
ހިތުގަ މިވާ ސޫރަ ތެދޭ!! 8
ނިއުޝާ އަށް ޖައުޝަން އައި ކަމެއްވެސް ނޭނގޭ ކަހަލައެވެ. ޖައުޝަން އައިސް ނިއުޝާގެ ބޮލުގައި ބޮޑު މަލެއްހެން އިން ދަތި ނައްޓުވާލިއެވެ. އެއާއި އެކު ނިއުޝާގެ އިސްތަށިގަނޑު ހޭވިގެން ދިޔައެވެ. ނިއުޝާ ސިއްސައިގެން ގޮސް ޖައުޝަން އާއި ދިމާ ބަލައިލިއެވެ. “ތިހެން ހުރީމަ މާ ލޯބި” ނިއުޝާގެ ކޮލުގައި ފިރުމާލަމުން ޖައުޝަން އެހެން ބުނެލިއެވެ. އެއާއި އެކު ނިއުޝާ ލަދުން އިސް ޖަހާލިއެވެ. ޖައުޝަން ހިނިތުން ވެލިއެވެ. އެއަށްފަހު ނިއުޝާ ގެ އުނަގަނޑުގައި ކަނާއަތް އަޅުވާލިއެވެ. އަދި ނިއުޝާ ޖައުޝަން އާއި ކައިރި ކުރުވިއެވެ. ޖައުޝަން އެ ގެނައި ކުށްލިން ނިއުޝާ ސިއްސައިގެން ގޮސް އިސް އުފުލާ ޖައުޝަން އާއި ދިމާ ބަލައިލިއެވެ. ހަތަރު ކަޅި ހަމަވުމާއި އެކު ނިއުޝާ އެ ދެލޮލަށް ފީނައިގެން ފަދައެވެ. ޖައުޝަން ވާއަތުން ނިއުޝާގެ ކަނާއަތް ނަގާ އެ ހިމަ ލޯލި އިނގިލަތަކަށް އޭނާގެ އިނގިލިތަށް މަހާލިއެވެ. އެއަށްފަހު ކުޑަ ހަރަކާތަކާއި އެކު ރީތި ނެށުމަކަށް ބަދަލު ކޮށްލިއެވެ. ނިއުޝާ އޭނާ ގެ ވާ އަތް ޖައުޝަންގެ ކޮނޑުމަތީ ބޭއްވިއެވެ. އަދި އެ ނެށުމުގައި ބައިވެރި ވެލިއެވެ. ތަށިމުށިމަތި ފުރެންދެން އޮތް ހަންތައްވެސް އެދެމީހުންގެ ނެށުމުގައި ބައިވެރި ވީހެން ހީވިއެވެ. އެއްބައި ހަންތައް އެކި ކޮޅަށް ދެއެވެ. އަނެއްބައި ހަންތައް މައްޗަށް އަރައެވެ.
“ތީ.. ތީ އެ މަގޭ އެންމެ އެދޭ ހިތުގަ މިވާ ސޫރަ ތެދޭ….
ލޯބި މިވާ ވަރު ދެން ބުނިއްޔާ ގޯހެއް ހޭ މީ ހަދާ…
ހޯ އަންނާށެ އިސްނަގާ… ރޭ މިވަނީ ދަންވެފަ…
ނުނިދޭނޭ މިރޭ އައިމާ ނޫނީ ކަލާ..”
ޖައުޝަން ލަވަކިޔަން ފެށުމާއި އެކު ނިއުޝާ ލަދުރަކި ގޮތަކަށް ހީލިއެވެ. އެ ދެލޮލުން ކަރުނަ އަންނަން ފެށީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. ކަރުނަތަށް އޭގެ މަންޒިލަށް ދާން ނިއުޝާ ހުރީ ދޫކޮށްލައިގެންނެވެ. ޖައުޝަން ނިއުޝާ އަނބުރާލުމަށްފަހު ގެނެސް އޭނާގެ މެޔާއި ވާގޮތަށް ލައްކޮށްލާ ވަރަށް ބާރަށް ބައްދާލިއެވެ. ނިއުޝާ ވެސް ދެލޯ މަރާލާ ޖައުޝަންގެ ގައިގާ ބައްދާލިއެވެ. “އައި ލަވް ޔޫ” ޖައުޝަން މިހެން ބުނެލުމާއި އެކު ނިއުޝާ ޖައުޝަން ކައިރިން ދުރަށް ޖެހިލިއެވެ. އެއަށްފަހު ޖައުޝަންގެ މޫނާއި އެއްވަރު ވާ ވަރަށް ނިއުޝާ ކޮރާލިއެވެ. އަދި ދެއަތް ޖައުޝަންގެ ކަނޑުގައި ބާއްވާލިއެވެ. ނިއުޝާ ލޯ މަރާލުމަށްފަހު ޖައުޝަން ގެ މޫނާ މޫނު ޖެހޭ ހާ ކައިރިއަށް ކައިރިވެލިއެވެ. ޖައުޝަން ހުރީ ނިއުޝާ ގެ ހަރަކާތަކަށް މަޑުކޮށްގެންނެވެ. ކުއްލިއަކަށް ނިއުޝާ ލޯ ހުޅުވާލުމަށްފަހު ހިނިގަނޑެއް ޖަހާލާ ޖައުޝަން ކޮށްޕާލުމަށްފަހު ދުއްވައިގަތެވެ. “ޝާ!! ޔޫ..އޯ ގޯޑް!!..” ޖައުޝަން ވެސް ނިއުޝާގެ ފަހަތުން ދުއްވައިގަތެވެ. ނިއުޝާ ހެދުން އިތުރަށް ބޮޑަށް ހިއްލާލީ ފަޔަށް އެރި ވެއްޓި ދާނެހެން ހީވީމައެވެ. އެ ދިގު އިސްތަށިގަނޑުވެސް ދެ ފަރާތަށް ވިހުރެމުން ދިޔައެވެ. ދެމީހުން ދުވަމުން ދިޔައިރު ހަންތައް އެކި ކޮޅުކޮޅަށް މައްޗަށް އަރައިގެން ދެއެވެ. ނިއުޝާ ކުއްލިއަކަށް ހުއްޓުނެވެ.
ޖައުޝަންއަށް ހީވީ ނިއުޝާއަށް ކަމެއް ވީހެންނެވެ. “ކިހިނެއްވީ؟” ޖައުޝަން ނިއުޝާގެ ކައިރިއަށް އައިސް އަހާލީ ކަންބޮޑުވެފައި ހުރެއެވެ. ނިއުޝާ ލޯ ހަނިކޮށްލުމަށްފަހު ޖައުޝަން އާއި ދިމާލަށް ބަލާލިއެވެ. އެއަށްފަހު ހީލިއެވެ. “ކަމެއްނުވެޔޯ” ނިއުޝާ އެހެން ބުނެލުމަށްފަހު އަނެއްކާވެސް ހެދުން ހިއްލާލާ ދުއްވައި ގަންނަން އުޅުނެވެ. ނަމަވެސް ޖައުޝަން މާ ހުޝިޔާރެވެ. ނިއުޝާގެ އަތުގައި ހިފަހައްޓާ އޭނަ އާއި ކައިރި ކޮށްލިއެވެ. އެއަށް ފަހު އޭނާ ގެ ބާރުގަދަ ދެއަތުން ނިއުޝާ އުރާލިއެވެ. ނިއުޝާ އެ އަތުގެ ތެރޭ އަބަދުވެސް ވުމައް ދުޢާ ކޮށްލިއެވެ. ޖައުޝަން ނިއުޝާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
އާ ދުވަހަކަށް އިރު އެރި އިރު ނިއުޝާއާއި ޖައުޝަން އޮތީ ނިދާފައެވެ. އިރުގެ ދޯދިތައް ކޮޓަރީގައި ހުރި ކުޑަދޮރުން ނިއުޝާގެ ލޮލަށް އެޅެން ފެށުނެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމަށްފަހު ކައިރީގައި އޮތް ޖައުޝަން އާއި ދިމާ ބަލައިލިއެވެ. އެއަށްފަހު މޯޅިއަކަށް ދެމިލާ އެނދުން ތެދުވިއެވެ. ފާހަނައަށް ވަދެ ފެންވަރާލައިގެން ނިކުތް އިރުވެސް ޖައުޝަން އޮތީ ނިދާފައެވެ. ޖައުޝަން އާއި ދިމާ ބަލަން ހުރެ މޮޅު ރޭވުމެއް ރާވާލުމަށް ފަހު ނިއުޝާ ހިނިގަނޑެއް ޖަހާލީ އެކަން ކާމިޔާބު ވީމާ ޖައުޝަން އަށް ވާނެގޮތް ވިސްނާފައެވެ.
ފާހަނާގައި އިން ޖަގަށް ފިނި ފެން އަޅާލުމަށްފަހު އެއްއަތުން އަތްގަނޑުގައި އަދި އަނެއް އަތުން އަނގަމަތީ އަތް އަޅައިގެން ހުރެ ނިއުޝާ އައިސް އެނދާއި ކައިރިވެލިއެވެ. އެއަށްފަހު ޖައުޝަންގެ މޫނުމައްޗަށް ޖަގުގަ ހުރި ފެންތައް އޮއްސާލިއެވެ. ޖައުޝަން އަށް ސިއްސައިގެން ގޮސް ހޭލެވި ކޮށިވެސް އެެރިއެވެ. “މޯރނިންގް ބޭބީ” ނިއުޝާ މިހެން ބުނެލުމަށްފަހު ޖައުޝަން އާއި ދިމާލަށް ދޫ ނެރެލިއެވެ. ޖައުޝަން ދަތްކުނޑި ވިކާލުމަށްފަހު ނިއުޝާގެ ފަހަތުން ދުއްވައިގަތެވެ. ނިއުޝާއަކަށް ގަދައެއް ނުވެވުނެވެ. ޖައުޝަން އައިސް ނިއުޝާ ގެ އަތުގައި ހިފާ ފާހަނަ އާއި ދިމާލަށް ގެންދިޔައެވެ. އެއަށްފަހު މާގަނޑު ކައިރިއަށް ގޮސް ނިއުޝާ ގެ ގައިގާ ހިފަހައްޓައިގެން ހުރެ މާގަނޑު ޖެއްސިއެވެ. ނިއުޝާއަށް އެއްވެސް ގަދައެއް ނުހެދޭނެކަން އިނގޭތީ ޖައުޝަންގެ ގައިގާ ހިފަހައްޓައިލައިގެން ހުރީއެވެ.
ދުވަސްތައް ހަފްތާއަށް ވެ މަސްތަކަށް ބަދަލުވެގެން ދިޔައެވެ. ދެމީހުން ވެސް އަބަދުމެހެން ކަމަކީ ދިމާކުރުމާއި އެކަކު އަނެކަކާ ތޮޅުމެވެ. މިކަމުންވެސް ދިޔައީ އެދެމީހުންގެ ލޯބި އިތުރުވަމުންނެވެ.
—-1 އަހަރު ފަސް—–
އާދައިގެ މަތިން މިއަދުވެސް އޮފީހަށް ދިޔުމުގެ ކުރިން ޖައުޝަން ނިއުޝާއާއި އެކީ ކޮފީއެއް ބޯލަން އިށީނދެ އިނެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު ނިއުޝާގެ މޫނުމަތިން ފެންނަމުން ދިޔައީީ ވަރުބަލިކަމެވެ. “ލަވް؟؟ ބަލީތަ؟” ޖައުޝަން ކުޑަކޮށް ހާސްވިއެވެ. އަދި ނިއުޝާގެ ނިތްކުރިމަތީ އަތް ލާ ކަރުގައި އަތްލީ ހުން ހުރިތޯ ބަލާށެވެ. ނަމަވެސް ހުމެއް ނެތެވެ. “ބުނެބަ.. ބަލީތަ؟” އަނެއްކާވެސް ޖައުޝަން ސުވާލުކުރިއެވެ. “ނޭނގެ… ވަރަށް ވަރުބަލި މިއަދު.. ނޭވާ ހާސްވެފަ ހުންނަނީ…” ނިއުޝާ ޖައުޝަން އަށް ޖަވާބު ދެމުން ގޮނޑިން ތެދުވީ ކޮފީ ތަށި ދޮންނަން ދާށެވެ. ކުއްލިއަކަށް އޭނާގެ މޫނުމަތި އަނދިރި ވާން ފެށިއެވެ. އެއްވެސް ތަނެއް ނުފެނެއެވެ. ނިތްކުރިމަތީ އަތް އަޅާލާ އަނެއް އަތުން ގޮނޑިއެއްގައި ނަމަވެސް ހިފެހެއްޓޭތޯ ބެލިއެވެ. “ޝަން!!” ނިއުޝާއަށް މިހެން ބުނެލެމާއި އެކު ހަބަރު ހުސްވިއެވެ. އޭނާގެ ނަސީބުކަމުން ޖައުޝަންއަށް ހިފަހައްޓާލެވުނެވެ. އެހެން ނޫންނަމަ މިއަދު ތަށިމުށިމައްޗަށް ވެއްޓި ތަނެއް ފަޅައިގެން ދިޔައީހެވެ.
ޖައުޝަން އަވަސް ވެގަތީ ނިއުޝާ ކޮޓަރިއަށް ގެންދާށެވެ. އެނދުމަތީ ބާއްވާލުމަށްފަހު އަވަސް އަވަހަށް ޑޮކްޓަރ އަށް ގުޅާލިއެވެ. ޑޮކްޓަރ އަންނަން ދެން ޖައުޝަން ނިއުޝާ ކައިރި އިނެވެ. އެވަގުތު ސަކީލާވެސް އައިސް ޖައުޝަން ކައިރި ހުއްޓެވެ. ނިއުޝާ ހޭ އެރީ ޑޮކްޓަރ އައިތަނާހެންނެވެ. ޑޮކްޓަރ އައިސް ނިއުޝާ ބެލުމަށްފަހު މާދަމާ ޓެސްޓުތަކެއް ހަދަން ކްލިނިކްއަށް އައުމަށް ބުންޏެެވެ. “ޑޮކް. ވަޓް ވޯސް ރޯންގް..؟ އިޒް ޝީ އޯކޭ؟” ޖައުޝަން ޑޮކްޓަރ ގެއިން ބޭރަށް ލައިދޭން ދަމުން އެހިއެވެ. “ޔާ… ޝީ އިޒް ފައިން. ދެއަރ އިޒް ނަތިންގް ޓު ވޮރީ އަބައުޓު.. ޖަސްޓް ކަމް ޓުމޯރޯ ދެން އޮންލީ އައި ކޭން ސޭ މޯރ… ޓިލް ދެން ޓޭކް ކެއަރ އޮފް ހާރ” ޑޮކްޓަރ ނިކުމެގެން ދިޔުމުން ޖައުޝަން އައިސް ނިއުޝާ ކައިރި އިށީނެވެ.
“އޯކޭތަ” ޖައުޝަން ނިއުޝާގެ ބޮލުގައި ފިރުމާލަމުން އެހީ އޯގާތެރިކަމާއެކުއެވެ. ނިއުޝާ ބޯ ޖަހާލީ އާއެކޭ ބުނާ ފަދަ ގޮތަކަށެވެ. ޖައުޝަން އޮފީހަށް ނުގޮސް އެ ދުވަސް މުޅިން ހޭދަކުރީ ނިއުޝާ ކައިރިއެވެ. ނިއުޝާ އެނދުން ތެދުވަންވެސް ޖައުޝަން އޮތީ މަނާކޮށްފައެވެ. އެހެން ކަމުން ކުޑަކުއްޖެއް ފަދައިން ނިއުޝާ ބަސްއަހައިގެން އެނދުމަތީ އޮތެވެ. ސަކީލާ ކާން ހަދައިގެން ގެނެސް ދިނުމުން ޖައުޝަން ނިއުޝާ އަށް ކާންދިނެވެ. ނިއުޝާ އެއްބައިފަހަރު ސަމްސާ ގަ ދަތްއަޅައިގެން އިދެއެވެ. ޖައުޝަން އަށް ޖެއްސުމެއް ނުކޮށްލާ އޭނައަށް ނީނދެވެނީއެވެ.
އަނެއް ދުވަހު ޖައުޝަން ނިއުޝާ ގޮވައިގެން ކްލިނިކަށް ދިޔައެވެ. ލައިގެން ހުރި ގަދަ ނޫ ކުލައިގެ ގަމިހުގެ އަތް އޮޅާ ލެވިފައި ވާއިރު ގަމިސް ވަނީ ބެގީ ޖަހާލެވިފައެވެ. އިސްތަށިގަނޑު ވަނީ ކުޑަކޮށް ހިއްލާލެވިފައެވެ. އެކަންތައް ނިންމާފަ ވަގުތުން އޮފީހަށް ދާން ޖެހޭތީވެ ޖައުޝަން ހުރީ ތައްޔާރުވެގެންނެވެ. ކްލިނިކް ގަ ތިބި ބައެއް ޒުވާން ފުރައިގެ އަންހެން ކުދިންގެ ނަޒަރުތައް އަމާޒު ވެފައި ވަނީ ޖައުޝަންއަށެވެ. ނިއުޝާ އަށް އެކަން ހަޖަމު ނުވިކަހަލައެވެ. ނިއުޝާ ޖައުޝަންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ޖައުޝަން އަށް އެވީ ގޮތް އިނގި ހިނި އައެވެ. ނަމަވެސް ހިނި ގަނޑު އޮއްބާލުނަށްފަހު ނިއުޝާގެ އުނަގަނޑުގައި އަތް އަޅުވާލާ ނިއުޝާއާއި އިތުރަށް ގާތްވެލިއެވެ. ނިއުޝާ ކައިރިއަށް އައީ ލާނެއް ހިންޏެކެވެ.
-ނުނިމޭ- (:
20 Comments!
Comments are closed.
guys m really sry fr late.. ryn ah hama nuvx vadhevunu net ah mi hurihaa dhuhu dhn hama mi vadhevuny… sry guys.. missd u all so much… n hope mi part vx rythi vaane kamah.. thnks fr reading.. 😀 😀 😀 😉 🙂
Its okk flower. I think she’s preg omg woooowww.. Hahahahaaa
Ekm thnakolheh avas aruvaalaafa hen hyveyy.. hehe.. ekm vs salhi.. avahah anehbaii upkohdheythi puleeeeex
Kn irakun nxt part.. cant wait… 🙂 🙂 🙂 🙂 tc miss u a lot
hehehehe… preg o.. vedhaane dhw. heheh.. oh gd i really missd replying the cmmnts ehehe.. aftr so lng. labba aneh prt up kh dheynan… n in sha allah vrh avahah… n miss u more
Maybe sum disease£
Lyk cancer
Kuch to gadbad hain hehw
hahah aan dhw,.. vedhaane… sumthng is fishy…. lolxx.. inspctr nukko ryn ah hama ekani ingeny knms kameh goas hn… lets see the nxt part thn only we cn strt investigation 😛
Awwwn.
Varah Salhi ❤
Thankolheh avahah next part up Jolla dheche ? best of luck ?
hehehe thnks.. labba avahah up khdheynan in sha allah…. 🙂
Kolla*
NINNY u didnt tell me!!!! hehe.. story is superrrrr duperrrrrr awwwwsomeee.. But luv ah faahaga kohllevunu thankolheh inge sifa kurun vrh madhu like imagine kohllevey gothah sifakurun.. But cant say the story is bad… “niusha koraali eve. adhi dhe ai jaushan ge KANDUGAI baavalieve” mistakeeeeee girl ge mistake eh.. Anehbai varah avahah up kohdhehchey inge ninny. Curiously waiting for next part… Dw nukko vrh hyvey niu preg hen.. Keep it up.
ehheheh sry fr the mistake n thnks fr telling… n dhn in prt ga imrpve kuraanan.. thnks luv u sooooo much.. hehehhe in sha allah vrh avahah up kh dheynan
??????
thee thee e magey enme edhey
Hithugaa mivaa soora thedhey
Loabi mivaa varu dhn buniyya
Goaheh hey myhadhaa
Hoo annashey isnagaa
Reymivany dhanvefa
Hoo annashey isnagaa
Rey mivany dhan vefa
Nunidheyney mirey aaimaa noony kalaa
?????????
Is she preg? When is next part?
heheheh neynge dhw luv.. lts wait n see…. 🙂 n in sha allah vrh avahah nxt prt up kuraanan
hehe Ryn….she’s not preg yet….I know…last week we had consultation and doc advised to rest and intake more water & fruits. and I admit he did said to takecare of her… 🙂 hehe and always hoping for good things to happen in our life.. and my loving will never head back being unconfidential.she much more stronger than any bad expectations…btw v v v v v v v v nice…..and sooooooo romantic….I am.. 🙂
hehehe… ekm mi niu ge gotheh neynge dhw.. n so happy tht niu ah thihaa loabi loabi jau eh libunyma 😉 i must say she is lucky.. n thnks fr reading n take care of niu… 🙂
Ryn.. Thankolheh avahah dhen oiy bai up kolladhyba. Kiyaahithun keiy madhuvefa ??
okay swyty pie…. thihaa lwbin bunyma miadhuvx up kuraa hiyy vehje bt ebain e prt cmplt kuran vefa in baeh.. complete khlaafa kiyaalaafa up kh dheynan ingey.. 😉
mom , haadha ryhchey mi prt ves , hahaha doc o , vr majaa , kyhbaa vaan eulheny , tht jaushan is sooo funny , hahahahha , good luck mom ,
fr ur luvly doc 🙂
hehehe.. thnks doc…
Its great ryn 🙂
thnks k 🙂