ކުލާސް ނިމުމާއިއެކު ކުދިންތަށް ނިކުންނަން ފެށިއެވެ.އީނާލް ވެސް އަވަހަށް ނުކުންނަންވެގެން ހިނގައިގަތް ތަނާ ކުއްޖެއްގެގައި އަޅައިގަތެވެ. ނުވެއްޓުނީ އީނާލްއަށް އަމިއްލަ ހަށިގަނޑު ބެލެންސް ކޮށްލެވުމުންނެވެ. ގައިގަ ޖެހުނީ ކާކުތޯ ބަލައިލިއެވެ. ވަގުތުން އީނާލްގެ ދެލޯ ބޮޑުވިއެވެ.އީނާލް ގެ ކުރިމަތީގައި ހުރީ އީނާލް އާއި އެއްކޮށް 12 ނިންމި ލައިޝާއެވެ. އީނާލްގެ ހިތް އުފަލުން ފުރުނު ކަހަލައެވެ.އުފަލުން ހުރެ ލައިޝާ ގައިގައި ބައްދާގަތެވެ. “ލައި ކިހިނެތްތަ؟ އެކީއްވެ ސުކޫލު ނިންމާފައި އެއްވެސް ގޮތަކަށް ކޮންޓެކްޓް ނުކުރީ؟ އައި ވޯސް […]
މިހިތުގެ ވިންދަކީ ކަލާ ސިއްސައިގެން ގޮސް އީނާލް އަށް ހޭލެވުނީ ގަޑި ސޯނާ ވާ އަޑަށެވެ. އަވަސް އަވަހަށް އެނދުން ތެދުވެ ފާހާނައާއި ދިމާލަށް މިސްރާބު ޖެހީ ކޮލެޖަށް ދާ ފުރަތަމަ ދުވަހު ގަޑިޖެހެން ބޭނުންނުވާތީއެވެ. އީނާލް އަކީ މައިޝާގެ ދޮށީ އަންހެން ދަރިއެވެ. ބައްޕަ ވަނީ އީނާލް ކޮއްކޮ ލަޔާ ކުޑައިރު ނިޔާވެފައެވެ. މި ކުޑަ ކުޑަ އާއިލާ މާލޭގައި ދިރި އުޅެނީ މައިޝާގެ މިންނެތް މަސަތްކަތުންނެވެ. އޮފީސް މަސަތްކަތް ކުރުމުގެ އިތުރުން ހަވީރު ވިއްކަން ހެދިކާ ހެދުމަކީ […]