Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 32 )

saarah Level 210 Stories100 Comments
November 19, 2015 11 Mins Read
36 Comments

އެންމެން ސިޓިންރޫމުގަ އުފާވެރި މާހައުލެއްގަ ވާހަކަ ދައްކަން ތިއްބާ ކުއްލިއަކަށް ދޮރުން ވަދެގެން އައި މީހަކު ފެނުމުން މާޔާގެ ތުންފަތްމތީގަވީ ހިނިތުންވުން ފިލައިދިޔައެވެ. އެ މީހަކާ ދިމާލަށް ބަލަން ހުރެލާފައި އިސްއޮބާލީ ކުރާނެ ކަމެއް ނޭގުމުންނެވެ.

އަތުގައި އޮތް ދަބަސް ކޮންނަމުން އެތެރެއަށް ވަދެގެން އައި މާއިޝާވެސް އިސްއުފުލާލި ވަގުތު ކުރިމަތީގަ ހުރި ގޮނޑީގަ އިށީދެލައިގެން އިން މާޔާ ފެނުމުން ފިޔަވަޅުތައް ގަނޑުވިއެވެ. ދަބަހުން ނެގި ފޯނުވެސް އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނީ ސިހުނު ވަރުންނެވެ. މާޔާ އިސްއޮބާލައިގެން އިންއިރު ފެންކަޅިވިއެވެ. ހަތަރު އަހަރު ކުރިން މާއިޝާ ދެއްކި ވާހަކަތައް އަދިވެސް ހިތުގައި ކަށިތަކެއްހެން ހެރެމުން ދެއެވެ. މާއިޝާއާ ކުރިމަތިލާނެ ހިތްވަރެއް އަދިވެސް މާޔާގެ ނެތީއެވެ. ކައިރީގަ އިށީދެލައިގެން އިން ނިހާންގެ އަތުގަ ހިފާލަމުން މަޑުމަޑުން ހިނގާށޭ ބުނެލިއެވެ. ނިހާން ބޯ ޖަހާލުމުން މާޔާ ކޮޅަށް ތެދުވެ މަންމަމެން ކައިރީ ދާންވެއްޖެއޭ ބުނެލިއެވެ. މަލީހާގެ ފަރާތުން ޖަވާބެއް ނުވެސް ލިބެނީސް މާޔާ ގޮސް އާކިން ނަގާ އުރާލައިގެން ދާން ހިނގައިގަތެވެ. މާއިޝާ އެހުރި ގޮތަށް އަދިވެސް މާޔާއަށް ބަލަން ހުރީ ހުއްޓުން އަރާފައެވެ. ” ދޮންތާ… ” މާޔާ މާއިޝާ ފަސްދީފަ ދަނިކޮށް މާއިޝާ ގޮވާލި އަޑަށް ހުއްޓިލެވުނީ ކަންފަތަށް އިވުނު އަޑު ގަބޫލުނުކުރެވިފަ ހުރި ހާލުގައެވެ. މާއިޝާ ވަނީ މާޔާއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައެވެ. ދެން މިއަދު ” ދޮންތަ ” އެ ނަމުން މާއިޝާ އޭނައަށް އެ މުހާތަބު ކުރީ ކީއްވެ ހެއްޔެވެ؟ މާޔާ އެނބުރި މާއިޝާއާ ދިމާލަށް ބަލާލިއެވެ. އޭރު މާއިޝާވެސް އެނބުރި ހުރީ މާޔާއާ ކުރިމަތިވާ ގޮތަށެވެ. މާއިޝާގެ ފެންކަޅިވެފައިވާ ދެލޮލުން އެތައްހާސް ބަސްތަކެއް ބުނަން ބޭނުންވާކަން އެނގެއެވެ. އެކަމަކު އެއިން އެންމެ ބަހެއްވެސް ދުލާ ހަމައަށް ނައިސް މާއިޝާ ހުރީއެވެ. މާޔާއަށް މާއިޝާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން މާޔާވެސް ބަލަން ހުރީ ހައިރާންވެފައެވެ.

މާއިޝާ ކުރިއަށް ފިޔަވަޅެއް އަޅާލަމުން އައިސް މާޔާގެ އަތުން އާކިން ނަގާ އުރާލީ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ” އެއީ މަންމަ ތަ؟ ” މާއިޝާ މާޔާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އާކިނާ މުހާތަބުކުރަމުން ސުވާލުކޮށްލިއެވެ. އާކިން ލޯބި ގޮތަކަށް ބޯ ޖަހާލީ އާއެކޭ ބުނާ ފަދައިންނެވެ. ” ދެން އެ ހުރީ ބައްޕަ؟ ” މާއިޝާ ނިހާނަށް އިޝާރަތް ކޮށްލަމުން އަނެއްކާވެސް އާކިނާ ސުވާލުކޮށްލިއެވެ. މިފަހަރުވެސް އާކިން ބޯ ޖަހާލިއެވެ. ” އޯންންން.. ” މާއިޝާ ފެންކަޅިވެފައި ހުރެ އާކިންގެ ކޯތާފަތުގައި ބޮސްދިނީ ނިކަން ލޯބިންނެވެ. ” ދޮންތި ” އާކިން މަޑުމަޑުން ކިޔާލިއެވެ. މާއިޝާ ހައިރާންވެފަ އާކިންއަށް ބަލާލުމުން އާކިން މާއިޝާގެ މޭގަ އިނގިލި ޖައްސާލަމުން އަނެއްކާވެސް ދޮންތި އޭ ބުނެލިއެވެ. ހިތަށް ކުރި އަސަރު ބަޔާން ކުރަންވެސް ނޭގުނު ހާލުގައި މާއިޝާ އާކިންގެ މޫނުގަ އަނެއްކާވެސް ބޮސްދިން އިރު ލޮލުން ކަރުނަ ފާއްދާލިއެވެ. އާކިން އެ ކުޑައަތުން މާއިޝާގެ ކަރުނަތައް ފޮހެލަދިނެވެ. މާޔާ އެ މަންޒަރު ބަލަން ހުރި އިރު ހިނިތުންވެލެވުނެވެ. ” ކޮންމަނެއް ކޮއްކޮއަށް ކިޔަނީ؟ ” މާއިޝާ އާކިން ބިންމަތީގަ ބަހައްޓަމުން އާކިން ކައިރީ ދެކަކޫ މައްޗަށް އިށީދެލަމުން ކޮނޑުގައި ހިފާލަމުން ސުވާލުކޮށްލިއެވެ. ” އާކިން ” އާކިން ބުނެލިއެވެ. ” އާކިން..” މާއިޝާ އެނަން ތަކުރާރިކޮށްލި އިރު ހިތަށް އެރީ އެންމެ މީހެއްގެ ނަމެވެ. ” ކިޔާން.. އާކިން.. ” މާއިޝާ ހިތުން އެހެން ކިޔާލީ ކުޑަކޮށް ހީލަމުންނެވެ.

” އާކިން އަށް އެނގޭތަ.. ދޮންތި ވަރަށް ކުރިން ދުވަހަކު މީހަކާ ދިމާލަށް ވަރަށް ހަޑިކޮށް އެއްޗެހި ކިން.. ދޮންތި ފަހުން ވަރަށް ދެރަވި އެދުވަހު އެގޮތަށް އެއްޗެހި ކިޔުނީތީ.. ދޮންތި ފަހުން އޭނަ ހޯދަންވެސް ވަރަށް މަސައްކަތް ކުރިން.. އެކަމަކު ނުފެނުނު.. އޭނަ ދޮންތި ދެކެ  ވަރަށް ރުޅި އައިއްސަ ހުރީ. އެހެންވެ އަހަންނާ ވާހަކަ ވެސް ނުދައްކާ.. އާކިން ބުނެބަލަ އޭނަ ކައިރީ އަހަންނާ ވާހަކަ ދައްކާށޭ.. ” މާއީޝާ ކުރެހިފައިވާ އަޑަކުން އާކިނާ ވާހަކަ ދައްކަމުން ދިޔައިރު މާޔާއަށް ވެސް ނަޒަރެއް ދިނެވެ. މާޔާ ފެންކަޅިވެފައި މާއިޝާއަށް ބަލަން ހުރެލާފައި އާކިން ކައިރީ ހަމަ މާއިޝާ އިންގޮތަށް ދެކަކޫ މައްޗަށް އިށީދެލަމުން އާކިންގެ އަތުގަ ހިފާލަމުން އޭނައާ ވީ ދިމާލަށް އަނބުރާލިއެވެ. ” އާކިން.. ދޮންތި ކައިރީ އަހާބަލަ އަހަރެން ކޮންއިރަކުހޭ ރުޅިއައިސްގެން އުޅުނީ؟ ” މާޔާ އާކިންއާ ވާހަކަ ދެއްކިއެވެ. މާއިޝާ މާޔާއަށް ބަލާލަމުން އަނެއްކާވެސް އާކިންގެ ކޮނޑުގަ ހިފާ އޭނައާ ވީ ފަރާތަށް އަނބުރާލިއެވެ. ” އާކިން. މަންމި ކައިރީ އަހާބަލަ ރުޅި ނޫނިއްޔާ އަހަރެން ފެނުނު އިރަށް ވާހަކަވެސް ނުދައްކާ ދާން ތިއުޅެނީ ކީއްވެހޭ؟ ” މާއިޝާ ސުވާލުކޮށްލިއެވެ. ” އާކިން. ދޮންތި ކައިރީ ބުނެބަލަ ވާހަކަ ނުދައްކަން ދޮންތި ބުނީމައޭ ދާން އުޅުނީ.. ” މާޔާ އަނެއްކާވެސް އާކިންގެ އަތުގަ ހިފާލަމުން އޭނައާ ވީ ފަރާތަށް އަނބުރާލަމުން ބުނެލިއެވެ. މާޔާގެ ޖުމުލައިން މާއިޝާ އަނެއްކާވެސް އާކިންގެ އަތުގަ ހިފާ އޭނައާ ވީ ފަރާތަށް އަނބުރާލަމުން ވާހަކަ ދައްކަން އުޅުނެވެ. އެކަމަކު އޭރު އާކިން ހުރީ އެ ދެމީހުން އެ ޖައްސަމުންދާ ވައްތަރުން ފާޑަކަށް ބިރުގެންފައި ކަމުން ތުންފިއްތާލަމުން ބާރަށް ރޯންފެށިއެވެ. ” ޑެޑީ. ޑެޑީ.. ” އާކިން ރޮމުން ކުޑަކޮށް ދުވެފައި ގޮސް ނިހާންގެ ފައިގަ ބައްދާލިއެވެ. ނިހާން އާކިން ނަގާ އުރާލިއިރު ހީލިއެވެ. ނިހާނަށް ފެންނަމުންދިޔަ މަންޒަރުން ހުރީ މަޖާވެފައެވެ. މަލީހާއާ ފާއިޒުގެ ހާލަކީވެސް އެއީއެވެ. ހިނިތުންވެފައި އެ މަންޒަރު ބަލަން ތިބީއެވެ.

އާކިން ރޯން ފެށުމުން މާޔާ ކަންބޮޑުވެފައި ތެދުވާން އުޅުނުތަނާ ނިހާން ލޯ މަރާލަމުން އޯކޭ އޭ ބުނެލިއެވެ. ” އައި އެމް ސޮރީ ” މާއިޝާ މާޔާގެ އަތުގަ ހިފާލަމުން ބުނެލީ ކުއްވެރިއަކުހެން އިސްޖަހާލަމުންނެވެ. މާޔާ ކުޑަކޮށް ހީލަމުން މާއިޝާގެ ދަތްދޮޅީގަ އިނގިލި އަޅުވާލަމުން އިސްއުފުލާލިއެވެ. ” މާފު ކޮށްފިން. ” މާޔާގެ އެ ޖުމުލައާއެކު މާއިޝާ ތެޅިގެންފައި އެ އިންގޮތަށް އިނދެ މާޔާގެ ގައިގަ ބައްދާލީ ފުޅާ ހިނިތުންވުމަކާ އެކީއެވެ. ހަތަރު އަހަރުންސުރެން ހިތުގައި އޮތް ބޮޑު ބަރެއް އެއް ފަހަރާ ނެތިގެން ދިޔަ ފަދަ އިހްސާސެއް ކުރެވުނެވެ. ” އެކަމަކު ޝަރުތެއްގެ މަތިން ” މާޔާ ބުނެލިއެވެ. މާއިޝާ ހައިރާންވެފައި މާޔާއާ ދުރުވެލަމުން ބުމަ އަރުވާލީ ކޮން ޝަރުތެއްހޭ އަހާފަދަ ގޮތަކަށެވެ. ” މާއިޝާގެ ދަރިފުޅާ ބައްދަލުކުރުވީމަ ” މާޔާ ހީލަމުން ބުނެލީ މާއިޝާގެ އަތުގަ ހިފާލަމުންނެވެ. އެކަމަކު އެ ޖުމުލައިން މާއިޝާގެ މޫނުމަތީގަ ވީ ހިނިތުންވުން އެއްކޮށް ފިލާގޮސް މޮޅިވެރިކަން ފެނިގެން ދިޔައެވެ. މަލީހާއާ ފާއިޒުގެ މޫނުމަތީގަވެސް ވީ ހިނިތުންވުން ގެއްލިދިޔައެވެ. އެންމެންގެ މޫނުމަތިން ފެނުނު ކުލަވަރުން މާޔާ ހައިރާންވެފައި ކހިނެއްވީހޭ އަހާލިއެވެ. މާއިޝާ އެއްޗެކޭ ނުބުނެ ކޮޅަށް ތެދުވެލިއެވެ.

” މާޔާ.. ” މަލީހާ މާޔާގެ ސުވާލަށް ޖަވާބުދޭން އުޅުނުތަނާ މާއިޝާ އެކަން ހުއްޓުވާލަމުން ބުނެލި ޖުމުލައިން މާޔާ ދެލޯ ބޮޑުކޮށްލިއެވެ. ” ދަރިފުޅު ދައްކާނީ ފުރަތަމަ ދަރިއެއް ހުރެގެނެއް ނު.. ” މާޔާ ހައިރާންވެފައި މާއިޝާގެ އަތުގަ ހިފާލަމުން ” ވަޓް ޑޫ ޔޫ މީން ” އޭ އަހާލިއެވެ. ” އަހަރެން އެއްވެސް އިރެއްގަ ބަނޑުބޮޑެއް ނުވޭ.. އެދުވަހު މާޔާއާ ކިޔާންގެ ގުޅުން އެގުމުން އަހަރެން ބިރުގަތް ވަރުން ކިޔާން ގެއްލިދާނެތީ އަހަރެން ދެއްކި ވާހަކައެއް އެއީ.. އަހަރެން ބަނޑުބޮޑެއް ނުވޭ.. ” މާއިޝާ އިސްއޮބާލަމުން ބުނެލިއެވެ. މާޔާ ހައިރާންވެފައި ހުރި އިރު ކިޔާނެ އެއްޗެއްވެސް ނޭގިފައި ހުރެވުނީއެވެ. ނިހާންގެ މޫނުމަތިންވެސް ހައިރާންކަން ފެންނަމުން ދިޔައެވެ. މާޔާ ފުރަތަމަ ހައިރާންވިޔަސް ފަހުން ހަމަޖެހިލިއެވެ. މާއިޝާވެސް ކިޔާންދެކެ ލޯބިވެއެވެ. ކައިވެނިކޮށްގެން ހުއްޓާ ފިރިމީހާ އެހެން މީހަކާ އެކީ އެފަދަ ގުޅުމެއް ހިންގައިފިއްޔާ ކޮންމެ އަންބަކު ވެސް ރުޅި އަންނާނެއެވެ. ތަފާތަކީ މާއިޝާ އެކަން ކުރި ގޮތް ކަމުނުދިޔައީއެވެ. ދަރިފުޅު ބަހަނާއަކަށް ދައްކައިގެން ކައިވެނި ސަލާމަތް ކުރުމަށް އުޅުނީތީއެވެ. މާޔާ ހިތުން ރުހުމުން މާއިޝާއަށް މާފުކޮށް އެކަންތައް ހަނދާން ނައްތާލާށޭ ބުނެލިއެވެ. މާއިޝާގެ އެ ދޮގުގެ ސަބަބުން ކިޔާނަށް ކުރާނެ އަސަރު ހިތަށް އަރުވާލުމުންވެސް މާޔާއަށް އުދަގޫވިއެވެ. މާޔާ ކިޔާންގެ ހާލު ބަލާލާ ހިތްވިއެވެ. އެކަމަކު ސީދާ އެ ސުވާލު ކުރަން ހަދައިގެން އެންމެންގެ ހިތުގަ ސުވާލު އުފައްދަން ބޭނުންނުވާތީ މާޔާ ސުވާލުކޮށްލީ ދުރުންނެވެ. ” ކިހިނެއްވަނީ ދިރިއުޅުން؟ ހުރިހާ ކަމެއް ރަނގަޅުތަ؟ ކޮބާ އެގޭ މީހުން؟ އެމީހުން ރަނގަޅުތަ؟ ކި.. ކިޔާން ކިހިނެއް؟ ” މާޔާ ކިޔާންގެ ނަން ބުނަން ވެސް އުދަގޫވިއެވެ. އެކަން ކިތަންމެ ރަނގަޅަށްވެސް ނިހާނަށް ފާހަގަވިއެވެ. މާއިޝާ މާޔާގެ ސުވާލުތަކަށް ޖަވާބުދޭން އުޅުނުތަނާ މާއިޝާއަށް ފޯނެއް އައިސްގެން ދާން ޖެހުނެވެ. އެހެން ފަހަރަކުން ދިމާވާނެ ކަމަށް ބުނެފަ މާއިޝާ ނުކުމެގެން ދިޔައީ ނިހާނާ ވެސް ކުޑަކޮށް ވާހަކަ ދައްކާފައެވެ. ނިހާންގެ އެ ބަދަލުވެފައިވާ ސޫރަ ފެނުމުން މާއިޝާ ހުރީ އުފާވެފައެވެ. މާއިޝާ ދިޔަތާ އިރުކޮޅަކުން މާޔާމެންވެސް ގެއަށް ދާން ނުކުތެވެ.

*******

” ކިޔާން.. ކިޔާނަށް މި ލިޔުންކޮޅު ލިބޭ އިރު އަހަރެން ހުންނާނީ ކިޔާނާ ވަރަށް ދުރުގައެވެ. މިއަދު އަހަރެން ބުނަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް އެބަހުއްޓެވެ. އަހަރެންގެ ހިތުގަ ކިޔާނާ މެދު އެއްވެސް ބުރަކަމެއް ނެތެވެ. ދުވަހަކު ނުވެސް ވާނެއެވެ. އަހަންނަށް ލޮތްބަކީ ކޯށްޗެއްކަން އެނގުނީ ކިޔާންގެ ފަރާތުންނެވެ. އުމުރުން 16 އަހަރުން ފެށިގެން އަހަރެންގެ ހިތް ދެވުނު ހަމައެކަނި މީހަކީ ކިޔާނެވެ. އަހަރެންގެ ހިތުގަ ކިޔާނަށް ލޯބި ނޫން އެހެން އެއްޗެއް ނުވެއެވެ. ކިޔާނާ އެކީ އަހަރެން ހޭދަ ކުރި ކޮންމެ ވަގުތަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ އުފާވެރި ވަގުތުތަކުގެ ތެރެއިން ވަގުތެވެ. އުމުރުދުވަހަށްވެސް އަހަރެން ހިތުގަ ފޮރުވާނެ ވަގުތުތަކެވެ. އެކަމަކު މިއަދު އަހަރަމެން ދެމީހުން ވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަހަރަމެން ދެމީހުންނަކީވެސް އެހެން މީހުންނާ ކައިވެނިކޮށްގެން ތިބި ބައެއް ކަމެވެ. ދެމީހުންގެ ކައިވެނި ކޮންމެ ހާލެއްގަ ކުރެވުނަސް މިއަދު އަހަރަމެން ދެމީހުންގެ ދިރިއުޅުމުގެ ހަގީގަތަކީ އެއީއެވެ. ކިޔާން ތީ މާއިޝާގެ ބަނޑުގަ އޮތް ދަރިފުޅުގެ ވާން އުޅޭ ބައްޕައެވެ. އަހަރެންގެ ކޮއްކޮގެ ފިރިމީހާއެވެ. އަހަންނާ ހެދި އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ހަލާކުވުން އެއީ އަހަރެން ބޭނުންވާ ކަމެއް ނޫނެވެ. ކިޔާން އަހަރެންދެކެ ލޯބިވާ ފަދައިން ނިހާންވެސް އަހަރެންދެކެ ލޯބިވެއެވެ. ނިހާން ދޫ ކޮށްލާފަ އަހަރެން ކިޔާނާ އެއްކޮށް ދިރިއުޅެން ދިއުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ކިޔާނާ އެކީ އުޅެންށޭ ކިޔާފަ އަހަރެން ނިހާންގެ ކިބައިން ވަރިވާން ނެތީމެވެ. އެއީ ނިހާނަށްވެސް ދެވޭ ބޮޑު ހިތާމައެކެވެ. ނިހާންގެ ހިތް ހަލާކުކޮށްލާފަ އަދި ކިޔާންވެސް މާއިޝާގެ ހިތް ހަލާކުކޮށްލާފަ އަހަރަމެން ދެމީހުން އެކަކަށްވިޔަސް އަހަރަމެންނަށް ދުވަހަކުވެސް އުފަލުގަ އުޅެވޭނެ ހެއްޔެވެ؟ ނޫނެކެވެ. އޭރު އަބަދުވެސް ހިތުގެ ކަނެއްގައި އެހެން ހެދުނުކަމުގަ ބުރަ އޮންނާނެއެވެ. އެހެން މީހަކަށް ދެރައެއް ދީފަ އެކަކަށްވެސް އުފަލުގަ ނޫޅެވޭނެއެވެ. އަހަރެން ބޭނުންވަނީ ދެން މި ގޮތުގައި ދިރިއުޅުން ކުރިއަށް ގެންދާށެވެ. ނިހާންގެ އަންހެނުންގެ ގޮތުގައެވެ. ކިޔާންވެސް މާއިޝާއާ އެކީ ރީތި ދިރިއުޅުމެއް އުޅެން މަސައްކަތް ކުރާށެވެ. އަހަރެން މިއަދު މި ދަނީ އެއީ އަހަރަމެން ދެމީހުންނަށްވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ވީތީއެވެ. ދެމީހުން ފެންނަ ހިސާބުގައި އުޅެންޏާ އާ ދިރިއުޅުމެއް ފަށަން އުދަގޫވާނެއެވެ. ވެ ދިޔަ ހުރިހާ ކަމަކަށްފަހު ކޮންމެވެސް ދުވަހަކުން ކިޔާން އަހަންނަށް މާފު ކުރާނެ ކަމަށް އުއްމީދުކުރަމެވެ. ކޮންމެވެސް ދުވަހަކުން އަދި ކިޔާންގެ ކުރިމަތީ ހުރެ ކިޔާންގެ ކިބައިން މާފަށް އެދޭނެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރަމެވެ. = މާޔާ = ”

ކިޔާން ކޮޓަރީގެ ބެލްކަނީގެ ހުރި ގޮނޑީގަ އިށީދެލައިގެން އިނީ މާޔާ ދިއުމުގެ ކުރިން ޒިޔާނާ ހަވާލުކޮށް އޭނައަށް ދޭން ބުނި ސިޓީ ކިޔާށެވެ. ހުދުކުލައިގެ ގަނޑެއްގައި މާޔާގެ އަތުގެ ލިޔުމުން ލިޔެފައިވާ އެ ނޯޓް ކޮޅު މިހާރު ކިޔާނަށް ކިޔުނު އަދަދެއްވެސް ނޭނގެއެވެ. ކިޔާންވެސް އުއްމީދު އެކުރަނީ ކޮންމެވެސް ދުވަހަކުން މާޔާގެ ކުރިމަތީ ހުރެ މާފުކޮށްފީމޭ ބުނާނެ ފުރުސަތެއް ލިބެން ދެނެވެ. ހަތަރު އަހަރު ތެރޭ އޭނަގަ ދިރިއުޅުންވެސް ބަދަލު ވެއްޖެއެވެ. ” ކިޔާން.. ” ފަހަތުން މީހަކު ގޮވާލި އަޑަށް ކިޔާން އަތުގަ އޮތް ކަރުދާސްކޮޅު ފަތްޖަހާލަމުން އެނބުރިލިއެވެ. އޭރު މާއިޝާ ހިނިތުންވެފައި ހުރެ އައިސް ކިޔާނާ އަރާ ހަމަވަނީއެވެ. ” ހޭއި.. ހާދަ އަވަހަކަށް ތި އައީ.. ލަހުން ނިމޭ ދުވަހެއް ނު މިއަދު.. ކީއްވެ ބަލާ އަންނަން ނުގުޅީ.. ” ކިޔާން ސުވާލުކޮށްލިއެވެ. ” ދޮންތަ އައިއްސި.. ” މާއިޝާ ކިޔާންގެ ދެއަތުގަ ހިފާލަމުން ބުނެލިއެވެ. ކިޔާންގެ މޫނުމަތިން ހިނިތުންވުމެއް ފެނިގެން ދިޔައިރު ހަމަ އަސްލަށްވެސްހޭ އަހާލީ ޔަގީން ކުރާށެވެ. ” ޔެސް.. މިއަދު ގެއަށް ދިޔަ އިރު ގޭގަ ހުރި.. އެންޑް ދޮންތަ އަހަންނަށް މާފުކޮށްފި.. ” މާއިޝާ ފަހު ޖުމުލަ ބުނެލީ ފުޅާ ހިނިތުންވުމަކާ އެކީއެވެ. ކިޔާން ހީލިއެވެ. ” ދެން އަހަންނަށް އެއްވެސް ރިގްރެޓެއް ނެތި ދިރިއުޅުން ކުރިއަށް ގެންދެވޭނެ.. މި ހުރިހާ ދުވަހު ދޮންތަގެ މާފު ލިބޭނެ ދުވަހަކަށް އަހަރެން މި ހުންނަނީ.. ކިޔާން.. އައި އެމް ސޯ ހެޕީ.. ” އިރުކޮޅެއްގެ ހިމޭންކަމަށް ފަހު މާއިޝާ ވާހަކަ ދެއްކިއިރު އިނީ ފެންކަޅިވެފައެވެ. ކިޔާން މާއިޝާގެ އަތަށް ފިތާލަމުން ހީލިއެވެ. މާޔާއާ ބައްދަލުކުރަން ހިތް ބޭނުންވިއެވެ. މާޔާ ދެކިލަން ބޭނުންވިއެވެ.

******

ހަތަރު އަހަރު ކުރިން މާޔާގެ ސަބަބުން ކިޔާން ސަލާމަތްވި ދުވަހު މާއިޝާ އެ ދިޔަ ގޮތަށް ހޮސްޕިޓަލް އަށްވެސް އައީ އޭގެ އަނެއް ދުވަހުއެވެ. ކިޔާން ހޭލައިގެން ފުރަތަމަ ވެސް ބުނީ މާޔާއާ ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. އެކަމަކު ޒިޔާން ގުޅާ ގުޅާ ވެސް މާޔާ ފޯނެއް ނުނަގައެވެ. ޒިޔާން ކިޔާނަށް މާޔާ ހޮސްޕިޓަލަށް އައި ވާހަކަ ބުނުމުން އުފާވިއެވެ. އެކަމަކު އެއީ އެ ދެމީހުންގެ ފަހު ބައްދަލުވުންކަމުގައި ހީނުކުރެއެވެ. ފަހުނު އެރޭވެސް ކިޔާން މާޔާއަށް ގުޅުމުން ފޯނު ނުނަގައެވެ. ފަހުން ގޮސް ގުޅިއިރު ފޯނުއޮތީވެސް ނިއްވާލާފައެވެ. އޭގެ އަނެއްދުވަހު މާއިޝާ އައިސް ބުނެލި ވާހަކައަކުން ތަރިބުރައިގެން ދިޔައެވެ. މާއިޝާ އެއްވެސް އިރަކު ބަނޑުބޮޑުނުވާ ކަމަށާއި، ކިޔާންގެ ގާތުން ވަރިވާން ބޭނުންވެޔޭ ބުނެލިއެވެ. މާޔާއާ ކިޔާނާ ދެމީހުންގެ ގުޅުމުގެ ވާހަކަ އެނގިގެން ކުރިކަމެއް ކަމުގައި ބުނެލިއެވެ. ކިޔާނަށް ލިބުނު ސިހުމުގައި އަނގައިން ބަހެއް ވެސް ނުބުނެ މޫނު އަނެއް ފަރާތަށް އަނބުރާލީއެވެ. މާއިޝާގެ ފަރާތުން އެހާ ބޮޑު އޮޅުވާލުމެއް ފެނުމުން ކިޔާން ރުޅިއައީއެވެ. މާއިޝާ ކިޔާންމެން ގެއަށް ގޮސް އެގޭ އެންމެނަށްވެސް އެ ވާހަކަ އެންގިއެވެ. ވަރިވާން އުޅޭ ވާހަކަ ބުނެފަ ފޮށި ހިފައިގެން އަމިއްލަ ގެއަށް ގޮސް އެމީހުން ކައިރީވެސް ހަގީގަތް ކިޔައިދިނެވެ. މަލީހާގެ ހޫނު އެތިފަހަރު މާއިޝާގެ މޫނުމައްޗަށް އަމާޒުވިއިރު ފާއިޒު މާއިޝާއާ ވާހަކަވެސް ނުދައްކައެވެ. މާއިޝާ މާޔާއާ ވާހަކަ ދައްކަން ގުޅިއިރު ފޯނު ނިއްވާލާފަ އޮތުމުން އެ ގެއަށް ދިޔައިރު އެ ގޭގަ އުޅޭ ދައްތަގެ ފަރާތުން މާޔާމެން ދިޔަ ހަބަރު ލިބުމުން ހައިރާންވިއެވެ. ދިޔަތަނެއް ބަލަން އެހުމުން ދިޔަތަނެއްވެސް ނޭގެއޭ ބުނުމުން މާޔޫސްވިއެވެ. ގެއަށް ގޮސް އެ ވާހަކަ ބުނަން އުޅުމުން މަންމަމެންގެ ފަރާތުން މާޔާ ދިޔަކަމަށް ބުނެ ލިޔެފަ އޮތް ސިޓީ ފެނުމުން ކުއްވެރިއަކު ފަދައިން ގޮސް ކޮޓަރިއަށް ވަނީ ރޮމުންނެވެ.

ކިޔާން ހޮސްޕިޓަލްގަ އޮއްވާ ޒިޔާން އައިސް މާޔާ ދިން ސިޓީ ހަވާލުކުރިއެވެ. ކިޔާން އެ ސިޓީ ކިޔާ ނިމުނު އިރު ދެލޯ ކަރުނުން ފުރުނެވެ. ލޯ މަރާ ބާރުކޮށްލައިގެން ދެން އޮތީ ނުހުޅުވަން ހުވާ ކޮށްގެން ފަދައެވެ. ޑޮކްޓަރުން ބަލަން އައިއިރުވެސް ދެލޯ މަރާލައިގެން އޮތީއެވެ. އެރޭ ދަންވަރު ގަޑީ ގިސްލަގިސްލާފަ ރުއީ ނިކަން އަސަރުގަދަކޮށެވެ. އުމުރަށް މާޔާ އޭނައާ ދުރުވީ ކަން ހިތުން ގަބޫލުކުރަން އުދަގޫވެފައި ކިޔާން ރޮމުން ދިޔައެވެ. އެރޭ ކިޔާން ކައިރީ މަޑުކޮށްގެން އިން ޒިޔާންވެސް ކިޔާން ރޯތަން ބަލަން އިން އިރު ފެންކަޅިވިއެވެ. ކިޔާން މި ގޮތަށް ރުއި ތަނެއް ޒިޔާން ކުރިން ދެކެފައެއް ނުވެއެވެ. ކިޔާން މަސަލަސް ކުރަން ކުރާނެ ކަމެއް ނޭގިފައި ޒިޔާން އައިސް ބައްދާލީއެވެ. ކިޔާން މާޔާއާ ވާހަކަ ދައްކަން ބޭނުންވިއެވެ. މާއިޝާ ބަނޑުބޮޑެއް ނޫނޭ ބުނަން ބޭނުންވިއެވެ. އެކަމަކު މިހާރު މާ ލަސްވެއްޖެއެވެ. މާޔާ އޭނައާ މާ ދުރަށް ގޮއްސިއެވެ. ކިޔާން އެރޭ މާޔާގެ ސިޓީއާ މެދު ވިސްނަލާމުން މާއިޝާއާއެކު އުޅެން ނިންމިއެވެ. ވީ ކަމެއް ވިއްޔާ ވެ ނިމުނީއެވެ. ދެން އާ ފެށުމަކުން ކިޔާން މާއިޝާއާ އެކު ދިރިއުޅެން ފަށާނީއެވެ. މާޔާ މިއަދު އޭނަ ދޫކޮށްލާފަ އެ ދިޔައީ ކައިވެނީގެ މާތް ގުޅުމަށް މަލާމަތް ނުކުރަން ވެގެނެވެ. މީހެއްގެ ހިތުގަ ނުޖައްސަންވެގެނެވެ. އޭނަ ދެކެ ފުރާނައަށް ވުރެ ވެސް ބޮޑަށް ލޯބިވާއިރު އޭނަ ދޫކޮށްފަ އެ ދިޔައީ އަމިއްލަ ކޮއްކޮގެ ދިރިއުޅުން ހަލާކު ނުކުރަންވެގެނެވެ. މާޔާ އެހާ ބޮޑު ގުރުބާނީއެއް ވާން ނިންމިއިރު ކިޔާނަށްވެސް އެކަން ކުރެވެން ނެތީ ކީއްވެ ހެއްޔެވެ؟ މާޔާއަށްޓަކާ ނަމަވެސް ކިޔާން މާއިޝާއާ އެކު މި ކައިވެނި ރަނގަޅުގޮތުގައި ކުރިއަށް ގެންދަން ފުރިހަމައަށް މަސައްކަތް ކުރާން ނިންމިއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް މާއިޝާއާ އާއިލާއާ މެދު އޮތް ގުޅުންވެސް ރަނގަޅުވިއެވެ.

އޭގެ ދެ ހަފްތާ ފަހުން ކިޔާން ގެއަށް ދޫކޮށްލިއިރުވެސް މާއިޝާ ކިޔާން ކައިރިއަށް ހޮސްޕިޓަލަށް ނުދެއެވެ. ކިޔާން ގުޅުމުންވެސް ފޯނު ނުނަގައެވެ. ކިޔާން އަމިއްލައަށް ހިނގޭ ވަރުވުމުން މާއިޝާ ކައިރިއަށް އެ ގެއަށް ދިޔައެވެ. އެކިއެކި ގޮތްގޮތަށް މާއިޝާއަށް ވިސްނައިދީގެން މާއިޝާ ކައިވެންޏަށް އެއް ޗާންސް ދޭން ނިންމިއެވެ. ކިޔާން ހުރިހާ ގޮތަކަށް ވިސްނައިދިންއިރުވެސް މާޔާގެ ނަމެއް ބޭނުން ނުކުރެއެވެ. މާއިޝާ އަމިއްލަ ފަރާތުން ހެދުނު ގޯސް ކަންތައް ރަނގަޅުކޮށް ކިޔާނާ އެއްކޮށް އުޅެން ނިންމިއެވެ. ކިޔާންގެ ހިތުގައި މާޔާއަށް އޮތް ލޯބި ބަދަލުނުވިޔަސް އެ ހިތުން މާއިޝާއަށް ކުޑަނަމަވެސް ޖާގައެއް ދޭން ނިންމިއެވެ. ވަފާތެރި ރަނގަޅު ފިރިއެއްގެ ހައިސިއްޔަތުން މާއިޝާ އެކީ އާ ދިރިއުޅުމެއް ފެއްޓިއެވެ.

******

އޭގެ އަނެއް ދުވަހެވެ. ހެނދުނު އާކިނަށް މާޔާ ކާންދޭން އުޅުނު އިރު ފަޒީލާ ކާމޭޒު ކައިރީ ސައިބޯން އިނެވެ. ނިހާން ސޯފާގައި އޮށޯވެލައިގެން އޮތީ ޓީވީ ބަލާށެވެ. މާޔާ އިރުއިރުކޮޅާ ފަޒީލާއަށް ނަޒަރެއް ދެމުން ދިޔައިރު ސިކުނޑީގައި ހިޔާލެއް އެނބުރެމުން ދިޔައެވެ. ފަޒީލާގެ ހަގީގަތް އެންމެނަށް ކިޔާދޭންވީ ގަޑި ޖެހުނީއެވެ. މާޔާ އާކިން ނިހާނާ ހަވާލުކޮށްލަމުން ގޮސް ފަޒީލާ ކައިރީ އިށީދެލަމުން މިއަދު ހަވީރު ތަނަކަށް ދާން ވެއްޖެއޭ ބުނެލިއެވެ. ފަޒީލާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީއެވެ. މާޔާ ކޮޓަރިއަށް ގޮސް މަލީހާއަށް ގުޅާފަ ހަވީރު ސަމީރާމެން އެ ގެއަށް ގެންނާށޭ ބުނެލިއެވެ. މާޔާ ހަވީރު މަލީހާމެންގެއަށް ދާނެ ކަމަށް ބުނެލިއެވެ. އަދި ވަކިން ހާއްސަކޮށް މާޔާ ތަކުރާރުކޮށް ސަމީރާ އަންނައިރު ޝަހާއާއި ޝާނިމް ގޮވައިގެން އަންނަން ބުނެލިއެވެ. މަލީހާ ހައިރާންވިޔަސް އޯކޭ އޭ ބުނެފަ ފޯނު ބާއްވަމުން ސަމީރާއަށް ގުޅާފަ ހަވީރު އެ ގެއަށް އަންނަން ބުނެލިއެވެ.

ހަވީރު ގަޑީ މާޔާ ފަޒީލާ ގޮވައިގެން މަލީހާމެންގެއަށް ދިޔައެވެ. މާޔާގޮސް ގޭގެ ބޮޑު ދޮރުން ވަން އިރު ސަމީރާއާ ޝަހާއާއި ޝާނިމް ގޮނޑީގަ އިށީދެލައިގެން ތިއްބެވެ. ތިން އަހަރު ވަރުވާ ކުޑަކުއްޖެއް ސިޓިންރޫމުގައި ދުވަމުން ދިޔައިރު ޝާޔަން އެ ކުއްޖާގެ ފަހަތުން އުޅެއެވެ. ފަޒީލާ ދޮރުކައިރީ ބަހައްޓާފަ މާޔާ އެތެރެއަށް ވަދެގެން ދިޔައެވެ. ސަމީރާމެން އިށީދެލައިގެން ތިބީ ދޮރާ ފުރަގަހަށް ހުރި ގޮނޑިތަކުގައި ކަމުން އެމީހުންނަށް މާޔާ ނުފެނެއެވެ. ޝާޔަން ދަރިފުޅުގެ ފަހަތުން ދުވަމުން އެނބުރިލި ގަޑީ މާޔާ ފެނުމުން ހުއްޓުން އަރާފައި ބަލަން ހުރިއިރު މަޑުމަޑުން މާޔާއަށް ގޮވާލިއެވެ. އެ އަޑަށް ސަމީރާ ޝާޔަނަށް ބަލާލި ވަގުތު އައިސް ކުރިމައްޗަށް ހުއްޓުނު މާޔާ ފެނުމުން ލޯ ބޮޑުކޮށްލިއެވެ. ދެވަނަ ސުކުންތުގައި ދެލޯ ކަރުނުން ފުރިގެން އައިއިރު މާޔާ ގެނެސް އެ ދެއަތު ތެރޭ ބޮނޑިކޮށްލިއެވެ. ޝަހާއާއި ޝާނިމްވެސް މާޔާ ފެނިގެން ހިނިތުންވެލައިގެން ތިބިއިރު ފެންކަޅިވިއެވެ. ސަމީރާ މާޔާ ދުރުކޮށްލަމުން މިއޮއްހާ ދުވަހު އުޅުނީ ކޮންތަކުހޭ ސުވާލުކުރަން ފެށިއެވެ. ޝަހާއާއި ޝާނިމްވެސް އައިސް މާޔާ ގައިގަ ބައްދާލިއެވެ. އޭރު ދޮރުމަތީ ހުއްޓިލައިގެން ހުރި ފަޒީލާ އެ މަންޒަރު ބަލަން ހުރިއިރު ހިނިތުންވިޔަސް ހިތުގައި ނުތަނަވަސްކަމެއް ވިޔެވެ. މާޔާ އޭނަ މިގެއަށް މި ގެނައީ ކީއްކުރަން ހެއްޔެވެ؟ ސަމީރާ މާޔާގެ އަތުގަ ހިފާލަމުން ގޮނޑީގަ ބައިންދަން އެނބުރިލި ގަޑީ ދޮރުކުރިމަތީ ހުއްޓިލައިގެން ހުރި ފަޒީލާ ފެނިގެން މާޔާގެ އަތުންވެސް ދޫކޮށްލިއެވެ. މާޔާއަށް ސަމީރާ ބަލާ ތަން ފެނުމުން ފަޒީލާ މަތިން ހަނދާންވިއެވެ. ވަގުތުން ގޮސް ފަޒީލާގެ އަތުގަ ހިފައިގެން އެތެރެއަށް ވަންނަން އުޅުމުން ފަޒީލާ މާޔާގެ އަތުން ދޫކޮށްލަމުން ބޯ ހޫރާލިއެވެ. މާޔާ ލޯ މަރާލަމުން އަނެއްކާވެސް ފަޒީލާގެ އަތުގަ ހިފާލަމުން ހިނިތުންވެލީ ހިތްވަރުދޭ ފަދަ ގޮތަކަށެވެ.

މާޔާ ފަޒީލާ ގޮވައިގެން ގޮސް އެންމެން ކުރިމަތީ ހުއްޓިލި އިރު އެންމެންގެ މޫނުމަތީގަވެސް ވީ ހައިރާންކަމެވެ. ކޮންމެ މީހަކަށްވެސް މާޔާއާ އެ ނުދަންނަ އަންހެންމީހާއާ ވައްތަރު ގޮތެއް ހުރިކަމަށް ފާހަގަ ކުރިއެވެ. މާޔާ އެންމެ ފުރަތަމަވެސް އެ ވާހަކަ ބުނަން ބޭނުންވީ ސަމީރާ ކައިރީގައެވެ. އެހެންކަމުން މާޔާ ގޮސް ސަމީރާ ކުރިމައްޗަށް ހުއްޓިލިއެވެ. ” ސަމީރާއްތާ… މީ.. މީ.. އަހަ…. ” މާޔާ ބުނަން އުޅުނު ޖުމުލަ މެދުކަނޑާލަން ޖެހުނީ ކުއްލިއަކަށް ސަމީރާ ބުނެލި ބަހުންނެވެ. ” ފަޒީލާ.. ” މާޔާ ދެލޯ ބޮޑުކޮށްލަމުން ސަމީރާއަށް ބަލާލީ ހައިރާންވެފައެވެ. ސަމީރާއަށް ފަޒީލާ އެނގެންވީ ކީއްވެ ހެއްޔެވެ؟ ފަޒީލާވެސް ހައިރާންވެފައި ސަމީރާއަށް ބަލާލިއެވެ. އޭނަ ގައިމުވެސް މިއަދު ނޫނީ ސަމީރާ ކުރިން ދެކެފައެއް ނުވެއެވެ. ” ސަމީރާއްތައަށް ކިހިނެއް…. ” ދެންވެސް މާޔާ ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުކުރެވުނީ ސަމީރާ އަނެއްކާވެސް ބުނެލި ޖުމުލައިންނެވެ. ” މާޔާގެ އަސްލު މަންމަ..” މިފަހަރު މާޔާ ކުރިއަށްވުރެވެސް ހައިރާންވިއެވެ. އެތާގަ ދެން ތިބި މީހުންވެސް ހައިރާންކަމާއެކީ ފަޒީލާއަށް ބަލަން ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ސުވާލުމާކުތައް ފެނިގެން ދިޔައެވެ. ” ޒުހޭރުގެ ދެވަނަ އަނބި… ” ސަމީރާ ދެން ބުނެލި ޖުމުލައިން އެތާގަ ކުޑަބޮމެއް ގޮއްވާލި ފަދައެވެ. މާޔާ އަދިވެސް ހައިރާންވެފަ ހުރެ ޝާނިމްއާ ޝަހާއަށް ބަލާލީ ހާސްކަމާއެކީއެވެ. އޭރު އެ ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން މާޔާ ހިންދިރުވާލިއެވެ. ” ކޮންއިރަކު ބޭބެ އެހެން މީހަކާ އިނީ؟ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟ ” ފާއިޒުއަށް ނުހުރެވިގެން އައިސް ސަމީރާ ކުރިމައްޗަށް ހުއްޓިލަމުން ސުވާލުކޮށްލިއެވެ. ސަމީރާ ދެން އެއްޗެކޭ ނުބުނެ ގޮސް ފަޒީލާގެ ކުރިމައްޗަށް ހުއްޓިލިއެވެ.

” ވަރަށް އުފާވެއްޖެ ދިމާވީމަ.. ” ސަމީރާ ކުޑަ ހިނިތުންވުމަކާ އެކީ ބުނެލިއެވެ. ” ސަމީރާއްތާ.. ” މާޔާ އައިސް ސަމީރާގެ އަތުގަ ހިފާލަމުން ގޮވާލީ ވާނުވާގަ ހުރި ހާލުގައެވެ. ސަމީރާ މާޔާއާ ހަތަރުކަޅި ހަމަކޮށްލަމުން ހީލިއެވެ. ” އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގޭ.. އާނ.. ޒުހޭރު ކައިވެނި ކުރި އިރަކު ނޭނގެ.. އަހަންނަށް އެގުނީ ބައްޕަގެ ފަރާތުން. އެ ދުވަހު މާޔާ މި ގެއަށް ގެނައުމުގެ ކުރިން ބައްޕަ އަހަންނަށް ހުރިހާ އެއްޗެއްވެސް ކިޔާދިން. ޒުހޭރު ދޮގުހަދައިގެން ފަޒީލާއާ ކައިވެނި ކޮށްފަ ވީނުވީއެއް ނޭގި ގެއްލުނު ވާހަކަ.. ފަޒީލާ ޒުހޭރު ހޯދަން މިކޮޅަށް އައިސް އުޅެނިކޮށް ބައްޕައާ ދިމާވި ވާހަކައާ. ބައްޕަ ބޭނުންނުވީ އަހަރެން އޮޅުމެއްގެ ތެރޭ ބަހައްޓަން.. ބައްޕަ އެ ހުރިހާ ވާހަކައެއް ކިޔާދީފަ ބުނި އަހަރެން ބޭނުމިއްޔާ ޒުހޭރު ދޫކުރިޔަސް ބައްޕަ އަހަންނާ އެއްބާރުލުން ދޭނެ ކަމަށް.. އަހަރެން ވަރަށް ދެރަވި.. އެކަމަކު އޭރު އަހަރެން ޝަހާއަށް ބަނޑުބޮޑު.. ޝާނިމް ހުރި.. ޒުހޭރު ކުރި ކުށެއްގެ ސަބަބުން އަހަރެން ބޭނުމެއް ނުވި އޭގެ އަސަރު އަހަރެންގެ ދަރިންނަށް ކުރަން.. އެހެންވެ އަހަރެން އެއްވެސް އެއްޗެއް ނޭގޭ ކަމަށް ހެދިގެން އުޅުނީ.. ބައްޕަ ފުރަތަމަ ބޭނުންވީ މާޔާ އަހަންނާ ހަވާލުކުރަން. އެކަމަކު އޭރު އަހަރެން ޝަހާ ބަނޑުބޮޑު އިރު އެހާ ކުޑަ ދަރިއެއް ބަލަން އުދަގޫވާނެތީއާ އެކުވެސް އަދި އެހެން މީހަކަށް ޝައްކު ވެދާނެތީ ބައްޕަ ނިންމީ މާޔާ ފާއިޒުމެންނާ ހަވާލުކުރަން.. އޭރު ފާއިޒުމެންގެ ދަރިއެއްވެސް ނެތުމުން.. ” ސަމީރާ އެއް ނޭވައިން ހުރިހާ އެއްޗެއް ކިޔާދިން އިރު ކޮންމެ މީހެއްގެ މޫނުމަތިން އެކި ކުލަވަރު ފެނިގެން ދިޔައެވެ. ފާއިޒު އަދިވެސް ސުވާލު އުފެދިފައި ބަލަން ހުރި ގޮތުން މާޔާ ހުރިހާ އެއްޗެއް ފަށައިގެން ކިޔާދިނެވެ. އެހެންވީމަ މާޔާއަކީ ޒުހޭރުގެ ދަރިއެއްތާ އެވެ. ޝަހާއަދި ޝާނިމްގެ އެއްބަފާ ކުއްޖެކެވެ. އެމީހުންނާ ދުރު މީހެއް ނޫނެވެ. މާޔާއަކީ ހަމަ އެ އާއިލާގެ ލެއެވެ.

” އެ ދުވަހު މާޔާ ރޭޕް ކުރިއޭ ބުނުމުންވެސް އަހަންނަށް އެގުނު އެއީ ތެދެއްކަން.. އެކަމަކު އަހަރެންގެ އަތުގަ އޭރު އެއްވެސް ހެއްކެއް ނެތުމުން ހިމޭންކަން ހިޔާރުކުރީ.. މާޔާގެ އަމިއްލަ ބައްޕަ މާޔާގެ ދިރިއުޅުން ހަލާކުކޮށްލީ… އަހަރެން އެ ދުވަހު ޒުހޭރު މަތިން އެއްކޮށް ފޫހިވީ.. އަހަރެން އެ ދުވަހު އުފާވިން ބައްޕަ އެ މަންޒަރު ދެކެން ދުނިޔޭގަ ނެތް ކަމަށްޓަކާ.. ކުރިންވެސް ބައްޕަ ހުރީ ޒުހޭރުގެ އަމަލުތަކުގެ ސަބަބުން ލަދުގެންފަ.. ދެން ޒުހޭރު އަމިއްލަ ދަރިފުޅުގެ އިއްފަތްތެރިކަން ފޭރިގަންކަން އެނގޭ އިރު ކިހިނެއް ވާނެ.. އެއްދުވަހު އަހަންނަށް ކެތްނުވެގެން ޒުހޭރު ކައިރީ އެ ވާހަކަ އެހުމުން އަހަންނަށް ބިރުދެއްކީ އެއްވެސް މީހަކު ކައިރީ ހަގީގަތް ބުނެފިއްޔާ އަހަރެން ވަރިކޮށްލާނަމޭ ކިޔާފަ.. އެރޭ މަންމައަށް އެ ހުރިހާ އެއްޗެއްވެސް އަޑުއިވުނީ.. މަންމަ ކޮޓަރީ ދޮރުކައިރީ ހުރެފަ ދިޔަތަން އަހަންނަށް ފެނުނު.. އޭރު އަހަރެން މަންމަ ފަހަތުން ނުދިޔައީ ފަހުން ވާހަކަ ދައްކަން ކަމަށް. އެކަމަކު އެއީ އަހަންނަށް މަންމަ ފެންނާނެ އެންމެ ފަހު ވަގުތު ކަމަށް ދުވަހަކުވެސް ހިޔެއް ނުކުރަން.. އެ ދުވަހު އެ ވާހަކަ ދެއްކުނީތީ އަހަރެން އަދިވެސް އަމިއްލަ ނަފްސް ކުއްވެރިކުރަން.. ” ސަމީރާ ފެންކަޅިވެފައި ހުރެ ވާހަކަ ދައްކަމުން ގޮސް ގޮނޑީގަ އިށީދެލިއެވެ. މާޔާ ތުންފަތުގައި ދަތް އަޅާލަމުން އިސްއޮބާލީ ލޮލަށް ޖަމާވެފަ ހުރި ކަރުނަތައް ފޮރުވާށެވެ. ފާއިޒުގެ ހިތުގައި ޒުހޭރުއަށްވީ ފޫހިކަން މިއަދު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. ޝާނިމް އަދި ޝަހާވެސް ބައްޕަމަތިން މިއަދު ކުރިއަށްވުރެވެސް ފޫހިވިއެވެ. މާޔާއަކީ އެމީހުންގެ އެއްބަފާ ކުއްޖެއްކަން އެގުމުން އުފާވިއެވެ. ” ޒުހޭރު ވެދާނެ އަހަރެންގެ އަސްލު ބައްޕައަށް.. އެކަމަކު އަހަރެން ދުވަހަކުވެސް އެއީ އަހަރެންގެ ބައްޕަ ކަމަށް ގަބޫލެއް ނުކުރާނަން… ” މާޔާ ގޮސް ސަމީރާގެ ކައިރީގަ އިށީދެލަމުން ބުނެލިއެވެ. ސަމީރާ މާޔާގެ މޫނުގަ ހިފާލަމުން މާޔާގެ ހަމައެކަނި ބައްޕައަކީ ފާއިޒުއޭ ބުނެލިއެވެ. މާޔާ ބޯ ޖަހާލީ ހީލަމުންނެވެ. ” އެކަމަކު އަހަރެންގެ ތިން މަންމަ އެބަތިބި.. ” މާޔާ ވަކިވަކިން ތިންމީހުންގެ މޫނަށް ބަލާލަމުން އެހެން ބުނެލީ ފުޅާ ހިނިތުންވުމަކާއެކީއެވެ. ފާއިޒު ފަޒީލާ ކިބައިން ޒުހޭރުގެ އެ އަމަލުތަކަށް މާފަށް އެދުނެވެ. ފަޒީލާ ހީލަމުން މާފަށް ނޭދުމަށް އެދުނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ހިތުގެވެރިޔާ 3

Next

ޒީޝާ (ނުވަވަނަ ބައި)

Next
November 19, 2015

ޒީޝާ (ނުވަވަނަ ބައި)

Previews
November 19, 2015

ހިތުގެވެރިޔާ 3

36 Comments!

  1. ryn says:
    November 19, 2015 at 9:32 pm

    woww vrh salhi

    1. ryn says:
      November 19, 2015 at 9:54 pm

      woww m.frst evx sarah ge stry ah wow hehe.. hehe lcky me.. asluvx vrh salhi mi prt.. waitin fr nxt prt.eagrly

  2. sarah._.saraa says:
    November 19, 2015 at 9:38 pm

    masha allah <3 varah salhi. when is the next part?

  3. aishaa says:
    November 19, 2015 at 9:41 pm

    Me 1st, v reethi, ekam haadha lahunney thi up kuree

  4. stefan says:
    November 19, 2015 at 9:47 pm

    wooww….
    mi kiyeny adhi kiriyaa reethi vaahka eh…
    thnkx saarah….lov yuh

  5. Saa says:
    November 19, 2015 at 9:48 pm

    Vvvvvvvv reethi next part khon erakun

  6. shima says:
    November 19, 2015 at 10:03 pm

    Wow warah salhi igay mi part Wes….when next part upload kohladheyny….warah kiya hiy wehje…mi wahaka warah reethi… Desperately waiting for the next part… ?☺

  7. ainm says:
    November 19, 2015 at 10:06 pm

    nihan n maya dhurunukuraathi pls and maisha n kiyan ves. dhuniyeygai ulheyiru enmme loabivaa meehaa nulibives dhey. ekamaku nihan maya dheke, maisha kiyan dheke loabive ennu so pls.

  8. Aish says:
    November 19, 2015 at 10:07 pm

    Wow .v salhi .konirakun. . nxt prt. ..avahah upkohdhehche plx

  9. Rish says:
    November 19, 2015 at 10:23 pm

    Nice. Kn iraku next part..

  10. Nihaan says:
    November 19, 2015 at 10:31 pm

    Saarah magey fakeerah dhera gotheh nahadhahchey in the end ga.. magey ekaku vs mi dhuniyeyga neh. Maayaa n aakin nooni.. maayaa ge ufalah takaa aakin kee vs.. heheh lol.

  11. Ira says:
    November 19, 2015 at 10:41 pm

    Oh haadha digu inthixaarakai mikuree mi story up veytho balabalaa 😉 anyways the story ie awesome and plx dhen maya and nihaan vaki nukurahchai…… When are u gonna upload the next part eagerly waiting…… 🙂 😉 🙂 😉

  12. misty says:
    November 19, 2015 at 10:55 pm

    Varah interesting n varah reethi. ☺ when next part?

  13. Anonymous says:
    November 19, 2015 at 11:14 pm

    Wow vrh shalhi hama habes..update vaale las vanee

  14. Crazi says:
    November 19, 2015 at 11:18 pm

    Wow vrh shalhi hama habes..update vaale las vanee

  15. Muthaa says:
    November 19, 2015 at 11:24 pm

    Nice…waitn for next part

  16. sadh says:
    November 19, 2015 at 11:43 pm

    Hama huwa mivaruge rythi vaahaka eh adhi nukiyey. Keep it up Saarah. Nuhan and Maaya. Kiyaan and Maaisha. V heevey dhen onnaanee emme last part hen. Pls upload it soon. Okey dear ♥️

  17. Yasir says:
    November 20, 2015 at 12:27 am

    Vara vara reethi thankss saraa when next part

  18. Visha says:
    November 20, 2015 at 9:23 am

    V v rythi mi part ves…finally maya n nihan..woww

  19. Kiyuntheriyaa says:
    November 20, 2015 at 9:38 am

    Varah reethi mibaives… dhigu inthixaar akahfahu mibaives genesdhinmahtakai shukuriyya 🙂 🙂 🙂 🙂 kuriah oih bai genesdheny kondhuvahaku?????

  20. faathun says:
    November 20, 2015 at 9:43 am

    V v salhi

  21. niha says:
    November 20, 2015 at 10:00 am

    Alhey maaya n kiyaan hama dhuruvaanee thr?? So sad.. 🙁

  22. fathun says:
    November 20, 2015 at 4:50 pm

    foohi. mathi mathin kiyaaly. maaya and kiyaan gulhuvabala

  23. Aish says:
    November 20, 2015 at 7:10 pm

    Sarah mihaaru .. Up kuraa dhuvaheh heh nubune thihunnani myhunge. .undhagu bodu kamun dw.Hehehehehee .. Ehn vx vaane . .alhaanulaa. . .avahah up kohdhehche

  24. nish says:
    November 21, 2015 at 12:12 pm

    V reethi

  25. naax says:
    November 21, 2015 at 1:06 pm

    V ginadhuvas thakakahfahu mi kiyaalevuny.. v reethi hurihaa part thahvx.. mashaa allah.. next part avahah up kohdhecchey

  26. lotus says:
    November 21, 2015 at 6:54 pm

    mi vaahakaige name badalukuran fenany inthizaaru kiyaa thy kan neyge vara inthizaaru kuran jehey vaahaka kiyan

  27. Aish says:
    November 21, 2015 at 7:19 pm

    Saarah alhe plx avax up koh dhybaa . .plx. Plx plx. Plx plx plx plx plx plx plx plx plx plx

  28. Ira says:
    November 21, 2015 at 10:28 pm

    Saarah story avahah up kohdheebala…… plx plx plx plx 🙂 😉

  29. Crazi says:
    November 22, 2015 at 1:36 am

    Koba vahaka

  30. Shif says:
    November 22, 2015 at 3:11 am

    When is the next episode. Plx upload it soon Plx Plx 🙂

  31. Aish says:
    November 22, 2015 at 10:00 am

    Kobaahey . kobaahey . kobaaHey evaahaka. . .saarah thigothah vaahaka nuliyunyma v nu . .abadhu thivarah myhun lahvaa inthixaaru . .kuruvaakah nuvaane. . .plx up ..kohdyba. .

  32. saarah says:
    November 22, 2015 at 12:20 pm

    Hey guys. I will upload next part tonight. 🙂
    Thank you 🙂

  33. Sanmu says:
    November 22, 2015 at 1:56 pm

    Thanks saarah

  34. 4f!4h says:
    November 22, 2015 at 3:44 pm

    mi nimeny dho story? very nice and heart touching story! Sarah ge mi kahala gina stories kuriah fennaane kamuga ummeedhu kuran. kiyaa iru hama loa kurimachah manzaru thah sifa vany! varah interesting! I LIKE IT! ^_^

  35. Crazi says:
    November 22, 2015 at 7:45 pm

    Vahaka ah inthizaaru kee kiyun therin nah nisbai koh ehgwy…waitin waitn

Comments are closed.

Next Episodeއިންތިޒާރު ( 33 )←


All Right Reserved!