Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝެރިން (9 ވަނަ ބައި) (ކެރެކްޓަރސް ތަކާއެކު)

Faxoo
October 28, 2015
4 Mins Read
32 Comments

“ޔާލް… މަވާހަކަ މިދައްކަނީ ޔާލަށޭ…! ކީއްވެ އަނގައިން ނުބުނެ ތިއިނީ…؟” ކައިލް ގޮސް އެނދުމަތީ އިސްޖަހާލައިގެން އިން މިކްޔާލްގެ ކޮނޑުގައިހިފައި ތަޅުވައިގަތެވެ.

“އަހަރެން މާދަން މިއުޅެނީ ޖަރމަނީ އަށް ފުރަން…” މިކްޔާލްގެ މިޖުމްލައިން ކައިލަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ކީކޭ؟” ޤަބޫލު ނުކުރެވިފައި ހުރެ ކައިލް އަހާލި އެވެ. މިކްޔާލް ކައިލަށް ހަތަރުކަޅި ހަމަކޮށްލި އެވެ. އެވަގުތު ކައިލްގެ މޫނުމަތިން ފައުޅުވާންފެށި ޝަކުވާގެ އަސަރުތަކާއި، ހިތާމަ ފެނިފައި އަނެއްކާވެސް މިކްޔާލަށް އިސްޖަހާލެވުނެވެ.

“ޔާލް…” ޝަކުވާގެ ރާގަކަށް ކައިލަށް ބުނެވުނީ އެހިސާބަށެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީ އެވެ. މިކްޔާލް މިއީ އަޖައިބެއްގެ މީހެކެވެ. އެއޮއްފަދަ ހިތާމައެއް ކުރިމަތި ވެފައިވާ ދަނޑިވަޅެއްގައި އެންމެން ދޫކޮށްފައި އެއުޅެނީ އަނެއްކާވެސް ދާންވެގެންނެވެ. އަނެއްކާ އެމަޑުކޮށްލީ އެންމެ ދެތިން ހަފްތާއަކަށްވެސް ނޫނެވެ. އެންމެ ދުވަހަކަށެވެ. އައުމެކޭ ނައުމެކޭ ތަފާތެއް އެބަ ހުރި ހެއްޔެވެ؟ އެވަގުތު އެދެމީހުންގެ ދެމެދަށް ވެރިވީ ފުން ހަމަހިމޭން ކަމެވެ. ކައިލްގެ ކޮޓަރީގައި ޖައްސާފައި ހުރި އޭސީގެ އަޑާއި، މިގަޑީ ދޭތެރެދޭތެރެއިން މަގުމަތިން ދާ ކާރުތަކުގެ އަޑު ފުދޭވަރަކަށް އެހިމޭން ކަމުގެ ތެރެއިން އިވެ އެވެ.

“ކައިލް…” މިކްޔާލް ކުއްލިއަކަށް ވާހަކަ ދެއްކި އެވެ. “ސޮރީ އިނގޭ… އެކަމަކު މިއީ ވަރަށް މުހިއްމު ކަމަކު. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނަން. ކައިލް ހިތްބަރު ނުކުރައްޗޭ.”

ކައިލް އިރުކޮޅަކު ހިމޭނުން ހުއްޓެވެ. ކައިލްގެ ފަރާތުން ބަހެއް ނީވި ގިނައިރުވާން ފެށުމުން މިކްޔާލަށް ކައިލާއި ދިމާއަށް ބަލާލެވުނެވެ. ކައިލް ހުރީ ހަމަ އާޝޯޚު ވެފައެވެ.

“ޔާލް…” ކައިލް އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އެއައްވުރެ ކުރީން މިކްޔާލް ވާހަކަ ދައްކަން ފެއްޓި އެވެ.

“ކައިލް… ދޮނާމެން ގާތު މަ ޖަރމަނީ އަށް ފުރި ވާހަކަ ނުބުނައްޗޭ. ބުނެފިއްޔާ އެކުދިން މަށަށް ހިތް ގޯސް ކޮށްފާނެ. ހިތަށް އަރާނެ ދޯ، އެކުދިން ހިތާމަކުރަން ދޫކޮށްފަ މަ ދިޔައީއޭ ބޭރުގެ ރީތި ތަންތަނުން އުފާތައް ހޯދަން… ނަމަވެސް މިއީ ހަމަ ކޮންމެހެންވެސް ދާން ޖެހޭ ދަތުރެއް.. އެމީހުންގެ ހިތުގަ ނަފްރަތުކަމެއް އުފެދޭކަށް މަ ނޭދެން.”

“ޔާލް…” ކައިލަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. މިކްޔާލް އޭނާއާއި ދިމާއަށް ބަލާލި އެވެ.

“ކީއްވެ ތިހެން ތިހީކުރަނީ؟ އަހަރެމެން ޔާލާ ދޭތެރޭ އެއްވެސް ހިތް ނުބައިކަމެއް ނުބާއްވަން.” ކައިލް ކުރިއަށް ޖެހިލާ، މިކްޔާލްގެ ގައިގައި ކުޑަކޮށް ބައްދާލި އެވެ.

 

………………………………………….

ހުޅުލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތެރޭ ކައިލާއި ސުޖާޢު، މިކްޔާލް ފުރުވުމަށް އައިސް ތިއްބެވެ. މިކްޔާލްގެ އެދުމުގެ މަތިން މިކަން ވަނީ ދިނާޔާއާއި، ދާނިޔާއާއި، ނީމް އަދި އާއިލާގެ ގިނަ މީހުންނަށް ވަންޙަނާވެފަ އެވެ.

“ދަރިފުޅު ޖަރމަނީ އަށް ގޮސް ރާނީމެންނާ ބައްދަލުވޭތޯ ބަލާލައްޗޭ… މިހާރު އެއުޅެނީ ކޮންމެވެސް ތަނެއްގެ ބަރޓެންޑަރ އަކަށް ވާންވެގެންނޭ ކީ. ބައްޕަގެ ސަލާމް ރައްދުކޮއްދޭތި އިނގޭ!” ސުޖާޢު އޭނާގެ އެންމެ ދޮށީ ދަރިފުޅު މިކްޔާލްގެ ބުރަކަށީގައި ފިރުމާލި އެވެ.

“ހުރިހާ ފޮށްޓެއް ހަމަވީ ދޯ…” ކައިރީ ހުރި ބޮޑު ދަބަސް ކައިރިއަށް އަނެއްކާވެސް އެހެން ދަބަހެއް ބަހައްޓަމުން ކައިލް އެހި އެވެ.

“އާން… އަދި ހަނދާންނެތިފައޭ މިހުރީ… ދޮރުވާނު ހަވާލުކުރި ފޮށްޓެއްވެސް ވާނެ. އޭތި ފޮނުވާލައިފިން ފޮށިތައް ފޮނުވާ ބެލްޓުން. އޭނަގެ މީހެއް ހުރޭތަ ޖަރމަނީގަ؟” އެއްޗެއް ހަނދާންވާ ފަދަ ގޮތަކަށް މިކްޔާލް އަހާލި އެވެ.

“ނޭނގެ… ހިއެއްނުވޭ. އޭނަ އެއީ ތައިލޭންޑު މީހެއްނު… އެކަމަކު ހަމަ ހުރެދާނެ ދޯ…” ކައިލް ކޮނޑު އަރުވާލި އެވެ. “ޔާލް… ޗެކިން ފެށެން ކައިރިވަނީ…”

“ދަރިފުޅު ދެން ހިތްހެޔޮ ކުރާތި އިނގޭ! އަވަހަށް އަންނާތި…” ސުޖާޢު މިކްޔާލް ގައިގައި ބައްދާލި އެވެ. އެއަށްފަހު ކައިލްވެސް އޭނާގެ ބޭބެގެ ގައިގައި ބައްދާލި އެވެ.

މިކްޔާލް ބޯ ޖަހާލުމަށްފަހު ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނައެވެ. އެއަށްފަހު އެއްދަބަސް އެއްކޮނޑުގައި އަޅުވާފައި، އަނެއް ދަބަސް އަތުން ހިފައިގެން މީހުންތައް ޗެކިން ކުރާތާ ހުރި ކިޔޫ އާއި ދިމާއަށް މިޝްރާބު ޖެހި އެވެ.

ބޯޓަށް އެރީއްސުރެން ފެށިގެން މިކްޔާޅް ވަނީ ނުތަނަވަސް ވެފައެވެ. ނޭނގޭ ބިރުވެރިކަމެއް އޭނާގެ ވަށައިގެން ވާކަހަލަ އެވެ. ބޯޓަށް މީހުން އަރަމުން ދާތީވެ، ވަގުތުގެ ބޭނުން ހިފުމުގެ ގޮތުން އަވަހަށް ފޯނު ނަގައި، ކައިލަށް މެސެޖެއް ފޮނުވާލި އެވެ. އެއަށްފަހު ސީޓުގައި ރަނގަޅަށް ހަމަޖެހިލުމަށްފަހު ކުރިމަތީ އިން ސީޓުގެ ފަހަތުގައި އިން ޕޮކެޓުން މެގަޒިން އެއް ނަގައިގެން ބަލަންފެށި އެވެ.

………….

ޓެކްސީ ތެރޭ އިން ކައިލް، އޭނާގެ ޖީބުން ފޯނު ނަގާ ބަލައިލީ މެސެޖެއް އައިސިކަމުގެ ސިގްނަލް ލިބުމުންނެވެ. މިކްޔާލްގެ މެސެޖެއް ކަމުން އަވަހަށް ހުޅުވާލި އެވެ. އޭރު އޭނާއާއި ޖެހިގެން އިން ސީޓުގައި އިންނެވި ސުޖާޢު ގެންދެވީ ފޯނުން ނޫސް ކިޔުއްވަމުންނެވެ.

ކައިލް އެމެސެޖު ކިޔަންފެށި އެވެ. އެއާއިއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. މިކްޔާލް އެދިފައި އޮތީ އޭނާ ރާއްޖޭގައި ނެތްކަން އެކަކަށްވެސް ޝައްކުވިޔަ ނުދިނުމަށެވެ. ކައިލަށް ބޯކަހާލެވުނެވެ. މިކްޔާލް އެހެން ބުންޏަސް އެއީ ހަމަ އެހާ ފަޞޭޙަ ކަމެއް ހެއްޔެވެ؟ ނުފެނި ގިނަ ދުވަސް ވަންޏާ ހަމަ ގައިމުވެސް މަންމަމެން ޝައްކު ކުރާނެ އެވެ. ކަންތައްތައް ދިމާވަމުންދާ ގޮތުން ކައިލްގެ ސިކުނޑިވެސް ސުމަކަށް ދާން ތައްޔާރު ވެއްޖެ އެވެ. އޭނާ އެންމެ ކަންބޮޑުވަނީ މަންމަގެ ޙާލާއިމެދުގަ އެވެ. ޝެރިން ގެއްލުނުފަހުން އަދި އަރުން އެއްޗެއް އެތެރެއެއް ނުކުރެ އެވެ. މިހާރު އެއްދުވަސް ފަހަނައަޅައި ގޮސް، މިއީ ދެވަނަ ދުވަހެވެ.

ޓެކްސީ ހެންވޭރު ގަރޑަން ވޭލީ އަށް ހުއްޓުމާއިއެކު، ކައިލް އަވަސް އަވަހަށް ގެއަށް ވަނެވެ. ޓެކްސީއަށް ފަންސަވީސް ރުފިޔާ ދައްކަވާފައި، ސުޖާޢުވެސް އެތެރެއަށް ދުރުވި އެވެ.

 

“މަންމާ… މިފަނި ތަށި ބޯލަބަލަ. މިއީ އަހަރެން އަމިއްލައަށް ގިރި ފަންޏެއް. ހަމަ ފްރެޝް އޮރެންޖުގަ… އެކަތިކޮޅު ނަމަވެސް ބޯލަބަލަ…” ދާނިޔާ އޮރެންޖު ފަނިތައްޓެއް ހިފައިގެން އައިސް މަންމަ އޮތް އެނދުގެ މަގަތުގައި އިށީނއިނެވެ. އޭރު ދިޔާނާ އިނީ ބާލީސް އުނގަށްލައިގެން ފޮޓޯ އަލްބަމެއް ހިފައިގެންނެވެ. އެނދުގެ އަނެއް ފަރާތުގައި ނީމާއި، ސަޢުދިއްޔާ އިނެވެ.

“ދިޔާނާ ތިއުޅެނީ އަދިވެސް އެއްވެސް އެއްޗެއް ނުކައި… މަށަށްވެސް ހަމަ ތިފަދަ މުސީބާތެއް މިއޮތީ އައިސްފަ. އަހަރެންގެ ފިރިހެން ދަރިފުޅުވެސް އެވަނީ ވީނުވީ އެއް ނޭނގި ގެއްލިފަ… އެކަމަކު އަހަރެންވާ އެބަ ކެތް ކުރަން… އަހަރެންގެ ހިތް ބުނަނީ އަދި އެކުދިން ފެންނާނެއޭ…!” ސަޢުދިއްޔާ ބުންޏެވެ.

“އެތެދެއް، މަންމާ! ތިހެން ނުކައި ނުބޮއި އިނަކަސް ވަކި ކޮން ފައިދާއެއް އޮންނާނީ…؟ ތަންކޮޅެއް ބަސް ގަބޫލު ކޮއްލައިގެން އަހަރެމެންނާއެކު ކުޑަކޮށް މަޖާ ކޮށްލިއްޔާވެސް ހިތަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭނެ… ޝެރީއްކޮ އަންނައިރު މަންމަ ވީރާނާ ކަށިކޮޅަކަށް ވެފައި ހުއްޓާ ފެނުނީމަ އޭނަ ވެސް ދެރަވާނެ އެއްނު.” ނީމް ދިޔާނާއަށް ހިތްވަރު ދިނެވެ.

ދެބެން ކިޔާވަރުން އެންމެފަހުން ދިޔާނާ ފަނިތަށިން އެތިފޮދެއް ބޮއިލައިފި އެވެ. އެއަށްފަހު ބަލަމުން ގެންދިޔަ ފޮޓޯ އަލްބަމުގައި އޮތް ފޮޓޮއެއް ދައްކާލި އެވެ.

“މަންމާ، މީ ކޮންކުއްޖެއް؟” ގާތްގަނޑަކަށް ދެތިން އަހަރުގެ ތުއްތު ފިރިހެން ކުއްޖެއް އިން އެފޮޓޯގަނޑާއި ދިމާއަށް ދާނިޔާ އިޝާރާތް ކޮށްލި އެވެ. އެއީ ފުށްގުޅަވަރެއްހެން އޮތް ވަރަށް ލޯބި ދޮންދޮން ކުއްޖެކެވެ. ނިދާފައި އޮތްލެއް ހާދަ މަޢުޞޫމެވެ. ކުޑަކޮށް ހިނިތުންވެލައިފައި ވާގޮތުން މީހެއްގެ ހިތްވެސް ލޯބިން ބަންޑުންވެދާނެ އެވެ.

…………………………….

ތިރީގައި މިވަނީ މިވާހަކައިގައި އުޅޭ ބައެއް ކެރެއްޓަރުންގެ ފޮޓޯ. ވާހަކައިގައިވާ ލިންކު ތަކުގެ އެހީގައި އެވާހަކައިގެ އެހެން ތަންތަނުގެ ފޮޓޯވެސް ލާފައި ހުންނާނެ… ? މިއީ ވާހަކައިގެ ކެރެކްޓަރސްތައް ތަންކޮޅެއް ގިނަވީމަ އާއެކު، ހުރިހާ ކުދިންނަށް ފަސޭހަ ވާނެތީ ފަޒޫ މިހެން ހެދީ……… and I hope u all LIKE it!!!!!!!!!!!!!

Sherin Characters

………………….

ކިޔުންތެރިންނަށް: ފަޒޫގެ ސެމިސްޓަރ އެގްޒާމް ކައިރި ވާތީ މިދުވަސްކޮޅު ފަޒޫއަކަށް ވާހަކައެއް ނުލިޔެވޭ… އެހެންވެ މިބައިވެސް ކުރުވެފަ، ލަސްވީ… މިހެންވީމަ ދެން ފަޒޫ މިވާހަކައިގެ ދެން އޮތް ބައި ގެނެސްދެވޭނީ ޓެސްޓު ނިމުނީމަ،، އިނގޭ.. އޭރުންނެއްނު ދޯ ކިޔެވުމަށް އިސްކަން ދެވޭނީ… ? އެނީވޭސް… ހުރިހާ ކުދިންވެސް ތިދޭ އެއްބާރު ލުމަށް ވަރަށް ވަރަށް ވަރަށް ވަރަށް (+100) ބޮޑަށް ޝުކުރިއްޔާ!!!!!!!!!!!

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Faxoo

Other Articles

Previous

ހިޖުރަ (ބަޔާޅީސްވަނަ ބައި)

Next

ހިތުގަ މިވާ ސޫރަތެދޭ!!! 7

Next
October 28, 2015

ހިތުގަ މިވާ ސޫރަތެދޭ!!! 7

Previews
October 27, 2015

ހިޖުރަ (ބަޔާޅީސްވަނަ ބައި)

32 Comments

  1. kidy says:
    October 28, 2015 at 8:51 am

    Hai faxu kail enme reethi yain ves enmenves but enme reethi vaahaka
    Fhn jeheyny mi reethi vaahaka ah inthixaaru kurandhw…..bye gudluck for u re exams

    1. Faxoo says:
      October 28, 2015 at 8:58 am

      🙂 thankyou Kidy ? hehe aslu ves dhw ?
      and you too, Kidy good luck for your exams too!!
      and sorry waiting ga hunnan jehunyma ?

  2. aisha says:
    October 28, 2015 at 9:03 am

    V salhi gudluck 4 u er exams

  3. saffa says:
    October 28, 2015 at 10:03 am

    v reethi mibaaives n inthixaaru kuraanan nxt part ah. gud luck for u exams… 🙂

  4. rooops says:
    October 28, 2015 at 10:12 am

    Vaahaka v shalhi …. Kamiyaaabu testkan edhen

  5. Me says:
    October 28, 2015 at 5:48 pm

    Mikyaal hadha salhi ey… wow. Cutness overloaded. Vaahaka kiyunu iruves heevi ey mikyaal miha reethi vaan hen. <3 ???????

    1. Faxoo says:
      October 28, 2015 at 7:55 pm

      hehe ?

  6. Faxoo says:
    October 28, 2015 at 7:59 pm

    thankYou alllllll <3 !!

  7. Aishaa says:
    October 29, 2015 at 10:42 am

    i cannot see the photos 🙁
    why??
    sherin characters foto thakeh nufenun faxoo 🙁 🙁
    ekeehve e nufennany??

    1. Faxoo says:
      October 29, 2015 at 1:36 pm

      Aishaa. maybe its your internet connection problem :/ or you can try this:
      Verify that the Show Pictures option has not been turned off
      If the Show Pictures option in Internet Explorer is turned off, you cannot see pictures. To determine whether the Show Pictures option is turned off, follow these steps:
      On the Tools menu, click Internet Options.
      Click the Advanced tab, and then verify that the Show Pictures check box is selected under Multimedia.
      Click OK.
      Check whether you can now see pictures. 🙂
      hope this helps <3

  8. zaha says:
    October 29, 2015 at 11:55 am

    varah reethi and gud luck for ur exams.

  9. maain says:
    October 29, 2015 at 2:02 pm

    kihinetha link dhivehin thi liyuny? bunedheeba link dhivehsah badhalu kuri gotheh.

    1. Faxoo says:
      October 29, 2015 at 7:52 pm

      Maain, Faxoo e link dhivessah badhalu kury eh noon. Esfiya Vaahaka Site ga vaahaka liyamun gendhaairu vaahaka liyaa golhyge mathyga hunna tab thakun liyumah “Bold” “Italic” “Strikethrough” mihen gos “Insert/Edit Link” ves innaane. dhen link kuran beynunvaa word ah nuvatha sentence ga highlight kollaafa “Insert/Edit Link” ah click kuraany. dhen araane box eh. Google in image eh search koffa eyge URL copy paste kuraany e box ge URL aa dhimaaga. 🙂
      you will know these if you are a writer in Esfiya ?.
      hope this helps ?

    2. Anonymous says:
      October 29, 2015 at 9:11 pm

      Thankew.. btw not a writer..

    3. maain says:
      October 29, 2015 at 9:12 pm

      oops… name nujhaa.. hehe

  10. Kada says:
    October 29, 2015 at 11:11 pm

    Mi vaahaka aa film akaa maa bodu thafaatheh neh do? Vaahaka liyefa vaahaka ah photo laafa link kuranee ky kuran? Vaahaka nuliye photo story hadhan vee nu? Vaahaka egga thigothah photo link koh video leema varah vai. Assu jeheynee liyumun hurihaa kameh kiyaden.

  11. maak says:
    October 30, 2015 at 5:09 am

    V v reethi….waiting 4 the nxt part…….faxoo ge number libidhaanetha….kuda vaahaka eh dhahkaalan vegen…….plx…v important……

  12. maak says:
    October 30, 2015 at 4:40 pm

    Viber in 9727561 mi number ah msg khlaba plx

  13. Shara says:
    October 30, 2015 at 5:35 pm

    wow

  14. Faxoo says:
    October 31, 2015 at 9:35 pm

    thank uu thankuuuuuu everyone!!!! ?? hopefully, I will update next part after 10th November inshAllah.
    Thanks for waiting patiently… you guys are awesomeeeeeee!!!! 😀 😀

  15. fookolhu says:
    November 1, 2015 at 11:23 am

    wow lovin it and maak gulhen noolhey

    1. Faxoo says:
      November 6, 2015 at 1:24 pm

      😀 😀 thankuu

  16. shima says:
    November 5, 2015 at 12:57 pm

    Now mi eh go thakah Wes Kiya hitheh nei…waanuwa nangey adhi Wes. .. kamaku nudhey… I don’t like this story…sorry

  17. nazi says:
    November 9, 2015 at 7:42 am

    faxoo kobaatha vaahaka kiyaahithun reyga 12 gefahun belunu adha dhu ves neynge plz avas

  18. dark princess says:
    November 12, 2015 at 6:01 pm

    enme reethi meekaail….mee alhugandah dho faxoo…faxoo ah kail ingey…..anyways v reethi vaahaka..hama keep it up ey bunaany

    1. Faxoo says:
      November 16, 2015 at 6:34 pm

      Dark princess: ahahaha… oh really? fine okay ?
      thanks for the comment okay bestie ☺

  19. Immy says:
    December 15, 2015 at 12:52 pm

    vrh vrh vrh salhiiiiiiiiiii 🙂 🙂 🙂 🙂 🙂 🙂 🙂 😛

    1. Faxoo says:
      December 29, 2015 at 10:40 pm

      thanks Immy!! 😀

  20. @l says:
    May 24, 2017 at 8:39 am

    Kobaatha characters ge potho tha nufeney

    1. Faxoo says:
      May 25, 2017 at 5:22 pm

      @1 page refresh kollaba dear… hope this helps. and thanks ingey comment eh kolliima 😀

  21. @l says:
    May 26, 2017 at 7:53 pm

    I can’t see ….. faxoo ge stry Alan inthizaaru kurevey

  22. @l says:
    May 26, 2017 at 8:06 pm

    Alun e pic post koh dhevidhaanetha plx plx

Comments are closed.

All Right Reserved!