Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މިލަހަނދުވަރު (3)

zaisha Level 210 Stories
December 5, 2015 4 Mins Read
25 Comments

“ހީވަނީ މިއީ އެލާޖިކެއްހެން.. އެތަން ކެހުނީމަ މިހިރީ ސަކަރާތްވެފައި..” ލުޔޫންގެ ކަނދުރާ ބަލައިލަމުން ޑޮކްޓަރ ބުނެލިއެވެ. “ވަރަށް ހިރުވައި.. އެހެންވެ ކެހެނީ..” ލުޔޫން އޭނާގެ ސްކާފުން އެތަން ފޮރުވާލަމުން ބުނެލިއެވެ. “ހިރުވިއަސް އެހާ ބޮޑަށް ނުކެހޭތޯ ބަލައި.. ދެން ތިތަން އެހައި ބޮޑަށް ކަވާ ނުކުރޭ..” ޑޮކްޓަރ ބޭސް ސިޓީ ލީވާންއާއި ހަވާލުކުރަމުން ބުނެލިއެވެ.

ގެއަށް އައިސް ވައިން ލުޔޫންގެ ފަހަތުންއައި ލީވާން ފެނި ނާޒިމާ ސޯފާއިން ތެދުވިއެވެ. “ދަރިފުޅާ.. ކިހިނެތްވީ؟” ލުޔޫން ހުރިގޮތުން ކަމެއް ގޯސްކަން ނާޒިމާއަށް އިނގުނެވެ. ލީވާންއަކީ ވެސް އެހެންނޫނީ މިގަޑީގައި ގެއަށް އަންނާނެ ކުއްޖެއްނޫނެވެ. “މިއުޅެނީ ލުޔޫން އެލާޖިކެއް ވެގެންނުން.. ދެންމެ މިއައީ ޑޮކްޓަރަށް ދައްކާފައި..” ލުޔޫންގެ ފަހަތުން އައިސް ސޯފާ ކައިރީގައި މަޑުކޮއްލި ލީވާން ބުނެލިއެވެ.

“ތެދެއް… ކީއްވެ މަންމަ ކައިރި ނުބުނީ… ކިހިނެތްވީ އަނެއްކާ؟” ލުޔޫން ސޯފާގައި ބައިންދަމުން ނާޒިމާ ބުނެލިއެވެ. ލުޔޫން އޭނާގެ ސްކާފް ނައްޓާލަމުން އެތަން ނާޒިމާއަށް ދައްކާލިއެވެ. “އަހާ.. ހާދަވަރެއްވެފައި މިހިރީ.. ކީކޭ ޑޮކްޓަރ ބުނީ؟” އެތަނަށް ބަލަން އިން ނާޒިމާ ކަންބޮޑުވެފައި އަހާލިއެވެ.

“ދެން ރަނގަޅު ވާނެކަމަށް ހީކުރީ.. އެހެންވެ ނުބުނީ.. ޑޮކްޓަރ ބޭސް ދީފައި ހުރީ..” ސޯފާގައި ލެނގިލަމުން ލުޔޫން ބުނެލިއެވެ. “ދޭ ފެންވަރާލައިގެން އަންނަން.. މަންމަ އޭރަށް ނޫޑްލިސް ކޮޅެއް ހަދާލާނަން.. ލުނބޯފަނި ދޯ ދަރިފުޅު ބޭނުމީ..” ލުޔޫންގެ ބޮލުގައި ފިރުމަން އިން ނާޒިމާ ބުނެލިއެވެ. ލުޔޫން އާނއެކޭ ބުނެފައި ތެދުވެ ކޮޓަރިއަށް ވަންނަން ދިޔައެވެ.

“ލީވާން ކައިގެން ދާން މަޑުކުރޭ އިނގޭ..” ނާޒިމާ މިހެން ބުނެފައި ބަދިގެއަށް ވަންނަން ދިޔުމުން ލީވާން ސޯފާގައި އިށީނދެލިއެވެ. އޭރު ކޮޓަރިން ނިކުއިން ޝިޒޫގެ އުރުގައި އިން ހަސިންއަށް ލީވާން ފެނުމާއިއެކީ އުފަލުން ތެޅެން ފެށިއެވެ. “ހެލޯ ބަޑީ..” ޝިޒޫ އައިސް ހަސިން ދިއްކޮށްލުމުން ލީވާން އޭނާ އުރާލިއެވެ.

މެންދުރުކައި ނިމިގެން އެނދުގައި އޮށޯވެލި ލުޔޫންއަށް ނިދިފައި ހޭލެވުނުއިރު މުޅިތަން ވަނީ އަނދިރިވެފައެވެ. ކޮޓަރީގެ ކުޑަދޮރުގެ ފަރުދާ ހުރީ ލައްޕާލެވިފައި ކަމުން ކޮޓަރިތެރެއަށް ވަނީ އަނދިރިކަން ފެތުރުފައެވެ. ގަޑިން ވީއިރެއް ނޭނގޭއިރު ބޭރުން ވާރޭ ވެހެމުންދާ އަޑު އިވެއެވެ. މަޑުމަޑުން އެނދުން ތެދުވެ ކުޑަދޮރުގެ ފަރުދާ ކަހާލުމުން ބޯކޮން ވެހެމުން ދިޔަ ވާރޭ ތިކިތަށް ދޮރުގެ ބިއްލޫރިގަނޑަށް ހަމަލާދެމުން ދިޔަތަން ފެނުނެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު އިރުއޮއްސި ހަގަޑި ބައިވަނީއެވެ.

ލަސްފިޔަވަޅު ތަކަކާއި އެކީ ކޮޓަރިން ނިކުން ލުޔޫންއަށް ގޭތެރެއިން ވެސް ފެންނަމުން ދިޔައީ އަނދިރިކަމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާއިރު ބެލްކަނީގެ ދަމާދޮރު ހުޅުވިފައި ހުރުމުން ޖެހެމުން ދިޔަ ވައިރޯޅިން ދޮރުގެ ފަރުދާ ވިހުރެމުން ދިޔައެވެ. ލުޔޫން ގޮސް ފަރުދާ އެއްކައިރި ކޮއްލުމަށްފަހު ބޭރަށް ނިކުމެލިއެވެ. އަޖައިބެކެވެ. މަގުމަތީގައި ދުއްވާ އެއްޗެއްގެ ހިލަމެއް ވެސް ނުވެއެވެ. ދުއްވާއެއްޗެއް ކީއްކުރަން ހެއްޔެވެ. މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. ބޯ ވާރޭތެރޭގައި ބޭރަށް މީހުން ނިކުމެ ނޫޅޭނެކަން ލުޔޫންއަށް ވިސްނުމުން އޭނާ ގާތަށް ހިނިވެސް އައެވެ.

ކުއްލިއަކަށް އަނެއްކާވެސް ކަނދުރާ ހިރުވަންފެށިއެވެ. ލުޔޫން މިފަހަރު ކިތަންމެ ވަރަކަށް ހިރުވިއަސް ނުކަހާން ނިންމިއެވެ. އިރުކޮޅަކު މިހެން ހުރެފައި ގޭތެއަށް ވަންނަން އެނބުރެލި ވަގުތު ކުރިމަތިން ފެނުނު މަންޒަރުން ފިޔަވަޅުތައް ހުއްޓުނެވެ. ގޭތެރޭގެ ކަނު އަނދިރިކަމުގެ ތެރެއިން އެހެރަ ފެންނަނީ ރަތްކުލައިގެ ދެލޮލެވެ. އިސާހިތަކު ލުޔޫންގެ ހިތް އަވަސްވެ ނިއްކުރިން ދާތިކިތައް ފާޅުވިއެވެ.

ކުއްލިއަކަށް ވިދާލި ވިދުވަރާއިއެކީ ކުރިމަތިން ކަޅުކުލައިގެ ބިޔަ މީހެއް ފެނިގެން ދިޔައިރު އެ ލޮލުގެ ރަތްކަން ގަދަވެފައި ހުއްޓެވެ. އަދި އެމީހަކު ވަށައިގެން ކަޅުދުންގަނޑެއް ވާއިރު އެއެއްޗެއްގެ ކަނދުރާ ކައިރިން އަލިފާން ކަނި ބުރަމުން ދިޔަހެން ވެސް ހީވިއެވެ. ހަމައެސިކުއްތުގައި ޖެހި ބާރު ގުގުރީގެ އަޑު މުޅި ފަޒާގައި ގުގުމާލިއެވެ. ލުޔޫން ކަންފަތުގައި އަތް އަޅައި ދެލޯ މަރައި ބާރުކޮއްލައިގެން ހުރީ ގުގުރީގެ އަޑު ކެނޑެން ދެންނެވެ.

ލުޔޫން ލޯ ހުޅުވައި ވަށައިގެން ބަލައިލިއިރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ކުރިން ފެނުނު މިހާ މިހާރު ފެންނަން ނެތް ނަމަވެސް ލުޔޫންއަށް އެތަނުގައި މީހަކު ހުރިކަން ޔަޤީނެވެ. އެއީ އޭނާއަށް ހީވިގޮތަކަށް ނުވާނެއެވެ. ހަމަގައިމު ވެސް އޭނާ މިހިރީ އަދި ހަމަހޭގައެވެ. ލުޔޫން އެތަނުގައި ހިނދުކޮޅަކަށް ވެސް މަޑުނުކޮށް ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ދޮރުކައިރިއަށް ތިރިވިއިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. ހީވަނީ ކުއްލި ކުއްލިއަށް އެ ރަތް ދެލޯ ސިފަވާހެންނެވެ.

ލުޔޫން އަވަސް އަވަހަށް ތެދުވެ އެނދުމަތީގައި އަތްހާކައި ފޯނު ހޯދަމުން ދިޔައެވެ. ފޯނު ފެނުމާއިއެކީ ނަގައި ބަލާލިއިރު ގަޑިން ދަންވަރު ދެގަޑި ބައިވެ ބޮޑުވެއްޖެއެވެ. ލުޔޫންގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. މި ދަންވަރު އޭނާ މިއައީ ބިރަކާއި ނުލައި ބޭރަށް ނިކުމެ ނުވިތާކުން ބެލްކަނީގައި ވެސް ހުރެފައެވެ.

ފާރުގައި އިން ގަޑިއަށް ބަލާލިއިރު ކުރިއެކޭ އެއްގޮތަށް އަދިވެސް ހުރީ ހަގަޑި ބައިވެފައެވެ. ގަޑި އެހެރީ ހުއްޓިފައިކަން ރޭކާލުމުން ލުޔޫންގެ ހިތަށް ބިރުވެރިކަން ވަނެވެ. މި ދަންވަރު ގޭތެރެއިން އެ ފެނުނީ ކޮން އެއްޗެއް ބާއޭ ހިތަށް އަރައި މުޅިމިހާ ތުރުތުރު އަޅައިގެން ދިޔައެވެ.

“ލުޔޫން..” ކަންފަތް ބުޑުގައި މީހަކު ގޮވާލިހެން ހީވުމުން އޭނާ ސިހިފައި ފަހަތަށް އެނބުރުނެވެ. ދެލޯ ބޮޑުކޮށްގެން ކޮޓަރިތެރެއަށް ނަޒަރު ހިންގަމުން ދިޔައިރު އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ފަރުދާ ކެހިފައި ހުރި ކުޑަދޮރުން ކޮޓަރިތެރެއަށް ވަނީ ފަނޑު އަލިކަމެއް ވެރިވެފައެވެ.

“ލުޔޫން..” އަނެއްކާވެސް ކަންފަތް ބުޑުގައި އެއަޑު އިވުމުން ލުޔޫން ދުރަށް ޖެހިލިއެވެ. މިފަހަރު އެއީ ހީވިގޮތެއް ނޫނެވެ. އޭނާގެ ކަންފަތަށް މީހެއްގެ ހޫނު ނޭވާގެ އިހުސާސް ކުރެވުނުކަން ޔަޤީނެވެ. އޭނާގެ ހުރިހާ ހިއްސެއް މިހިރީ ހަމައަށެވެ.

މިހާ ފިނިރެއެއްގައި ވެސް ލުޔޫން ބޮލުން ފެށިގެން ތިރިއަށް ދާހިއްލަމުން ދިޔައިރު އޭނާ ހުރީ ބިރުން ރޫރޫ އަޅައެވެ. “ކާކު.. ކާކު..” ލުޔޫން މަޑުމަޑުން ކޮޓަރީގެ ފަރާތް ފަރާތަށް ބޯހޫރުވަމުން ބުނެލިއެވެ. ލުޔޫން ފަހަތަށް ޖެހެމުން ގޮސް ކުޑަދޮރާއި ފުރަގަސް ދިންތަނުން އޭނާގެ ފަހަތުން ބޮޑު ބިޔަ ހިޔަންޏެއް ކުރިމަތިން ފެންނަން ހުއްޓެވެ.

އޭނާއާއި ބަލާފައި އެހިޔަނީގެ ބޮޑުކަން ދެގުނައެވެ. ލުޔޫން ދުރަން ދާން ދުއްވައިގެން ތަނާ ފައި ކައްސަލައިގެން އަނގަވަތަށް ވެއްޓުނެވެ. އޭނާގެ ހޭވިފައިވާ އިސްތަށިގަނޑުން މޫނު ފޮރުވުނު އިރު ޓައިލްސް ތަކުމަތީގައި އެއްކަލަ ހިޔަނި ހަރަކާތް ކުރަމުން ދާތަން ފެނެއެވެ.

ލުޔޫން އޭނާގެ ހިތަށް އައިހައި ހެޔޮ އެއްޗެއް ކިޔަމުން ދިޔައިރު ކުއްލިއަކަށް ހޫނު އަތްތިލައެއް އޭނާގެ މޫނުން އިސްތަށިގަނޑު ދުރުކޮށްލިއެވެ. ލުޔޫން ހުރީ ނޭވާ ހިފައްޓަލައިގެންނެވެ. ދެލޯ މަރައިގެން ހުރެ އޭނާ އެ އެއްޗެއްގެ މޫނަށް ބަލައިލަން ވެސް ބޭނުން ނުވެއެވެ. “ލުޔޫން..” މިފަހަރު އެއަޑު އައި އެތަށް ބައެއްގެ އަޑު އެއްވެގެންނެވެ.

“ނޫން.. ނޫން..” ލުޔޫން މަޑުމަޑުން މިހެން ކިޔަމުން ދިޔައިރު އެލޮލުން މުތީތަކެއް ފަދައިން ކަރުނަ ފައިބަމުން ދިޔައެވެ. ދެލޯ ހުޅުވައި ކުރިމަތީގައި ހުރި މީހާއާއި ދިމާއަށް ބަލާލިއިރު ފެނިގެން ދިޔައީ ހުސް ކަޅު ކަމެވެ. ދިއްލިފައިވާ ރަތްދެލޯ ފިޔަވައި އެ ބިޔަ ހަށިގަނޑުވަނީ ކަޅުކޮށެވެ.

ލުޔޫން ފަހަތަށް ޖެހެމުން ދިޔަވަރަކަށް ޒިއްލީން ދިޔައީ އޭނައާއި ކައިރިވަމުންނެވެ. ކުއްލިއަކަ ޒިއްލީން ލުޔޫންގެ އުނަގަނޑުގައި ހިފައި މައްޗަށް ނެގިގޮތަށް އެނދުމައްޗަށް އެއްލާލިއެވެ. އެނދުގައި ގުޅަވަރަކަށް ޖެހުނު ލުޔޫންއަށް އަޑުގެ ކޮޅަށް ރޮއެގަނެވުނެވެ. “މިރޭ ކިތަންމެ ވަރަކަށް ރުޔަކަސް އެއްވެސް މީހަކަށް އަޑެއް ނީވޭނެ..” ޒިއްލީން މިހެން ބުނެފައި އެނދަށް އަރައި ލުޔޫން ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގައި ހިފައި ދަމައިގައިން ގޮތަށް އެއްފަޅި އިރައިގެން ދިޔައެވެ.

“މަންމާ!!..” ލުޔޫން ރޮމުން ގައިފޮރުވަން މަސައްކަތް ކުރި ނަމަވެސް އެ މަޚުލޫޤު ލުޔޫންގެ އަނގަމަތީގައި އަތްއަޅައި ބާރުކޮއްލިއެވެ. ވެހެމުން ދިޔަ ބޯވާރޭގެ އަޑުން ލުޔޫންގެ ހަޅޭކުގެ އަޑު ހިނދުނެވެ. އެ ލޮލުން އޮހޮރޮނުހައި ކަރުނައިން ބާލިސް ތެތްމަމުން ދިޔައިރު އެ ހަށިގަނޑުން ދިލަ އާތްވެއް އަރަމުން ދިޔައެވެ.

އެނދު ވަށައި ކަޅުދުންގަނޑެއް އުފެދިފައި ވީއިރު ކުޑަދޮރު ބޭރުގައި ހުރި ޒޫރީން އަށް މި މަންޒަރު ހުރަހަކާއި ނުލައި ފެންނަމުން ދިޔައެވެ. ޒިއްލީން ހުއްޓުވަން ކިތަންމެ ބޭނުންވި ނަމަވެސް މިރޭ ޒޫރީންގެ ކިބައިގައި އެ ބާރެއް ނެތެވެ. ޒޫރީން އެ މަންޒަރަށް ފުރަގަސް ދެމުން ވެހެމުން ދިޔަ ބޯވާރޭތެއަށް ގެއްލިގެން ދިޔައެވެ.

ނިދިފައި އޮތް ލުޔޫންއަށް ސިއްސައިގެން ހޭލެވުނެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު ދިހައެއް ޖެހީއެވެ. ރޭގައި ގަޑި ހުއްޓިފައި ހުރި ހަނދާން ވުމުން އޭނާއަށް ހަމަނޭވާލެވުނެވެ. ރޭގައި ވީކަންތަކަކީ ފެނުނު ބިރުވެރި ހުވަފެނެއްކަމަށް ނިންމައި ގައިމަތީގައި އޮތް ރަޖާގަނޑު ދުރުކޮށްލުމުން ފެނުނު މަންޒަރުން ލުޔޫން ހިތްހުޢްޓުނު ކަހަލައެވެ. އޭނާ ލައިގެން ހުރީ ޓީޝާޓުގެ ކަރުވަޅު އިރާލެވިފައި ވާއިރު ޓީޝާޓުގައި ގައި ހުރީ ވަކިއެޅިފައެވެ.

އޭނާއަށް ރޭގައިވީ ކަންތައްތަކަކީ ހުވަފެނެއް ނޫންކަމާއި އެއީ ހަޤީޤަތްކަން ޔަޤީންވުމުން ދެލޯ ކަރުނުން ފުރުނެވެ. “މަން!” ލުޔޫން އަޑުގެ ކޮޅަށް މަންމައަށް ގޮވަން އުޅެނިކޮން އަނގަމަތީގައި ރޭގައި އިހުސާސް ވިކަހަލަ ހޫނު އަތްތިލައެއް އެޅުނެވެ. “ޝޫޝް.. މިގަޑީގައި ހަޅޭ ނުލަވައި..” ލުޔޫންގެ ކަންފަތް ބުޑުގައި ޒިއްލީން މިހެން ބުނުމަށްފަހު އޭނާގެ ދެކޮލުގައި ހިފައި މޫނު މަތި ކޮށްލިއެވެ.

ރޮވެމުން ދިޔަ ލުޔޫންއަށް ކޮޓަރިއަށް އެޅިފައިވާ އަލިން ޒިއްލީންގެ ސިފަ ހާމައަށް ފެންނަމުން ދިޔައެވެ. “މީގެ ފަހުން ލުޔޫންގެ ކައިރީ އަބަދުވެސް އަހަރެން ވާނަން.. އަދި އެއްދުވަހުން އަހަރެންގެ ދުނިޔޭގެ ބައިވެރިއަކަށް ވެސް ހަދާނަން..” ލުޔޫންގެ އިސްތަށި ކޮޅާއި ކުޅެމުން ޒިއްލީން ބުނެލިއެވެ.

“ނު.. ނޫން… މަންމާ..” ލުޔޫންއަށް ވާހަކަދެއްކެނީ އުނދަގުލުންނެވެ. ޒިއްލީންގެ ބާރުގަދަ އަތުން އޭނާގެ އަނގަ ފިއްތާލެވިފައި ވާއިރު އަނގައިގައި ލޭރަހަ ދެއެވެ. “ކޮން މަންމައެއް.. މިއިން އެއްވެސް ވާހަކައެއް ލުޔޫންއަށް މީހެއް ކައިރީގައެއް ނުބުނެވޭނެ… އެހެންނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ!” ޒިއްލީންގެ އަޑު މުޅި ކޮޓަރީގައި ގުގުމާލިއިރު އެ އަޑު އިވޭ ހަމައެކަނި އިންސާނަކީ ލުޔޫންއެވެ.

“ލުޔޫން.. ދެން ހޭލަބަލަ.. ހުކުރު ދުވަހޭ މީ.. ހަސިން މިހިރަ ރޮނީ ތި ކޮޓަރިއަށް ވަންނަން..” ކޮޓަރި ދޮރުގައި ޓަކިދެމުން ހައިމް ގޮވާލިއަޑަށް ލުޔޫން ތެޅިގަތެވެ. އެވަގުތު ޒިއްލީންގެ ކަޅު ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. ކުއްލިއަކަށް ޒިއްލީން ކަޅު ދުންގަނޑަކަށްވެ ލުޔޫންގެ އަނގަތެރެއިން ލާފައި އެހަށިގަނޑަށް ވަދެގެން ދިޔަ ވަގުތު އޭނާގެ މެދު ހަށި މައްޗަށް އުފުލި، ދެލޮލުގެ ކަޅި ގެއްލިގެން ދިޔައިރު އިނގިލިތައް ލެނބިގެން ދިޔައެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ (ދެވަނަ ބައި)

Next

ދުރުގައި ވިޔަސް… (6)

Next
December 5, 2015

ދުރުގައި ވިޔަސް… (6)

Previews
December 5, 2015

މިއީ ތަޤްދީރު ހޭ؟ (ދެވަނަ ބައި)

25 Comments!

  1. maalu says:
    December 5, 2015 at 1:09 pm

    Wowww…… Vv reethi

  2. maalu says:
    December 5, 2015 at 1:10 pm

    Me first yayy

  3. melaanee says:
    December 5, 2015 at 1:14 pm

    me 1st ooooooo. v salhi

  4. leen says:
    December 5, 2015 at 1:14 pm

    finally up v!! varah salhi. dhen zileen ulheyni luyoon gaya vadhe gen dhw.. alhei zai zoorin ge part bodu koh dheeba. i wanna knw more about her. ❤️❤️

  5. nuhnu says:
    December 5, 2015 at 1:17 pm

    Nice..i love horror stories..waiting 4 the nxt part

  6. Ahmed Ammu says:
    December 5, 2015 at 2:01 pm

    Habeys ?. Keep it up

  7. xoxo says:
    December 5, 2015 at 2:31 pm

    vara salhi!! ??????❤️❤️❤️?????

  8. Sanu says:
    December 5, 2015 at 3:31 pm

    Luyoon ah eythi aniyaa kuraatheeve kiyaahih kendihje….

  9. naax says:
    December 5, 2015 at 3:54 pm

    Omg.. eythi luyoon ge hashaigandah vanytha.. dhn kihinehbaa vaany.. rythi mi vaahaka.. masha allah.. when next part..

  10. sappe says:
    December 5, 2015 at 5:44 pm

    v kuru

  11. Kul says:
    December 5, 2015 at 6:39 pm

    Wow v salhi..waiting 4 the nxt part..

  12. sam says:
    December 5, 2015 at 7:29 pm

    Zilleen haadha goahey. I thought Zilleen won’t hurt luyoon. Keep it up with your work zai ♡ 🙂

  13. Ina says:
    December 5, 2015 at 10:29 pm

    V salhi

  14. swiet rose says:
    December 6, 2015 at 4:50 am

    maa bodahves kuree bt v v nice

  15. Hmmmm says:
    December 6, 2015 at 12:00 pm

    V reethi ☺????????????????????????????

  16. Hmmmm says:
    December 6, 2015 at 12:01 pm

    ?

  17. Inaa says:
    December 8, 2015 at 3:00 pm

    Sunday ga up eh nukuramehnu. Pls thankolheh avahah miadhu up koh dhee lachchey. :-):-):-)

  18. rixoo says:
    December 8, 2015 at 4:30 pm

    v.reethi

  19. next part??? says:
    December 15, 2015 at 10:51 am

    Sad. Avas kohbaa???

  20. lai says:
    December 16, 2015 at 1:14 pm

    Alheyyyy … zai .. plss avahah upload kohdhyba … mi sote ga nw maa biruveri vaahaka gina vymatha upload nukurany …:(

  21. zaisha says:
    September 12, 2016 at 7:12 pm

    Mivaahaka dhen nimuni

    1. Cher says:
      October 10, 2017 at 11:48 am

      zai innan jeheyny blue kulaiga ehnu why grey..so u r not zai dhw

  22. ham says:
    November 8, 2017 at 7:32 pm

    Bule or green?green dhw…..so that’s not zaisha ?

  23. pis pis pis says:
    November 8, 2017 at 7:41 pm

    Zaisha plx plx if you can’t upload plx don’t wirte plx pis pis pis zaisha plx share what happened now how many years and mouths ago very very bad zaisha plx say anything then dhw we no anything you have that telant but you don’t now how to use that telant why zaisha…………… This story finish or not plz tell me plx plx ?????

  24. samahaa says:
    November 8, 2017 at 7:43 pm

    Zaisha kobaa story????????????????????

Comments are closed.



All Right Reserved!