މިއީ ހަޤީޤީ ހާދިސާތަކެއް މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އެއީ މީގެ ދިހަވަރަކަށް އަހަރު ކުރިއެވެ. މިއަދަކީ އަހަރެންގެ ހަޔާތުގައި ވަރަށް މުހިއްމު ދުވަހެކެވެ. ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން އައި ދުވަސް އައިސް ޖެހުނީއެވެ. އަހަރެންގެ ހިތުގެތެޅުން ބާރުވަމުން ދިޔައެވެ. މިއަދަކީ އޯލެވެލް އިމްތިޙާންގެ ނަތީޖާ ލިބޭ ދުވަހެވެ. އަހަރެން އަމީނިއްޔާ ސްކޫލްދޮށަށް އައިސްހުރީ އަހަރެންގެ މަންމައާއިއެކުއެވެ. އަހަރެންނަކީ ކިޔެވުމަށް އެހާ މޮޅު ކުއްޖެއް ނޫނެވެ. ނަމަވެސް ރަގަޅު ނަތީޖާއެއް ލިބުމަށް މަސައްކަތްނުކުރާ ކުއްްޖެއް ނޫނެކޭ ނުބުނެވޭނެއެވެ. […]