ހިތުގަ މިވާ ސޫރަ ތެދޭ!! 10
ކުއްލިއަކަށް ޝަހުނާ އިސްއުފުލާލާ ބުނި އެއްޗަކުން ނިއުޝާ ދެލޯ ބޮޑުވިއެވެ. ކީކޭ އޭ ބުނީ ޔަޤީން ކުރަން ދަތި ގޮތަކަށެވެ. ދެލޮލުން ފެން އަންނަން ފެށީ އިހްތިޔާރަކާނުލައެވެ. “ޔެސް ނިއު ޔެސް ޔޫ އާރ ޕްރެގް..” ޝަހުނާ މޫނުމަތީ ހުރި ހާސްކަން ފިލުވާލަމުން ނިއުޝާ ގައިގާ ގޮސް ބައްދާލިއެވެ. “ދެން….އޭރު.. ދެން އޭރު ކީ..ކީއްވެ ހާސް ވެފަހެން ހީވީ… އަ..އަސްލުތަ؟” ނިއުޝާ އަށް ގަބޫލުކުރަން އުނދަގޫވިއެވެ. ފުރަތަމަ ޝަހުނާ ހުރިގޮތް ފެނި އޭނާއަށް ގަބޫލު ކުރަން އުނދަގޫ ވީއެވެ. “ދެން ހަމަ މަޖާ ވެސް ނުކޮށްލެވޭނެތަ. އައި ވޯސް ޖަސް ޖޯކިންގް… އޯ ގޯޑް ނިއު ޔޫއާރ ސޯ ޑަމް.. ޔޫ އާރ ޕްރެގް އޭ… އައި އެމް ސޯ ހެޕީ” ޝަހުނާ މަޑުމަޑުން ވާހަކަ ދައްކަމުންގޮސް ފަހު ޖުމްލަ ބުނެލީ ފުންމާލަމުންނެވެ. ނިއުޝާ ކަރުނަތަށް ފޮހެލުމަށްފަހު ހިނިތުން ވެލިއެވެ. “ޝަހޫ! އައި އެމް ޕްރެގް.. އެވެސް،… އެވެސް ޝަން ގެ ބޭބީ އަކަށް… އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ..” ނިއުޝާ އަށް އަނެއްކާވެސް ރޮވެން ފެށުނެވެ.. ޝަހުނާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަނެއްކާވެސް ނިއުޝާ ގައިގާ ބައްދާލިއެވެ. އެ ހަބަރުން ހިނދުކޮޅަކަށް ވިޔަސް ޝަހުނާގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލިއެވެ. ނިއުޝާއަށް މާގިނައިރު މިހެން ނީނދެވޭނެކަމަށް ބުނީ އެގަޑީގައި އިތުރު ޕޭޝެންޓުންވެސް ތިބީތީއެވެ.
ނިއުޝާ އެވާހަކަ ޖައުޝަން ކައިރީ ބުނާނެ ގޮތަކާއި މެދު ވިސްނަންފެށިއެވެ އެހެނީ އެއީ ވަރަށް ބޮޑު އަދި އުފާވެރި ހަބަރެކެވެ. ގެއަށް ދިޔައިރު ސަކީލާ ނިއުޝާގެ އިންތިޒާރުގައި އިނެވެ. “ދަރިފުޅާ! ކީކޭ ބުނީ؟ ހުރިހާކަމެއްވެސް ރަނގަޅުތަ؟.. ކޮބާ ޖައު؟” ނިއުޝާ ފެނުމާއި އެކު ސަކީލާ ފުއްމައިގެން ކަހަލަ ގޮތަކަށް ނިއުޝާ ކައިރިއަށް އައެވެ. އެއަށްފަހު ދޮރާ ދިމާ ބަލައިލީ ޖައުޝަންވެސް އައި ކަމަށެވެ.”އޮފީހަށް ދިޔައީ.. މުހިންމު ކަމެއް ޖެހިގެން.” ނިއުޝާ ހިނިތުން ވެލުމަށް ފަހު ލިފްޓަށް އަރަން ދިޔައީ ވަރަށް ބާރަށް ހިނގާފައެވެ. އިތުރު ސުވާލުތަކަކާއި ކުރިމަތި ލާން ޖެހިދާނެތީއެވެ. ނިއުޝާ ބޭނުންވީ ސަކީލާއަށްވެސް އެކަން ފޮރުވާށެވެ. އެންމެ ފުރަތަމަ އެ ހަބަރު ލޯބިވާ ފިރިމީހާއަށް ދޭށެވެ.. ނިއުޝާ ގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އަނެއްކާވެސް ސަކީލާ ސުވާލު ތަކުރާރު ކޮށްލުމުންނެވެ. “މަންމާ..! އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅޭ ބުނީ” ނިއުޝާ އަނެއްކާވެސް ހީލުމަށްފަހު ގޮސް ލިފްޓަށް އެރިއެވެ. އެއާއި އެކު ސަކީލާ ވެސް ކޮޓަރިއަށް ވަންނަން ދިޔައެވެ. އޭނާއަށްވެސް ކޮންމެސް ކަމެއް ރޭކާލީކަންނޭނގެއެވެ. އެހެންނޫންނަމަ އެ މޫނުމަތިން އުފާވެރިކަމެއް ނުފެންނާނެއެވެ. މާމައަކަށް ވާން އުޅޭ ހަބަރަކީ އާދައިގެ ކުޑަ ހަބަރެއް ނޫނެވެ. އެހެން ކަމުން އޭނާވެސް އުފާ ކުރާނެތާއެވެ.
ނިއުޝާ އައި ގޮތަށް އައިސް އެނދުމަތީ އޮށޯވެލީ ޖައުޝަން އަންނާނެ އިރެއްގެ އިންތިޒާރު ކުރުމަށެވެ. އޭނާއަށް ކެތް ނުކުރެވެނީއެވެ. ޖައުޝަން އުފާވާނެވަރު ބަލާލަން ބޭނުންވީއެވެ. ޖައުޝަން ނިއުޝާއަށް ގުޅާ ވީގޮތް އޮޅުން އެހުމުންވެސް ނުބުނިއެވެ. އެންމެފަހުން ނިއުޝާ ބުނި ބުނުމަށް ގެއަށް އައިސް އެވާހަކަ ދައްކަން މަޑުކުރީއެވެ. އެއީ ފޯނުގައި ހުރެގެން ދެވޭ ވަރުގެ އާދައިގެ ހަބަރެއް ނޫނެވެ. ނިއުޝާ ބަނޑުބޮޑު ކަން އިނގުމުން ޖައުޝަން ގެ މޫނަށް ވާގޮތް ބަލާލަން އޭނާ ނުހަނު ބޭނުންވެއެވެ. ވެފައި ހުރި ވަރުބަލީގެ ސަބަބުން ނިއުޝާގެ ލޮލަށް ބަރުވެގެން ދިޔައެވެ. ނިދި އަންނަ ގޮތް ވިއެވެ. ނަމަވެސް އޭނާ ނިދާކަށް ބޭނުމެއް ނުވިއެވެ. ދެލޯ ގަދަކަމުން ހުޅުވައިގެން އިނީ ނިދި ދާނެތީއެވެ. ޖައުޝަން އަންނަން މިހާރު މާގިނަ ވަގުތެއްވެސް ނެތެވެ. އެހެންކަމުން އެނދުގައި ތެދުވެ ބުރަކަށި ޖައްސާލައިގެން ހެޑްބޯޑް މަތީ ބޯ އަޅައިލައިގެން އޮތެވެ. ދެވަނަ ސިކުންތުގައި ބޯ ނެގީ އަނެއްކާވެސް ނިދި ދާނޭ ހިތާއެވެ. އިށީނދެ އިން ބުދެއްހެން ނިއުޝާ އިނެވެ. ނަމަވެސް އެކަން ދެމިގެން ދިޔައީ އިރުކޮޅަކަށެވެ. ނިއުޝާ އަށް ނިދުނެވެ.
ގަޑިން 4:50 ވީ އިރު ޖައުޝަން ގެއަށް އައިސް ވަނީއެވެ. ވެފައި ހުރި ވަރުބަލިކަން އޭނާގެ މޫނަށް ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. މިއަދު މީ އޮފީހުގައި ވަރަށްވެސް ބުރަކޮށް އުޅުނު ދުވަހެކެވެ. އަޅައިގެން ހުރި ޓައި ލޫސް ކުރަމުން ލިފްޓާއި ދިމާލަށް ދިޔައެވެ. ޖައުޝަންމެންގެ ބަޔާއި ހަމައަށް ދެވުމާއި އެކު ލިފްޓް ހުޅުވުނެވެ. ޖައުޝަން އިސްތަށިގަނޑުގައި އަތް ހާކާލަމުން ގޮސް އެޕާރޓްމެންޓްގެ ދޮރު ހުޅުވާލިއެވެ. އެ ދެލޯ ހޯދަމުން ދިޔަ ވެރިޔާ ފެންނަން ނެތުމުން ވާނީ ކޮޓަރީގަ ކަން އިނގުނެވެ. ކުޑަ ހިނިތުން ވުމަކާއި އެކު ޖައުޝަން ގޮސް ކޮޓަރިއަށް ވަނެވެ. ހިނގުމަށް ހުއްޓުމެއް ގެނުވީ ކުރިމަތީ ހުރި އެނދުގައި ނިއުޝާ ނިދާފަ އިންތަން ފެނިފައެވެ. އެ މޫނުމަތިން މާޔޫސްކަން ފާޅުވެއެވެ. ނިއުޝާ ޖައުޝަން އަންނަން ދެން އިނީކަން އޭނައަށް އިނގުމާއި އެކު އަވަސް ފިޔަވަޅު ތަކުގައި ގޮސް ނިއުޝާ އާއި ވީފަރާތުގައި މަޑުކޮށްލިއެވެ. އަދި ނިއުޝާއަށް ގޮވުމަށްޓަކައި ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. ނަމަވެސް ނިއުޝާ އަކަށް ނުހޭލެވުނެވެ. ޖައުޝަން އެންމެ ފަހުން ނިއުޝާ އެނދުމަތީ ބާއްވާލާ ރަޖާ ގަނޑު އަޅައިދިނެވެ. އެއަށްފަހު ފެންވަރަން ދިޔައެވެ.
ފެންވަރައިގެން ނިކުމެ ރީތި ވި އިރުވެސް ނިއުޝާއެއް ނުތެދުވެއެވެ. ނިއުޝާއަށް އުނދަގޫ ވެދާނެތީ ވަރަށް މަޑު މަޑުން ޖައުޝަން ކޮޓަރިން ނިކުތެވެ. އަދި ސަކީލާ މެން އުޅޭ ބުރިއަށް ދާން ހިނގައިގަތެވެ. “މަންމާ!” ސޯފާގައި ޓީވީ ބަލަން އިށީނދެ އިން ސަކީލާ ފެނި ޖައުޝަން ގޮވާލިއެވެ. ސަކީލާ ޖައުޝަން އާއި ދިމާ ބަލާލަމުން ޓީވީ އަޑުމަޑުކޮށްލިއެވެ. “ކީކޭ ދަރިފުޅާ؟” “މަންމާ! އާދެބަ ކާން ހަދައިލަދޭން. ނިއުއަށް ވެސް އޮތީ ނިދިފަ.. އެހެންވެ އަޅާ ނުލީ.” ބަދިގެއާއި ދިމާލަށް ދަމުން ޖައުޝަން އެހެން ބުނެލިއެވެ. ސަކީލާ އަވަސް ވެގަތީ ކާން ހަދައިދޭށެވެ. “ނިއުޝާ ބުނިތަ އެއްވެސް އެއްޗެއް؟” ސަކީލާ ބޭނުންވީ ޖައުޝަންއަށް އެކަން އިނގޭތޯއެވެ. އޭނާވެސް ހިތުގައި ވާ އުއްމީދު ޔަގީންކޮށްލަން ބޭނުންވާލެއް އަވަސް ވީމައެވެ. “މަންމާ!އަހަރެން އާއިރު ނިދިފައޭ އޮތީ. އަދި ނުތެދުވޭ.. އެކަމު ކުރިން ބުނި ގެއަށް އައީމައޭ ބުނާނީ.. އާއިރު ނިދާ މަރުވެފަ.. ހެހެހެހެ” ޖައުޝަން ހޭންފެށިއެވެ. ނަމަވެސް ސަކީލާ ހުރީ އެކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ނިއުޝާ އާއި ދޭތެރޭ ވިސްނާލާށެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލަނީއެވެ. މާމައަކަށް ވާނެ ހަބަރު ދޭނީ ކޮން އިރަކުން ބާއޭ އޭނަ ހިތަށް އެރިއެވެ. ނިއުޝާ ހަމަ ބަނޑުބޮޑުހެއްޔެވެ؟ ނޫނީ އެހެން ކަމެއް ހެއްޔެވެ؟ ސަކީލާ ވިސްނުމެއްގައި ހުއްޓާ ސިއްސައިގެން ދިޔައީ ޖައުޝަން ކައި ނިމިގެން ތެދުވަން ގޮނޑި ފަހަތަށް ޖައްސާލި އަޑަށެވެ. ޖައުޝަން އަތް ދޮވެލައިގެން ދާން ނިކުތުމުން ސަކީލާވެސް އަވަސް އަވަހަށް ތަށިތައް ދޮވެލާ ސިޓިންގް ރޫމްއަށް ދިޔައީ ޓީވީއިން އަންނަ ސީރީސްބަލާށެވެ.
ޖައުޝަން ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. އަދި ނިއުޝާއާއި ވީ ފަޅިއަށް ޖެހިލިއެވެ. އަދި މަޑުމަޑުން މޫނުމަތީ އަތް ހަރަކާތްކޮށްލިއެވެ. އެވަގުތު ނިއުޝާ ދެލޯ ހުޅުވާލިއެވެ. ދާދި ގާތުގައި ޖައުޝަން އޮތް ތަން ފެނި ހަޅޭލަވައިގަނެ ދެލޯ މަރާ ތެދުވިއެވެ. “ލަވް.. ކާމް ޑައުން.. އަހަންނޭ.. އޭތް މީ އަހަންނޭ” ނިއުޝާ މޫނުމަތީ އަތް އަޅައިގެން އިންތަން ފެނި އަތް ނައްޓުވާލަމުން ޖައުޝަން ބުނެލިއެވެ. “ދެންންން.. ހާދަ ގޯހޭ.. ކިރިޔާ ބިރުން މަރު…..” “ޝްޝްޝް..ދެން ނުބުނަންޗޭ އެހެން” ނިއުޝާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޖައުޝަން ނިއުޝާގެ ވާހަކަ މެދު ކަނޑާލިއެވެ. ނިއުޝާއަށް ކުއްލިއަކަށް އެއްޗެއް ހަނދާންވިއެވެ. ހިނިތުން ވެވުނީ ބޭއިހްތިޔާރުގައެވެ. ޖައުޝަން ނިއުޝާގެ ކޮލުގައި ހިފާލާ ކިހިނެއްވީތޯ ސުވާލުކުރިއެވެ. ނިއުޝާ މަޑުކޮށްލާށޭ ބުނުމަށްފަހު ފާހަނައަށް ވަދެ މޫނު ދޮވެލާ ތާޒާ ވެލިއެވެ. އެއަށްފަހު ނިކުމެގެން އާއިރު ޖައުޝަން އަށް އެވާހަކަ ބުނާނެ ގޮތަކާއި މެދު ވިސްނަން ފެށިއެވެ. ޖައުޝަން ކައިރީ ގޮސް އިށީނުމުން ޖައުޝަން ނިއުޝާއާއި ކައިރި ވެލިއެވެ. “ދެން ބުނެބަ؟” ޖައުޝަން ހުރީ ކެތްމަދުވެފައިކަން ނިއުޝާއަށް ނަގައިގަނެވުނެވެ. “ޝަން.! ދެން އަހަރެމެން ދެމީހުން މިގޮތަށް އެކަނިއެއް ނޫޅެވޭނެ…. !” ނިއުޝާާ އެހެން ބުނެލީ ހިނިގަނޑު އޮއްބާލަމުންނެވެ. ތުންފަތުގައި ދަތްއަޅާލީ ހެވިދާނެތީއެވެ. ޖައުޝަން ދެލޯ ބޮޑުވިއެވެ. “ކީކޭ؟ ކީއްވޭ؟” ޖައުޝަން ނިއުޝާގެ މޫނު ޖައުޝަން އާއި ކައިރި ކުރަމުން އަހާލިއެވެ. “މިބުނީނު ނޫޅެވޭނޭ!” ނިއުޝާ އެހެން ބުނެލަމުން ޖައުޝަން ގެއަތް ނިއުޝާގެ މޫނުމަތިން ނެގުވިއެވެ. އަދި އަނެއްފަރާތަށް އެނބުރިލިއެވެ. އެއަށްފަހު ޖައުޝަންއަށް ނުފެންނަ ގޮތަށް އެއްލޯމަރާލަމުން ދުލުގައި ދަތްއަޅާލިއެވެ. “ޝާ!! ކިހިނެއްވީތަ؟ ދެން ބުނެބަ؟” ޖައުޝަން ކަންބޮޑުވެއްޖެކަން ނިއުޝާއަށް ނަގައިގަނެވުނެވެ. އެހެން ކަމުން ޖައުޝަން އާއި ދިމާއަށް އެނބުރިލިއެވެ. އެ މޫނުމަތިން ސީރިއަސް ކަން ދައްކަމުންނެވެ. ޖައުޝަން ހިތް ނުތަވަސް ވާން ފެށިއެވެ.
“އެއީ….. ދެން އަހަރެމެންގެ ބޭބީ އައީމަ ދެން އެކަނި އެއް ނޫޅެވޭނެ އެއްނު.. ދެމީހުން ކައިރި ބޭބީވެސް އިންނާނެ ނު… ދެން ކިޔާނީ އަހަރެމެން ދެމީހުންނެއް ނޫނެއްނު ތިން މީހުންނެއްނު. ދޯ” ނިއުޝާ އެހެން ބުނެލީ ވަރަށް ޅަގޮތަކަށެވެ. އެއަށް ފަހު ހޭން ފެށި ޖައުޝަން އަށް ވެފައި ހުރިގޮތް ފެނިފައެވެ. ޖައުޝަން ދެލޯ ބޮޑުކޮށްލައިގެން ނިއުޝާއާއި ދިމާލަށް ބަލަން އިނީ ގަބޫލުކުރަން ދަތި ގޮތަކަށެވެ. ހުއްޓުންއަރާފައެވެ. “ކީކޭ؟” ޖައުޝަންއަށް ސުވާލުވެސް ކުރެވުނީ ވަރަށް އުނދަގުލުންނެވެ. “އައި އެމް ޕްރެގް ޝަން.” ނިއުޝާ ޖައުޝަންގައިގާ ބައްދާލަމުން ބުނެލިއެވެ. ޖައުޝަން އަލްހަމުލިއްލާހި އޭ ބުނެލާ ނިއުޝާ ގައިގާ ބައްދާލީ ވަރަށްވެސް ބާރަށެވެ. “ޝާ.. އައި އެމް ސޯ ހެޕީ..” ޖައުޝަން އިންގޮތަށް އިނދެ ބުނެލިއެވެ. “އެކަމު ރުޅި.. ދެން އެހެން ހާސް ކުރަން ޖެހޭތަ.. ވަރަށް ބިރުގަތް” ޖައުޝަން އެހެން ބުނެލީ ވަރަށް ޅަވެލާފައެވެ. ނިއުޝާ ހޭންފެށިއެވެ.
“ދެން ނިއު ގެ ބޮޑު ބޮޑު ބަނޑެއެއްލާފަ. ކޮލެއްލާފަ ފަލަވާނެ ދޯ.. އޭރުން ވަރަށް ކިޔުޓް ވާނެ ދޯ” ޖައުޝަން ނިއުޝާގެ އިސްތަށިގަނޑާ ކުޅެލަމުން ބުނެލިއެވެ. “ދެންންން..” ނިއުޝާ ލަދުގަތެވެ. އެ ރީތި އޮމާން މޫނުމަތި ރަތް ވިއެވެ. ޖައުޝަން ހޭންފެށުމުން ނިއުޝާ ޖައުޝަންގެ މޭމަތީ ޖަހާލިއެވެ. ދެމީހުންވެސް ރޭވީ މަންމައާއި ބައްޕަ ގާތު އެވާހަކަ ބުނަން މިރޭ ކާން އެ ބަޔަށް ދާށެވެ.
“އެކަމު އަހަރެން ވަރަށް ލަދުގަނޭ..! ޝަން އިނގޭ ބުނާނީ..” ނިއުޝާ އެހެން ބުނެލުމުން ޖައުޝަން ނިއުޝާ އިތުރަށް ކައިރިކޮށްލިއެވެ. “އެކަމު ޝާ އެއްނު ބޮޑު ބަނޑެއްވެސް ހިފައިގެން އުޅޭނީ… އެހެންވީމަ.. ” ޖައުޝަން އެހެން ބުނެލުމުން ނިއުޝާ ތުން ދަމާލިއެވެ. “މަމީ އަކަށް ވާން އުޅޭއިރުވެސް ބޭބީކަން ނުފިލާން ދޯ.. ބޭބީއަށް ވުރެ ޝާ ޅަވާނެ.. ” ޖައުޝަން އެހެން ބުނެލަމުން ހޭންފެށިއެވެ.
ކާގަޑި ޖެހުމުން ދެމީހުންވެސް އެ ބަޔަށް ދާން ހިނގައިގަތެވެ. ނިއުޝާ ހުރީ ޖައުޝަންގެ ފަހަތުގައެވެ. އިސް ޖަހާލައިގެން ޖައުޝަންގެ އަތުގައި ހިފަހައްޓައިލައިގެން ނިއުޝާ އަންނަތަން ސަކީލާއަށް ފެނުނެވެ. އެހެންކަމުން އޭނާއަށް ދެން އެވާން އުޅެނީ ކީއްކަން ނަގައިގަނެވުނެވެ. “އަނހާ! ތިއައީދޯ.. މަންމަ ދަރިފުޅުމެން މިތާ ކާވާހަކަ ބުނީމަ އަވަހަށް އެހެރީ ކައްކާފަ.. އާދޭ އިށީންނަށް.. އެބަ އަންނަން ބައްޕަ ގޮވައިގެން” ސަކީލާ ދަމުން ނިއުޝާއާއި ޖައުޝަން އަށް ގޮނޑި ދައްކާލިއެވެ. ދެމީހުން ވެސް ގޮނޑީގައި އިށީނދެލިއެވެ. ކައްކާފާ ހުރި ރަތްރިހާގެ ވަހުން ވަރަށް މީރުވާނެ ކަން ޔަގީނެވެ.
ފާރިޝް ހިނގާފައި އަންނަ އަޑަށް ނިއުޝާގެ ހިތްވެސް ތެޅެލިއެެވެ. ޖައުޝަންގެ އަތުގައި ހިފަހައްޓާލުމުން ޖައުޝަން އޭނާ އާއި ދިމާލަށް ބަލާލުމަށް ފަހު ލޯ މަރާލީ މާ ބޮޑަށް ބިރުނުގަންނާށޭ ބުނާފަދަ ގޮތަކަށެވެ. ފާރިޝް އައިސް ކާން އެރުމުން ޖައުޝަން އާއި ނިއުޝާވެސް ކާން ތަށްޓައް ބަތް އެޅިއެވެ. ސަކީލާ އަށް މަޑަކުން ނުހުރެވުނެވެ. އައި ގޮތަށް އައިސް އިށީނުމަށްފަހު ނިއުޝާއާއި ދިމާލަށް ބަލާލިއެވެ. “ދަރިފުޅާ! ކޮން ވާހަކައެއް ބުނަންތަ ތި އުޅެނީ ދެން މިހާރު ބައްޕަވެސް އެ އައީނު.. ޑޮކްޓަރ ބުނީތަ އެއްޗެކޭ” ސަކީލާ ހުރީ ކެތްމަދުވެފައިކަން ނާންގަން ވެގެން އަހާލީ ވަރަށް ވެސް މަޑުން އަދި ލަސްލަހުންނެވެ. ނިއުޝާ ލަމުން ދިޔަ ނޭވާވެސް ހުއްޓުނެވެ. ނިއުޝާ ޖައުޝަން އާއި ދިމާ ބަލައިލިއެވެ. ޖައުޝަން ވެސް ނިއުޝާއާއި ދިމާ ބަލައިލާ ހިނިތުންވެލިއެވެ.
“މަންމާ! ކައި ނިމިގެން ވާހަކަ ދައްކާލާނީ..” ޖައުޝަން އެހެން ބުނެލުމުން ނިއުޝާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. އެކަން ސަކީލާއަށް ފާހަގަވިއެވެ. އެންމެ ރަނގަޅޭ ބުނެ ސަކީލާވެސް ކާން ފެށިއެވެ. ކައި ނިމިގެން ނިއުޝާ ތަށި ހިފައިގެން ދޮންނަން ދިޔައެވެ. އެއާއި އެކު ޖައުޝަންވެސް އައެވެ. “ހަހަހަ.. ހާދަ މަޖައޭ ޝާއަށް ވީގޮތް” ނިއުޝާ ކައިރި ހުއްޓިލަމުން ޖައުޝަން އެހެން ބުނެލީ ވަރަށް ވެސް މަޑުންނެވެ. “ދެން ލަދުގަތަސް ތީ ބޮޑުވަރު” ދޫ ނެރެލަމުން އަތް ދޮވެ ނިންމާލާފައި ޖައުޝަން ދަމުން އެހެން ބުނެލިއެވެ. “ކޮން ވާހަކައެއް މާ ސިއްރު ސިއްރުން ތި ދައްކަނީ؟” ސަކީލާ އެހެން ބުނުމުން ޖައުޝަން ކުޑަކޮށް ރަކި ވިއެވެ. އެއަށްފަހު އެއްވެސް އެއްޗެކޭ ނޫނޭ ބުނެ ސިޓިންގް ރޫމްއަށް ދިޔައީ ފާރިޝްމެން އަންނާނެ އިރެއްގެ އިންތިޒާރު ކުރުމަށެވެ. އޭނާވެސް ކުޑަކޮށް ޖެހިލުން ވިއެވެ. ކައި ނިމިގެން ނިއުޝާވެސް ސަކީލާއަށް މޭޒުމަތިން އެއްޗެހި ނެގުމަށް އެހީވެދިނެވެ. އެއަށްފަހު އެންމެންވެސް ސިޓިންގް ރޫމްއަށް ދިޔައެވެ. ޖައުޝަން އިން ސޯފާކައިރީ ނިއުޝާ އިށީނދެލާ އިސް ޖަހާލިއެވެ. އަދި ދެއަތް ދެއަތާ މޮޑެން ފެށިއެވެ.
“ދެން ބުނެބަލަ؟” ސަކީލާއަށް މިފަހަރުވެސް މަޑަކުން ނުހުރެވުނެވެ. ފާރިޝްވެސް އިނީ ޖައުޝަން މެން އާއި ދިމާލަށް ބަލަހައްޓައިގެން އެމީހުންގެ ވާހަކައަށް އިންތިޒާރުކުރާށެވެ. ޖައުޝަން ހިންދިރުވާލިއެެވެ. ނިއުޝާ އިސް ޖަހާލިއެވެ. ނޭވާ ހިފަހައްޓާލާ ލޯ މަރާލިއެވެ. “މަންމާ! ބައްޕާ!” ޖައުޝަން ފުންނޭވައެއް ލިއެވެ. “ދުވަސް ކޮޅަކުން މިގެއަށް ބޭބީއެއް އަންނަން އެބައުޅޭ. މާމަ އާއި ކާފަ ކިޔާނެ ކުޑަ ކުއްޖެއް.” ބުނެވުނު އެއްޗަކާއި މެދު މޮޔަ ހީވިއެވެ. ނަމަވެސް ޖައުޝަންއަށް ވާހަކަ ދައްކާނެ ގޮތެއް ނޭޭނގުނެވެ. ބުނާނެ ގޮތެއްވެސް ނޭނގުނެވެ. ވަގުތު އައިސް ޖެހުމުން ލަދުވެތިކަން އިހްސާސް ވާން ފެށީއެވެ. ނިއުޝާއަށް ހެވެން އުޅުނެވެ. ނަމަވެސް ހިނިގަނޑު އޮށްބާލިއެވެ. ޝަން އެއީ މޮޔައެއް ހެއްޔެވެ؟ އެބުނީ ކީކޭ ހެއްޔެވެ؟ ނިއުޝާ ހިތާ ހިތުން ޖައުޝަންއަށް މަލާމަތް ކޮށްލިއެވެ އަދި ތިރީ ތުންފަތުގައި ދަތް އަޅާލައިގެން އިނީ ހެވިދާނެތީއެވެ. “ކީކޭ؟ ނިއުޝާ ބަނޑުބޮޑީތަ؟” ސަކީލާއަށް އެކަން ކުރިންވެސް އިނގެއެވެ. ނަމަވެސް އެހެން އަހާލީ ފާރިޝް އަށް އެ ބުނި އެއްޗެއް ނަގައި ގަންނަން އުނދަގޫވާނޭ ހިތާއެވެ. އަދި ޖައުޝަންއަށް ވެސް ފަސޭހައަކަށެވެ. ޖައުޝަން ބޯ ޖަހާލީ އާއެކޭ ބުނާފަދަ ގޮތަކަށެވެ. ސަކީލާ އުފަލުން އިށީނދެ އިން ތަނުން ކޮޅަށް ތެދުވިއެވެ. އަދި އައިސް ނިއުޝާ އާއި ޖައުޝަންގެ ބޮލުގައި ފިރުމާލިއެވެ. ޖައުޝަން އާއި ނިއުޝާ ތެދުވެލިއެވެ. އެއާއިއެކު ސަކީލާ އެ ދެމީހުންގައިގާ ބައްދާލާ ވަރަށް އުފާވެއްޖޭ ބުނެލިއެވެ. ފާރިޝްވެސް އައިސް ދެމީހުންގެ ބޮލުގައި ފިރުމާލިއެވެ..އަދި ވަރަށް އުފާވި ވާހަކަ ބުނުމާއި އެކު ކޮޓަރިއަށް ދާން ހިނގައިގަތެވެ. އޭނާއަށްވެސް ދަރިފުޅުގެ ލަދުވެތިކަން އިހްސާސްވެ އެވަގުތު އިތުރު އެއްޗެއް ބުނަން ފަސްޖެހުނީއެވެ. ނަމަވެސް ފާރިޝްވެސް އުފާވިއެވެ. “ގުޑްނައިޓް މަމް” ޖައުޝަން އެހެން ބުނެލުމަށްފަހު ނިއުޝާގެ އަތުގައި ހިފައިގެން ލިފްޓާއި ދިމާލަށް ހިނގައިގަތެވެ.
އެނދުމައްޗަށް ޖައުޝަން ވެއްޓިގަތެވެ. ހީވީ ވަރަށް ބޮޑު ކަމެއް ކޮށްގެން އައީހެންނެވެ. ނިއުޝާ އައިސް ޖައުޝަން ކައިރީ އިށީނދެލަމުން ހިނި ގަނޑެއް ޖަހާލިއެވެ. މަންމަމެން ކުރިމަތީ އުނދަގުލުން ނަމަވެސް ހިނިގަނޑު އޮށްބާލައިގެން އިނެއްކަމަކު ދެން ނުވާނެއެވެ. ލޮލުން ފެންވެސް އަންނަން ފެށިއެވެ. ބަނޑުގައި އަތްއަޅައިގެން އޮވެ ހެމުން ދިޔަ ނިއުޝާއާއި ދިމާލަށް ޖައުޝަން ބަލާލިއެވެ. “އޯ ގޯޑް. ޝަން.. ޔޫ އާރ ސޯ ޑަމް، ހަހަހަހަ” ނިއުޝާ މާނޭވާއި ލާން ފެށިއެވެ. ޖައުޝަން އެއްވެސް އެއްޗެއް ނުބުނެ ނިއުޝާއާއި ދިމާލަށް އަދިވެސް ބަލަން އޮތީއެވެ. “މަންމާ! ބައްޕާ! ދުވަސް ކޮޅަކުން މިގެއަށް ބޭބީއެއް އަންނަން އެބައުޅޭ.. ހަހަހަހަ…މާމަ އާއި ކާފަ ކިޔާނެ ކުޑަ ކުއްޖެއް… ހަހަހަހ އޯގޯޑް.. އަހަރެން ހީކުރީ ޝަން ވަރަށް ގަޓްގަ ބުނާނެ ކަމަށް. ނިއު ލަދުން އުޅުނީމަ ވަރަށް ރަކި ކޮށްލީމެއްނު.. ނައު ސީ ވަޓް ޔޫ ޑިޑް.. ހަހަހަ” ނިއުޝާ ހެމުން ހެމުން ވާހަކަ ދެއްކިއިރު ޖައުޝަން އޮތީ އެ ރީތި މޫނަށް ނަޒަރު ހުއްޓައިލައިގެންނެވެ. އެއްވެސް އެއްޗެއްނުބުނި ކަމުގައި ވިޔަސް އޭނާވެސް އަމިއްލަ ނަފްސާއި ދިމާލަށް ހާދަ މޮޔައޭ ބުނެލިއެވެ.
-ނުނިމޭ (:-
60 Comments!
Comments are closed.
hey guyss.. here is the nxt prt.. hope u all wil lyk it.. thnks fr readin.. enjoy 🙂 n gd nyt swyt drms to all 😉 luv ya all
Varaaaaaaah rythi nd v majaa hahaha hyhy halaak..
HAPPY BIRTHDAY MY DEAREST BFF…. 😉 😉 🙂 🙂 🙂 🙂 🙂
awww thnks nukko.. n thnks fr wishin me.. luv u alt.. ummmwah.. n thnks fr reading enjoy 😉 🙂
hey ariel.. this part is so beautiful.. nd sam hama mirey 12 ga up kuraanamey bunyma bala bala meenee.. heeheehee.. nd this is my first comment to a story just cs i want say something…
Happy Birth Day Ariel.. Many Many Happy Returns Of The Day.. miss you a lot
awwwwwwww thnks sam… miss u mre. n thnks fr reading.. enjoy 😉
Nice
thnks 😉
Oh!! Just wow hama.
V bodahh bodahh improve vefa hurikan faahaga kohlan beynunvey.. v rythi mihaaru. Nethin mistakes hoadhaakah.. vvvv madu mistakes.
N plx do one more thing.
Comment baiga chat kurun dhookohlaa..
Vaahaka v rythi v professional mihaaru.
Hama egothah personally vx professional vaanjeheyne. 🙂
thnks kii.. 😉 in sha allah.. n once again thnks fr reading 😉 😉
N readers plx dnt over act. Mi ee story kiyaafa story ah comment kuraa than. Not for b’day wishing n stuffs. Its v show off assu. Meehun malaamaai kuraane.
B’day wish kuraan phone ah msg kohlaa noony meet kohlaa.. story ehge comment baiga my first comment for a story ey kiyaaha b’day wishes liyunyma v unprofessional.
For goodness sake plx change these kinda habits.
Thanx
This is not good…. Pls respect others feeling also and should think about your words before saying it…
kii plx do think abt others fylingx b4 u said anything. writer ge bff eyna ah wish kuran beynunvy special gothakah myge kurin nukuraa gothakah. so eyna choose kury migoiy. moreover ryyn ge bff ryyn ge ehves story akah or ehves part akah so far commnt eh kohfaeh neiy. bt as a his bff writer ah hope kureveyne eyna ge bestie eyna ge story ah cmmnt eh kuraane kamah. thrfre sam beynunvy eyna ge bff ah mi spcl day ga happiness eh dheyn. so eyna alah cmmnt eh kohly nd to make her happiness double cmmnt ga bday wish kury. n in my opinion its nt abt professional or unprofessional. its abt others, othrs happiness. howevr if u r reader u can read story wid out any difficulties since commnts r below of the story. also if u want to cmmnt dan u can simply cmmnt instead of reading othrs cmmnt. so plx ehn myhunge spcl days haraabu nukurun edhen. ryyn i knw dat u dnt like us to reply readers cmmnt bt i m sorry.
Dhw beybey. Emyhaku liyan vaa ehcheh ngeyny emyhakah
i dnt agree. bday wish kiran neynun vanya thr r several ways. mithaa mee comment kuran onna than. kurin ves v gina dhekevifa oiy vaahaka mee mi story ge author maa personal beykaaru vaahaka dhekkin. emmenneh balaeh nugannaane mi kahala kanthah. mi site ga eba ulhey v professional writers like jana nd many more. ekam hurihaa writers ehge therein faahanga bey abadhuves mi author maa attention seek kuran ulhey vahtharah vaahak dhaakkaathee. aslu v dhera hadi kameh aeee. eyge sababun vaahakaige image ves hadi vaa kameh!
story ix jxt awesome. i agree wid kii dat u have improved a lot so keep it up dear. nd i luv ur dhnnnnn 😉 wish u a very happy bday. May god bless u always dear.
hehe. dhnnn.. 😛 thanks for the wish j.. n thnks fr evrythin.. n thnks fr readin too.. enjoy.. 😉 😉
hey ryyn v salhi
hey lilly.. thnks.. 😉
Hei birthday girl.❤?.??.. Story is just hama booooootiful.. Wow i must say varah ulhuny mey mistakeeew girl ge mistake eh fenetho???.. But ??? Nufenuney.. Hehehw… This part is varah majaa inge and please next part avahah…???❤❤❤❤
hahahha vrh balaafaey liyuny huri baivaru mistakes bt ryn rangalhu kury lyk balhaalieve. hahahaha. 😛 mimmy hwdha faanethy avahah rangalhu kury mistakes thah.. n thnks fr the wish.. 😉 😉 enjoy n thnsk fr reading 😉
Jaushanmenge “buri”!! That was just too funny.. hahaha.. thanks ryn for making my day.. heeeheee halaaku nuvy kiriyaa. 😀 btw kithah aharutha mivy miadhu?
heheh oh gd ryn ah dhnme mi faahaga kurevny.. n im laughin lyk hell… oh gd.. sry fr tht.. heheh.. n 16 vy.. 😉 thnks fr reading.. enjoy 😉
V nice ☺ when next part?
thanks.. in sha allah 3 days fahun.. 😉
Very nice. N many happy returns of the day frm k d to l ah. Hehe. Hapy birthday to u hapy birthday to you. Gift fahun ngey;-):-*<3
hhaha thnks fr the wish K D.. L luvs u alt… L beynun ingey gift.. 😛 thnks fr readin.. enjoy.. miss u 😉
Hehe k d miss u too lyynu. N i miss u everyone. :-*:-) once again hbd l hehe
Yaaaa me kyve i kiyaa ehchehi thikiyany. Huh. Ammihla ah liyebala liyaa ehche. I k d n l liyunyma thi liyuny ehen. Huh. Dhen i kiyaa gothah nukuraathi.
Very nice
thnks 😉
jaushanmenge buri r dhimaalah dhiyaee eyyyyy?????!!!!! ahahhahaa
dhnnnnnnnnnn alhey.. ryn ah neyngign hedhunu mistake ekey. its jaushanmenge bayaa*.. n thnks fr readin.. enjoy
n nw its crrctd.. 😀
:-).. nice..;-)
thnks 😉
HAPPY BIRTH DAY DAY……………….
This story is awsome. I luv it. Thanks dear for such a beautiful story..
awww thnks fr the wish.. 😉 n thnks fr readin.. n its my pleasure.. 😉 enjoy 😉
hey ryn hey HG….story hama ehvana 😀 i luv it…ummwah ehvx dheynan story ah… 😛 ummmmwah!!!!! heeheeheee… nd happy b’day HG…haha all da bst..nd nxt prt kon irakun? 😉
hey shaby hey SG.. alheyyy ummmmwah o hehe.. if so stry faraathunvx ummmmmmmmwah.. heheh.. n thnks fr the wish… in sha allah 3 days fahun up kh dheynan.. 😉 thnks fr readin.. enjoy 😉
Happy ryn day ????
The story wuz awesome ❤
Eagerly waiting for the bext part ?
Best of luck and enjoy ur sweet 16 ?
awwww thnks sarah.. 🙂 thnku soooo much.. i owe ur kindnss.. hehehe.. n once again thnks fr readin n enjoy.. 😉 ur one of my fav redr.. 😉
Stry is beautiful 🙂 and mi sakeelaa yakah nuhureveetha ehen meehunge life aa interfere nukoh….. must be excited to know that gonna be a gran 🙁 🙂 😉 happy birthday 😉 🙂
heheheh dhw ira.. sakyla maa excitd v nu.. hehehe ehn vaane nu jau aky huri hamaekani child.. heheh.. n thnks fr the wish.. n thnks fr reading.. enjoy 😉
Happy B’day Ryyn.. story v reethi. mihaaru mistakes thahves madhu. Gud Luck Ryn. 🙂
awwwwww thnks luvy… 🙂 n thnks fr readin. enjoy.. 😉 miss u..
nice story
thanks 😉
hey ryn. v nyc story
hey.. thnks 😉 enjoy
hi ryn .. v v v v salhi mi bai vess .. no word to say .. n hama hevunu mi story kiyaafa .. gud luck .. AND WISH U VERY HAPPY BIRTHDAY RYN.. miss u alot .. love u <3 <3 <3
hi lai.. aslutha? 😮 hehehe.. thnks.. n thnks fr the wish.. luv u more and miss u alt.. 😉 n thnks fr readin.. enjoy 😉
??????????????????????????????
thnks fr reading 😉 enjoy
This is a reply to the person who sent mail from [email protected]. Im replying here as he/she requested to reply here.. esfiya ga register kuraa iru mobile number jehun is not a must. also mobile number jehiyas fennaanee hama ekani admin ah. ehen evves meehakah nufennaane. if you need more info call me on 7997991. Thank s 🙂
I dnt think my comments were rude.. I was just trying to help her. Readers might not know thats her bf or brother anyone. It doesn’t say that he wanted to wish her in a special way or anything.
As his gf want a successful career as an author then i am sure he do will convice her and encourage her to be on that. Instead of doing these kinda things, he can help her by proofreading and editing her stories. Literature is a good thing not anyone can become it. It has certain qualities thats what i am callling professionality.. Shakespeare, william wordworth look at their writings read through it. You will find professionality.
No harsh feelings for anyone i just wanted let you guyes know that here it says “comment” so everybody will read the comments in order to go through about others ideas for the episode n what they think will happen next.
It doesn’t says “start conversation” right?
So she is only 16 i was thinking that i can help her on this. Because not only her family, bf or friends can see this! This is a publoc site even foreigners can see that. What will happend if they start to think bad about our literature? I know as an author you won’t let this happen. Cox for it would be a great pleasure if somebody from abroad starts to read your literature.
Hope you will change these habits. N those your friends too.
Wish you all the best in your future
In Sha Allah one day you will realize my words and think of me after becoming a great literature.
Thanx 🙂
thnks in sha allah.. n once again thnku sooo muh… 😉
woww varah varah varah reethi mivaahaka. hehe heehee halaaku 😉 thanks for bringing such a nice story Ryyn… keep it up ? and Happy Belated Birthday, friend ☺?
hey.. thnks… n thnks fr the wish 😉 n its my plsure.. once again thankyou.. enjoy 😉
Nice
really nice story wow!!!!!!