މަޑުމަޑުން ހިނގާފައި ދިޔަ ސެލީނާގެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ފެންނާކަށް ނެތެވެ. ހިތުގައި އުފެދިފައިވާ ރިހުމެއްގެ ސަބަބުން ހީވަނީ ހިތް ކުދިކުދިވެގެން ހިނގައިދާނެހެންނެވެ. ނަމަވެސް މިލާ މޯޅިވެފައި ހުރި މޫނު އުޖާލާވެގެން ދިޔައީ ކުއްލިއަކަށެވެ. ޒެދީންއަށް ހުރިހާ ހަގީގަތެއް ކިޔައިދޭން ދިޔަ ސެލީނާގެ ހިޔާލް ބަދަލްވެގެން ދިޔައީ ކުއްލިއަކަށެވެ. ޒެދީން ހާސިލް ކުރަން ކޮންމެ ކަމެއް ކުރަން ޖެހުނަސް ސެލީނާ ފަހަށް ޖެހޭކަށް ބޭނުމެއް ނުވިއެވެ. ޒެދީން އެއީ އޭނަގެ ލޯތްބެވެ. ސެލީނާއަށް ވިސްނުނު ގޮތުގައި […]
ބާރަށް ހިނގާފައިދިޔަ އަފާއަށް އޭނާފެންނަ ކޮންމެ ފިރިހެނެއްގެ ލޯވެސް އަމާޒުވަމުން ދިޔައެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއްނެތެވެ. އަފާއަކީ ރީތިއިސްކޮޅަކާއި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާކުއްޖެކެވެ. ކަޅުކަންގަދަ ފަންއިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައިވާއިރު އެ ދޮންމޫނުގެ ރީތިކަމަށް އިތުރުފުރިހަމަކަމެއް ގެނުވައެވެ. ލައިގެންހުރި ހުދުކުލައިގެ ޓޮޕާއި ކަނޑުނޫކުލައިގެ ޖީންސުގައި އޭނާސިފަކުރެވެނީ ރީތި ޕަރީއެއް ފަދައިންނެވެ. އިންތިޒާރުކޮށްލައްވާ!
މި ވާހަކަ އަޕްލޯޑް ނުކުރެވި ގިނަ ދުވަސްވާތީ ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާުޔަތަށް މަޢާފަށް އެދެން. ލަސްވަމުން މިދަނީ މިވާހަކަ ލިޔެފައިވާ، ތާޔާގެ ޕެންޑްރައިވް ގެއްލިގެން. ޕެންޑްރައިވް ނުފެނި ގިނަދުވަސްވަމުން ދާތީ މިވާހަކަ އަލުން ލިޔުމުގެ މަސައްކަތް ކުރަމުންދާވާހަކަ ހުރިޙާ ކުދިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން. އަދި ވާހަކަ އަލުން ލިޔެ ނިމުނުހާ އަވަހަކަށް ނުވަތަ ޕެންޑްރައިވް ލިބުނުހާ އަވަހަކަށް ވާހަކަ ޕަބްލިޝްކުރަމުން ގެންދާނެވާހަކަ ދަންނަވަން. ތިޔަ އެންމެހާ ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރުވެރިވަން.
ސީމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ދިޔައިރު މިޝްކާ ހުރީ ސީމާއަށް ފުރަގަސްދީގެން ކުޑަދޮރުން ބޭރުބަލާށެވެ. ސީމާގެ ވާހަކަތަކުން މިޝްކާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ސީމާއަށް ފުރަގަސްދީގެން މިޝްކާ ހުރީ ރޯށެވެ. މީހުން ސުނާމީގެ ވާހަކަ ދައްކާތީ އަޑުއެހިއެވެ. ނަމަވެސް މިހާ އަސަރެއް އަދި ދުވަހަކުވެސް ނުކުރެއެވެ. މިޝްކާގެ ހިތަށް އަރަމުން ދިޔައެވެ. ރަނާއަށް ވީގޮތަކީ އެއީހެއްޔެވެ. ސީމާގެ ދިރިއުޅުން ޣަރަގުވެގެން ދިޔައީ ސުނާމީގައެވެ. އަދިވެސް ވަކި ނުވެވިގެން މި އުޅެނީ އެ ޒަމާންވީ […]
“ލުޔޫން. ދެން އާދެބަލަ..” ރާޅު ޖަހާ ހިސާބުގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖަކު އިވުނުއަޑަށް ފަސްއެނބުރި ބަލާލިއެވެ. މިލަހަނދުވަރުގެ އަލިން ހުދު ދޮންވެލިގަނޑު ދަޅައަޅަމުން ދިޔައިރު ހާމައަށް ދޫކޮށްލާފައި އޮތް އެ އަންހެން ކުއްޖާގެ ކަޅު އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ހަނދުވަރުގެ އަލިން އެ ދޮން މޫނު އުޖާލާވެފައި ވާއިރު ކަޅިރަވައިގައި އަޅާފައިވައި އަނދުނުން އެ ރީތިކަން ފުރި ހަމަ ކޮށްދެއެވެ. މަޑު ހިނގުމެއްގައި ލައިގެން ހުރި ހުދު ކުލައިގެ ދިގު ހެދުމުގައި އެއްއަތުން ހިފައްޓާލައިގެން ހުރެ […]
” އާޗާ.. ރީއްޗޭނުން ބުނެލި ވާހަކަ.. ލޮލުން ދެކެ އަތުން ހިފާފަ ބުނީމަވެސް ދައްކާލި ވާހަކަ މޮޅޭނުން.. ” އިތުރަށް ޒައިންއަށް ކެތް ނުވެގެން ފޯން ކަނޑައިލައި އޮފް ކޮށްލިއެވެ. އެއަށްފަހު ފުންކޮށް ވިސްނާލުމަށްފަހު ޒައިން ނިންމީ އައިރީންއާއި ވާހަކަ ނުދެއްކުމަށެވެ. މަންމަގެ އެދުމަށް އައިރީން ދިޔައީ އައިރީނެ މަންމަގެ ރަށަށެވެ. މިއީ އައިރީން އެރަށަށް ކުރާ ފުރަތަމަ ދަތުރު ކަމުން އައިރީން ދާހިތުން ތެޅިފޮޅެނީއެވެ. ކަނޑުމައްޗަށް ބަލި އައިރީން މިއަދު އިނީ ކަނޑުގެ ރާޅުތަކަށް […]
“މިއޮތީ މީހަކު ދިން އެއްޗެއް” ލަމްހާ އައިސް ލީނާ އަތަށް ދިން ގަނޑުކޮޅު ބަލާލިއެވެ. އޭގައި ލިޔެފައޮތް އެއްޗެއް ފެނުމުން ލީނާގެ ދެލޮލުން ކަރުނައިގެ ރޮނގެއް ފާއްދާލިއެވެ. “ލީނާ ކީއްވެ ތި ރޮނީ” ލަމްހާ އެހެން އެހެމުން ލީނާދިޔައީ ސިހިގެންނެވެ. “ލަމް ބަލާބަލަ.. އަހަރެން ހީކުރީ ފަޔާ އަހަރެން ދެކެ ރުޅި އައިސްފަކަމަށް.. އޭނަ ކުއްލިގޮތަކަށް މާލެ ދާންޖެހުނީއޯ..ސޮރީ އޭވެސް ބުނެފަ އިބެން…. ލަމް ފަޔާ އަސްލުވެސް އަހަރެންދެކެ ހާދަ ލޯބިވެއޭ ދޯ” ލީނާ އުފަލުން ހީވަނީ […]
ކައިލަން ހުރީ ލޯ ކުރިމަތިން ފެންނަމުން އެދާ މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އޭނަގެ ލީން އަކީ ކޮބައިކަން ފާހަގައެއް ނުކުރެވެނެވެ. ބިންމަތީ ލެއިން ތަތްތެޅިފައި އެއޮތީ ވެސް ލީން އެވެ. ވޭނީ ގޮތަކައް އެއޮތްގެން ތެޅި ފޮޅެނީއެވެ. އެތާ ކައިރީ ގައިގައި ލޭ އުނގުޅިފައި ރުޅިއަރައި ރަތް ވެފައިވެސް އެހެރީ ލީން އެކެވެ. އޭނަގެ ލީން ކޮބާހެއްޔެވެ!އެހެން ނޫނީ އިތުރަށް ލީންގެ ސިފައިގައި އެހެރީ ކާކު ހެއްޔެވެ! އިންތިޒާރު ކޮށްލައްވާ!!!!!!!!! ވާހަކަ އެއްކޮށް ލިޔެނިމުނު […]
ޝެރިންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށި އެވެ. އެއާއިއެކު އޭނާ ސިއްސައިގެން ދިޔައީ ޖޭޑްގެ އަތުތެރޭ އޮތް އޭނާގެ އަތަށް ކުޑަކޮށް ބާރުކޮށްލިހެން ހީވުމުންނެވެ… ނޫނެކެވެ! އެއީ ހީވި ހީވުމެއް ނޫނެވެ! ހަމަ ހަޤީޤަތުގައިވެސް ޖޭޑް އޭނާގެ އަތަށް ބާރުކޮށްލައިފި އެވެ. ޝެރިންގެ ހިތް ބާރުބާރަށް ތެޅެން ފެށި އެވެ. “ޔާލް ބޭބޭ!!!” ހިތް ތެޅިތެޅި އޮތް ޙާލު ޝެރިން އަޑުގެ ނެތްތަނަށް ގޮވާލި އަޑަށް މިކްޔާލާއި އެހެން އެންމެން އެތަނަށް ޖަމާވެއްޖެ އެވެ. […]