Skip to content
އެސްފިޔަ

ލޯބި އަހަރެން ވާނަމޭ.. (2)

ޝައުނާ ބުނި ޖުމްލަ ނުނިމެނިސް އަވަސް އަވަހަށް ފޯނު ދަބަހަށް ލާ ޒަޔާލްގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. މޫނަށް ފޫހި ގޮތެއް ވެރިކުރަމުންނެވެ.

އާނާ ގޮސް ޝައުނާގެ ކައިރީ އިށީނދެލިއެވެ. ޒަޔާލް އައިސް ޖައްސާލީ އާނާގެ ކުރިމަތީގަައެވެ. އާނާއަކީ ދަތުރު ކުރުމަށް ފަރިތަ ކުއްޖެއް ނޫންކަމުން އޭނާ އިނީ އެނބުރުން އަރާފައެވެ. ދާން ވީ ރަށަށް ދެވެނީވެސް 30 މިނެޓުން ކަމުން އާނާގެ މޫޑު ގޯސްވިއެވެ. “ޕިސް.. ދަތުރޭ ކިޔާފަ އެންމެހާ ދުރުގަ އޮތް ރަށަށް ދާން ޖެހޭތަ އަދި… ހުންންހް.. ހާދަ ފޫހިވެއޭ.. އަހަރެމެން ރަށު ތުނޑިއަށްވެސް ދެވޭނެތާ ހަމަ..” އާނާ ޝައުނާގެ ކޮނޑުގައި ބޯ އަޅާލައިގެން އިނދެ ކުދި ކިޔަމުން ދިޔައެވެ. ޝައުނާ ހިނި އައި ކަމުގައިވިޔަސް މަޑުމަޑުން އިނީއެވެ. ރޯ އަވީގައި އެއްވެސް ހިޔަލެއް ނެތި ބާރުމިނުގައި ދޯނި ދުވަމުން ދިޔައެވެ.. އާނާ ޝައުނާގެ ކޮނޑުަގައި ދެންވެސް ބޯ އަޅާލައިގެން އޮތީ ސަކަރާތްވާހެން ހީވާތީއެވެ. ތެދުވެއްޖެނަމަ ހޮޑޮ ލެވިދާނޭ އޭނާ ހިތަށް އެރިއެވެ. ޒަޔާލް އާނާގެ ހަރަކާތްތަކަށް ސިއްރު ސިއްރުން ދިޔައީ ބަލަމުންނެވެ.

ކުއްލިއަކަށް ޝައުނާގެ ކޮނޑުމަތިން އާނާ ބޯހިއްލާލާ ދޯނީގެ އެއްފަރާތަކަށް ޖެހިލިއެވެ. އަދި މޭގައި އަތް އަޅާގެން އޮވެ ހޮޑުލާން ފެށިއެވެ. ޒަޔާލް ބާރުމިނުގައި އައިސް އާނާގެ ނިތްކުރިމަތީ ހިފަހެއްްޓިއެވެ.. މޫނުމައްޗަށް ވެއްޓެމުން ދިޔަ އިސްތަށިތައް އެއްފަރާތަކަށް ޖައްސަމުން އާނާގެ ގައިގާ ހިފަހައްޓައިގެން ޒަޔާލް އިނެވެ. ޝައުނާ އަކީ ހޮޑު ފެނުނަސް ހޮޑުލެވި ވާތާ ވާ މީހެއްކަން އެންމެންނަށް ވެސް އިނގެއެވެ. އެހެން ކަމުން އޭނާއަކަށް ގާތްވާކަށް ނުކެރުނެވެ. އެންމެެ ފަހުން ޝާހާ ފެންފުޅި ހިފައިގެން އައިސް އާނާއަށް ފެން ދިނެވެ. ޝާހާ ކިތަންމެ ފަކުރު ގަތް ނަމަވެސް ހިތްވަރު ކޮށްލިއެވެ. އާނާ އިރު އިރުކޮޅާ ހޮޑުލައެވެ. ޒަޔާލް ވަރަށް ހާސްވިއެވެ. އާނާ ކޭ ހުރިހާ އެއްޗެހިވެސް ދިޔައީ ހޮޑަށެވެ. އެންމެ ފަހުން ހޮޑުލުން ހުއްޓުނީ ބޭރުވާނެ އިތުރު އެއްޗެއް ނެތުމުން ކަންނޭނގެއެވެ. އާނާ ވާތާ ވިއެވެ. އަދި މެރެމުން ދިޔަ ދެލޮލާއި އެކު ޒަޔާލްގެ އަތް މައްޗަށް ވެއްޓުނެވެ.

“އެކަމު ދުވަހަކުވެސް އާނޫ މިވަރަކަށް ހޮޑެއް ނުލާ.. މާލެ ދިޔައިރުވެސް… ކިހިނެއް އެވީ އާނޫ އަށް..” ޝައުނާ ހާސްވީ ވަރުން ވާހަކަ ދެއްކުނީވެސް ހުއްޓަ ހުއްޓައިގެންނެވެ. އެންމެން ޝައުނާއާއި ދިމާލަށް ބަލައިލީ އެ ބުނި އެއްޗަކާއި މެދު ހައިރާންވެ ތިބެއެވެ. އެހެނީ މާލެ އަކީ ރަށާއި އެތަށް މޭލު ދުރުގައި އޮތް ތަނެކެވެ. އެ ފަޅުރަށަކީ 30 މިނެޓް ދުރު ތަނެކެވެ. “އެ ވެދާނެ އަވިދަގަދަ ވީމާ ކަމަށްވެސް..” ޝާހާ އެންމެންގެ ހާސްކަން ފިލުވާލުމަށްޓަކައި ބުނެލިއެވެ. އެންމެން އައިސް އާނާ ވަށާލިއެވެ. އާނާގެ ބޯ ޒަޔާލްގެ އުނގުމަތީ ބާއްވާފާއި އޮތް އިރު މެރިފައިވާ ދެލޮލުން ކަރުނަ އަންނަތަން އެންމެންނަށް ފެނުނެވެ. އެންމެންވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލީ އެވީ ކިހިނެއްކަން ނޭނގޭ ހާލުގައެވެ. ޒަޔާލް އާނާގެ މައުސޫމް މޫނުމައްޗަށް ބަލަން އޮތީ ވަރަށްވެސް ދެރަވެފައި އިނދެގެންނެވެ. އާސިފް ގެނެސްދިން ފެންފުޅިން އެތިކޯ ކޮޅު އަޅަމުން އާނާއަށް ޒަޔާލް ގޮވަމުން ދިޔައެވެ. ކުއްލިއަކަށް އާނާ ތެދުވިއެވެ. ކުއްލި ހަރަކާތަކުން ކޮޅަށްވެސް ތެދުވިއެވެ. އެންމެންގެ ނަޒަރު އޭނާއަށް ވަނީ އަމާޒުވެފައެވެ. “އެންމެން މާ ވަރަކަށް ބަލަނީ އޯ؟ އަހަރެން މާ ރީތީތަ؟” އާނާ އެހެން ބުނެލުމުން އެންމެންގެ މޫނުމަތިން ހާސްކަން އިތުރު ވިއެވެ. އާނާއަށް ދެންމެ ވީ ކަންތައް ހަނދާން ނެތުނީހެއްޔެވެ؟ މީ އަނެއްކާ އާނާ ހެއްޔެވެ؟ ދެންމެ މިތާ ހޭނެެެެެތިފައި އޮތް އާނާ މިހާރު އެހުރީ އެންމެންގެ ކުރިމަތީގައެވެ.

ޒަޔާލް އާނާއާއި ދިމާލަށް ބަލަން ހުރީ އެހެންޏާ ނުފެންނަ ކަހަލަ ވިދުވަރެއް އޭނާގެ ލޮލުން ފެންނަން ފެށުމުންނެވެ. އެންމެންވެސް ދުރަށް ޖެހިލާ އެމީހަކު ތިބިތަނަކަށް ދިޔައީ ހާސްކަމުގެ ސަބަބުން ދަތުރުގެ މޫޑް ހަރާބުވެދާނެތީއެވެ. އާނާ ގޮސް އިށީނީ ދޯނީގެ އެއްފަޅީގައެވެ. އެންމެންނާއި ވެސް ވަކިން ދުރުގައެވެ. އާނާއަށް މިއައި ބަދަލު އެންމެންނަށް ވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް ނުބުނެ ތިބީ އިތުރަށް އެހެންމީހުން ހާސްކުރުވަން ބޭނުން ނުވީމައެވެ. އެންމެންވެސް ނިންމީ އެވާހަކަ ފަހުން ރައުނާމެންގާތު ބުނާށެވެ. މިހާރު ބުނެގެން އެމީހުންގެ މޫޑް ވެސް ހަރާބު ވެދާނެތީއެވެ.

ޒަޔާލް އެއިންތާ އިނީ ގަނޑުވެފައެވެ. އާނާގެ ހަރަކާތްތަކަށް މިއައި ބަދަލުން އޭނާގެ ހިތުގެ ކަނަކުން ކޮންމެވެސް ނުބައެއް އުޅޭކަން ދިޔައީ ބުނަމުންނެވެ. އެ ރީތި މޫނުގައި ވަނީ ހައިރާންކަމާއި ކަންބޮޑޫވުމުގެ އަސަރުތަކެވެ. ޒަޔާލް ސިއްސައިގެން ދިޔައީ އަނޫފް އައިސް އޭނާގެ ކޮނޑުގައި އަތް އަޅާލުމުންނެވެ. ދެފަރާތަށް ބޯ ހޫރާލަމުން ތެދުވެ ކުރިންވެސް އިންތަނުގައި ޒަޔާލް ގޮސް އިނެވެ. އެތަނުގައި އިނދެގެންވެސް އާނާގެ ހަރަކާތްތަށް އޭނާއަށް ފެނެއެވެ. ނަމަވެސް ފެންނަނީ އާނާގެ ފުރަގަހެވެ.

އެ ރީތި އިސްތަށިގަނޑު އައްސާލެވިފައިވާ ވޫލު ކޮޅު އާނާ ދަމައިގަތެވެ. އެއާއި އެކު އޭނާގެ އިސްތަށިގަނޑު ހޭވުނެވެ. ވޫލުގަނޑު އަތުގައި ބާއްވަން ނަހަދާ އެއްލާލީ ކަނޑަށެވެ. ޒަޔާލްގެ ހާސްކަން އިތުރު ވިއެވެ. އާނާ އަކީ އޭނާ ގެންގުޅޭ ކޮންމެ އެއްޗެއް ދެކެވެސް ވަރަށް ލޯބިވާ ކުއްޖެކެވެ. ބޮލުގައި ޖަހާ ވޫލުން ފަށައިގެން އަރާ ފައިވާންވެސް ގެންގުޅެނީ ވަރަށް ބަލައިގެންނެވެ. ނަމަވެސް މިއަދު ޒަޔާލް ކުރިމަތީ ގެންގުޅޭ ވޫލުކޮޅުވެސް އެއްލާލީތާއެވެ.

ވަޔާއި ވިހުރެމުން ދިޔަ އިސްތަށިގަނޑުން އާނާއަށް އުނދަގޫވެސް ނުވާ ކަމެވެ. ޒަޔާލްއަށް އިތުރަކަށް ކެތެއް ނުވިއެވެ. ކޮޅަށް ތެދުވެ ހިނގައިގަތީ އާނާ އިށީނދެ އިންތަނަށް ދިޔުމަށެވެ. އާނާއާއި ދާދި ކައިރީގައި ޒަޔާލް އިށީނދެލިއެވެ. އެއާއި އެކު އޭނާގެ ނޭފަތުގައި ޖެހުނީ ހުވަނދު މާ ވަހެވެ. ޝައްކުގެ ނަޒަރަކުން ޒަޔާލް އާނާއާއި ދިމާލަށް ބަލާލިއެވެ. “އެނީ…! ހާދަ މީރުވަސް ދުވާ ސެންޓެއް ޖަހައިގެން..” ދައްކާނެ ވާހަކައެއް ޒަޔާލް އަކަށް ނޭންގުނެވެ. އެހެންޏާ އާނާ ފެންނަ އިރު އެންމެ ފުރަތަމަ އަނގައިން ނިކުންނަ ޖުމްލައަކީވެސް އާނާ ރުޅި އަރުވާލަން ނެރޭ ޖުމްލައެވެ. ނަމަވެސް މިއަދު އޭނާ ވަނީ މަޑުމައިތިރިވެފައެވެ. އެ ސުވާލު ކުރީވެސް ވަރަށް ރީތިކޮށެވެ.

އާނާ ހުމްމް ލައްވާލިއެވެ. އެއަށްފަހު އާނާ ޒަޔާލްގެ މޫނުމައްޗަށް މާނަވީ ގޮތަކަށް ބަލާލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓުނީ ކަނޑާއި ދިމާލަށެވެ. ޒަޔާލްއަށް އެއް ކަމެއް ފާހަގަވިއެވެ. އާނާގެ ލޮލެވެ. އެ ލޮލުގެ ވިދުމެވެ. އެ ލޮލުގައި އެއްވެސް އަސަރެއް ނެތްކަމެވެ. މިއީ ޒަޔާލް ލޯބިވާ އާނާ އެއް ނޫނެވެ. އެ ދެލޮލެއް ނޫނެވެ. ޒަޔާލް އެތާ އިނދެގެން އެތަކެއް ވާހަކަ ދެއްކިއެވެ. ނަމަވެސް އާނާގެ ފަރާތުން އަންނަނީ ކުރު ޖަވާބެވެ.

އެގޮތުގައި އެންމެންވެސް ތިއްބާ ދެވެން އޮތް މަންޒިލަށް ދެވުނެވެ. ދޯނި ގޮސް ޖެއްސީ ތަންކޮޅެއް ފުން ހިސާބެއްގައެވެ. އަނެއް ދޯނި އާއި ކައިރީގައެވެ. އެމީހުންނަށް އާދެވުނު އިރު ރައުނާމެން ރަށުތެރޭ އުޅޭތަން ފެނެއެވެ. ފިރިހެން ކުދިންތައް ފަތާފައި ބައެއް އެއްޗެހި އެތް ގަމަށް އެރުވުމުގައި އުޅުނެވެ. އަނޫފު ޝައުނާއާއި ދިމާލަށް ބަލާލުމަށްފަހު މޫދަށް ފުންމާލިއެވެ. އަދި ޝައުނާ ކައިރި އައުމަށް ބުންޏެވެ. “އެކަމު ނޭނގެ ފަތާކަށްް” ޝައުނާ ރަކި ހިނިތުން ވުމަކާއި އެކު ބުނެލިއެވެ. “އަތް މައްޗަށޭ…” އެއްލޯ މަރާލަމުން އަނޫފު އެހެން ބުނެލިއެވެ. ޝައުނާ ގެ މޫނު ރަތް ވެގެން ދިޔައެވެ. އަވަސް އަވަހަށް އެސްފިޔަތަށް ޖަހާލިއެވެ.  އިސްޖަހާލައިގެން ދޯނިން ފައި ބޭލުމަށްފަހު އަނޫފުގެ އަތް މައްޗަށް ފޭބިއެވެ. އަނޫފު ޝައުނާ ގޮވައިގެން އެތްގަމަށް އައެވެ. އެތަން ބަލަން ޝައުނާގެ މަންމަ ސާނިޔާ ހިނުތުންވެފައި ހުއްޓެވެ. ޝައުނާ އައިސް ބެހެއްޓުމަށްފަހު އަނޫފު އަނެއްކާވެސް ދިޔައީ ދެން އުޅޭ ފިރިހެން ގުރޫޕްއާއި އެކު އެއްޗެހި ގެނައުމަށެވެ. އާސިފްވެސް ޝާހާ އުރާލައިގެން ގެނައެވެ. ޒަޔާލް އާނާ ހޯދަން ފެށީ އޭނާއަށް ފަތަން ނޭންގޭތީއެވެ. އަދި ވަގުތުގެ ބޭނުން ހިފައި އޭނާ އުރާލުމުގެ ނިޔަތުގައެވެ. ނަމަވެސް އާނާއެއް ނުފެނުނެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ މޫދަށް ފުންމާލި އާނާ ފެނިފައެވެ. އައި ނައި ދިމާލެއް އޭނާއަކަށް ނޭނގުނެވެ، ދެލޯ ބޮޑުކޮށްލައިގެން އާނާއާއި ދިމާލަށް ޒަޔާލް ބަލަން ހުރީ ފަރިތަކަމާއި އެކު ފަތަމުން ދިޔައީމައެވެ.

އެމީހަކު އެމީހެއްގެ ކަމުގައި އުޅުމުން އެކަމެއް އެކަކަށްވެސް ފާހަގައެއް ނުކުރެވުނެވެ. ޒަޔާލް މާޔޫސްކަމާއި އެކު މޫދަށް ފުންމާލާ އެއްގަމަށް ދިޔައެވެ. “ކޮބާ އަހަރެންގެ ދަބަސް” ޒަޔާލް އެއްގަމަށް އެރުމާއި އެކު އާނާ އައިސް އަހާލިއެވެ. ޒަޔާލް ހުރިހާ ދިމާލަށް ނަޒަރު ހިންގާލާ އިނގިލި ދިއްކޮށްލީ ކުނައެއްމަތީ ބަހައްޓައިފައި ހުރި މީހުންގެ ދަބަސްތައް މަތީ އޮތް އާނާގެ ދަބަހަށެވެ. އާނާ އެ ދިމާލަށް ބަލާލުމަށްފަހު ހިނގައިގަތެވެ. އާނާ ލައިގެން ހުރި ޓޮޕް ވަނީ ގައިގާ ހިފާފައެވެ. އެ ހަށިގަނޑުގެ ރީތިކަން ހާމަވަމުން ދިޔައެވެ. ލައިގެން ހުރި ޖޭސްމިން ހަރުވާޅުވެސް ވަނީ ފައިގާ ތަތްލާފައެވެ. އިސްތަށިގަނޑު ތެމިފައި ވާއިރު އާނާގެ މޫނުމަތިންވެސް ފެންތިކިތައް ފެންނަން ހުރިއެވެ. އާނާ އެއްވެސް ޖެހިލުމެއްނެތި ދަބަސް ހިފައިގެން ވަލުތެރެއާއި ދިމާލަށް ހިނގައިގަތެވެ. އެންމެންވެސް އާނާ ދިޔަ ދިމާލަށް ބަލާލިއެވެ. އެއާއި އެކު އެމީހެއްގެ ކަމުގައި އަނެއްކާވެސް އުޅުނެވެ. އެކަކުވެސް ހައިރާން ނުވީ އާނާ އަކީ ބިރުކުޑަ ކުއްޖެއްކަން އިނގޭތީއެވެ. ތެތް ހެނދުމާއި އެކު ދަބަސް ކޮނޑުގައި އަޅުވާލައިގެން އާނާ ވަލުން ނިކުތެވެ. މިހާރު އޭނާ ލައިގެން ހުރީ އަތް ކުރު ކަޅު ޓޮފަކާއި ހަރުވާޅެކެވެ. ރައުނާ އާނާގެ ކައިރިއަށް އައިސް ތެތް ހެދުން މަގޫ ގަސްތަށް މަތީ ބޭއްވުމަށް ބުނެލިއެވެ. އާނާ ބޯ ޖަހާލުމަށް ފަހު އެ ދިމާލަށް ދިޔައެވެ.

އަންހެން ވެރިން ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި އުޅުނު އިރު ފިރިހެން ވެރިން އުޅުނީ މެންދުރަށް ވާއިރަށް މަސް ކޮޅެއް ލިބޭތޯއެވެ. ޒަޔާލް އާއި އަނޫފް ނުދިޔައީ އެދެމީހުންނަށް މަސްވެރިކަމާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް ނޭނގޭތީއާއި ޝައުނާ އަދި އާނާ އާއި ދުރުގައި ތިބެން ބޭނުން ނުވާތިއެވެ. “ބްްރޯ ކިހިނެއް ވާނީ މިއަދު ޝައު އަށް ޕްރޮޕޯސް ކޮށްފިއްޔާ.. މަ މިއުޅެނީ އެހެން ކަމަށް..” އަނޫފު ރަކި ހިނިތުންވުމަކާއި އެކު އެހެން ބުނެލުމުން ޒަޔާލް އެކަމަށް އެއްބަސް ވެލީ އަނޫފު ކޮނޑުގައި ޖަހާލަމުންނެެވެ. “އޭ! މިއަދު އާނޫ އަށް ކިހިނެއްވެފަ؟ ހާދަ ޑިފެރެންޓޭ ދޯ؟” އަނޫފް އެހެން ބުނެލުމުން ޒަޔާލް ރައުނާ މެން ކައިރި އިށީނދެ އިން އާނާއާއި ދިމާލަށް ބަލާލިއެވެ. “ނޭނގެ!! ވެދާނެ މާ ބޮޑަށް ސަކަރާތް ވީ މާ ކަމަށް ދަތުރުގެ ސަބަބުން.. ހެހެހެ.. ހިނގާބަލަ މިތިބި އަންހެނުންގެ އަނގަ ގޮށްވާލަން.” ޒަޔާލް އެހެން ބުނެލީ މައުލޫ އޮޅުވާލާށެވެ. ދެމީހުންވެސް އެއްބަސް ކިޔާ ސައި ތައްޔާރު ކުރަން ތިބި އަންހެނުންނާއި ދިމާލަށް ދިޔައެވެ.

 

-ނުނިމޭ (:-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (39)

  1. Ryn

    hey guys here is the nxt prt.. hope u al wil lyk it.. 😉 enjoy.. thnks fr readin.. 😉

  2. aathi

    Hey ryn..story is awsum..waitin for nxt part ingey..

    1. Ryn
      aathi

      hey aathi.. aslu? happy to hear…. 😉 thnks fr readin enjoy 😉 🙂

  3. aathi

    Me frst dhw..haahaa

    1. Ryn
      aathi

      heheh yrh congrts 😉

  4. nukko

    hey ryyn… stry hama v thithi… v kiyahithun kiyanikoh e nimuny 🙁 .. heheh btw kn irakun nxt part.. i must say u hav improved a lot… and kuda koh kuru hen hyveyy.. dhn oii bai varaaaah dhigu kohlachey.. 😉 😉 😉 furaa miss vey 😉 nd furaa gud nyts.. gud lukk flower 😛 😛 😛 😛 🙂 🙂 🙂

    1. Ryn
      nukko

      aslutha.. so sad.. in sha allah dhn in prt dhigu khla dheynan…. n thnks fr readin.. hehe n furaa lwbi vx vey n miss vx vey gd nyt swyt drms.. 😉 🙂 🙂 😉

    2. nukko
      nukko

      vedhaane maa gina kan kan nuhingaa thy kamah vs… hehe.. but stry is awesum dear…..

    3. Ryn
      nukko

      owhh hehhe thnks.. 😉

  5. aathi

    Aslu..hahaa 😉

    1. Ryn
      aathi

      hehhe 😉

  6. hey Ryn

    Nice

    1. Ryn
      hey Ryn

      thnks 😉

  7. j boat

    wow wow woww pretty…. 🙂

    1. Ryn
      j boat

      thnks thnks thnks j 😉

  8. princess

    Wow varah reethi

    1. Ryn
      princess

      thnks 😉

  9. shema

    Kobaaaaatha inthixaaru, nimunyyy tha,

    1. Ryn
      shema

      sarah ge stry tha?? e stry nimihje.. 😉

  10. Naaz

    Aanoo aa jinni avaleetha….hehehe
    Story v v reethi

    1. Ryn
      Naaz

      hehe lts see dhw.. thnks fr readin.. enjoy 😉

  11. Shabee

    hey HG..hey ryn… 😉 mibaivx varaaaaaaah habeyss 😛 nxt prt kon irakun?? avahah up khdhehchey…vrh kiyaahithun miiny 🙂 all da bst 😀

    1. Ryn
      Shabee

      hey sg hey shaby.. 😉 n thnks.. yrh in sha allah vrh avahah up khdheynan.. thnks fr readin.. 😉

  12. elsa

    vr vr rythi igea mom , dhen in prt kiyaalaa hithun keiy madhuvefa mihiry , gud luck , wats wrong with any , alhey kihineh baa vaany dhen , m getting scared . zayaal plz save her , hehe

    1. Ryn
      elsa

      thnks doc. hehehe.. 😉 n thnks fr readin.. enjoy 😉

  13. elsa

    n prt one 1 ga in elsa ge cmt kiyaalahchey igea

    1. Ryn
      elsa

      kiyafin n replied 😉

  14. mishy

    Heyyy ryn oops ryb hehehe .. asluvess v v v salhi .. aanu ah kihineh tha evy kuhliyakah ryn .. v interesting .. mihaaru professional writer akh vy dhw ryn vess hehe ..story is awsome gud luck n keep it up ryn ?☺ oh ho ryb dhw mihaaru v handhaan nethey hehe… miss u so much n luv u ???

    1. Ryn
      mishy

      hehehe heyy mosh.. aslutha? thnks ingey.. n vrh happy vehje…. once again thnkyou soo much mosh.. ryb missd u mosh hehehe. 😛 … n miss u alt luv u mr thn u do 😛 thnks fr readin… n plus eat peanuts so tht u cnt frgt things easily 😛

  15. lai

    hashigandaai furaana vakivevi nethi fanaave dhiyas hevey .. kashive fy vehyah vedhiyayas ” loabi aharen vaanamey ” .. hehe vvvvv salhi mi story .. v reethi ingey ryn .. konirakun next part? eagerly waiting 🙂

    1. Ryn
      lai

      hehehe… thnks… in sha allah vrh avahah… n miss u.. 😉 thnks fr readin lai

  16. reader

    varah reethi 🙂 nxt part kon irakun up kurany

    1. Ryn
      reader

      thnks reader…. in sha allah vrh avahah up khla dheynan.. enjoy 😉 thnks

  17. misty

    Awesome ? all ur stories are amazing ☺ when next part? Can’t wait

    1. Ryn
      misty

      aww thnks swythrt… in sha allah vrh avahah up khla dheynan.. once again thnkyou 😉

  18. shelly

    miadhu nxt part up eh nukohdheveynetha

    1. Ryn
      shelly

      yrh.. m still writin.. sry.. in sha allah 2 days therey up khla dheynan.. 😉

  19. elsa

    hey mom , m going dhathuru tmrw , n laany ves black top n black jasmine haruvaalhu , hahaha , plus , black burugaa , i cant meet u tmrw , will miss yaa , c u day after tmrw , biruganehje dw , hahahaa

    1. Ryn
      elsa

      hey.. hahhah image khlevihje.. owh tc of urslf.. n enjoy the dhathuru.. n heheh biruganey eba… anehkaa hodu nulanchey 😛 tc miss u mre luv ya

Comments are closed.