Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (6)

kamana Level 310 Stories500 Comments100 Comments
December 2, 2015 4 Mins Read
20 Comments

“ފަޔާ” ލީނާ ގޮވާލީ ވޭނުން ފުރިގެންވާ ގޮތަކަށްށެވެ. “ލީނާ ކިހިނެއް.. ރަނގަޅު ދޯ..” ފަޔާޒް އެހެން ބުނެ އިރުކޮޅެއް ނުވެ ލީނާގެ ގިސްލުމުގެ އަޑު އިވުނެވެ. “ފަޔާ.. އަޅެ އަހަރެން ދެން ނުވާނެ ދޯ ރަނގަޅެއް. ފަޔާ އަހަރެން ބޭނުން ހިނގާ އުޅެން.. އަހަރެން ކިހިނެއް އަބަދު މި ގޮނޑީގަ އިންނާނީ.. ފަޔާ.. ފަޔާ.. އެއްޗެކޭ ކިޔާބަލަ.” ލީނާ ގިސްލަމުން ފަޔާގެ އުނަގަނޑުގައި ބައްދައިގެން އޮވެ ކިޔަމުން ދިޔައެވެ. “ލީނާ.. އަހަރެން ވާހަކައެއް ބުނަން ބޭނުން..” ފަޔާޒް އެހެން ބުނުމުން ލީނާގެ ހިތުގެ ކަނަކުން އެވާހަކަ ބުނިޔަ ނުދޭށޭ ބުނީ ކީއްވެކަމެއް ނޭގުނެވެ. ހިތްވެސް ތެޅެމުން ދިޔައީ އެހާމެ ބާރަށެވެ.

“ލީނާ އަހަންނަށް މާފުކުރޭ.. ހަގީގަތުގަ އަހަރެން ކިހިނެއް ލީނާއާއެކު އުޅޭނީ.. ލީނާއަށްވެސް އެގެންވާނެ ލީނާއާއެކީގައި ދެން މީހަކަށް ނޫޅެވޭނެކަން.. ލީނާ އަހަރެން ކިހިނެއް ނުކުޅެދޭ މީހަކާއެކީގައި އުޅޭނީ. އަހަރެންގެ ރައްޓެހިން ކިހާ މަލާމަތް ކުރާނެ.. މެރީ ކުރިއަސް އަހަރެން ލީނާ ގޮވައިގެން ތަންތަނަށް ދާނީ ކިހިނެއް..އުރައިގެނެއް ނޫޅެވޭނެ ދޯ.. ލީނާ މިއީ ލީނާއަށްވެސް ރަނގަޅަށް ބުނާއެއްޗެއް. މީހުންގެ ފުރައްސާރައިންވެސް ލީނާ ސަލާމަތްވާނެ މިހާރު.. އެހެން ނޫނަސް ސިންގަލް ވީމަ ކިހާ ކޫލް..” ފަޔާޒް އެހުރިހާއެއްޗެއް ކީއިރުވެސް ލީނާ އެކެއްޗެކޭވެސް ނުބުނެއެވެ. ދެލޯ ފުރާ ކަރުނަފައިބާ ކޮންމެ ފަހަރަކު އަތުގެ ނުފުށުން ފުހެލައެވެ. ދިރިހުރުމުގެ ބޭނުމެއްދެން އެބައޮތް ހެއްޔެވެ. ފަޔާޒް އެބުނީކީ މުޅިން ދޮގުވާހަކައެއްވެސް ނޫނެވެ. ފަޔާޒްގެ ރައްޓެހިން ފަޔާޒްއަށް މަލާމަތް ކުރާނެއެވެ. އެކަމަކުވެސް ހިތުގެ ކަނަކުން ފަޔާޒް ލޯބިވާކަމަށް ގަބޫލުކުރަނީ ކީއްވެހެއްޔެވެ.

އޮއްސާލި ބޯވާރޭ ލީނާގެ ހިތާމަތަކުގައި ބައިވެރިވިކަހަލައެވެ. މުޅިމީހަކާ ތެމިގެން ދިޔައިރުވެސް ލީނާގެ ނަޒަރު ގޮސް ހުއްޓުނީ ލީނާގެ ދެފަޔަށެވެ. ހުރިހާވެސް މައްސަލައަކީ ނުކުޅެދުންތެރިކަމެވެ.

“ކޮންތާކަށް ތިދަނީ އަހަރެން ގޮވައިގެން” ލީނާ ސިހުނީ ފަޔާޒް ގޮނޑި ދަމަމުން ގޭތެރެއަށް ވަންނަން މިސްރާބުޖެހުމުންނެވެ. ފަޔާ ކީއްވެގެންތަ އަހަންނަށް ތިހެން ތިހަދަނީ. ފަޔާ ފަޔާއަށް ނޭގެނީތަ އަހަރެން ލޯބިވާވަރު. ފަޔާ ހެޔޮނުވާނެ. ލީނާގެ ހިތުގެ ހާލު ފަޔާޒް އަށް ހަމަ ނޭގެނީބާއޭ އެތަކެއް ފަހަރު ލީނާގެ ހިތަށް އަރަމުންދިޔައެވެ. “ލީނާ ތެމޭތީ ގެއަށް މިގެނެސް ދިނީނު… މިހާރު އެނގޭ ދޯ ލީނާ ކައިރީގައި އަބަދު މީހަކު ހުންނަންޖެހޭނެކަން.. އެކަން އަހަންނަށް ނުވާނެތީ އެހެން ބުނީ.. އައި ހޭވް މައި އޯން ލައިފް ޓޫ.. ލީނާ ފަހަތުޖަހައިގެން ނުގެންގުޅެވޭނެއެއްނު.. ރުޅިއައިސްގެން ބުނާ ވާހަކައެއް ނޫން.. ހަމަ ލީނާއަށް” ފަޔާޒްގެ ޖުމްލަ ފުރިހަމަ ނުވީ މޫނުމައްޗަށް އަރައިގެން ދިޔަ ހޫނު ހަމަލާއިންނެވެ. އިސްޖަހައިގެން އިން ލީނާ ބަލާލީ ބާރު އަޑެއް ގޮވައިގެންނެވެ. ރުޅިއައިސް ރަތްވެފައު ހުރި އިސްހާގް ފެނި ލީނާ ބިރުން ނުވިރުނީ ހަމަ ކިރިޔާއެވެ. އިސްހާގް އެހާ ރުޅިއައިސްފައި ހުއަޓައި ދުވަހަކުވެސް ލީނާއަކަށް ނުފެނެއެވެ. “ދޮންބޭ” ލީނާގެ ކުރަކި ވެފައިވާ އަޑު އިވުމުން އިސްހާގްގެ ރުޅިގަނޑު އިހުނަށް ވުރެއް ގަދަވިއެވެ. “ހަބަރުދާރު.. ކަލޭ މީގެފަހުން ލީނާ ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެ. މަގޭ ގާތް ރަހުމަތްތެރިއެކޭ ބުނަން ލަދުވެސް ގަނޭ. ކަލޭ މީގެ ފަހުން މަގޭ ކުރިމައްޗައްވެސް ނާރާތި. އެހެން ނޫނީ މަމީ ނުބައި މީހެއްކަން ދައްކާލާނަން. އޭރުވެސް އެގޭ ވައި އަރައިގެންކަން އުޅުނީ.. އެހެންވެ ގަބޫލް ނުވީވެސް.. ފަޔާޒް އާދޭސް ކުރީމަ އަހަރެން ހީކުރީ އަސްލައްވެސް ބަދަލް ވީ ކަމަށް . އެކަމަކުވެސް ތި ފަޔާޒް ދުވަހަކުވެސް ނުވާނެ ބަދަލެއް.”

*****

“މަންމާ ކޮބާ ކޮއްކޮ” ފަޔާޒް ޓައި އަށް ދޫކުރަމުން އައިސް ސޯފާގައި އިށީންނަމުން ދިޔާނާ ކުރެން އަހާލިއެވެ. ދުވަހަކީ ހޫނުގަދަ ދުވަހެއް ކަމުން ފެން ބޮވަނީ ވަކި ވަރެއްބަލާފައެއްނޫނެވެ. “ލަމްހާ އާއެކު ކޮޓަރީގައި އެބެން… ދަރިފުޅާ ލީނާއަށް ވިސްނަދީބަލަ. މަންމަ ކިހިނެއްތަ ހަދަންވީ… ފަޔާޒް ކަންތަށް ކުރިގޮތުން ލީނާ އެހުންނަނީ މުޅިމީހާ ބަދަލްވެފަ. އެއީ ކުރީގެ ލީނާއެއްނުން. ދަރިފުޅާ މަންމަ ކިހިނެއް ހަދަންވީ” ދިޔާނާ އިސްހާގް އަށް ފެންތަށި ދިއްކޮއްލަމުން ބުނެލިއެވެ. ދިޔާނާގެ މޫނުވެސް ވަނީ މިލާފައެވެ. އިސްހާގް ދިޔާނާއަށް ބަލާލާފައި އިސްޖަހާލީ ވަކި އޭނައަށް ކުރެވޭނީ ކީންހޭ ހިތަށް އަރާފައެވެ.

ކޮޓަރިއަށް ވަންނަން ދިޔަ އިސްހާގް ޖެހުނީ ލީނާ ކޮޓަރިން ނިކުތް ލަމްހާގެ ގައިގައެވެ. ލަމްހާ އަތުގައި އޮތް ޖޫސްތަށި އިސްހާގް ގަޔަށް ބަންޑުންވިއެވެ. “އޯއް ސޮރީ” އަވަސް އަވަހަށް ލަމްހާ މާއާފަށް އެދުނެވެ. ލަމްހާ ހުރީ ވެދިޔަ ކަންތަކާ ދެރަވެ ލަދު ގެންފައެވެ. “ނޫނޭ އިޓްސް އޯކޭ.. ލަމްހާ ލީނާ ކިހިނެއް މިހާރު.. ހިނގާ މިއަދު ހަވީރު އޭނަ ގޮވައިގެން ބޭރަށް ދާން. ގާޑިޔާއަށް ދާނީ… ލީނާ ހިތް ހަމަވެސް ޖެހޭނެ އެއްނު އޭރުން” އެއް އަތުން ޖޫސްވެރިފައި އޮތް ދިމާ ކުޑަކޮއް ފޮޅާލަމުން ބުނެލިއެވެ. އިސްހާގްގެ ހިޔާލަށް ލަމްހާ ތާއީދު ކުރިއެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތުގައި ދުއްވާލަން ނިކުމެ އުޅޭ ޖޯޑުތަށް އެހާމެ ގިނައެވެ. ފަހަތު ސީޓުގައި އިންނަ އަންހެންކުއްގާ ފިރިހެން ކުއްޖާގައިގައި ބައްދާލައިގެންދަނީ މީ ތިމަންނަގެ ހައްގެކޭ ބުނާ ފަދައިންނެވެ. ރާޅުގަނޑު ސަރަހައްދުގައި އިށީދެގެން ތިބޭ ގޯޑުތައްވެސް މަދެއްނޫނެވެ. ކުޑަކުދިން ގޮވައިގެން ނިކުމެ އުޅޭ މީހުންވެސް މަދެއްނޫނެވެ. ދުރުން ފެންނަ މަންޒަރުތަކަށް ލީނާ ހުރީ ގެއްލިފައެވެ. އެއްއިރެއްގައި ލީނާ ފަޔާޒް އާއެކު ދުއް ހުވަފެންތަށް ކުރިމަތިން ސިފަވާންފެށިއެވެ. ހީސަމާސާކޮއް ދުއްވާލަން ދިޔުމުގެ ހުވަފެންތަށް ގެކުނެވެ. ދަރިން ގޮވައިގެން މަޖާ ކޮއްލާ ހަދާލަން ނިކުމެ އުޅޭތަން ދުށީމެވެ. އެކަމްކަމުވެސް އެއީ ދެން ނުވާނެ ކަންތަކެވެ. އަހަންނަށް އެދުވަސްތަށް އަނބުރާލިބޭނެ ނަމަނޫންހެއްޔެވެ. އޭރުން ހަމަގައިމުވެސް އެ ހުވަފެންތަށް ސީދާ ވާނެނޫންހެއްޔެވެ. ނޫނެކެވެ. ދެނެއް ފަޔާޒް އެއް ނުލިބޭނެއެވެ. އޭނަ އެދިޔައީ އަހަރެން ދޫކޮއްލާފައެވެ. ލީނާގެ ހިތުގައި އެތަކެއް ހާސް ޝަކުވާއެވިއެވެ. އަތުގެ ނުފުށުން ކަރުނަތަށް ފުހެލާއިރު މިހުރެވެނީ ކޮންތާކުކަންވެސް ރޭކާނުލައެވެ.

“ހައް ހައް. ސާބަސް. ނުވާނެދެން.. ދުވަން ނިކުންނަ ގަޑިތަމީ… މަ ވަރަށް ޓަޔާޑް ދެންނުވާނެ.” އޭ ޖޭޑް ސާބަސް ތަންކޮޅެއް ބަލާލައިގެން އުޅެބަލަ.” ޖާވިދު ފަހަތް ނުބަލާ ގޮސް ޖެހުނީ ފާރުގަނޑު ބުރި މަތީ އިށީދެގެން އިން އަންހެންކުއްޖާ ގައިގައެވެ. އެ ޕަރީއެއް ފަދަ ކުއްޖާއަށް ބަލަހައްޓައިގެން ޖާވިދު އަށް ހުރެވުނީ އަނގަހުޅުވައިގެންނެވެ.

“އެކްސްކިއުސްމީ.. މިތާ އެހެން މީހުންވެސް އުޅޭ.. މިއީ ޕަބްލިން ރޯޑް އެއް. ތަންކޮޅެއް ބަލައިގެން އުޅެބަލަ” އެ އަންހެންކުއްޖާ އެހެން ބުނުމުން ޖާވިދު ގާތަށްއައީ ހިންޔެވެ. “އޯ ސޮރީ.. އަހަންނަށް ކިހިނެއް އެގޭނީ ރެޕަންޒިލް މިތާ އިންނާނެކަމެއް. އެހެންނޫންނަމަތާ ވިސްނައިގެން އުޅޭނީ” ޖާވިދު އެހެން ބުނެ ހިގައިގަތީ އެ އަންހެން ކުއްޖާގެ އިސްތަށިގަނޑާވެސް ކުޅޭލާފައެވެ. “ސާބަސް ބްރޯ.. މިހާރު އެމަންޖެ ހުންނާނީ ރަތުގަ” އައްޔަ އެހެން ބުނުމުން ޖާވިދު ހެވިލާފަ ފަހުން އޯކޭވާނޭ ބުނެލިއެވެ.

“ލީނާ އެއީ ކާކު..އިސްތަށިގަނޑު ހަޑި ކޮއްލާފަ ދޯ އެދިޔައީ.” ދެ މަޖާ ހިފައިގެން އައި އިސްހާގް އާއި ލަމްހާ ލީނާ ކުނި މޫނު ހަދައިގެން ހުރުމުން އަހާލިއެވެ. “ނޭގެ މަށަކަށް.. ގަޔަތް ބޮލަށްވެސް އަރާފަ އެދިޔައީ.. ވަރަށް ފޫހިވޭ.. މި މާލެ އަކީ އޭނަގެ ޕްރޮޕަޓީއެކޯ.. ހިނގާދާން.. ވަރަށް ފޫހިވެއްޖެ” ލީނާ އެހެން ބުނުމުން އިސްހާގް އާއި ލަމްހާ ގާތަށް ހިނިވެސް އައެވެ. އަދި މަޖާކައިގެން ދާނީ ކަމަށް ބުނެލިއެވެ.

އިރުއޮއްސޭން ކައިރިވެފައިވުމުން އިސްހާގް ލީނާ ލުމަށް ވީލްޗެއަރ ބަލާ ކާރާ ދިމާލަށް ދިޔައެވެ. “ސާބަސް އަދިވެސް ރުޅިއައިސްފަތަ.. ސަޅި ބިޓެއް އެއީ” ލީނާ މޫނު ހަދައިގެން ހުރުމުން ލަމްހާ އަހާލިއެވެ. “ނޭގެ ފޫހިގަނޑެއް.” ލިނާގެ ޖަވާބު އަހާފައި ލަމްހާ ގާތަށް އަނެއްކާވެސް ހިނިއައެވެ.

****

“ޝަހީދާ ދޭބަލަ ދޮރުހުޅުވަން. ބެލް ޖަހަނީނު އެއޮތް” ދިޔާނާ ގޭ ގެންގުޅޭ މީހާއަށް ގޮވާލަމުން ބުނެލިއެވެ. “މަންމާ އަޅުގަނޑުމިދަނީ ރޫމްއަށް” ލަމްހާ ދިޔާނާ ކުރެން ހުއްދަ ހޯދުމަށްފަހު މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ފުރޮޅަމުން ދިޔަ ގޮނޑި ހުއްޓަން ޖެހުނީ ކުރިމަތިން ފެނުނު މީހެއްގެ ސަބަބުންނެވެ. ލީނާ “ޔޫ” ކިޔާލިއިރު އެ ޒުވާނާ “ހޭ ރެޕަންޒިލް” އޭ ބުނެލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ދުރުގައި ވިޔަސް… (5)

Next

މިހިތުގެ ވިންދަކީ ކަލާ

Next
December 2, 2015

މިހިތުގެ ވިންދަކީ ކަލާ

Previews
December 2, 2015

ދުރުގައި ވިޔަސް… (5)

20 Comments!

  1. Xani says:
    December 2, 2015 at 10:35 am

    Hey im first..v nice this part…when next part….im waiting.for next part

  2. Crazi says:
    December 2, 2015 at 12:12 pm

    Vrh las update caale

  3. Kamana says:
    December 2, 2015 at 12:21 pm

    Alhey lastha. 1 day dhookohfa update kuranii. Eyah vureh vx avas kureveytho i will try. Thnk u ???

  4. Petite says:
    December 2, 2015 at 12:45 pm

    Wowww nice story.. luv this story… waitinf for the next part 😀

  5. nisha says:
    December 2, 2015 at 2:00 pm

    Interesting

  6. mary says:
    December 2, 2015 at 2:29 pm

    can anyone pls tell me how to upload story to this site? pls pls pls!! i tried using hotmail account and fb account but cannot do it!! pls help!!

  7. baby says:
    December 2, 2015 at 2:34 pm

    nice story:) waiting 4 the next part…….pls upload soon

  8. Nuha says:
    December 2, 2015 at 2:47 pm

    You have to go to login and you have to fill out every thing in it if u didn’t understand call 7997991 I hope you will understand Mary! ? story is very obi hehe ? miss you kamana ?

  9. Ira says:
    December 2, 2015 at 3:00 pm

    🙂 nice :

  10. Ira says:
    December 2, 2015 at 5:07 pm

    Now only I understand the pic 🙂 😉

  11. kamana says:
    December 2, 2015 at 5:33 pm

    Thnkxx alll. Aslutha ira. Still thnlx all for ur supprt. I lov u guyxx ??

  12. nihaa says:
    December 2, 2015 at 5:44 pm

    Vv reethi..whn nxt part….avahah upload kohdehchey…

  13. Kamana says:
    December 3, 2015 at 7:35 am

    Insha allah maadhama up kohdheynan. Thnkxx niha ?

  14. kiyaa says:
    December 3, 2015 at 12:31 pm

    story varah reethi.kudhi kudhi mistake eba huri.ekamuves varah reethi mi story.mi site ga emme gayaavaa eh story.kuriyah huri part thahves avahah kiyaalan libeyne kamah heekuran.

    1. kamana says:
      December 3, 2015 at 2:36 pm

      Thnkxx kiyaa. Realli appreciate yur faadu kiun. I will try to do bettr ingeyy. ??

  15. reader says:
    December 3, 2015 at 2:56 pm

    nxt part kun irakun upkurany

  16. nish says:
    December 3, 2015 at 2:58 pm

    Nice

  17. kamana says:
    December 3, 2015 at 3:07 pm

    Nxt part insha allah maadhama. Thnk yu for liking ??

  18. reader says:
    December 4, 2015 at 9:16 am

    miadhu kihaa iraku nxt part up kurany

  19. Kamana says:
    December 4, 2015 at 12:35 pm

    Miadhu havyru up kohdheynan insha allah. ☺️

Comments are closed.

Next Episodeހަޔާތަށްް ދިރުން ގެނެސްދިނީ ކަލާ (7)←


All Right Reserved!