Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝިކާރަ(1)

Reems Level 110 Stories
October 26, 2015 3 Mins Read
19 Comments

މަގު މައްޗަށް ނުކުތުމާއިއެކު ކުއްލިއަކަށް އެކި ދިމަދިމާލުން މޫނަށް އަލި އެޅެންފެށުމުން ބޭއިޚްތިޔާރުގައި މޫނު ފޮރުވާލެވުނެވެ. ކައިރީގައި އޮތް ވެހިކަލްއަށް އަރުވަންދެން ނޫސްވެރިންގެން ކެމެރާތައް ހުރީ ނުހާއަށް އަމާޒުވެފައެވެ. ނުހާ ލަދުން ހަލާކުވާވަރުވިއެވެ . އެތާތިބި އެންމެން ޗުކުޗުކު ތަޅުވާއަޑު އިވި އިވި ހުއްޓެވެ. “ހަށި ވިއްކާ އަންހެނެއް” “ހަށި ވިއްކަންތިއްބާ ފަޅާ އެރީ” ރެޑްކޮށް އަތުލައިގަތީ” “ލަދުކުޑަ”

…………………………………………………………………………………………………………………………………………

ޓީ.ވީ.އެމް އިން ދައްކަމުން ދިޔަ  ރޭގަނޑު 8 ގެ ޚަބަރު ބަލަން އިން ވިޝާމްއަށް ސިހުމެއް ލިބިގެންދިޔައި ކުޑައިރުއްކޮޅެއް ކުރިން ޕޮލިސް ހިންގި ރެއިޑެއްގައި ހަށިވިއްކަމުން ދަނިކޮށް އަތުލައިގެން އަންހެނެއްގެ ވާހަކައިންނެވެ. ޚަބަރާއިއެކު ދެއްކި ވީޑީއޯއިން އެ ފެނުނީ ދެވަނަ ދެމީހެއް ނޫނެވެ. މޫނު ފޮރުވައިގެން ހުއްޓަސް އެއީ ނުހާކަން ވިޝާމްއަށް އެނގުނެވެ.

ވިޝާމް އަވަސްވެގަތީ ފުލުސް އޮފީހުގެ ހެޑްކްއޯޓާރޒައަށް ދިއުމަށެވެ. އެތަނަށް ގޮސް މަޢުލޫމާތު ސާފުކުރުމަށްފަހު ނުހާގެ ލޯޔަރަށްވުމަށް ހުށަހެޅިއެވެ. ވިޝާމްގެ ހިތް އަވަސްވެފައިހުރީ ނުހާއާއި ބައްދަލުނުވެގެނެވެ. ފުލުސް އޮފީހަށް ދިޔަތާ އެތަށްއިރެއް ފަހުން ނުހާއާއި ބައްދަލުވުމުގެ ފުރަސަތު ލިބުމުން އަވެސްވެ ގަތީ ވިޝާމްގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ. ވިޝާމްގެ ހިތް ބުނަމުން ދިޔައީ ނުހާއަކީ ކުއްވެރިއެއް ނޫންކަމަށެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ނުހާއަކީ ވިޝާމްގެ ހިތުގެ ކާނާއެވެ. ވިޝާމް ކުޑަ އިރުއްސުރެ ހިތުގައި ފޮރުވައިގެން އުޅޭ ހިތުގެ މަލިކާއެވެ. ވިޝާމް ނުހާއާއި ބައްދަލުކުރަން ވެއްދީ ކުޑަ ކޮޓަރިއަކަށެވެ. އެކޮޓަރީގައި ހުރީ ކުޑަ މޭޒަކާއި ދެގޮނޑިއެވެ. ވިޝާމް ކޮޓަރިއަށް ވަތްއިރު ނުހާ އޮތީ މޭޒުގައި ބޯއަޅާއިގެން ރޯންށެވެ.

މީހަކު ކޮޓަރިއަށް ވަތްހެން ހީވުމުން ނުހާ ބޯ އުފުލާ ބަލާލިއިރު ކުރިމަތީ ހުރި ވިޝާމް ފެނުމުނެ އުފާވެސްވިއެވެ. އަދި އެހާ ދެރަވެ ލަދުވެސް ގަތެވެ. ހިތައް އުލަފެއް ލިބިގެންދިޔައީ ވިޝާމްއަށް ނުހާއަށް އެހީވެވޭނެއޭ ހިތައްއަރައެވެ. ބުނަން ބޭނުންވެފައި ހުރި ވާހަކަތައް ކިތަންމެ ގިނަ ނަމަވެސް ނުހާ އަށް އެއްވެސް ވާހަކައެއް ނުދެއްކުނެވެ. އަޑެއް ނުނުކުތެވެ. ވިޝާމްކައިރީ ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ބޭރުވީ ކަރުނަތަކެއްގެ ސިފައިގައެވެ.

“ނުހާ ވަގުތު ވަރަށް ކުޑަ، ވީގޮތެއް ކިޔާ ދީބަލަ” ވިޝާމް މަޑުމަޑުން ބުނެލިއެވެ.

“މީ ބޮޑު އޮޅުވާލުމެއް. މީހަކު ނުހާއަށް ލަނޑެއް ދިނީ. ނުހާ އެގޮތަކަށް ނޫޅެން” ނުހާ ރޮމުން ރޮމުން ކިޔައި ދޭންފެށިއެވެ.

 

2014 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުން އޮތީ އަހަރުމެން ރަށުގައި. ނުހާ އުޅުނީ ހިންގާ ކޮމިޓީގައި އަދި ނުހާއާއި ހަވާލުވެފައި އޮތީ ރަށަށް އަރާ މެހެމާނުންގެ ކަންތައް ބެލެހެއްޓުން. އެފަހަރު ރަށަށް އައި މާލޭގެ ނޫސްވެރިންގެ ޓީމްގެ ބައިވެރިންގެ ހުރުމުގެ ކަންތައް ހަމަޖެހުނީ ޖަމްއިއްޔާގޭގައި. ރަސްމީކޮށް ދަނދުވެރިންގެ ދުވަސް ފާހަގަކުރަން އޮތްދުވަހުގެ ކުރީރޭ އެޓީމް ރަށަށް އައި. އެމީހުންގެ ކަންތައްތައް ހަމަޖެއްސުމަށްފަހު ނުހާޥެސް ނިދަން ދާން ގެއަށް ދިއުމަށް ހިނގައިގަތީ ނުހާ ގްރޫޕްކުދިންނާއެކީ. ވަކި ހިސާބަކަށް ދެވުނުތަނުން ނޫސްވެރިންގެ ޓީމްގެ ބޮޑަކަށް ހުރި މީހާ ނުހާއަށް ގުޅި. ކުޑަކަމެއް ދިމާވެގެން އައިސްދީބަލާށޭ ބުނީމާ ދިޔައީ. ނުހާމެން ގްރޫޕް ކުދިން ބޭރުގައި ތިބެފައި ނުހާ އެތެރައަށް ވަތްއިރު ގޯތި ތެރޭހުރި ޖޯލީގައި އެމީހާ ޖައްސާލައިގެން އޮތް. ނުހާ ކިހިނިތްވީތޯ ސުވާލުކުރުމުން ނުނިދިގެން އުޅޭ ކަމަށާއި ވާހަކަ ދައްކާލަން މަޑުކޮށްލަދިނުމަށް އެދުނު. ނުހާ ވަރަށް ފޫހިވި. މާލޭ މީހުންގެ ވައްތަރޭ ހިތައްއަރާ ވަރަށް ލަސްވެޖެ ނޫންހޭ ދަނިއޭ ކިޔާފައި ނުހާ ދާން ހިނގައިގަތީމާ އަތުގައި ހިފާ ދަމައިގަތީމާ ވީ ފޫއްސެއްގެ ބޮޑުކަމުން ތީ ކޮންކަމެއްހޭ ކިޔާފައި އަވަހަށް އެތަނުން ދާން ފެށީމަ ނުލަފާ ހިނިގަނޑެއް ޖަހާލި.

ނުހާ ނުކުމެ ރައްޓެހި ކުއްދިންނަށް މިވާހަކަ ކިޔާ ދީ ވަރަށް އެއްޗެހި ކިޔަމުން ކައުންސިލަރު ކައިރީ ޝަކުވާކުރަން ނިންމައިގެން ދިޔައީ. އެރޭކޮށް އުޅެންޖެހުނީ އެމީހާގެ މެސެޖްތަކުން އުނދަގޫ ވާވަރުން. ވަރަށް ހިތް ނުބައި އިންސާނެއް އެއީ.

 

ނުހާގެ ވާހަކަ މިހިސާބައް ދިޔައިރު ނުހާ އިނީ ކުޑަކޮށް ހަމައަހަކަށް އެޅިފައެވެ. އަދި އޭރު ބައްދަލުކުރާ ގަޑި ހަމަވެފައިވުމާއިއެކު މާދަމާ އަންނާނެ ކަމަށް ބުނެ ވިޝާމް ފުލުސް އޮފީހުން ނުކުމެ ގެއަށްގޮސް ނުހާ ކިޔައިދިން ރައްޓެހިންނަން ގުޅަން ފެށިއެވެ. އެ ހުރިހާ ރައްޓެހިންވެސް ކިޔާ ދިން ގޮތުގައި އެ ނޫސްވެރިޔާގެ ފަރާތުން ނުހާއަށް އެދަތުރުގައި ވަރައް އުނދޫގު ފޯރިއެވެ. އަދި އެކަމުގައި ރަށު ކައުންސިލަރުގެ ވެސް ބައިވެރިވުން ވިއެވެ. އަދި ބޮޑު ކަންތައްގަނޑެއް ހިނގާ ރަށުން އެ ނޫސްވެރިން ބޭލިކަމަށް މަޢުލޫމާތު ލިބުނެވެ.

 

އަނެއް ދުވަހު ވިޝާމް ނުހާއާއި ބައްދަލުކުރަން ގޮސް ނުހާއާއި ސުވާލުކުރަން ފެށުމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

އެމީހާގެ އުނދަގޫ ބޮޑުވެ ފެންނަހާ ތާކުން ގަޔަށް ބޮލަށް އަރާ މަޖާކޮށްލަށް ވަގުތު ކޮޅެއް ދިނުމަށް އެދި ފާޑު ފާޑުގެ ވަހުޝީ ވާހަކަތައް ދައްކަން ފެށުމުން އެންމެ ފަހު ނުހާއަށް ކެތްނުވެގެން ކައުންސިލަރަށް އެކަން އެންގިން. ކައުންސިލަރު އެކަމާ ވަރަށް ދެރަވެ ނޫސްވެރިޔާއާއި ބައްދަލުކޮށް ނަސޭހަތްތެރިވާނެ ކަމަށް ބުނުމުން ނުހާ ވަރަށް ހިތްހަމަޖެހުނު. ދުވަހުގެ ހަރަކާތްތައް ނިމި ގެއަށްދާން ހިނގައިގެން ތަނުން ކައުންސިލަރު އެއްކަލަ ނޫސްވެރިޔާ ގޮވައިގެން ނުހާ ކައިރިއަށް އައި. ނުހާ ހީކުރީ މާފަށް އެދެން އައީ ކަމަށް. އެކަމަކު ކައުންސިލަރު ދެއްކި ވާހަކައިން ރުޅިއައިސްގެން ހަލާކުވާވަރުވި. ނޫސްވެރިޔާ އެދޭ ގޮތަށް އޭނަ ހިތްހަމަޖަސައިދިނުމަކީ މައްސަލައެއް ނޫންކަމާއި ނުހާ ބޭނުން ހުރިހާ ކަމެއް ކޮށްދޭނެކަމަށް ބުނި. އަދި ނުހާ ކޯސް ހަދަން މާލޭގައި ބަހައްޓާއިގެން ކިޔަވައިދޭނެކަމަށް ވެސް ބުނި. ނުހާ އައި ރުޅިން އެތާ ތިބި ފިރިހެން ގްރޫޕަށް ގޮވާ ހުރިހާ އެއްޗެއް ކިޔާ ދިނީ. ރައްޔިތު ހަރުކުލަ ޖަހާ މީހުންނަށް ވެސް މިކަން އެނގި ކައުންސިލަރަށް ވަރަށް ހަޅޭއްލަވާ އެ ނޫސްވެރިޔާ ވަގުތުން ރަށުން ފުރުވާލި.

އޭނަ ދަމުން ނުހާއަށް މެސެޖް ކުރި “މަށަށް ވެސް ދުވަހެއް އަންނާނެ”

(To be continued)

 

Share Article

Follow Me Written By

Reems

Level 110 Stories

Other Articles

Previous

ކަނޑުފެން (ފަސްވަނަ ބައި) KanduFen (P-5)

Next

ހައިފާ (ތިންވަނަ ބައި)

Next
October 26, 2015

ހައިފާ (ތިންވަނަ ބައި)

Previews
October 26, 2015

ކަނޑުފެން (ފަސްވަނަ ބައި) KanduFen (P-5)

19 Comments!

  1. rose says:
    October 26, 2015 at 2:04 pm

    HAADAHAA KURAY

  2. jasmine says:
    October 26, 2015 at 2:26 pm

    ebunaahen haadha kurey. dhen faharakun miahvure dhigukohlane kama ummydh kuran.

  3. lily says:
    October 26, 2015 at 2:29 pm

    nice

    1. E.C lilly says:
      October 26, 2015 at 7:45 pm

      v nice

  4. aasii says:
    October 26, 2015 at 3:07 pm

    V reethi ekm haadha kurey

  5. Anonymous says:
    October 26, 2015 at 3:34 pm

    interesting….. n v salhi….

  6. siu says:
    October 26, 2015 at 3:53 pm

    Nice

  7. abhy says:
    October 26, 2015 at 4:10 pm

    Haadha kurey

  8. UHAF says:
    October 26, 2015 at 4:47 pm

    mi vaahakaves salhi hama, vaahaka kuru kiyaavareh nun ekam up kohladheyleh lasv ma dhw, mivaruves ok daily kon noonas week aku 1 faharuviyas up kuraakamuga vaanama dhan maa gina dhuvas vany dhw up kuran ves…. but ur story is much better.. good luck reem…. 🙂 keep uploading till end…

  9. Shau says:
    October 26, 2015 at 5:09 pm

    Is this the beginning or the ending of this story…???? Nimunii ekey vx nunimey ekey vx jahaafa nethyma..

    1. Reems says:
      October 26, 2015 at 5:18 pm

      Will upload soon.insha allah.. thanks for reading

    2. Reems says:
      October 26, 2015 at 5:18 pm

      Beginning

  10. mteee says:
    October 26, 2015 at 5:24 pm

    V nice.haadha kurey story.next part dhigu koh genesdhehvun edhen.

  11. Anonymous says:
    October 26, 2015 at 6:18 pm

    Dhanduveringe dhuvas faahangakurun othy, bt masveringe dhuvas faahanga kuran oiyreyge kurinrey… Fahun othy

  12. Shelly says:
    October 26, 2015 at 6:23 pm

    Interesting….

  13. vaahaka says:
    October 26, 2015 at 8:34 pm

    Mee koncheh Emme dhefolhuvaiy liyefa

  14. Crazi says:
    October 27, 2015 at 6:23 am

    Kuru but story feshun reethi

  15. minnu says:
    October 27, 2015 at 11:37 am

    nice.. keep it up:)

  16. Naee says:
    October 27, 2015 at 1:05 pm

    nice.. waiting for nxt prt.. when nxt prt will upload Reems??

Comments are closed.


All Right Reserved!