Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 2

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
November 18, 2015 7 Mins Read
18 Comments

ހިމޭންކަމުގެ ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދާދިގާތުން އިޒްކާންގެ މޫނު ފެނުމުން ޔަޝްމްއަށް ބަލަހައްޓައިގެން އޮވެވުނެވެ. ހަމަހޭވެރިކަން ވުމާއެކު ގޮށްޖެހިގެންދިޔަ އިޒްކާންގެ ބުމަ ފެނުމުން ޔަޝްމްއަށް އުނދޯލިން ތެދުވެވުނު ގޮތެއްވެސް ނޭގުނެވެ. އިޒްކާންގެ ހަށިގަނޑުގެ ހޫނުކަމާއި، ހިތުގެ ވިންދު އިހްސާސްކުރެވުމުން ބުނަން ނޭގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ނަމަވެސް އެއީ ކުޑަ ހިނދުކޮޅަކަށް ދެމިގެން ދިޔަ އިހްސާސްތަކެކެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން ޔަޝްމް ހަމައަކަށް އެޅެން މަސައްކަތްކުރިއެވެ. ތަނެއްދޮރެއް ބެލުމެއްނެތި އައިސް ކަންތައް ކުރަންޏާ މިފަދަ ކަންތަކާ ކުރިމަތިލާން ޖެހޭނެއެވެ.

”ސޮރީ….” އިޒްކާންއަށް ފުރަގަސްދެމުން ޔަޝްމް އައިކޮޅަށް ހިނގައިގަތެވެ. ކުރެވުނު މޮޔަ ކަންތަކުން އޭނަގެ ރުޅިގަނޑު އިތުރަށް ގަދަވެގެން ދިޔައެވެ. އިޒްކާން އޭނައާ މެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ ކުރިއަށް ނެގި ފިޔަވަޅުތައް ގަނޑުވެގެން ދިޔައީ ބާރުބާރަށް ހިނގާލާފައި ގޮސް އޭނަގެ ކުރިމަތިން ހުރަސް ކަނޑާލި އިޒްކާން ފެނުމުންނެވެ.

”އެއްވެސް ކަމެއް ބޭނުންވާ ގޮތަކަށް ނުދޭ. ދެން އޭނަވެސް ހީކުރާނީ އަހަރެން ޑެސްޕެރޭޓްވެގެން އައިސް އޭނަގެ ގަޔަށް ވެއްޓިގަތީއޭ، އެހެންޏާ އަހަރެން މިއުޅެނީ އޭނައާ ކައިރިނުވެވިގެންތަ!… އަލަފްއަކާ ހެދި ދިމާވާހާ ކަންތަކޭ… ދުވަސްކޮޅަކުން އަހަރެން މޮޔަވެދާނެ….” އިޒްކާން ގޮސް ލޮލުގެ ހިމަކޮޅުން އޮބާލަންދެން ބަލަހައްޓައިގެން ހުރި ޔަޝްމްއަށް ބުނެވުނެވެ. އައިސްފައި ހުރި ގަދަ ރުޅީގައި ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަންނަން ވެސް އޭނަ ބޭނުންވިއެވެ. އޭނައަށް ރަގަޅު އެއްގޮތެއްވެސް ނެތީ ބާވައެވެ. ސިކުނޑިހަމައަކަށް އަޅުވާލަން އޭނަ ފުންނޭވާތަކެއް ބޭރުކޮށްލިއެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް އޭނަ އުނދޯލީގައި ޖައްސާލިއެވެ.

ފިނި ވައިރޯޅިތައް ހަށިގަނޑުގައި ބީހެން ފެށިއިރު ކަންފަތްދޮށުގައި ސިއްރެއް ބުނެދޭން އުޅޭ ކަހަލައެވެ. އަނބުގަހާއި، ޖަނބުރޯލް ގަސްތަކުގެ ފަތްތަކުގެ ތެރޭން ހަނދުވަރުގެ އަލި ފުރޭނިގެން އައިސް މުޅި ބަގީޗާއަށް ކޮކާހަނދުވަރެއް ދީފައި އޮތެވެ.

”އަމަލްމެން ގެއަށް ދާންވީ…” ޔަޝްމް ވިސްނާލިއެވެ. އެކަނި އޮވެ ވިސްނާވިސްނާ ސިކުނޑި ސުމަކަށް ދިއުމުގެ ކުރިން އެކުވެރިޔާއާއި ހިއްސާ ކުރުމުން ކުޑަ ލުޔެއް ވެސް ލިބިދާނެއެވެ. ކުޑައިރުއްސުރެން ފެށިގެން އަމަލްއަކީ ޔަޝްމްގެ އެންމެ ގާތް އެކުވެރިޔާއެވެ. ޖެހިލުމެއް ނެތި ހުރިހާކަމެއް ހިއްސާކުރެވޭ ހަމައެކަނި އެކުވެރިޔާ ވެސް މެއެވެ.

ޔަޝްމް އެތެރެއަށް ވަންނަން ދިޔައިރު އިޒްކާންއައި ބައްދަލުނުވުމަށް އެދި ދުޢާކުރެވުނު އަދަދެއް ނޭގެއެވެ. އިޒްކާން ކުރިމައްޗަށްދާކަށް ދެން އޭނައަށް ލާހިކެއް ނޫނެވެ. އެފިރިހެނާ އޭނައާ މެދު ދެކޭނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ. ޔަޝްމް ވިދުވަރުގެ ހަލުވިމިނުގައި ގޮސް ކޮޓަރިއަށް ވަނެވެ. ދެން އޭނަ އަވަސްވެގަތީ ބޭރަށްދާން ތައްޔާރުވުމަށެވެ. ހިމޭންކަން ރަސްކަންކުރަމުން ދިޔަ ކޮޓަރީގެ ހިމޭންކަން ނަގާލީ އެތެރެއަށް ވަދެގެން އައި އަމަލްގެ އަޑުންނެވެ. އޭނަގެ އަޑުންވެސް ހިތްހަމަނުޖެހިފައިވާވަރު ހާމަވެއެވެ.

”ހަވީރު އަންނާނަމޭ ބުނި މީހާގެ ޚަބަރެއްވީކީ ނޫން، ގުޅާގުޅާ ފޯނުވެސް ނެގީކީ ނޫނޭ، ކޮންތާކު މިހާއިރުވަންދެން އުޅުނީ، އެޓްލީސްޓް ނުދެވެންޏާ މެސެޖެއްކޮށްލިނަމަ، އެހާވަރަށް ޕްލޭން ހަދައިގެން ހުއްޓާ ފްލޮޕްވީ….” އަމަލް ތުންފިއްތާލަމުން އައިސް އެނދުގައި އިށީނެވެ. ޔަޝްމް ހިނިތުންވުމަކާއެކު އެކުވެރިޔާއާއި ކުރިމަތިލިއެވެ.

”ވަރުބަލިވެފައި ހުރިވަރުން ނިދުނިއްޔޭ…. އައެމް ސޮރީ… ތިގެއަށްދާން އުޅެނިކޮށް އަމަލް ތިއައީ ވެސް…” ޔަޝްމް ބުނެލިއެވެ. އަމަލް މޫނަށް ހަދާލައިގެން އިންގޮތް ފެނިފައި ވެސް އޭނަ ހުރީ މަޖާވެފައެވެ. ހިނިގަނޑު ކޮންޓްރޯލްކުރެވުނީ ނިކަން އުނދަގުލުންނެވެ. އޭނަގެ މޫޑު ވަގުތުން ރަގަޅުވެގެން ދިޔައެވެ. ޔަޝްމް އެންމެ ބޮޑަށް ހިތްހަމަ ޖެހުނީ ކައިވެނީގެ މައުޟޫޢުއަށް އަމަލް ވާހަކަ ނުދެއްކުމުންނެވެ.

”ހޫމްމް ދެން ބަހަނާ ދައްކާނެކަމެއް ނެތޭ… އަހަރެން މިއައީ މިރޭ ދާންވީ ތަންތަނުގެ ކުޑަ ލިސްޓެއް ހަދައިގެން…. އެމީހުން އައިއްސި ދޯ؟… އަޅެ ޔުމް އާނއެކޭ ބުނީ ކީއްވެތަ؟ ޒައުމާ ދައްތަގެ ވިސްނުން ބަދަލުކުރަން ޓްރައި ކުރިނަމަ….” އަމަލް އޭނަގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލުމުން ޔަޝްމްގެ މޫނުގައި ވިދަމުން އައި އުފާވެރިކަން ފަނޑުވިއެވެ.

”ކޮންކޮން ތަނަކަށް ދާންތަ ޕްލޭން ތިކުރަނީ؟…” ޔަޝްމް ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ. ނަމަވެސް އޭނަ ހީކުރިވަރަށްވުރެ އަމަލް މާ ހުޝިޔާރެވެ.

”ޑޯންޓް ޓްރައި ޓު ޗޭންޖް ދި ޓޮޕިކް… ޔުމް ތިހާ ވިސްނުން ކޮށިވެދާނެއެކޭ އަހަރެންގެ ހިތަކަށް ނާރާ، ނުވެސް ދަންނަ ބަޔަކަށް އިތުބާރު ކުރެވިދާނެތަ؟ އެމީހުން ޔުމްއަށް ލަނޑެއްދޭން ވެސް ރާވާފާނެ، ޔޫ އާރ ސޯ ނައީވް، ޔުމް އެމީހުންބުނާ ކޮންމެ ކަމެއްކޮށްފާނެ…. ޔުމް ބުނި އެމީހުންނޯ ޕްރޮޕޯސަލް ހުށަހެޅީވެސް. ޑިވޯސްޑް މީހެކޭ ވެސް، އަހަރެންގެ ހިތްބުނަނީ ވަރަށް ސިއްރުވެރިބަޔެކޭ އެއީ… އަޅެ ޔުމްއަށް ފީލް ނުވޭތަ؟” އަމަލް ދެލޯބޮޑުކޮށްލަމުން އެނދުން ތެދުވެލިއެވެ.

”އަމަލް ބުނަމެއްނު ކަންތަކާމެދު އެހާބޮޑަށް ނުވިސްނާށޭ، ދެން މިހާރު ތި ވިސްނަނީ ކީއްވެގެންތަ؟، އެއީ އަމަލް ތި ހީކުރާހާ ގޯސްބަޔެއް ނޫނޭ، ބަލްޤީޝް އާންޓްއަކީ ވަރަށް ހިތްހެޔޮމީހެއް… އެމީހުން ކަމެއް ސިއްރުކުރާނަމަ މަންމައަށް އިނގޭނެއެއްނު، ދެން ހުއްޓާލަބަ…” ޔަޝްމް ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ. ބަލްޤީޝްގެ ޢާއިލާ ދިފާޢުކުރަން އޭނަގެ ޒަމީރު ބާރުއެޅުމުން އެކަމާމެދު ޚުދު އޭނަ ޚައިރާންވިއެވެ.

”ލޯބި ނުވާ މީހަކާއެކު އުޅެވިދާނެތަ؟…” އަމަލް ދެންވެސް ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ. އޭނަ ހުރީ ކަމަކަށް ފައިވިއްދާލަފައެވެ. އަމާން ނުލިބެނީސް ހަތިޔާރު ބަހައްޓާކަހަލަ ޚިޔާލެއް އޭނަގެ ނެތެވެ. އެކުވެރިޔާއަށް އެހީވާން އޭނަ ބޭނުމެވެ. ޔަޝްމްއަށް ދެރަގޮތެއް ވެއްޖެނަމަ އަމިއްލަ ނަފްސަށް ދުވަހަކު  މާފުކުރެވޭނެހެނެއް ހިޔެއްނުވެއެވެ.

”އަމަލް!…” ޔަޝްމްއަށް ބުނެވުނެވެ. އަމަލް އެސުވާލު އަމާޒުކޮށްފާނެއޭ އޭނަގެ ހިތަކަށް ނާރައެވެ.

”ޔުމް އެސުވާލަށް ޖަވާބުދީބަލަ؟…” އަމަލް ޔަޝްމްގެ އަތުގައި ހިފާލިއެވެ. ޔަޝްމް ހުރީ ހިމޭނުންނެވެ. އެގޮތުގެ މަތީން އެތައް އިރެއް ފާއިތުވެގެން ދިޔަފަހުން ޔަޝްމް ރައްދުގައި އެއްޗެއް ބުންޏެވެ.

”ޓްރައި ކުރީމައެއްނު އިނގޭނީ!” ޔަޝްމްގެ އަޑު ފުދޭވަރަކަށް ބާރުވެގެން ދިޔައެވެ. އަމަލްއަށް ބަލަން ހުރެވުނީއެވެ. ގޯސްކަމެއް ކުރެވިއްޖެކަން އޭނައަށް ރޭކާލީ ޔަޝްމްގެ ދެލޯ ފެންކަޅިވެގެން ދިޔަތަން ފެނިފައެވެ.

”ޔުމް…” އަމަލްއަށް ބުނެވުނެވެ. އެކުވެރިޔާ ގެންގޮސް ސޯފާގައި ބައިންދަމުން އޭނަ އަވަސްވެގަތީ ފެންތަށްޓެއް ގެނެސްދިނުމަށެވެ. ސައިޑް ކަބަޑުމަތީ ހުރި ފެންޖަގުން ތަށްޓަކަށް ފެން އަޅާލަމުން ގޮސް ޔަޝްމްއަށް ފެންތަށި ދިއްކޮށްލިއެވެ. އަމަލް ވެސް ހުރީ ދެރަވެފައެވެ. ޔަޝްމް ތަހައްމަލުކުރަމުންދާ ވޭން އޭނައަށް އިހްސާސްވާކަހަލައެވެ.

”އައެމް ސޮރީ…” އަމަލް މިހެން ބުނާއިރަށް މާފަށް ނޭދުމަށް އެދި ޔަޝްމް ބޯހޫރާލިއެވެ. ދެން އަނެއްކާވެސް އެދެމެދަށް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭންކަމެކެވެ. އެހިމޭންކަމުން އަމަލްއަށް އުނދަގޫވިއެވެ.

”މިއަދު އަލަފް ގުޅި…” ޔަޝްމް ވާހަކަ ކުރިއަށް ގެންދިޔައެވެ. އެއާއެކު އަމަލްގެ މޫނުމަތިން ވެސް ފޫހިކަން ފާޅުވެގެން ދިޔައެވެ. ޔަޝްމްގެ ޠަބީޢަތު ގޯސްވުމުގެ ސަބަބު ވެސް ހާމަވެގެން ދިޔައެވެ.

”އޭނަގެ ކަންތައް މިހާރު މާމައްޗަށް އެދަނީ، ދެން ޔުމް ބުނީ ކީކޭތަ؟…” ޔަޝްމްގެ މޫނަށް ފުން ނަޒަރެއް ދެމުން އަމަލް އެހި އެވެ.

”އަހަރެން ވާހަކައެއް ނުދައްކަން….” ޔަޝްމް ކަންތައް ވީގޮތް ކިޔާދިނެވެ. ”އޭނައަށް އިޒްކާން ފެނުނީކަމަށް ވާނީ…” ޔަޝްމް އިތުރުކޮށްލިއެވެ. އަލަފް އޭނަގެ ހުރިހާކަމަކަށް ފާރަލާ ބަލަނީކަން ޔަޤީނެވެ. އަލަފްގެ އަމަލުތައް އޭނަ ބިރުގަންނަހާ މައްޗަށް ގޮސްފިއެވެ.

”ދެޓް ފްރީކް، ޔުމް އޭނަ ދޫކުރީމަވެސް ފަހަތުން ނެއްޓެން ނޭގިގެން އޭނަ އެއުޅެނީ… މަށަށް ފެންނަނީ ފުލުހަށް ރިޕޯޓްކުރަން….” އަމަލް އިނީ ރުޅިއައިސްފައެވެ. އަލަފްއާ ދިމާއަށް އޭނަ ވަރަކަށް އެއްޗެހި ކިޔާލިއެވެ. ބަދުދުޢާ ކުރެވުނު އަދަދެއް ނޭގެއެވެ. މިއަދު ޔަޝްމްއަށް ޖެހިފައިވާ ހާލުގެ ޒިންމާ ނަގަން ޖެހޭނީ އަލަފް އެވެ. އެނުލަފާ ފިރިހެނާގެ ސަބަބުން ޔަޝްމްގެ ދިރިއުޅުން ބަރުބާދުވެގެން ދަނީއެވެ.

”ދެން އެވާހަކަ ބާއްވަމާ… މިރޭ އިތުރުކަމެއް ވެސް ދިމާވެއްޖެ…” ޔަޝްމް މިރޭ ހިނގި ހާދިސާގެ ވާހަކަ ކިޔައިދިނުމުން އަމަލް ފެށީ ހޭށެވެ. ދެލޯހަނިކޮށްލަމުން ޔަޝްމް ތުންދަމާލިއެވެ. އެހާ ބޮޑުކަމެއް ދިމާވުމުންވެސް އަމަލްއަށް އެކަންވީ މަޖާކަމަކަށެވެ.

”އެއްވެސް މަޖަލެއްނޫން… އޭނަ އަހަންނާމެދު ދެކޭނީ އެންމެ ނުބައިކޮށް…” ޔަޝްމްގެ ބަލައިލުމާއެކު އަމަލް ހިނިގަނޑު މަތަކުރަން މަސައްކަތްކުރިއެވެ. އޭރު އޭނަގެ ބަނޑަށް ތަދެއް ވެސް އަރައިފިއެވެ.

”ހީ ހޭޓްސް ޔޫ…” އަމަލް ބުންޏެވެ.

”ރަގަޅެއްނު…” ޔަޝްމް އެއްނޭވާއިން ފެންތަށި ހުސްކޮށްލިއެވެ. އިތުރަށް ވާހަކަތައް ކުރިއަށް ގެންދާކަށް އަމަލް ގަސްދެއްނުކުރިއެވެ. މިހާރުވެސް ނޭގުމުގެ ތެރެއިން ޔަޝްމްގެ ހިތަށް ދެވުނު އަނިޔާތައް ކުޑައެއް ނޫނެވެ. އަލަފްގެ ހަނދާންތަކާ ދުރުވާން ޔަޝްމް ކުރަމުންދިޔަ މަސައްކަތަށް މިރޭ އަނެއްކާވެސް އޭނަގެ ސަބަބުން ހުރަސް އެޅިއްޖެއެވެ.

ދެއެކުވެރިން ވާހަކައެއްގައި ތިބެ ކޮޓަރިން ނިކުތެވެ. ކޮރިޑޯއިން ހިނގާލާފައި ގޮސް ސިޑިއާއި އަރާހަމަވީތަނާ އިސްކޮޅުން މެދުމިނުގެ ޒުވާނަކު ފެނުމުން އަމަލް އުޒުވާނާއަށް އަވަސް ނަޒަރެއް ދިނެވެ. އަމަލް ހިނިތުންވެލުމުން ނުވެސް ފެންނަކަމަށް ހަދާލާފައި އޭނަ ދިޔައީއެވެ.

”އެއީތަ އިޒްކާން އަކީ؟. އޯހް މައި ގޯޑް، ހީ ލުކް ސޯ ގްރަމްޕީ….” އަމަލް ހުރީ ހުއްޓުންއަރާފައެވެ. އޭނަގެ ދެލޮލުގައި ކަންބޮޑުވުން ވިދާލީ ޔަޝްމްއަށް ޓަކައެވެ. އެހާ ރުޅިގަދަ މީހަކާއެކު ޔަޝްމްއަށް އުޅެވިދާނެ ބާވައެވެ؟

”ހޫމްމް، ތިމާއަށް ތިމާ ފެނިފަ ހުރި މީހެއް…” ޔަޝްމް ސިޑީގެ ހަރުފަތަށް ގިރާކޮށްލިއެވެ. އޭނަ ބޮޑުކޮޓަރިއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު ފޯނުން ގަޑި ވެސް ބަލާލިއެވެ.

”މަންމަވީ ބަދިގޭގަ ކަންނޭގެ، ރޭގަނޑުގެ ކެއުމަށްފަހު ބޭރަށްދާން ހުއްދަހޯދިއްޔާ ރަގަޅުވާނީ…” ޔަޝްމް ބުންޏެވެ.

”ހާސްނުވެބަލަ ޔުމްއަށް ނުކެރެންޏާ އަހަރެން ދައްތައާ ވާހަކަ ދައްކާނަން…” ޔަޝްމްގެ ފަހަތުން ގޮސް އަމަލް ކާކޮޓަރިއަށް ވަނެވެ.

****

ރޭގަނޑުގެ ކެއުން ނިންމާލާފައި ޢާއިލާގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް މޭޒުދޫކޮށް ހިނގައްޖެއެވެ. މޭޒުމަތިން ތަށިތައްވެސް ނަގާ ނިމިއްޖެއެވެ. ޔަޝްމް ދެންވެސް އިނީ ގޮނޑީގައެވެ.

”ޔުމް…” ދެއަތްޖޯޑުކޮށްލައިގެން އިން ޔަޝްމްގެ ކޮނޑުގައި އަމަލް ޖަހާލިއެވެ. އެއާއެކު ޔަޝްމް ދިޔައީ  ސިއްސައިގެންނެވެ.

އަމަލް ފޯނުން ގަޑި ދައްކާލިއެވެ. ޔަޝްމް ނުދާން އިނދެފައި ވެސް ގޮނޑިން  ތެދުވެލިއެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް އޭނަ ކާކޮޓަރިން ނިކުތެވެ. މަންމައާއި ބައްޕަގެ އިތުރުން ރަސަލް އާއި ބަލްޤީޝް ވެސް ބޮޑުކޮޓަރީގައި ތިއްބެވެ.

ޔަޝްމްއަށް ބަލާލަމުން އަމަލް ދެފަރާތަށް ބޯހޫރާލިއެވެ.

ޖެހިލުންވެފައި ހުރެވެސް ޔަޝްމް ހިނގައިގަތެވެ. އޭނަ ގޮސް ބޮޑުކޮޓަރިއަށް ވަނުމާއެކު އެންމެންގެ ނަޒަރު އޭނައަށް ހުއްޓިއްޖެއެވެ.

”މަންމާ…” ޔަޝްމްގެ އަޑު ފިނިވިއެވެ. ހިތުގެ ތެޅުން ބާރުވިއެވެ. ޒައުމާގެ ފުރިހަމަ ސަމާލުކަން އޭނައަށް ހުއްޓުމުން ޔަޝްމް ކުރިއަށް ޖެހިލިއެވެ. ބަލްޤީޝް ޔަޝްމް އިށީންނަން އެމީހުން ތިބި ސޯފާއިން ޖާގަ ދައްކާލިއެވެ. ރަސަލް އާއި މާހިރް ތިބީ ވަކިން ހުރި ސޯފާ ގޮނޑިތަކުގައެވެ. ޔަޝްމް ލަސް ހަރަކާތްތަކާއެކު ވެސް ބަލްޤީޝްއާއި ޖެހިގެން އިށީނެވެ. އޭނަ ހާސްވާންވީ ސަބަބެއް އެއްގޮތަކަށް ވެސް ނޭގުނެވެ. ހަތަރެސްފައި ފިނިވެއްޖެއެވެ.

”ޔަޝްމް، މީވެސް ޔަޝްމްގެ މަންމައެކޭ… މިމަންމަ ހުއްޓަސް ބޭނުން ވާހަކައެއް ދެއްކިދާނެ…” ޔަޝްމްގެ މޫނަށް ފުން ނަޒަރެއް ދިން ބަލްޤީޝް ބުންޏެވެ. އޭނަގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. ބަލްޤީޝްގެ ހިތްހެޔޮ ހިނިތުންވުން ވެގެން ދިޔައީ ޔަޝްމްއަށް ލިބުނު ހިތްވަރަކަށެވެ.

ޔަޝްމް ބޭރަށް ދިއުމުގެ ހުއްދައަށް އެދުމުން ޒައުމާ އެކަމާ ދެކޮޅު ހަދާނެ ކަމުގެ ނިޝާންތައް އެމޫނުމަތިން ފާޅުވާން ފެށިއެވެ. ނަމަވެސް ބަލްޤީޝް ޒައުމާގެ އަތުގައި ހިފާލުމުން، އޭނަ ޔަޝްމްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ޒައުމާ ފުންކޮށް ވިސްނާލިއެވެ.

”ދިހައެއް ޖެހުމުގެ ކުރިން އަންނަން ވާނެ…” ޒައުމާ ގަދަކަމުން ހިނިތުންވެލިއެވެ. އޭނަ އެޖުމްލަ ބުނީ ހިތާއި ދެކޮޅަށެވެ.

ޒައުމާ ޑްރައިވަރަކަށް ގޮވާލަމުން ޔަޝްމްމެން ބޭނުންތަނަކަށް ގެންގޮސް ދިނުމަށް ބުންޏެވެ. އަދި ދެކުދިންނާއެކު ވުމަށް ވެސް ބުންޏެވެ. އޭރުވެސް އޭނަގެ ނިންމުން ބަދަލުނުކޮށްވޭތޯ މަސައްކަތްކުރިއެވެ.

ލިބުނު ރަނުގެ ފުރުސަތު ގެއްލުވާލާކަށް ޔަޝްމް ބޭނުމެއް ނުވިއެވެ. އޭނަ ޒައުމާގެ ގައިގައި ބައްދާލުމަށްފަހު ބަލްޤީޝްގެ ގައިގައި ވެސް ބައްދާލިއެވެ. އޭނައަށް ބޭރަށް ދާން ފުރުސަތު މިލިބުނީ ބަލްޤީޝްގެ ސަބަބުންނެވެ. އެއާއެކު އޭނަގެ ހިތުން ބަލްޤީޝްއަށް ޚާއްސަ މަޤާމެއް ދެވުނެވެ.

****

ކޮޓަރިއަށް ވަން ބަލްޤީޝް ގޮސް ބެލްކަންޏަށް ނިކުމެވެން ހުރި ދޮރު ހުޅުވާލިއެވެ. ރެއިލިންގްއާއި އަރާހަމަކޮށްލަމުން ފުން ހިމޭންކަމުގެ ތެރެއަށް ގެނބިފައި އޮތް ބަގީޗާއަށް އޭނަގެ ނަޒަރު އަމާޒުކޮށްލިއެވެ. އޮރެންޖް އަދި ފެހިކުލައިގެ ބޮކިތަކުގެ ދަޅަތައް ގަސްތަކަށް އެޅިފައިވާއިރު ފެންނަގޮތް ނިކަން ޗާލެވެ. ހަމައެއާއެކު ހަނދުވަރުގެ ދޯދިތައް ވެސް ދިމަދިމާލުން ވިދައެވެ. މާލޭގެ ހަލަބޮލި ދިރިއުޅުމާ ދުރަށް އާދެވުމުން ހިތަށް ހަމަޖެހުމެއް ލިބެއެވެ.

ބަލްޤީޝްގެ ލޮލުގައި ބެންޗެއްގައި އިށީންދެލައިގެން އިން އިޒްކާން އަޅައިގަތީ އޭގެ އިރުކޮޅެއް ފަހުންނެވެ. އެއާއެކު އޭނަގެ ތުންފަތްމަތީގައިވި ހިނިތުންވުން ގެއްލިއްޖެއެވެ.

އިޒްކާން އިސްޖަހާލައިގެން އިންއިރު އޭނަގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވެއެވެ. ބޮޑު ވޭނެއް ތަހައްމަލުކުރަމުންދާ ފަދަ އެވެ. އެވޭނުގެ ސަބަބުން އޭނަގެ ޠަބީޢަތަށް ވެސް ނޭދެވޭ އަސަރުތަކެއްކޮށްފައި ވެއެވެ.

ބަލްޤީޝްގެ ހިތުގައި ރިއްސާލައިފިއެވެ. ދަރިފުޅުގެ ގާތަށް ދާން އެނބުރިލި ވަގުތު ދާދި ގާތުގައި ހުރި ރަސަލް ފެނުމުން ސިހޭގޮތްވިއެވެ.

ރަސަލް ވެސް ބަލަން ހުރީ އިޒްކާން އަށެވެ.

”ޒައުމާމެންނަށް ހަޤީޤަތް ހާމަކުރަން އަހަންނަށް ފެންނަނީ، އެއްވެސް ކަމެއް ދާއިމަކަށް ސިއްރެއް ނުކުރެވޭނެޔޭ…” ރަސަލް ބަލްޤީޝްއާއި ހަތަރުކަޅިހަމަކޮށްލިއެވެ. ރަސަލްގެ ޖުމްލައިން ބަލްޤީޝްގެ ދެލޮލުގައި ނުތަނަވަސްކަން ވިދާލިއެވެ.

”މީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތެއް ނޫން…” ބަލްޤީޝް ދެކޮޅު ހެދިއެވެ. އޭނަ ރަސަލްގެ އަތުގައި ހިފާލީ އޭނައަށް އިތުބާރުކުރާށޭ ބުނާ ފަދަ ގޮތަކަށެވެ.

”އަހަރުމެންނަށް މިކުރެވެނީ ރަގަޅު ކަމެއްބާ؟….” ރަސަލް ބުންޏެވެ. ”އަހަރެންގެ ހަވަނަ ހިއްސު ބުނަނީ މިކަމުގެ ސަބަބުން އިޒްކާންއާއި އަހަރުމެންނާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވެގެން ހިނގައިދާނެއޭ، މިހާރުވެސް ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ނުބުނޭ، ހިތަށް އެރިފަހަރަކު ވާހަކަ ދައްކާނީވެސް… އިޒްކާން އެހުރީ މުޅިން ބަދަލުވެފަ…”

”ނޫން ތިހެން ނުބުނޭ… އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅު ވެދާނެ، އަހަންނަށް ޔަޤީން ޔަޝްމް އަހަރުމެންގެ ދަރިފުޅު އަހަރުމެންނަށް ހޯދައިދޭނެ، ކުޑަ އިންތިޒާރެއްކޮށްލަން ޖެހޭނީ…” ބަލްޤީޝްއަށް ރޮވޭ ގޮތްވިއެވެ. އިޒްކާން އޭނައާއި ބަހައްޓާ ދުރުކަމުން އޭނަގެ ހިތަށް ހާދަ އަސަރުކުރެއެވެ. އެގުޅުން މިހާރަށްވުރެ ހީނަރުވެއްޖެނަމަ އޭނަ މަރުވެދާނެއެވެ. ލޯބިވާ ދަރިފުޅުގެ އުފާވެރިކަން އިއާދަކުރެވޭތޯ އޭނަ ހާދަގިނަ މަސައްކަތެއްކޮށްފިއެވެ. ނަމަވެސް އެހުރިހާ މަސައްކަތެއް ދިޔައީ ފެނުފުލުންނެވެ.

ރަސަލް ބަލްޤީޝް ގެނެސް މޭގައި ޖައްސާލިއެވެ. ބަލްޤީޝްގެ ދެލޯ ކަރުނުން ފުރުނެވެ. ބަލިކަށިވެފައިވާ އޭނަގެ ހިތަށް އިތުރަށް ކެތްނުކުރެވުނެވެ. އޭނައަށް ގިސްލެވުނެވެ. ރަސަލް ބަލްޤީޝްއަށް ހިތްވަރުލައިދިނެވެ.

****

ފަތިހުގެ ވަގުތެވެ. ފަތިސް ނަމާދަށް ފަހު ޔަޝްމް ކާކޮޓަރިއަށް ދިޔައީ ކޮޓަރީގައި ހުރި ފެންޖަގު ހުސްވެފައި ހުރުމުންނެވެ. ފެންގަޖު ހިފައިގެން ކޮޓަރިއަށްދާން އެނބުރުނު ތަނާ ގޭގެ މައިދޮރު ހުޅުވާލާފައި ހުރިހެން ހީވިއެވެ.

”ޔަޤީން މިތާ  އުޅޭ ލީލާގެ ކަމެއްކަން، އެކަމަކު އޭނަ ނެތް ފެންނާކަށް ވެސް، ދެން ކާކުތަ ދޮރު ހުޅުވީ؟…” ޔަޝްމް ފެންޑާއަށް ނިކުތެވެ. ފަތިހުގެ ފިނިކަން ކަށިތަކުގެތެރެއަށް ފޭދިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. މީހަކު ވާހަކަދައްކާހެން ހީވެގެން ޔަޝްމްގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. މުޅި މީހާ ފިނިވިއެވެ. ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމާއެކު ފެންޖަގުވެސް ދޫނުވީ ކިރިޔާއެވެ.

”އިޒްކާންގެ އަޑުތަ؟، އޭނަ މިގަޑީގަ މިތާ ކީއްކުރަނީތަ؟… އަހަރެން ބިރުގަންނުވާލަން ކަންނޭގެ އެމައްސަކަތްކުރަނީ…” ޔަޝްމް ތުންއަނބުރާލިއެވެ. އޭނަ އެތެރެއަށް ވަންނަން އުޅުނު ތަނާ މިފަހަރު އިޒްކާންގެ އަޑު ތަންކޮޅެއް ބާރު ވިއެވެ. އެއަޑުގައި ވި ރިހުން ޔަޝްމްގެ ސަމާލުކަން އަތުލައިގެންފިއެވެ.

”ވަޓް އިޒް ހީ ޑުއިންގް؟” ޔަޝްމްގެ ހިތަށް އެރިއެވެ. ހިތުގައި އުފެދިގެން ދިޔަ ސުވާލު މާކްތަކާއެކު އޭނަ އަޑުއައި ދިމާއަށް ހިނގައިގަތެވެ.

ޔަޝްމްގެ ފިޔަވަޅުތައް ގަނޑުވެގެން ދިޔައީ އުނދަގޫ ގޮތަކަށް އުނދޯލީގައި ނިދާފައި އޮތް އިޒްކާން ފެނިފައެވެ. އޭނައަށް ހުރެވުނީ ފެނުނު މަންޒަރު ޤަބޫލުކުރަން އުނދަގޫ ވެފައެވެ. ޔަޝްމް ކުރިއަށް ޖެހިލުމާއެކު ފިޔަވަޅުތަކުގެ އަޑަށް އިޒްކާން ލޯ ހުޅުވާލައިފިއެވެ. ވަގަކު ވައްކަންކުރަން އުޅެނިކޮށް ފަޅާއެރުމުން ކުރެވޭނެ ފަދަ އިހުސާސްތަކެއް އެވަގުތު ޔަޝްމްއަށް ތަޖުރިބާކުރެވުނެވެ. އޭނަ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އިޒްކާން އޭނައަށް ބަލަން އޮތްގޮތުން ބިރުވެސް ގަތެވެ. އެދެލޮލުގައި ވަނީ ބަޔާންކުރަން ދަތި ޖަޒުބާތުތަކެކެވެ.

”ސޮރީ… ފަތިސް ނަމާދުކޮށްލައިގެން އައިސް ޖައްސާލިތަނާ ނިދުނީ….” ޔަޝްމް ބިރުގެންފައި ހުރިވަރު ފެނުމުން އިޒްކާން ބުންޏެވެ. އޭނަ މަޑުކުރުމެއްނެތި ދިޔައީއެވެ.

ޔަޝްމް ހުރީ ހިނގައިގަންނަން ވެސް ނޭގިފައެވެ. އަދިވެސް އެހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. މޫނުގައި ދާތިކިތައް ވިދައެވެ.

”މިޝްޔާ، އެއީ ކާކުތަ؟، އެންޑް ވަޓްސް ރޯންގް ވިތް ހިމް؟…..” ޔަޝްމް އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. އިޒްކާން ނިދީގެ ތެރެއިން މިޝްޔާގެ ނަން ކިޔާލި އިރުވެސް އެއީ ޚާއްސަ ފަރާތެއްކަން އެނގޭހާ ވެއެވެ. ނަމަވެސް އެއީ ކާކު ހެއްޔެވެ؟

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

..ހާދައޭ ބޭނުމީ ކަލާ..

Next

ދާނޭ ދިމާއެއް ނޭނގިފާ…

Next
November 18, 2015

ދާނޭ ދިމާއެއް ނޭނގިފާ…

Previews
November 18, 2015

..ހާދައޭ ބޭނުމީ ކަލާ..

18 Comments!

  1. Shabee says:
    November 18, 2015 at 11:58 am

    wow vrh vrh reethi….hama like eh 😉 nd vrh happy vey thihaa dhigu kh genesdhinyma…. dhn hukuru dhuvahu dhw 3rd prt up kuraany…vrh kiyaahithun mii iny vx…vrh interesting…all da bst muthaa 😀

  2. Shabee says:
    November 18, 2015 at 11:59 am

    nd m da 1st…yay 😛

  3. Rish says:
    November 18, 2015 at 12:01 pm

    Nice

  4. sim says:
    November 18, 2015 at 12:19 pm

    V reethi mi part ves.

  5. Ira says:
    November 18, 2015 at 12:33 pm

    It’s so beautiful muthaa 🙂 😉 all the best 🙂
    Nxt prt Friday ga dho 🙂 yahoo eagerly waiting 😉 🙂

    1. ree says:
      November 18, 2015 at 5:30 pm

      Wauw! Muthaa. Love this story. I love your every single story. Keep it up muthaa

  6. mwah says:
    November 18, 2015 at 12:47 pm

    Nɨċɛ.. ???

  7. mishy says:
    November 18, 2015 at 1:34 pm

    Wow vvvvv reethi ☺☺v intersting. Waiting for the next part

  8. Samko says:
    November 18, 2015 at 2:52 pm

    Vara Reethi… Vara intresting

  9. Someone says:
    November 18, 2015 at 7:36 pm

    So nice. ??? Wowwwww ????????????dhen izkaan aai yasham dhw…..????

  10. Mal says:
    November 18, 2015 at 7:42 pm

    ❤️❤️❤️❤️❤️❤️ Varah reethi. ?????????

  11. Minmi says:
    November 18, 2015 at 8:52 pm

    Hey amal Amy boy eh Th A??

    1. Lovely Girl ??????????????? says:
      November 19, 2015 at 10:50 am

      I think Amal is a GIRL ………..LUV THIS STORY ❤???KEEP it up Muthaa????????????????

  12. shaxly says:
    November 19, 2015 at 10:30 am

    Very interesting..
    I think mishya ei izkaan ge kury ge wife hen dw….

  13. Lovely Girl ??????????????? says:
    November 19, 2015 at 10:51 am

    Luv the story Muthaa ????????????????

  14. stardust says:
    November 19, 2015 at 10:56 am

    varah reethi nd intresting, minmi star ah hivani e girl eh hen, mibuni describe kohdifa in gothun, but not so sure, mutha ah neguni kanege ei dhe gender ah ves use kurevei name eh kan ei…

  15. މުތާ/ ސ.ހިތަދޫ says:
    November 19, 2015 at 11:17 am

    Thank you all for the support 🙂 It really means a lot for me, Yeah Amal is a Girl… Mutha hikuri ei hama enaki anhekudhinah kiyaa nameheh kamah, eheneve sifakurun ves bondhah nugenes dhini… anyways unmeedhu kuran mihaaru saafu vehje kamah Minmi

  16. butterfly says:
    July 7, 2016 at 5:20 pm

    So nice .

Comments are closed.

Next Episodeފޮހެވޭނޭ ބާއޭ… 3←


All Right Reserved!