” ހެޕީ ނިއު އިޔާ.. ޗިއާރްސް.. ” ޔަނާގެ ތަށީގައި ޖަހާލަމުން ނީލް ބުނެލިއެވެ. ޔަނާ ބަލަންހުރީ ދުރުން ފެންނަ ސިމަކް ރާގާ އެއްވަރަށް ސަރާ ގައިގައި ހޭކޭ މަންޒަރެވެ. އެންމެ ކުޑައިރުން ސުރެ ލޯބިވާ ސިމަކްއެވެ. ” ހެހެ.. ސިމަކް އުޅޭ ގޮތެއް.. ޔަނާއަށް ވަރަށް ވަރުވޭ ދޯ..؟ ” ނީލް ބުނެލީ ގަސްތުގައި ޔަނާ ދެރަކޮށްލާށެވެ. ދެބުމަ ގޮއްޖަހައިފައި އަތުގައި ހުރި ބާރަކާއިއެކު ބޯން އިން ކޯކް ތަށި އެއްލާލީ ގަސްތަކު ތެރެއަށެވެ. […]
” އާޗާ.. ރީއްޗޭނުން ބުނެލި ވާހަކަ.. ލޮލުން ދެކެ އަތުން ހިފާފަ ބުނީމަވެސް ދައްކާލި ވާހަކަ މޮޅޭނުން.. ” އިތުރަށް ޒައިންއަށް ކެތް ނުވެގެން ފޯން ކަނޑައިލައި އޮފް ކޮށްލިއެވެ. އެއަށްފަހު ފުންކޮށް ވިސްނާލުމަށްފަހު ޒައިން ނިންމީ އައިރީންއާއި ވާހަކަ ނުދެއްކުމަށެވެ. މަންމަގެ އެދުމަށް އައިރީން ދިޔައީ އައިރީނެ މަންމަގެ ރަށަށެވެ. މިއީ އައިރީން އެރަށަށް ކުރާ ފުރަތަމަ ދަތުރު ކަމުން އައިރީން ދާހިތުން ތެޅިފޮޅެނީއެވެ. ކަނޑުމައްޗަށް ބަލި އައިރީން މިއަދު އިނީ ކަނޑުގެ ރާޅުތަކަށް […]
‘ ހާދައޭ ބޭނުމީ ކަލާ.. ގެ އެހީދެން ލޯބިން.. ތީމަގޭ މޭގަވާ އުފާ.. ވެރި މޫނޭ ލޯބިން.. ބީހިލާ ހިތްވެޔޭ ތިޔަ މޫނުގާ.. ‘ އެފްބީ ސްޓޭޓަސް އަޕް ކޮއްލުމާއިއެކު އެންމެ ފުރަތަމަވެސް ލިބުނީ ޒައިންގެ ލައިކެވެ. *** *** *** ” ޒޯރާ ޕްލީސް.. މަށާ މީޓް ކޮށްލަން އެއްބަސްވެބަ މިރޭ.. މިހާރު ކޮން ދުވަހެއްތަ މިހެން ކިޔާތާ.. އަބަދުވެސް ކިޔަނީ އަދި ފެންނާނޭ.. ރައްޓެހިވެގެން މިހެން ނުފެނި އުޅެވޭތަ.. އަހަރެން ހާދަ ވެޔޭ ތި […]
” ނޫން ނޫން.. މަންމާ ބައްޕާ.. އަހަރެން ސަލާމަތް ކޮށްދީ.. އަހަންނަށް ތަދުވޭ.. މަންމާ.. އެއްވެސް ކަމެއް އަހަރެން ނުކުރަން.. އެއީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫން.. މާފްކުރޭ.. އަހަންނަށް މާފްކުރޭ.. މަންމާ……… ” އިންތިޒާރު ކޮއްލައްވާ…
” ޔަ އައި ޑޯންޓް ލައިކް ޔޯ ނައު.. އައި ލަވް… ” ބުނަން އުޅުން އެތި ފުރިހަމަ ނުވަނީސް ކޯ މައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. މި މަންޒަރު އައިރީން އަށް ފެނިގެން ދިއުމާއި އެކު އަނގަމަތީ އަތްއަޅައި ލެވުނީ ޒައިން ޖެހިލެ ބާރުކަމުންނެވެ. ” އަދި މި އުޅެނީ އިންތާ އަހަރެއް ނުވެގެން.. ތި ކޮން ފެންވަރެއްގެ ކާކުކަން އެނގިހުރެވެސް މަ ތި ޒޯރާއާ އިނީ ހާދަ ފޮނި އުއްމީދެއްގައޭ.. އަބަދުވެސް ހިތަށް […]
ތުންފަތުގައި ގަލަމުގެ ކޮޅު ޖައްސައިލައިގެން ކޮމްޕްއަށް ބަލަހައްޓައިގެން އިން ޒައިން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އައިރީންއަށް މި މަންޒަރު ފެނުމުން ސިއްސުވައިލައިހިތް ވިއެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުންދިޔަ އައިރީންގެ ފިޔަވަޅުތައް ހުއްޓުނީ ސްކްރީންއިން ފެންނަމުންދިޔަ ފޮޓޯތަކަކުންނެވެ. ” ވަޓް..؟ ” ހައިރާން ވެފައިހުރި އައިރީންއަށް އަދިވެސް ހުރެވުނީ ހަމަ އެހުރި ގޮތަށެވެ. ފަހަތް ބަލާލިއިރު ޒައިން އަށް އައިރީން ހުރިގޮތް ފެނުމުން އިތުރަށް ހިތުގައި ޖެހުނެވެ. މި ވީހައި ދުވަހަކަށްވެސް ޒައިން ހިތުގެ ހާލަތު އައިރީން […]
އައިރީން ގިސްލަ ގިސްފައިފައި އިސްޖަހައިލައިގެން ބާރަށް ރޮއެގަނެވުނީ ވާހަކަ ކުރިއަށް ގެންދާނެ ހިތްވަރެއް ނުލިބުމުންނެވެ. އައިރީންގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލި އިރު ޒައިންވެސް ފެންކަޅީވިއެވެ. އެ މޫނުމަތިންވެސް ހިތުގައި އަޅާ ވޭން ފެންނަން ހުރިކަހަލައެވެ. ” އެ ތިންމީހުން ވެގެން އަހަރެން.. އަހަރެން ރޭޕްކޮއްލީ.. ” ދެލޯމަރާ ފިއްތާލަމުން ހިތްވަރުކޮއްލައިފައި އައިރީން ބުނި ޖުމްލައިން ޒައިންގެ ކަންފަތް ބީރުވިހެން ހީވިއެވެ. އެ ޖުމްލަ ނޫން އަޑެއް އަދިވެސް ޒައިންގެ ކަންފަތައް ނީވޭ ކަހަލައެވެ. އަދިވެސް އެ […]
އެކި ކުލަކުލައިގެ މުރަކަތަކުން މުޅި ތަން ވަނީ ގުދުރަތީ މަންޒަރުން ފުރިފައެވެ. އާޝޯހްވެފައި ހުރިވަރުން ގިނަ ކުދިން ބެލީ މާސްކް އަޅައިގެން އެތަން ބަލަން ދިއުމަށެވެ. މޫދައް ނޭރިތިބި އަންހެން ކުދިން އަވަސްވެގަތީ ސައިބޯން ގެނައި އެއްޗިހިތައް މޭޒުމައްޗަށް ނެގުމަށެވެ. ސައިބޮއެ ނިމުމުން އެއްބައިކުދިން މޫދައް އެރި އެކި ކުޅިވަރުތައް ކުޅެނީއެވެ. މި މަންޒަރު ބަލަން އިން ޒައިން އަށް މާޒީގެ ސޮފްހާތައް އުކެމުން ދިޔައެވެ. *** *** *** ސައިކަލްގައި ބާރަށް ދުއްވައިފައި އަތިރިމައްޗައް […]
ރާޅު ޖަހާ ހިސާބުން ޒައިން އާއި ޒޯރާ ހިނގަމުންދިޔަ އިރު އެކި ވާހަކަ ދެކެވެމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސް ޒޯރާގެ ކޮނޑުގައި ހިފާ ޒައިންގެ ކުރިމައްޗައްވާގޮތައް އަނބުރާލިއެވެ. ” ހެޕީ ފަސްޓް.. ” އާއި ހަމަޔައް ބުނެވުނު އިރު ދުރުން ފެނުން މަންޒަރުން ބަސްހުއްޓޭގޮތް ވުމުން ޒައިން ބަލަން ހުރި ދިމާލައް ޒޯރާ އެނބުރުންގަޑީ ފެނުން މަންޒަރުން އަނެއްކައިވެސް ޒައިން އާއި ދިމާލައް ބަލާލިއެވެ. ޒޯރާގެ ކޮނޑުން އަތް ވަކިކޮއްލުމައްފަހު ޒައިން އެ ދިމާލައް […]