ޒައިންއާ ޒީޝާ އައިސް ވަންތަން ފެނުމުން މިންހާ ދެމީހުންނަށް ގޮވާލިއެވެ. އެވަގުތު އެންމެންގެ ނަޒަރު ވެސް ހުއްޓުނީ އެދިމާލަށެވެ ޒައިންއާ ޒީޝާ އައިސް ވަންތަން ފެނުމުން މިންހާ ދެމީހުންނަށް ގޮވާލިއެވެ. އެވަގުތު އެންމެންގެ ނަޒަރު ވެސް ހުއްޓުނީ އެދިމާލަށެވެ. ތައްޓަށް ނޫޑްލްސް އަޅަން ހުރި ސަމާއަށް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ. ލޮލުގައި އަޅައިގަތީ ގުޅިލާމެހިފައިވާ ދެމީހުންގެ އަތަށެވެ. ލިބުނު ސިހުމާއެކު އަތުގައި އޮތް ތަށި ނުވެއްޓުނީ ކިރިޔާއެވެ. ޒީޝާގެ އަތުގައި ހިފައިލައިގެން އެހުރީ އޭނާގެ ހިތް އެދިގޮވަމުންދާ ޒުވާނާއެވެ. ސަމާއަށް […]
އެންމެން ސިޓިންރޫމުގަ އުފާވެރި މާހައުލެއްގަ ވާހަކަ ދައްކަން ތިއްބާ ކުއްލިއަކަށް ދޮރުން ވަދެގެން އައި މީހަކު ފެނުމުން މާޔާގެ ތުންފަތްމތީގަވީ ހިނިތުންވުން ފިލައިދިޔައެވެ. އެ މީހަކާ ދިމާލަށް ބަލަން ހުރެލާފައި އިސްއޮބާލީ ކުރާނެ ކަމެއް ނޭގުމުންނެވެ. އަތުގައި އޮތް ދަބަސް ކޮންނަމުން އެތެރެއަށް ވަދެގެން އައި މާއިޝާވެސް އިސްއުފުލާލި ވަގުތު ކުރިމަތީގަ ހުރި ގޮނޑީގަ އިށީދެލައިގެން އިން މާޔާ ފެނުމުން ފިޔަވަޅުތައް ގަނޑުވިއެވެ. ދަބަހުން ނެގި ފޯނުވެސް އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނީ ސިހުނު ވަރުންނެވެ. މާޔާ […]
އޭޭނާ ގެ މައިންބަފައިން އެކޮޓަރިއަށް ވަތްކަން އެއީ އޭނާ ގެ ނަސީބެއެވެ.އެހެންނޫނީ އޭނާ މަރުވީހެވެ.ލާރާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ގެ ހެޔެއްނެތެވެ.ޝަރާއާ މިފްސާހް ލާރާގެ އެކުވެރިންނަށް ވީހާވެސް އަވަހަކަށް މި ހަބަރު ފޯރު ކޮށްދެން މަސައްކަތް ކުރިއެވެ.ޝަބީއަށް މި ހަބަރު އިވުމުން ލިބުނީ ޝޮކެކެވެ.ރީން ދިޔައީ އެއްލިގެންނެވެ. 2-3 ގަޑިއިރު ފަހުން ލާރާ ހޭއެރިއެވެ.ލާރާ އޭނާގެ ވަށައިގެން މީހުން ތިބުމުން ހައިރާން ވިއެވެ.އޭނާ އެހެންވީމާ މަރެއްނުވޭތާއެވެ.މަންމަ މެންނަށް މިކަން އެނގިދާނެތީ ބިރުގަތެވެ.ނަމަވެސް މޫނު މަތިން އެކަން ނުދައްކާވޭތޯ […]
ެ. އެކުދިން ހުރިހާ ކަމެއް ކުރަނީވެސް އެކޮޓަރީގަ އެވެ. އެއީ ވަރަށް ބޮޑު ކޮޓަރިއެއް ނަމަވެސް ވިއްސަކަށް ކުދިން ތިބެންޏާ އެއީ ކުޑަ ޖިފުޓިގަނޑެކޭ ވެސް ބުނެވިދާނެ އެވެ. ނިދާ އެނދެއް ނުހުރެ އެވެ. ގާތްގަނޑަކަށް އަށެއްކަ ގޮދަޑި އެހުރިހާކުދިން ހިއްސާކުރެ އެވެ. ކަނީވެސް ފެންވަރު ދެރަ ކާނާ އެވެ. ބިސްކޯދާއި ޕާނާއި، ކިރު ފަދަ ބާވަތްތަކެވެ. ޝެރިންގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ މަންމަމެން ގާތު ހުރިއިރު ކަނީ ވީހާވެސް މީރު އެއްޗެހިންނެވެ. އަގުބޮޑު ކާތަކެއްޗެވެ. […]
އިޒްކާން ގޮސް އެނދަށް ވެއްޓިގަތުމާއެކު ތުނިކޮށްކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އޭނަގެ މޫނުމަތިން ފާޅުވަނީ މާޔޫސްކަމެވެ. ދެލޮލުގައި ނުފިލާ ރިހުމެއް ވެއެވެ. އޭނަ ދިގު ނޭވާތަކެއް ލަމުން ދިޔައެވެ. އޭނަގެ ދެލޮލުގައި ކަރުނަތައް ވިދަންފެށީ ލޯކުރިމަތިން ސިފަވާން ފެށި މަންޒަރުތަކުންނެވެ. އިޒްކާން ކުއްލިޔަކަށް އެނދުން ތެދުވުނެވެ. އޭނަގެ ކެތްތެރިކަން ކޯޅުންލާ ހިސާބަށް ގޮސްފިއެވެ. އޭނަ ކުރަމުން މިދާ ދިގު އިންތިޒާރަށް ދުވަހަކުވެސް ނިމުމެއް ނެތީ ބާވައެވެ؟ ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު އޭނަގެ ހިތަށް ލިބެމުންދާ ޒަހަމްތައް […]
..ހާދައޭ ބޭނުމީ ކަލާ.. ( ފުރަތަމަ ބައި ) ” ކޮންގްރެޓްލޭޝަން.. ހެޕީ މެރިޖް ލައިފް..” އައިރީން އަތުގައި އޮތް ޕާރްސަލް ޒޯރާ އަށް ދެމުން ބުނެލިއެވެ. ފުޅާ ހިނިތުން ވުމަކާއި އެކު ޒޯރާ ‘ތެންކްސް’ އޭ ބުނެ ޒައިން އާއި ދިމާލަށް ބަލާލި އިރު ޒައިން ހުރި ގޮތުން ޒޯރާ ޒައިންގެ ގައިގަ ކޮށްޓާލީ ކިހިނެއް ވެފަހޭ އަހާފަދަ ގޮތަކަށެވެ. ޖަވާބުގައި ކަމެއް ނުވެޔޭ ބުނެ އިސް ޖަހާލީ އިތުރު ސުވާލަކަށް ޖަވާބުދޭން ބޭނުން […]
ހިމޭންކަމުގެ ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދާދިގާތުން އިޒްކާންގެ މޫނު ފެނުމުން ޔަޝްމްއަށް ބަލަހައްޓައިގެން އޮވެވުނެވެ. ހަމަހޭވެރިކަން ވުމާއެކު ގޮށްޖެހިގެންދިޔަ އިޒްކާންގެ ބުމަ ފެނުމުން ޔަޝްމްއަށް އުނދޯލިން ތެދުވެވުނު ގޮތެއްވެސް ނޭގުނެވެ. އިޒްކާންގެ ހަށިގަނޑުގެ ހޫނުކަމާއި، ހިތުގެ ވިންދު އިހްސާސްކުރެވުމުން ބުނަން ނޭގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ނަމަވެސް އެއީ ކުޑަ ހިނދުކޮޅަކަށް ދެމިގެން ދިޔަ އިހްސާސްތަކެކެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން ޔަޝްމް ހަމައަކަށް އެޅެން މަސައްކަތްކުރިއެވެ. ތަނެއްދޮރެއް ބެލުމެއްނެތި އައިސް ކަންތައް ކުރަންޏާ މިފަދަ ކަންތަކާ ކުރިމަތިލާން ޖެހޭނެއެވެ. […]
ހިތާމައިން ފުރިގެންވީ ލޮލަކުން ޒައިން އަައިރީން އަށް ބަލާލި ވަގުތު އަައިރީން ވެސް އެދިމާލައް ބަލާލާ އިސްޖަހާލިއެވެ. ޒައިން ގެ ދިރިއުޅުމަށް މިވީ ކީއް ހެއްޔެވެ. ޖާނާ މާލުން ގުރުބާންވި މީހާ ވެސް މިއަދު ވިއްސި ވިހާލި ވެގެން އެ ދިޔައީ ޒައިންގެ ލޯކުރިމަތީގައެވެ… އިންތިޒާރު ކޮއްލައްވާ… Hy.. This is my first story in this site. Hope u guys like it
ކުއްލިއަކަށް ޝަހުނާ އިސްއުފުލާލާ ބުނި އެއްޗަކުން ނިއުޝާ ދެލޯ ބޮޑުވިއެވެ. ކީކޭ އޭ ބުނީ ޔަޤީން ކުރަން ދަތި ގޮތަކަށެވެ. ދެލޮލުން ފެން އަންނަން ފެށީ އިހްތިޔާރަކާނުލައެވެ. “ޔެސް ނިއު ޔެސް ޔޫ އާރ ޕްރެގް..” ޝަހުނާ މޫނުމަތީ ހުރި ހާސްކަން ފިލުވާލަމުން ނިއުޝާ ގައިގާ ގޮސް ބައްދާލިއެވެ. “ދެން….އޭރު.. ދެން އޭރު ކީ..ކީއްވެ ހާސް ވެފަހެން ހީވީ… އަ..އަސްލުތަ؟” ނިއުޝާ އަށް ގަބޫލުކުރަން އުނދަގޫވިއެވެ. ފުރަތަމަ ޝަހުނާ ހުރިގޮތް ފެނި އޭނާއަށް ގަބޫލު ކުރަން އުނދަގޫ […]