Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ބަޔާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 27, 2015 9 Mins Read
37 Comments

ފޯނުން ގޭމު ކުޅެން އިނދެ ބައްޕަވެސް މިހާރު މިޞްބާޙް މަތިން ހަނދާން ނެތިދާނެކަމަށްބުނެ ސިނާން އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭގެ އިރުކޮޅެއް ނުވަނީސް އެ ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ފޯނުގެ ސްކްރީނަށް “ބައްޕަ”އޭ އެރުމުންނެވެ. ސިނާނަށް ލިބުނު ޝޮކާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ. އޭނަ ފޯނުގައި ހިފަހައްޓައިގެން ހުރި ދެއަތް ފިނިވިއެވެ. ފޯނަށް ޖަވާބުދޭން ނުދޭން ހުރެހުރެފައި ސިނާން ތުރުތުރު އަޅަމުން ދިޔަ އިނގިލިން ކޯލު ރިސީވް ކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ހަ……..ހެލޯ.” ސިނާން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.

 

“އެއާރޕޯޓުގަތަ ތިހިރީ؟” އެކޮޅުން ވަޙީދުގެ ހަރުކަށި އަޑު އިވުނެވެ.

 

“ލައްބަ.” ސިނާން ޖަވާބުދިނެވެ.

 

“ފްލައިޓަށް އަރާފަ ގުޅާތި. މިޞްބާޙް ބަލަން ދިޔައިންތަ؟” ވަޙީދު ކުރި ސުވާލުން ސިނާންގެ ހިތް ރޫރޫއެޅިއެވެ. އޭނަ ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެނަސް އެ ޖަވާބު ދީފިނަމަ ކަންތައް ވާނެ ގޮތާއިމެދު ވިސްނާލުމުން ދޮގު ހަދާނީއޭ ހިތް ބުންޏެވެ. ބައްޕައަށް ދޮގު ހެދުމަކީ އޭނަ ޢާއްމު ގޮތެއްގައި ކުރާ ކަމަކަށް ވިޔަސް މިހާ ފާޅުކަން ބޮޑުގޮތެއްގައި އެންމެނަށް އެނގިފައިވާ މައްސަލައަކާއިމެދު ދޮގު ހަދަން އޭނަ ޖެހިލުންވިއެވެ. ނިކަން އަވަހަށް ޙަޤީޤަތް އެންމެންގެ ކުރިމައްޗަށް އައިސްދާނެކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. ސިނާން ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ވަޙީދު ރުޅި އަޑަކުން ހޫންލައްވާލިއެވެ. ސިނާނަށް ވަގުތުން ވާހަކަ ދެއްކުނެވެ.

 

“އަޅުގަނޑު ދިޔައިން. ދިޔައިރު މިޞްބާޙް ހޭނާރާ. ޒާހިޔައްތަ ބުނީ އެކްސިޑެންޓެއްވިއްޔޭ.” ސިނާން އޭނައަށް ހީވި ގޮތް ކިޔައިދިނެވެ.

 

“ތިއީ ތެދެއްތަ އަނެއްކާ؟ ވަރަށް ހިއެއްނުވޭ. ފޮޓޯތަކުން މިޞްބާޙްގެ މޫނުގެ އެކި ތަންތަން ނޫފަން ގަނެފައި ހުރި ގޮތުން ހީވަނީ މާރާމާރީއެއްގެ ތެރެއިން ނިކުތީހެން. އޭނަގެ ބައްޕައަށް ވެސް ގުޅާގުޅާ ފޯނެއް ނުނަގާ. އޭނަ އެބައުޅޭ މާލެތެރޭގަ. އަމީން ވެސް އުޅެނީ ފައިސާއާހެދި މޮޔަވެގެން. މިޞްބާޙް އުޅޭތަން އޭނައަށް ބެލޭނަމަ މީހަކު އައިސް ޖަލްސާއެއްގެ މެދުގަ ލަދުގަންނަން ޖެހޭ ވާހަކަތައް ދައްކާކަށް ނުޖެހުނީސް. ސިނާނަށް އެނގޭތަ އެރޭ މިޞްބާޙް ހުރިތަނެއް؟” ވަޙީދު ނުރުހިފައިހުރެ ސުވާލުކުރިއެވެ.

 

“ން….ނޭނގެ ބައްޕާ. ނޭނގޭ.” ސިނާން ތެޅިތެޅި އޮތް ހިތަކާއެކީ ބުނެލިއެވެ.

 

“އެންމެ ރަނގަޅު. ފްލައިޓަށް އަރާފަ ގުޅާތި. ބާއްވާ.” ވަޙީދު އަނެއްކާވެސް ހަނދާންކޮށްދީފައި ފޯނު ކަނޑާލިއެވެ. ސިނާނަށް ދެލޯ މަރާލަމުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެހެނަސް އެއިން އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކިތަންމެ ބޭނުމެއްނުވިޔަސް ހުރިހާ ކަމެއް ގޯހުންގޯހަށް ދާނެ ގޮތްތައް އޭނައަށް ޚިޔާލު ކުރެވެމުން ދިޔައެވެ.

 

އެރޭ ޔޫނުސް ރާއްޖެ ޕްރެސްގައި ޝާއިއުކުރި ރިޕޯޓް އޭގެ އަނެއްދުވަހު މުޅި ސޯޝަލް މީޑިޔާއަށް ފެތުރިގެން ދިޔައެވެ. މިޞްބާޙްގެ އަސަރުގަދަ އިންޓަވިއު ކިޔާފައި ގިނަ ޢަދަދެއްގެ މީހުންގެ ލޯތަކުން ކަރުނަ ހިލިއްޖެއެވެ. އެ އިންޓަވިއުއިން އެންމެ ބޮޑު އަސަރެއްކުރީ އަފްރީން ނޫން ދެވަނަ މީހަކަށް ނޫނެވެ. އަފްރީނަށް އެ ރިޕޯޓުގެ ވާހަކަ އަޑުއިވުނީ އެދުވަހު ސްކޫލަގައި ހުއްޓާ ކުލާހުގެ ކުދިބަޔަކު އެ ވާހަކަ ދެއްކުމުންނެވެ. ސްކޫލުން ގެއަށް އައި ގޮތަށް އަފްރީން ކެތްމަދުވެފައިވާ ހިތަކާއެކީ ކިޔަވާ މޭޒުދޮށުގައި އިނދެ ލެޕްޓޮޕުން ރިޕޯޓް ކިޔަންފެށިއެވެ. މިޞްބާޙް އޭނައާއި އެ “އަންހެން ކުއްޖާ” އާއި ދެމެދު އޮތް ގުޅުން ކިޔައިދީ އޭނަގެ ހިތުގެ ޝުޢޫރުތައް ހާމަކޮށްފައިވި ގޮތުން އަފްރީންގެ ލޯ ކަރުނުން ފުސްވިއެވެ. އެ އަންހެން ކުއްޖާއަށްޓަކައި އޭނަގެ ހިތުގައި ޚާއްޞަ މަޤާމެއް ދެވިފައިވި ވާހަކަ އަފްރީނަށް ކިޔާލެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އެއަށްފަހު މިޞްބާޙް އެރޭ އޭނައާއި ދުރަށްދިޔަ ސަބަބުތައް ބުނެދީފައިވި ގޮތުން އަފްރީންގެ ހަނދާނަށް އައީ މިޞްބާޙް ގިސްލަމުން ދިޔަ މަންޒަރެވެ. މިޞްބާޙަށް އެވަގުތު ކުރެވިފައިވާނެ އިޙްޞާޞްތައް ތަޞައްވުރު ކުރެވުމުން އަފްރީންގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އޭނަ މިޞްބާޙާއިމެދު ދެކުނީ ހާދަ ނުބައި ކޮށޭ ހިތަށްއެރިއެވެ. ރިޕޯޓުގެ ފަހަތުގައި މިޞްބާޙްގެ މަންމަ ދައްކާފައި ހުރި ވާހަކަތަކަކުން އަފްރީންގެ ހިތް ކުދިކުދިވިއެވެ. މިޞްބާޙަށް ލިބުނު ޒަޚަމްތަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނަ މިޞްބާޙަކީ ކިހާ މައުސޫމް ކުއްޖެއްކަން އޭނަގެ ބައްޕައަށް އެންގިނަމަ ބައްޕަ ޖަލްސާއަށް ގޮސް އެވާހަކަ ނުދެއްކީހެވެ. ބައްޕަ އެ ވާހަކަ ނުދެއްކިނަމަ މިޞްބާޙްގެ ބައްޕަ ރުޅިނައީހެވެ. މިޞްބާޙްގެ ހިތުގައި އޭނަގެ ބައްޕައަށްޓަކައިވާ އިޙްޞާޞްތައް ކިޔުނު ވަގުތު އަފްރީނަށް އިތުރަށް ރޮވުނެވެ. ތިމާ އެހާވަރަށް ލޯބިވާ މީހަކު ތިމާއަށް އަނިޔާކުރުމުން ދެރަވާނެ މިންވަރެއް އަފްރީނަށް އަންދާޒާކުރާކަށް ވެސް ނޭނގެއެވެ. ރިޕޯޓް ކިޔައި ނިމުނުތަނާހެން އަފްރީން މިޞްބާޙް ދެކިލަން ދާން އިންތިހާއަށް ބޭނުންވިއެވެ. އޭނަ ކިޔަވާ މޭޒުދޮށުން ތެދުވެލީ މިޞްބާޙަށް މަޢާފަށް އެދުމަކީ އޭނަ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއްކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ. ކޮޓަރީގެ ދޮރާއި ހަމައަށް ދިޔައިރު އަފްރީންގެ ޚިޔާލުތަކުން އޭނައަށް މިޞްބާޙްގެ ގާތަށް ދެވިއްޖެއެވެ. ދޮރުގެ ތަޅުގައި ހިފާލި ވަގުތު އޭނަ މިޞްބާޙްގެ ގައިގައި ބައްދާލިތަން ސިފަކުރެވުމުން އަފްރީންގެ ޙަރަކާތްތައް މަޑުވިއެވެ. އަދި ގެއިން ވެސް ނުނިކުމެވެނީސް މިފަދަ ޚިޔާލުތަކެއް ކުރެވޭނަމަ އެތަނަށް ދިޔުމުން ވާނީ ކިހިނެއްބާއޭ ހިތް ސުވާލުކުރިއެވެ. އެވަގުތު އޭނަގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވުމުން އަފްރީނަށް ދޮރުގެ ތަޅުގައި ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާލެވުނެވެ. އޭނަ މިޞްބާޙްގެ ގާތަށްދާން ބޭނުންވަނީ ހަމައެކަނި މަޢާފަށް އެދޭކަށް ނޫންކަން އަފްރީނަށް އެނގުންވިއެވެ. އޭނަ ދެން ދުވަހަކުވެސް މިޞްބާޙާއި ވާހަކަ ދެއްކިއްޔާ ގާތްނޫން ގޮތަކަށް ވާހަކަ ދެއްކޭނެހެނެއް އަފްރީނަކަށް ހިއެއްނުވެއެވެ. މިޞްބާޙް އިންޓަވިއުގައި ޖަވާބުތައް ދީފައިވި ގޮތުން މިހާރު މިޞްބާޙަކީ ތެދުވެރިއެއްކަން އޭނައަށް ޔަޤީންވެއްޖެއެވެ. މިޞްބާޙްގެ ހިތުގައި އޭނައަށްޓަކައި ޖާގައެއް ދެވިފައިވިކަން އެނގުމުން ވެސް އޭނަގެ ހިތުގައި ވެސް މިޞްބާޙަށްޓަކައި އިޙްޞާޞްތަކެއްވާކަން އޭނަ އަންގަން ބޭނުންނުވެއޭ އޭނައަކަށް ނުބުނެވޭނެއެވެ. މިވަގުތު ވެސް މިޞްބާޙް ފެނިއްޖެނަމަ އޭނަ ވިރިގެންދާނެކަން އޭނައަށް ޔަޤީނެވެ. އޭނައަށް މި ޚިޔާލު ކުރެވޭ ގޮތަށް ވާހަކަ ދައްކައިފިނަމަ މިޞްބާޙަށް ވެސް ދުރުގައި ހުރެވޭނެހެނެއް ހިއެއްނުވެއެވެ. އެހެންވީމަ އޭނަ ގޮސްގެންނުވާނެ ނޫންހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން އަފްރީންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އޭނަގެ ހިތުގެ ކަނަކުން ނޫނެކޭ ކިޔައި ގޮވާލައިފިއެވެ. އެހެނަސް އަފްރީން ގަދަކަމުން ކަހަލަ ގޮތަކަށް ދޮރުގެ ތަޅުން ދޫކޮށްލިއެވެ. އަދި ހިތާއި ދެކޮޅަށް ރޮމުންރޮމުން ގޮސް އެނދުގައި އިށީނެވެ. މޫނުގައި ދެއަތް އަޅާލަމުން އަފްރީނަށް އިހުނަށްވުރެ ބާރަށް ރޮވުނީ އޭނަ މިޞްބާޙް ދެކެން ބޭނުންވިވަރު އޭނަގެ ހިތް އޭނައަށް އެންގުމުންނެވެ. އޭނަ މިޞްބާޙް ހަނދާންވާ މިންވަރު މިޞްބާޙަށް އެނގޭނެނަމައޭ ހިތަށްއެރިއެވެ. މިޞްބާޙްގެ ހަނދާންތަކުން ދުރުނުވެވޭނެހެން ހީވި ވަގުތު އަފްރީން އަވަސްއަވަހަށް އޭނަގެ ކޯތާފަތުން ކަރުނަތައް ފޮހެލިއެވެ. އަދި ދެއަތް އުފުލާލަމުން އަމިއްލަ ހިތަށް ހަމަޖެހުމެއް ގެނެސްދެއްވުމަށްއެދި ދުޢާކުރެވުނެވެ. ދުޢާ ކުރަމުން ގޮސް އޭނައަށް ނޭނގުމެއްގެ ތެރެއިން މިޞްބާޙަށްޓަކައި ވެސް ދުޢާކުރެވެން ފެށިއެވެ. އަދި ބޭ އިޚްތިޔާރުގައި ހިތާހިތުން އެއްދުވަހު އޭނައާއި މިޞްބާޙް ގުޅޭނެ ގޮތެއް ހައްދަވައިދެއްވުމަށްއެދި ދުޢާކުރެވުނެވެ.

 

ޢާއްމު ގޮތެއްގައި އޮންލައިން ނޫސް ކިޔައި ނުއުޅޭ ވަޙީދަށް މިޞްބާޙްގެ އިންޓަވިއު ފެނުނީ، އޭނަ ގެއަށް އައުމުން އޭނަގެ 14 އަހަރުގެ ހަގު ދަރިފުޅު ކަމަށްވާ ރާޔާ އެ ޚަބަރު ދެއްކުމުންނެވެ. ސިޓިންގް ރޫމުގެ ސޯފާގައި ރާޔާގެ ލެޕްޓޮޕުން އެ ރިޕޯޓް ކިޔަން އިން ވަޙީދަށް އިނދެވުނީ ޙައިރާންވެފައެވެ. މިޞްބާޙް ވާހަކަ ދައްކާފައި ހުރި ގޮތުން އެއީ އޭނަ ދަންނަ މިޞްބާޙެއް ނޫނޭ ހިތަށްއެރިއެވެ. މިޞްބާޙަކީ އޭނަ ދަންނަ ގޮތުގައި ލަދުކުޑަ ކަމެއް ކުރުމަށްފަހު އެކަމާމެދު ފަޚުރުވެރިވެފައި ވާހަކަ ދައްކާ ކުއްޖެކެވެ. މިޞްބާޙް މާލޭގައި ހުރިއިރު އޭނަ ވަޙީދުގެ ކުރިމަތީގައި ވެސް ޖެހިލުމެއްނެތި އޭނަ އެއްފަހަރާ ރައްޓެހިވެގެން އުޅޭ އަންހެން ކުދިންގެ ވާހަކަ ދައްކައެވެ. ވަޙީދު އެއްޗެހި ގޮވުމުން ވެސް މިޞްބާޙްގެ އުޅުމަކަށް ބަދަލެއް ނައެވެ. ދެން މިއަދު މިޞްބާޙަށް މިހާ ބޮޑު ބަދަލެއް އައީ ކިހިނެއްބާއޭ ވަޙީދުގެ ހިތް ސުވާލުކުރިއެވެ. ރިޕޯޓު ކިޔަން ފެށިއިރު ވަޙީދަށް އިނދެވުނީ ޙައިރާންކަމެއްގެ ތެރޭގައި ވިޔަސް ރިޕޯޓުގެ ފަހަތުގައި އަމީން ކުރި ކަންތައްތަކުގެ ވާހަކަ ފެނިފައި ވަޙީދުގެ ރުޅިގަދަވިއެވެ. މިޞްބާޙް އެހާ ޞާލިޙުވެފައި ވަނިކޮށް އަމީން މިޞްބާޙަށް އިތުބާރު ނުކޮށް އޭނައަށް އަނިޔާ ކުރީތީވެއެވެ.

 

ވަޙީދާއި ރާޔާ ސިޓިންގް ރޫމުގެ ސޯފާގައި ތިއްބާ ސްކޫލުން ގެއަށް އައި ސިނާން ގޭގެ ދޮރު ހުޅުވާލި ވަގުތު ރާޔާއަށް އިސްއުފުލާލެވުނެވެ.

 

“ދޮންބެ ބަލާބަލަ. މިޞްބާބެ ދިން އިންޓަވިއުއެއް އެބަހުރި ރާއްޖެ ޕްރެސްގަ. ވަރަށް ޓަޗިންގް.” ރާޔާ ފޯރިއާއެކީ އެއްފަހަރު ސިނާނަށް އަނެއްފަހަރު ލެޕްޓޮޕް ސްކްރީނަށް ބަލަމުން ބުނެލިއެވެ. އެއާއެކު ސިނާންގެ ފިޔަވަޅުތައް މަޑުޖެހި އޭނަގެ ދެލޯ ބޮޑުވިއެވެ. ވަޙީދު ރިޕޯޓް ކިޔައި ނިންމާލަމުން ސިނާނަށް ބަލާލި ވަގުތު ސިނާން ވެސް ހުރީ ވަޙީދަށް ބަލަހައްޓައިގެންނެވެ. ސިނާންގެ ބިރުގެންފައިވާ ހިތް ބާރުބާރަށް ތެޅެމުން ދިޔައީ ބައްޕަ ކޮށްލާނެ ސުވާލަކަށް ކެތްމަދުވެގެން ފަދައެވެ. އެހެނަސް ސިނާން ހީކުރި ގޮތާއި ޚިލާފަށް ބައްޕަ އިރުކޮޅެއް ވީއިރުވެސް ސުވާލެއް ނުކުރުމުން ސިނާން ޖެހިލުންވުމަކާއެކީ ގޭގެ ތެރެއަށް ވަދެގެން ދާން ފެށިއެވެ. މާ ދުރަކަށް ނުދެވެނީސް ވަޙީދުގެ އަޑު އިވުނެވެ.

 

“ސިނާން!” ވަޙީދު ހަރުއަޑުން ގޮވާލި އަޑަށް ސިނާންގެ ފިޔަވަޅުތަކާއެކީ އޭނަގެ ހިތް ވެސް ހުއްޓުނެވެ. އެވަގުތު ރާޔާ މަންޒަރު ނުބަލަންވެގެން އަވަހަށް ސޯފާއިން ތެދުވެގެން ގޮސް އެތާ ހުރި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

 

“ލައްބަ.” ސިނާން ހިތްވަރުކޮށްފައި  ވަޙީދަށް ބަލާލިއެވެ.

 

“މިޞްބާޙްގެ އެކްސިޑެންޓެއްނޫންވީ. ކީއްވެ ދޮގު ހެދީ؟” ވަޙީދު ބުމަގޮށްޖެހިފައި އިނދެ ސިނާނަށް ބަލާލަމުން އުނގުގައި ހުރި ލެޕްޓޮޕް ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.

 

“އަމް…….ޒާހިޔައްތަ އަޅުގަނޑު ކައިރީގަ ބުނީ އެކްސިޑެންޓެކޭ.” ސިނާން އޭނަގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.

 

“ޒާހިޔައްތަ އަމިއްލައަށް ޚަބަރުގަ ބުނެފަ މި އޮތީ މިޞްބާޙްގެ ބައްޕަ މިޞްބާޙަށް އަނިޔާކުރިއްޔޭ.” ވަޙީދު ޝައްކުގެ ނަޒަރަކުން ސިނާނަށް ބަލަން އިނދެ ބުނެލިއެވެ. އެއާއެކު ސިނާން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނައަށް މި އިވުނީ އަދި އާ ވާހަކައެކެވެ. ބޮޑުބޭބެ މިޞްބާޙަށް އަނިޔާކުރީ ކީއްވެބާއޭ ހިތަށްއެރިއެވެ.

 

“ޖަވާބެއްދީ!” ވަޙީދު ހަރުއަޑުން ގޮވާލަމުން ކޮޅަށް ތެދުވުމުން ސިނާން ސިހިގެން ދިޔައެވެ.

 

“ބަ..ބަ……ބައްޕާ. އަ…އަޅުގަނޑު ނުދެނަހުރިން. އަ…….” ސިނާން ޖެހިލުންވުމަކާއެކީ ފެށި ވާހަކަ ފުރިހަމައެއްނުވިއެވެ.

 

“ކީއްވެ ނުދެނަހުރީ؟ އެރަށުގަ ނޫންތަ މިހާ ދުވަހު ހުރީ؟ ކޮން އެކުވެރިޔެއްގެ ވާހަކަތަ މިޞްބާޙް އެ ދައްކަނީ؟ އޭނަ ބުނީ ކޮންމެވެސް އެކުވެރިޔެކޭ ތިމަންނަ އަންހެން ކުއްޖަކާއެކީ ކޮޓަރިއެއްގަ ތަޅުލީ. އެއީ ތެދެއްތަ؟” ވަޙީދު ސުވާލުކުރިއެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ ސިނާންގެ ހިތަށް ޙައިރާންކަމެއް ވެރިވިއެވެ. މިޞްބާޙް އޭނަގެ ނަން ހާމަނުކުރީ ކީއްވެބާއޭ ހިތަށްއެރިއެވެ. އެހެނަސް އެކަމާމެދު މާ ބޮޑަށް ވިސްނުމެއްނެތި ސިނާން ލިބުނު ކުޑަ ހިތްހަމަޖެހުމާއެކީ ވާހަކަ ދެއްކިއެވެ.

 

“ނޫން ބައްޕާ އެއީ ހުސް ދޮގު. ބައްޕައަށް އެނގެއެއްނޫންތަ މިޞްބާ އުޅޭ ގޮތް؟ އެއްފަހަރާ އެތައް އަންހެން ކުދިންނާ ރައްޓެހިވާ މީހަކު އަންހެން ކުއްޖަކާއެކީ ގަދަކަމުން ކޮޓަރިއެއްގަ ތަޅުލާކަށް ނުޖެހޭނެއެއްނު؟ އަހަރެން އެކޮޅަށް ދިޔަފަހުން އެތައް ރެއަކު ދުށިން އޭނަ އަންހެން ކުދިންނާއި ގައިގޯޅިވެގެން އުޅޭ މަންޒަރު. ބުނަން ވެސް ބުނިން އެއީ ގޯސްކަމެކޭ އެކަމަކު މިޞްބާ އަޑެއްނާހާ.” ސިނާން ހިތާމަ ކުރާ ފަދައަކުން އިސްޖަހައި ބޯހޫރުވަމުން ކިޔައިދިނެވެ. ވަޙީދު ދެންވެސް ސިނާނަށް ބަލަން ހުރީ ޝައްކެއްގެ މަތީގައެވެ.

 

“އިންޓަވިއުގަ ވާހަކަ ދައްކާފަ ހުރި ގޮތުން ވަރަށް ހިއެއްނުވޭ މިހާރު މިޞްބާޙަކީ އެކަހަލަ ކުއްޖެއްހެން.” ވަޙީދު ކޮންޓްރޯލް ކުރެވިފައިވާ އަޑަކުން ބުނެލިއެވެ.

 

“އެއީ އޭނަ ހެދެނީ. އިންތިޚާބު މިހާ ކައިރިވެފަ އޮތްވާ ބޮޑުބޭބެގެ ނަން ހަޑިވާފަދަ ގޮތަކަށް އޭނަ ވާހަކަ ދައްކައިގެންނުވާނެއެއްނުދޯ؟ އެއީ އެހެންވީމަ ކަމަށްވާނީ.” ސިނާން ބުނެލިއެވެ.

 

“އެކަމަކު މި އިންޓަވިއުއިން ބޮޑުބޭބެގެ ނަން ހަޑިވެއްޖެ. މިޞްބާޙް އޭނަގެ ބައްޕަގެ ނަން ހަޑިކުރަން ބޭނުންނުވަންޏާ އޭނަގެ މަންމަ ދެއްކި ވާހަކަތައް ވެސް އިންޓަވިއުއަށް ނާރުވަން މަސައްކަތް ކުރީސް. ތި ދައްކާ ވާހަކަ ތާކުންތާކު ނުޖެހޭ.” ވަޙީދު ބުނެލި ވާހަކައިން ސިނާން އަނެއްކާވެސް ނުތަނަވަސް ވާންފެށިއެވެ. ވަޙީދު އެ މަންޒަރު ފަރުވާތެރިކަމާއެކީ ބެލިއެވެ.

 

“އާ……އެވާނީ….” ސިނާން އިތުރު ދޮގުތައް ހަދަން އުޅުނު ވަގުތު ވަޙީދު އޭނައަށް ހުރަސްއެޅިއެވެ.

 

“ހިއެއްނުވޭ ސިނާންގެ ފަރާތުން ޙަޤީޤަތް އެނގޭނެހެނެއް. އަހަރެން އަމިއްލައަށް އެކޮޅަށް ދާންވީހެން ހީވަނީ. އާ ފިހާރަ ހުޅުވުމުގެ ކަންތައް ނިމުނީމަ ދާނީ. އެރަށަށް ގޮއްސަ ހޯދާ ހޯދުމުން ސިނާން ތި ބުނާ އެއްވެސް ވާހަކައަކީ ދޮގެއްކަން ސާބިތުވެއްޖެއްޔާ ދިގުދެމިގެންދާ އަދަބަކަށް ތައްޔާރުވެގެން ހުންނާތި!” ވަޙީދު ސިނާނާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. އެއަށްފަހު ރުޅިވެރިކަމާއެކީ ހިނގާފައި ގޮސް ގެއިން ނިކުމެގެން ދިޔައީ ސިނާންގެ ހިތް ބިރުވެރިކަމުން ވަށާލާފައެވެ.
މިޞްބާޙްގެ އިންޓަވިއުގެ ސަބަބުން ބިރުވެރިކަމެއް އިޙްޞާޞް ކުރެވުނީ ސިނާނަށް އެކަންޏެއްނޫނެވެ. މޯލްޑިވިއަން ރީފޯމް ޕާޓީއިން މީހުން ހަލުވިކަމާއެކީ ވަކިވާ މަންޒަރު ފެނިފައި އަމީންގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. ކުރާނެ ކަމެއް ނޭނގިގެން އޭނަ އެޗް.އެން ނިއުސްއަށް ގުޅާފައި އެ އިންޓަވިއުގެ ހުރިހާ ވާހަކައެއް ދޮގުކޮށް ރިޕޯޓެއް ލިޔުމަށް އެންގިއެވެ. އަމީންގެ އެދުމަށް އެޗް.އެން ނިއުސްގައި ވަގުތުން ރިޕޯޓެއް ޝާއިއުވެގެން ދިޔައެވެ. އެ ރިޕޯޓުގައިވާ ގޮތުން މިޞްބާޙާއި ޒާހިޔާ އެކަހަލަ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި މިޞްބާޙަށް ލިބުނު އަނިޔާތަކުގެ ސިއްރަކީ އޭނަގެ އެކުވެރިންގެ ބަޔަކު އޭނައަށް އަނިޔާކުރުމެވެ. މީގެ އިތުރުން އަމީން އޭނަގެ ދަރިފުޅުމަތިން ވަރަށް ހަނދާންވާ ވާހަކައާއި އޭނަ މާލެއަށް އައިސްފައި ހުރީ ވަރަށް މުހިއްމު މަސައްކަތެއްގައި ކަމަށްވެސް އެ ރިޕޯޓުގައި ލިޔެވިފައިވިއެވެ. އެ ރިޕޯޓަކަށް މާ ބޮޑު ތަރުޙީބެއް ނުލިބުނެވެ. ޢާއްމު ގޮތެއްގައި އެޗް.އެން ނިއުސްގެ ހުރިހާ ރިޕޯޓަކަށް ތަޢުރީފުކުރާ މީހުން ވެސް ބުނަމުން ދިޔައީ ދަރިފުޅަށްވުރެ ބޮޑަށް މުހިއްމުވާނީ ކޮން މަސައްކަތެއްތޯއެވެ. އެފަދަ ކޮމެންޓްތައް ފެނިފައި އަމީން އަނބުރާ ރަށަށް ގޮސް އެންމެނަށް ދައްކާލުމަށްޓަކައި މިޞްބާޙްގެ ގައިގައި ބައްދާލަން ބޭނުންވެއެވެ. އެހެނަސް އޭނަ އެގޮތަށް ކަންތައް ކުރުމުން އެންމެންގެ ކުރިމަތީގައި މިޞްބާޙް އޭނައާއި ދެކޮޅު ހަދާފާނެތީވެސް އަމީން ކަންބޮޑުވިއެވެ. އެހެންކަމުން އޭނަ އޭގެ ބަދަލުގައި މިޞްބާޙާއެކީ ތަންކޮޅެއް ކުރިން ނެގިފައިހުރި ފޮޓޯތައް އޭނަގެ ފޭސްބުކް ޕޭޖްގައި ޝެއަރކުރަން ފެށިއެވެ. އޭނައާއި މިޞްބާޙް އެއްކުލައެއްގެ ކޯޓު ފަޓުލޫނުގައި ހިނިތުންވެގެން ތިބި ފޮޓޯއެއް ޕޯސްޓްކޮށް އޭގެ މަތީގައި މިޞްބާޙް ހަނދާންވާ ވާހަކަ ލިޔުމުން އެ ފޮޓޯއަށް ހާހުން ލައިކްސް ލިބުނެވެ. އެހެނަސް ގިނަބަޔަކު ތިބީ މިޞްބާޙަށް ޙަމްދަރުދީ ފާޅުކޮށް އަމީނަށް އެއްޗެހި ގޮވައި ކޮމެންޓްކޮށްފައެވެ.

 

“ކީއްތަ ދެން މަ ކުރަންވީ؟ މަ ރަށަށް ދިޔައިއްޔާ ހުރިހާ ކަމެއް ގޯހުންގޯހަށް ދާނީ. މިޞްބާޙް ދެކޮޅު ނެހެދިޔަސް އެ ޒާހިޔާއަށް ނުހުރެވޭނެ އެއްޗެކޭ ނުކިޔާ. އެ ނަވާޒް ވެސް ނުއުޅޭ ކަމެއް ކުރާ ހިތުންނެއް. އޭނައަށް ވަރިހަމަ އަހަރުމެންނަށް އިންތިޚާބު ކާމިޔާބު ނުކުރެވުނަސް. އެކަމަކު މަށަކަށް ނުހުރެވޭނެ ކަމެއްނުކޮށް.” އަމީން އޭނަގެ ސިޓިންގް ރޫމުގެ ދެކޮޅުންދެކޮޅަށް ހިނގަމުން ހަރު އަޑުން ވާހަކަ ދެއްކިއިރު އެތާހުރި ސޯފާގައި އޭނަގެ ޕާޓީގައި އިސްކޮށް އުޅޭ އޭނަގެ އެކުވެރިއެއްކަމަށްވާ މުފީދު އިނެވެ.

 

“ކަމެއް ނުކޮށް ހުންނާކަށް ބޭނުމެއްނުވޭ އަހަރެންވެސް.” މުފީދަށް އެހާ ހިސާބަށް ބުނެލެވުނުތަނާ އަމީން ވާހަކަ ދެއްކިއެވެ.

 

“މަ ބޭނުންވަނީ އެ ޔޫނުސް މަރާލަން!” އަމީން އޭނަގެ ފިޔަވަޅުތައް މަޑުޖައްސައި މުފީދަށް ބަލަންހުރެ ރުޅިވެރިކަމާއެކީ ބުނެލިއެވެ. މުފީދު ކޮޅަށް ތެދުވިއެވެ.

 

“އަމީން….މިހާ ނާޒުކު ޙާލަތެއްގަ އަހަރުމެން ވަރަށް ވިސްނައިގެން ފިޔަވަޅު އަޅަންވާނީ. މިހާރު ވެސް އަމީނާއިމެދު ބައިވަރު ވާހަކަތައް އެބަ ދެކެވޭ. އެ ވާހަކަތައް ދެކެވެނީ ޔޫނުސްއާ ހެދި. ދެން ހަމަ މިދުވަސްކޮޅު ޔޫނުސްއަށް ކަމެއްވެއްޖެއޭ ކިޔާފައި އޮތް ޚަބަރެއް ފެތުރިއްޖެއްޔާ ވަރަށް ފަސޭހައިން އެންމެނަށް ނަގައިގަނެވޭނެ އޭގެ ފަހަތުގައިވަނީ އަމީންކަން. އަހަންނަށް ފެންނަނީ މި އަޑުތައް ތަންކޮޅެއް މަޑުވަންދެން އަހަރުމެން މަޑުކުރަން. އެއަށްފަހު ކަމެއްކުރަން. ޕާޓީއަށް މެންބަރުން އިތުރު ކުރެވިދާނެ. އަދި އިންތިޚާބުގެ ކުރިން ދެ މަސް އެބައޮތް.” މުފީދު ބުނެލިއެވެ. އޭނަ ދެއްކި ވާހަކައިން އަމީނަށް ހަމަޖެހުމެއް ލިބުނުކަން އެ މޫނުމަތިން އެނގެއެވެ. އޭނަ މުފީދަށް ބަލަންހުރެ ފުން ނޭވައެއް ދޫކޮށް ހޫންލައްވާލަމުން ބޯޖަހާލިއެވެ.

 

މުޅި އެ ދުވަހު އަފްރީންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ. ނަމަވެސް އެ މަންޒަރު ދެކޭކަށް ގޭގައި އެކަކު ވެސް ނެތެވެ. މެންދުރު ގަޑީގައި ޝަރީފް ވެސް ގެއަށް ކާކަށް ނާދެއެވެ. ދުވަހަކީ ނަޞްރާވެސް ސްކޫލްގައި އަވަދިނެތި އުޅެމުން ދިޔަ ދުވަހަކަށްވުމުން އޭނައަށް ވެސް މެންދުރު އަފްރީން ކައިރިއަށް ދެވޭ ގޮތެއްނުވިއެވެ. އަފްރީނަށް އެދުވަހު ފިލާވަޅުތައް ވެސް ހަދަން އިނދެވުނީ ރޮވިފައެވެ. އޭނަ ބުނި ބަސްތަކުން މިޞްބާޙް ދެރަވާނެ މިންވަރު މެދުކެނޑުމެއްނެތި އިޙްޞާޞް ކުރެވެމުން ދިޔައީތީވެއެވެ. އޭނައަށް މިޞްބާޙް ފެންނާނެނަމައޭ ހިތަށްއެރީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. އެހެން ހިތަށްއަރާ ކޮންމެފަހަރަކު މިޞްބާޙްވެސް އޭނަ ދެކެން ބޭނުންވާނެތޯ ހިތް ސުވާލުކުރެއެވެ.

 

އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ނަޞްރާ އަފްރީންގެ ކޮޓަރިއަށް ވަތްއިރު އަފްރީން އޭނަގެ ފޮތްތައް ދަބަހަށް އަޅަނީއެވެ. އަފްރީން އޭނައަށް ފުރަގަސްދީގެން ހުރުމުން ނަޞްރާ އެ ކޮޓަރީގެ ހުޅުވާލެވިފައިވާ ދޮރުގައި ޓަކި ދިނެވެ. އަފްރީން ފަސްއެނބުރި ބަލާލިއިރު އޭނަގެ ދުޅަވެފައިވާ ދެލޯ ފެނިފައި ނަޞްރާގެ ހިތަށް ތަދުވިއެވެ. އޭނަ ހީކުރި ގޮތަށް އިންޓަވިއުގައި މިޞްބާޙް ބުނެލި ބަސްތައް އަފްރީންގެ ހިތާއި ކުޅެލިތާއޭ ހިތް ބުންޏެވެ. އޭނަ ވަނީ މިވާހަކަ އަފްރާޒާއިވެސް ޙިއްސާ ކޮށްފައެވެ. އަފްރާޒް ބުނި ގޮތުގައި ނަޞްރާއާއި އޭނަ ވެގެން މި މަޢުޟޫއަށް އަފްރީނާއި ވާހަކަ ދެއްކުން މުހިއްމެވެ. އަފްރީން އޭނަގެ އިޙްޞާޞްތައް އެކަކާވެސް ޙިއްޞާނުކޮށް ހުރެހުރެފައި ގޯސް ފިޔަވަޅެއް އަޅާފާނެތީ އަފްރާޒާއި ނަޞްރާ ވެސް ކަންބޮޑުވިއެވެ. އެހެންކަމުން އެދެބެއިން މިރޭ އަފްރީނާއި ވާހަކަ ދައްކަން ނިންމިއެވެ.

 

“އަފޫ……މިހާރު ދޮންބެ އޮންލައިން ވާނެ. ލެޕްޓޮޕް ހިފައިގެން އާދެބަލަ ސިޓިންގް ރޫމަށް.” ނަޞްރާ ބުނެލިއެވެ. އަފްރީން ވަގުތުން ނޫނެކޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އޭގެ ސަބަބު ދޮންތައަށް ކިޔައިދޭން ބޭނުމެއް ނުވީތީ އަފްރީން މަޑުމަޑުން ބޯޖަހާލިއެވެ.

 

**

 

“ސަލާމް.” ލެޕްޓޮޕް ސްކްރީނުން ފެންނަމުން ދިޔަ އަފްރާޒް އުޖާލާވި ހިނިތުންވުމަކާއެކީ ސަލާން ގޮވާލިއެވެ.

 

“ވަޢަލައިކުމުއްސަލާމް.” ސޯފާގައި އިން ނަޞްރާވެސް ޖަވާބު ދިނީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް އަފްރީން ޖަވާބު ދިނީ ބަނަވެފައިވާ މޫނަކާއެކީ އެއްދިމާލަކަށް ބަލަން އިނދެއެވެ. އެކަން ފާހަގަވުމުން އަފްރާޒްގެ ހިނިތުންވުން ފަނޑުވިއެވެ. އަފްރާޒަށް ވީގޮތް ފެނިފައި ނަޞްރާއާށް އަފްރީނާއި ދިމާލަށް ބަލާލެވުނެވެ. އެއާއެކު އޭނަގެ ހިނިތުންވުންވެސް ފިލައިދިޔައެވެ.

 

“އަފޫ ކިހިނެއްތަ؟” އަފްރާޒް އޭނަގެ އަޑުގައި ޖޯޝެއް އެކުލެވޭތޯ މަސައްކަތް ކުރަމުން ސުވާލުކުރިއެވެ.

 

“ރަނގަޅު.” އަފްރީން ދޮންބެއަށް ބަލާލަމުން ކުރު ޖަވާބެއްދިނެވެ.

 

“މިރޭ މި އޮންލައިން ވީ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެގެންނޭ. އަފޫގެ އެރޭންޖްޑް މެރިއޭޖެއްގެ ވާހަކަ ދައްކަން.” އަފްރާޒް ސަމާސާވެރި ރާގަކަށް ވާހަކަ ދެއްކީ އަފްރީން ހެއްވާލުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބުވެސްވިއެވެ. އަފްރީންގެ ލުއި ހީލުމަކާއެކީ އިސްޖަހާލިއެވެ. އޭނަ އިސްއުފުލާލިއިރު އެ މޫނުމަތީގައިވި ހިތާމަވެރިކަން ފެނިފައި އަފްރާޒާއި ނަޞްރާގެ ހިތަށް ވެސް އަސަރުކުރިއެވެ.

 

“އަފޫ…….ސީރިއަސްކޮށް ދޮންބެގާތު ބުނެބަލަ. އަފޫއަށް ކުއްޖަކު ކަމުދޭތަ؟ ކަމުދަންޏާ އެކުއްޖާއާ އަފޫ މެރިކޮށްދީފާނަން. އެހެރީއެއްނު ދޮންތަ ވެސް ދޮންތަގެ ޕްރިންސް ޗާމިންއާ މެރީކޮށްގެން؟” އަފްރާޒް ވީހާވެސް އަފްރީނާއި ގުޅޭ ފަދަ ގޮތަކަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

 

“ޕްރިންސް ޗާމިންގްއެއް ނޫން ބޭނުންވަނީ. ބޭނުންވަނީ އަހަންނަށް ﷲ މަތިން ހަނދާންކޮށްދޭނެ މީހަކު.” އަފްރީން އޭނަގެ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އެހެން ބުނެލީ އޭނައަށް މިހާރު ވިސްނޭކަން ދޮންބެއަށް އެންގުމަށްޓަކައެވެ. އަފްރީން ދިން ޖަވާބުން އޭނަ ހީކުރި ގޮތަށް ދޮންބެގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.

 

“މާޝާ ﷲ. އެކަހަލަ ކުއްޖަކާ އަފްރީން ދިމާވެފަވޭތަ؟” އަފްރާޒް ސުވާލުކުރިއެވެ. އެއާއެކު އަފްރީން ހުއްޓުންއެރިއެވެ. އޭނަ ޙަޤީޤަތް ފޮރުވަން ބޭނުންވިއެވެ. އެހެނަސް ދޮގު ހަދާކަށް ބޭނުމެއްނުވިއެވެ.

 

“ހޫމް. އެނގޭ އެކަހަލަ ކުއްޖަކު.” އަފްރީން އިސްޖަހައިގެން އިނދެ ބުނެލިއެވެ.

 

“ކޮން ކުއްޖެއް؟” އަފްރާޒް ކެތްމަދުވިއެއްކަމަކު އޭނަ އެކަން ފާޅުނުކުރެވެވޭތޯ އުޅުނެވެ.

 

“މިޞްބާޙް.” އަފްރީން ދެލޯ މަރައިގެން އިނދެ އެ ނަން ކިޔާލީ މީހަކު ކަމުދިޔުމަކީ ގޯހެއްނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. އޭނަ ދެލޯ ހުޅުވާލިއިރު އޭނަ ހީކުރި ގޮތާއި ޚިލާފަށް ދޮންބެ ހުރީ ޙައިރާންވެފައެއްނޫނެވެ.

 

“އޭނަ އެ އިންޓަވިއުގައި ބުނެފަ އެވަނީ ތެދުތަ އަފްރީން؟” އަފްރާޒް އަހާލިއެވެ.

 

“އާނ ދޮންބެ އޭނަ ވަރަށް ރަނގަޅު. އޭނަ ކުރީގަ އުޅުނީ އަހަރެންގެ ސަމާލުކަން ހޯދަންވެގެން. އަހަރެން ކުރީގަ……ރައް…ޓެހިވީ ކުއްޖެއްގެ އެދުމުގެ މަތިން އޭނަ އުޅުނީ އަހަރެން އިންސަލްޓްކުރަން. އެކަމަކު ފަހުންފަހުން އައިއްސަ އޭނަ ވަރަށް ރަނގަޅު. ކުރީކޮޅު އޭނަ އަހަންނަށް ދަޢުވަތު ދިން އޭނަގެ ސައިކަލުގެ ފަހަތަށް އަރަން. އެކަމަކު ފަހުން އޭނަގެ މަންމަ އޭނަ ކައިރި އަހަރެން ގޮވައިގެން ސައިކަލުގަ ގެއަށް ގެންދާށޭ ބުނީމަވެސް އޭނަ އިންކާރުކުރީ. އޭނަގެ މަންމަވެސް ބުނި އޭނަ ވަރަށް ބަދަލުވެއްޖެއޭ.” އަފްރީނަށް އެ ވާހަކަތައް ކިޔައިދެވުނުލެއް އޮމާންކަމުން ޚުދު އަފްރީން ވެސް ޙައިރާންވިއެވެ.

 

“އަފްރީން އޭނައާއި ކައިރިވާން އުޅުނިންތަ؟” އަފްރާޒް ކުރި ސުވާލުން އަފްރީންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވެ އޭނައަށް އިސްޖަހާލެވުނެވެ.

 

“ނޫން ދޮންބެ. އަހަރެން މިހާރު އެކަހަލަ އެއްވެސް ކަމެއް ނުކުރަން. އަދި އަމުދުން ކައިރިވާން އުޅުނަސް މިޞްބާޙް އެކަން އެހެން ވިޔަދޭނެހެނެއް އަހަންނަށް ހިއެއްނުވޭ. އޭގެ އެންމެ ބޮޑު ހެއްކަކީ އެރޭ އޭނަ އަހަންނާއި ދުރަށް ދިޔަ ގޮތް.” އަފްރީން އިސްއުފުލާލި ވަގުތު އޭނަގެ ކޯތާފަތްމައްޗަށް ކަރުނަ ފައިބައިގެން އައެވެ. އަފްރީން އަވަސްއަވަހަށް އެ ކަރުނަތައް ފޮހެލިއެވެ. އަފްރާޒް މަންޒަރު ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

 

“ދޮންބެއަށް ވެސް އަސްލު އެހެންވެ ހީވަނީ މިޞްބާޙަކީ ރަނގަޅު ކުއްޖެއްހެން.” އަފްރާޒް ބުންޏެވެ. އެއާއެކު އަފްރީން ބޯޖަހަން ފެށިއެވެ.

 

“ހަމަ އަސްލުވެސް ވަރަށް ރަނގަޅު.” އަފްރީނަށް އެހެން ބުނެލެވުނީ އިޚްތިޔާރަކާނުލައެވެ.

 

“އެއްވެސް ރަނގަޅެއްނޫން!” ސިޓިންގް ރޫމުގެ ވާތްފަރާތުން އައި ޝަރީފްގެ އަޑަށް އަފްރީނާއި ނަޞްރާއަށް އެދިމާލަށް ބަލާލެވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އިންތިޒާރު ( 23 )

Next

ޝެރިން (9 ވަނަ ބައި) (ކެރެކްޓަރސް ތަކާއެކު)

Next
October 28, 2015

ޝެރިން (9 ވަނަ ބައި) (ކެރެކްޓަރސް ތަކާއެކު)

Previews
October 27, 2015

އިންތިޒާރު ( 23 )

37 Comments!

  1. jana says:
    October 27, 2015 at 9:22 pm

    Assalam’alaikum 🙂 kuree baige comment thakah reply nukurevunythy varah bodah maafah edhen. jana reply kuran ulhunuiru site ah massalaeh dhimaavegen jana ah liyuntheriegge gothuga reply eh nukurevey. mihaaru massala halluvejje hen heevany. dhen oiy bai thursday ga In Sha Allah 🙂

  2. Khadeeja says:
    October 27, 2015 at 9:36 pm

    vaahaka up veythoa balabalaa huhtaa up vee… yay!!! m first…. impatiently waiting for the next episode

    1. jana says:
      October 28, 2015 at 4:41 pm

      hehe……congratulations khadeeja 😛 dhen oiy bai maadhama In Sha Allah 🙂

  3. kitty says:
    October 27, 2015 at 9:37 pm

    v nice masha allah

    1. jana says:
      October 28, 2015 at 4:42 pm

      Alhamdhulillah! (All praise and thanks belongs to Allah) 🙂

  4. maa says:
    October 27, 2015 at 9:37 pm

    V nice… Thank you Jana for this amazing story…. Just love it… Masha Allah… You are amazing writer… May Allah bless u and advance ur talent…

    1. jana says:
      October 28, 2015 at 4:43 pm

      Ameen! 🙂
      Alhamdhulillah! May Allah bless you too. Ameen! 🙂

  5. mteee says:
    October 27, 2015 at 9:48 pm

    V.nice.keep it up janaa.v kiyaa hithun vaahaka kiyaalevunee.me dhoa first read kuree.so thanks.once again v nice story

    1. jana says:
      October 28, 2015 at 4:43 pm

      Alhamdhulillah! Jazakallah Khairan for the support 🙂

  6. mteee says:
    October 27, 2015 at 9:49 pm

    Sorry.me ehnoon first read kury

    1. jana says:
      October 28, 2015 at 4:44 pm

      ey maa bodu massalaeh noon 🙂

  7. Tulip says:
    October 27, 2015 at 10:00 pm

    V touching ingey n waiting 4 uploads.☺

    1. jana says:
      October 28, 2015 at 4:45 pm

      Alhamdhulillah! 🙂

  8. xaam says:
    October 27, 2015 at 10:28 pm

    Mihaa reethi story eh mi saituga adhi uploadeh nukurevey….janaa just keep it up….may allah bless u n improve ur tallent..

    1. jana says:
      October 28, 2015 at 4:46 pm

      Ameen!
      mi site ge hurihaa vaahaka eh kiyunytha xaam? hehe….komme gothevviyas Alhamdhulillah! 🙂

  9. humey says:
    October 27, 2015 at 10:29 pm

    Jazakahallah jana..ekam inanjeheyneynun sinaan ereyfuraavahakaves..misbaahu yoonus gaathu buyenun..eyrun igeyne gaimuves..kon ekuveriyehkan dhw..

    1. jana says:
      October 28, 2015 at 4:49 pm

      wa iyyaaki! hmm humey. e vaahaka report ga hunnaathyve kanneynge dho Waheedh sinan aa suvaalu kuryves kon ekuveriyegge vaahaka hey? hama ehen ekuveriyakah ves vedhaane ehnu erey male’ ah fury? ey Sinaan hen heeviyas Waheedhaky yageen nukoh meehunge boluga zimma alhuvaa meehehnooney 😉 dhen balamaa Waheedh haqeeqathaa hama ah dhaane goiy In Sha Allah 🙂

  10. aminath says:
    October 27, 2015 at 10:33 pm

    so afreen and misbah will marry? ekmm adi A level as ninmei nu? kondhuwahaki miwaakai tibey kudin ufaa veynei,miko hithaama verikan dhee….waahaka nimeynei kehenakah thau hama hitha arany 😛

    1. jana says:
      October 28, 2015 at 5:03 pm

      A level ninimenas adhi marry keraa nihingiyas marriage ge vaahaka dhakkaa veyheh nun? aslu teenage e yes e vaahaka thah bondethi meehunnaai dhekevey jeheyheh. ekalaki e kudhin marry keraa age ah eyko marriage ey behey mature understanding ah hinneney. e nunfehey marry koggan expect keraaney TV in feney lekah husband kanthethi kohdhey misaalakah anhen koodhaka fehey. heekoggan thibeveyney marry kerumaffahi evves massala nijeheyshiyau. dhen veyne ehthaaki kudhu massala jehenas ekan handle keraa niengun. dhen adhi teenage kudhinnah e age e varah faseyhavegen eyheh e kudhinge feelings share keraane baakin libigeyfehey. vakin khaassakoh anhen kudhin. dhen aslu e good influence e kudhinnah family in libigeyfehey emme rangalhy dhy? ehenve aslu Nasraai Afraaz ey dheverin egothah hedhy 🙂
      vaahaka nimeyne leh imagine koffei jana varah leynah hivvey. varah happy ending ah 😀

  11. faazy says:
    October 27, 2015 at 10:39 pm

    Iru iru kolhaa beley mivaahaka up veytho ? v reethi mi part ves ??????

    1. jana says:
      October 28, 2015 at 5:06 pm

      iru iru kolha nubalaa komme reaku balaalaanama. reyganduviyya jana ah fahakah ais up kureveny. hehe…..Alhamdhulillah!

  12. sau says:
    October 27, 2015 at 10:53 pm

    Haadha asarugadhaey jana … v salhi … misba n afoo dho…..

    1. jana says:
      October 28, 2015 at 5:07 pm

      Alhamdhulillah! dhen balamaa hinga 😀

  13. Rish says:
    October 27, 2015 at 10:55 pm

    Jazakallahkhairan jana…. v reethi masha allah

    1. jana says:
      October 28, 2015 at 5:07 pm

      Wa iyyaaki! Alhamdhulillah! 🙂

  14. sana says:
    October 27, 2015 at 11:02 pm

    Very very nice. Can’t wait for the next part

    1. jana says:
      October 28, 2015 at 5:08 pm

      Alhamdhulillah!

  15. Shaufa says:
    October 28, 2015 at 3:32 pm

    Alhamdhulillahi. Mifadha furihama vaahakaeh liyumuge heyo thafeeq jana ah dhevvi kamahtakaa allah ah hamdhu kuran. Kuriah oi baithah miah vuren vx furihamakoh liyumuge heyo thafeeq Allah Jana ah dhevvashi Aameen…

    1. jana says:
      October 28, 2015 at 5:08 pm

      Ameen! Alhamdhulillah! 😀

  16. Anonymous says:
    October 28, 2015 at 6:35 pm

    Ma Varah foohivey thibunaa arranged marriage dheke.. hahthahaa nubai kan kurumah magu FAHI vaany

    1. jana says:
      October 28, 2015 at 9:17 pm

      Anonymous ah adhives kamudhany e buna love marriage ehtha? jana ah heevi anonymous ge commentegga oiy hen mihaaru enge ey rattehivumaky koggen vaane kameh noonkan. arranged marriage ey bunyma eyge maana aky vaki hama ekani ‘aailaa meehun beynunvaa dhe bayaku marry kurumeh noon. misaalakah anhen kujjakah firihen kujjegge ulhun fenifa e kujja kamudhiyaima anhen kujja ‘aailaa ah ekan angaigen dhe ‘aailaa ehvegen kaiveni hama jessyma ves vaany arranged marriage akah. e dhe ‘aailaa bahdhaluvumuge therein anhen kujjaa aai firihen kujja ah ekaku anekakaa vaahaka dhakkai dhenegannan masakkaiy kurevidhaane. dhe meehun ekaku anekakaa compatible viyya noony marry nukuraany. nugulhey dhemeehun marry kureema massalathahh kurimathivany.
      dhen suvaalu ufedhidhaane loabi nuvehey marry kurany. haqeeqathuga dhemafiringe dhemedhuga onna loaibaky Allah e dhemedhuga lavva loaibeh. ey e dhemeehunge faraathun anna kameh noon. aharumennah kureven oiy kamaky Allah aa aharumen ithurah gaaiy kohdheveyne adhi aharumennah kamudhaa meehaku hoadhai e meehaka marry kurun. loaibaky kaivenyah fahu anna ehcheh. kaivenyge kurin loabi hoadhan ulhefiyya hurihaa kameh goahun goahah dhaany. ey keevvekan Misbah kiyaidhinennu dho Sinan ah? hurihaa furathama fahareh maa avahah nimunyma vaany kihineh? e hurihaa kamakah fahu marry kuryma kulliakah ethah zimma thakeh kurimathivany. dhen kaivenyaky hama ekani zimma thakeh hen heevany. ehenve kanneynge gina meehun kaiveni nukoh hamaekani rattehivegen thiben nimmanyves. ekamaku ey ehnoon dho kanthah vaan jehey gothaky? 🙂
      aharumenge deenuga kanthah onnany haqeeqathuga aharumenge dhiriulhun emme faseyha vaane gothah. aharumenge vashaigen thibi meehun eyaai idhikolhah kuraa kanthah kithamme zeenaiy therikoffa dhekkiyas aharumen egothah kanthah kuryma gellumeh noony nulibeyne. deenuga kanthah kuran onna gothah kanthah kurevijjeyya evves nubai kameh kurumah magu fahieh nuvaane In Sha Allah 🙂
      jana mi hissa kuri hurihaa mauloomaathu thakaky jana ah lecture thakun dhasvi vaahaka thah. marriage aai behey gothun maa bodu thajuribaa eh nethas mi hurihaa vaahaka eh logical kamah jana ah qabool kurevey 🙂

    2. Anonymous says:
      October 28, 2015 at 10:54 pm

      ekamaku hurey v kuda iru, furaavaru irugaves “Arranged Marriage” hamajahsaafa.. ey ehaa ragalhu kameh noonehnu.. ashaara nuvanees kaivenyge kanthah hama jahsaafa.. meehunnaa rahtehi vumaky ves haram kameh kamah gaboolu kuran.. kiyevun nunimenees ekahala kaiveni hama jehsumaky v dhoadhiyaa kameh.. gayaa vumaa loabi vumaa mulhin thafaathu.. muslim akhakah veethy vaa loaibeh ves vedhaanenun.. v gina meehunnah mi zamaanuga olhey loaibaa gayaa vunmaa.. adhi gayaa vi kan egunas kommehen e kanthah bodu kohgen kaivenyaa hisaabah gendhiyaima v joke.. adhi e vex school nunimenees..

    3. jana says:
      October 29, 2015 at 9:51 am

      Anonymous, adhi bayaku noolhey school nunimenys marry kuruvaakah. Afraaz men kaivenyge vaahaka Afreen gaathu e dhekky eyna ah Misbaahaai medhu kurevey ihsaasthah dhenegannan vegen. dhuru dhurun vaahaka fashanvegen. dhen e ahfahu naseyhaiy theri vaan vegen. school nunimenys adhi visnun ves ehaa harudhanaa nuvanys marry kuryma ves rangalheh nuvaane kamah jana ves dheken. vaahaka ithurah kiyuneema engeyne kanthah vaane goiy In Sha Allah 🙂

  17. faathun says:
    October 28, 2015 at 9:12 pm

    Asluves me v v v ibray theri reethi vahaka eh.mihaaru mi ulhey kudin mivahakain ibratheh haasil kurumaky alhuganduge v bodu edhume.janaa thikura masakay kaamiyabu kurah vaashi.

    1. jana says:
      October 28, 2015 at 9:19 pm

      Ameen! 🙂
      ey jana ge ves edhun. Alhamdhulillah! 🙂

  18. Aishaa says:
    October 28, 2015 at 10:10 pm

    Al-hamdhulillaah! 🙂 🙂 🙂
    Mi ee v v ibraiy theri n v reethi vaahaka eh Maashaa ALLAH 🙂 🙂
    Mi site akun nudheken adhi mihaa ibraiy theri, reethi vaahaka eh mi noonihyaa 🙂 🙂 🙂 🙂
    I realy like this story Jana 🙂 ♥♥♥♥♥♥♥♥♥♥♥♥

    1. jana says:
      October 29, 2015 at 9:48 am

      Alhamdhulillah! (All praise and thanks belongs to Allah) 🙂 🙂 🙂

Comments are closed.

Next Episodeހިޖުރަ (ތެއާޅީސްވަނަ ބައި)←


All Right Reserved!