Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މިލަހަނދުވަރު (2)

zaisha Level 210 Stories
December 3, 2015 6 Mins Read
16 Comments

ރޭގަނޑުގެ ކެއުމަށް އެންމެން އިންސާފުކުރަމުން ދިޔައިރު ލުޔޫން ބަތްތަށި ހާވާލަ ހާވާލަ އިނެވެ. “ދަރިފުޅާ ދެން ތިހެން ނީނދެ ތަންކޮޅެއް އަވަހަށް ކައިބަލަ.” ނާޒިމާ ކައިނިމިގެން ތެދުވަމުން ބުނެލިއެވެ. ލުޔޫން ހޫމް އަޅުވާލުމަށްފަހު ވެސް ހަމައެގޮތަށް ނެގި މަޑުވެފައި އިނެވެ. މިރޭ އޭނާ އެއްގޮތަކަށް ވެސް ކާހިތެއްނެތެވެ. ލީވާންއަށް ގުޅިއިރު އޭނާ ނިދިފައި އޮތުމުން އުނދަގޫ ނުކުރާން އަޅާނުލީއެވެ. އެވަރަށް ދަތުރު ކުރީމައި ހުންނަނީ ވެސް ވަރުބަލި ވެފަތާއެވެ.

ކައިނިމިގެން ފެންބޯންހުރި ހައިމް ތަށި މޭޒުމަތީގައި ނުބެހެއްޓި އުޅެނިކޮން ޝިޒޫ އައިގޮތަށް އައިސް ހަސިން އޭނާގެ އަތަށް ދިނެވެ. ނުވިސްނާ ހުއްޓައި ކުއްލިއަކަށް ދިނުމުން ހައިމްއަށް އޭނާ ހިފައްޓާލެވުނީ ކިރިޔާއެވެ. “ޝިޒޫ ތަންކޮޅެއް މަޑުން އުޅެބަލަ..” ހައިމް ހިތްހަމަ ނުޖެހިފައި ހުރެ ހަސިން އުރާލައިގެން ހުރެ ބުނެލިއެވެ.

“ދެން ހައިމް އޭނަ ބަލާބަލަ. އަހަރެން މިދަނީ ލީންއާއި އެކީ ސެލޫންއަށް. މިއަދު ހަވީރު ވެސް އަންނާނަމޭ ކިޔާފައި އައީކީ ނޫން.. ހަސިން އެކަނި ބަހަޢްޓާފައެއް ނުދެވޭނުން..” ޝިޒޫ އާދައިގެ މަތިން ޝަކުވާ ކުރަންފެށިއެވެ. މިކަމާއި ހެދި ހައިމް ގިނަ ފަހަރަށް ގެއަށް އަންނަ ހިތްވެސް ނުވެއެވެ. އަބަދުވެސް ކޮންމެ ވެސް ކަމަކާއި ޝަކުވާ ކުރުން ނޫން ކަމައް ޝިޒޫ ނުކުރެއެވެ.

“ހަސިން އެކަންޏެއް ނުވާނެ ދޯ.. މަންމަ ވެސް ގޭގައި އެބައުޅެ އެއްނުން.” ބަދިގެއިން ނިކުން ނާޒިމާ ފެނުމުން ހައިމް ބުނެލިއެވެ. ލުޔޫން އިނީ ފެށެން މިއުޅޭ ޒުވާބުގަނޑު ބަލަން މަޑުންނެވެ. “ތެދެއް.. ޝިޒޫ ނުބުނަމެއްނުން ބޭރަށް ދާ ވާހަކައެއް..” ނާޒިމާ ތަށިތަށް ނަގަމުން ވާހަކަދެއްކިއެވެ.

“ބުންޏަސް ވާނީ ވަކި ކީތް.. މަންމައަށް އޮންނާނީ ހަސިން ބަލަން ވެސް ބޮޑު ކަމަކަށްވެފައި..” ޝިޒޫ މޫނު ކުނި ކޮއްލަމުން އޭނާގެ ކުރު އިސްތަށިކޮޅު ފަހަތުން އައްސާލިއެވެ. “މަންމަ އެއްފަހަރު ވެސް ތިހެން ބުނިންތަ.. މަންމައަކަށް އުނދަގުލެއް ނުވާނެ ހަމައެކަނި ހުރި މާމަ ދަރި ބަލާކަށް..” ނާޒިމާ ނަގަން ހުރި ތަށިތަށް ބަހައްޓާފައި ޝިޒޫއާއި ދިމާއަށް ބުނެލިއެވެ.

“ތިމަކެއް ނޭނގެ.. ކުރީ ދުވަހު ވެސް މަންމަ ކައިރި ހަސިން ބަހައްޓާފައި ކޮޓަރިއަށް ވަދެފައި ނިކުއިން އިރު އޭނަހުރީ ބެލްކަނީގައި.. މަންމަވީ ޓީވީއަށް ގެއްލިފައި އިންނަން.. ކަމެއް ވީ ނަމަޔޯ..” ޝިޒޫގެ އަޑު ބާރުވުމުން ނާޒިމާ ގާތަށް އިތުރަށް ރުޅިއައެވެ. “މަންމައަށް އިނގެޔޭ އޭނަ ނިކުއިންކަން.. ބަލަ އޭނަ ނުވެއްޓޭ ގޮތަށް ދޯ އެތަނުގައި ފެންސު ޖަހާފައި އެހެރީ..” ނާޒިމާގެ އަޑު މިފަހަރު ޝިޒޫއަށް ވުރެން ގަދައެވެ.

“އާނ ދެން މަންމަ ވީ އޭނަ ކޮންމެ ކަމެއް ކުރިއަސް އިންނަން.. އަހަރެން ނޫޅެމޭ މަންމަ އަތުން އަހަރެންގެ ދަރިފުޅު މަރުވާން ދޭކަށް..” ޝިޒޫގެ އެ ޖުމްލައާއިއެކީ ހައިމްގެ ރުޅި ހަމައިން ނެއްޓިއެވެ. އޭރު އޭނާގެ އަތުގައި އިން ހަސިން ދެފަރާތަށް ތެޅިތެޅިފައި ފައިބާންވެގެން ދެމެނީއެވެ. “ހުއްޓަލާ ޝިޒޫ.. ދެން މަންމައާއި ދިމާއަށް އެންމެ ބަހެއް ވެސް ބުނެގެން ނުވާނެ!” ހައިމް ރުޅިވެރިކަމާއި އެކު ބުނެލިއެވެ.

“ހައިމްއަށް އަބަދުވެސް ރަނގަޅުވާނީ މަންމަ.. އަހަރެން މީ..” ޝިޒޫގެ ވާހަކަ ފުރިހަމަ ނުވަނީސް ހައިމް ހަޅޭލަވައި ގަތެވެ. “ނޮޓް އަ ވޯޑް.. ވަދޭ ކޮޓަރިއަށް.. އެއްވެސް ސެލޫނަކަށް ދާނެކަމެއް ނެތް.. މި ބުނީނުން ދާށޭ!!” ހައިމްގެ އަޑަށް ހަސިން ސިހިފައި ރޯންފެށިއެވެ. އޭރު ނާޒިމާ ހުރީ ބުނާނެ އެއްޗެއް ނޭނގި ގަބުވެފައެވެ. ޝިޒޫގެ އިޚުތިރާމް ކުޑަކަމުން ވެސް ނާޒިމާ ލަދުގަތެވެ. ޝިޒޫ އިތުރަށް މަޑު ކުރުމެއް ނެތީ ބާރު ފިޔަވަޅުތަކެއްގައި އެދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ.

“ކިހިނެތް ވެގެންތަ މިއުޅެނީ..” ގޭގެ ދޮރު މައްޗަށް ހުއްޓެލި ފަހުމީ އަހާލިއެވެ. “އޭސް ޔޫޝުއަލް.. ދެވަނަ ބޮޑު ހަނގުރާމަ ފެށީ.. ދެންމެ އެ ނިމުނީ..” ލުޔޫން ތަށި ހިފައިގެން ތެދުވަމުން ބުނެލިއެވެ. ފަހުމީ ދެފަރާތަށް ބޯހުރޫވާލުމަށްފަހު ގޭތެރެއަށް ވައިންއިރު ހައިމް ރޮއެރޮއެ އޮތް ހަސިން މަސްލަސް ކުރަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“ނާޒިމާ..” ފަހުމީ އައިސް ނާޒިމާގެ ކޮނޑުގައި އަތްލާ ވިސްނަދޭން އުޅުމުން އޭނާ އަތް ފޮޅުވާލިއެވެ. “ނޫޅެން.. މިގޭގައި އަހަރެންނަށް އިޚުތިރާމް ކުރާނެ އެކަކުވެސް ނޫޅެ.” ނާޒިމާ ދެރަވެފައި ހުރެ ކޮޓަރިއަށް ވަންނަން ހިނގައިގެތެވެ. “ދަރިފުޅާ ތަށިތައް ނަގައްޗޭ..” ނާޒިމާގެ ފަހަތުން ހިނގައިގަން ފަހުމީ ލުޔޫންއަށް އަޑުއިވޭނެ ވަރަށް ބުނެލިއެވެ.

ލުޔޫން ތަށިތަށް ނަގައިންގެން ސިންކު ކައިރީގައި ދޮންނަން ހުރިއިރު އޭނާގެ ބޯ ވަނީ ހާސްވެފައެވެ. މިއީ ކޮންމެ ދުވަހަކުވެސް އާދައެވެ. ނާޒިމާއާއި ޝިޒޫ ޒުވާބުކުރަން ފަށައިފިއްޔާ ހީވާނީ ގޭދޮށު އެންމެން އެއްކުރަން އުޅޭހެންނެވެ. އަބަދުވެސް ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައިއެވެ. ޒުވާބު ނުކުރާ އިރެއްގައި ދެމީހުން ދެތިން ދުވަސް ވަންދެން އަނގައިން ނުބުނެ ވެސް އުޅެފާނެއެވެ. ދެމީހުން ކުރެ އެކަކު ވެސް މިއީ ގޮތް ދޫކުރާގޮތް ހުންނަ ބައެއްނޫނެވެ.

ކައިރީގައި ހުޅުވާފައި ހުރި ކުޑަދޮރުން މަޑުމަޑުން ފިނި ވައިރޯޅިތައް ޖެހެމުން ދިޔައިރު މަގުމަތިން ދުއްވާފައިދާ ތަކެތީގެ އަޑުއިވެމުން ދިޔައެވެ. ކުޑަދޮރުމަތީގައި ދެފައި ވަށްކޮށް ލައިގެން ލުޔޫންގެ މޫނަށް ބަލަހައްޓައިގެން އެއްކަލަ މަޚުލޫޤު އިނެވެ. ލުޔޫންގެ ކޮންމެ ހަރަކާތަކަށް ފާރަލަމުން ދިޔައިރު މިކަމުގެ ހިލަމެއް ވެސް އޭނާއަކަށް ނުވެއެވެ. އިންސާނުގެ ލޮލަށް ނުފެންނަ މިފަދަ ކިތަންމެ މަޚުލޫޤެއް އަހަރެމެންގެ ކައިރީގައި އުޅެއެވެ. އެފަދަ އެއްޗެހި ފެންނަން ފަށައިފިނަމަ އިންސާނުން ހަމަހޭގައި ނުހުންނާނެކަން ކަށަވަރެވެ.

އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން ތެދުވި ލުޔޫންއަށް ރޭގައި ކުރެވުނު ފިނި އިހުސާސް ކުރެވުނެވެ. އެއީ ވައިރޯޅިއެއް ނޫނެވެ. ފާޑަކަށް ގަޔަށް ފިނިވީއެވެ. އޭރު އޭނާގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައި އެ މަޚުލޫޤު ހުއްޓެވެ. ލުޔޫން އެއީ އައިސް އަލަމާރިން ވީ ފިނިކަމަށް ނިންމައި ފެންފުޅި ހިފައިގެން ކުރިމަތީގައި ހުރި އެ މަޚުލޫޤުގެ ގައިތެރެއިން ލާފައި ކުރިއަށް ހިނގައިގަތެވެ.

“ލުޔޫން..” ފަހަތުން މީހަކު އޭނާއަށް ގޮވާލިހެން ހީވުމުން ލުޔޫން ފަސް އެނބުރި ބަލާލިއެވެ. މިކަން އެ މަޚުލޫޤަށް ވީ ލިބުނު ދައުވަތަކަށެވެ. އެގޮތަށް މީހަކުނެތި އަމިއްލަ ނަންއިވުމުން ފަސްއެނބުރި ނުބަލާށޭ މީހުން ބުނެއުޅެނީ މިހެންވެއެވެ. އެއީ އެފަދަ ރޫހާނީ އެއްޗެއްސަށް ދެވޭ ދަޢުވަތަކަށް ވާތީއެވެ. ނަމަވެސް އެކަމާއި މާބޮޑު ސަމާލުކަމެއްނުދީ ބަދިގޭގެ ލައިޓު ނިއްވާލުމަށްފަހު އޭނާ ނިކުނަން ދިޔައެވެ. އެވަގުތު ލުޔޫން އެއްފަހަރު ވެސް ފަސްއެނބުރި ބަލައިލިނަމަ އެ ކަނު އަނދިރީގެ ތެރެއިން ދިއްލިފައި ހުރި ރަތް ދެލޯ ފެންނާނެކަން ކަށަވަރެވެ.

*******************************************************************************

“ޒިއްލީން..” ބަދިގޭގެ ކުޑަދޮރުން ފަހަތުގައި ކަޅުހެދުމެއްގައި ހުރި އަންހެން ކުއްޖަކު ގޮވާލިއެވެ. އެވަގުތު ބަދިގެތެރޭގައި ހުރި އެ މަޚުލޫޤު އެދިމާއަށް ދުއްގަނޑެއް ފަދައިން ދިޔައެވެ. “އަހަރެންނަށް ފާރަލާން ވެސް ފެށީތަ..؟” ޒިއްލީންގެ އަޑުގައި ހުރި އާދަޔާ ޚިލާފް ގޮތެކެވެ. ހީވަނީ އެއްތައް ބައެއް އަޑު އެއްވެގެން އައިހެންނެވެ. “ތީ ކޮންކަމެއް؟ އެ ކުޑަ އިންސާނާ ޒިއްލީނަށް ކޮން އުނދަގުލެއް ކުރީ؟” ޒޫރީން ކުޑަދޮރާއި ދުރަށް ޖެހިލަމުން ބުނެލިއެވެ.

އޭނާ އެހުރީ ވައިގައި ކޮޅަށެވެ. ލައިގެން ހުރި ކަޅު ހެދުމުގެ ދިގުކަމުން ފައިތިލަ ފެންނަން ނެތްއިރު ހެދުމުގެ ފަސްބައިން ކަޅު ދުންތަކެއް އަރަމުން ދެއެވެ. ޒިއްލީން އެކޭ އެއްގޮތަށް އެ ހަށިގަނޑު އެއްކޮން ކަޅުވެފައި ވީ ނަމަވެސް އެ ދެލޯވަނީ މަޑު ނޫ ކުލައަކުން ދިއްލިފައެވެ. ހުދުކުލައިގެ ދިގު އިސްތަށިގަނޑު ހެދުމުގެ ފަސްބަޔަށް ވުރެން ދިގުއިރު ވަޔާއި އެކު ވިހުރެމުން ދިޔައެވެ. “އެއީ ޒޫރީންއާއި ބެހޭ ކަމައް ނޫން.. އަހަރެން ކުރި ސުވާލަށް އަދިވެސް ޖަވާބެއް ނުދެމެންނުން!” ޒިއްލީން ހުރީ ހިތްހަމަ ނުޖެހިފައިކަން އެ އަޑުން ފާހަގަވެއެވެ.

“އާނ. ފާރަލަނީ މި. ރަޚުމަތްތެރިއެއްގެ ގޮތުން ޒިއްލީން ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެން ދާތަން ބަލާކަށް ނުހުންނާނަން.. ނޭނގޭތަ އިންސާނުންނަކީ ކޮންފަދަ ރަހުމު ކުޑަބައެއް ކަމެއް؟” ޒޫރީން ބުނެލިއެވެ. “ތިއީ ކޮންމެހެން ޒޫރީން އަހަރެންނަށް ވިސްނަދޭން ޖެހޭ އެއްޗެއް ނޫން! އަހަރެންނަށް ވަރަށް ރަނގަޅަށް އިނގޭ ތިކަން.. އެކަން ތަޖުރިބާ ކޮށްފައި ހުރީ ވެސް އަހަރެން.. ޒޫރީންއެއް ނޫން.. މީގެ ފަހުން އަހަރެން ކުރާ ކަންތަކުގެ ތެރެއަށް ވަންނަން ނަހަދާތި..!” ޒިއްލީން މިހެން ބުނިއިރު އެ ލޮލުގެ ރަތްކަން ގަދަވިއެވެ. ކަނދުރާއާއި ހަމައަށް އަރައި ކަޅު އިސްތަށިކޮޅުގެ ތިރިން އަލިފާން ކަނި ބުރަމުން ދިޔައިރު އޭނާ އެހުރީ އިންތިހާއަށް ރުޅި އައިސްފަކަން ޒޫރީންއަށް ޔަޤީން ވިއެވެ.

ޒޫރީން އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން ޒިއްލީން ކަޅު ދުންގަނޑަކަށްވެ ވަޔަށް ގެއްލިގެން ދިޔައެވެ. އިރުކޮޅަކު ހުރެލުމަށްފަހު ޒޫރީން އުދުހިފައި ކަހަލަ ގޮތަކަށް ލުޔޫންގެ ކޮޓަރި ކުޑަދޮރު ކައިރިއަށް މިސްރާބު ޖެހިއިރު ފަހަތުން ކަޅު ދުންގަނޑު އަންނަމުން ދިޔައެވެ. ކޮޓަރީގެ އެނދުގައި ހެޑްސެޓް ޖަހައިގެން ވާހަކަފޮތެއް ކިޔަން އިން ލުޔޫން ފެނި ޒޫރީން ލޮލަށް ކަރުނަ ޖަމާވިއެވެ. ހުދުލުކައިގެ ކަރުނަތައް އެ ކަޅު ކޯތާފަތަށް ރޮނގެއްހެން ފޭބިއިރު އޭނާގެ ނަޒަރު ލުޔޫން އިން ވަތްކެއް ނުވެއެވެ.

ލުޔޫން އޭނާއަށް ވުރެން އެތަށް ހާސްބައެއް ރީއްޗެވެ. އޭނާއަށް ލިބިފައިނުވާ ކަހަލަ ދޮންކަމެއް ލުޔޫންގެ ކިބައިގައި ހުރިއިރު އެ އިސްތަށިގަނޑުގެ ކަޅުކަން ވެސް އެހާމެ ގަދައެވެ. ޅައިރުން ސުރެ ޒިއްލީންއާއި އެކީ އުޅެ ބޮޑުވިއިރު އެހިތުގައި ޒިއްލީންއަށް ދެވިފައިވާ މަޤާމު މާ ބޮޑެވެ. ނަމަވެސް ޒިއްލީން އޭނައާއި ދޭތެރޭ އެފަދަ ގޮތަކަށް ނުދެކެއެވެ. އެކަމަކު މި ކުޑަ އިންސާނާގެ އެއްވެސް އިޝާރާތަކާއި ނުލައި ޒިއްލީން މި ކުއްޖާއަށް ހިތުން ޖާގަ ދީފިއެވެ. ޒޫރީން އިތުރަށް ބަލަން ނުހުރެ ދުންގަނޑަކަށްވެ އެތަނުން ގެއްލިގެން ދިޔައެވެ.

އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް ލުޔޫންއަށް ސިއްސައިގެން ހޭލެވުނު އިރު މުޅި މީހާ ވަނީ ދަލުން ފޯވެފައެވެ. އޭސީގެ ފިނީގައި ވެސް ނިއްކުރިން އޮށް ދާ ހިއްލަމުން ދިޔައިރު ހިތް އަވަސްވެފައި ވެއެވެ. ލުޔޫން އަވަހަށް ފާރުގައި ހުރި ގަޑިއަށް ނަޒަރު ހިންގާލިއިރު ދަންވަރު ދެގަޑި ބައި ވަނީއެވެ.

ލުޔޫން ތެދުވެ އެނދުން ތިރިއަށް ފައި ބޭލިއިރު ކައިރީގައި ކިޔަން ގެންގުޅުނު ވާހަކަ ފޮތް ވެއްޓިފައި އޮތެވެ. ހޮޅިބުރި ނުނިއްވައި ހުރުމުން ވާހަކަ ކިޔަނިކޮން ނިދުނީކަން އޭނާއަށް އިނގުނެވެ. ލުޔޫންއަށް ދެންމެ އެ ފެނުނު ހުވަފެން ހަނދާން ކުރަން އުޅެއުޅެ ވެސް އެކަމެއް ނުވިއެވެ. ހަނދާންވަނީ ކަނު އަނދިރިކަމެވެ.

މިޚިޔާލުގައި އިނދެފައި ލުޔޫން ކަނދުރާގައި ހިރުވަމުން ދިޔަތަން ކަހަންފެށިއެވެ. ކަހަމުން ދިޔަވަރަކަށް ހިރުވުން ދިޔައީ އިތުރުވަމުންނެވެ. އެންމެފަހުން މޭޒުމަތީގައި ހުރި ފެންފުޅިން ފެން ބޮއެގެން އެނދުގައި އޮށޯތެވެ. ނަމަވެސް އެ ހިރުވުން ކެނޑޭގޮތެއް ނުވިއެވެ. މިހެން އޮއްވާ ލޮލަށް ނިދި ސަވާރަވެ ފުން ނިންޖަކުން ގެނބުނެވެ.

“ލުޔޫން.. ދަރިފުޅާ.. ގަޑި ޖެހެނީއެއްނުން އެ.. ތެދުވޭ ދެން.” ނާޒިމާ ދޮރުގައި ޓަކިޖެހި އަޑަށް ނިދިފައި އޮތް ލުޔޫން ތެދުވިއެވެ. ގަޑިން ހަތްގަޑި ފަނަރަ ހިނގައިފައި ހުރިތަން ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް އޭނާ ފާޚާނާއަށް ވަނެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓެލި ލުޔޫން ދިޔައީ ސިހިގެންނެވެ.

ކަނދުރާގައި ކުރިން ރަތްވެފައި ހުރި ތަނުގައި ކުދި ބިހިތަކެއް ނަގާފައި ވާއިރު އެވަނީ މިހާރު އެހިސާބުގަނޑުގައި ފެތުރި ފާރުވާން ފަށާފައެވެ. ލުޔޫން މަޑުމަޑުން އެތަނުގައި އަތްލުމުން އަތުގައި ލޮނދި ކަހަލަ އެއްޗެއް ހޭކުނެވެ. އިރުކޮޅަކު އެތަނަށް ބަލަން ހުރެފައި އަވަހަށް އޭނާ ފެންވަރަން ވަނެވެ. އެއަށްފަހު މިއަދު ޑޮކްޓަރަށް ދައްކަން ދާން ނިއްމައިގެން ހުރެ ލުޔޫން ތައްޔާރުވާން ފެށިއެވެ.

******************************************************************************

އެއަރޕޯޓްއިން ނިކުމެގެން އައި ލީވާން ބަހަކަށް އެރުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. އެއަށްފަހު ލުޔޫންއަށް ގުޅާލަން ފޯނު ބަލައިލިއިރު ގަޑިން ދިހައެއް ޖެހުމުން އޭނާ އުޅޭނީ އޮފީހުގައިކަން އިނގުނެވެ. ނުގުޅަން އިނދެފައި ވެސް ލީވާން ގުޅިއެވެ.

“ހަލޯ.. ލޫލު މިއައީ އިނގޭ.. ބަލީތަ؟ ހާދަ ފާޑަކަށް ތި ވާހަކަ ދައްކަނީ… އެހެންތަ.. ތަދުވޭތަ އެތަނަށް.. ވެދާން ދޯ އެލާޖިކްއަކަށް ވެސް.. އޯކޭ ލޫލު ނިމޭގަޑިއަށް މާލެ ދާންވީތަ؟ އޭރުން އޭޑީކޭއަށް ދެވޭނުން، އެހެންނޫނީ އަނެއްކާ ޓްރެވަލް ކޮށްފައި އައިސް މިކޮޅަށް ދައްކަން ލޫލު ހުންނާނީ ޓަޔަޑްވެފައި.. ސޯ އައި ވިލް ބީ ދެއަރ.. ބާއި.” ލީވާން ފޯނު ބޭއްވުމަށްފަހު ހިންދެމިލިއެވެ.

ލުޔޫންއަށް ކުރިން އެއްވެސް އެލާޖިކްއެއް ނުވާއިރު ކުއްލިއަކަށް އެހެން ވާންވީ ސަބަބެއް ލީވާންއަކަށް ނޭނގުނެވެ. ލުޔޫންގެ އަޑުން ވެސް އޭނާ ބަލިކަން ފާހަގަވިއެވެ. ލުޔޫން ކުޑަކޮން ބަލިވިއަސް ލީވާން އެވަރަށް ހާސްވާއިރު ބޮޑުކަމެއް ވެއްޖެއްޔާ ކިހައިވަރެއް ވާނެބާއެވެ.

ބޭންކް އޮފް މޯލްޑިވްސް ކުރިމަތީ ސައިކަލުގައި މަޑުކޮއްލައިގެން އިން ލީވާން އިނީ ލުޔޫން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިރުކޮޅަކުން އޮފީހުން މަޑު ހިނގުމެއްގައި ނިކުމެގެން އައި ލުޔޫންގެ ފަތުން އިބްނާ ނިކުމެގެން އާދެއެވެ. ލުޔޫން އައިސް ކައިރީގައި މަޑުކޮއްލުމުން ލީވާން ރަނގަޅަށް އެ މޫނަށް ބަލާލިއެވެ. ވޭތުވެދިޔަ ދެދުވަސް ތެރޭގައި ލުޔޫންއަށް ވެފައިހުރިވަރު ފެނި ލީވާން ސިހުނެވެ. އެ ރީތި މޫނު ކުޑަކޮން ހުދުވެފައި ވާއިރު ލޮލުގައި ވަނީ ވަރުބަލި ކަމެވެ.

“ލޫލު އޯކޭތަ؟” ލުޔޫންގެ އަތުގައި ހިފާލަމުން ލީވާން ބުނެލިއެވެ. މެންދުރުގެ ގަދަ އަވީގައި ވެސް ލުޔޫންގެ އަތްހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. “ލީވާން ޓޭކް ހާ ޓު ހޮސްޕިޓަލް.. ވަރަށް ސަކަރާތްވެފައި އެހެރީ..” ކަނބޮޑުވެފައި ހުރި އިބްނާ ބުނެލިއެވެ. “ދޫނި ހިނގާ އަވަހަށް..” ލީވާން މިހެން ބުނުމުން ލުޔޫން ކުޑަކޮން ހީލަމުން ސައިކަލު ފަހަތަށް އެރިއެވެ. “އައި އެމް ފައިން.. ފިނިވަނީ..” ލީވާންގެ ގައިގައި ފަހަތުން ބައްދާލަމުން ލުޔޫން ބުނެލިއެވެ.

ބާރު ސްޕީޑެއްގައި ލީވާން އޭޑީކޭއަށް މިސްރާބު ޖެހިއިރު ލުޔޫން އިތުރު ބަހެއް ނުބުނެ މަޑުން އިނެވެ. އެހެންނޫނީ ލީވާން ކުޑަކޮން ބާރަށް ދުއްވާލިއަސް މަޑުން ދުއްވަން ލުޔޫން ބުނާނެއެވެ. އޭޑީކޭ ކައިރިއަށް ސައިކަލު ޕާކު ކޮއްލުމަށްފަހު ލުޔޫންގެ އަތުގައި ހިފައިގެން ލީވާން ހިނގައިގަތެވެ.

“ދައްކާލަބަ ތިތަން ބަލައިލަން..” ލީވާން މިހެން ބުނުމުން ލުޔޫން މަގުގެ އެއްފަރާތަށް ޖެހިލުމަށްފަހު އަޅައިގެން ހުރި ސްކާފް ދުރުކޮށްލިއެވެ. ލުޔޫންގެ ކަނދުރާފެނި ލީވާން ވެސް ސިހުނެވެ. “އަޅޭ… ވަރަށް ތަދުވޭތަ..” ލީވާން އަހާލިއެވެ. “ވަރަށް ކަހާއެބަ.. އައި އެމް ސްކެއާޑް.. ފިނިވަނީ..” ލުޔޫން ދެއަތް ގަޔާކައިރި ކޮއްލަމުން މިހެން ބުނިއިރު އޭނާގެ ގައިގައި މަޑު ތުރުތުރު އެޅުމެއް ހުރިކަން ލީވާންއަށް ވެސް ފާހަގަވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ލޯބި އަހަރެން ވާނަމޭ.. (2)

Next

ޝެރިން (22 ވަނަ ބައި)

Next
December 3, 2015

ޝެރިން (22 ވަނަ ބައި)

Previews
December 2, 2015

ލޯބި އަހަރެން ވާނަމޭ.. (2)

16 Comments!

  1. aish says:
    December 3, 2015 at 1:04 pm

    Me first ???

  2. lai says:
    December 3, 2015 at 1:12 pm

    wow!! jyst wow igey. dhe ghost ge sifakurun hama habeys. aslu zoorin ge sifakurun vara salhi. asluves sifavey hama. luv u zai. u are the best!! luyonn moya vani dhw e mihaaru. so goooood ???

  3. Iba says:
    December 3, 2015 at 1:23 pm

    Alhey v rythi mi story beynumy ehkoh kiyaalan. Thankolheh avahah dhigukoh genesdhyba. The best horror story

  4. Itx Me? says:
    December 3, 2015 at 2:56 pm

    Vrh nice mi part vx…..nxt part avas kohdhehchey….plx….vrh kiyaa hiyy vey…

  5. Nisha says:
    December 3, 2015 at 3:34 pm

    vaahaka v interesting but ahaalaa hiyvey Zooreen mee konthaakun negi nameh tho. maana egenyaa bunela dheebaa zaish

    1. zaisha says:
      December 3, 2015 at 4:38 pm

      Zooreen is actually just a name that came to my mind. i don’t know if it had a meaning or not. sorry

  6. maya says:
    December 3, 2015 at 7:13 pm

    varah salhi. ehen nooni hunna stories a varah thafaathu. ??????

  7. shiu says:
    December 3, 2015 at 7:17 pm

    when next part? mihaaru intersting vani mi. and sifakuruntha varah salhi ??????.

  8. yoool says:
    December 3, 2015 at 7:19 pm

    reethikan. mifaharu ehaa mistakes eh neh. really good. i always luved ur stories ❤️❤️

  9. Zurin says:
    December 3, 2015 at 10:29 pm

    really nice story. looking forwad for the next part. On which days this story will be updated. v kiyaahithun mihiry. luyoon ah vaane goi neygethee. zihleen ulheny luyoon moya kohllan kanneyge. dho zaish. <3 <3 <3
    btw Nisha, lara mihaaru liyamun dhaa story ga ulhey zurin eh. I think she knows that name. u may ask her as well.

    1. zaisha says:
      December 4, 2015 at 1:32 am

      It will be updated on Sunday, tuesday, thursday and saturday. ??

  10. Meekaail says:
    December 3, 2015 at 11:18 pm

    Lara ge meekaail vaahakayaa eh goi gotheh eba huri. I realy liked dat story.. copy ekey nubunaanan still v eh goi..

    1. zaisha says:
      December 4, 2015 at 1:31 am

      its not as same as meeksil. he was a good ghost well with wings and stuff like an angel type. and usually jinni moya v ma strange things hppn right? so such stuff might seem same but the whole concept is totally different ?

    2. leen says:
      December 4, 2015 at 1:37 am

      oh come on dhen. meehaku jinni vaahaka eh liyaairah e vaan jeheytha meekail ai ehgotha. hama gaimu ves leen akah adhi meekail story a ehgoe thane nufeney. dhen jinni eh alhai ganaani thanakun feni reethi v ma dhw. as zai said jinni moya v ma vaa goi goi ehgoi vaane. i knew it konmes itakun adhi meehaku comment kuraaneye meekail a compare kohfa. but love the story igey. chill zai ??❤️

  11. Meekaail says:
    December 4, 2015 at 12:04 pm

    Hahaha.. different people think difeerently.. plus i didnt say exactly same eyy. I said, eh goi kameh eba huri eyy. Eyge maana akee some things eyy.. eg, jinni eh girl ekaa loabivun, n ethana ehen girl jinni eh a’un. Vaanuvaa mum ah maa bodah neygun n bestie ah engun. Mihen gox kiyidhaane hama. Mi noonas jinni vaahaka mi site ga eba liyey dhw.. ehen noonas i didnt say mivahaka hadi ey vs. Writer aslu v molhu.. Jst said wat i felt while i was reading.

  12. faiha says:
    December 4, 2015 at 2:28 pm

    salhi igey. zai hama best and leen maa boda rulhi anani thi. everyone has there own opinions. mi story adhi varah salhi dhaa goi. ad usaul out zai won’t dissapoint the readers ❤️❤️

Comments are closed.

Next Episodeމިލަހަނދުވަރު (3)←


All Right Reserved!