ގްރޭޑް 7 ގެ އެންމެ މޮޅު ދަރިވަރުންގެ ތެރެއިން ލީނާ ހޮވުމާގުޅިގެން ޒާހިރު ނިންމީ އޭނާގެ ކުޑަ އާއިލާ ގޮވައިގެން ލަންކާއަށް ދިޔުމަށެވެ. ދަތުރުގެ މައިގަނޑު މަގުސަދަކަށްވީ ލީނާއާއި އިސްހާގް ޢާއިއެކު ގިނަ ވަގިތު ހޭދަކުރުމަށާއި ބޮޑުދައިތަގެ ހާލުބެލުމެވެ. “މަންމާ ބަލާބަލަ މިހަރަ ވީޑު އެއް.. އަޅުގަނޑުގެ އިސްތަށި ގަނޑު ހަލާކުކޮއްލަނީ މިއޮތް” ލީނާގެ އަޑު މާގަދަ ވެގެނެ ދިޔާނާ ކޮޓަރިން ނިކުމެވޭ ގޮތަށް ހަދާފައިވާ ބެލްކަންޔަށް ނިކުމެލިއެވެ. “ދައްތާ އަޅުގަނޑު ނުކުރަން އެއްވެސް ކަމެއް… ލީނާ […]
ރޭގަނޑުގެ ވަގުތެވެ. މާހުތާބް ހުރީ އޭނަ ގާތު ލިމްޝާ ދެއްކި ވާހަކަތައް ބަލްޤީޝްއަށް ހާމަކުރާނެ ވަގުތެއް ނުވެގެންނެވެ. އޭނަ ބޭނުންވި ފަދަ ފުރުސަތެއް ލިބުނީ ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ޢާއިލާގެ މެންބަރުންތައް ކާމޭޒު ދޫކޮށްދާން ފެއްޓުމުންނެވެ. ބަލްޤީޝް އޭރު އިނީ ވިސްނުމަކަށް ގެއްލިފައެވެ. ”މޭމް…” މާހުތާބް އަދަބުވެރިކަމާއެކު ބަލްޤީޝްއަށް ގޮވާލިއެވެ. ބަލްޤީޝް ފަރުވާކުޑަ ރާގަކަށް ހޫމްމްމް ލައްވާލިއެވެ. ”މިއަދު ލިމްޝާ ގާތު ޔަޝްމް އެހިކަމަށް ވަނީ އެއަންހެނާއާ ބެހޭ ގޮތުން…” މާހުތާބްގެ ޖުމްލަ ފުރިހަމަ ނުވަނީސް ބަލްޤީޝް […]
އެއަޑުއަހަން ސަމީރާގެ ފަހަތުގައިހުރި މޫސަ ކޮޓަރިތެރެއަށްވަދެ އަފާކައިރީގައި އިށީނެވެ. “ދަރިފުޅާ.. ދަރިފުޅުކުރާ ކޮންމެކަމަކާ ބައްޕަ އެއްބަސް ވަނީދަރިފުޅުދެކެ ވާލޯތްބެއްގެ ބޮޑުކަމުން. އެކަމަކު ޒައިން ކަހަލަ ކުއްވެރިޔަކާ ދަރިފުޅު ގުޅޭކަށް ބައްޕަ ބޭނުމެއްނޫން… ޒައިންއާ އިނދެފިއްޔާ ދަރިފުޅަށް މީހުން ކިހާމަލާމަތެއްކުރާނެ. ދަރިފުޅަކީ ނުލާހިކު ރަނގަޅަށް ކިޔަވައިގެންހުރި ކުއްޖެއް. ދަރިފުޅަށް މާ ރަނގަަޅު މީހުންވާނެ.” މޫސަ މަސައްކަތްކުރީ އަފާއަށް ލޯބިން ވިސްނައިދޭށެވެ. އެހެނަސް އަފާއަށް މޫސަގެ ވާހަކަތަކުން އެއްވެސް އަސަރެއް ނުކުރިއެވެ. ޒައިންގެ ލޯތްބަށްޓަކައި އޭނާ މީހުންގެ މަލާމާތާއި ކުރިމަތިލާންވެސް […]
5 އަހަރު ފަސް. ޒީނިޔާއަކީ މިހާރު 5އަހަރުގެ އަންހެންކުއްޖެއްގެ މަންމައެކެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ހީވާގި ޓީޗަރެއްވެސް މެއެވެ. ރަށުގެ ގެ ކުއްޔަށްދިނުމަށްފަހު މާލޭގައި އެ ޢާއިލާ ދިރިއުޅެމުން އަންނަނީ އުފާވެރި ފުދިގެން އުޅޭ ދިރިއުޅުމެކެވެ. ޢާއިލާގެ ދެންތިބި ކުދިންވެސް ސްކޫލް ދައުރުނިމި ވަޒީފާއަދާކުރަމުން ކޯސްތަކުގައި ކިޔަވަމުންދާއިރު އެކުދިންގެ ބައްޕަ ޔާސިރުވެސް އަމިއްލަ މީހެއްގެ ގާތުގައި ދަނީ ވަޒީފާ އަދާކުރަމުންނެވެ. ޒީނިޔާގެ މަންމަގެ ވަޒީފާއަކީ އޭނާގެ ކުޑަކުޑަ ޕްރިންސެސް މާމަދަރިފުޅު ޒޯޔާ ބެލުމެވެ. މާލެ ބަދަލުވެގެން އެތައް […]
“ފެނޭތަ ކުދިކުދި ރަތް އަލިތަކެއް؟ ކޮންމެ އަލިކޮޅެއް ވީ ދިމާގައި ހުންނާނީ ނުފެންނަ ގޮތަށް ހަރުކުރެވިފައިވާ ކެމެރާއެއް…” ޖޭޑް ޖަވާބު ދިނެވެ. “ދެން ކިހިނެތް އަހަރެމެން އެއަށް ނާރާނޭ ގޮތަށް އުޅޭނީ؟ މުޅި މިތަނުގަ އެބަހުރި ކެމެރާ ހަރުކޮށްފަ… އެއިން އެއްޗަކަށް ނާރާ މިތަނުން ނިކުންނަން އުޅުމަކީ މުސްތަޙީލު ކަމެއް…” ޝެރިން ބުންޏެވެ. އެއާއިއެކު ރާނީ އޭނާގެ ދަބަހުން އަލި ކުރާފަދަ ޓޯޗު ތަކެއް ނެގި އެވެ. “ތީ ކޮންއެއްޗެއް؟” ޔައިން އެހި އެވެ. “މިއީ އިންފްރާރެޑް […]
މޫސާ އެއީ ތެދެއްތަ؟ މޫސައާއި ޖެހިގެން އިން ގޮނޑީގައި އިށީ އިނުމަށް ފަހު ފާތުމަ ސުވާލު ކޮށްލިއިރު ފާތުމަގެ އަޑު ކިރިޔާ ކިރިޔާ ބޭރުވާކަމެވެ. “ފާތުމައަށް ހީވޭތަ ފާތުމަ ނޫން އެހެން އަންހެނަކާއި ދިމާއަށް އަހަރެން އެނިޔަތުން ބަލާދާނެހެން؟ އެހެން ނޫނަސް އަހަރެން އެގޮތަށް އުޅެންޏާ އުޅޭނީ އިއްޔެއަކު މިއަދަކު ނޫނޭނުން ފާތުމައަށް ކުދިން ނުލިބޭކަން އެނގި ހުރެވެސް އަހަރެން ފާތުމައާއި އެކު މިއުޅެނީ ފާތުމަ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން. ޤަބޫލު ކުރޭ ފާތުމާ” އެވަގުތު މޫސަގެ […]
” އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟. ދުނިޔެއިން އަހަރެން އެންމެ ބޭނުންވީ ލޯތްބެވެ. އަޅާލުމާއި އޯގާތެރިކަމެވެ. އެކަމަކު އަހަރެން ވަނީ މިކަންކަމުން މަހްރޫމް ވެފައެވެ. އެއީ ކީއްވެ ހެއްޔެވެ؟ . އަހަރެންނަށް ލިބިފައިވާ ސިފަތަކުން ހެއްޔެވެ؟. އަހަރެންނަކީ ގޭތެރޭގައި އުޅޭއިރު ވަރަށް ވާހަކަ ދައްކާ ކުއްޖަކީމެވެ. އެކަމަކު ބޭރަށް ނިކުމެއްޖެއްޔާ އަހަރެން ވާހަކަ ދައްކައެއް ނަހަދަމެވެ. އަހަރެންވެސް އެހެން ކުދިންހެން އުޅެން ބޭނުންވެއެވެ. އެކަމަކު އަހަރެންގެ ރައްޓެހިންނެއް ނުތިބެއެވެ. ހޯދަން ބޭނުންނުވަނީއެއް ނޫނެވެ. ނުލިބެނީއެވެ. އަހަންނަކީ […]
މަންޒަރު ބަލަންބިތި ސަމީރާއާއި ރީޝާ ބާރަށްއައިސް އަފާއާއި ސުވާލުކުރަން ފެށިއެވެ. އަފާއިނީ ގަބުވެ ބަސްހުއްޓިފައެވެ. ލިބުނު ޝޮކުގެބޮޑުކަމުން ހުއްޓުންއަރާފައި އިރުކޮޅަކު އިނުމަށްފަހު ރޯންފަށައިފިއެވެ. އަފާ އެއްވެސްމީހަކާއި ވާހަކަދައްކާކަށް ބޭނުމެއް ނުވިއެވެ. އެއްވެސްމީހެއްގެއަޑު އޭނާގެކަންފަތަށް ނީވޭހެންވެސް ހީވާކަހަލައެވެ. ސަމީރާގެހިތަށް ކެތްނުވެގެން ވީގޮތެއްއެހުމަށް ޒައިންގެފޯނަށް ގުޅޭތޯމަސައްކަތް ކުރިއެވެ. ފޯނު ނިއްވާލައިފައި އޮތުމުން ނައީމާގެ ފޯނަށްގުޅީ ޒައިން ގޭގައިއުޅޭތޯބެލުމަށެވެ. ދެފަހަރަކު ރިންގުވީތަނާހެން ފޯނަށް ޖަވާބުދިނީ ސަލީމުއެވެ. އޭރުސަލީމުގެއަޑު ތުރުތުރުއަޅައެވެ. “ޒައިން … ޕޮލިހަށް ގެންގޮސްފި….. ވަގުފައިސާގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވިގެންނޯ […]
ޔޫޝައު އޮފީހަށް ދާން ތައްޔާރު ވާން ހުރެފައި ނިންމީ އޮފީހަށް ނުދާށެވެ. ރޭ އޭނައަށް ރަގަޅަކަށް ނުނިދުނެވެ. އޮފީހަށް ގޮސްފިނަމަ އެއްވެސް މަސައްކަތަކަށް ދެވެންވާ ފުރިހަމަ ސަމާލުކަމެއް ނުދެވޭނެއެވެ. ބޮލުގައި އުފެދިފައިވާ ރިހުމަށް ލުޔެއް ހޯދަދޭން އޭނަ ބޭސްގުޅައެއް ކާލިއެވެ. ނަމަވެސް އެއިން ލިބުނު ފަސޭހައެއް ނެތެވެ. އޭނައަށް ބޭނުންވެފައިވަނީ ބޭސްގުޅަތަކުގެ އެހީއެއް ނޫނެވެ. އޭނަ ފެންބޮވައިގަނެފައި ވަނީ ދީމް އަށެވެ. އެ ލޯތްބަށެވެ. ދީމް އޭނައާ މެދު ކަންތައް ކުރިގޮތުން ނުފިލާ ރިހުމެއް ހިތުގައި އުފަން […]