Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީޝާ (ނުވަވަނަ ބައި)

Hannah Level 110 Stories
November 19, 2015 3 Mins Read
10 Comments

ޒައިންއާ ޒީޝާ އައިސް ވަންތަން ފެނުމުން މިންހާ ދެމީހުންނަށް ގޮވާލިއެވެ. އެވަގުތު އެންމެންގެ ނަޒަރު  ވެސް ހުއްޓުނީ އެދިމާލަށެވެ ޒައިންއާ ޒީޝާ އައިސް ވަންތަން ފެނުމުން މިންހާ ދެމީހުންނަށް ގޮވާލިއެވެ. އެވަގުތު އެންމެންގެ ނަޒަރު  ވެސް ހުއްޓުނީ އެދިމާލަށެވެ. ތައްޓަށް ނޫޑްލްސް އަޅަން ހުރި ސަމާއަށް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ. ލޮލުގައި އަޅައިގަތީ ގުޅިލާމެހިފައިވާ ދެމީހުންގެ އަތަށެވެ. ލިބުނު ސިހުމާއެކު އަތުގައި އޮތް ތަށި ނުވެއްޓުނީ ކިރިޔާއެވެ. ޒީޝާގެ އަތުގައި ހިފައިލައިގެން އެހުރީ އޭނާގެ ހިތް އެދިގޮވަމުންދާ ޒުވާނާއެވެ. ސަމާއަށް ހުރެވުނު ތަންވެސް ނޭނގޭ ކަހަލައެވެ. އެއީ ޒީޝާގެ ލޯބިވެރިޔާކަން ހަނދާންވުމުން ލޮލަށް ކަރުނަތައް ޖަމާވިއެވެ. ޒީޝާ އޭނާއަށް އޮޅުވާލީ ހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި ހުރެގެން އެހެން ހަދަން ހެޔޮވާނެ ހެއްޔެވެ؟ ސަމާއަށް ޒީޝާއާ ދޭތެރޭ ގޯސްގޮތަކަށް ވިސްނެމުންދިޔައެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފޭބުމުން އަތުގެ ނުފުށުން ފުހެލިއެވެ. އޭރު ޒީޝާ އެންމެންނަށް ޒައިން ތައާރަފްކޮށްދެމުން ދިޔަައެވެ. ޒީޝާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

 

މިމަންޒަރު ބަލަން ސަމާ ހުރީ ހިތްދަތި ގޮތަކަށެވެ. ސަމާ ސިހުނީ މިންހާ ގޮވާލި އަޑަށެވެ. ނުދާން ހުރެފައި ދިޔައީ މަސްލަހަތަށް ވިސްނާފައެވެ. “ކީއްތަ ތިކުރަނީ އެތާ އެކަނި ހުރެ.. މިހުރީ ޒީޝާގެ ބީއެފް ޒައިން. ޒައިން މީ ސަމާ އިނގޭ..ޒީގެ ބެސްޓީ ދޯ.. ވަރަށް އަނގަ ގަދަ ވާނެ..” މިންހާ ދެމީހުން ތައާރަފްކޮށްދެމުން ބުންޏެވެ. ނައިސް ޓު މީޓް ޔޫ އޭ ޒައިން ބުނެލުމުން ސަމާއަށް ވަރަށް އަސަރުކުރިއެވެ. އެއަޑު އިވުމުން ކުރެވުނީ ބުނެދެންވެސް ނޭނގޭ ކަހަލަ އިހުސާސްތަކެކެވެ. އެއަޑު ވެގެންދިޔައީ އޭނާއަށް ހިތްގައިމު ފިރިހެންވަންތަ އަޑެއްގެ ގޮތުގައެވެ. ސަމާވެސް ފާޑަކަށް ހީލަމުން އެހެން ބުނެލިއެވެ. “ޒީ ދެން ދޭބަލަ ޒައިން ގޮވައިގެން އެއްޗެއް ކާލަން..ކައި ނިމިގެން އައިސް އެންމެން މަޖާ ކުރާނީދޯ..” މިންހާ ހިނުތުންވެލަމުން ބުންޏެވެ. ސަމާ ޒީޝާއާ އަނގައިން ނުބުނެ ހުންނަކަން ޒީޝާއަށް ފާހަގަވިއެވެ. އެހެންނޫނީ އަބަދުވެސް އުޅޭނީ މަޖާވެފައެވެ. ކޮންމެވެސް އެއްޗެއް ކިޔާލަ ކިޔާލައެވެ. ފަހުން ސަމާ ގާތު އަހާނީއޭ ހިތައި ދިޔައީ ކާއެއްޗިސްވީ ދިމާލަށެވެ.

 

އެންމެން ކައިނިމިގެން ފެށީ ލަވަ ބާޒީ ކުޅޭށެވެ. މިންހާމެންނަށް ޒައިންގެ އެކުވެރިކަން ފެނި ޒައިންއާ ދޭތެރޭ ވަރަށް ހިތްހަމަޖެހުނެވެ. މޫނު ކުނިކޮށްގެން ފާޑަކަށް އިނީ ސަމާއެެވެ. އިރުކޮޅަކާ އޭނަ ޒީޝާއާ ދިމާލަށް ލޯއަޅާލައެވެ. ހިތުގައި ވަނީ ނަފްރަތުކަމެވެ. ހުރިހާ ކަމެއް އެނގި ހުރެވެސް ޒީޝާ އޭނާއަށް ލަނޑުދިނީ ކަމަށް ހިތް ބުނަމުން ދިޔައެވެ. ގަސްތުގައި ހަމަ ޒައިން ޖަހައިގަތުނީއެވެ. އެހެންނޫނަމަ މިއަދު ޒައިންގެ އަތުގައި ހިފަހައްޓަލައިގެން ހުންނާނީ އޭނައެވެ. މިފަދަ ހިޔާލުތަކެއްގައި އިން ސަމާ ސިއްސައިގެން ދިޔައީ ލަވަ ކިޔާށޭ ކިޔައި ޒީޝާ ގޮވާލުމުންނެވެ. އޭނާއަށް ޖެހުނީ މީމަކުން ފެށޭ ލަވައެއް ކިޔާށެވެ. “މަރުވެދާނޭ މާދަމޭ ގައިމޭ.. ދޫކޮށްފަ ލޯތްބާ އުފާ.. ހުސް އަތާ ލޯ މަރާލާފަ ދާނޭ ރޮމުން..ކޮށްފާ މިތާނގާ އުފާ..ތެދުވެރިން ނޫޅެޔޭ އިނގޭ..އެކުވެރިން ނޫޅެޔޭ އިނގޭ..ކެހިވެރިން ގިނަ ތަނެއް އިނގޭ..ދުނިޔެމީ ދަސްކުރޭ އިނގޭ..އެންމެ ކައިރީގަ ހީފާ އުޅޭ ރައްޓެހިން ވާނޭ ފަހުން ބޭވަފާ..މަރުވެދާނޭ..” ސަމާއަށް ލަވަ ކުރިއަަށް ގެންދެވުނީ މިހިސާބަށެވެ. މާބޮޑަށް ހިތަށް ތަދުވީއެވެ. މިފަދަ އުވާފެރި ވަގުތެއްގައި ސަމާ އެފަދަ ހިތާމަވެރި ލަވައެއް ކިޔަން ޖެހުނު ސަބަބެއް ޒީޝާއަކަށް ނުވިސްނުނެވެ. މިރޭ ނޫނަސް އެމީހުން ލަވަ ބާޒީ ކުޅެއުޅެއެވެ. މިރޭ ނޫނީ މުޅިންވެސް ސަމާ ހުރީ ފޯރިގަދަ ލަވަތައް ކިޔާފައެވެ. ދެން މިރޭ ވަކި ދެރަ ލަވައެއް ކިޔަން ޖެހުނު ސަބަބެއް އޮންނާނެ ކަމަށް ޒީޝާގެ ހިތް ބުނަމުން ދިޔައެވެ. ސަމާ ދެން ނުކުޅޭނެ ކަމަށް ބުނެ ތެދުވިއެވެ. އެއްވެސް މީހަކު އޭނަ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. ސަމާ ނުކުޅޭނެ ކަމަށް ބުނުމުން އެމީހުންވެސް ކުޅުން ހުއްޓާލިއެވެ.

 

ޒީޝާއަށް އެރޭ ގެއަށް އާދެވުނީ އެގާރަ ޖަހަން ކައިރިވަނިކޮށެވެ. ހެދުން ބަދަލުކޮށްލައިގެން އަވަސްވެގަތީ ސަމާއަށް ގުޅާލުމަށެވެ. ސަމާ ފޯނު ނެގީ ދެތިން ފަހަރު ގުޅުމުންނެވެ. “ސަމާ.. ވަޓް ވޯޒް ރޯންގ ވިތް ޔޫ.. އެނީތިންގ ހެޕެންޑް..؟” ސަމާ ފޯނު ނެގުމާއެކު ޒީޝާ ސުވާލުކުރިއެވެ. “ނޯ..އެއްވެސް ކަމެއް ނުވޭ..” ފަރުވާކުޑަ ގޮތަކަށް ސަމާ ޖަވާބު ދިނެވެ. “ނުވާނެ އެެހެންނެއް..އައި ނޯ ސަމްތިންގ އިޒް ދެއާރ..ޓެލް މީ..އެހެން މީހަކަށް ސަމާ އޮޅުނަސް އަހަންނަށް ސަމާ ވަރަށް ރަނގަޅަށް އެނގޭ..ބުނެބަލަ..” ޒީޝާ އުޅުނީ ވީގޮތެއް އޮޅުންފިލުވާށެވެ. “އަހަންނަށް ހީވަނީ ޒީޝާއަށްހެން ކަމެއްވީ..މި ބުނީނުން ކަމެއް ނުވެޔޭ..”ސަމާ ރުކުންރުވެފައި ވާހަކަ ދެއްކިގޮތުން ޒީޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒީޝާ އިތުރަށް ސުވާލެެއް ކުރުމުގެ ކުރިން ސަމާ ފޯނު ކަނޑާލިއެެވެ. ފޯނު އަތުގެ ކޮޅަށް ހޫރަލަމުން އެނދުމައްޗަށް ވެއްޓިގަތެވެ. ނަސީބަކުން ފޯނަކަށް ގޮތެއްނުވެއެވެ. ބާލީހުގައި މޫނު ފޮރުވާލަމުން ރޮއިގަތެވެ. ހިވާ ކަހަލައެވެ. މިރޭ ސަމާ ބޭނުންވަނީ ކަރުނަ ހުސްވަން ދެން ރޯލާށެވެ. މާބޮޑަށްވެސް ހިތުގައި ޖެހިއްޖެއެވެ. އެގޮތަށް ރޯން އޮއްވާ ސަމާއަށް ނިދުނީ ކިހާ އިރަކު ކަމެއްވެސް ނެނގެއެވެ.

 

ދުވަސްތައް ފާއިތުވަމުންދެއެވެ. މާދަމައަކީ ޒައިން ފުރަން ހަމަޖެހިފައިވާ ދުވަހެވެ. ޒައިން މާދަމާ ފުރާތީ ޒީޝާ ހުންނަނީ ދެރަވެ މާޔޫސްވެފައެވެ. އެންމެ ހިނދުކޮޅަކަށްވެސް ލޯމަތިން ޒައިން ގެއްލެން ހިތެއް ނޭދެއެވެ. ނަމަވެސް ޒައިން އަށް މާލެގައި އުޅެވެން ނެތްކަން ޒީޝާއަށް އެނގެއެވެ. މިވީ މަދު ދުވަސްކޮޅެއް ތެރޭގައިވެސް ޒައިންވަނީ އިންތިހާއަށް ލޯބިދީފައެވެ. ދެރަވެ ހިތުގައި ޖެހޭފަދަ އެއްވެސް އެއްޗެއް އަދި މިހާތަނަށް ބުނެފައެއް ނެތެވެ. އެހެންކަމުން ޒީޝާއަށް ވަނީ ޒައިން ދެކެ ވަރަށް ބޮޑަށް ލޯބިވެވިފައެވެ. އެލޯބި ޒީޝާ އަތުން ބީވެގެން ނުދިއުމަށް އެދި ދުއާ ކޮށްލެވެއެވެ.

 

ޒީޝާ ހުރީ ބެލްކަނީގައި ފޯނުން ޒައިންއާ ވާަހަކަ ދައްކާށެވެ. ފިނި ވައިރޯޅިތައް ހުއްދައެއް ނެތި އައިސް ޒީޝާގެ މޫނުގައި ފިރުމަމުންދެއެވެ. ޒީޝާގެ ފަންފަން އިސްތަށިގަނޑުވެސް އުފަލުން ވައިގެ ތެރޭގައި ނަށާލަ ނަށާލަ ހުއްޓެވެ. ކަޅު ކުލައިގެ ގަޔަށް ދޫ ކުރުތާއާ އެކު ތިރިން ގަދަ ނޫކުލައިގެ ޖިންސެއް ލެވިފައިވާއިރު ޒީޝާގެ ރީތިކަމާއި ފުރިހަމަކަން އިތުރުކޮށްދެއެވެ. ހެވިފައި ޒައިންއާ ވާހަކަ ދައްކަމުން ދިޔައިރު އެމޫނުމަތިން ފެންނަނީ ތާޒާކަމާއި މައުސޫމްކަމެވެ.

“ޒީ..މިރޭ މިގެއަށް އަންނަންވާނެ އިނގޭ. ދޮންތަ އެހުންނަނީ ޒިއާ ވަރަށް މީޓްކޮށްލާ ހިތުން..” ޒައިން އެގެއަށް އައުމަށް އެދުނެވެ. “ހޫމް.. ދާނަން އިނގޭ.. މެރީ ކުރުމުގެ ކުރިން ވާނެއްނު ދޮންތަ މެންނާ ފްރެންޑްލީ ވާން ދޯ..އެކަމް ޒޭން މާދަމާ ފުރާތީ ވަރަށް ދެރަވޭ..ޕްލީސް ކަމް ބެކް ސޫން..އައި އެމް ގޯނާ މިސްޔޫ އަ ލޮޓް” ދެރަވެލަފައި ޒީޝާ ބުނެލިއެވެ. “އެނގޭ ޒީ ދެރަވާނެކަން. އަހަރެންވެސް ޒީ މަތިން ވަރަށް މިސްވާނެ.. ޒީ ބަހައްޓާފަ ދާހިތެއް ވެސް ނުވޭ.. އެކަމު ހުރެވޭކަށްވެސް ނެތޭ.. މިހާރުވެސް ލަސްވެގެން އޮފީސް ބޮޑު މީހާ އިއްޔެ ގުޅި.. ޒީ ދެރަ ނުވޭ.. ޒީ ދެރަވާ ވަރުގެ ކަމެއް އަހަންނެއް ނުކުރާނަން..ޓްރަސްޓި މީ މައި ލަވް.. އޯކޭ ބޭބް.. ފެންވަރާލަން މިދަނީ.. މިރޭ 8 ގަ ބަލާ ދާނަން.. ރެޑީވެ ހުންނައްޗޭ އިނގޭ.. ލަވް ޔޫ..” ވަރަށް ލޯތްބާއެކު ޒައިން އެހެން ބުނެފައި ފޯނު ބޭއްވިއެވެ.

 

ޒައިން ފޯނު ބޭއްވިތަނާހެން ކޮޓަރިއަށް އައިސްވަނީ ޒާރާއެވެ. ދުވެލާފައި އައިސް ޒީޝާގެ ގައިގައި ބައްދާލިއެވެ. “ދޮންތީ..ބައްޕަ ދުރުވެއްޖެ..ބައްޕައާއެކު ކޮންމެވެސް އެހެން ބޭބެއެއް ވެސް އެބަހުރި އައިސް..އެހެންވެ އެކުއްޖާއަށް ފިލަން ޒާރާ މިއައީ..” ޒާރާގެ އެ ލޯބިލޯބި ވާހަކަތަކުން ޒީޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އެ ބޭބެ ކޮއްކޮ ކައެއް ނުލާނެ..ހިނގާބަލަ ދޮންތިއާއެކު ދާން ދޯ..” ޒާރާގެ އަތުގައި ހިފައިގެން ކޮޓަރިން ނިންކުނަމުން ޒީޝާ ބުނެލިއެވެ.

 

ޒާރާ ބުނީ ތެދެކެވެ.

 

 

Share Article

Follow Me Written By

Hannah

Level 110 Stories

Other Articles

Previous

އިންތިޒާރު ( 32 )

Next

ކަނޑުފެން (ބާރަވަނަ ބައި) KanduFen P-12

Next
November 19, 2015

ކަނޑުފެން (ބާރަވަނަ ބައި) KanduFen P-12

Previews
November 19, 2015

އިންތިޒާރު ( 32 )

10 Comments!

  1. Lai says:
    November 19, 2015 at 10:10 pm

    Haadha dhuvas kohlaafa thi upload kury. Thihen vaahaka nuliyunas ok vaane. Ekam vaahaka varah reethi. Hope you’ll upload the next part as soon as possible

  2. Crazi says:
    November 19, 2015 at 11:32 pm

    Ya lai thibunee ragalhu vahaka eh..vahaka upload kuraa lw vrh veh las..kiyaa leemah mi ehgunee kon story ehkan ves

  3. Ira says:
    November 19, 2015 at 11:36 pm

    At first I thought it was the first part…… but later got to know that it’s ninth….. story is nice 🙂 😉 but u are uploading the story after a long time more ever it’s short so it’s obvious readers will be disappointed:( Gd lck…. hope u will upload the story fast 😉

  4. xaaxaa says:
    November 20, 2015 at 12:03 am

    Dhen zee ge dad e boy aa zee aa merry kuruwaany dhww

  5. Anonymous says:
    November 20, 2015 at 6:48 am

    Minha. Dat name haadha reechey dhoa. Hannah konthaakun e name hoadhy??

  6. Ken? says:
    November 20, 2015 at 8:13 am

    Ehves rycheh noon.

  7. Liuuuuuu says:
    November 20, 2015 at 6:13 pm

    Migothah waahaka genes dhinyma neynge kurin bai thakuga v keehkameh ….mihaa lahun genes dhenyaa ebunaahen rangalhuwaany waahaka nuhenesdhinun…kurin e genes shin almaas waahaka nimunytha?noony e Wes v nu v eh neyngi laswanytha????haadha foohsey mihen waahaka kiyah.

  8. Lai says:
    November 20, 2015 at 6:32 pm

    Yes liu.. gina faharu reethi hen hyvaa vaahaka thah lahun upload kurany.. lai ves mi part ky kureege part thah kiyaafa..hannah dhen ehen nuhadhaa vaahaka avahah up kohdhyba

  9. Xani says:
    November 20, 2015 at 10:04 pm

    Hmm ragalhu vaahaka eh aslu mivaahaka feshy iru v salhi v kiyaa hithun kiyamun dhanikh kulli akah huttaly….pis pis pis…nice mi part vex

  10. shaaaaanaaaaa says:
    November 21, 2015 at 12:59 pm

    story hama v salhi..ekam maa maa bodah ves lahy up kuraaleh..please avahah up kohdhyba,,,zee aa zeyn dhuru nukurahchey…shaana ah ves hyvany zee ge bappa gabool eh nuvaane hen zeyn akaa..

Comments are closed.


All Right Reserved!