ކުލާސް ނިމުމާއިއެކު ކުދިންތަށް ނިކުންނަން ފެށިއެވެ.އީނާލް ވެސް އަވަހަށް ނުކުންނަންވެގެން ހިނގައިގަތް ތަނާ ކުއްޖެއްގެގައި އަޅައިގަތެވެ. ނުވެއްޓުނީ އީނާލްއަށް އަމިއްލަ ހަށިގަނޑު ބެލެންސް ކޮށްލެވުމުންނެވެ. ގައިގަ ޖެހުނީ ކާކުތޯ ބަލައިލިއެވެ. ވަގުތުން އީނާލްގެ ދެލޯ ބޮޑުވިއެވެ.އީނާލް ގެ ކުރިމަތީގައި ހުރީ އީނާލް އާއި އެއްކޮށް 12 ނިންމި ލައިޝާއެވެ. އީނާލްގެ ހިތް އުފަލުން ފުރުނު ކަހަލައެވެ.އުފަލުން ހުރެ ލައިޝާ ގައިގައި ބައްދާގަތެވެ. “ލައި ކިހިނެތްތަ؟ އެކީއްވެ ސުކޫލު ނިންމާފައި އެއްވެސް ގޮތަކަށް ކޮންޓެކްޓް ނުކުރީ؟ އައި ވޯސް […]
“ޝެރިން… ތޭންކްސް…!” ޖޭޑް ވާހަކަ ދެއްކީ ޝެރިނާއެވެ. “ކޮންކަމަކާ…؟” ޝެރިން މަޑުމަޑުން އަހާލި އެވެ. “އަހަރެން ކޯމާގަ އޮތްއިރު ޝެރިން ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނު… އެވަގުތު އަހަންނަށް ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ… ކޮންމެ ދުވަހަކުވެސް އަހަރެންގެ ފޫހިފިލައިގެން ދަނީ ޝެރިންގެ އޯގާތެރި ބަސްތަކުން. އެބަސްތައްވީ އަހަރެންގެ ޒަޚަމްތަކަށް ލެއްވި ޝިފާއެއް ކަމުގަ… އަހަރެން ބޭނުންވީ ކޯމާގަ ދުވަހަކުވެސް ނުހޭލާ އޮންނަން… އޭރުން ކޮންމެ ދުވަހަކުވެސް ޝެރިން އަހަރެން ގާތުގައި ހުންނާނެތީ… […]
ރޭގަނޑުގެ ކެއުމަށް އެންމެން އިންސާފުކުރަމުން ދިޔައިރު ލުޔޫން ބަތްތަށި ހާވާލަ ހާވާލަ އިނެވެ. “ދަރިފުޅާ ދެން ތިހެން ނީނދެ ތަންކޮޅެއް އަވަހަށް ކައިބަލަ.” ނާޒިމާ ކައިނިމިގެން ތެދުވަމުން ބުނެލިއެވެ. ލުޔޫން ހޫމް އަޅުވާލުމަށްފަހު ވެސް ހަމައެގޮތަށް ނެގި މަޑުވެފައި އިނެވެ. މިރޭ އޭނާ އެއްގޮތަކަށް ވެސް ކާހިތެއްނެތެވެ. ލީވާންއަށް ގުޅިއިރު އޭނާ ނިދިފައި އޮތުމުން އުނދަގޫ ނުކުރާން އަޅާނުލީއެވެ. އެވަރަށް ދަތުރު ކުރީމައި ހުންނަނީ ވެސް ވަރުބަލި ވެފަތާއެވެ. ކައިނިމިގެން ފެންބޯންހުރި ހައިމް ތަށި މޭޒުމަތީގައި ނުބެހެއްޓި […]
ޝައުނާ ބުނި ޖުމްލަ ނުނިމެނިސް އަވަސް އަވަހަށް ފޯނު ދަބަހަށް ލާ ޒަޔާލްގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. މޫނަށް ފޫހި ގޮތެއް ވެރިކުރަމުންނެވެ. އާނާ ގޮސް ޝައުނާގެ ކައިރީ އިށީނދެލިއެވެ. ޒަޔާލް އައިސް ޖައްސާލީ އާނާގެ ކުރިމަތީގަައެވެ. އާނާއަކީ ދަތުރު ކުރުމަށް ފަރިތަ ކުއްޖެއް ނޫންކަމުން އޭނާ އިނީ އެނބުރުން އަރާފައެވެ. ދާން ވީ ރަށަށް ދެވެނީވެސް 30 މިނެޓުން ކަމުން އާނާގެ މޫޑު ގޯސްވިއެވެ. “ޕިސް.. ދަތުރޭ ކިޔާފަ އެންމެހާ ދުރުގަ އޮތް ރަށަށް […]
ރަނގަބީލުގެ އަޑުޖެހުމާއިއެކު އަފާއާއި ރީޝާ ބާރަށްދުވެފައި ގޮސް ސުކޫލުންނިކުތެވެ. އޭރުދޮރުމަތީގައި ހޫދުއާއި ޒައިން މަޑުކޮށްލައިގެން ތިއްބެވެ. ރީޝާ ގޮސް ހޫދުއާއިއެކު ކުރިއަށްހިނގައިގަތެވެ. އަފާވެސް އެމީހުންގެ ފަހަތުން އަންނަންފެށިއެވެ. ޒައިން މަޑުމަޑުން އައިސް އަފާޔާއެއްވަރު ކޮށްލިއެވެ. އޭރު އަފާގެހިތް ބާރަށް ތެޅެމުންދިޔައެވެ. އަތްފައިފިނިވިއެވެ. “އަފާ..” ޒައިންގެ ރީތިއަޑު ޖެހުމާއެކު އަފާއަށް ޒައިންގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ ރީތިސިފައެކޭ އެއްފަދައިން އޭނާގެ އަޑުވެސް ހާދަރީއްޗެވެ. “އަފާ.” އަފާގެ ޖަވާބެއް ނައުމުން ދެވަނަފަހަރަށްވެސް ޒައިން ގޮވާލިއެވެ. އަފާ ހުރީވަރަށް ލަދުންނެވެ. “އޯތް […]
މިއީ ހަޤީޤީ ހާދިސާތަކެއް މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އެއީ މީގެ ދިހަވަރަކަށް އަހަރު ކުރިއެވެ. މިއަދަކީ އަހަރެންގެ ހަޔާތުގައި ވަރަށް މުހިއްމު ދުވަހެކެވެ. ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން އައި ދުވަސް އައިސް ޖެހުނީއެވެ. އަހަރެންގެ ހިތުގެތެޅުން ބާރުވަމުން ދިޔައެވެ. މިއަދަކީ އޯލެވެލް އިމްތިޙާންގެ ނަތީޖާ ލިބޭ ދުވަހެވެ. އަހަރެން އަމީނިއްޔާ ސްކޫލްދޮށަށް އައިސްހުރީ އަހަރެންގެ މަންމައާއިއެކުއެވެ. އަހަރެންނަކީ ކިޔެވުމަށް އެހާ މޮޅު ކުއްޖެއް ނޫނެވެ. ނަމަވެސް ރަގަޅު ނަތީޖާއެއް ލިބުމަށް މަސައްކަތްނުކުރާ ކުއްްޖެއް ނޫނެކޭ ނުބުނެވޭނެއެވެ. […]
މިހިތުގެ ވިންދަކީ ކަލާ ސިއްސައިގެން ގޮސް އީނާލް އަށް ހޭލެވުނީ ގަޑި ސޯނާ ވާ އަޑަށެވެ. އަވަސް އަވަހަށް އެނދުން ތެދުވެ ފާހާނައާއި ދިމާލަށް މިސްރާބު ޖެހީ ކޮލެޖަށް ދާ ފުރަތަމަ ދުވަހު ގަޑިޖެހެން ބޭނުންނުވާތީއެވެ. އީނާލް އަކީ މައިޝާގެ ދޮށީ އަންހެން ދަރިއެވެ. ބައްޕަ ވަނީ އީނާލް ކޮއްކޮ ލަޔާ ކުޑައިރު ނިޔާވެފައެވެ. މި ކުޑަ ކުޑަ އާއިލާ މާލޭގައި ދިރި އުޅެނީ މައިޝާގެ މިންނެތް މަސަތްކަތުންނެވެ. އޮފީސް މަސަތްކަތް ކުރުމުގެ އިތުރުން ހަވީރު ވިއްކަން ހެދިކާ ހެދުމަކީ […]
“ފަޔާ” ލީނާ ގޮވާލީ ވޭނުން ފުރިގެންވާ ގޮތަކަށްށެވެ. “ލީނާ ކިހިނެއް.. ރަނގަޅު ދޯ..” ފަޔާޒް އެހެން ބުނެ އިރުކޮޅެއް ނުވެ ލީނާގެ ގިސްލުމުގެ އަޑު އިވުނެވެ. “ފަޔާ.. އަޅެ އަހަރެން ދެން ނުވާނެ ދޯ ރަނގަޅެއް. ފަޔާ އަހަރެން ބޭނުން ހިނގާ އުޅެން.. އަހަރެން ކިހިނެއް އަބަދު މި ގޮނޑީގަ އިންނާނީ.. ފަޔާ.. ފަޔާ.. އެއްޗެކޭ ކިޔާބަލަ.” ލީނާ ގިސްލަމުން ފަޔާގެ އުނަގަނޑުގައި ބައްދައިގެން އޮވެ ކިޔަމުން ދިޔައެވެ. “ލީނާ.. އަހަރެން ވާހަކައެއް ބުނަން ބޭނުން..” ފަޔާޒް […]
އެނދުގައި އޮށޯވެލައިގެން ސީލިންގްގައި ހަރުކުރެވިފައިވާ ފަންކާއަށް ބަލަހައްޓައިގެން އޮތް ފާރިލް ވަނީ ފުން ހިޔާލަކަށް ގެއްލިފައެވެ. އެ މޫނުމަތިން ފެންނަމުން ދަނީ ނުތަނަވަސްކަމެވެ. އެތަށް ދުވަހެއް ވަންދެން ކުރި އިންތިޒާރަށް ފޮނި ނިމުމެއް އަންނަންވީ ވަގުތު ކުޑަތަންވެފައި އޮއްވައި މިވީ ކިހިނެތް ހެއްޔެވެެ. ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިވީއެވެ. ކިތަންމެ ވަރަކަށް ނަކީލް ދިން އިންޒާރާއި މެދު ނުވިސްނަން މަސައްކަތްކުރި ކަމުގައި ވިޔަސް އެކަމަށް ކުޅަދާނަވެގެން ނުވާކަހަލައެވެ. ނަކީލް އެގޮތަށް ކަންތައް ކޮށްފިނަމަ ހުރިހާ ދެރައެއް ލިބޭނީ މާޔާއަށް […]