އިންތިޒާރު ( 17 )
” އަހަރެން ހުންނަ ގޮތަށް ހުރެ މާޔާއަށް އަހަންނާ އެއްކޮށް ތަންތަނަށް ދާން ކެރޭނެތަ؟ ” ނިހާން ފާޑަކަށް ހީލަމުން ކޮށްލި ސުވާލުން މާޔާ ހައިރާންވެފައި ނިހާނަށް ބަލާލިއެވެ. ހަގީގަތުގައިވެސް މާޔާއަށް ނިހާން ހުންނަ ގޮތުގައި ހުރެ ނިހާނާ އެކީ ތަންތަނަށް ދާން ކެރޭނެ ހެއްޔެވެ؟ ނިހާން އޭނައަށްޓަކާ ބަދަލުވި ފުރަތަމަ ދުވަހު ވެސް އޭނައަށް ނިހާނާ އެކީ އެދުވަހު ގާޑިޔާ ކައިރީ އިންނަން އުދަގޫވިއެވެ. ދެން އަސްލު ނިހާން ހުންނަ ގޮތަށް ހުރެ ދާން ކިހާ އުދަގޫވާނެ ހެއްޔެވެ؟ މާޔާ އެހެން ބުނެވުނު މޮޔަ ހީވިއެވެ. ބުނާނެ އެއްޗެއް ނޭގުމުން ހިމޭންކަން ހިޔާރުކުރިއެވެ. މާޔާ އެއްޗެކޭ ނުބުނެ މަގަށް ބަލަން ފެށުމުން ނިހާން މާޔާއަށް ބަލާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. އޭނައަށް ނޭގިނަމަވެސް ބުނެވުނީ ރަނގަޅު އެއްޗެއް ހެއްޔެވެ. ނިހާން ދެރަވިއެވެ. އޭނަ މާޔާއަށްޓަކާ ބަދަލުވިޔަސް މާޔާ ލިބޭނެ ކަމުގެ ޔަގީން ކަމެއް ވެސް އޮތީކީ ނޫނެވެ. ދެން ކޮންމެހެން ބަދަލުވަނީވެސް ކީއްކުރަން ހެއްޔެވެ. އެކަމަކު މާޔާ އެހެންމީހަކަށް ލިބޭތަން ބަލަން ވަކި ހުރެވޭނެ ހެއްޔެވެ؟ ނިހާންވެސް ދެން އެއްޗެކޭ ނުބުނެ ހިޔާރު ކުރީ ހިމޭންކަމެވެ.
ސިޓްރަން ރެސްޓޯރެންޓްގެ މޭޒު ދޮށުގައި ދެމީހުން ޖައްސާލައިގެން ތިބީ ކާ އެއްޗެއްސަށް އޯޑަރުކޮށްގެނެވެ. އެތައް ފިރިހެނުންގެ ލޯތައް މާޔާއަށް އަމާޒުވަމުން ދިޔަތަން ފެނިގެން ނިހާން ރުޅިއައެވެ. އެ އެންމެންގެ ލޮލަށް އިނގިލި ކޮށްޕާލާނަމޭ ހިތަށް އެރިއެވެ. އެހެންނަމަވެސް މާޔާ ކުރިމަތީ އެކަހަލަ ކަމެއް ކުރަން ބޭނުންނުވާތީ ނިހާން ގޮނޑި މާޔާއާ ގާތްކޮށްލައިގެން އިށީދެލީ އެންމެންނަށް އެއީ ތިމަންނަގެ މީހެކޭ ބުނާ ގޮތަށެވެ. މާޔާ އަޅާނުލައެވެ. ނިހާން ކުރާ ކަމެއް ކުރަން ބަހައްޓާނީއެވެ. މި އެންމެން ކުރިމަތީ ނިހާން ކުރާ ކަމަކަށް ދެކޮޅު ހަދައިފިއްޔާ ލަދުގަންނަން ވެސް ޖެހޭނީ މާޔަކަން އެނގެއެވެ. ނިހާން އޮފީހުގެ މަސައްކަތްތަކާ ގޭ މީހުންގެ ވާހަކަ އަހަމުން ދިޔައެވެ. މާޔާ ނިހާންގެ ކޮންމެ ސުވާލަކަށް ޖަވާބު ދެމުން ދިޔައެވެ. އެ ހުރިހާ ސުވާލެއް ކުރިއިރުވެސް މިއަދު ނިހާން ކިޔާނާ ބެހޭ ގޮތުން ސުވާލު ނުކުރާކަން މާޔާއަށް ފާހަގަ ވިއެވެ. އެހެންޏާ ވަގުތެއް ލިބޭ އިރަށް ކިޔާނާ ބެހޭގޮތުން ކޮންމެވެސް އެއްޗެކޭ ނިހާން ކިޔާލައެވެ. މާޔާ ސުވާލުއުފެދުނަސް ކޮންމެހެން ސުވާލު ކުރާކަށް ނޫޅުނެވެ.
ރައްޓެއްސަކާ އެކީ ކޮފީއަކަށް އައި ކިޔާން މަތީބައިގެ ރެއިލިންގް އާ އެންމެ ކައިރީ ހުރި މޭޒުގަ އިށީދެލައިގެން އިން އިރު ތިރީގަ އިން މާޔާ ފެނުމުން ހައިރާންވިއެވެ. މާޔާއާ އެކީ އެ އިނީ ކުރީ ދުވަހު ބީޗް ސަރަހައްދުން މާޔާއާއެކީ ފެނުނު ފިރިހެނާއެވެ. އަދި ކުރިން ދުވަހު ގެ ކައިރިންވެސް މާޔާ ބަލާ އައިސް ހުރި ޒުވާނާއެވެ. އަނެއްކާ މާޔާއާ މި ޒުވާނާއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ކިޔާން ބަލަން އިދެލާފާއި މާޔާއަށް ގުޅާލިއެވެ. މާޔާ ފޯނު ރިންގް ވާތަން ފެނިގެން ބަލާލިއިރު ކިޔާންގެ ނަން ސްކްރީން އިން ފެނުމުން ހާސްވިއެވެ. ނިހާން މާޔާގެ ފޯނަށް ބަލާލަމުން މޫނު އަބުރާލި ތަން މާޔާއަށް ފެނުނެވެ. މާޔާ ވިސްނާލާފައި ފޯނަށް ބަލަން އިދެފަ ބިޒީ ކޮށްލިއެވެ. ކިޔާނަށް އެ މަންޒަރު ފެނުމުން ހައިރާންކަން އިތުރުވީއިރު ރުޅިވެސް އައެވެ. މޫޑް އެއްކޮށް ސަކަރާތްވިއެވެ. ރަހްމަތްތެރިއާއަށް ކިޔާނަށް އައި ބަދަލު ފެނުމުން ކިހިނެއްވީހޭ އަހާލިއެވެ. ކިޔާން ކަމެއް ނުވެޔޭ ބުނެލީ ކުޑަކޮށް ހީލަމުންނެވެ. މާޔާއާ ނިހާން ނުކުމެގެން ދިޔަތަން ބަލަން ކިޔާން އިން އިރު އަތް މުއްކަވާލެވުނެވެ. ރަހްމަތްތެރިއާ ކައިރީ ގެއަށް ދާން ވެއްޖެއޭ ކިޔާފަ އަވަހަށް ނުކުމެގެން ގޮސް ކާރަށް އަރައިގެން ނައްޓާލިއެވެ.
މާޔާ އޮފީސްތެރެއަށް ވަދެވުމާއެކުހެން އަވަހަށް ކިޔާނަށް ގުޅާލިއެވެ. ދެތިންފަހަރު ގުޅި އިރުވެސް ކިޔާން ފޯނު ނުނެގުމުން މާޔޫސްވިއެވެ. ކިޔާން ރުޅިއައީކަމަށް ހީކޮށް މެސްޖެއެއް ވެސް ކޮށްލިއެވެ. ކިޔާން އެނދުގައި އިށީދެލައިގެން އިން އިރު ރިންގް ވަމުން ދިޔަ ފޯނަށް ބަލަން އިނީ ނަގާ ހިތްނުވެފައެވެ. މާޔާގެ މެސްޖް ލިބުމުން މެސްޖް ކިޔާލިއެވެ. ” ސޮރީ.. އައި ވޯސް ބިޒީ ގުޅި އިރު ” މާޔާގެ ކުރު މެސްޖް އިން ކިޔާން ރުޅިއައެވެ. ބިޒީވީ އޭނައާ އެއްކޮށް ކާން އިނީމަހޭ ބުނެލަން ހިތަށް އަރާފަވެސް އެ ހިޔާލު ދޫކޮށްލާފައި ފޯނު އެނދުމައްޗަށް އެއްލާލިއެވެ. މާޔާ އެ ވަރުން އެއީ ކާކުކަން ކިޔާން ކައިރީ ނުބުނަން އުޅެނީ ކީއްވެ ހެއްޔެވެ. ރީއްޗަށް އެއީ ކާކުކަން ބުނީމަ ވީ ނޫންހެއްޔެވެ.
ރޭގަނޑު ވަގުތެވެ. މާޔާ އޭރުއްސުރެން ކިޔާނަށް ގުޅަމުން ދިޔައެވެ. އެކަމަކުވެސް ހަބަރެއް ނުވެއެވެ. މަޔާ ހާސްވިއެވެ. އަނެއްކާ ކިޔާނަށް ކަމެއް ވީބާއެވެ. ހިތަށް އެރިއެއްޗަކުން މާޔާ ކިޔާން ހޯދަން އެ ގެއަށް ދާން ނިންމިއެވެ. ކުޑަގޮތަކަށް ރީތި ވެލައިގެން ކިޔާންމެން ގެއަށް ދިޔައެވެ. ސޓިންރޫމުގައި ކިޔާން ފިޔަވާ އެހެން އެންމެން ތިއްބެވެ. މާޔާ ފެނުމުން ކޮންމެ މީހަކުވެސް ހިނިތުންވެލާފައި ކިހިނެއްހޭ އަހާލިއެވެ. ކިޔާންގެ ކައިވެނީގެ ވާހަކަ ދެއްކި ދުވަހަށް ފަހު އަދި ކިރިޔާ މި ގެއަށް މި އާދެވުނިއެވެ. އެންމެން ހުއްޓާނުލާ މާޔާއާ އެކި ވާހަކަ ދައްކަމުން ދިޔައިރު މާޔާގެ ލޯ އެތަން މިތަން ހޯދަމުން ދިޔައެވެ. އެމީހުން ވާހަކަ ދައްކަން ތިއްބާ ކިޔާން ކޮބާހޭ އަހަން ނުކެރިފައި މާޔާ އިނީ ކެތްމަދުވެފައެވެ. ނިޝާއަށް މާޔާގެ ހާލަތު ވިސްނިގެން ކިޔާން ވީ ކޮޓަރީގައޭ ބުނެލިއެވެ. އެންމެން ކުރިމަތީ ނިޝާ އެހާ ފާޅުކޮށް އެހެން ބުނުމުން މާޔާ ލަގުގަތެވެ. ނިޝާގެ ޖުމުލައިން ޒިޔާން މާޔާއާ ދިމާކޮށްލިއެވެ. ކަރީމް ހެވިފައި އެ މަންޒަރު ބަލަން އިދެފަ މާޔާއާ ދިމާނުކުރާށޭ ބުނެލަމުން ކިޔާން ގާތަށް ދާށޭ ބުނެލިއެވެ. ކަރީމްގެ ޖުމުލަ ނުނިމެނީސް މާޔާ ގޮނޑިން ތެދުވިތަން ފެނިގެން ކަރީމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މާޔާ ލަދުގަތްވަރުން މޫނަށް އެއްކޮށް ރަތްކުލަ ވެރިވިއެވެ. ބަލާވެސް ނުލާ މާޔާ ހަލުވިފިޔަވަޅުތަކެއްގައި ސޑިން އަރައިގެން ދިޔައެވެ. ކިޔާންގެ ކޮޓަރީގަ ދެ ފަހަރަކު ޓަކި ދިންތަނާވެސް ދޮރު ނުހުޅުވުމުން މާޔާ ތަޅުގައި ހިފާލިއިރު ހުރީ ހުޅުވާފައެވެ. މަޑުމަޑުން މާޔާ ކޮޓަރިތެރެއަށް ދެމިގަތް އިރު ކިޔާން އަރާމުކޮށް ނިދާލާފަ އޮތް ތަން ފެނިގެން ހިނިތުންވެލެވުނެވެ. ކުދިފިޔަވަޅުތައް އަޅަމުން މާޔާ ގޮސް ކިޔާންގެ މަގަތުގައި އެނދުގަ އިށީދެލިއެވެ. އެ މޫނަށް ބަލަން މާޔާ އިނީ ކަޅިވެސް ޖަހާ ނުލައެވެ. ނިދާފަ އޮންނަ އިރު ކިޔާން މާ ރީތި ކަމަށް ދައްކައެވެ. މާޔާ ބަލަން އިދެލާފައި ކުޑަކޮށް ގުދުވެލާފައި ކިޔާންގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ. ލަސްލަހުން ކިޔާން ލޯ ހުޅުވާލިއިރު އެހާ ކައިރިން މާޔާ ފެނުމުން ހުވަފެނެއްކަމެއް ހީކޮށް ހިނިތުންވެލާފައި އަނެއްކާވެސް ލޯ މަރާލިއެވެ. މާޔާއަށް މަޖާވިއެވެ. ” ގުޑް މޯރނިންގ ސްލީޕީ ހެޑް ” މާޔާ ކިޔާންގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލި ޖުމުލައިން ކިޔާން ސިހިފައި ދެލޯ ބޮޑުކޮށް ހުޅުވާލިއެވެ. މާޔާ ހީގެންފައި ކިޔާނާ ދުރަށް ޖެހިލިއެވެ. ކިޔާން ފާޑަކަށް މާޔާއަށް ބަލާލަމުން ދެލޯ އުނގުޅަމުން ތެދުވެ ހެޑްބޯޑްގައި ބުރަކަށި ޖައްސާލިއެވެ.
” ގުޅާ ގުޅާ ފޯނު ނުނެގީމަ މިއައީ ވީ ގޮތެއް ބަލަން.. އަހަރެން ހީކުރީ ކަމެއް ވީ ކަމެއް.. ” މާޔާ ހިނިގަނޑު މައިތިރި ކޮށްލަމުން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި ފޮތިގަނޑުތައް ކަހާލިއެވެ. ފިނި ވައިރޯޅިތައް ދޮރުން ވަދެގެން އައި ހިނދު މާޔާ ލޯ މަރާލިއެވެ. ކިޔާން އެ މަންޒަރު ބަލަން އިދެލާފައި އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ފާހާނާއަށް ވަނެވެ. މާޔާ ގޮސް އެނދުގެ ބެޑްޝީޓް ރީތިކޮށްލިއެވެ. ކިޔާން ނުކުންނަންދެން އެނދު ކޮޅުގައި އިށީދެލައިގެން އިނީ ފޯނާ ކުޅޭށެވެ. ތުވާލިން މޫނުގައި ހުރި ފެން ފޮހެމުން ކިޔާން ނުކުންނަމުން އެނދުގައި އިށީދެގެން އިން މާޔާއަށް ލޮލުގެ ހިމަކޮޅުން ބަލާލަމުން ގޮސް ހުއްޓިލީ ޑްރެސިންޓޭބަލް ކުރިމަތީއެވެ. ލޯ ގަނޑުން މާޔާއަށް ބަލަން ކިޔާން ހުރިއިރު މާޔާ ފޯނާ ކުޅެން އިދެފަ އިސްއުފުލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ކިޔާން ތުވާލި ގޮނޑިމައްޗަށް އެއްލާލަމުން ގޮސް މާޔާއާ ޖެހިގެން އެނދުގައި އިށީދެލިއެވެ. ” ހައު ވޯސް ޔޯ ލަންޗް ޓުޑޭ؟ ” ކިޔާން މާޔާގެ މޫނަށް ނަޒަރު ހުއްޓާލަމުން ސުވާލުކޮށްލިއެވެ. މާޔާ ސިހިފައި ކިޔާނަށް ބަލާލިއެވެ. ” މާޔާ.. ދޮގު ނަހަދައްޗޭ.. ކުރިން ދެ ދުވަހަކުވެސް އަހަންނަށް މާޔާ އޭނައާއެކު ފެނުނު. އެއް ދުވަހު އަހަރެން ބަހައްޓާފަ އޭނަ އަތުގަ ހިފައިގެން މާޔާ ދިޔައީ.. ކީއްވެ އަހަރެން ކައިރީ ނުބުނަން ތި އުޅެނީ؟ އެއީ މާޔާގެ ކާކު؟ އަހަރެން މިކޮޅަށް އައީއްސުރެން މާޔާ އަހަންނަށް ކޮންމެވެސް ކަމެއް ސިއްރުކުރާކަން އަހަންނަށް އެނގެއޭ.. ނޭގެނީ ކޮން ކަމެއްކަން.. މާޔާ ވީ ޔޫސްޑް ޓު ޝެއާރ އެވްރިތިންގް ވިތް އީޗް އަދަރ.. ދެން މިއަދު ކީއްވެ.. އަހަރަމެން ދެމީހުން ދޭތެރެއަށް މިއައި އަށް އަހަރުގެ ދުރުމިނުގެ ސަބަބުންތަ؟ އިފް ސޯ ލެޓް މީ ޓެލް ޔޫ.. މި އަށް އަހަރުގެ ސަބަބުން އަހަރަމެން ދޭތެރޭ އޮތް ގުޅުމަކަށް ދުވަހަކުވެސް ބަދަލެއް ނާދެޔޭ.. ނުވެސް އަންނާނެ.. މާޔާ… ޔޫ އޯވް މީ އެން އެކްޕްލެނޭޝަން.. ”
މާޔާ ބަލަން އިންގޮތުން ކިޔާން މިފަހަރު ވާހަކަ ދެއްކީ މާޔާގެ އަތުގަ ހިފާލަމުންނެވެ. މާޔާ ކިޔާނެ އެއްޗެއް ނޭގިގެން އިސްޖަހާލިއެވެ. ކިޔާނަށް ހަގީގަތް ކިޔައިދޭން މާޔާ ބޭނުންވާ ގޮތަކީ މީ ނޫނެވެ. މިވަގުތު ހަގީގަތް ކިޔައިދޭން މާޔާ ރެޑީއެއް ނޫނެވެ. އެކަމަކު ކިޔާނަށް އެކަން ވިސްނޭނެ ހެއްޔެވެ. ” އޯކޭ.. ބުނަން ބޭނުން ނުވަންޏާ އަހަރެންވެސް ނެތިން ކޮންމެހެން މަޖުބޫރުކުރާކަށް..” އިރުކޮޅެއް ހޭދަވެގެން ދިޔައިރުވެސް މާޔާ އެއްޗެކޭ ނުބުނުމުން ކިޔާން މާޔާގެ އަތުން ދޫކޮށްލަމުން ތެދުވިތަނާ މާޔާ ކިޔާންގެ އަތުގަ ހިފާ ހުއްޓުވިއެވެ. މާޔާ ތެދުވެ ކިޔާންގެ ކުރިމައްޗަށް ހުއްޓިލަމުން ހަތަރުކަޅި ހަމަކޮށްލަމުން ކިޔާންގެ ދެއަތުގައި ހިފާލިއެވެ. ” ކިޔާން.. އަހަރެން އެއްވެސް އިރެއްގައި ނެތިން ކިޔާނަށް އެއްވެސް އެއްޗެއް ސިއްރުކުރާކަށް.. ވަގުތު ޖެހުނީމަ އަހަރެން ކިޔާނަށް ހުރިހާ އެއްޗެއްވެސް ކިޔައިދޭނަން.. ދިޒް އިޒް ނޮޓް ދި ޕާފެކްޓް ޓައިމް… މިވަގުތު އަހަރެން ހަގީގަތް ކިޔައިދޭން ރެޑީއެއް ނޫން.. މިވަގުތަށް ހަމައެކަނި މި ވަރު ބުނެވޭނީ.. ނިހާން އެއީ ހަމަ އެކަނި އެކުވެރިއެއް.. އަހަރެން މީހަކަށް އެންމެ ބޭނުންވި ވަގުތު އަހަންނާ އެއްކޮށް ހުރި ހަމައެކަނި މީހާ.. ކިޔާން ތި ހީކުރާ ކަހަލަ ގުޅުމެއް އަހަރަމެން ދެމީހުން ދޭތެރޭ ނެތް.. ވީ އާ ޖަސްޓް ފްރެންޑްސް… ނަތިންގް މޯރ.. ޔޫ ޑޯންޓް ހޭވް ޓް ފީލް އިންސެކްއަރ އެބައުޓް ހިމް. އަދި ބުނަން މި އަށް އަހަރުގެ ދުރުމިން އަހަރަމެން ދެމީހުންގެ ދޭތެރޭ އޮތް ގުޅުމަކަށް ދުވަހަކުވެސް ހުރަސް ނާޅާނެ.. ” މާޔާ ކިޔާނަށް ވިސްނައިދޭފަދަ ގޮތަކަށް ވާހަކަ ދެއްކީ މަޑުންނެވެ. ” ދެން އައި ވިލް ވެއިޓް ފޯރ ދި ޕާރފެކްޓް ޓައިމް ” ކިޔާން މާޔާގެ ދެ ލޮލަށް ބަލަން ހުރެ މާޔާގެ މަޑުއަތަށް ފިތާލިއެވެ. ހަގީގަތް މިވަގުތު އެނގެން ބޭނުންވިޔަސް މާޔާ ރެޑީ ނުވާހާ ހިނދަކު މާޔާއަށް މަޖުބޫރުކުރާކަށް ކިޔާން ބޭނުމެއް ނޫނެވެ. މާޔާ ހީލަމުން ކިޔާންގެ މޭގައި މޫނު ފޮރުވާލިއެވެ. ކިޔާންވެސް އެ ބާރުގަދަ ދެއަތް މާޔާގެ ތުނި ހަށިގަނޑުގައި ވަށާލީ ވައިރޯޅިއަކަށްވެސް އެ ދޭތެރެއަށް ނުވަދެވޭނެ ހެނެވެ.
އޭގެ އަނެއް ދުވަހެވެ. މެންދުރު ގަޑީ ބުރަކޮށް އޮފީހުގައި މާޔާއަށް ހާއްސަ ކޮށްފައި ހުންނަ ކެބިންގައި އުޅެނިކޮށް އޮފީހުގެ ސެކުއިރިޓީ މީހާ ލިލީ މާ ބޮނޑިއެއް އައިސް މާޔާއަށް ދިއްކޮށްލިއެވެ. މާޔާ މާ ބޮނޑީގައި ހިފާލަމުން އެތެރޭގައި އޮތް ކުޑަ ކަރުދާސް ކޮޅު ނަގައިގެން އޭގަ ލިޔެފަ އޮތް ނޯޓް ކޮޅު ކިޔާލުމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ” ހޭވް އަ ވޮންޑަފުލް ޑޭ ޕްރިންސެސް.. ލަވް ޔޫ –ކިޔާން- ” މާޔާ ނޯޓް ކޮޅު ދަބަސް ތެރެއަށް ލުމަށްފަހު މާ ބޮނޑި ގޮސް މޭޒުމަތީ ހުރި ވާސްގައި ޖަހާލަމުން ކުޑަކޮށް ތުންފަތް ޖައްސާލިއެވެ. ” އައި ލަވް…. ” މާޔާ ކިޔާނަށް މެސެޖްގެ އެއްބައި ފޮނުވާލީ ކިޔާން ތަޅުވާލަން ވެގެނެވެ. ވީވެސް އެހެންނެވެ. ދެވަނަ ސިކުންތުގައި ކިޔާން މެސެޖް ކޮށްލާފައި އައި ލަވް ކޯއްޗެއްހޭ އަހާލިއެވެ. ” އައި ލަވް ލިލީސް ” މާޔާ ހިނިތުންވެލަމުން ޖަވާބު ފޮނުވިއެވެ. މާޔާގެ މެސެޖުން ކިޔާން އަނގައަށް ގޮތެއް ހަދާލަމުން މާޔާއަށް ގުޅާލިއެވެ. ” އަހަރެން މި ވަގުތު ލިލީއަށް ވި ނަމަ.. ދެން އޯކޭ.. މި ވަގުތަށް ތިވަރުން ފުއްދާލާނަން ދެން. އެކަމަކު ނެކްސްޓް ޓައިމް ނުފުއްދާނަން އިނގޭ.. ” މާޔާ ހަލޯ ބުނެލިތަނާ ކިޔާން ކިޔާލިއެވެ. މާޔާ ހީލަމުން މިއަދު ބަލާ އަންނާށޭ ބުނެލިއެވެ. ކިޔާން ހީލަމުން އޯކޭ ބުނެފަ ފޯނު ކަނޑާލީ އުންމްވަ އޭ ބުނެލަމުންނެވެ.
ޑިއުޓީ ނިންމާލާފައި މާޔާ ނުކުތް އިރު ކިޔާން ބަލާ އައިސް ހުއްޓެވެ. މާޔާ ގެއަށް ލާފައި ކިޔާން ދާން އުޅުމުން މާޔާ އެތެރެއަށް ވަދެފަ ދާށޭ ބުނެލިއެވެ. ކިޔާން ބޯ ޖަހާލަމުން ގޭތެރެއަށް ވަނެވެ. ސިޓިން ރޫމުގައި ފާއިޒުއާ މަލީހާ ދެމީހުން ވާހަކަ ދައްކަން ތިއްބެވެ. ކިޔާން އެމީހުން ކައިރީ ވާހަކަ ދައްކަން އިށީނުމުން މާޔާ އެބަ އަންނަމޭ ކިޔާފަ ދިޔައީ ހެދުން ބަދަލުކުރާށެވެ. މާއިޝާ ބޭރުގަ އުޅެލާފަ ގެއަށް އައި އިރު ކިޔާންގެ ކާރު ފެނިގެން ފޯނުގެ ފްރޮންޓް ކެމެރާ ބަލައިގެން ކުޑަކޮށް ރީތިވެލިއެވެ. ދަބަހުގަ އޮތް ލިޕްސްޓިކް އިން ތުންފަތުގެ ކުލަ އިތުރަށް ގަދަ ކޮށްލިއެވެ. އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލަމުން ރީތިކޮށްލިއެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލައިގެން އެތެރެއަށް ވަން އިރު ސޯފާގައި މަންމަމެންނާ ވާހަކަ ދައްކަން އިން ކިޔާން ފެނުމުން ފިޔަވަޅުތައްވެސް ހުއްޓުނެވެ. ފެންނަ ކޮންމެ ފަހަރަކު ކުރިއަށް ވުރެ ކިޔާން ރީތިވާހެން މާއިޝާއަށް ހީވެއެވެ. އަމިއްލަ ނަފްސް ހަމައަކަށް އަޅުވަމުން މާއިޝާ ކިޔާނަށް ގޮވާލަމުން ގޮސް އިށީދެލީ ސީދާ ކިޔާނާ ކުރިމައްޗަށް ވާ ގޮތަށް އިން ގޮނޑީގައެވެ. ކިޔާންވެސް މާއިޝާއަށް ގޮވާލަމުން ކިހިނެއްހޭ އަހާލިއެވެ. މާއިޝާ ރަނގަޅޭ ބުނެލީ ރަކި ހިނިތުންވުމަކާ އެކީއެވެ. ” ތި ނޫން އެހެން ސުވާލެއް ކުރަން ހަމަ ނޭގެނީތަ؟ ހަމަ ކޮންމެ ފަހަރަކު ކިހިނެއް؟ ރިއަލީ؟ ” މާއިޝާ ތުން ފިއްތާލަމުން އަމިއްލަ ނަފްސާ ވަހަކަދެއްކިއެވެ. މާއިޝާ އެހެން އިދެފައި ފޯނާ ކުޅެނީ ކަމަށް ހަދާފައި ސިއްރުން ކިޔާންގެ ފޮޓޯތަކެއް ނަގާލިއެވެ. އިރުކޮޅަކުން މާޔާ ސިޑިން ފައިބައިގެން އައިތަން ފެނިގެން ކިޔާންގެ ތޫނު ނަޒަރު މާޔާއަށް ހުއްޓުނުތަން ފެނިގެން މާއިޝާ މޫނު އަބުރާލިއެވެ. އެންމެ ފަހަރަކުވެސް ކިޔާން އޭނައަށް އެ ގޮތަށް ބަލާލާނެ ނަމައޭ ހިތަށް އެރިއެވެ. މާޔާ އައިސް ކޮފީ ހިފައިގެން އެބަ އަންނަމޭ ބުނުމުން މާއިޝާ ފުންމައިގެން ތެދުވެ ކޮފީ ހަދާނީ ތިމަންނައޭ ބުނެލީ ތަންކޮޅެއް ބާރަށެވެ. މާޔާ ހައިރާންވެފައި މާއިޝާއަށް ބަލަން ހުއްޓާ މާއިޝާ ތިމަންނައަށް ކޮފީ ހަދަން އެނގެޔޭ ބުނެފަ ހަލުވިފިޔަވަޅުތަކެއްގައި ގޮސް ބަދިގެތެރެއަށް ދެމިގަތެވެ.
ބަދިގެއަށް ވަދެވުމާއެކުހެން މާއިޝާ ތެޅެމުން ދިޔަ ހިތާ ދިމާލުން މޭގައި އަތް ހުރަސްކޮށްލަމުން ފިރުމާލީ ހަމަޖެހިލަންވެގެނެވެ. ކިޔާން ފެނުނަސް ހިތަށް މި ވާ ގޮތް ތައް ބަޔާން ކުރަންވެސް ދަތިއެވެ. މިހާ ވަރުން ދަންޏާ އޭނައަށް ކިޔާން އެހެން މީހަކާ އެކީ އުޅޭތަން ބަލަން ހުރެވޭނެ ހެއްޔެވެ؟. އެހެން މީހަކު ކިޔާން ކާމިޔާބު ކުރުމުގެ ކުރިން މާއިޝާ ކިޔާން ކާމިޔާބު ކުރާނެއެވެ. މާއިޝާ ރަކި ގޮތަކަށް ހީލީ ހިތަށް އެރި އެއްޗަކުންނެވެ. ކޮފީ ހަދައިގެން ބޭރަށް ނުކުތް އިރު މާޔާއާ ކިޔާން ޖެހިގެން ކަހަލަ ގޮތަކަށް ސޯފާގައި އިށީދގެން ތިބީ ހެޑްސެޓް ކަންފަތުގައި ޖަހާލައިގެންނެވެ. ހެޑްސެޓްގެ ދެކޮޅު ދެމީހުންގެ ކަންފަތުގައި ޖަހާލައިގެން ތިބީ ކޮންމެވެސް ވީޑިއޯއެއް ބަލައިގެން ހޭށެވެ. އޭރު މަންމައާ ބައްޕަ ފެންނާކަށް ނެތެވެ. ކޮޓަރިއަށް ދިޔައީ ކަންނޭގެއެވެ. މާއިޝާ ފާޑަކަށް ބަލަމުން އައިސް ކޮފީތަށި ބަހައްޓާފަ ހުރި ތަބައް މޭޒުމަތީގައި ބެހެއްޓީ ތަންކޮޅެއް ބާރަށެވެ. މާޔާއާ ކިޔާން އެ އަޑަށް މާއިޝާއަށް ބަލާލީ ކުޑަކޮށް ސިހިފައެވެ. މާއިޝާ ކުޑަކޮށް ހީލަމުން އަތުން ދޫވީއޭ ބުނެލިއެވެ. މާޔާ ބަލައިގެން އުޅޭށޭ ބުނެފަ ކޮފީޖޯޑު ކިޔާނަށް ދިއްކޮށްލިއެވެ. ކިޔާން ކޮފީ ކޯވަރެއް ބޯލަމުން ވަރަށް މީރޭ ބުނެލި ގޮތުން މާއިޝާ އުފަލުން ފޮޅުނެވެ. ހުރިހާ ދަތްތަކެއް ދައްކާލަމުން ހީލާފައި ޝުކުރުއަދާކޮށްލިއެވެ. ކިޔާނަށް މާއިޝާއަށް އޭނަ ފެނުމުން އެ އަންނަ ބަދަލުތައް ފާހަގަވިޔަސް އަޅާނުލަނީ އެއީ މާ ބޮޑުކަމަކަށް ނަހަދަންވެގެނެވެ. އަންހެން ކުދިން އޭނަ ފެނުމުން އެ ގޮތަށް އުޅުމަކީ އާދައެކެވެ. އެހެންނަމަވެސް ކިޔާންގެ ހިތުގައިވަނީ ހަމައެކަނި މާޔައެވެ. އެހެން މީހަކަށް އެ ހިތުން ޖާގައެއް ނެތެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައިރު ކޮންމެ ދުވަހަކު ކިޔާން މާޔާއަށް ލިލީ މާ ބޮނޑިއެއް ފޮނުވައެވެ. މާޔާ ތާޒާ މާތައް ވާސްގައި ޖަހަމުން ދިޔައިރު ކުރިން ދިން މާތައް ގެއަށް ގެންގޮސް ހިއްކަން ބަހައްޓައެވެ. ކާޑުތައް ކުޑަ ފޮށްޓަކަށް އަޅާފަ ފޮރުވާފަ ބަހައްޓައެވެ. ހުކުރު ދުވަހެވެ. ހަވީރު ވަގުތު މާޔާ ކިޔާނަށް ގުޅާފަ ބޭރަށް ދާން ހިނގާށޭ ބުނެލިއެވެ. ކިޔާން ރެޑީވެލައިގެން އައި އިރު މާޔާ ރެޑީވެލައިގެން އިނީ ކިޔާންގެ އިންތިޒާރުގައެވެ. މާޔާ ފެނުމުން ކިޔާން ކަޅި ޖަހާނުލާ މާޔާއަށް ބަލަން ހުއްޓެވެ. ރަތް ކުލައިގެ ގަމީހަކާއެކީ ކަޅު ސްކިނީ ޖީންސްގައި މާޔާ ފެންނަލެއް ނިކަން ފުރިހަމައެވެ. ހެދުމުގަ ހުރި ރަތްކުލަ މާޔާގެ މޫނަށް އެޅިފައި ހުރި ފަދައެވެ. ލޮލުގައި ކުޑަކޮށް އަދުން އަޅާފަ ހުރި އިރު ދެލޯ އިތުރަށް ކަޅުކަމަށް ދައްކައެވެ. ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސާފަ ހުރި އިރު އިސްތަށިގަނޑު އޮތީ ނިއުޅާލެވިފައެވެ. ކިޔާން އެހެން ބަލަން ހުއްޓާ މާޔާ މަޑުހިނގުމެއްގައި އައިސް ކިޔާންގެ ކުރިމައްޗަށް ހުއްޓިހުރެ ކަރުކެހިލިއެވެ. ކިޔާން ފާޑަކަށް ހީލަމުން ” ޕްރިޓީ ” އޭ ބުނެލިއެވެ. ދެމީހުން އެކީ ބޭރަށް ނުކުމެ ކިޔާން ކާރަށް އަރަން އުޅުމުން މާޔާ އެކަން މަނާ ކުރިއެވެ. ” ލެޓްސް ވޯލްކް ” މާޔާ ކިޔާންގެ އަތްތިލައާ މާޔާގެ އަތްތިލަ މަހާލަމުން ބުނެލީ ހިނިތުންވެލަމުންނެވެ. ކިޔާން މާޔާގެ އެދުމާ އެއްބަސްވެ ހިނިތުންވެލަމުން ހިނގައިގަތެވެ.
ކޮޓަރީގެ ކުޑަދޮރު ކައިރީ ފޯނާ ކުޅެން ހުރި މާއިޝާއަށް ކިޔާނާ މާޔާގެ ގުޅުވާލެވިފައިވާ ދެއަތް ފެނުމުން ފެންކަޅިވިއެވެ. މާޔާގެ ލޯބިވެރިޔަކު ހުންނަކަން އެނގޭއިރުވެސް ކިޔާނާ މާޔާ ދެމީހުންއެކީ ފެނުމުން މިހާ ހިތް ނުތަނަވަސް ވަނީ ކީއްވެ ހެއްޔެވެ؟ މާޔާގެ ލޯބިވެރިއަކު ހުންނަ އިރު މާޔާ ކިޔާނާ މިހާ ގާތްކޮށް އުޅެނީ ކީއްވެ ހެއްޔެވެ.؟ ދެމީހުންގެ ދެމެދުގަ އޮތް އެކުވެރިކަމުގެ ސަބަބުން ހެއްޔެވެ؟ ނޫނެކެވެ. ކިޔާން މާޔާއަށް ބަލަނީ އެކުވެރިއަކު އަނެއް އެކުވެރިއަކާ ދިމާލަށް ބަލާ ގޮތަކަށް ނޫނެވެ. އެ ނަޒަރުގައި ދުލުން ނުބުނެވޭ ކިތަންމެ އެއްޗެއް ވެއެވެ. ކިތަންމެ އަސަރެއް ވެއެވެ. މާއިޝާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. އެކަމަކު އެ ސުވާލުތަކުގެ ޖަވާބު ހޯދާނީ ކިހިނެއް ހެއްޔެވެ. މާއިޝާ ލޮލުން ވެއްޓުނު ކަރުނަތިކި އިނގިލިން ފޮހެލަމުން ފޯނުގައި ހުރި ކިޔާންގެ ފޮޓޯއަށް ބަލާލިއެވެ. ” އަހަންނަކަށް ނޭގެ ކިޔާން އަހަންނާމެދު ދެކެނީ ކޮން ގޮތަކަށް ކަމެއް. އެކަމަކު އަހަރެން ކިޔާންދެކެ ވަރަށް ވަރަށް ލޯބިވޭ.. ކޮންމެވެސް ހިންޓްއެއް ދީ އަހަންނަށް ކިޔާން.. ޕްލީސް.. ” މާއިޝާ ފޯނުގެ ސްކްރީންގައި އަތުން ފިރުމާލަމުން ބުނެލީ މަޑުންނެވެ.
ބީޗްގަ އޮންނަ މޫދަށް އެރޭ ހިސާބުގެ ކުރިމަތީ ހުރި ބެންޗްގައި ކިޔާނާ މާޔާދެމީހުން އިށީދެލައިގެން ތިބީ ހެވިފައެވެ. ކުޑަކުދިން ސަކަރާތް ޖަހަމުން ދިޔަ މަންޒަރުން ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. މުޅިހިސާބުގައ ކުޑަކުދިންގެ ހުނުމުގެ އަޑު އިވެމުންދިޔައީ މިއުޒިކެއް ފަދައިންނެވެ. ޒުވާން ޖޯޑުތައް އެމީހުންގެ ކުޑަ ދަރިފުޅު ގޮވައިގެން އައިސް މޫދުގައި ސަކަރާތް ޖަހަމުން ދިޔަ މަންޒަރު ބަލަން އިދެލާފައި ކިޔާން މާޔާގެ މޫނަށް ބަލާލީ ފުން ނަޒަރަކުންނެވެ. ” ވަން ޑޭ ވީ ވިލް ބީ ލައިކް ދެމް ” ކިޔާން މާޔާއަށް އަޑުއިވޭވަރަށް މަޑުން ބުނެލި ޖުމުލައިން މާޔާގެ ހުރިހާ އިސްތައްޓެއް ކޮޅަށް ޖެހުނު ފަދައެވެ. މުޅި މޫނަށް ރަތްކުލަ ވެރިވިއެވެ. އިސްޖަހާލިއިރު ތުންފަތްމަތީ ހިނިތުންވުމެއް ދުވެލިއެވެ. ކިޔާން މަޔާއަށް ބަލަން އިނދެ އެއްމިޔަކަނުން ހީލީ މާޔާއަށް ވީ ގޮތް ފެނިފައި އުފާވެ އިދެއެވެ. އިރުކޮޅަކުން މާޔާ މޫދަށް އެރޭ ހިތްވެއްޖެއޭ ބުނުމުން ކިޔާން ހިނގާށޭ ބުނެލިއެވެ. މާޔާ އެހެން ދުވަހަކު އަންނާނީއޭ ބުނުމުން ކިޔާނަށް ވެސް އެ ހިޔާލު ކަމުދިޔައެވެ.
” ކިޔާން އަހަރެން ސުވާލެއް ކޮށްލަންތަ؟ ” ކުއްލިއަކަށް މާޔާ ކުޑަކޮށް ސީރިއަސްވެލާފައި ކޮށްލި ސުވާލުން ކިޔާން ބުމަ އަރުވާލީ ކޮށްލާށޭ ބުނަމުންނެވެ. ” ހަމަ އަހާލަނީ އިނގޭ.. މިސާލަކަށް އެއް އިރެއްގައި މަސްތުވާތަކެތި ބޭނުން ކުރި މީހަކު. އެކަމަކު މިހާރު ބޭނުމެއް ނުކުރޭ.. އެކަހަލަ މީހަކާ އެކީ ދިރިއުޅުމެއް އުޅެވިދާނެތަ؟ އައި މީން ކައިވެނި ކޮށްގެން އުފަލުގަ އުޅެވޭނެތަ؟ ” މާޔާ ދުރުން ސުވާލު ކޮށްލީ ކިޔާން އެކަހަލަ މީހުންނާ ދޭތެރޭ ދެކޭ ގޮތް ބަލާލުމުގެ ގޮތުންނެވެ. މުޅި ވާހަކަ ދެއްކުމުގެ ކުރިން ފުރަތަމަ ކިޔާންގެ ހިޔާލު ހުރިގޮތް ބަލާލަން ބޭނުންވީއެވެ. މަޔާގެ ސުވާލުން ކިޔާން ހިނިގަނޑެއް ޖަހާލި ގޮތުން މާޔާ ނުތަނަވަސްވިއެވެ. ” އަހަރެން ހީކުރީ ނިކަން މުހިއްމު ސުވާލެއް ކުރަން ކަމަށް.. ” ކިޔާން ހެމުން ބުނެލި ޖުމުލައިން މާޔާ ހައިރާންވިއެވެ. މިއީ މުހިއްމު ސުވާލެއް ނޫން ހެއްޔެވެ. ” ދެން ބުނެބަ. އަސްލުވެސް. އައި ނީޑް ޓް ނޯ..” މާޔާ ގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިއަސް ކަމުން ކިޔާން ހިނިގަނޑު މައިތިރިކުރަމުން މާޔާއަށް ބަލާލިއިރު ހިތުގައި ސުވާލު އުފެދުނެވެ. މާޔާ އެވަރުން މަސްތުވާ ތަކެތި ބޭނުންކުރާ މީހަކާ ބެހޭގޮތުން ކިޔާންގެ ހިޔާލު ހޯދަނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ މާޔާ ނިހާނާ ކައިވެނިކުރަން ބޭނުންވީ ހެއްޔެ؟ ނޫނެކެވެ. މާޔާ ކުރިން ދުވަހު ރީއްޗަށް އެދެމީހުންނަކީ ހަމައެކަނި ރަހްމަތްތެރިންނޭ ވަނީ ބުނެފައެވެ.
” އޮނެސްޓްލީ އަހަރެންގެ ޖަވާބެއް ބޭނުމިއްޔާ އަހަރެން ބުނާނީ އަހަރެން ގަބޫލެއް ނުކުރަން އެއް އިރެއްގައިވެސް މަސްތުވާތަކެތި ބޭނުން ކޮށްފަ ހުރިމީހަކު އެކަން ދޫކޮށްލާނެއެކޭ.. ކޮންމެވެސް ގޮތަކުން ޔޫސް ކުރާނެ.. އެންޑް އޭސް ފާރ އޭޒް މެރިއެޖް އިޒް ކޮންސާންޑް… މަސްތުވާތަކެތި ބޭނުންކުރާ މީހަކާ އެކީ ދުވަހަކުވެސް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެ..” ކިޔާން ސީރިއަސްވެލާފައި ބުނެލި ކޮންމެ ޖުމުލައަކީ މާޔާ އެންމެ އަޑުއަހަން ބޭނުންނުވާ ޖުމުލަތަކެއްކަން އެނގޭނެނަމައެވެ. ކިޔާންގެ ޖަވާބުން މާޔާ ކިޔާނަށް ބަލަން އިނީ އެއްވެސް އަސަރެއް ނެތިއެވެ. ކިޔާން ދެކޭ ގޮތް އެ އޮތީ މާ ރަނގަޅަށްވެސް ބުނެފައެވެ. ކިޔާނެ އެއްޗެއް ނޭގިފައި މާޔާ ބަލަން އިންގޮތުން ކިޔާން ހީލާފާއި މާޔާ ތި ސުވާލު ތިކުރަނީ ކީއްވެހޭ އަހާލިއެވެ. މާޔާ ގަދަކަމުން ހިނިތުންވެލިއެވެ. ” އެ..އެއީ.. އަހަ..އަހަރެންގެ…ގެ ރަހްމަތްތެރިއެއް އެ.. އެ.. ކަހަލަ…މީ.މީހަކާ އިންނަން.. އުޅޭތީ.. އަހާލީ.. ” މާޔާއަށް ވާހަކަދެއްކުނީވެސް އުދަގުލުންނެވެ. އަޑު ކުރެހިގެން ދިޔައީ ދެރަވި ވަރުންނެވެ. ” ކާމް ޑައުން.. މާޔާ ވާހަކަ ދައްކާ ގޮތުން ހީވަނީ އަމިއްލަ މީހާއާ ބެހޭގޮތުން ސުވާލުކުރާހެން..ހެހެ.. ތި ރަހްމަތްތެރިއަކު ކައިރީ ބުނޭ ދިރިއުޅުން ބަރުބާދު ކުރަން ބޭނުމިއްޔާ އޭނައާ ކައިވެނި ކުރާށޭ.. ” ކިޔާން ހީލަމުން މާޔާގެ އަތުގައި ހިފާލިއެވެ. މާޔާ ގަބޫލުކުރަން ދަތިވެފައި ކިޔާންގެ މޫނަށް ބަލަން އިން އިރު ދެލޯ ފެންކަޅިވިއެވެ. ” ހެހެހެ.. ސަޕޯސް.. މިސާލަކަށް އަހަރެން މީ އެކަހަލަ މީހެކޯ.. ދެން ކިޔާން ކީއްކުރާނީ.. އަހަންނާ ކައިވެނިކުރާނަން..؟ ” މާޔާ ކުޑަކޮށް ހީލަމުން ސުވާލުކޮށްލީ ފުންނޭވައެއް ދޫކޮށްލަމުންނެވެ. ކިޔާންގެ ޖަވާބަކަށް އިންތިޒާރުކުރަމުން އެ މޫނަށް މާޔާ ބަލަން އިނީ ކެތްމަދުވެފައެވެ. ކިޔާންގެ މި ޖަވާބަކީ އެ ދެމީހުންގެ ދެމެދުގަ މިއޮތް ގުޅުން އެއްކޮށް ބަދަލުކޮށްލާނެ ޖަވާބަކަށް ވެސް ވުން އެކަށީގެން ވެއެވެ. މާޔާ ޝަހާދަތް އިނގިލިއާ މެދު އިނގިލި ހުރަސް ކޮށްލައިގެން އިނދެ ހިތާހިތުން ކިޔާން ރަނގަޅު ޖަވާބެއް ދޭނެ ކަމަށް އެދި ދުއާކޮށްލެވުނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.



mibaives varah reethi..
thankQ risha 🙂
alheyyyyyy…. mi part ga ehvx haaaassa kameh nuveyyy…. e keeeeeeehvethrrrrrrrrr????
heheh.. mi part ga ves eba hutteh nu haassa kanathah
Nice… next part whn
thanQ rish 🙂
Nice
Waiting for next part
I just love this story.. Cz its too perfect..
Waiting waiting..
Maya n kiyaan dhuru nukurahche
Plx hehe
hehhe keep reading Avvie.. thanQ 🙂
whn next part??? story just wow
thanq isha 🙂
Nice…waiting for the nxt part… Pls nxt part avahah up kohdheythi.
thanQ SIM 🙂
Nice.. Patiently waiting for the next part 🙂
thanQ elena 🙂
It’s good….. nice warah…..long koh konme baeh nereythywe warah ragalhu. …dhigu weema Maka bodah Kiya hiy wey…. ☺
thanQ shima 🙂 will try to keep it that way.. long 🙂
Alhey next part ah kehmadhu vefi mi huree kondhuvahakun up vaany next part?
Muslims dont cross fingers
oh v v v reethi
thanQ nazi 🙂
v reethi mi part vx… waiting waitin waitin for the next part
thanq shaz 🙂
Next part avahah up kohdhechey sarah..
Mi part vx varah nice
thanQ minnu 🙂
Varah reethi….kiyan beynun nuvaaney bunee mah nihaan kairiah daanee…maya kokko ah kiyan dheynee..kokko ge hagee gai ehgunee mah…maafahun kiyan ah eh geynee dho…story gendaale furihama
hehhe crazi nice guess.. lets see whats gonna happn 🙂
thank you 🙂
V nice… dhn maayaa ves dhw!!! Thi hurihaa suvaalu thakeh nukoh rythi koh kiyaadhin nama… any way vv habeys story eh mee.. dhn kn dhuvahakun next part..
mi maayaa ves dhw.. maa suvaalu ginaee ey 😛 hehhe thanQ dark princess 🙂
Vaahaka varah rythi. Dhen ekamaa kataigen huredhaane hagygaiy kiyaa nudhyves. Kiyan maaya dheke ehaa loabi vanyaa hagygaiy engunymaves ekygavaane.
Vaahaka up kuraaleh maalahy. Thankolheh avahah genesdhyba. Waiting for next part
heheh. las tha genesdheyleh. mi gennany dhe dhuvahun eh dhuvahu . e varu las?
thanQ red rose 🙂
ིnice story i wish i was mayaa
hehhe.. thanQ nippi 🙂
So nice
thanQ luyoo 🙂
Wow
thanQ anonymous 🙂
v reethi
thankQ mezzo 🙂
assu vess nice story …and this the first story part that i feel love …….plxx bunebaa thi names thi genna gotheh kiyaan and mayaa nice name …..i spend whole night thinking about wat will happen next and im reading it regularly when it ups and this the 1st time i commented on a story and saarah ur part of my happiness cox its my fvrt story …plxx up kodhibaa…and plxx kiyaan ah dhera gotheh nahadhaathi he loves maayaa realy….
hehhe naai.. asslu maaya and kiyaan eiy abadhuves varah reethi dhe name. ehnve hithah ery first story eh ga use kuraany e names ey.. thats really sweet of you naai. glad to knw i am a part of your happiness. 🙂 thank you 🙂