Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ވިންދަކީ ކަލާ (2)

cutie Level 1
December 3, 2015 3 Mins Read
17 Comments

ކުލާސް ނިމުމާއިއެކު ކުދިންތަށް ނިކުންނަން ފެށިއެވެ.އީނާލް ވެސް އަވަހަށް ނުކުންނަންވެގެން ހިނގައިގަތް ތަނާ ކުއްޖެއްގެގައި އަޅައިގަތެވެ. ނުވެއްޓުނީ އީނާލްއަށް އަމިއްލަ ހަށިގަނޑު ބެލެންސް ކޮށްލެވުމުންނެވެ. ގައިގަ ޖެހުނީ ކާކުތޯ ބަލައިލިއެވެ. ވަގުތުން އީނާލްގެ ދެލޯ ބޮޑުވިއެވެ.އީނާލް ގެ ކުރިމަތީގައި ހުރީ އީނާލް އާއި އެއްކޮށް 12 ނިންމި ލައިޝާއެވެ.

އީނާލްގެ ހިތް އުފަލުން ފުރުނު ކަހަލައެވެ.އުފަލުން ހުރެ ލައިޝާ ގައިގައި ބައްދާގަތެވެ.

“ލައި ކިހިނެތްތަ؟ އެކީއްވެ ސުކޫލު ނިންމާފައި އެއްވެސް ގޮތަކަށް ކޮންޓެކްޓް ނުކުރީ؟ އައި ވޯސް ސޯ ސޭޑް”. އީނާލް ފަތިވަރަކަށް ހުރިހާ ސުވާލު ތަކެއް  ކޮށްލިއެވެ.

“ތިތަނުން ކޮން ސުވާލަކަށް ޖަވާބު ދޭންވީ؟” ލައިޝާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“ހުރިހާ ސުވާލަކަށް” ކެތް މަދުވެފައި ހުރެ އީނާލް ބުންޏެވެ.

”އަސްލު ވީ ގޮތަކީ ސުކޫލު ނިންމި ގޮތަށް މަންމަ ބަލިވެގެން މަންމަ އާއި އެއްކޮށް ލަންކާއަށް ދިޔައީ. ނާލް އަށްވެސަ އިނގެއެއްނުން ލައީ މެން ފެމިލީގައި ގާރލް އަކަށް ހުންނަނީ ލައީ އެކަނިކަން. އެހެންވެ މަންމަ އާއި އެއްކޮށް ދިޔައީމަ ކޮންޓެކްޓް ނުކުރަވުނީ.ނާލްވެސް ވެއްޖެވިއްޔަ ނާލްގެ ނަމްބަރ ބަދަލު ކުރަން. އޭރުވެސް ކިހާވަރަކަށް ކީން އެފްބީ އެކައުންޓެއް ހުޅުވާށޭ! އެހެންނޫންނަމަ ދެމީހުން ނަށް ޓޯކް ކުރެވުނީސް ވިއްޔަ.” ލައިޝާ އީނާލް ކުރި ހުރިހާ ސުވާލަކަށް އެއޮފަހާރާ ޖަވާބު ދިނީ އިތުރު ސަކުވާއެއް އީނާލް އަށް ކުރާނެ ފުރުސަތެއްވެސް ނުދިއެވެ.

“އޯކޭ،ދެން އޯކޭ” ހެމުން ހެމުން އީނާލް ބުންޏެވެ. “މިކަމުގައި ނާލްގެ ފޯލްޓް އޮތްކަންވެސް ގަބޫލުކުރަން.” އޭތް ދަނީ އިނގޭ! މިހާރު ދޮންބެ ހުންނާނެ ބަލައި އައިސް”. ލައިޝާ މިހެން ބުނެ ކޮލެޖުން ނިކުމެގެން ދިޔައެވެ.

އީނާލް ގެއަށް އައީ ހިނިތުންވެހުރެއެވެ. ހެނދުނުވީ އެއްވެސް ކަމެއް ހަނދާން ހުރިހެން ހިޔެއްނުވެއެވެ. ގެއަށް ވަނުމާއި އެކު މަންމަ މައިޝާ ކޮލެޖުގެ ކަންތަށް އޮޅުންފިލުވަން ބޭނުންވިއެވެ. މަންމަކައިރީ ލައިޝާ އާއި ބައްދްލުވި ވާހަކަ ބުނެފައި އިތުރު ވާހަކައެއް ނުދެއްކެނީސް ލާޔާ ކޮންޕިޔުޓަރ އިން ގޭމެއް ކުޅެން ނޭނގިގެން ގޮވަންފެށިއެވެ.

 “އޯތް ދޮންތަ މިދަނީ”  އަވަސް އަވަހަށް އީނާލް ބުނެލިއެވެ.”ދެންދޭ އަވަހަށް… ނޫނީ ނޫނީ މިޔަދު ހަތަރު ދަމު ލާޔާ އިންނާނީ މާކަނާއެއް ހެން ތުންދިގު ކޮށްގެން.މަންމަ މިދަނީ އޮފީސް މަސަތްކަތް ނިންމަން އޮފީހުގައި ބިޒީ ކަމުން އެއްބައި ގެޔަށް ގެންނަން ޖެހުނީ”. މައިޝާ ބުނެލިއެވެ.

“އެހެންތަ މަންމާ” އީނާލް މަންމައަށް ރަށްދުދީފައި ކޮއްކޮ ކައިރިއަށްދާން ތެދުވަތެވެ.

   “އައްސަލާމް އަލައިކުމް” މީހަކު ސަލާން ގޮވާ އަޑަށް އީނާލް ދުވެފައި ދޮރުމަށްޗަށް ނުކުމަތެވެ.

“ލައީ ކީއްކުރަނީ މިތާ!” އުފަލުންހުރެ އީނާލް ބުންޏެވެ.

“ގޭގައި ފޫހިވާތީ މި އައީ ހިނގައިބަލަަ  ލައި މެން ގެއަށް ދާން…… މިހާރު ކިހާ ދުވަހެއް ނާލް އަހަރެމެން ގެއަށް ނުދާތާ… މަންމަވެސް ބުނި ކޮންމެހެން ހަދާފައިވެސް ނާލް ގެންނަންޖެހޭނޭ… ކުޑަ ހިނިތުން ވުމަކާއިއެކު ލައިޝާ ބުންޏެވެ.

“އޯކޭ މިފަހަރު ދެން ދާނީ…. ލައި ގުޅާލާފަ ބުނިނަމަ އަންނާނަމޭ ބަލާ…ހަޑިގިއްލާ ހެދިގެން މިހިރ..ީ ފެންވަރައިގެން ދެވޭނީ… އިހަށް މަޑުކޮށްލާ އިނގޭ… އީނާލް އެހެން ބުނެ އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ ފާހަނާއަށް ވަންނާށެވެ.

“ނާލް! ދެން ތިވަރަށް ރީތިނުވިޔަސް އޯކޭވާނެ. މިގޮތްޔަ އުޅޭގޮތުން ހީވާނީ ޑޭޓަކަށް ދާން އުޅޭހެން.” ދިމާ ކުރާ ފާޑަކަށް ލައިޝާ ބުނެއެލިއެވެ.

“އަހަންނާދިމާލަށް ފާޑު ފާޑު އެއްޗިހި ކިޔާނި ކަމެތްނެތް. ލައީ ހުރި ގޮތް ބަލާބަލަ. ހީވަނީ ގޭ ފުށް ބަސްތާ ހުސްކޮށްލައިގެން އައިސް ހުރިހެން. އެވަރަށް ފުށް ޖަހާފަ ތިހިރީ…. ދެންވެސް ގުދޯ ގުދޯ ނުގޮވާތީ!” ހެމުން ހެމުން އީނާލް ބުނެލިއެވެ.

ދެމީހުން އެކުއެކީގައި މިސްރާބު ޖެހީ ލައިޝާމެންގެއަށް ދިއުމަށްށެވެ.

“ނާލް އެބައަންނަން އެހަރަ ފިހާރައަށް ވަދެފައި ވަރަށް ރީތި ފައިވާނެތް އެބައިން” ލައިޝާ އެހެންބުނެ ހިނގައިގަތީ އެ ފިހާރައަށްވަނުމަށްށެވެ.

“ލައީ ދޭ! އަހަރެން އެބައަންނަން އެހަރަ ތަނުން އައިސް ކޯން ގަނެގެން ލައީ ބޭނުމީ ވެނީލާ ދޯ!

އީނާލް އެހެން ބުނެ މިސްރާބުޖެހީ އައިސްކޯން ސްޓޭންޑް އާއި ދިމާލަށެވެ. ގަންނަން އައިސް ތިބި މީހުން މަދު ކަމުގެ ސަބަބުން އީނާލް އަށް ވަރަށް އަވަހަށް އައިސްކޯން ލިބުނެވެ.ދެއަތަށް އައިސްކޯން ލައިގެން އީނާލް އެނބުރުތަނާ މީހެއްގެ ކޮނޑުގައި ލައިގަތެވެ. ވަގުތުން އައިސް ކްރީމް ތަށް އީނާލްގެ ހެދުމުގައި ހޭކުނެވެ.

“ވަޓް ދަ…..! އީނާލް ބުނެލިއެވެ.

“ކަލޭތަ! ކުރިމަތީ ހުރީ ކުރިން ދުވަހު އީނާލްގެ ގައިގައި ޗަކަ އުނގުޅާފައި ދިޔަ ކާރުގައި ދުއްވަން އިން ފިރިހެން ކުއްޖާއެވެ.

” ޑޫޔޫ ހޭވް އަ ޑެތް ވިޝް! ކޮންމެ ފަހަރަކު އަހަރެންގެ ހެނދުން ހަޑި ކޮށްލާއެބަ! އައެމް ސިކް އޮފް ޔޫ! އަދި ފާޑަކަށްބަލަހަށްޓައިގެން އެބަހުއްޓެންނުން! މުޅި ދުނިޔެއިން އަހަރެން އެންމެ ފޫހިވާ މީހާތީ! ބަލާބަލަ އަހަރެންގެ ހެނދުން ހުރިގޮތް. ކުރިން ދުވަހުވެސް ހެދީ ހަމަ މިހެން އެންމެ ކުޑަމިނުން ސޮރީ އޭވެސް ނުބުންޏެއްނު. ސްޓެޗޫ އޮފް ލިބަޓީތަ ތިއީ! ބުދެއްހެން ތި ހުންނަނީ!” ފަތިވަރަކަށް އީނާލް އަމުނާލިއެވެ.

” ކާމް ޑައުން. އައިއެމް ސޮރީ” ފާޑަކަށް ބަލަހަށްޓައިގެން ހުރެ އެ ފިރިހެން ކުއްޖާ ބުނެލިއެވެ.

“ސޮރީ އޭ ބުނީމާ ފިރިހެނުންނަށް ނިމުނީއޭ! ޑޯންޓް ޔޫ ޑެއަރ ގެޓް އިން ދަ ސައިޓް އޮފް މީ!

މިހެންބުނެ އީނާލް ބާރު ބާރަށް މިސްރާބު ޖެހީ ލައިޝާ ވަން ފިހާރައާއި ދިމާލަށެވެ.އޭރު ލައިޝާ ފިހާރައިން ނުކުންނަނީއެވެ.

“ނާލް ކިހިނެތް ހެދުމަށް ހަދާފައި ތިހިރީ! އައިސް ކްރީމް ބޯންދިނީ ހެދުމަށްތަ؟ އަވަސް އަވަހަށް ލައިޝާ އަހާލިއެވެ.

“އައި މެޓް އަ ޖަރކް! ނޮޓް އަ ނޯރމަލް ޖަރކް. ކިންގް އޮފް ޖާރކްސް!!. އޭނައަށް ހީވަނީ އޭނާ ވަރު މީހަކު ނެތޭ. ކުރިން ދުވަހުވެސް ކޮލެޖަށް ދަނިކޮށް ޗަކަ ބުރުވާލީ އަހަރެންގެ ހެދުމަށް. އެކަމަކާ ހުރެ ކުލާހަށްވެސް ދެވުނީ ގަޑި ޖެހިގެން. ހީވަނީ ހީ އިޒް ޓްރައިންގް ޓު ރުއިން މައި ލައިފް. އައި ހޭޓް ހިމް ސޯ މަޗް!” އައި ރުޅީގައި ހުރިހާ އެއްޗެއް ކިޔުނީ ލައިޝާއާއި ދިމާލަށްށެވެ.

“އޯކޭ އޯކޭ ހިނގާ ގެޔައް ގޮސް ހެދުން ދޮވެލަން” ލައިޝާ ބުންޏެވެ.

ލައިޝާމެންގެއަށް ވަދެ ވުމާއި އެކު އީނާލް މިސްރާބު ޖެހީ ފާހަނައާއި ދިމާލަށެވެ.

“ނާލް! ލައީގެ ދޮންބެ އެބަ އުޅޭ ކޯސް ނިންމާފައި އައިސްގެން ދޮންބެ ގެޔަކުނެތް މިހާރަކު ފަހުން ދައްކާނަން އިނގޭ! އުފަލުން ހުރެ ލައިޝާ ބުންޏެވެ.

“ހޫމް……….” ޝައުގެއްނެތި އީނާލް ބުނެލިއެވެ.

“ލައީ ތަންކޮޅެއް ކުރިން ބުނީމެންނުން މިގޭގައި ގާރޑަން އެއް އިންން ވާހަކަ… ހިނގާބައެތަން ދައްކަން” އީނާލް ބޭނުންވީ މޫޑް ގޯސްވެފައި ހުރުމުން މޫޑު ރަނގަޅު ކޮށްލާށެވެ.

“އޯކޭ ހިނގާ ދައްކާނަން” ލައިޝާ އަވަސް އަވަހަށް ބުނެލިއެވެ.

ދެކުދިން އެކީގައި މިސްރާބު ޖެހީ ބަގީޗާއާއި ދިމާލަށެވެ. އީނާލް އަކީ މާމެލާމެއްޔާ ހެދި ވަރަށް  ވަރު ހުންނަ ކުއްޖެކެވެ. އެހެންވެ ލައިޝާއަށް ވުރެ ކުރިން އީނާލް ބަގީޗާއަށް ވަނެވެ.

“ނާލް! އާދެބަ މިކޮޅަށް އައި ވޯންޓް އިންޓްރޮޑިއުސް ސަމްވަން” ލައިޝާ ގޮވާލިއެވެ.”މިދަނީ” އީނާލް ޖަވާބު ދިނެވެ.

“ނާލް މީ އަހަރެންގެ ދޮންބެ” ހެވިފައި ހުރެ ލައިޝާ ބުންޏެވެ.

“ވަޓް! ރިއަލީ؟؟!” ގަނޑުވެފައި ހުރެ ކަހަލަ ގޮތަކަށް އީނާލް ބުނެލިއެވެ (ނުނިމޭ)

 

 

Share Article

Follow Me Written By

cutie

Level 1

Other Articles

Previous

ޝެރިން (22 ވަނަ ބައި)

Next

ކަނޑުފެން (ސޯޅަވަނަ ބައި) KanduFen P-16

Next
December 3, 2015

ކަނޑުފެން (ސޯޅަވަނަ ބައި) KanduFen P-16

Previews
December 3, 2015

ޝެރިން (22 ވަނަ ބައި)

17 Comments!

  1. cutie says:
    December 3, 2015 at 2:21 pm

    Hope all the readers will like this part 🙂

  2. aathi says:
    December 3, 2015 at 2:33 pm

    E boy aky dhw laisha ge dhonbe…story ltle short hen heevani ….hehe..kyp it up..

  3. cutie says:
    December 3, 2015 at 3:15 pm

    thanks aathi

  4. princess says:
    December 3, 2015 at 3:27 pm

    Varah reethi

  5. Ira says:
    December 3, 2015 at 3:56 pm

    🙂

  6. cutie says:
    December 3, 2015 at 4:52 pm

    thanks princess n ira

  7. Sweetie says:
    December 3, 2015 at 5:25 pm

    nice but thankolheh kury story…….. keep it up 🙂

  8. Juma says:
    December 3, 2015 at 8:06 pm

    Vara nice.. thankolheh kuru… if u can thanolhehndhigu koh up kohdheeba… overall its nice… keep it up!! ☺

  9. Axzoo says:
    December 3, 2015 at 10:42 pm

    Wow beautiful 🙂
    But miah vure dhigu kohlahcheyy dhn
    Heevanii maa kuru henn
    V kiyaa hiyyvaa hama akunn nimunii
    Waiting waiting
    Plxx Up soon :-*

  10. fentey says:
    December 4, 2015 at 10:28 pm

    axzoo zubba buee kaleyge vagu bitu reyga vs thi kotarin nukuin than dhusheemoa… firi soru kairi bunan v hoa… thi kan huttaalaashoa… kikiki

  11. zaa says:
    December 5, 2015 at 12:58 am

    I know. The jerk will be her brother. Right. Hahaha. Very nice

  12. cutie says:
    December 5, 2015 at 1:03 pm

    mistory dhn up kureveny one week fahun……….. mi dhuvas kolhu cutie v bxy

    1. cher says:
      December 8, 2015 at 9:37 pm

      haadha lahey….

      \

  13. Ninni says:
    December 23, 2015 at 6:14 pm

    Alhey cutie mihaaru more than one week vehjennu, plx plx avaha up kohdheeba, this story is amazing and very interesting. 🙂 Wish you good luck!!!

  14. shine says:
    January 1, 2016 at 11:08 pm

    Awesome story bt storyge up haadha lahey dhww.. Thankolheh avas avahah up koh dhiniyya v happy vaane… all the bst cutie

  15. lilli says:
    January 3, 2016 at 2:34 pm

    one week ey kiyaafa nuvanyaa huttaala….

  16. Liu says:
    February 1, 2016 at 5:31 pm

    Laskan mihaary 1 week kykuran 2 montha vany ey nuny veje 2 montha

Comments are closed.



All Right Reserved!