Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ވިންދަކީ ކަލާ

cutie Level 1
December 2, 2015 2 Mins Read
16 Comments

 

މިހިތުގެ ވިންދަކީ ކަލާ

ސިއްސައިގެން ގޮސް އީނާލް އަށް ހޭލެވުނީ ގަޑި ސޯނާ ވާ އަޑަށެވެ. އަވަސް  އަވަހަށް އެނދުން ތެދުވެ ފާހާނައާއި ދިމާލަށް މިސްރާބު ޖެހީ ކޮލެޖަށް ދާ ފުރަތަމަ ދުވަހު ގަޑިޖެހެން ބޭނުންނުވާތީއެވެ.

އީނާލް އަކީ މައިޝާގެ ދޮށީ އަންހެން ދަރިއެވެ.  ބައްޕަ ވަނީ އީނާލް  ކޮއްކޮ ލަޔާ ކުޑައިރު ނިޔާވެފައެވެ. މި ކުޑަ ކުޑަ އާއިލާ މާލޭގައި ދިރި އުޅެނީ މައިޝާގެ މިންނެތް މަސަތްކަތުންނެވެ. އޮފީސް މަސަތްކަތް ކުރުމުގެ އިތުރުން ހަވީރު ވިއްކަން ހެދިކާ ހެދުމަކީ މައިޝާގެ ކޮންމެ ދުވަހެއްގެ މަސަތްކަތެވެ.

އީނާލް ތައްޔާރުވެގެން ގެއިން ނުކުންނަން ހިނގައިގަތްތަނާ  މައިޝާ ހެނދުނު ސައިބޯން ގޮވިއެވެ.ނަމަވެސް ސައިބޯން އިންކާރު ކުރީ ކޮލެޖަށް ދާ ގަޑި ޖެހޭތީއެވެ.އަވަސް އަވަހަށް ނިކުމެ ހިނގައިގަތްތަނާ ފަހަތުން ނޫ ކުލައިގެ ޕްރައިވެޓް ކާރެއް އަންނަތަން އީނާލް އަށް ފެނުނެވެ. ރޭގަ ވެހުނު ވާރޭގެ އަސަރު އަދިވެސް މަގުމަތިން ފެންނަަން ހުއްޓެވެ. ތަންތަން ކޮޅުގައަ ފެންގަނޑު ހެދިފައި ހުރުމުން އީނަލް ހިނގީ ވަރަށް ބަލައިގެންނެވެ. ފަހަތުން އައި ނޫކުލައިގެ ކާރު ކުއްލިއަކަށް އޭގެ ދުވެލި ބާރު ކޮއްލިއެވެ. ކާރު އައިގޮތަށް އައިސް އެރީ އީނާލް އާއި ޖެހިގެން ހުރި ފެންގަނޑަށެވެ. ވަގުތުން އީނާލް ލާފައި ހުރި މަޑު ފިޔާތޮށި ކުލައިގެ ހެދުމަށް ޗަކަ ބުރިއެވެ. އައި ރުޅިން އީނާލް ހަޅޭއް ލަވައިގަތެވެ. އީނާލް ހަޅޭއްލަވައިގަތް އަޑަށް ކާރު މަޑުކޮށްލިއެވެ. އަދި ކާރުގެ ބިއްލޫރިގަނޑު ކަހާލާފައި ބޭރަށް ބޯދިއްކޮއްލީ އީނާލް އުމުރުގެ ފިރިހެން ކުއްޖެކެވެ. ޒަމާނާއި އެއްގޮތަށް ބޯ ހަދާފައިވާއިރު ރީތި އައިނެއް އެކުއްޖާގެ ލޮލުގައި އަޅާފައިވެއެވެ. އައިނު ތިރިކޮށްލުމަށްފަހު އީނާލް އާއި ދިމާލަށް ބަލާލައިފައި ލާނެއް ހިނިގަނޑެއްޖަހައިލީ އީނާލް ހުރި ސިފައިންނެވެ. މުޅި ފައިގައި ޗަކަ ހުރި އިރު ލާފައި ހުރި ހެދުމުގެ ފަސްބައިވެސް ވަނީ ޗަކައިން ތަތްތެޅިފައެވެ. ހިނިގަނޑު ޖަހާލާފައި އެންމެ ކުޑަމިނުން ސޮރީއޭވެސް ބުނެނުލާ އެފިރިހެން ކުއްޖާ ދިޔައީއެވެ. އީނާލް ރުޅިއައިސްގެން ގޮސް ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. މުޅި ހެނދުން ހަޑިވީ އެ ފިރިހެން ކުއްޖާގެ ސަބަބުންނެވެ. ކޮލެޖަށްދާ ގަޑިވެސް ޖެހެނީއެވެ. ހިތަށް އައިހާ އެއްޗެއް އެ ފިރިހެން ކުއްޖާއާއި ދިމާލަށް ގޮވަމުން ކޮލެޖަށްވަދެވުން އިރު ކުލާސް ފަށާ ގަޑި ޖެހިއްޖެއެވެ. ނަމަވެސް ހެނދުން ހަޑިވެފައި ހުރުމުން ފާހަނައަށް ގޮސް ހެނދުން ހަޑިވެފައި ހުރި ތަންތަން ދޮވެލިއެވެ. ދުވެފައި ގޮސް ކުލާހަށް ވަދެވުމުން އެންމެންގެ ނަޒަރު އީނާލް އަށް ހުއްޓުނެވެ. ޕްރެފެސަރ ހުސްގޮނޑިއެއްގައި އިށީންނަން އެދުމުން ކުލާހުގައި ހުރި ހަމަ އެކަނި ހުސް ގޮނޑީގައި އީނާލް އިށީނުމާއި އެކު ޕްރެފަސަރ ލެކްޗާދޭން ފެށިއެވެ. ލަދުގަނެފައިހުރިވަރުން ކައިރީގައި އިނީ ކާކުކަންވެސް ބަލައިލާކަށް އީނާލް އަކަށް ނުކެރުނެވެ.

ކުލާސް ނިމުމާއިއެކު ކުދިންތަށް ނިކުންނަން ފެށިއެވެ. އީނާލްވެސް އަވަހަށް ނުކުންނަންވެގެން ހިނގައިގަތް ތަނާ ކުއްޖެއްގެގައި އަޅައިގަތެވެ. ނުވެއްޓުނީ އީނާލްއަށް އަމިއްލަ ހަށިގަނޑު ބެލެންސް ކޮށްލެވުމުންނެވެ. ގައިގަ ޖެހުނީ ކާކުތޯ ބަލައިލިއެވެ. ވަގުތުން އީނާލްގެ ދެލޯ ބޮޑުވިއެވެ.

 

 

Share Article

Follow Me Written By

cutie

Level 1

Other Articles

Previous

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (6)

Next

ހަޔާތުގެ ޞަފްޙާތައް

Next
December 2, 2015

ހަޔާތުގެ ޞަފްޙާތައް

Previews
December 2, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (6)

16 Comments!

  1. Lilly says:
    December 2, 2015 at 2:49 pm

    Me first v nice ?????

  2. princess says:
    December 2, 2015 at 2:52 pm

    Vara reethi me frist

  3. Ira says:
    December 2, 2015 at 2:58 pm

    Kurin Kee story intixaaru gai use kohfa huri nanthah hurikan faahagavai 🙁 otherwise the story is beautiful 🙂 😉

  4. sss says:
    December 2, 2015 at 3:09 pm

    maayaa..bodu gulha name eh vaahaka thakuga..

  5. zee says:
    December 2, 2015 at 3:25 pm

    Mayaa noon nameh neyngenee tha….. mayaa akaa hithaavefa thibey writers… pis pis

  6. cutie says:
    December 2, 2015 at 3:31 pm

    Thanks for the comments. this is my first story. Hope u will like it. and sorry kurin nei neyge maaya ei vrhaka ei ga ulhey kamei.

    1. cutie says:
      December 2, 2015 at 3:51 pm

      maaya ge nun vany eenal ah badhalu kurevifa.

  7. cutie says:
    December 2, 2015 at 3:53 pm

    Maaya ge nun vany eenal ah badhalu kurevifa.

  8. jum says:
    December 2, 2015 at 4:08 pm

    Huh.. Haadha kurey..

  9. mary says:
    December 2, 2015 at 4:45 pm

    Story v reethi. Bt than kolheh kuree. Readers in ehaavarah characters thaku ge name aa dheytherey concern vanee keehvetha? Konme name eh use kuriyas readers in kiyaalan beynun vaakahala reethi story eh dhw muhinmee. Keep it nice story. next part dhigukohlun edhen. Comments thah kuraa iru thankolheh rangalhah kohlaanama. Gina comment thah kiyaalaa heevanee kuraane comment eh neygi gen knmes ehcheh liyelan liyefa hun comment thakeh hen

  10. Admin says:
    December 2, 2015 at 5:15 pm

    Cutie, welcome to esfiya. if u come across any issues you can contact me on 7997991 thanks. -admin-

  11. kamana says:
    December 2, 2015 at 5:34 pm

    Awwn wow. Cutie ??

  12. Sissy says:
    December 2, 2015 at 11:48 pm

    Nice

  13. aish says:
    December 3, 2015 at 9:53 am

    maa bodah ves kuru…v v foohi

  14. shuha says:
    December 3, 2015 at 12:42 pm

    Reethi… Kuru kamunnn….. Thankolheh dhigu kohlaanama…

  15. ? says:
    December 5, 2015 at 5:34 pm

    Maa bodahves kury ekam v salhi?

Comments are closed.



All Right Reserved!