Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (3ވަނަ ބައި)

Eyesh Level 210 Stories100 Comments
December 3, 2015 4 Mins Read
16 Comments

ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސް ތަކަށްވެ ފާއިތުވަމުން ދިޔައީ އަފާއާއި ޒައިންގެ ސިއްރު ލޯބީގެ ގުޅުން ވަރުގަދަކުރުވަމުންނެވެ. ގިނަވަގުތު ފޯނުން ވާހަކަ ދެއްކިނަމަވެސް މަދުމަދުން ދެމީހުންނަށް ބައްދަލު ކުރެވެއެވެ. އަފާ އަށް މިކަމުގައި އެހީތެރިވެދެނީ ރީޝާއެވެ. ޒައިން އާއި ވާހަކަދެއްކި ނަމަވެސް އަފާކިޔެވުމަކަށް ފަރުވާކުޑައެއް ނުކުރެއެވެ.
މިއަދަކީ ޖީސީގެ ނަތީޖާލިބުނުދުވަހެވެ. އަފާއަށް އޭނާއުންމީދު ކުރިވަރުގެ ނަތީޖާއެއް ލިބުނެވެ. ސުކޫލުގެ ގަދަ ދިހަޔެއްގައި އަފާހިމެނުން އިރު ރީޝާ އަށްވެސް ރަނގަޅުނަތީޖާއެއްލިބުނެވެ.
މޫސަގެ އާއިލާ އެކުގައި މެންދުރުގެ ކެއުމަށް އިންސާފު ކުރަމުންދިޔައެވެ. “ދަރިފުޅާ އަފާ! ބައްޕަ ބޭނުން ދަރިފުޅުގެ ހުރިހާރައްޓެހިންނަށް ޕާޓީއެއް ދޭން. ދަރިފުޅު ތިޔަހޯދި ރީތިނަމަކީ ބައްޕަމެންނަށްވެސްލިބުނު ކިހާބޮޑުއުފަލެއް، ދޯ ސަމީރާ” ސަމުސަލުން ނެގި ބަތްސުވާ އަނގައަށް ލަމުން މޫސަވާހަކަދެއްކިއެވެ. މޫސައިނީ ވަރަށް އުފަލުންނެވެ. “ޕާޓީގެ ހުރިހާކަމަކާ ދޮންބެހަވާލުވާނަން. ކޮއްކޮ ކުދިންގެ ލިސްޓް ތައްޔާރުކޮށް އެއެންމެންނަށް ދައުވަތުދީ. ދޮންބެކައިރީގައި ކިތައްކުދިން ކަންބުނެލާތި މިއަދު. މާދަމާރޭ އަށެއް ޖަހާއިރު ކިހިނެއްވާނެ؟” ލިބިފައިވާ އުފަލެއްގެބޮޑުކަމުން ވަސީމް އިނީވަރަށް ގަޔާވެފައެވެ.
“ރީޝް.. މަ ޓޮޕްޓެންއަށް ދިޔައީމަ، މާދަމާރޭގަ އެބައޮތް ވަރުގަދަ ޕާޓިއެއް. މަގޭހުރިހާ ރަށްޓެހިންނަށް ބައްޕަ ޕާޓީއެއްދެނީ. ކުލާސް ހުރިހާކުދިންނަށް އިންވައިޓް މެސެޖްވެސް ކޮށްފިން ދެންމެގަ. އެނގޭތަ ޝާމް ފިޔަވާ އެހެންއެންމެން ރިޕްލައިކޮށްފި” އަފާ ވާހަކަ ދައްކަމުންދިޔައީ ފޯނުންނެވެ. “އޯ މައި ގޯޑް.. އަސްލުތަ؟ އައިއޭމް ސޯ އެކްސައިޓެޑް.މަށަށް ހީވަނީ ޝާމް ނުދާނެހެން ޕާޓީއަކަށް. އަފާތިހުރީ އެފަކީރުގެ ހިތްހަލާކު ކޮށްލާފައެއްނު ..” ރީޝާއާއި އަފާއަށް ހީގަނެވުނީއެެއްފަހަރާއެވެ. ” މާދަމަަރޭ އެއިޓަށް މޭރީބްރައުން މައްޗަށް އިނގޭ. އޯކޭ ބާއި” އަފާ އަވަހަށް ފޯނުބާއްވާފައި ޒައިންގެ ނަންބަރަށް ގުޅާލިއެވެ.
“ކީކޭ ސްވިޓީ؟” ޒައިންގެ އަޑުހުރި ގޮތުން އޭނަ ނިދަނީކަންއެގެއެވެ. “މާދަމާރޭ އަފާގެ ޑޭޑް އެބަދޭ ޕާޓީއެއް އަފާގެ ހުރިހާރައްޓެހިންނަށް. ބޭބީ އަށް އިންވައިޓްކުރަން މިގުޅީ.”
“އޯކޭ ދާނަން އެކަމަކު ގޮތެއްގެމަތިން. މިއަދު މަގޭ މަންމަ އާދިމަވާން މިގެއަށް އަންނަންވާނެ.އޯކޭ؟ ” ޒައިން ބޭނުންވެފައި ހުރީ އަފާ އޭނާގެ މަންމަ ނައީމާ އަށް ދައްކަލާށެވެ. އަފާ އެންމެރަނގަޅޭ ބުނުމަށްފަހު ފޯނުބޭއްވިއެވެ.
އަވަސްއަވަހަށް މަތިހަދާލައިގެން ރީޝާމެންގެ ގެއަށް ދަނީކަމުގައި ބުނެ އަފާނިކުތީ ޒައިންމެންގެ ގެއަށްދިއުމަށެވެ. އަފާމެންގެ ގެއާ ޒައިންގެ ގެ މާދުރުނޫން ކަމުން ޒައިން ކިޔާދިންމަގުން އަފާހިނގާފައި ދިޔައީ އެކަންޔެވެ. އަނެއްކާ ކިހިނެއްވާނެބާއެވެ. ޒައިންގެ މަންމައަށް އަފާކަމުދާނެބައެވެ. އަފާއަށް އެގެއާހަމައަށް ދެވުނުއިރު ޒައިން ދޮރުމަތީގައި މަޑުކޮށްގެން ހުއްޓެވެ. އަފާގެ އަތުގައި ހިފައިގެންހުރެ ޒައިން ގޭތެރެއަށް ވަނެވެ. “މަންމާ.. މިހުރީ އަފާ. އަޅުގަނޑު ބުނީމެއްނު ކުއްޖެއްގެވާހަކަ. މީ އެކުއްޖަކީ.” ފަހާފޮށިކައިރީގައި ފަހަންއިން ނައީމާ އަފާފެނިފައި ތެދުވެގެންއައިސް ސޯފާގައި އަފާގޮވައިގެން އިށީނެވެ. އަފާގެކޮލުގައި ފިރުމާލަމުން ނައީމާ ޒައިން ކައިރީގައި ކޮއްކޮ ގޮވައިގެން ކޮޓަރިއަށް ދިއުމަށް ބުންޏެވެ. ” ކޮއްކޯ.. ހިނގާދޮންބެ އެކީގަ ގޭމްކުޅެލަން ދޮންބެ ކޮޓަރިއަށް.” ގޭތެރޭގައިކުޅެންހުރި ފަސް އަހަރުގެ އަލްވިޝް ޒައިންފަހަތުން ބާރަށް ދުއްވައިގަތެވެ.
“ދަރިފުޅާ އަފާ.. ދަރިފުޅު ޒައިންއާ ގުޅެންތިނިންމީ ޒައިން އަކީކޮންކަހަލަ ކުއްޖެއްކަން އެނގިހުރެތަ ؟” ނައީމާ އިނީ ފެންކަޅިވެފައެވެ.
” އަޅުގަނޑަށް ޒައިން ހުރިހާވާހަކަތަކެއްކިޔާދިން. އަޅުގަނޑު ޒައިންދެކެ ވަރަށް ލޯބިވޭ.” އަފާ ޒައިންދެކެ އިންތިހަައަށް ލޯބިވެއެވެ. ޒައިން އަކީބައްޕަނެތް ކުއްޖެއްކަން އެނގިހުރެވެސް އަފާޒައިން އާކައިވެނި ކުރަން ބޭނުމެވެ.
“މަންމަ ޒައިންގެ ބައްޕަ އާއި ރައްޓެހިވީ މައިންބަފައިންގެ ނުގަބޫލުގަ. ސިއްރުން އަހަރުމެންގެ ގުޅުން ކުރިއަށް ގެންދިޔައީ މަންމަގެ އާއިލާއަށް ވަގަށް. މަންމައަށް މާބޮޑަށް އެނުލަފާފިރިހެނާއަށް އިތުބާރުކުރެވުނީ. އެހެންއުޅެނިކޮށް މަންމަ ބަލިވެއިނުމުން ޒައިންގެ ބައްޕަ މަންމައަށް ކެހިދީފަ ފިލީ. ޒައިންގެ އުމުރުން ތިންއަހަރުގަ މަންމައާ އަލްވިޝްގެ ބައްޕަ ސަލީމްއާ ދިމާވީ. އެއީ ވަރަށް ހެޔޮލަފާ ރަނގަޅު މީހެއް. ސަލީމް ޒައިން ބަލައިގަތީ އަމިއްލަ ދަރިއެއްފަދައިން. ޒައިންގެ އުމުރުންމިވީ ތޭވީސްއަހަރު ތެރޭގައި އަދިއެންމެފަހަރަކު ވެސް އޭނާގެ ބައްޕައަކީ ކާކުތޯއެއް ނާހާ. ނުވެސް އުޅޭ ހޯދާކަށްވެސް. ސަލީމްޒައިންދެކެ އަމިއްލަދަރިއެއް ފަދައިން ލޯބިވަނީ އެދެބެއިންނަށް އެއްވެސް ތަފާތުކުރުމެއްނެތި.” ނައީމާ ވާހަކަކުރިއަށް ގެންދިޔައީ ރޮވިފައިއިނދެއެވެ.
އިތުރަށް އެވާހަކަ ތައް ނުދެއްކުމަށް ބުނެ އަފާނައީމާގެ ކޯތާފަތްމައްޗަށް އޮހެމުންދިޔަ ކަރުނަތައް ފޮހެދިނެވެ. ނައީމާފުންނޭވާއެއް ލުމަށްފަހު ހަމަޖެހިލިއެވެ. އަފާޒައިންދެކެވާ ތެދުވެރި ލޯބި އެނގުމުން އޭނާ ވަރަށް ހިތްހަމަޖެހުނެވެ.ސަލީމްއަށް އައިސް ގެއަށް ވަދެވުނީ އެވަގުތުއެވެ. “ސަލީމް.. މީ އަފާ. ޒައިން އުޅެނީ މިގެއަށް އެއްކޮށް އަފާ ގެންނަން. ދޯ އަފާ.” ނައީމާ އަފާގެ ބޮލުގައި ފިރުމާލިއެވެ. “މީދޯ މިހާރު ޒައިން މާވަރަކަށް ފޯނުގަހުރެގެން މިކުރާކަމަކީ. ” ސަލީމް ސަމާސާ ކޮށްލިއެވެ. ސަލީމް އަކީ މިޒާޖުގައި ސަމާސާގޮތްގަނޑު ހުއްނަ މީހުންނާނިކަން ގުޅޭ ފިރިހެނެކެވެ.
“ބައްޕަ އަފާލަދު ގަންނަވާލީދޯ؟ ” ޒައިން އައިސް ނައީމާއާއި ޖެހިފިތިގެންކަހަލަ ގޮތަކަށް އިށީނެވެ. “މަންމާ މީކޮންދައްތައެއް” އަލްވިޝް ނައީމާގެ އުނގުތެރެއަށްވަންނަމުން ސުވާލުކުރިއެވެ. “މީ ކޮއްކޮގެ ދޮންބެދައްތަ.” ނައީމާގެ ޖަވާބު އިވިފައި އަފާ ލަދުން އިސްޖަހާލިއެވެ. “ކީއްވެދޮންބެދައްތަ ކިޔަންވީ؟ މީ ދޮންބެގެ ދައްތަތަ.” އަލްވިޝްގެ ސުވާލުން އެންމެން ނަށް އެއްފަހަރާ ހީގަނެވުނެވެ.
މޭރީބްރައުންގެ މަތިވަނީ މަޑު އޮރެންޖުކުލައިގެ ކުދިބޮކިތަކަކުން ޒީނަތްކޮށްފައެވެ. އަފާގެ ރަށްޓެހިން މަޑުމަޑުން އަންނަމުންގޮސް ހުރިހާކުދިން ހަމަވެއްޖެ އެވެ. ޝާމް ފިޔަވާ އެހެންހުރިހާކުދިން އައިސް ހަމަވީއެވެ. ވަސީމްގެ ނަޒަރު ހުރީ ޒައިން އާއިވާހަކަ ދައްކަން ހުރިރީޝާއަށް އަމާޒުވެފައެވެ. އަފާދެފަހަރު ގޮވާލުމުންވެސް ވަސީމްއަށް އަޑުނީވުނީ ރީޝާގެ ރީތި ސޫރައަށް ގެއްލިފައި ހުރިވަރުންނެވެ. މަޑު ފިޔާތޮށިކުލައިގެ ކަކުލާއި ހަމައަށްއަންނަ ހެދުމުގައި ހުރިއިރު ރީޝާ ހާދަހާރީއްޗެވެ. “ދޮންބޭ… ޒައިންއަށް މާވަރަކަށް ތިބަލަނީ ކިހިނެއްވީ؟” އަފާހީކުރީ ވަސީމް ބަލަންހުރީ ޒައިން އަށްކަމަށެވެ. “ދޮންބެ ހިތަށް މިއަރަނީ މަންމައާ ބައްޕަ ޒައިން އާ އޯކޭވާނެ ބާއޭ. ބަލާބަލަ އެހެރަ ބޮލެއް.” ވަސީމް ވަރަށް ހުށިޔާރު ކަމާއެކު އޮޅުވާލިއެވެ. “އާނ ދޯ. ކޮއްކޮވެސް އެހެން ހިތަށްއަރާ. އެކަމަކުވެސް ހެޔޮ. މިރޭ ބައްޕައަށް އިންޓްރޮޑިއުސް ކޮށްދޭނަން.” އަފާ މިރޭ އެހުރީ ޒައިންއާ އަފާގެ ލޯބީގެ ގުޅުން މޫސައަށްއަންގަން ނިންމައިގެންނެވެ.
އަފާ ޒައިން ގޮވައިގެން ގޮސް މޫސައާއި ސަމީރާތިބި މޭޒުކައިރީގައި އިށީނެވެ. “ބައްޕާ. މީ ޒައިން. ” އަފާމޫސައަށް ޒައިން ތައާރަފް ކޮށްދިނެވެ. މޫސައާ ސަމީރާ ޒައިންގެ މޫނަށްހެވިފައި ބަލައިލިއެވެ. “މީ އަފާގެ މާގާތް ކުއްޖަކީތަ؟” އަފާ މީގެކުރިން ދުވަހަކުވެސް ފިރިހެންކުއްޖަކު މޫސަމެންނަށް ތައާރަފް ކޮށްދީފައި ނުވާތީ ޒައިން އެއީ އަފާއަށް ހާއްސަ ކުއްޖެއްކަން އެނގުނެވެ. ލަދުން އިނދެ އާނ އެކޭބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “ޒައިން ތީ ކޮންރަށެއްގެ ކުއްޖެއް؟ ވަޒީފާއަކަށް ދަންތަ؟ ” މޫސަ ސުވާލު ކުރަން ފެށިއެވެ. ޒައިން އިނީ ވަރަށް ޖެހިލުންވެފައެވެ. “އަޅުގަނޑުގެ މަންމައާއި ބައްޕަވެސް މާލެ. ބައްޕަމެންގެ ގޭގައި އުޅެނީ. އަޅުގަނޑުގެ ބައްޕައަކީ ރިސޯޓް ތަކަށް އެއްޗެހި ސަޕްލައި ކުރާމީހެއް. ބައްޕަގެ ސަޕްލައި އޮފީހުގަ އަޅިގަނޑު މަސައްކަތް ކުރަނީ.” ޒައިން އިނީ ކިތަންމެ ޖެހިލުންވެފައި ނަމަވެސް އޭނާގެ މޫނުމަތިން އެކަން ފެންނާކަށް ނެތެވެ. “ޒައިން. މާދަމާ އަހަރުމެންގެ ގެއަށް މެންދުރުކާން އަންނަންވީނު. މަންމައާއި ބައްޕަވެސް ގޮވައިގެންއަންނާތި އިނގޭ.” ޒައިންގެ އިސްތަށިގަނޑު ދިގުކޮށްފައި ހުއްޓަސް އެއީ ގޯސްކުއްޖެއް ނޫންކަން ސަމީރާ އަށްއެނގެއެވެ. އަފާ މީހަކާ ވާހަކަ ދައްކާނީ އުމީހެއްގެ ގޮތް ރަނގަޅަށް އެނގިގެންކަން އޭނާއަށް ޔަގީނެވެ.
ޒައިން މޫސައާއި ސަމީރާއާ ސަލާމް ކޮށްލުމަށްފަހު އަފާއެކީގައި ރީޝާކައިރިއަށް ދިޔައެވެ. ދުރުގައި ހުރިވަސީމަށް އަފާ ގޮވައި އެމީހުންގެކައިރިއަށް ގެނައެވެ. “ދޮންބޭ.. ޒައިން އާ ބައްޕަމެން އޯކޭ. މާދަމާ މެންދުރުކާން ވެސް އިންވައިޓް ކޮށްފި ދޯ ޒައިން” އަފާއަށް އުފަލުން ވަސީމްގެ ގައިގާ ބައްދާލެވުނެވެ. “ދެން ރަނގަޅެއްނު. ކޮއްކޮ ބޭނުންވީކަންތައްވެސް ތިވީނުމިހާރު. ވެލްކަމްޓުދަ ފެމިލީ.” ވަސީމް ޒައިންއާ ސަލާމް ކޮށްލިއެވެ.
“ދެން ވަސީމް އުޅޭ ކުއްޖަކާރައްޓެހި ވާންއަވަހަށް. އޭރުން ފަމެލީ ފުރިހަމަ ވާނީ.” ރީޝާ ސަމާސާ ރާގެއްގައި ބުނެލިއެވެ. އޭނާގެ އެޖުމްލައިން ވަސީމްގެ ހިތަށްތަދުވާނެވަރު ރީޝާއަށް އެއްވެސް ވަރަކަށް ނޭނގެއެވެ. “ބަލާބަލަ އޭނދަ ރީތި ކުއްޖެއް” ދުރުގައި ހުރި މޭޒެއްގައި އެއްކޮށްތިބި ފަސް އަންހެން ކުދިންގެ ތެރެއިން ކަޅުހެދުމެއްގައި އިން ކުއްޖާއަށް އާއި ދިމާލަށް އިނގިލިދިއްކޮށްލަމުން ވަސީމްއެހެން ބުނެލީ ރީޝާދައްކަމުން ދިޔަ ވާހަކަ އޮޅުވާލުމަށެވެ. “އެއީ ނީޒާ އެއްނު.އެއީ ކޮއްކޮ ކުލާސް ކުއްޖެއް. އޭނަގެ ބިޓެއްވެސް ހުރޭ.” އަފާ ހެމުންވާހަކަ ދެއްކިއެވެ. އެކިވާހަކައިގައިތިބެ އެންމެން ކަމުންދިޔައެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ފޮހެވޭނޭ ބާއޭ… 11

Next

ހުވަފެނެއްބާ؟ (3ވަނަ ބައި)

Next
December 3, 2015

ހުވަފެނެއްބާ؟ (3ވަނަ ބައި)

Previews
December 3, 2015

ފޮހެވޭނޭ ބާއޭ… 11

16 Comments!

  1. Ahmed Ammu says:
    December 3, 2015 at 6:38 pm

    Wow Aish. You are so good. I Didn’t know that. ??

    1. Eyesh says:
      December 3, 2015 at 6:42 pm

      U didn’t know? Hehehe ?? thnx besty ??

  2. fareeeaaa says:
    December 3, 2015 at 8:11 pm

    Kaaku bune gen vaahaka kee.komme hn nujehey thi bahuru vain vaahaka dhahkkaakah.vaahaka hadeeyaamu nukiyaa.

  3. nishy says:
    December 3, 2015 at 8:17 pm

    Reethi bahun comment kuran sappe ah neygey dhw! Huh

  4. neha says:
    December 3, 2015 at 8:19 pm

    Sappe kairy kaaku buny vaahaka kiyan? 500 rf alhaidheyshoa! Ladhu koba? Huh

  5. story lurwer says:
    December 3, 2015 at 8:27 pm

    Alhe dhen afaa nd xain ge dad warny ekakah dhw.. same old shit.. but nice story.. ?

    1. Eyesh says:
      December 3, 2015 at 8:36 pm

      Thanx dear.. story nimendhen keema ehnu engeynee dhw ? maadhama ge part in thisuvaaluge javaabu libeyne ingey.

  6. sadhaaa says:
    December 3, 2015 at 8:59 pm

    Wow waiting for next part ?????

    1. Eyesh says:
      December 3, 2015 at 9:08 pm

      Thnx sadhaa ?

  7. Anonymous says:
    December 3, 2015 at 9:28 pm

    Eyesh heevany vvproud bodaa mehehhen

    1. Eyesh says:
      December 3, 2015 at 9:46 pm

      Anonymous ah thihen thi heevee eyesh ammuge coment ah reply kohfa ingothunhen heevey.. ei eyesh ge bestfriend. And we always talk like that. ?

  8. Shabee says:
    December 3, 2015 at 9:42 pm

    hey eyesh…..thnkx up khdhinyma…. 🙂 nd vrh kiyaahithun indhaa mi prt vx enimuny 🙁 maadhamaa vx up khdhehchey 😀 story ah like eh 😛 all da bst 😉

    1. Eyesh says:
      December 3, 2015 at 10:53 pm

      Ur most wc my dear.. and thanx a lot for ur best wishes.. ?

  9. reader says:
    December 4, 2015 at 9:26 am

    varah reethi nxt part kiyaahithun key nuvey kon irakun nxt part up kurany

    1. Eyesh says:
      December 4, 2015 at 2:14 pm

      Thnx dear reader ? miadhu upload vaane next part ?

  10. Zamhath says:
    December 8, 2015 at 12:35 am

    V salhi. waiting next part ?

Comments are closed.

Next Episodeލޯބީގާ ވާތީފަނާ… (4ވަނަ ބައި)←


All Right Reserved!