” އެކަމަކު ” ނަކީލް މާޔާ ވީ ފަރާތަށް ކުރިމަތިލީ މާޔާގެ މޫނު މައްޗަށް އަރާ ފައިބަމުންދާ ކުލަވަރު ދެކިލުމުގެ ނިޔަތުގައެވެ. މާޔާ ހިތާ ހިތުން އެ ބަސް ތަކުރާރު ކޮށްލިއެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެތްބާއެވެ. ކުރިމަތި ވާން މިއުޅެނީ ކޮންކަހަލަ ޝަރުތެއް ބާވައެވެ. ” އަހަންނާއި އެކު ކޮރެއާ އަށް ދާންވީ…. އަހަރެންގެ އަންހެނުންގެ ގޮތުގައި… ވާނެތަ..” ނަކީލް މާޔާއަށް ނަޒަރުހުއްޓާލައިގެން ހުރެ ބުނެލިއިރު މާޔާގެ ޖަވާބު ނަކީލްއަށް އެނގޭ ފަދައެވެ. ނަކީލް ކުއްލިއަކަށް […]
“ހީވަނީ މިއީ އެލާޖިކެއްހެން.. އެތަން ކެހުނީމަ މިހިރީ ސަކަރާތްވެފައި..” ލުޔޫންގެ ކަނދުރާ ބަލައިލަމުން ޑޮކްޓަރ ބުނެލިއެވެ. “ވަރަށް ހިރުވައި.. އެހެންވެ ކެހެނީ..” ލުޔޫން އޭނާގެ ސްކާފުން އެތަން ފޮރުވާލަމުން ބުނެލިއެވެ. “ހިރުވިއަސް އެހާ ބޮޑަށް ނުކެހޭތޯ ބަލައި.. ދެން ތިތަން އެހައި ބޮޑަށް ކަވާ ނުކުރޭ..” ޑޮކްޓަރ ބޭސް ސިޓީ ލީވާންއާއި ހަވާލުކުރަމުން ބުނެލިއެވެ. ގެއަށް އައިސް ވައިން ލުޔޫންގެ ފަހަތުންއައި ލީވާން ފެނި ނާޒިމާ ސޯފާއިން ތެދުވިއެވެ. “ދަރިފުޅާ.. ކިހިނެތްވީ؟” ލުޔޫން ހުރިގޮތުން ކަމެއް ގޯސްކަން […]
ސަނާ އަދިވެސް އެއިންގޮތަށް ގޮނޑީގައި އިނެވެ. އެވަގުތު ދޮރު ހުޅުވާލުމަށް ފަހު ފާތުމަ ގޭތެރެއަށް ވަނެވެ. “ހާދަ ހިނިއައިއްސަ؟ ފާތުމަ އެހެންބުނި އަޑު ކޮޓަރިތެރޭ ހުރި މޫސައަށް އިވި ލާނެއް ހިނިތުން ވުމެއް ތުންފަތް މައްޗަށް ވެރިވެގަތެވެ. “އާނ! މީ…. ކަމެއްނުވޭ. މަރީނާ އާ ގަންނަ ގޮތްވިއެވެ. ފާތުމަ ހިނިގަނޑެއް ޖަހާލުމަށްފަހު އަވަސް ކޮށްލައިގެން ގެއަށްދިއުމަށް ބުނީ އަނދިރިވެފައި އޮތުމުންނެވެ. އަވަހަށް ތައްޔާރު ވެލުމަށްފަހު ސަނާ ގޮވައިގެން މަރީނާ ގެއަށްދާން ނުކުތުމުން ފާތުމަ ދޮރުލައްޕާ ތަޅުލިއެވެ. ނިދަން […]
“އައްސަލާމުއަލައިކުމް” … ސަމީރާ ދޮރާއިދިމާލަށް ބަލައިލިއިރު ޒައިން އޭނާގެ މަންމައާއި ބައްޕަ އެކީގައި ދޮރުމަތީގައި ތިއްބެވެ. ސަމީރާއެމީހުން ވައްދައި ސޯފާގައި ބޭތިއްބިއެވެ. އަދި ތަބަކެއްގައި ޖޫސް ހިފައިގެންް އައިސް އެމީހުންނަށް ދިނެވެ. “އަފާ… ދަރިފުޅާ ޒައިންމެން އައިސްފި… އާދެބަލަ އަވަހަށް.” ސަމީރާ އަފާގެ ކޮޓަރީގެދޮރުގައި ތަޅަމުން ގޮވިއެވެ. މޫސަވެސް އައިސް ޒައިންގެ މައިންބަފައިންނާއި ސަލާމްކޮށް ހެދުމަށްފަހު ކާމޭޒުދޮށުގައި އެމީހުންނާއިއެކު އިށީނެވެ. އަފާއާއި ވަސީމްވެސް އައިސް އެމީހުންނާއި ބައިވެރިވިއެވެ. ތަފާތުއެކި ވާހަކަތައް ދައްކަމުންގޮސް އަފާއާއި ޒައިންގެ ކައިވެނީގެ ތާރީޚުވެސް […]
ރޯޒްގެއަކީ ބޮޑުގެއަކަށް ނުވިޔަސް އާދައިގެ ދެބުރިއަށް ނަގާފައިވާ ގެއެކެވެ. ގެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ހައްދާފައިވާ ދެތިންވައްތަރުގެ މާގަހުންނެވެ. ވަންނަ ދޮރާށި ކައިރީގައި އަތުގެ ހުނަރު ދައްކައިދޭ މަސްޓޭންކެއް ރާނައިފައެވެއެވެ. އެކި ވައްތަރުގެ މަސްތަކުން ފުރާލައިފައިވާ އެ ޓޭންކް ވަރަށްވެސް ކުލަގަދައެވެ. ބޮޑު ކުޑައެއްގެ ދަށުގައި ވައްމޭޒެއްގައި އިށީދެގެން ތިބި ދެޒުވާނުން ހީވަނީ ބައްދަލުނުވާތާ އެތަށް ދުވަހެއްފަހު ބައްދަލުވި ދެބެއިންހެންނެވެ. “ޖޭޑް ކޮންއިރަކު ރާއްޖެ އައީ… އޭ މިއަދު ހަވީރު ލީނާއާ ބެހިލާފަ ދިޔައީ ޖޭޑް […]
މިއަދު މަރީނާ އަކީ މުސްކުޅި ބަލީގައި ދިރި އުޅުމުގެ ފަހު ދުވަސްތަށް ގުނަމުންދާ މީހެކެވެ. މަރީނާ އަށް ލިބިފައި ތިބި 2 ކުދިންގެ ތެރެއިން މަރީނާ އަށް އަބަދުވެސް އަޅާލަނީ މަރީނާގެ ހަގު ދަރި ޝާމިން އެވެ. ޝާމިން އަކީ އަޚްލާޤު ރަނގަޅު ހިތްތިރި ޒުވާނެކެވެ. މަރީނާ މެންގެ ފަޤީރު ދިރިއުޅުން މުއްސަނދި ދިރިއުޅުމަކަށް ހަދައިދީފައި ވަނީވެސް ޝާމިންގެ ބުރަ މަސައްކަތުންނެވެ. އެކަމަކު އަދިވެސް ޝާމިންގެ ޝަކުވާ އަކަށް ވެފައި ވަނީ މަންމަގެ ލޯތްބާއި ފިރިމުންތަކަށް ޝާމިން […]
ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސް ތަކަށްވެ ފާއިތުވަމުން ދިޔައީ އަފާއާއި ޒައިންގެ ސިއްރު ލޯބީގެ ގުޅުން ވަރުގަދަކުރުވަމުންނެވެ. ގިނަވަގުތު ފޯނުން ވާހަކަ ދެއްކިނަމަވެސް މަދުމަދުން ދެމީހުންނަށް ބައްދަލު ކުރެވެއެވެ. އަފާ އަށް މިކަމުގައި އެހީތެރިވެދެނީ ރީޝާއެވެ. ޒައިން އާއި ވާހަކަދެއްކި ނަމަވެސް އަފާކިޔެވުމަކަށް ފަރުވާކުޑައެއް ނުކުރެއެވެ. މިއަދަކީ ޖީސީގެ ނަތީޖާލިބުނުދުވަހެވެ. އަފާއަށް އޭނާއުންމީދު ކުރިވަރުގެ ނަތީޖާއެއް ލިބުނެވެ. ސުކޫލުގެ ގަދަ ދިހަޔެއްގައި އަފާހިމެނުން އިރު ރީޝާ އަށްވެސް ރަނގަޅުނަތީޖާއެއްލިބުނެވެ. މޫސަގެ އާއިލާ އެކުގައި މެންދުރުގެ ކެއުމަށް އިންސާފު […]
”އެންޑް ސްޓިލް؟…” ދީމް ހައިރާން ކަމާއެކު އެހިއެވެ. ”ދީމް ދެން އެވާހަކަ ނުދައްކަމާ، ކާން ހިނގާ…” ޖުވޭރިޔާ ދެން އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކާކަން ބޭނުމެއް ނުވިއެވެ. އިޒްކާންގެ މަޖުބޫރީ އޭނައަށް އެނގޭ ކަހަލައެވެ. ”ކައިގެން މިހިރީ…” ދީމް ބުންޏެވެ. އޭނަ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މަންމައަށް ނުވިސްނޭތީއެވެ. **** ގަޑިން މެންދަމުން ދޭއް ޖަހައި ބޮޑުވެއްޖެއެވެ. ބޮޑުކޮޓަރީގައި އިން ބަލްޤީޝް އިޒްތިޒާރު ކުރަމުން އެދަނީ އިޒްކާން ގެއަށް އަންނާނެ އިރަކަށެވެ. އިޒްކާން ދިޔައީއްސުރެ އޭނަގެ […]
ދެވަނަ ބުރިން ފެންނަމުން ދިޔައީ ކޮޓަރިތަކެކެވެ. ތިންވަނަ ބުރިން ފެންނަމުން ދިޔައީ ކުޅިވަރު ކުޅުމަށް ހާއްސަކޮށް ހަދާފައިވާ ތަނެއް ގޮތަށެވެ. ދިމަ ދިމާލުގައި މޭޒު ޖާހާފައިވާއިރު އެކި މޭޒުތަކުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވެން ހުއްޓެވެ. އޮށްވަޅު ގޮނޑިއާއި، ކެރަމްއާއި، ތާސްބަޔާއި، ރާޒުވާއާއި، ސްކްރޭބަލްއާއި، މޮނޮޕޮލީއެވެ. އޭރުވެސް ބައެއް ބަލިމީހުން ކުޅެން ތިބިތަން ފެނުނެވެ. ހަތަރުވަނަ ބުރިއަށް ލިފްޓް އައިސް ހުޅުވުމުން މިޝްކާމެން އަވަހަށް ލިފްޓުން ފޭބިއެވެ. އެބައިގައި ފެންނަންހުރި ކުޑަ ކައުންޓަރ ކައިރިއަށް ތިންމީހުން ދިޔައީ […]