Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (14 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
November 19, 2015 5 Mins Read
42 Comments

ެ. އެކުދިން ހުރިހާ ކަމެއް ކުރަނީވެސް އެކޮޓަރީގަ އެވެ. އެއީ ވަރަށް ބޮޑު ކޮޓަރިއެއް ނަމަވެސް ވިއްސަކަށް ކުދިން ތިބެންޏާ އެއީ ކުޑަ ޖިފުޓިގަނޑެކޭ ވެސް ބުނެވިދާނެ އެވެ. ނިދާ އެނދެއް ނުހުރެ އެވެ. ގާތްގަނޑަކަށް އަށެއްކަ ގޮދަޑި އެހުރިހާކުދިން ހިއްސާކުރެ އެވެ. ކަނީވެސް ފެންވަރު ދެރަ ކާނާ އެވެ. ބިސްކޯދާއި ޕާނާއި، ކިރު ފަދަ ބާވަތްތަކެވެ. ޝެރިންގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ މަންމަމެން ގާތު ހުރިއިރު ކަނީ ވީހާވެސް މީރު އެއްޗެހިންނެވެ. އަގުބޮޑު ކާތަކެއްޗެވެ. އުޅުނީ ވަރަށްވެސް އުފަލުގަ އެވެ. ދުނިޔޭގެ އެހެންކަމަކަށް ފިކުރުކޮށްލެވޭ ވަރަށްވުރެން މާބޮޑު މުއްސަނދި ދުނިޔެ އެއްގަ އެވެ. ނަމަވެސް ޝެރިންގެ ލޮލުގެ ކުރިމަތީން އެފެންނަނީ ހަމަ ދުނިޔޭގައި ތިބި ކުދިންގެ ޙާލެވެ. އެކުދިންނަށް މީރުއެއްޗެއް ކެވުނީ ކޮން ޒަމާނެއްގައިބާއޭ ޝެރިންގެ ހިތަށް އެރި އެވެ.

ޝެރިން އައުމުން ޔޫކޯ އާއި މިޒޫކީ އޭނާއަށް ދެޕާން ފޮތި ދިއްކޮށްލި އެވެ. ޕާނާއިއެކު ޖޭމުކޮޅެއް، ނޫނީ ކްރަންޕީ ހުރިތޯ ހޯދާލި އިރު ފެނުނީ ހުރިހާ ކުދިންވެސް އެކުދިންގެ ކިރު ތަށީގައި ހުސް ޕާންފޮތި ޖައްސައިގެން ކާންތިބި ތަނެވެ. ޝެރިނަށް ހިންދިރުވާލެވުނެވެ. ބަނޑުހައިވެ ހާންތިވެފައި ވާތީ ހިތްވަރު ކޮށްފައި ކާންފެށީ އެވެ.

 

މަސައްކަތުގެ ފުރަތަމަ ދުވަސްކަމުން ޝެރިން ހަދާނުހަދާއެއް ބަލަން ޖޭޑް އައިސް ހުއްޓެވެ. މިކަމާ ޝެރިން ހިތްހަމައެއް ނުޖެހުނެވެ. ނޭނގޭ ސަބަބަކާހުރެ ޖޭޑްދެކެ އޭނާ ވަރަށް ރުޅިއާދެ އެވެ. ޖޭޑް ފެންނަ ފަށުގައި ހުރުމުން ޝެރިންގެ މަސައްކަތަށްވެސް ވަރަށް އުނދަގޫވި އެވެ. މިއަދުގެ މަސައްކަތަކީ ދޮރުފޮތި ފެހުންކަމުން ކޮންމެ ކުއްޖަކަށްހެން ފަހާފޮށްޓެއް ހަވާލުކޮށްފައިވެ އެވެ. ފުރަތަމަކޮޅުކަމުން ޝެރިނަށް އެއްވެސް ގޮތަކަށް ފަހާކަށް ނޭނގުނެވެ. އެހެންކަމުން އޭނާއަށް އެހީވެދިނުމަށް ޔޫކޯ އާއި މިޒޫކީ އުޅެ އެވެ. ކުއްލިއަކަށް ނޭނގުމުގެ ތެރޭގައި ޝެރިންގެ އަތަށް ތިނޯސް ހެރުނެވެ. އެވަގުތު ޝެރިންގެ އަނގައިން ވޭނީ އާހެއް ނިކުތެވެ. ހެރުނީ ވަރަށް ފުނަށް ކަމުން އިސާހިތަކު ލޭއަންނަން ފަށައިފި އެވެ. ވިސްނާލުމެއް ނެތި ހާސްވެފައި ހުރި މިޒޫކީ ތިނޯސް ދަމާގަތީ އެވެ. ޖޭޑަށް އެތަނަށް އާދެވުނީ އެވަގުތެވެ. ޝެރިންގެ އަތް ހަލާކުވެފައިވާތަން ފެނުމުން އަވަހަށް ޝެރިން ވަކި ކޮޓަރިއަކަށް ގެންގޮސް، ފަސްޓް އެއިޑް ބޮކްސެއް ގެނެސް ބޭސް އަޅާދިނެވެ. އެވަގުތު ޖޭޑްގެ އެ ހަރަކާތުން އޯގާވެރިކަން ޝެރިނަށް ފެނިގެންދިޔަ އެވެ.

“މިހާރު ކިހިނެތް؟” ޖޭޑް އާދައިގެ ރާގެއްގައި އެހި އެވެ.

“ރަނގަޅު.” ޝެރިންގެ ޖަވާބު ކުރެވެ. މީހަކާ ވާހަކަދައްކާ ހިތް ނުވެޔޭ އަންގާފަދަ ގޮތަކަށެވެ.

އެވަގުތު ޖޭޑް ކުރި ކަމަކުން ޝެރިން ސިއްސާލި އެވެ. ޖޭޑް ޝެރިންގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލީ އެވެ. އެވަގުތު ޝެރިންގެ ދަނބު ކުލައިގެ ކަޅިރަވަ އާއި ޖޭޑްގެ ހޭޒަލް ލޮލާ ބައްދަލުވި އެވެ. ހައިރާން ކަމާއެކީ ޖޭޑް ޝެރިނާ ދިމާއަށް ބަލަމުން ދިޔައީ އަލަށް އެއްޗެއް ފެނިގެން ބަލާފަދަ ގޮތަކަށެވެ.

“ބުނަންތަ… ތިއީ ވަރަށް ތަފާތު ކުއްޖެއް. ތިލޮލުގެ އާދަޔާޚިލާފު ކުލައިންވެސް އެކަން ދޭހަ ވެއްޖެ. އެކަމަކު ބުނަން… ޝެރިން މިތަނަށް މިގެނައީ އަހަރެން ބުނެގެން… އަހަރެން ޝެރިނަށް ފާރަލާން މީހުން ފޮނުވީން… އެކަމަކު ކޮންމެ ފަހަރަކުވެސް ނާކާމިޔާބު ވެގެން އެނބުރި އަންނަން ޖެހެނީ ސެކިއުރިޓީގެ ސަބަބުން… އަހަންނަށް ޝެރިންގެ ބޭބެވެސް އެނގޭ…! ތިގޭ އެންމެންވެސް އިނގޭ! އަހަންނަށް މިކަންތައް އެނގުނީ ކިހިނެތްކަން އަދި ފަހުން އިނގޭނެ…!” ޖޭޑް ވާހަކަދެއްކި އެވެ.

ގުޑިލާންވެސް ނޭނގިފައި ހުރި ޝެރިނަށް ޖޭޑްގެ މިޖުމުލަތަކުން އިތުރު ހައިރާން ކަމެއް ލިބުނެވެ.

“އަހަރެމެން ބޭނުންވަނީ ކުޑަކުދިން… މަސައްކަތްކުރެވޭ ކަހަލަ، އަދި އެއްވެސް އާއިލާއެއް ނެތް ކުދިން… މިތަނަށް އައުމަށްފަހު އެނބުރި ދިޔުމެއް ނޯންނާނެ. އެހެންވީމަ ޝެރިންވެސް ގަދަ ނަހަދާ މަސައްކަތް ކުރިއަށް ގެންދިޔައިއްޔާ ރަނގަޅުވާނީ…”

 

އެދުވަހު އިރުއޮއްސިގެން ދިޔައިރުވެސް ޝެރިންގެ ސިކުނޑިއަކުން ޖޭޑް ދެއްކި ވާހަކަތަކެއް ނުފިލި އެވެ. ހަމަ ހީވަނީ ދެންމެ ދެއްކި ވާހަކަތަކެއް ހެންނެވެ. އޭނާއަކަށް ދެންކުރަންވީ ކަމެއް ނުވިސްނުނެވެ. މިހާރު އޭނާގެ އަމިއްލަ އާއިލާއާމެދު ވެސް ޝައްކު ކުރެވެން ފަށައިފި އެވެ. އޭނާ އެހެންކުދިންނާ މިވާހަކަ ހިއްސާކުރަން ބޭނުންނުވީ މިއީ ވަރަށް ބޮޑު ސިއްރެއް ފޮރުވިފައިވާ ކަމަކަށްވާތީ އެވެ.

 

މަސައްކަތުގައި އުޅެމުން ޝެރިނާއި، ޔޫކޯ އަދި މިޒޫކީ ވަރަށް ގިނަ ވާހަކަތައް ހިއްސާކުރި އެވެ. އެދެކުދިންނަކީ އެކުދިންގެ ގައުމުގައި އަޅާލާނެ އަހުލެއް ވަހުލެއް ނެތް ކުދިބައެއްކަން ބުނެދިނެވެ. މަގުމައްޗަށް ގިނަވުމުން، އެއްދުވަހަކު މީހަކު ބުނިބުނުމަކަށް އެކުދިން އެމީހާއާއިއެކު ދިޔައީ އެކުދިން ބަލަހައްޓަދޭނަމޭ ބުނުމުންނެވެ. ނަމަވެސް ކަން ދިމާވީ ހީކުދިފަދަ ގޮތަކަށްނޫނެވެ. ދެކުދިންވެސް އެންމެފަހުން ޗައިލްޑް ލޭބަރގެ ޝިކާރައަކަށްވެގެން ދިޔައީ އެވެ…

“ޝެރިންގެ ދަނބު ކުލައިގެ ކަޅިއެއް އިންނަނީ ކީއްވެގެންތަ؟ އަހަރެމެންނެއް ނުދެކެން ދުވަހަކުވެސް ތިކުލައެއްގެ ކަޅިއެއް…” ވާހަކައިގެ ތެރެއިން މިޒޫކީ ސުވާލު ކުރި އެވެ.

ޝެރިން އޭނާއާ ދިމާއަށް ބަލާލި އެވެ. އޭރު ޔޫކޯގެ ނަޒަރުވެސް ހުރީ ޝެރިނަށް ހުއްޓިފަ އެވެ. އަޑުއަހަން ކެތްމަދުވެފަ އެވެ.

“ހޫމް… މިކިޔާދެނީ…” ޝެރިން ފުންނޭވާއެއްލި އެވެ. އަދި ކިޔާދިނެވެ. “ސުކޫލަށް ދިޔަ ފުރަތަމަ ދުވަސްކޮޅާ، ބޭރަށް ނުކުންނަ ދުވަސްދުވަހު މީހުންގެ ސުވާލުފައްޗަށް ކުރިމަތިލާން ޖެހޭ… ބައެއް ކުލާސްކުދިން މަލާމާތްކުރާނެ… އަވިގަދަ ދުވަސްދުވަހު ކުޑައަޅައިގެން ސުކޫލަށްދާތީ… އަވިދޭ ދުވަސް ދުވަހު ޕީ.އީ. ގަޑީގަ ނުކުޅެވި، އެކަނި ދުރުގަ ހިޔާގަނޑުގަ އިންނަން ޖެހޭތީ… ދުރު ފުސްކޮށް ފެންނާތީ… އެކަމަކު ދުވަހަކުވެސް ބާކީއެއް ނުކުރާނެ… މަށަކީ ހާފް އެލްބިނޯ އެއް… އެހެންވެ މިގޮތަށް މިހުންނަނީ…”

ޝެރިންގެ ވާހަކަ ޝައުގުވެރިކަމާއެކު އަޑުއަހަން ތިބި ދެކުދިންނަށްވެސް ތިބީ މަޖާވެފަ އެވެ. ބަލާބެލުމަށް ޝެރިނަކީ އެފަދަ ކުއްޖެއްކަމެއް އެހާ ބޮޑަކަށް ނޭނގެ އެވެ. ހަމައެކަނި ހަން އޮމާންވެފައި އާދައާއި ޚިލާފަށް ހުދުކަމެވެ. އެ ކުޑަކުޑަ ދެ ލޮލުގެ ވަށައިގެން ވަނީ ވަރުގަދަ އެސްފިޔަތަކެވެ. އެ ދޮން މޫނު ވަށާލާފައިވަނީ މުށިކުލައިގެ ފަންފަން އިސްތަށިގަނޑަކުންނެވެ. ބޮޑު ތަފާތަކަށްވެސް އިނީ ލޮލުގެ ކުލައެވެ.

…………………………………………..

ދެން އައިދުވަހު ޝެރިނާއި، ޔޫކޯ އަދި މިޒޫކީއަށް ހޭލެވުނީ ހަތެއް ޖަހަން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އިއްޔެ ބުރަކޮށް މަސައްކަތްކުރުމުން ޝެރިންވަނީ ވަރަށް ވަރުބަލިވެސް ވެފަ އެވެ. ގަޑިޖެހިދާނެތީ އަވަސްއަވަހަށް ދެތިން މިނިޓް ތެރޭ ތައްޔާރު ވެލައިގެން ހުސް ޕާސްފޮއްޗަކާއި، ފެން ތައްޓެއް ބޯލުމަށްފަހު އެހެންކުދިން ތިބި ދިމާއަށް ހިނގާގަތެވެ. އޭރު ބަރާބަރު ހަތެއްޖެހީ އެވެ. ގަޑިޖެހިއްޖެ ނަމަ ދެންވާނެ ގޮތުގެ ވަރުގަދަ އިންޒާރު ދީފައި އޮތުމުން ވަކިން ބޮޑަށް ޝެރިން ބިރުގަތެވެ.

ޖޭޑާއި، ތަނުގެ އެހެން މުއައްޒަފެއް އައުމާއެކުހެން ވަކިވަކި ކުދިންނަށް މަސައްކަތް ޖައްސަން ފަށައިފި އެވެ. އެވަގުތު އެތަނަށް ދެކުދިން އައެވެ. ގަޑިޖެހިގެން އާދެވުމުން ދެކުދިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ. އެދެކުދިން ފެނުމާއެކު ހީވީ ހޮނުގުގުރިއެއް ޖެހިހެންނެވެ. ރުޅިއައިސް ރަތްވެފައިހުރެ ޖޭޑާ އެއްކޮށް އައި މީހާ ހަޅޭއްލަވާގަތީ އެއީ ކުޑަކުދިންކަންވެސް ނުބަލާލައެވެ.

“އަދިކިރިޔާތަ ހޭލެވުނީ…؟؟ ނޭނގޭތަ ގަޑިއަށް ފަރުވާތެރިވާން ޖެހޭނެ ކަމެއް؟ ހަމަމިހާރު މިކޮޅަށްއާދޭ!! މިފަހަރު ސަލާމަތެއް ނުވެވޭނެ އެނގޭ!”

ޝެރިން އޭނާގެ މޫނުގައި އަތްއެޅީ އެމީހާ ވަރުގަދަ ހޮޅި ގަނޑެއްކަހަލަ އެއްޗެއް ހިފައިގެން އެކުދިން ގާތަށް ލެފުންތަން ފެނިފަ އެވެ. އޭރު ޖޭޑް ހުރިގޮތަށް ހުރީ އެވެ. އެނުލަފާ މީހާ ހުއްޓުވާކަށް އޭނާ މަސައްކަތެއް ނުކުރެ އެވެ. ދެން އިވެންފެށީ އެއްޗެއްގައި ވަރަށް ބާރަށް ޖަހާއަޑާއި، ވޭނީ ރުއިންތަކުގެ އަޑެވެ. ލޯމަތިން އަތް ނަގަންނުކެރިފައިހުރި ޝެރިނަށް ހުރިތަނަށް ތިރިވެވުނެވެ. އަދި ދެލޯމަރާ ތަގުޅިކޮށް، ދެކަންފަތުގައި ދެއަތްއަޅާ ބާރުކޮށްލި އެވެ.

މީހަކު ޝެރިންގެ ބޮލުގައި އަތްބާއްވާލުމުން މަޑުމަޑުން ޝެރިން އިސްއުފުލާލި އެވެ. ދެލޮލުން ވިދަމުންދިޔަ ކަރުނަ ތަކުގެ ތެރެއިން ޔޫކޯ އާއި މިޒޫކީގެ މޫނު ޝެރިނަށް ފެނުނެވެ. އެކުދިންގެ ލޮލުގައި ކަރުނައެއް ނެތެވެ. މޫނުމައްޗަކު އަސަރެއް ނެތެވެ. ދިރުމެއް އަމުދުން ނެތެވެ. މިއީ އެކުދިން ކޮންމެ ދުވަހަކުހެން ތަޖުރިބާކުރަމުން އަންނަ ކަންތައްތަކޭ ބުނެލި އެވެ. އަދި އެތަކެއް ހިތްވަރުތަކެއް ލައިދީގެން ޝެރިން ހަމައަކަށް އަޅުވަން މަސައްކަތްކުރި އެވެ.

 

……………………………………….

ޝެރިން މިތާ އުޅޭތާ ހަފްތާއެއްހައި ދުވަސް އަމާންކަމާއެކު، އެއްވެސް އިތުރު ނުރައްކަލެއް ކުރިމަތިނުވެ ހިނގައްޖެ އެވެ. މިތާ އުޅޭ އެހެންމީހުން ކިތަންމެ އަނިޔާވެރި އަކަސް، ޖޭޑަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. 15 އަހަރުގެ ޖޭޑް (ޖާވިން) މިހާރަކަށް އައިސް ވަރަށް ތަފާތުވާން ފަށައިފިހެން ޝެރިނަށް ހީވާންފަށައިފި އެވެ. ކުރިއަށްވުރެން ގިނައިން ކުދިންގެ މަސައްކަތް ބަލަމުން ދާކަމާއި، ޝެރިނަށް ޚާއްޞަކޮށް ދޭސަމާލުކަން އިތުރު ވާކަމެވެ. ނަމަވެސް މިހުރިހާ ކަމެއް ނޭނގޭކަމަށް ހެދިގެން ޝެރިން ހުންނަނީ ޖޭޑަށް ނަފްރަތު ކުރާތީ އެވެ. އޭނާ މިތަނުގައި އުޅެން ޖެހުމުގެ މައިގަނޑު ސަބަބަކީ ޖޭޑް ކަމަށްވާތީ އެވެ. ނަމަވެސް ޝެރިން ކަހަލަ އެންމެ ބާރަ އަހަރުގެ ކުއްޖަކަށް ކުރެވޭނީވެސް ކޮންކަމެއް ހެއްޔެވެ؟

 

ދެމަސްދުވަސް ފާއިތުވެގެންދިޔައީ ދެ އަހަރު ފަދައިންނެވެ. މިހާރު ޝެރިނަކީ މިތަނުގެ މަސައްކަތަށް ހޭލުންތެރިވަމުން އަންނަ ކުއްޖެކެވެ. ނަމަވެސް އެކަނިވާ ވަގުތުތަކުގައި މަންމަމެންގެ މަތިން ހަނދާންކޮށްކޮށްފައި ޝެރިން ރޮއެވެ. ބައެއް ފަހަރު އޭނާ އެހެންކުދިންނަށް ހިތްވަރުލައިދެ އެވެ. އަނެއްބައި ފަހަރު އޭނާ މާޔޫސްވެ ހިތްވަރުއެލި، އަމިއްލަ ޙާލައިގެން ރޮއިރޮއި ގޮސް ހަލާކުވެ އެވެ. މިފަދަ ވަގުތުތަކުގައި އެހެންކުދިން އޭނާއަށް ހިތްވަރުދެ އެވެ. މިހާރު އެހުރިހާ ކުދިންނަކީވެސް އެކަތި ގަނޑެކެވެ. އެއްބަނޑު އެއްބަފާ ކުދިންނަށްވުރެން ގާތްވެއްޖެ އެވެ.

 

…………………………………

ޝެރިން ގެއްލުނުތާ އަހަރެއް ފާއިތުވެ ހިނގައްޖެ އެވެ. މިކްޔާލްމެންގެ ޚަބަރެއް ބަލާލަމާ ހެއްޔެވެ؟

ސާދަ އަހަރުގެ ޔައިން މިހާރު ޝެރިން ހޯދުމުގެ ގުރޫޕުގައި އުޅެމުންދެ އެވެ. އެންމެފަހުން މިކްޔާލް ޔައިނާ އެއްބަސްވީ އެވެ. ސާދަ އަހަރުގައިވެސް ޔައިން ހީވަނީ ސޯޅަ ސަތާރަ އަހަރުގެ ޒުވާނެއް ހެންނެވެ. ދިގު އިސްކޮޅަކާއި ފިރިހެން ވަންތަކަން ފިސާރި އަވަހަށް ޔައިންގެ ގައިން ފާޅުވާން ފަށައިފި އެވެ. ޖަރުމަނުގެ ބަރލިން ސިޓީގައި އަތްފުނާ އަޅަމުން ކަހަލަ ގޮތަކަށް މިކްޔާލާއި ޔައިންގެ ޓީމް ހޭބޯ ނާރާ އުޅެމުން ގެންދެ އެވެ.

އަނެއްކޮޅުން ސުޖާޢުގެ އާއިލާގެ ޙާލުވެސް ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. ދިނާޔާވެސް މިހާރު ދުނިޔޭގައި ހުއްޓެއް ކަމަކު ހީވަނީ މަރުވެފައިވާ މައްޔިތެއް ހެންނެވެ. ކުރިން ނުހަނު ފަލަކޮށް ހުރި ހަށިގަނޑު މިހާރު މީހަކު ބިރުގަންނަ ވަރަށް ހިކެން ފަށައިފި އެވެ. ތެދުވެ އުޅެނީވެސް ހާލަކުން ފަހަރަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

 

………………………………………

އާއަހަރެއް ފެށުނީ ކައިލާއި ނީމްގެ ކައިވެނީގެ އުފާވެރި ޙަފްލާއިންނެވެ. ކުލަގަދަ ގޮތެއްގައި ލެމަން ގްރާސް ގައި ބޭއްވި މި ޙަފްލާގައި ސުޖާޢު އާއި ދާނިޔާގެ އިތުރުން ދިނާޔާގެ މޫނުމަތިންވެސް އެތައް ޒަމާނަކަށްފަހު ހިނިތުންވުމެއް ފެނިގެންދިޔަ އެވެ. ކަނޑު ނޫކުލަ އާއި، ހުދުކުލައިން މޭޒުތަކާއި ފާރުތައް ޒީނަތްތެރި ކުރެވިފައިވާއިރު ނީމްވެސް ލައިގެން ހުރި ބޮޑު ވެޑިން ޑްރެސްވެސް ވަނީ ކައިވެނީގެ ތީމް ކުލަތަކުން ޖަރީކޮށްފަ އެވެ. ނީމްގެ ގަދަމުށިކުލައިގެ ފަށުއި އިސްތަށިގަނޑު ރާޅުބާނީކޮށް ފަހަތަށް ބޮޑު ހުޅިއެއް ޖަހާ، ކުދި މާތަކުން ޒީނަތް ކޮށްލާފައިވާއިރު ހީވަނީ ހަވައިން އައިސްފައިވާ ޗާލު ޕަރީ އެއްހެންނެވެ. ކަރުގައާއި، ކަންފަތުގައިވާ ގަދަނޫކުލައިގެ ޒޭވަރުތަކާއި، އޭނާގެ ނޫކުލައިގެ ލެންސް ލައްވާފައިވާ ދެލޮލާ ނުހަނު ގުޅެ އެވެ.

ކައިލްވެސް ވަކި ދެރައެއް ނޫނެވެ. ހުދުކުލައާއި، ނޫކުލަ އެކުލެވޭ ޓަކްސިޑޯއަކާއި، ގަދަނޫކުލައިގެ ފަޓުލޫނެއްލައިގެން ހުރިއިރު، ވަރަށް ސްމާޓެވެ. ކައިވެނީގެ ދެހޫރުޕަރީންފަދަ ކައިލާއި، ނީމަށް މެހެމާނުންތަކުގެ ނަޒަރު އިރުއިރުކޮޅަކާ ހުއްޓެނީ ދެމީހުންވެސް ގުޅޭލެއް ފުރިހަމަކަމުންނެވެ.

މުޅި ތަން ކާތަކެތީގެ މީރުވަހުން އެއްވަސް ވެފައިވާއިރު އިވޭ ލުއިލުއި މިއުޒިކްގެ އަޑާއެކު ތަށި ސަމުސާ ތަޅުވާ އަޑު އިވެމުންދެ އެވެ.

ދާނިޔާ އިރުއިރުކޮޅަކާ ނީމްމެންގެ ފޮޓޯ ނަގަމުން ގެންދެ އެވެ. މިކައިވެނި ކުރެވުނީ ދިނާޔާގެ ހިތްހަމަ ޖައްސައިދެވޭތޯ އެވެ. ޝެރިން ގެއްލުމުގެ ހިތާމަ ލުއި ކޮށްދެވޭތޯ އެވެ. މިކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ވެއްޖެ އެވެ. ދިނާޔާގެ މޫނުމަތި މިއަދު އުޖާލާވެ އަލިވެފައި ވަނީ އޭނާއަށް ޅީދަރިއެއް ލިބުމުންނެވެ. ދިނާޔާ ގާތު ސަޢުދިއްޔާ އާއި، އެހެން ވަރަށް ގިނަ އަންހެނުން ތިއްބެވެ. ހުރިހާ އެންމެންވެސް ހީކޮށްގެން ތިބީ ދެން ދިނާޔާއަށް އުފާވެރިކަމެއް ލިބޭނެ ކަމަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 3

Next

ރަހުމެއް ނެތް ހިތް[1]

Next
November 19, 2015

ރަހުމެއް ނެތް ހިތް[1]

Previews
November 19, 2015

ފޮހެވޭނޭ ބާއޭ… 3

42 Comments!

  1. Mal says:
    November 19, 2015 at 1:21 pm

    V reethi. ???

  2. Mal says:
    November 19, 2015 at 1:21 pm

    V reethi. ???.

    1. Faxoo says:
      November 19, 2015 at 1:26 pm

      thanks Mal ?

  3. Ira says:
    November 19, 2015 at 1:25 pm

    Very reethi 🙂 eagerly waiting for the next part 😉 🙂

    1. Ira says:
      November 19, 2015 at 1:26 pm

      Umm I’m second 😉

    2. Faxoo says:
      November 19, 2015 at 1:27 pm

      Thanks Ira ? and Yay for being the second! ?

  4. Jeesh says:
    November 19, 2015 at 1:30 pm

    faxu gadin 2:30 tha?2:30 ga kuraany kiyaafa…. varah salhi ingey mi part…

    1. Faxoo says:
      November 19, 2015 at 1:34 pm

      sorryyyyy Jeesh!! Avahah liye nimunyma avahah up kuryy. dhen hama message ves nufenunu tha.. ?hehe vedhaane faxu ah gadi olhuny dhw ?
      dhen thanx inngey i ♥ your comments!

  5. Habeys says:
    November 19, 2015 at 1:42 pm

    Ebunaahennn v salhi?

    1. Faxoo says:
      November 19, 2015 at 2:00 pm

      eheheh thanks Habeys ?

  6. ahmed says:
    November 19, 2015 at 1:53 pm

    V nice story

    1. Faxoo says:
      November 19, 2015 at 2:01 pm

      thanks Ahmed ?

  7. ryn says:
    November 19, 2015 at 2:30 pm

    wowww vrh salhi.. n nw the pic is awsm.. luv it 😉

    1. Faxoo says:
      November 19, 2015 at 3:15 pm

      aww thanks Ryyn.. 😉 ya i changed the pic ‘coz some readers think the old pic waz a bit boring ? so i guess the new pic is OK after all ? thanx for commenting Ryyn. i ? your comments too!

  8. Not nice says:
    November 19, 2015 at 3:05 pm

    Nice

    1. Faxoo says:
      November 19, 2015 at 3:16 pm

      Thanks… ?

  9. Shara says:
    November 19, 2015 at 3:26 pm

    nice

    1. Faxoo says:
      November 19, 2015 at 3:38 pm

      thanx Sara! 🙂

  10. nukko says:
    November 19, 2015 at 3:27 pm

    v v rythi ingeyy.. kn iraku nxt part up kuraanyy.. lovin it 🙂 🙂 🙂

    1. Faxoo says:
      November 19, 2015 at 3:38 pm

      thanx Nukko 🙂 next part day after tommrrw

  11. alma says:
    November 19, 2015 at 5:28 pm

    nice…. 🙂

    1. Faxoo says:
      November 19, 2015 at 5:52 pm

      thanks alma ^_^

  12. yashmu says:
    November 19, 2015 at 5:40 pm

    V.reethi vaahakaeh… Maasha allah… The.pic is really very beautiful….→_→

    1. Faxoo says:
      November 19, 2015 at 5:53 pm

      thanks Yasmu… Pic is made using MsPowerPoint 🙂

  13. Aish says:
    November 19, 2015 at 7:26 pm

    Nice story .. V . .v . Kiyaa hiyyve . avahah up kohdheythi .

    1. Faxoo says:
      November 20, 2015 at 8:53 am

      thanks Aish ^_^

  14. You says:
    November 19, 2015 at 7:26 pm

    Haadha english vgn ulhey manje ekey dhw..? btw story v reethi. ??? dhn ma v foohi vey Maa English vgn ulhey myhun Dheke ?

    1. baibu says:
      November 19, 2015 at 9:17 pm

      vaahakaige kon thaneh maaaaaaa ehglish ee alhe fahe?? bodu kamehnu. meena balaathi kommes kusheh feney tho ?
      anyway, story is v.nice ?????

    2. baibu says:
      November 19, 2015 at 9:22 pm

      dhen bodu kameh vaahakaige kon thanehtha maaaa english vegen ulheny??? myyna balaathi kommes mistake eh hodhey thw ?
      v.nice mi stry ?????

    3. Faxoo says:
      November 20, 2015 at 8:54 am

      thanx for the COMMENT ?

  15. dark princess says:
    November 19, 2015 at 8:49 pm

    v v reethin love ur stories faxoo….pic is awesome….kn iraku next part up kurany……..avas kohdhecheyy…..aisthoooooooo faxooooooo……………….hehehe……………………

    1. Faxoo says:
      November 20, 2015 at 9:22 am

      aww… dhennnn …..!! ? thannkss mihaa hama ah kiyaaly thy DarkPrincess….. dhen dhen varah ufaavejje ingey comment kurymaa! 😉 okay Faxoo’ balaanan maadhan upload kureveythw ingey! ?
      i ? your comments!

  16. dark princess says:
    November 19, 2015 at 8:51 pm

    hama dark princess aa dho vahthry pic ga in girl………..

    1. Faxoo says:
      November 20, 2015 at 9:23 am

      hahahah… yaa hama Dark Princess eii 😉

  17. ShaX lyn says:
    November 20, 2015 at 3:08 am

    this story is amazing….. 🙂 🙂 waiting dhen vane gothakaai dheytherey visneneee….. goodluck…..

    1. Faxoo says:
      November 20, 2015 at 9:25 am

      thanks ShaX Lyn… 🙂 aslu mivaahaka ah fun koh visnyma fennaane dhen vaany kihineh kamuge baeh hint thah… 😉

  18. kidy says:
    November 20, 2015 at 10:59 am

    Faxoo varah reethi egey

    1. Faxoo says:
      November 20, 2015 at 5:56 pm

      thanks Kidy.. Kidy ge comment haadha las vy?? 🙁
      thanks anyway… my sweet friend ?

  19. Shaba says:
    November 20, 2015 at 4:22 pm

    This story is amazing .. Kon iraku next part ? Love this story .. Goodluck☺

    1. Faxoo says:
      November 20, 2015 at 5:56 pm

      Thankx Shaba ? next part maadhan

    2. Faxoo says:
      November 20, 2015 at 5:57 pm

      InShaAllah

  20. ina says:
    November 20, 2015 at 10:33 pm

    Faxuuuu.mi vaahaka v v v rythi.nw I jst can wait 4 nxt part.upload it soon.<3<3<3

Comments are closed.

Next Episodeޝެރިން (15 ވަނަ ބައި)←


All Right Reserved!