Skip to content
އެސްފިޔަ

..ހާދައޭ ބޭނުމީ ކަލާ.. ( ފުރަތަމަ ބައި )

..ހާދައޭ ބޭނުމީ ކަލާ.. ( ފުރަތަމަ ބައި )

 

” ކޮންގްރެޓްލޭޝަން.. ހެޕީ މެރިޖް ލައިފް..” އައިރީން އަތުގައި އޮތް ޕާރްސަލް ޒޯރާ އަށް ދެމުން ބުނެލިއެވެ. ފުޅާ ހިނިތުން ވުމަކާއި އެކު ޒޯރާ ‘ތެންކްސް’ އޭ ބުނެ ޒައިން އާއި ދިމާލަށް ބަލާލި އިރު ޒައިން ހުރި ގޮތުން ޒޯރާ ޒައިންގެ ގައިގަ ކޮށްޓާލީ ކިހިނެއް ވެފަހޭ އަހާފަދަ ގޮތަކަށެވެ. ޖަވާބުގައި ކަމެއް ނުވެޔޭ ބުނެ އިސް ޖަހާލީ އިތުރު ސުވާލަކަށް ޖަވާބުދޭން ބޭނުން ނުވާތީއެވެ.

 

*** *** ***

ހުދު ކުލައާއި ނޫ ކުލައިގެ ބޮކިތަކުން މުޅި ތަން ވަނީ ދިއްލާފައެވެ. ހުދު ކުލައިގެ ހެދުމެއްގައި ކަނޑު ނޫ ކުލައިން ޒީނަތްތެރި ކޮށްފައިވާ ބޮޑު ހެދުން ލައިފައި ހުންނަ އިރު ޒޯރާ ވަރަށް ރީއްޗެވެ. ކަރާއި އަތް ފަޅުފިލުވައިލަން އަޅާފައި ހުރި ގަހަނާ ތަކުން ޒޯރާގެ ރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައި ދެއެވެ. އުނަގަނޑާއި ހަމައަށް އަންނަ ފަން ފަން އިސްތަށިގަނޑު މިރޭ ވަނީ މައްޗަށް ނަގާ ރީތި ގޮތަކަށް ހުޅިއެއް ޖަހާފައެވެ. ހުދު ކުލައިގެ ގަމީހަކާއި އެކު ނޫ ކުލައިގެ ވެސްޓެއް ލައިފައި ހުންނަ އިރު ޒައިން ވެސް އެހާ ފުރިހަމައެވެ. ކުޑަ ސްޓޭޖެއް މަތީ ދެމީހުން ތިބޭއިރު ބަލާލަން ވަރަށް ގުޅޭ ޖޯޑެކެވެ. ދެމީހުން ތިބިތާ ފަހަތުގައި ‘ ޒައިން ވެޑްސް ޒޯރާ ‘ ރީތި ގޮތަކަށް އަޅާލައިފައި އިން އިރު ، މިއީ ދެމީހުންގެ ކައިވެނި ޕާޓީ ކަން އެންގެއެވެ.

 

*** *** ***

މި އުފާވެރި ރޭގައި ވެސް ޒައިން އަށް އެއްވެސް އުފަލެއް ލިބޭހެނެއް ހިޔެއް ނުވެއެވެ. ކުއްލި ގޮތަކަށް ޒޯރާ އާއި އިންނަން ޖެހުނީމަ ވާނީވެސް އެހެންތާއެވެ. ނަމަވެސް ޒައިން ވީވަރަކުން ހިތާމަތައް އެއްފަރާތް ކޮއްލާ ހެވިލާފަ ހުރެވޭތޯ ވަރަށް ބެލިއެވެ.

 

ޕާޓީ ނިމުން އިރު ދެމީހުން ވެސް ތިބީ ވަރަށް ވަރުބަލި ވެފައެވެ. ވީ އެންމެ އަވަހަކަށް ޒައިން ބެލީ ގެއަށް ދެވޭތޯއެވެ.

 

ގެއަށް އާދެވުމާއެކު ދެމީހުން ވެސް ފެންވަރާލަން ކޮޓަރިއަށް ވަނެވެ. މުޅި ކޮޓަރިތެރެ ވެސް ވަނީ ރީތި ގޮތަކަށް ޑެކަރޭޓް ކޮށްލާފައެވެ. ހުދު ކުލައިގެ ބެޑްޝީޓެއް މަތީ ނޫ ކުލައިގެ ހިތެއް އެޅިފަ އޮތް އިރު އެ ހިތް ތެރޭގައި ފިނިފެންމާ ފިޔަތަކެއް ހުއްޓެވެ. މުޅި ކޮޓަރިތެރެ އޮތީ އެ ދެކުލައިގެ ފުއޮޕާ ހަމުން ފުރާލާފައެވެ.

 

” އަޅެ ހާދަ ރީއްޗޭ.. ޒައިން ކީއްވެފަތަ ތިހުންނަނީ؟ އިނީންސުރެން ތިހުންނަނީ ފާޑަކަށް.. މި ހަމަ ޒައިން މިޔޮއް ހާ ދުހު ރައްޓެހިވެގެން އުޅުން ޒޯރާ އޭ.. ދެން ކީއް…” ވާހަކަ މެދުކަންޑާލަން ޖެހުނީ އިވޭ ކަމަށްވެސް ނަހަދާ ޒައިން ގޮސް ފާހާނާ އަށް ވަނުމުންނެވެ. ޒޯރާގެ ހިތަށް ހީވީ މީހަކު ތީރު ފައްޗެއް ދޫކޮށްލިހެނެވެ. ވާނީވެސް އެހެންތާއެވެ. ރައްޓެހިވެގެން އުޅުން އިރު އަބަދުވެސް ޝަކުވާ ކުރެވެއެވެ. އެއްވެސް ކަމަކާ ނުލައެވެ. އިންނަން ކިޔާތާވެސް ކޮން ދުވަހެއް ހެއްޔެވެ؟ އިންދެވުނީވެސް އަދިކިރިޔާއެވެ.

 

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Iba

    Alhe haadha Kurey dhww.. Next part dhigukoh genesdhehchey ingey story nice vaanehen v hyvey

  2. Me

    Mi vahtharah liyan gasthu. Kuranyaa avahah huttaalaa

  3. misty

    V nice. keep it up! But v short. When next part?

  4. suha

    Liyevun varakun up mi kury hama thi kudhin inthizaaruga nubahatan.. Next part mondayga dhigukoh genesdheynan.. 😉

  5. Ira

    Nice story keep it up hope to see the next part a little long 🙂 😉

  6. maash

    Haadha lahunney next part thigenesdheny! Story hama best but too short! Dhnhuri part thah dhigukoh genesdheyne kamah ummydhukuran

  7. Faxoo

    mibai thankolheh kuru dhw.. ekam ves varah reethi inngey 🙂 waiting for the next part

  8. Zytwen

    Are u serious!! If u can’t write a story!! U better not to write!! Komme meehaku ves liyan fashaane!! Dhuvas kolhakun onnanee week aku 1 faharu ves nugenevifa ??

  9. Someone

    Haadha kurey dhen fennaany vaahaka hutaalaathan?????

  10. nippi

    Hama same stuff maa short ee and avahah up kurahchey eyrah kiyaahiyyvaanee

  11. Sam

    Alhe asl ves maa bodah kury…nxt tym heekuran miahvuren dhigu kohlaane kamah…eirun kiyaahith jeheynii…nd abadh ves ninman hadhaanuga bahahtan v nxt part ah kiyaameehun inthizaar kuraane hen heevaa gothahkah ninmaaleveytho…

  12. sarah._.saraa

    salhi <3 when is the next part?

  13. yaania

    Nice storyyy.. Keep it up… Suhaa dont think wat others say… Always think positive….but v. Kuru…. Keep it up(≧∇≦)

  14. AFREEN

    varah rythi vaahaka eh dhn anna bayah inthizaaru kuran…..masha allah suha ah vaahaka liyumuge dhaairaain kurierun dheh vaashi

  15. thuthy

    Nice story…..:-) waiting 4r next part..dont think wot others say…do the best… 🙂

  16. Faw Xern

    v nice story hama habeys…..
    keep it up

Comments are closed.