Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝިކާރަ (ފަހުބައި)

Reems Level 110 Stories
October 27, 2015 3 Mins Read
17 Comments

އޭނަ ދަމުން ނުހާއަށް މެސެޖް ކުރި “މަށަށް ވެސް ދުވަހެއް އަންނާނެ”

އެ ދުވަހަށްފަހު އެނޫސްވެރިޔާގެ އެއްވެސް އުނދަގުލެއް ނުޖެހޭ. ކައުސިންލަރު ވެސް ފަހުން ނުހާ ގާތުން މާފަށްއެދުނު.

“ދެން މިކަމެއް މިހިނގީ ކިހިނެއްތަ” ވިޝާމް އެންމެ ފަހުން އަހާލިއެވެ.

ނުހާ މާލެ އައީ އޮފީސް ކަމެއްގައި އޮތް ވޯކްޝޮޕެއްގައި ބައިވެރިވާން. ނުހާއާއި އެކު އަދި އިތުރު އަންހެން ކުއްޖެއްވެސް އައި. ނުހާމެން ތިބީ ގެސްޓްހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން. އޭނާ ރައްޓެއްސަކާއި ބައްދަލުކޮށްލުމަށް ބޭރަށް ދިޔައީމާ ނުހާ ފެންވަރަން ވަނީ. ފެންވަރާ ނިމިގެން ތުވާލި އަނދެލައިގެން ނުކުތްތަނުން ދޮރުގައި ޓަކި ދޭތީ ނުހާ ހީކުރީ ނުހާގެ ރޫމްމޭޓް އައީކަމަށް އެހެންވެ ކުޑަކުޑަކޮށް ދޮރުހުޅުވާލި ތަނުން އެތެރަށް ބޮޑު ގުރޭޕެއްވަނީ. މޫނު ނިވާކޮށްގެން ތިބި ބައެއް. ނުހާ ހަޅޭއްލަވަން ފެށީމާ އަނގައިގައި ބޮޑު ޓޭޕްގަޑެއް އެޅުމަށްފަހު އިންޖެކްޝަނެއްޖެހި. ނުހާގެ ހެއަށް ގޮތްވަމުން ދިޔައިރު އެއްކަލަ ނޫސްވެރިޔާ މޫނުން މާސްކް ނެގުމަށްފަހު މިފަހަރު ދޫ ލަނޑެއް ނުދޭނަމަ ބުނި.

ނުހާއަށް ހޭލެވުނު އިރު ނުހާ ގައިގާ އެއްވެސް އެއްޗެއް ނެތް. ހޭލެވުމާއިއެކު އެތާހުރި ޓީވީން އަޅުވާލީ ނުހާގެ ފޮޓޯތަކެއް .ނުހާ އެއްވެސް އެއްޗެއް ނުލާ އޮތް ފޮޓޯއާއި މޫނު ފޮރުވާފައި ތިބި މީހުން ނުހާއާއި ބެހިފަ ހުރި ފޮޓޯ. ވީޑިއޯވެސް ކޮށްފައި ހުރި. އަދި ނުހާއަށް ބިރު ދެއްކި ހަގީގަތް ކިޔާދީފިއްޔާ ނުހާ ބޭޒާރު ކޮއްލާނޭކަމަށް. ނުހާ ބްލެކްމެއިލްކުރާނެ ކަމަށް. އޭރުވެސް  ނުހާ ގައިގާ ވަރެއް ނުޖެހޭ.

ނުހާއަށް އޮތީ ދެބަ ދޭތެރެ އޮންނަ ކަހަލަ ގޮތެއްވެފައި. ނުހާ އަނގައިން ބުނަން މަސައްކަތް ކުރުމުން އެ ނޫސްވެރިޔާ އައިސް ނުހާ ގައިމައްޗަށް ޖެހިގަތް އަދި ކައިރީ ތިބި  މީހުނަން ނުހާގެ އަތްފައިގައި ހިފަހައްޓާން ބުނެ ނުހާގެ އިއްފަތްތެރިކަން ފޭރިގަތް. މިގޮތަށް އެތާ ތިބި އެތައްބަޔަކު ނުހާހާއި ޖިންސީ ގޯނާކުރި. އޭރު ނުހާހަށް ހިރިލެވޭ ވަރުވެސް ނުވޭ. ދެން އިރުކޮޅަކުން އެތާ ތިބި ނޫސްވެރިޔާއާއި އިތުރު މީހަކު ފިޔަވައި އެންމެން ނުކުތް. ނޫސްވެރިޔާ ހެމުން ހެމުން ނުހާ ކަންފަތް ކައިރީ ބުނެލި”މިދުވަސް ނައިސް ދޯ އޭރު ވެސް މަބުނި ގޮތަށް ކަންތައް ކުރިނަމަ” މިހެން ކިޔާ ހެމުން ހެމުން ނުކުމެގެން ދިޔައީ.

ނުހާގެ ވާހަކަ މިހިސާބަށް ދިޔައިރު ނުހާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. ވިޝާމްއަށް އިނީ ބުނާނެ އެއްޗެއް ވެސް ނޭގިފައި. “ނުހާ އިރާދަކުރެއްވިއްޔާ ނުހާއަށް އިންސާފު ހޯދައިދޭނަން” ވިޝާމް ނުހާގެ އަތުގައި ހިފާލަމުން ބުންޏެވެ.

 

ނުހާއަށް ދެން ހޭލެވުނީ ކޮޓަރި ދޮރުގައި ވަރަށް ބާރަށް ތަޅައިގަތް އަޑަށް ދެން ކުއްލިއަކަށް ދޮރު ހުޅުވުގެން ދިޔަ. އޭރު ވެސް މީހަކު ނުހާ ގައިމަތީ ހެއްދެވިގޮތަށް އޮތް. ކޮޓަރި އަށް އައިސް ވަނީ ފުލުހުން. ނުހާ ސަލާމަތްވީކަމަށް ހީކޮށް އުފާކޮއްލި ވަގުތު އިވުނީ ލާރިއަށް ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުން ވާހަކަ. ނުހާ ވަރަށް މަސައްކަތްކުރިން ކަންހިނގިގޮތް ކިޔައިދޭން. އެކަމަކު އެކަކުވެސް އެކަން ގަބޫލު ނުކުރި.

“ދެންވީ ގޮތް ވިޝާމްއަށް ވެސް އެނގެއެއްނު، ޕްލީޒް ވިޝާމް ނުހާ ސަލާމަތްކޮށްދީ. ނުހާ ޑޮކްޓަރަކަށް ދައްކައިދީ. ތަހުގީގުކުރަން އަންނަ މީހުން ކައިރީ ވެސް ވަރަށް އާދޭސް ކުރެވިއްޖެ. އަކަމު އެމީހުން ދިނީ އެކަމަށް ބީރު ކަންފަތެއް” ނުހާ ރޮމުން ރޮމުން ބުންޏެވެ.

ވިޝާމްއަށް އިވުނު ވާހަކައިން ރުޅި އާދެވުނު ވަރުން ބޮލުގައި ހިފަހައްޓާލެވުނެވެ. އަދި އަވަހަށް ކޮޓަރިން ނުކުމެގެން ގޮސް މި މައްސަލަ ތަހުގީގު ކުރާ ފުލުސް ޓީމް ހޯދަން އަވަސްވެގަތެވެ. ފުލުން މީހުނަން ކަންވީ ގޮތް ކިޔައިދިނުމުން ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަދަން އެއްބަސްވިއެވެ. އަދި ނުހާ ބައިންދާފައިން ކޮޓަރިއަށް ނުހާ ބަލާ ދިޔައިރު ފެނުނު މަންޒަރުން ވިޝާމް ދުވެފަ ކޮޓަރިން ނުކުތެވެ. ވިޝާމް ދެރަވިވަރުން ފާރުގައި ގޮއްމުށުން ތަޅައިގަނެވުނެވެ. ވިޝާމްގެ ނުހާ އެ ކުރީ ކީއްތަ. ކީއްވެ ވިޝާމްއަށް އިތުބާރުނުކުރީ. ވިޝާމް ހިތާ ޝަކުވާކޮށްލިއެވެ.

 

ވިޝާމްއާއި ފުލުހުން ތަހުގީގު ކޮޓަރިއަށް ވަތްއިރު ނުހާ އޮތީ ލެއާއި ތަތްތެޅިފައެވެ. މުޅިތަނުގައި އޮތީ ލެއެވެ. ވިޝާމް ލިޔަން ބޭނުންކުރު ގަލަމުން އަތާއި ކަރުގެ ލޭ ނާރުތައް ހަލާކުކޮށްލައިގެން ވަރަށް ބައިވަރު ލޭ އައިސްފައި އޮތެވެ. ވަގުތުން ނުހާ ހޮސްޕިޓަލަށް ގެންދެވި އަވަސް ފަރުވާ ދޭ ކޮޓަރީގައި އެޑްމިޓްކުރެވުނެވެ. އަދި ނުހާ ގެ އަތުގަޔާއި ކަރުން ހަލާކުވެފައިވާ ނާރުތައް ރަނގަޅު ކުރެވޭތޯ ޑޮކްޓަރުން އޮޕަރޭޝަން ކުރަން ފެށިއެވެ. އޮޕަރޭޝަން ކުރުމަށްފަހު ލޭ އެޅިކަމުގައި ވިޔަސް އެހާ ބައިވަރު ލޭ ގައިން ފައިބައިފާ ހުރުމުން ނުހާ ގެ ހާލު ވަރަށް ގޯސްވިއެވެ. އެހެން ނަމަވެސް ވިޝާމްގެ އެދުމުގެ މަތިން ޑޮކްޓަރުން ނުހާގެ ހަށިގަނޑު ބަލާ ޗެކްކުރިއިރު ގަދަކަމުން ޖިންސީ ގޯނާ ކޮށްފައި ހުރިކަމުގެ ހެކިތައް ފެނުނެވެ. ވިޝާމް އަވަސްގެތީ ނުހާގެ އާއިލާއަށް އެކަން އެންގުމަށެވެ. އަދި ކަންވީ ގޮތް ވަރަށް ސާފުކޮށް ކިޔައިދީ ނުހާއަށް އެއްބާރުލުން ދިނުމަށް ނަސޭހަތްތެރިވިއެވެ.

24 ގަޑިއިރު ފާއިތުވެ ދިޔައިރު ވެސް ނުހާ ހޭނާރާއެވެ. ފުލުހުންނަށް ވިޝާމް ދިން މަޢުލޫމާތުގެ އެހީގައި އެ ނޫސްވެރިޔާ ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. އެހެން ނަމަވެސް އެއްވެސް ހެއްކެތް ނެތުމުންނާއި އޭނާ އެކަމަށް އިންކާރުކުރުމުން އޭނާ ބަންދުގައި ނުބަހައްޓާ ދޫކޮށްލަންޖެހުނެވެ. ނުހާ ހޭނާރާ އޮވެ މި ދުނިޔެއާއި އަލްވަދާޢު ކިއެވެ. އަނިޔާކުރި މީހުން މިނިވަންވީއެވެ. ޝިކާރައަކަށްވެ އަނިޔާ ލިބުނު މީހާ ގެ ފުރާނަ ނެތިދިޔައީއެވެ.

ވިޝާމްގެ ވެސް އެދުމުގެ މަތިން އެދުވަހު ފުލުހުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވިއެވެ. އަދި ނުހާއަށް ދިމާވި މައްސަލައިގައި ހެކި ނެތުމުގެ ސަބަބުން މީހަކު ހައްޔަރު ނުކުރެވޭކަމާއި ނުހާއަށް ކުރެވުނު ހަށިވިއްކުމުގެ ތުހުމަތުން ނުހާ ބަރީއަވާކަން ނުހާގެ މެޑިކަލް ރިޕޯރޓުތަކުން ހެކި ދޭ ކަމާއި ތަހުގީގު އަދިވެސް އިތުރަށް ކުރިއަށް ދާކަމަށް މަޢުލޫމާތު ދިނެވެ.

ރައްޔިތުންނަށް ނުހާގެ ކުށެއްނެތްކަން އަންގައިދެވުމުން ވިޝާމް އުފާވިޔަސް ވިޝާމްގެ ދިރިއުޅުން މުޅިން ވީރާނާވިއެވެ. އަދި މިފަދަ ހާދިސާ ދިމާވާ މީހުންނަށް އެހީވުމަށް ޖަމިއްޔާއެއް އުފައްދާ މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ފެށިއެވެ.

(ނިމުނީ)

 

 

Share Article

Follow Me Written By

Reems

Level 110 Stories

Other Articles

Previous

ހިތުގަ މިވާ ސޫރަ ތެދޭ!! 8

Next

އިންތިޒާރު ( 23 )

Next
October 27, 2015

އިންތިޒާރު ( 23 )

Previews
October 27, 2015

ހިތުގަ މިވާ ސޫރަ ތެދޭ!! 8

17 Comments!

  1. mteee says:
    October 27, 2015 at 2:45 pm

    V.nice.haadha kuru story eh

    1. Reems says:
      October 27, 2015 at 3:04 pm

      some stories short vaane dhw hehe.. thnks for reading

  2. shaz says:
    October 27, 2015 at 4:13 pm

    v reethi mi story….

    1. Reems says:
      October 28, 2015 at 7:44 am

      thanks

  3. Anonymous says:
    October 27, 2015 at 4:56 pm

    Mi ee hageegee vaahaka eh tha

    1. Reems says:
      October 28, 2015 at 7:44 am

      nooney

  4. minnu says:
    October 27, 2015 at 6:03 pm

    Ekamu dn amihlayah maru veema aahiruga evx faidhaa e nuvaane… knme gothakah kanthah viyas ketherivaan vaane.. Allah emyhaka eku vodigenvaakan handhuma kuran vaane. Allah insaafu dhevaane. So kame dhimaa veema amihlayah maruvegn alifaanah dhaany. . Imaan threikan balikashee dhw.
    Anyways story maa reethi vees nuha amihlayah maru nuvi nama.

    1. Reems says:
      October 28, 2015 at 7:43 am

      hmm but mives kan hinga gotheh dhetho

  5. Crazi says:
    October 27, 2015 at 11:03 pm

    Hahah shalhi

    1. Reems says:
      October 28, 2015 at 7:43 am

      thanks

  6. well says:
    October 27, 2015 at 11:13 pm

    maaa maa ginain nuha nuha nuha ineema v undhagu kiyan. hus nuha nuha hurihaa thanehga

    1. Reems says:
      October 28, 2015 at 7:45 am

      next time rangalhu kollanan.. thanks for reading

  7. Liyuntheriya says:
    October 28, 2015 at 12:13 pm

    Reems
    Your previous story “Oya” published in this site was quite good. Congratulations! Unfortunately, I can’t say the same thing about this one.The ending is to my cirtical mind unsatisfactory.It would have been far better if the hepless heroine survived the gang rape and then goes on to raise hell to put the offenders behind the bars forming the association or whatever else you may call it to enlighten the general public, rather than letting her lawyer do these things. However, let not my comments deter you from writing the way you want. You will learn much more by actual practice than any amount of precepts or theory set by others. You are obviously a young writer, male or female I don’t know. I do wish you well and expect to read your future stories

    1. Reems says:
      October 28, 2015 at 2:26 pm

      Thank you v much for ur comment. i appreciate it… yes u r right m a new writer n i write as a hobby.. but insha allah i will try to improve my writing.. thanks again

  8. minnu says:
    October 28, 2015 at 7:52 pm

    Reems mikahala story thakunvx rangalhu nasseyhathe dhinun rangalhu vaany bt mi story in ekahala kame faahaga nukurevey

  9. muskaan says:
    October 29, 2015 at 2:23 pm

    nuha nuha nuha :p

  10. stefan says:
    October 30, 2015 at 12:21 am

    V upset vejje mi kiyaafa feel vee…mega vaahak akah bunaa kahala kulavareh neh…veekameh hurigotah ehn meehakah kiyaadeefa komaakoalhyga…mulhi liyunvx….dhn mulhi liyumuga nuha vefa…and gabooleh nukurevey Reem ge liyumeh kamahvx….reem hageegathuga vaahaka liyumuga mi level eh noonkan yageen….you knows much better than this…..hope fahun reem ge aslu molhukan vaahaka akun adhi fehnaane kamah…make difference…. 🙂

Comments are closed.



All Right Reserved!