރީގައި ބިންމަތީގައި އިށީނީ އަފްރީނަށް ފުރަގަސްދެމުންނެވެ. އޭނަގެ ދެލޯ އަފްރީން ދެކެން އެދުނު ވަގުތު އޭނަ ދެލޯ މަރާލީ ލޯ ނުހުޅުވަން ހުވާކޮށްގެންނެވެ. އަމިއްލަ ނަފްސާއި ވަޢުދުވި ގޮތަށް ނުހުރެވިދާނެހެން ހީވި ވަގުތު މިޞްބާޙަށް ރޮވެން ފެށިއެވެ. އޭނަގެ ބަލިކަށިކަން އިޙްޞާޞް ކުރެވިފައެވެ. އޭނަ ވީހާވެސް އަވަހަކަށް މިތަނުން ނިކުމެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ހިތާހިތުން އޭނަ ދުޢާކުރީ އޭނައަށް އަބަދުވެސް އެހީވެދެއްވާނެ ފަރާތަކީ ﷲ ކަން ހަނދާންކުރަމުންނެވެ.

 

މިޞްބާޙްގެ ގިސްލުމުގެ އަޑަށް އަފްރީނަށް މޫނުން ދެއަތް ނަގާލެވުނެވެ. އޭނައަށް ޙައިރާންކަމާއެކީ އެ އަޑު އަންނަމުން ދިޔަ ދިމާލަށް ބަލާލެވުނެވެ. އޭނައަށް ފުރަގަސްދީގެން މިޞްބާޙް ދުރުގައި ރޯން އިންތަން ފެނިފައި އަފްރީނަށް ދެރަވާކަށް ނޭނގުނެވެ. މިވީގޮތެއް ނަގައިގަންނާކަށް އޭނައަށް ނޭނގުނެވެ. މިޞްބާޙް އޭނައާއި ދުރަށް ދިޔައީ ކީއްވެބާއޭ ހިތަށްއެރިއެވެ. އެ ސުވާލާއިމެދު އިރުކޮޅެއް ވަންދެން ވިސްނުމަށްފަހު އަފްރީނަށް ޖަވާބެއް ލިބުނެވެ. އެ ވާނީ މިޞްބާޙް އަދިވެސް “އެކްޓު” ޖައްސަނީ ކަމަށޭ އޭނަގެ ހިތް ބުންޏެވެ. މިހާއިރު ވަންދެން ވެސް މިޞްބާޙް ހެދިގެން ހުރީ އޭނަ މިތާ ހުންނަން ބޭނުން ނުވާކަމަށެވެ. އެއީ އޭނަ ރަނގަޅުވެއްޖެކަން އަފްރީނަށް ޔަޤީން ކޮށްދީ އަފްރީން އަމިއްލައަށް އޭނައަށް ދަޢުވަތު ދޭ ގޮތަށް ކަންތައް ކުރުމަށްޓަކައިކަމަށް އަފްރީންގެ ހިތް ބުންޏެވެ. މިޞްބާޙް ކަމެއްކުރަން ނުއުޅުނުނަމަ އެންމެ ފުރަތަމަ އޭނައާއި ދިމާލަށް ފިޔަވަޅުތައް އެޅިހެން އޭނައަށް ހީނުވީހެވެ. މިޞްބާޙް އެހާ ދުރުގައި ހުންނަން ބޭނުންވަންޏާ އޭނަ މިވަގުތު މިތަނުން “ސަލާމަތް”ވުމަށްޓަކައި މީހަކަށް ގުޅާލަންވީ ނޫންހެއްޔެވެ؟ އެ ސުވާލު ހިތަށް ވަނުމުން އަފްރީނަށް ޚިޔާލެއް ލިބުނެވެ. ޚުދު އޭނަ މީހަކަށް ގުޅާލަންވީ ނޫން ހެއްޔެވެ؟ އަފްރީނަށް ވަގުތުން އޭނަގެ ހެދުމުގެ އެއްފަރާތެއްގައި ހުރި ޖީބުން އޭނަގެ ފޯނު ނެގުނެވެ. އެވަގުތު އެ ފޯނު އޮތީ ނިވިފައެވެ. އަފްރީން ފޯނު ޖައްސާލުމަށް އެއްފަރާތެއްގައި ހުރި ބަޓަނަށް ފިތާލީ ފޯނުގައި ކުޑަ ޗާޖުކޮޅެއްވެސް ހުންނާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާ ކުރަމުންނެވެ. ފޯނު ދިއްލި ސޭމްސަންގްގެ އަކުރު ފެނިގެން ދިޔުމުން އަފްރީނަށް ހިތަށް ބަޔާން ކުރަން ދަތި ހަމަޖެހުމެއް ލިބުނެވެ.

 

ދުރުގައި އިން މިޞްބާޙަށް އަފްރީންގެ ފޯނު ހުޅުވިގެން ދިޔަ އަޑު އިވިފައި ލޯ ހުޅުވާލެވުނެވެ. އަފްރީން އުޅެނީ މީހަކަށް ގުޅަންކަން މިޞްބާޙަށް އެނގުނެވެ. އެއާއެކު އޭނައަށް ވެސް އޭނަގެ ޖިންސްގެ ޖީބު ހުރި ދިމާލުގައި އަތް ޖައްސާލެވުނީ އޭނަގެ ފޯނު އޮތްތޯ ބެލުމަށެވެ. އެހެނަސް އޭނައަށް އާދެވުނީ އޭނަގެ ފޯނު ބާއްވާފައިކަން އެނގުންވުމުން މިޞްބާޙް މާޔޫސްވިއެވެ. ފޯނު އޮތަސް އޭނަ ގުޅާނީ ކާކަށްތޯ ހިތަށްއެރިއެވެ. އޭނަގެ ބައްޕަ މިހާރު ހުންނާނީ ޕޯޑިއަމަކަށް އަރާފައެވެ. މިރޭ އޮތީ ފުދޭވަރަކަށް ބޮޑު ޖަލްސާއަކަށްވުމުން މަންމަވެސް ހުންނާނީ އެތަނުގައެވެ. ފޯނެއް އަޔަސް މަންމަ ފޯނު ކަނޑާލާނެކަން ޔަޤީނެވެ. އޭނަ ދެން ގުޅަން ހުރި މީހަކީ އޭނަގެ ކޮއްކޮއެއްގެ ސިފައިގައި ހުރި ދުޝްމިނެއްކަމަށްވާ ސިނާނެވެ. މިޞްބާޙަށް އަނެއްކާވެސް އޭނަގެ ދުޅަވެފައިވާ ދެލޯ މަރާލެވުނެވެ. އަފްރީން މީހަކަށް ގުޅައިގެން ދެމީހުން ވެސް މިތަނުން ސަލާމަތް ކޮށްދޭނެ އިރެއްގެ އިންތިޒާރު މިޞްބާޙް ކުރަން ފެށިއެވެ.

 

އަފްރީންގެ ނަސީބު ރަނގަޅުކަމުން އޭނަ ފޯނު ޖައްސާލި ވަގުތު ބައްޕަ އޭނަގެ ފޯނަށް ސަތޭކަ ރުފިޔާ ފޮނުވައިފިއެވެ. އޭނަ ބައްޕަ ގާތު ފޯނަށް ލާރި އަޅައިދިނުމަށް އެދުނީ މިއަދު ހަވީރެވެ. އެންމެ މުނާސަބު ވަގުތު ލާރި ލިބުމުން އަފްރީނަށް ހިތާހިތުން ޙަމްދުކުރެވުނެވެ. އޭނަ ވަގުތުން ބައްޕަގެ ނަންބަރަށް ގުޅައި ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ އަފޫ…..ކިހިނެއްވީ؟ ބަލާ އަންނަންވީތަ ފަލަކްމެން ގެއަށް؟” ޝަރީފް ކޮށްލި ސުވާލުން އަފްރީން ހުއްޓުން އެރިއެވެ. ބައްޕައަށް އެނގުނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ އޭނައަށް މިގެއަށް ޙަޤީޤަތުގައި އައީ ކީއްކުރަންކަން ހަނދާންވިއެވެ. އޭނައަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

 

“އާނ ބައްޕާ. ވަރަށް އަވަހަށް އާދޭ. އަފޫ މިހިރީ……..އޮޅުމަކުން ކޮޓަރިއެއްގަ ތަޅުލެވިފަ. ފަލަކް ގޭގަ ނެތް ކަންނޭނގެ. ބައްޕަ މިގެއަށް ވަދެގެން އައިއްސަ އެންމެ ފުރަތަމަ ފެންނަ ކޮޓަރީގެ ދޮރު ހުޅުވާލައްޗޭ.” އަފްރީން އަވަސްއަވަހަށް ކަންތައް ވީ ގޮތުގެ އެއްބައި ކިޔައިދިނެވެ.

 

“ސުބްޙާނަ ﷲ. ތިއީ ކިހިނެއްވީ ކަމެއް؟” ޝަރީފް ކަންބޮޑުވުމަކާއެކީ ސުވާލުކޮށްލި އަޑު އިވުމުން އަފްރީނަށް ދެލޯ މަރާލެވުނެވެ.

 

“ބައްޕާ އަވަހަށް އާދޭ.” އަފްރީން އިތުރު ވާހަކަ ނުދައްކަންވެގެން އަނެއްކާވެސް ބުނެލިއެވެ. ޝަރީފް މިއަންނަނީއޭ ބުނެލަމުން ފޯނު ކަނޑާލއެވެ. އަފްރީނަށް ފޯނު ކަންފަތުން ނަގާލަމުން މިޞްބާޙާއި ދިމާލަށް ބަލާލެވުނެވެ. މިޞްބާޙް އަދިވެސް އެންމެ އިންޗަކުން ވެސް ދުރުނުވެ އިން ތާނގައި އިނެވެ. ނޫންކަމަށް ހެދެން ހާދަ މޮޅު މީހެކެވެ. މިޞްބާޙް އެ އިނީ އޭނަ އަމިއްލައަށް އެތަނަށް ގޮސް ކިހިނެއްވީތޯ ސުވާލުކުރުމުގެ އިންތިޒާރުގައި ހެއްޔެވެ؟ އެއީ މިޞްބާޙްގެ ހުވަފެނަކުން ވެސްވާނެ ކަމެއްނޫނެވެ. އަފްރީންގެ ހިތް މިޞްބާޙަށްޓަކައި ނަފްރަތުން ފުރިގެން ދިޔައެވެ. އެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ފިރިހެން ކުއްޖަކަށް މިފަދަ ޙާލަތެއްގައި އެހާ ދުރުގައި ހުރުމަކީ ކިހާ އުނދަގޫ ކަމެއްކަން އަފްރީނަށް އެއްގޮތަކަށްވެސް ނޭނގެއެވެ.

 

ސިނާނާއި އޭނަގެ އެކުވެރިން ފަލަކްމެންގެ ގޭގެ ސިޓިންގް ރޫމުގައި ތިއްބާ ގޭގެ ކުރިމައްޗަށް ޖިޕެއް މަޑުކޮށްލި އަޑުއިވުނެވެ. އެ އަޑު އިވުމުން އެންމެން ހިމޭންވިއެވެ. ފަލަކް ގޮސް ގޭގެ ހުޅުވާލެވިފައިވާ ދޮރުމައްޗަށް އެރިތަނާ ޖިޕުން ފައިބައިގެން ގޭގެ ފެންޑާއަށް ވަތް ޝަރީފް އޭނައަށް ފެނުނެވެ. އެއާއެކު އޭނަ ތެޅިގަންނަމުން އެތެރެއަށް ދިޔުމަށް އެންމެނަށް ޢިޝާރާތް ކުރިއެވެ. ސޯފާތަކުގައި ތިބި މީހުންނަށް ސަބަބު ނޭނގުނެއްކަމަކު އެ މީހުން އެންމެން އަވަސް އަރުވާލާފައި ގޮސް އެކި ކޮޓަރިތަކަށް ވަނެވެ. ފަލަކް ގޮސް އަމާނީ ވަތް ކޮޓަރިއަށް ވަދެ ދޮރުލައްޕާލި ވަގުތު ޝަރީފް އެ ގޭގެ ދޮރުމައްޗަށް އެރިއެވެ. ޝަރީފް ގޭގެ ވަށައި ހޯދާލަމުން ސަލާމް ގޮވާލިއެވެ. އެ އަޑަށް ކޮޓަރީގެ އެނދުމަތީގައި އިން އަފްރީނަށް ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. މިޞްބާޙަށް ވެސް ބަލާލެވުނީ އެ ދިމާލަށެވެ.

 

“ބައްޕާ….ބައްޕާ. ބައްޕާ!” އަފްރީން ބާރުވަމުން ދިޔަ އަޑަކުން ބައްޕައަށް ގޮވަމުން ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ދޮރުގައި އެއްއަތުން ތަޅަން ފެށިއެވެ. ބޭރުގައި ހުރި ޝަރީފަށް އެ އަޑު އިވުމުން އޭނަ ވަގުތުން އެ ދިމާލަށް ދިޔައެވެ. ދޮރާއި ހަމަވެ ތަޅު އަނބުރާލަން އުޅުނު ވަގުތު ތަޅުގައި އެޅުވިފައި އޮތް “ޑޫ ނޮޓް ޑިސްޓާބް” ގެ ނިޝާން ފެނިފައި ޝަރީފްގެ ނިތަށް ރޫގިނަވިއެވެ. ސިކުނޑިއަށް ގޯސް ޚިޔާލުތަކެއް ވެރިވިއެއްކަމަކު ފަހުން ހިތަށް އެރީ މިއީ އަފްރީންމެންގެ މަސައްކަތަށް ހުރަސް އެޅިދާނެތީ އަޅުވާފައި އޮތް ނިޝާނެއް ކަމަށެވެ. ޝަރީފް ތަޅު އަނބުރާލަމުން ދޮރު ހުޅުވާލިތަނާހެން އަފްރީން ވައިއަޑުން ބައްޕާއޭ ކިޔައި ޝަރީފްގެ ގައިގައި އޮޅުލައިގަތެވެ. އަފްރީންގެ ދެއަތް ފިނިވެފައިވި ގޮތުން އޭނަ ބިރުގެންފައިވިކަން ޝަރީފަށް އެނގުނެވެ. މިތާނގައި ބަންދުވީ ކިހިނެއްތޯ ޝަރީފް ސުވާލުކުރަން އުޅުނު ވަގުތު ބިންމަތިން ތެދުވެލީ މިޞްބާޙް ޝަރީފަށް ފެނުނެވެ. މިޞްބާޙް ކޮޓަރީގެ ދޮރާއި ދިމާލަށް އެނބުރިލީ ވަގުތު ޝަރީފްގެ މޫނުމައްޗަށް އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަން ވެރިވިއެވެ. ޝަރީފްގެ ސިކުނޑި ވަގުތުން ކަންތައްވީ ގޮތް އަމިއްލަ އަމިއްލައަށް ނިންމައިފިއެވެ. އޭނަ އަފްރީން ގަޔާއި ދުރުކޮށްލަމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް މިޞްބާޙްގެ ކުރިމަތީގައި މަޑުކޮށްލިއެވެ. މިޞްބާޙް ޝަރީފަށް ބަލާލީތަނާހެން އޭނަގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ.

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ޝެރިން (6 ވަނަ ބައި)

Next

ކަނޑުފެން (ދެވަނަ ބައި) KanduFen (Part-2)

Next
October 15, 2015

ކަނޑުފެން (ދެވަނަ ބައި) KanduFen (Part-2)

Previews
October 15, 2015

ޝެރިން (6 ވަނަ ބައި)

48 Comments!

  1. jana says:
    October 15, 2015 at 9:43 pm

    Assalam’alaikum 🙂 varah bodah sorry mi bai kuruvythy. aslu safhaa number hama evvareh. mi baiga sifakurun gina veema madhu kanthah hingy. dhen oiy baiga gina kanthah hingeytho balaanan In Sha Allah. ebai saturday ga In Sha Allah 🙂

  2. yaan says:
    October 15, 2015 at 9:52 pm

    Haada kuray janaa

    1. jana says:
      October 16, 2015 at 2:11 pm

      dhen oiy bai dhigu kolleveytho balaanan In Sha Allah 🙂

  3. zee says:
    October 15, 2015 at 9:57 pm

    Vv reethi.

    1. jana says:
      October 16, 2015 at 2:12 pm

      Alhamdhulillah! (All praise and thanks belongs to Allah) 🙂

  4. Anonymous says:
    October 15, 2015 at 10:00 pm

    Misbaahah haadha aniyaa ekey e libeny… ? Ma ves roanvee ?????????

    1. jana says:
      October 16, 2015 at 2:14 pm

      Anonymous adhi thi karunathah rakka kurey ingey dhen annan huri baithakah? hehe….. 😛

  5. humey says:
    October 15, 2015 at 10:16 pm

    Zana thanks.dhen anna baiga afooah misbaahuge kusennenkan angachey..plx..

    1. jana says:
      October 16, 2015 at 2:14 pm

      balamaa dho vaa gotheh humey? In Sha Allah 🙂

  6. maash says:
    October 15, 2015 at 10:27 pm

    Alhey afoo ah hagygaiy avahah kiyaadhyba plxx! Story vvvv obi?

    1. jana says:
      October 16, 2015 at 2:15 pm

      Alhamdhulillah! hmm balamaa hageegaiy faalhu kureveytho In Sha Allah 😀

  7. Aishaa says:
    October 15, 2015 at 10:32 pm

    Al-hamdhulillaah! 🙂
    Varah salhi….igey Jana 🙂
    waiting for the nxt prt

    1. jana says:
      October 16, 2015 at 2:16 pm

      Alhamdhulillah! 😀

  8. Anonymous says:
    October 15, 2015 at 10:33 pm

    Nice

    1. jana says:
      October 16, 2015 at 2:16 pm

      Alhamdhulillah! 😀

  9. Ayaa says:
    October 15, 2015 at 10:58 pm

    Dhn janaa……… haadha dhera gothekey mivany….. heart break eba vey kiya kiya…. hama rovey goiy vany…. so emotional.

    1. jana says:
      October 16, 2015 at 2:17 pm

      jana ves rovey goiy vey liyamun dhaairu 😛 dont worry ingey? vaahaka ah jana gennaany happy ending eh In Sha Allah 😉

  10. Hanu says:
    October 15, 2015 at 11:19 pm

    dhn plx ehen nahadhaa. dhigu nudhammaaa hagergai haama koi dhee plx

    1. jana says:
      October 16, 2015 at 2:18 pm

      hmm….balamaa hingaa vaa gotheh In Sha Allah 🙂

  11. zai says:
    October 15, 2015 at 11:28 pm

    Salhiiiiii

    1. jana says:
      October 16, 2015 at 2:19 pm

      Alhamdhulillah! 🙂

  12. Arcane_Belle says:
    October 16, 2015 at 12:16 am

    Mi kudhin misbaah dheke haadha loabi veyey dhw :p

    1. jana says:
      October 16, 2015 at 2:20 pm

      dhen ehaa rangalhu kujjeh dheke loabives vaane tha dho Arcane_Belle? 😛

    2. Arcane_Belle says:
      October 16, 2015 at 10:17 pm

      Yeah :p Even I feel like crying after reading those comments

  13. aminath says:
    October 16, 2015 at 12:24 am

    kobaa nasraa and yoonus? ok jana i knw im a little bit impatient…i guess i ll wait till saturday.. 🙂

    1. jana says:
      October 16, 2015 at 2:21 pm

      nasraa and Yunus annaane next part ga. bunymennu dho dhe story gulhigendhaane ey? its ok aminath. one of the things that makes a story beautiful is the anticipation while reading it. 😉

  14. Kitty says:
    October 16, 2015 at 1:10 am

    Jana what will happen next will afu ever find the truth?

    1. jana says:
      October 16, 2015 at 2:22 pm

      i wont tell you the story here Kitty. 😀 You will find out in the next part In Sha Allah 🙂

  15. Azu says:
    October 16, 2015 at 1:20 am

    Masha allah v reethi mi bai ves. Jazaakillah khaira jana

    1. jana says:
      October 16, 2015 at 2:23 pm

      Alhamdhulillah! Wa iyyaaki! 😀

  16. AL says:
    October 16, 2015 at 10:52 am

    V V V V REETHI MI VAAHAKA. JANA MISBAAH AH HAGEEGAIH KIYAADHEEBALA PLX.. MIHAARU VX ANEHBAI KIYAA HITHUN. JANA V MOLHU VAAHAKA LIYAN. UNMEEDHU KURANY JANAGE ITHURU VAAHAKA ADHI FENNAANE KAMAH.

    1. jana says:
      October 16, 2015 at 2:26 pm

      ALHAMDHULILLAH! hehehe…. 😛
      jana ah vaahaka liyumuge hunareh libifa huriyya hury Allah ge iraadha fulhun. Allah iraadha kuravvaifi hindhaku e hunaru nethives hingaidhaane. ehenvyma Alhamdhulillah! (All praise and thanks belongs to Allah)
      Misbaah ah kon hageegatheh kiyaidheyn vy? 😛 Afreen ah kiyaidheyn vy dho? hehe….eba balan jana ah kureveyne kameh 😛
      jana ge ithuru vaahaka egge vaahaka adhi dhakkaakah nethin 🙂

  17. AL says:
    October 16, 2015 at 10:52 am

    V V V V REETHI MI VAAHAKA. JANA MISBAAH AH HAGEEGAIH KIYAADHEEBALA PLX.. MIHAARU VX ANEHBAI KIYAA HITHUN. JANA V MOLHU VAAHAKA LIYAN. UNMEEDHU KURANY JANAGE ITHURU VAAHAKA ADHI FENNAANE KAMAH.

  18. jana says:
    October 16, 2015 at 2:40 pm

    FB Post:

    “………He said, “[I seek] the refuge of Allah. Indeed, he is my master, who has made good my residence. Indeed, wrongdoers will not succeed.” Surah Yusuf, ayah 23

  19. jana says:
    October 16, 2015 at 2:41 pm

    FB Post:

    Read the best story there can ever be. It is the best story not only because it has the best story line, but also because it is full of lessons. You will see yourself in the story when you read it In Sha Allah 🙂
    http://www.islamawareness.net/Prophets/yusuf.html

  20. jana says:
    October 16, 2015 at 4:27 pm

    FB Post:

    The stories that he tells about people who won this fight just….brings me to tears.
    “Wa liman khaafa maqaama rabbihy jannathaan”
    Translation: But for he who has feared the position of his Lord are two gardens – Surah Ar-Rahman, ayah 46
    https://www.youtube.com/watch?v=XfUZknCITnc

  21. Mistaken Teenager says:
    October 16, 2015 at 5:53 pm

    Janaa, dhivehi site eh ge nan buneba islamee suvaalu hushahelhey.. igireysi site eh viyas okay ekam bodah ragalhy dhivehi site eh.. kiyuntherinnah suvaalu husha helhey.

    1. jana says:
      October 16, 2015 at 8:11 pm

      jana akah neynge ekahala dhivehi site eh. mee rangalhu site ehkamah jana adu ehin

      http://islamqa.org/

    2. Arcane_Belle says:
      October 17, 2015 at 9:09 am

      Mistaken Teenager try this 🙂
      http://www.mvislamqa.com/beta/

    3. nash says:
      October 18, 2015 at 7:04 am

      Raajje islam balaalaba..nash kurin suvaalu fonuvan..

  22. m.tee says:
    October 16, 2015 at 6:15 pm

    V salhi.v intresting story.

    1. jana says:
      October 16, 2015 at 8:12 pm

      Alhamdhulillah! 🙂

  23. Hanu says:
    October 16, 2015 at 7:52 pm

    jana eemaan therikan varugadha kuraanee kihineh?? adhi quruan aa kairi vaanee kihineh? aharen v beynun hithuge saabithukan varugadha kuran?

    1. shiu says:
      October 16, 2015 at 7:59 pm

      aharen ves ? kurin alhamdhulillah v rangalhu hurihaa kamen. eemaan therikan varugadha kan amillah ah ves ihusaas vey. quran aa ves v kairi. v hoh hama jehey eyru. ekamaku madu madu hih bali kashi vamun dhiyaee ? meehun ge malaamaathasha furassaara ah maa bodu ahammiyyatheh dhevunee kanneyge. meehun ge rulhi veri bas thaka kuri mathi laan nukerigen emmen like vaan beynun v? mihaaruves goas gothakah noolheh. ekamaku eemaan therikamuge foni kameh neh hithaku. e hinhamagehun alun beynun vey varah. allah aa kairivaan v beynun quran aa ves. kihineh aharen hadhaanee.. plx help. v ladhuvethi kamaa eku mi vaahaka hihsaa mi kuree? e ufaaverikan alun beynun vaathee

    2. jana says:
      October 16, 2015 at 8:37 pm

      Hanu, shiu…..hithuge iman therikan dhahvumaky aharumen emmennah ves dheythere dheytherein ihsaas kurevey kameh. ehen vaa komme faharaku heevedhaane dhen dhuvahakuves hithah hama jehumeh nulibeyne ey. heevedhaane dhen dhuvahakuves rangalheh nuvaane ey. nubai ‘amalu thah kurevemun gos mulhin gellidhaane hen ves heevaane. haqeeqathuga varah biruveri haalatheh ey. ekamaku e vaguthu thakugai handhaan kuranvy hidhaayai dhakkavaa faraathaky hama ekani Allah kan. Allah aa kairivaan aharumen masakkaiy kuraa varakah Allah ves aharumenna kuhthan vaakan handhaan kuran vy. e dhuvas thakuga varah undhagoo ves vaane heyo ‘amaluthah kuran. ekamaku kithamme undhagoo viyas gadhakamun heyo ‘amaluthah kuranvy. komme namaadhakah fahu kommeves varakah Quran kiyavanvy. vaguthuvy varakun Quran adu ahai Quranuge tafseer bunedhey lecture thakaai Rasoola (SAW) ge seerah bunedheefa hunna lecture thah balanvy. komme kameh kuraa iru handhaan kuranvy mi hurihaa kamegge badhalegge gothun Allah aharumennah hidhaayaiy ithuru kohdhevvaanekan. hithuge hamajehun dhevvaanekan. e hamajehun avahah genesdhevvumah edhi ekalaange hazarathah gina ginain dua kurunves varah varah muhimmu. loabivaa meehakaai vaahaka dhakka fadhain thi kurevey ihsaas thah ekalaange aai hissaa kurun ves muhimmu.
      mikamaa beheygothun dhekki dhaane baivaru vaahaka thah eba huri. jana dheynan baeh practical tips thah.
      1. komme namaadhakah fahu kommeves evvarakah Quran kiyevun.
      2. Quran un kiyevey baige tharujamaa belun. ekan kurevidhaane tanzil.net in. e site in Quran adu ahamun tharujamaa beleyne.
      3. tafseer lectures thah belun/ adu ehun. jana kureega dheefa hunnane Bayyinah.com ey kiyaa site eh. e site ge podcast ga hunnaane Juz ‘amma ge hurihaa surategge tafsir aai Juz Tabarak ge baeh suraiy thah. furathama adu ahaany nubalaa dhaskoffa huri surah thah. dhen aa suraiy thakuge tafsir balaafa e surah thah dhaskoffa namaadhuga kiyavanvy.
      4. Rasoola (SAW) ge seerathaa behey foiythah kiyai lecture thah balanvy. youtube ga hunnaane Mufti Menk ge seerah series eh.
      5. namaadhuge quality ithuru kuran masakkaiy kuranvy. quality ithuruvaane Qurange maana engen feshyma ves. ekamaku thireegai mi oiy foiy kiyuneema jana ah varah bodah faidhaa kuri.
      http://understandquran.com/fileadmin/user_upload/extras/Salah.pdf
      6. fonah hisnul muslim app download koffa eygai huri dua thah dhaskuranvy. eyga hunnaany eki kanthah kuraa iru kiyanvy dua thah. ey hama sunnathun saabithuvaa dua thah. komme dua egge ves maana balaafa dhaskuraany. komme dua eh kiyan aadha veema aa dua eh dhaskuraany.
      mihaavaru fudheyne kanneynge miadhah. mi hurihaa kanthahthakaky jana ah emme furathama handhaan kohdhinumeh. jana ves meegein baeh kanthahthakah kannevvefa vany. Allah alhamen emmenge hithuge iman therikan varugadha kuravvai ekalaange handhumain alhamenge hihthakah hamajehumeh genesdhevvaashi. Ameen!

  24. Thooma says:
    October 16, 2015 at 11:42 pm

    Janaa.. V ladhuganey mi vaahaka dhahkany ekamaku thooma ah mamma badhu dhuaa kurany.. Kihineh hadhaany.. Serious koh.
    Dhuvahakuves hieh nukuran mamma badhu dhuaa kohfaane kamakah when meehun kuriyas
    Janaa pls help me
    Mamma kithanme faharaku bunyas hama kannei vefa oveveny.. Ehenve mamma rulhi aisgen v halhey lavaane.. V ladhu ganna gothah hiley meehun kurimathyga vaahaka vex dhahkaane..
    Fahun diary liyan feshyma mammamennah falhaa araigen v varu kuri.. Gaiga thelhi varakah.. V ehen kahala gunavan thakuga ves jahaa hedhi.. Mamma kuda iru ves ehaa varah thalhaafa hureema kanneyege meyah ves baeh faharah hama hurefa dhila thadheh araafaane..
    Mihaaru emme dhera vany hama mamma badhu dhuaa kureema.. Igey ey kihaa varehge kameh kan.. BTW I’m only thirteen

    1. jana says:
      October 17, 2015 at 6:45 am

      Salaam Thooma. Thooma thi vaahaka jana aai personally dhekkiyya jana ah varah rangalhu. Hijra page ah message eh kollevidhaanetha? ehen noony Thooma athuga phoneh othiyya jana aa contact kureveyne. site ge admin ah text eh koggen jana ge number hoadhan vy. admin number aky 7997991
      hama ekani commentakun ehy nuvedhevidhaanethy mihen mi buny. you need support. hurihaa kiyuntherin gaathuves jana edhilan beynunvany mikahala vaahaka eh jana aai hissa kuran beynunvanya commentegge badhaluga personally message eh fonuvaalaashey. kureega ves bunihen mi furusathu bodah mi hulhuvaalany ukhthunnah…

  25. zee says:
    October 17, 2015 at 7:43 am

    mi site varah salhi (dhivehi translation noble quran)

Comments are closed.


All Right Reserved!