ގެއަށް އާދެވުމާއެކު ދީމް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ދޮރުތަޅުލަމުން އޭނަ ގޮސް ވެއްޓިގަތީ އެނދަށެވެ. މަންމަ ތަޅުގައި ހިފިކަން އެނގުނެވެ. ޓަކިދިން އަޑު ވެސް އިވުނެވެ. ނަމަވެސް ދީމްގެ ހަށިގަނޑަކު މަންމައަށް އިޖާބަދޭނެ ވަރުގެ ހަކަތައެއް ނެތެވެ. އަޑުބޭރުވެދާނެތީ ބަނާތު ގެނެސް މޫނުގައި ޖައްސާ ބާރުކޮށްލިއެވެ. ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް ބަނާތުގެ ތެރެއަށް ނިމިގެން ދިޔައެވެ. ”ދަރިފުޅާ ދޮރުހުޅުވަބަލަ…” ޖުވޭރިޔާ ކަންބޮޑުވެފައި ހުރެ ދީމްއަށް ގޮވާލިއެވެ. ދީމްގެ ފަރާތުން ޖަވާބެއް ނުލިބުމުން […]
”މަންމާ….” ދީމް އެތެރެއަށް ނޭފަތް ދަމާލިއެވެ. ޖުވޭރިޔާ މިއަންނަނީ ކަމުގައި ބުނެ ފޯނު ކޯލް ކުރުކޮށްލިއެވެ. ދީމް ފޯނުގެ އަތްގަނޑު ބާއްވަމުން އެނބުރިލި ވަގުތު ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ޔޫޝައު ފެނިފައެވެ. ސިޑީގެ ފަހުގެ ފަރުފަތްތަކުގައި ހުރި ޔަޝްމް ވެސް އޭނައަށް ފެނުނެވެ. ދެމީހުންނަށް ވެސް ސާފުކޮށް ދީމްގެ ވާހަކަތައް އަޑުއިވުނެވެ. ޔަޝްމް އިނީ ހުއްޓުން އަރާފައެވެ. ޔޫޝައު އަކީ އެހާ ގޯސް މީހެއް ހެއްޔެވެ؟ ޔޫޝައުހާ އިޒްކާން ގޯސްވެދާނެ ބާވައެވެ؟ ޔޫޝައުއަށް ޔަޝްމް އެތާނގައި ހުރިކަމެއް […]
މިވާހަކަށްކުރިން ބުނި ތާރީހުގައި ނުގެސްދެވުނީތީ އަޅުގަނޑު ބަލިވުމުގެ ސަބަބުން. ރަނގަޅުވީހާ އަވަހަކަށް ވާހަކަ ގެނެސްދޭނަށް. އަދި މިކަމަށްޓަކާ ކިޔުންތެރިން ފަރާތުން ވަރަށްބޮޑަށް މަޢާފަށްއެދެން.
މާފަންނު ދިލްކަޝް ގެއަކީ 10 ބުރި އަށް އިމާރާތް ކޮށްފައިވާ ރީތި ގެއެކެވެ. މަތީ އަށް ފަންގިފިލާ ކުއްޔަށްދިފައިވާއިރު އެންމެ ތިރީގައި ބޮޑު ފޮތިފިހާރައެއް ހުޅުވާފައި ވެއެވެ. މޫސައާއި އޭނާގެ ކުޑަކުޑަ އާއިލާ އުޅެމުންދަނީ ގޭގެ ފުރަތަމަ ފަންގިފިލާގައެވެ. މޫސަގެ އާއިލާ އަކީ ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އާއިލާއެކެވެ. “ސަމީރާ! ދީބަލަފެންތަށްޓެއް!” މޫސައައިސް ސިޓިންރޫމުގައި ހުރި ސޯފާގައި އިށީނދެލިއެވެ. ކުޑަތަބަކެއްގައި ފެންތަށްޓަކާއި ޖޫސް ތަށްޓެއް ގެނަސް ސޯފާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓުމަށްފަހު […]
“ސާދަ ވިލޭރޭ ހަނދުފަދަ ޗާލު ރީތި މޫނުމިރޭ ފެނިލުމުން ވޯ..” މާޒިންގެ ހިތްގައިމު އަޑުން ލަވަކިޔަމުން ދިޔައިރު އޭނާ ކުޅެމުން ދިޔަ ގިޓާގެ ހިތްގައިމު އަޑު މުޅިފަޒާގައި ހިފާލާފައިވެއެވެ. އަލަތު އަނބިމީހާއަށް މި ހިތްގައިމު ލަވަކިޔާދެމުން ދިޔައިރު ޔާނާ ހުރީ ކަޅިޖަހާލަން ނޭނގި މާޒިންއަށް ބަލަހައްޓައިގެންނެވެ. މިރޭގެ ކައިވެނި ޕާޓީގައި މާޒިން ލަވަކިޔަން ފެށުމުން ޔާނާ ހުރީ އާޝޯހު ވެފައެވެ. ރައްޓެހިވެގެން ދެއަހަރު ދުވަސް ވީއިރު ވެސް މާޒިންއަށް މިހާ ރިތިކޮން ލަވަކިޔަން އިނގޭކަމެއް އޭނާ ނުދެނެހުއްޓެވެ. […]
މަންމަ އޭނަ ގާތު އެހާ ބޮޑުކަމެއް ސިއްރުކޮށްދޭން އެދުމުން އޭނައަށް އެކަން ބޮޑުވިއެވެ. އޭނަގެ އަނގަ ގަދަ މިޒާޖާ ހުރެ ސިއްރު ހިފެއްޓުމަކީ އޭނައަށް ވާނެވަރުގެ ކަމެއް ނޫނެވެ. ނަމަވެސް އެންމެފަހުން މަންމަ ބުނި ޖުމްލައިން އޭނައަށް އެކަންކުރަން މަޖުބޫރުވެގެން ދިޔައެވެ. މި ގަނޑުވަރެއް ފަދަ ގެ ދޫކޮށްދާން އޭނަ ބޭނުމެއް ނޫނެވެ. އޭނައާއި މަންމައަށް ލިބިފައިވާ ކޮޓަރި ވެސް ނުލާހިކު ފުރިހަމައެވެ. މިފަދަ ދިރިއުޅުމެއް ދުނިޔޭގައި އަތްފުނާ އެޅިކަމުގައި ވިޔަސް ލިބޭނެކަމެއް ނޭގެއެވެ. ”މަންމަ ދަރިފުޅަށް […]
ޒައުމާގެ ފަރާތުން އިޒްކާންމެން ފުރަން އުޅޭކަން އެނގުމާއެކު ބަލްޤީޝްގެ ތަބީއަތު ޚަރާބުވިއެވެ. ހެނދުނުގެ ނާޝްތާ ކުރާހިތް ކެނޑި އޭނައަށް ބަލާލެވުނީ ރަސަލް އަށެވެ. ބަލްޤީޝްގެ މޫނުގައި ވި ހާސްކަމާއި ކަންބޮޑުވުން ރަސަލްއަށް ނަގައިގަނެވުނެވެ. ޔޫޝައު ވެސް އޭނަ ފުރަން ބޭނުން ވާކަން ހާމަކުރުމުން ހަވީރަށް ޓިކެޓް ނަގަން ރަސަލް އެންގިއެވެ. ވާނުވާ ނޭގިފައި އިނީ ޒައުމާ އެވެ. ކުއްލިޔަކަށް އެންމެން މާލެދާން ޖެހުނީ ކީއްވެގެން ބާއެވެ؟ ”ދީމް ކޮބާތަ؟…” ތަނަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް ގެންނަމުން […]
ޝާމިން އަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގައި ނުނިދިގެން ދެކޮޅަށް ފުރޮޅި ފުރޮޅި އޮށްވައި ކޮޓަރި ދޮރުހުޅުވާލި އަޑަށް ޝާމިން ބަލާލިއެވެ. ދޮރުހުޅުވާ ލުމަށްފަހު އެތެރެއަށް ވަދެގެން އައި ޒަރީނާ ފެނި ޝާމިންގެ ދެލޯބޮޑުވެގެން ދިޔައެވެ. ޒަރީނާގެ ބޯ ހާވާލާފައި ވާއިރު ގައިގައި ފޭރާމެއް ނެތެވެ. ޝާމިންގެ ހިތްބިރުން ތެޅެން ފެށުމާއެކު ޝާމިންގެ ގައިމަތީ އަޅާފައިވާ ފޮތިގަނޑުން ފޮރުވިގަތެވެ. ޒަރީނާ ހިނގާފައި އައިސް ޝާމިންގެ ގައިގައި އަޅާފައިވާ ފޮތިގަނޑު މަޑު މަޑުން ނަގަން ފެށިއެވެ. އިންތިޒާރު […]
ފަހަތުން މަޑުމަޑު އަތެއް ކައިލްގެ ކޮނޑުގައި ޖައްސާލިހެން ހީވެގެން އޭނާ މަޑުމަޑުން ފަހަތަށް އެނބުރިލި އެވެ. އަދި އޭނާ ގާތު ދާނިޔާ ހުރިތަން ފެނިފައި އިސްޖަހާލީ އޭނާގެ މޫނުމަތީގެ އަސަރުތައް ނުދައްކަން ވެގެނެވެ. “ދޮންބެ މިތާ ކީއްކުރަނީ؟” ދާނިޔާ އެހި އެވެ. އޭނާއަށް ކައިލްގެ މޫނުމަތީގައިވި ހިތާމައިގެ ސާލު ވަރަށް ރީއްޗަށް ފެނުނެވެ. ރޭގަނޑު ކުއްލިއަކަށް ހޭލައިގެން ހޮސްޕިޓަލުތެރޭ ފަތިސް ފަންދެން ހުރުމުގެ ސަބަބުން އެދެލޯ ދަނީ ނިންޖަށް ގޮވަމުންނެވެ. “ކަމެއް ނުކުރަން… ފިނިކޮށްލަން ބޭރަށް ނިކުމެލީ… […]