މީގެތެރެއިން އީވާނާއި ލީވާނަކީ ވެސް ވަރަށް އެކަނިވެރިކޮށް އެލޯންޗުގައި ހުރި ދެ ޒުވާނުންނެވެ. ނަމަވެސް އެކަން އެހެން މީހުންނަށް ފާހަގައެއް ނުވެއެވެ. އެމީހުން އޭރުވެސް ދިޔައީ ލޯންޗުގައި އެމީހުން ގެނައި ދެބެރުން ބެރުޖަހާ އަޑު ގަދަކޮށް ލަވަކިޔަމުންނެވެ. އީވާނާއި ލީވާނަކީ ކުޑަހުވަދޫގެ ބޮޑުވިޔަފާރި ވެރިއެއްގެ ހުރި އެއްމާބަނޑު ދެ ކުދިންނެވެ. މި ދެމީހުންގެ ވައްތަރުކަމުން ދެމީހުން އެކަކު އަނެކަކާއި އަޅާކިޔަން ވަރަށް އުނދަގުލެވެ. ދޮން، ހެޔޮވަރުގެ އިސްކޮޅަކާއި އެކު ލިބިފައިވާ ހަށިގަނޑު އެހާމެ ފުރިހަމައެވެ. އެމީހުންނަކީ މާލޭގެ […]
ނިހާން އަނެއްކާ އެދެން އެ އުޅެނީ ކޮންކަމަކަށް ބާއޭ ހިތަށްއެރިއެވެ. ޔަގީނުންވެސް ރަނގަޅު ކަމަކަށް ނޭދޭނެއެވެ. ” ކިޔާނަށް ނޫނެކޭ ބުނޭ! ” ނިހާންގެ ޖުމުލައިން މާޔާގެ މޫނުމަތީގައި މީހަކު ޖެހިހެން ހީވިއެވެ. ދެ އަތް ތިރިކޮށްލެވުނީ ލިބުނު ހައިރާންކަމުންނެވެ. ދެލޯ ބޮޑުކޮށްލަމުން ނިހާނަށް ބަލަން ހުރެވުނީ ބަސް ހުއްޓިފައެވެ. ” އަހަރެން ބޭނުންވަނީ މާޔާ ކިޔާނާ ދުރަށް ދާން. އިތުރު އެއްވެސް ކަމެއް ބޭނުން ނޫން. ޖަސްޓް ސްޓޭ އަވޭ ފްރޮމް ހިމް.. ޕްލީސް.. ” […]
ޖާހަތު އެރޭ އާއިޒުއަށް ދިއްކޮށްލި ފެންތަށީގައި ހުރި ފެނަށް އެއްކޮށްފައި ހުރި އެއްޗެއްގެ ސަބަބުން އާއިޒު އެނދާ އަރާ ހަމަވިތަނުން ހަބަރު ހުސްވެގެން ވެއްޓުނީއެވެ. ޖާހަތުގެ ނެގިނެގިފައި ޖެހެމުން ދިޔަ ހިތަށް ހަމަ ޖެހުމެއް ލިބުނީ އާއިޒު އެނދު މައްޗަށް ވެއްޓުމުންނެވެ. މޭމަތީގައި އަތް އަޅައި ފުންނޭވާއެއް ދޫކޮށްލެވުނީ ސަލާމަތްވި ކަމަށް ޓަކައި ﷲއަށް ހަމްދުކުރަމުންނެވެ. އެއަށްފަހު ދެން އަވަސްވެގަތީ ލައިގެން ހުރި ހެދުން ބަދަލުކުރުމަށްފަހު އާދައިގެ ހެދުމެއް ލުމަށެވެ. އެއަށްފަހު މޭކަޕްކޮށްލިއެވެ. އަދި އާއިޒު ލައިގެން […]
އިރު އޭގެ ވާޖިބު އަދާކުރުމަށް އޭގެ ދޯދި ތަކުން ދުނިޔެމަތި ހޫނު ކުރަމުން ދިޔައެވެ. މިއަދު މީ ޖައުޝަން ގެ ހަޔާތުގެ އެންމެ މުހިންމު އެއް ދުވަހެވެ. ވަގުތުތައް ދިޔަލެއް ލަސްހެން ޖައުޝަންއަށް ހީވެގެން އެތަކެއް ފަހަރު އެއްޗެހި ގޮވާލެވުނެވެ. ގަޑި ނުބައިތޯ ބަލައިލެވެއެވެ. އެވަރު ނުވެގެން 5 ޖަހާއިރަށް އެލާރމް ވެސް ކޮށްލިއެވެ. މިއަދު އޭނާ އުޅެނީ އާވާރާވެފައިވާ މީހެއްހެންނެވެ. އެންމެ ފަހުން އޭނާގެ މަންމަ ސަކީލާއަށް އެކަން ފާހަގަވީއެވެ. “ދަރިފުޅާ ކިހިނެއްވެގެން ތިއުޅެނީ.؟ މާ […]
ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ވެއިޓަރު އައިސް ދެ ކޮފީތަށި މޭޒުމަތީ ބެހެއްޓުމުންނެވެ. އެވަގުތު ސުޖާޢުމެން ތިބި މޭޒާއި ޖެހިގެން ފަހަތަށް ހުރިމޭޒު ދޮށުގައި ތިބި މީހުން ދައްކަމުންދިޔަ ވާހަކަ ސުޖާޢުގެ ސަމާލުކަން އަތުލީ ހަމަ ކުއްލިއަކަށެވެ… “އަލާރިކް… ކީއްވެގެން މާކުރިން އޭނާ ގެންދިޔައީ؟” އެތަނުން އެކަކު ބުނި އަޑު އިވުނެވެ. އެމީހުން ވާހަކަ ދައްކަމުން ގެންދިޔައީ އިނގިރޭސިބަހުންނެވެ. “އޭނާ ރާއްޖޭގައި ބެހެއްޓުން ބުއްދިވެރި ނުވާނެތީ… މިހާރު މުޅި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ޚަބަރު ފެތުރިއްޖެ. މިއީ ކަލޭމެންގެ […]
“ބައްޕާ….ބައްޕާ. ބައްޕާ!” އަފްރީން ބާރުވަމުން ދިޔަ އަޑަކުން ބައްޕައަށް ގޮވަމުން ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ދޮރުގައި އެއްއަތުން ތަޅަން ފެށިއެވެ. ބޭރުގައި ހުރި ޝަރީފަށް އެ އަޑު އިވުމުން އޭނަ ވަގުތުން އެ ދިމާލަށް ދިޔައެވެ. ދޮރާއި ހަމަވެ ތަޅު އަނބުރާލަން އުޅުނު ވަގުތު ތަޅުގައި އެޅުވިފައި އޮތް “ޑޫ ނޮޓް ޑިސްޓާބް” ގެ ނިޝާން ފެނިފައި ޝަރީފްގެ ނިތަށް ރޫގިނަވިއެވެ. ސިކުނޑިއަށް ގޯސް ޚިޔާލުތަކެއް ވެރިވިއެއްކަމަކު ފަހުން ހިތަށް އެރީ މިއީ އަފްރީންމެންގެ މަސައްކަތަށް […]
މާޔާ ޝަހާދަތް އިނގިލިއާ މެދު އިނގިލި ހުރަސް ކޮށްލައިގެން އިނދެ ހިތާހިތުން ކިޔާން ރަނގަޅު ޖަވާބެއް ދޭނެ ކަމަށް އެދި ދުއާކޮށްލެވުނެވެ. އަނެއް އަތުން ކިޔާންގެ އަތްތިލައިގަ ހިފާލެވުނީ ނުތަނަވަސްވެފަ ހުރިވަރުންނެވެ. ” ހޫމްމްމް… މާޔާ ވެއްޖިޔާ ދޯ… ކޮމްޕްރޮމައިޒް ކޮށްލާނީ.. ” ކިޔާން ކުޑަކޮށް ވިސްނާލާފައި ބުނެލި ޖުމުލައިން މާޔާއަށް ބޭ އިހްތިޔާރުގައި ކިޔާންގެ އަތުން ދޫކޮށްލެވުނެވެ. އަވަހަށް މޫނު އަނެއް ފަރާތަށް އަނބުރާލީ ކަރުނަ ފައިބައިގަންނާނެ ހެން ހީވުމުންނެވެ. ތިރީ ތުންފަތުގައި ދަތްއަޅާލީނުން ފަޅައިގެން […]
” ސެލީ… އަހަރެން އެކްސިޑެންޓްވެފަ ހޭއެރި ދުވަހު ބައްޕަ އަހަރެންނަށް ކޮންމެވެސް އަންހެންކުއްޖެއްގެ ފޮޓޯގަނޑެއް ދައްކާފައި އެހީ ކާކުހޭ އެއީ… އިނގޭތަ.. އެއަންހެންކުއްޖާ އަހަރެން ދެކުނިން އިއްޔަ މިތަނުންވެސް… އަހަރެންގެ ހިތަށް ސިފަވާ މަންޒަރުތަކާ އެމީހުނާ ވަރަށް ބޮޑު ގުޅުމެއް އެބައޮތް… މިހެން މިބުނީ މިރިޒޯޓުގެ ބައެއް ސުޓާފުންވެސް އަހަރެން ފެނުނީމަ ވަރަށް ބަލާކަން ސެލީއަށްވެސް ފާހަގަ ކުރެވެއެއްނު… އަހަރެން ބޭނުން މިކަންތައްތަކުގެ ހަގީގަތް ކޮންމެ ގޮތެއް ހަދާފައިވެސް ބަލަން… ސެލީ އަހަރެންނަށް އެހީތެރިވެދީފާނަންތަ…؟ އެކަމަކު އަހަރެން […]
އިރު އޭނގެ ވާޖިބް އަދާކުރަމުން ދުނިޔެއާއި އަލްވަދާއު ކިޔަމުންދިޔައީ އަނދިރިކުރުވަމުންނެވެ. އުނޑުގައި ރަތްވިލާތަކުން އެކިއެކި ޖާދުވީ މަންޒަރު ކުރަހައި ކުލަޖައްސަމުން ދިޔައިރު ބަލާލެވޭ ކޮންމެ މީހަކަށްވެސް ހިތާ ހިތުން ތައުރީފްކުރެެވި ހިތްހަމަޖެހުން ލިބިގެން ދެއެވެ. މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ކުދިކުދި ރާޅުތަކުން ކުޅެލާ ހިތްގައިމު މިއު×ޒކީ އަޑުތަކުންނެވެ. އިރުއޮއްސޭ މަންޒަރުގެ ހިތްގައިމުކަން ބަލަމުން އާއިލާއާއި ރައްޓެހީންނާއި އެކު ވަގުތު ހޭދަކުރުމަށް އައިސްތިބި ތަފާތު ޖިންސުތަކުގެ މީހުންގެ ސަބަބުން އާޓިފިޝަލް ބީޗް ވަނީ […]