” ބައްޕާ އަހަރުމެން މިތިބީ މުޅިން ބަނގުރޫޓުވެފަ.. ދުވަސް ކޮޅަކުން އަހަރުމެން މިގެއިން ވެސް ނިކުންނަން ޖެހޭނެ.. ކޮންތާކަށް ދާނީ.. ލާރިއެއް ހުރިނަމަތާ ތަނެއް ހިފައިގެންވެސް އުޅެވޭނީ” އާމިލް ވާހަކަދެއްކީ އާމިލްގެ ބައްޕަ ރާއިދާއެވެ. ” ދެން އޮތީ ހަމައެންމެ ގޮތެއް…. ” ރާއިދު ބުންޏެވެ. އާމިލް ކޮން ގޮތެއްހޭ އަހާފަދަ ގޮތަކަށް ބުމަ އަރުވާލިއެވެ. ” ދިލްޝާދު..” ރާއިދު ބުނި ނަމުން އާމިލްގެ މޫނު މަައްޗައް ވެރިވެގެން ދިޔައީ ފޫހި ކަމެވެ. ************************************ ހީން ކައި […]
“ބިރުނުގަނޭ… އަހަރެމެންނަކީވެސް ޝެރިން ކަހަލަ ހާލުގަ ޖެހިފައިވާ ކުދިން. މިތާމީހުން ކިތަންމެ ރަނގަޅަސް، މަސައްކަތް ނުކުރަންޏާ އެދުވަސް ދިޔައީ… އަހަރެމެންގެ ޢާއިލާތަކާއި ވަކިކޮށްފަ އެމީހުން އަހަރެމެން މިތަނަށް ގެންނަނީ މަސައްކަތް ކުރުވަން ވެގެން. މިއީ ފަރުނީޗަރު އުފައްދާ ތަނެއް. އެކިކަހަލަ ފަރުނީޗަރު އުފައްދާނެ. މުށި ކެފުމާ، ލަކުޑި އޮމާން ކުރުމާ، އެނދުގަ އަޅާ ރަޖާ ފެހުމާ، ފޮތި ކެނޑުން މިއީ ހުސް އަހަރެމެން އެންމެން ކުރަންޖެހޭ މަސައްކަތް… މަސައްކަތް ނުކޮށްފިނަމަ މިމީހުން ވަރަށް އަނިޔާ ކުރާނެ. މިއީ […]
މިޝްކާ ސަމާސާ ކުރުމުން ކަޔާން ވެސް އެކަމުގައި ބައިވެރި ވެލިއެވެ. “ޔާ… ހަމަ ތެދެއް ތިބުނީ… އިރު އެރީވެސް މިތާ ހުއްޓާ…” ކަޔާންގެ އެ ޖުމްލައަށްފަހު އެ ދެމެދުގައި ވާހަކައެއް ނުދެކެވި ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ދިޔައެވެ. އެންމެފަހުން ކަޔާން އޭނާ އޮޅުން ފިލުވަން ބޭނުންވާ ވާހަކަ އަހާލިއެވެ. “އޯކޭ ނައު ޓެލްމީ…. އަސްލު ކީއްވެ އަލީނާ އަހަރެންނާ ދުރަށް ދިޔައީ؟… ޑިޑް ޝީ މެޓް ސަމްވަން؟…” މިޝްކާ ނޫނެކޭ ބުނާ ފަދައަކުން ދެއަތަށް ބޯ ހޫރާލަމުން […]
އެސަބަބަކީ ލާރާ ލިވާން ކައިރީ ބުނަން ޖެހިލުންވާ ސަބަބެވެ.އޭނާ ހިތް އެދޭ މީހަކު ލިވާން ނޫނީ ނެތެވެ.ކުއްލިއަކަށް ލާރާ ސިހުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ލުވީ އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ.”ލަވް!މަ ކިރިޔާ ނުވެއްޓުނީ ލަވް ވަރަށް ވާނެ މީހުން ސިއްސުވާހިތް ވަރަށް ފޫހިވޭ!”.ލުވީ ގަސްދުކުރީ އަސްލު ލާރާގާތު ވަރަށް ބޮޑު ވާހަކައެއް ބުނާށެވެ.ނަމަވެސް މިހާރު ލާރާގެ މޫޑު ހުރި ގޮތުން މި ގަޑި އެންމެ ރަނގަޅު ގަޑިއެއް ކަމުގައި ނުނިމްމުނެވެ.ލާރާ އަކީ ނުހަނު އަވަހަށް ރުޅި […]
ފޯނުން ވާހަކަ ދައްކަމުން އައިސް ޔަޝްމް އުނދޯއްޔަށް ވެއްޓިގަތް އިރު ކަންބޮޑުވުމުގެ އަސަރުތައް އެމޫނުމަތިން ފާޅުވަމުން ދިޔައެވެ. އުނދޯލީގައި ހަމަޖެހިލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. އެނޭވާއާއެކު އޭނަގެ ސިކުނޑީގެ ނާރުތަކަށް ވާންކުރަމުން ދިޔަ ޚިޔާލުތައް ވެސް ބޭރުކޮށްލަން ބޭނުންވި ކަހަލައެވެ. ”އަޅެ ޔުމް ޒައުމާ ދައްތައާ ވާހަކަ ދައްކަބަލަ، ނުވެސް ދަންނަ މީހަކާ ކައިވެނިކުރަން މަޖުބޫރުކުރާ އިރު ދައްތަ އެންމެ ފަހަރަކުވެސް ޔުމްގެ އުފާތަކާމެދު ވިސްނާނުލަނީތަ؟…” ޔަޝްމް އޭނަގެ އެކުވެރިޔާގެ ވާހަކަތައް އަޑުއަހަން އޮތްކަމުގައި ވިޔަސް […]
“ހެޔޮ ނުވާނެ ޝާނީ… ތެދުވެބަލަ! ނޭނގެނީތަ އަހަރެން ލޯބިވާ ވަރު… އަހަންނަށް މިވާގޮތް ނޭނގެނީތަ؟ ޝާނީ ޕްލީޒް… އައި ކާންޓް ސްޓޭންޑް ދިސް… އިޓްސް ކިލިންގ މީ…” މާއިޒް ޝާނީގެ އެނދުގަ ބޯ ޖައްސައިގެން އޮވެ މަޑުމަޑުން ބުނެލީ އިތުރަށް ކެތް ނުކުރެވިގެންނެވެ. “ތިހާ ފަސޭހައިން އަހަންނާ ވަކިވާކަށް ނުކެރޭނެ މާއިޒްއަކަށް…” އެއަޑު މާއިޒްއަށް އިވުނެވެ. ނަމަވެސް ގަބޫލެއް ނުކުރެވުނެވެ. އެވަގުތު ޝާނީ މާއިޒްގެ އަތަށް ފިތާލިއެވެ. އިވުނު އަޑަށް ވުރެ ބޮޑަށް މާއިޒްއަށް އިތުބާރު […]
4 އަހަރު ފަސް އަހަރުގެ ބޮޑު ޗުއްޓީއަށް މީހުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަމުން ދިޔައިރު އަނެއް ބައި މީހުން ރާއްޖެއިން ބޭރަށް ދަތުރު ކުރަމުން ދިޔައެވެ. މެލޭޝިޔާއިން އައިސް ހުޅުލޭ ރަންވޭގަ ފްލައިޓް ޖެއްސުމާއެކުހެން ހުރިހާ ޕެސިންޖަރުން ފައިބަން އަވަސްވެގަތެވެ. ފްލައިޓްގެ ފަހަތު ސީޓެއްގަ އިށީދެލައިގެން އިން މާޔާ އިނީ ފްލައިޓްގެ ކުޑަދޮރުން ބޭރު ބަލާށެވެ. ލޯގަނޑުގައި މޫނު ޖައްސާލައިގެން މާޔާ އިން އިރު ކުރީގެ ހިޔާލުތައް ސިކުނޑީގައި އެބުރެމުން ދިޔައެވެ. ” މަންމީ.. މަންމީ.. […]
“ޔޫނުސް؟” ކަންފަތުގައި ޖެހުނު އަޑަކުން ޔޫނުސްއަށް ހީވީ އޭނަގެ ހިތަށް އާ ދިރުމެއް ލިބުނީ ހެންނެވެ. އޭނައަށް ހިނދުކޮޅެއް ވަންދެން އެއީ ކާކުގެ އަޑެއްކަން ޔަޤީންކުރަން ދަތިވެފައި އިނދެވުނެވެ. “ނަޞް….ރާ؟” ޔޫނުސްއަށް ކިޔާލެވުނެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުގައި ހުރި ނަޞްރާ ދެލޯ މަރާލުމުން އޭނަގެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެންއައެވެ. ޔޫނުސްގެ އަޑު އިވުނަސް ޔޫނުސް ހުރީ އޭނައާއި ކިހާ ދުރުގައިކަން އެނގުންވީ ހިނދު ނަޞްރާގެ ދެލޯ ތަގުޅިވެ އޭނައަށް ރޮވެން އުޅުނެވެ. ނުރޯން މަސައްކަތް ކުރިއެއްކަމަކު […]
ލާރާ އޮތީ އެނދުގައި ނިދާށެވެ.އޭނާގެ ކޯތާފަތް މަތީ ހިކިފައި ހުރި ކަރުނަތައް ފެނުނު މީހަކަށް ކޮންމެވެސް އެއްޗެއް ވިސްނޭނެކަން ޔަގީނެވެ.އޭނާ ރޯންވީ ސަބަބެއްނެތެވެ.އޭނާއަށް މައިންބަފައިންގެ ލޯތްބާ އަޅާލުން ލިބެއެވެ.އެންމެ ފަހުގެ ފެޝަނާ އެއްގޮތަށް ހެދުންއެޅެއެވެ.ޓެބްލެޓާ،އައިފޯނާ،އައިޕެޑް ފަދަ ތަކެތި ލިބެއެވެ.ގިނަ ކުދިން ތިބޭނީ ތިމަންނަ ލާރާއަށް ވިނަމައޭ ކިޔާލައެވެ.މީހުން ހީކުރާ ގޮތުގައި ލާރާ އުޅެމުން ދަނީ ވަރަށް އުފަލުގައެވެ.ލާރާއަށް ހޭލެވުނީ މަންމަ ގޮވަން ފެށުމުންނެވެ.”ލާރާ! ކޮބާ ނޫޅެންތަ ތެދުވާކަށް؟ސްކޫލަށް ދާ ގަޑި ޖެހެނީ!”.ލާރާ އަވަހަށް ތެދުވީ މަންމަ ދެން […]