އަނޫޝްގެ މޭމަތީ ފައިހާ ބޯއަޅާލައިގެން އޮވެ ރީތި ރޭގަނޑުގެ މަސްތީ މާއަހުލަށް ގެއްލި މާފޮޅުވާ ދެމީހުން އެކަކު އަނެކަކަށް ކުދިކުދި ގޯނާކުރަމުން ގޮސް ލޯބީގެ ދާނެއްގައި ދެމީހުން ގެނބެމުންގޮސް ނިދުން އިރު ފަތިސް ވަނީއެވެ. ދެމީހުން ގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ދިމާވެފައިވާ ހާލު ހަދާނުގައި ނެތްފަދައެވެ. ……………………………………………………………………………………………………………………. އާ ދުވަހަކަށް އިރުއަރައިގެން އައިސް ގަދައަށް އަވި ދޭން ފެށިއިރުވެސް ފައިހާއާއި އަނޫޝް ތިބީ ނިދާފައެވެ. އަނޫޝްއަށް ހޭލެވުނީ ފެންބޮވައިގަނެވެ. އަވަސް އަވަހަށް ތެދުވެ ބަލާލިއިރު […]
“އަހުމަދު މިޞްބާޙް އަމީންގެ އިންޓަވިއު.” ޔޫނުސް އޭނަގެ އަތުގައި އޮތް ރެކޯޑަރު ދައްކައި އެހެން ބުނެލަމުން އެއްލޯ މަރާލިއެވެ. ޔޫނުސް ފެނިފައި ޒާހިޔާއަށް ހިނިތުންވެލެވުނު ވަގުތު މިޞްބާޙްގެ ނިތަށް ރޫއެރިއެވެ. “މިއީ ކާކުތަ މަންމާ؟” މިޞްބާޙަށް ޒާހިޔާއާއި ދިމާލަށް ބަލާލަމުން އަހާލެވުނެވެ. “މިއީ ޔޫނުސް. ރޭ މިޞްބާޙް ހޮސްޕިޓަލަށް ގެންނަން އެހީވެދިނީ މި ބޭބެ. މިޞްބާޙަށްޓަކައި ލޭ ހަދިޔާކޮށްދިނީ ވެސް މި ބޭބެ.” ޒާހިޔާގެ ވާހަކަ ނިމުނުތަނާހެން އެމީހުންގެ ގާތަށް އަންނަމުން ދިޔަ ޔޫނުސް […]
ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން ސައުދިއްޔާ އިނީ މި ދަނޑިވަޅަށް ވަރަށް ތައްޔާރު ވެގެންނެވެ. މިއީ އޭނާ ކުރިމަތިލާން ޖެހޭނެ ވަގުތުކޮޅެއްކަން ކިތަންމެ ކުރިން އެނގިފައިވި ނަމަވެސް ވަގުތު ޖެހުނު އިރު މުޅި މީހާގެ އަތްފައި ފިނިވެ ބާރުބާރަށް ހިތް ތެޅެމުން ދަނީއެވެ. އާއިޒު އައިސް ސައުދިއްޔާ ކުރިމައްޗަށް ހުއްޓުނު އިރު އެދެލޮލުން އަލިފާން ކަނި ބުރާފަދައެވެ. ސައުދިއްޔާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅު، މަންމަ ދައްކާ ވާހަކަ ރަނގަޅަށް އަޑު އަހައްޗޭ! […]
” ނޭނގެ އެއްނު އޭނަ މިހާރު މީހާކާ ނީންނަ ކަމެއްވެސް… އޭރުވެސް..” ނީލްގެ ވާޙަކަތަށް ހުއްޓާލީ ނާކިލްގެ އަނޑަށެވެ. “ހުއްޓާލާ ނީލް.. އައިވޯންޓް ޓު ބީ އެލޯން..ޕްލީޒް..” ނަކީލް ގެ އެދުމުގެ މަތިން ނީލް ކޮޓަރިން ނިކުމެގެން ދިޔައެވެ. އަދިވެސް ނަކީލް ގެ ހިތް އެދިގޮވަމުން ދިޔައީ އެ ހިތުގެ ވެރިޔާއަށެވެ. ކިތަންމެ ވަރަކށް ހިތްދަތިކަން ދީފައި ދިޔަނަމަވެސް މެއެވެ. ޝަކުވާ ކުރެވި ނަޕްރަތުކުރެވެނީ ނަކީލް ވި ލޯބީގައި ކޮޅުފައި ޖެހީތީއެވެ. ދުވަހަކުވެސް މާފެއް ނުކުރާނަމެވެ. ………………………………………………………………………………. […]
ފަޒީނާއައިސް ނިއުޝާގެ ކޮޓަރިއަށް ވަނީ ނިއުޝާ ބަލައެވެ. އެމީހުން އައިކަން އިނގުމާއި އެކު ނިއުޝާގެ ހިތް ވަރަށް ބާރަށް ތެޅެލިއެވެ. ނަމަވެސް މޫނުމަތީގައިވާ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިލީ ހިނިތުންވުމަކުންނެވެ. ތެޅި ތެޅި އޮތް ހިތަކާއިއެކު ނިއުޝާ ފަޒީނާގެ ފަހަތުން އިސްޖަހައިލައިގެން ދިޔައެވެ. ސިޓިންގްރޫމް އާއި ހަމަޔަށް އެރުމަށް ފަހު އިސް އުފުލާ ބަލައިލުމާއި އެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ހިފެހެއްޓުމެއް ނެތި ކަރުނަތަށް އަންނަން ފެށިއެވެ. ލޯ މަރާލުމަށްފަހު ހުޅުވާލީ ހުވަފެނެއްހެން ހީވާތީއެވެ. ކުރިމަތީ ހިނިތުން ވުމަކާއި […]
” ދުވަހަކުވެސް އަހަރެން ދޫ ނުކޮށްލަށްޗޭ.. ” ކިޔާން މަޑުމަޑުން އެހެން ބުނެލީ ކުރިއަށްވުރެވެސް ބާރަށް މާޔާގެ ގައިގަ ބައްދާލަމުންނެވެ. މާޔާ ފެންކަޅިވެގެން ދިޔަހިނދު ހިތުން ” އައި ވިޝް ” އޭ ބުނެލީ ކިޔާންގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުންނެވެ. ކިޔާން އަވަހަށް ފޮނުވާލަން ވެގެން މާޔާ އެއް އަތުން ފޯނު ނަގައިގެން މަންމައަށް މިސްޑް ކޯލް އެއް ދިނެވެ. އޭރުން މަންމަ ގުޅާނެކަން އެނގޭތީއެވެ. މަންމަ ގުޅުމުން ކިޔާން މާޔާއާ ދުރުވެލިއެވެ. މާޔާ ފޯނު ނަގައިގެން […]
Saadha viley reyge handhu kamun mulhi dhuniye vany ujaalaa vefa eve. Jehemun dhiyaii hiy gaimu vai roalhiythakekeve. Anjal ge misraabu hury hdh. Mekunudhoo gondu dhoshaai dhimaalasheve. Mi hiy gaimu reyge ufaathah hoadhumuge niyathuga eve. Gudhurathy hiy hama jehun hoadhumugai male aai raajje therey rahrah nuhanu thafaatheve. Mi khiyaaly dhuniyeyn aslah anjal hey jehuny madu atheh […]
ހަޔާ (ދެވަނަ ބައި) ” ތި އަނގަ މައިތިރި ކުރޭ. މަގޭ އަހުޝަން އެއް ނޫޅޭނެ އެހެނެއް. ތީ މީހުން އަހަރުމެންނަކީ މިމާލޭގައި ޤަދަރުވެރި އާއިލާއަކަވެފައި ތަންކޮޅެއް ހަމަޖެހިގެން އުޅޭތީ އެމީހުންނަށް ހަޖަމް ނުކުރެވޭތީ، މަގޭ އަހުޝަނޭ ކިޔާގެން ދައްކާ ބޭކާރު ވާހަކަ. މަށެއް ޤަބޫލެއް ނުކުރާނަން އަހުޝަން އެހެން އުޅޭނެ ކަމަކަށް. އެޔައްވުރެން މާފުރިހަމަ ތަރުބިއްޔަތެއް އަހަރެން ހުންނާނީ އޭނައަށް ދީފަ.” މިހެން ބުނުމަށް ފަހު ޒާހިޔާ ގަސްތަކައް ފެން ދޭން ގެންގުޅޭ ފެންހޮޅި […]
ތުންތުންމަތިން އެހެން ދެކެވޭ ވާހަކައަކަށް އިތުބާރު ކުރުމަކީ އޭނަ ގެންގުޅޭ އުޞޫލެއް ނޫނެވެ. އަދި އަމުދުން މިޞްބާޙް ގޯސް ނުވެވެސް ހިނގައިދާނެކަމަށް ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ ކުރިމަތީގައި އިން ގޮނޑި ބަރިން ގޮނޑިއެއްގައި މާޔޫސްވެފައި އިން ޒާހިޔާއަށް ބަލާލިއެވެ. މިޞްބާޙް ހަމައަކަށް އެޅުނު އިރަކުން މިޞްބާޙާއި ޒާހިޔާ ކައިރިން ޙަޤީޤަތް އަހާފައި މެނުވީ މިރޭ ހިނގި ކަންތައްތަކުގެ ވާހަކަ ނުޖަހަން ޔޫނުސް ނިންމިއެވެ. އެންމެ އަވަހަށް ޚަބަރު ނުޖެހުނަސް ޔޫނުސްއަށް މިފަހަރު އެއީ މާ ބޮޑު […]