ރޫހީއަށް ހޭލެވުނީ ގަޑި އެލާމްވާ އަޑަށެވެ. އަވަހަށް ތެދުވެ ގަޑި ބަލާލިއިރު ގަޑިން ހަތެއްޖަހަން ކައިރި ވަނީއެވެ. އަވަހަށް ތެޅެމުން ފޮޅެމުން ފާހާނައަށް ވަދެ ފެންވަރައިގެން ނިކުތްއިރު ޝާޝާ ރޫހީ ސައިބޯން ބަލާ އައިސް ހުއްޓެވެ. ޝާޝާއަކީ އެގޭ މަސައްކަތް ކުރަން ގެންގުޅޭ ނޭޕާލް އަންހެނެކެވެ. ” ރޫހީ އަވަސް ކުރަނީ.. ރޫހީ އަންނަންދެން ބޮސް ވެއިޓް ކޮށްގެން އިންނަނީ” ޝާޝާ މިހެން ބުނުމުން ރޫހީ އަވަސް އަރުވާލަފައި ރެޑީވެގެން ތިރިއަށް ފޭބިއިރު ރޫހީގެ އިންތިޒާރުގައި ރޫހީގެ […]
hey guys.. jxt wanna tell tht 8 vana part nukiyaa kudhin viyya plx frst read tht part n dhn read this.. ryn up kurin e part bt dnt knw why esfiya akah nufene.. 8 vana prt ky kudhin cn cntinue.. -thnks- n enjoy ހިތުގަ މިވާ ސޫރަ ތެދޭ: 8 ………………………………………………………………………………………………. ޑޮކްޓަރގެ ކޮޓަރިއަށް ދިޔައިރު އެތާ އެތެރޭ […]
” ނަތީޤް” ނަތީޤް މައުސޫމު ރާގަކަށް ނަން ބުނެލުމަށް ފަހު ދުއްވައިގަތީ ފާރިލް އައިސްކްރީމް ހިފައިގެން އަންނަ ތަން ފެނުމުންނެވެ. ފާރިލް ކައިރިއަށް ނަތީޤް ދިޔަތަންފެނުމުން ނަކީލް ގެ ހިތުގަިއ އެތަށް ސުވާލެއް އުފެދުވެ. ނަތީޤް އެއީ ނަކީލް އަށް އެންމެ ރީތިވި ނަމެވެ. ހިތުގައި ނަތީޤް އާއި މެދު އެތަކެއް ޝައްކުތަކެއް އުފެދުނެވެ. ފާރިލް އާއި މިކުއްޖާއާއި އޮތީ ކޮން ގުޅުމެއްތޯ ބަލަންވެސް ބޭނުންވިއެވެ. މިކުއްޖާއާއި ނަކީލް އާއި ކޮންމެވެސް ގުޅުމެއް ވެޔޭ ހިތް ބުނާކަހަލައެވެ. […]
” އަހަރެން އެއްވެސް ކަމެއް ހަނދާނެއްނުވޭ..އަކްޝަމް ޕްލީޒް އަހަރެން ލަދުގަނޭ.. މީހުން އެބަ ބަލައޭ” ހީން ދެކޮޅު ބަލާލަމުން ބުންޏެވެ. ” އަހަރެންގެ ފަރުވާކެއް ނެތް ” އަކްޝަމް މިހެން ބުނެ މަރުކަޒާ ހަމައަށް ދެވެންދެންވެސް ދުއްވީ އެގޮތަށެވެ. ހީން ކައިރިއަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. ނަމަވެސް އެކަން އަކްޝަމްއަށް ނުދައްކާވޭތޯ ބެލިއެވެ. މަރުކަޒު ކަރިއަށް މަޑުކޮށްލުމާއެކު ހީން އަވަހަށް ފައިބާގެން ދާން ހިނގައިގަތެވެ. އެވަގުތު އަކްޝަމް ކުއްލިއަކަށް ހީންގެ އަތުގައި ހިފާ ކައިރިއަށް ގެނައެވެ. އަދި […]
“އަވަހެއް ނޫން، މާ ލަސްވެސް ވެއްޖެ… އަހަރެން ކިތަންމެ ދުވަހަކު މާއިޒް ކައިރީ ތި ވާހަކަ ދައްކަން ހިތަށް އަރާ، ޕާސްޓް ދޫކޮށްލާށޭ… އެހެން ނޫނީ މާއިޒް ލައިފް އާއިގެން ކުރިޔަށް ދާނީ ކިހިނެއް؟” ފިރާޒް ބުންޏެވެ. “އަހަންނަށް ފުރަތަމަ އޭނަ ފެނުނީމަވެސް… އެކަމަކު އެކަމާ އޭރު ފާޑަކަށް ރުޅި އާދެވުނީ، އެހާ އަވަހަށް އެކަހަލަ އެއްޗެއް ހިތަށް އަރުވާކަށްވެސް ބޭނުމެއް ނުވި. އެކަމަކު…” މާއިޒް އެ ވާހަކަތަށް ފިރާޒްއަށް ކިޔާދޭން މަސައްކަތް ކުރިއެވެ. “އަވަހެއް ނޫނޭ […]
ދިރި ދުނިޔޭގައި އެބަ ހުރިކަމެއް، ނޫނީ ނުބައި މީހުންތަކެއްގެ ޝިކާރައަކަށް ވީކަމެއް އެއްވެސް ގޮތަކަށް ނޭނގެ އެވެ. ނަމަވެސް ދެންމެ އެފެނުނު ހުވަފެނަކީ ހަމަގައިމުވެސް ކޮންމެވެސް ނުބައެއް އުޅޭ ކަމުގެ ސިގްނަލެއްކަން ދާނިޔާއަށް ވިސްނެން ފެށީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. ………………………………………… އެޕާޓްމަންޓް ތެރެއަށް މިކްޔާލްގެ ފޮށިތައް ލުމުގެ މަސައްކަތުގައި ސުޖާޢު، މިކްޔާލާއެކު ފޮނުވި ދެތިން މީހުން އުޅެ އެވެ. އޭރު މިކްޔާލް އޭނާގެ ކޮޓަރީ ބެލްކަނީގެ ރެއިލިންގައި ހިފަހައްޓައިގެން ހުއްޓެވެ. ދުރުދުރުން ފެންނަ […]
އޭނަގެ ފަރާތުން މި ޚަބަރު މިޞްބާޙަށް ލިބުނުކަން އަމީނަށް އެނގިއްޖެނަމަ އަމީން އޭނަގެ ބިރު ޙަޤީޤަތަކަށް ހަދާފާނެކަމުގެ ބިރުހީވިއެވެ. އެހެންކަމުން ޔޫނުސް އަވަހަށް ސައިކަލު ސްޓާޓްކޮށްލަމުން ސައިކަލު ދުއްވާލިއެވެ. މިޞްބާޙަށް ކަންބޮޑުވުމެއްގައި ސައިކަލު ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ. ** އެތައް ދުއްވުމަކަށްފަހު ޔޫނުސް އެރޭވެސް ގެއަށް އައީ މާޔޫސްވެފައިވާ މޫނަކާއެކީގައެވެ. އޭނަ ގެއަށްވަދެ ސިޓިންގް ރޫމުގެ ބޮކި ދިއްލާލަމުން ގޮސް ސޯފާއަށް ވެއްޓިގަނެ ދެއަތުން މޫނު ފޮރުވާލިއެވެ. މަރާލި ލޮލުގެ ދޭތެރެއިން ނަޞްރާގެ […]
“ކޮން ކަމަކާ ތި ހާސްވަނީ ހިނގާ ނިދަންދާން…. އޭނަ އެބައޮތް ނިދާފަ… ރާއިފްމެން ކޮންމެ ކަހަލަ ވާހަކައެއްވެސް ދައްކަފާނެ….” މަޒީންގެ ކޮނޑަށް އަތް ވައްޓާލައިގެން ދެމީހުން އެކީގައި ޓެންޓުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ. މަޒީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ވިޝާލް ގުޑްނައިޓް ކިޔާ ފޯނުބޭއްވުމުން ތޫބާގެ ފޯނުގެ ޑިސްޕްލޭ ޒީކް ނިއްވާލިއެވެ. ގަދަޔަށް ނިދާފައިވާ ތޫބާއާ ދިމާލަށް ޒީކް އެނބުރިލީ ނުލަފާ ހިނިތުން ވުމަކާއި އެކީގައެވެ. އޭރު ތޫބާ އޮތީ ގަދަޔަށް ނިދާފައެވެ. ތޫބާގެ އަޑުން ވިޝާލްގެ […]
ދާނިޔާ ގައިގައި ލައްކޮށްލައިގެން ހުރި ސުޖާޢު ގާތު ތިބި އިތުރު ފަސްވަރަކަށް މީހުން ދާނިޔާ ހިފަހައްޓަން އުޅުނު ދެމީހުންނާ ޑްރައިވަރު ހުއްޓުވި އެވެ. ސުޖާޢުއަށް އެތަނުގައި ތިބި ދެމީހުން ފެނިފައި ހީވީ އޭނާގެ ދެފައި ބިމުގައި ތަތްލެވި ހެންނެވެ. “ކަލޭމެންތަ؟؟؟” ދުވަހަކު މިހާ ބާރަށް ވާހަކަ ނުދައްކަވާ ސުޖާޢުގެ އަޑު ހޮނު ގުގުރިއެއްގެ ސިފައިގައި ބޭރުވި ވަގުތު ގާތުގައި ހުރި ކައިލްވެސް ދިޔައީ ތެޅިގަނެގެންނެވެ. ވާނުވާ ނޭނގިހުރެ ކައިލާއި، ސުޖާޢުގެ ފަސް މުއައްޒަފުންވެސް ތިބީ އެއްފަހަރު ސުޖާޢުއަށް، […]