Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށްް ދިރުން ގެނެސްދިނީ ކަލާ (7)

kamana Level 310 Stories500 Comments100 Comments
December 4, 2015 3 Mins Read
8 Comments

ރޯޒްގެއަކީ ބޮޑުގެއަކަށް ނުވިޔަސް އާދައިގެ ދެބުރިއަށް ނަގާފައިވާ ގެއެކެވެ. ގެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ހައްދާފައިވާ ދެތިންވައްތަރުގެ މާގަހުންނެވެ. ވަންނަ ދޮރާށި ކައިރީގައި އަތުގެ ހުނަރު ދައްކައިދޭ މަސްޓޭންކެއް ރާނައިފައެވެއެވެ. އެކި ވައްތަރުގެ މަސްތަކުން ފުރާލައިފައިވާ އެ ޓޭންކް ވަރަށްވެސް ކުލަގަދައެވެ. ބޮޑު ކުޑައެއްގެ ދަށުގައި ވައްމޭޒެއްގައި އިށީދެގެން ތިބި ދެޒުވާނުން ހީވަނީ ބައްދަލުނުވާތާ އެތަށް ދުވަހެއްފަހު ބައްދަލުވި ދެބެއިންހެންނެވެ.

“ޖޭޑް ކޮންއިރަކު ރާއްޖެ އައީ… އޭ މިއަދު ހަވީރު ލީނާއާ ބެހިލާފަ ދިޔައީ ޖޭޑް ދޯ” އިސްހާގްގެ ޖަވާބަށް ޖާވިދު ބަހެއް ނުބުނެ ހޭންފެއްޓުމުން ތިމަންނައަށް އޭރުވެސް ހީވިއޭ އިސްހާގް ބުނެލިއެވެ. ޖާވިދުއަކީ އިސްހާގްގެ ބޮޑުދައިތަގެ އެންމެ ދޮށީ ކުއްޖައެވެ. ދެން ހުންނާނީ ޖެނީއެވެ. ޖެނީ އާއި ލީނާއަކީ އެއް އުމުރެއްގެ ދެކުދިންކަމުން ޖެނީ މާލެ އަންނަ ކޮންމެ ފަހަރަކު ލީނާއާއެކު ވަގުތު ހޭދަކުރެއެވެ. ޖެނީ އަންނަ އެންމެ ފަހަރަކުވެސް ޖާވިދު ނާދެއެވެ.

“ރާއްޖެ އައިތާ ކޮންޒަމާނެއް.. މިދޭތެރޭން ރަށަށްވެސް ޖައްސާލިން.. ހަނދާނުން ނުފިލާވަރުގެ ހަދިޔާއެއްވެސް ލިބުނު.” މިހާ ދުވަސް ވަންދެން މިކޮޅުގަ އުޅުނު އިރު ފެނިލާންވެސް ނުކެރޭދޯ.. އެންމެ ކުޑަމިނުން ކޮފީއަކަށް އަރަން ބުނެލިނަމަވެސް ދޯ..” އެހެންނެއްނޫނޭ ވީ.. މަންމަ ޓަސްލާފަ އަންނާށޭ ބުނެގެން ދިޔައީ.. ދެ އިއްޓުއަށްވެސް އެގެން ވާނެ މާލެ އައިސްފިއްޔާ މިގެއަށް ނައިސް ނުހުންނާނެކަން.. އިއްޓޫ ލީނާއަށް މަ ނޭގެނީތަ.. ހާދަ ރުޅިވެސް ގަދަ ވެއްޖޭދޯ މިހާރު.. ހުރިހާ ކަމެއް އޯކޭތަ.. މަންމަ ބުނި ލީނާއަށް ނުހިނގެއޭ.. އެއީ ކިހިނެއްވީ ކަމެއް.” ޖާވިދު ލީނާއާ ބެހޭ އެތަކެއް ވާހަކައެއް އޮޅުން ފިލުވަން ބޭނުންވިއެވެ. މާލެ އައުމުގެ އެންމެ ބޮޑު ބޭނުމަކަށްވެސް ވި ލީނާ ދެކިލުމެވެ. ލީނާއަށް ވެގެން އުޅޭގޮތެއް އޮޅުންފިލުވުމެވެ. އިއްތިފާގުން ލީނާ ހަވީރު ފެނުމުން ގަސްތުގަ އުދަގޫ ކޮއްލާހިއްވީއެވެ.

“އާން ހީނުވޭ ލީނާއަށް ޖޭޑް އެގޭނެ ހެނެއް.. އެހެން ނޫނަސް ލީނާއަށް އެއްވެސް މީހެއް އެހާ ފާހަގަ ވާނެ ހެނެއް ހިޔެއްނުވޭ..ތިންމަސް މިވަނީ އޭނަ ބޭރަށް ނުނިކުންނަތާ.. މިއަދު ލަމްހާ ކައިރީގައި ބުނެގެން ގަދަކަމުން ނެރުނީ.. ފަޔާޒްއާ ލީނާގެ ވާހަކަ އަޑު އެހިންތަ.. އެދެމީހުން ރައްޓެހިވެގެން އުޅެފަ ލީނާއަށް ނުހިނގޭތީ ތިމަންނައަށް ނުކުޅެދޭ މީހަކާ އެކީގައި ނޫޅެވޭނޭ ކިޔާފަ ލީނާ ދޫކޮއްލާފަ ދިޔައީ.. ހަފްތާއެއް ވަންދެން އޮތް ކޮޓަރިން ބޭރަށްނުނިކުމެ. ތިމަންނައާ ހެދި މަންމައަށް އުދަގޫ ވާނޭ. ނުކުޅެދޭ މީހެކޭ މީ.. އެކަހަލަ ފާޑުގެ އެއްޗެހި ވަރަށް ކިޔާ.. އެދުވަސް ވަރު މަންމަވެސް ހުންނަނީ ފާޑަކަށް. ޖޭޑްއަށްވެސް އެގެއެއްނު މަންމަ ލީނާދެކެ ލޯބިވާވަރު. ލަމްހާ އައިފަހުން ކިރިޔާވެސް މަޖާކޮއްވާހަކަދައްކައި އުޅެނީ..”އިސްހާގް ހުރިހާ ވާހަކައެއް ދެއްކީއިރުވެސް ލީނަގެ ފަޔަށްވީގޮތެއް ނުބުނުމުން އަނެއްކާވެސް ޖާވިދު އަހާލިއެވެ. “ލީނާގެ ފަޔަށް ކިހިނެއްވީ.” ތިޔޭ ނޭގެނީ… ވަރަށް މީހުންނަށް ދެއްކިއްޖެ. ލީނާ މިހާރު ހިނގަން ބޭނުންވާހެންވެސް އަހަންނަށް ހީނުވޭ. އެވާހަކަ ދައްކާއިރަށް މޫނު އަބުރާލާނެ.” އިސްހާގްގެ ވާހަކަތަކުން ޖާވިދު ހުރީ ފުންވިސްނުމަކަށް ގެއްލިފައެވެ. ވޭތުވެދިޔަ 10 އަހަރު ތެރޭގައި ލީނާއަށް ހާދަ ބަދަލެއް އަތުވެއްޖެއެވެ. އެހެން ނޫނަސް ލީނާ އަހަރެން މަތިން ހަނދާން ނައްތާލީ ކީއްވެ ހެއްޔެވެ. ޖާވިދުގެ ހިޔާލު ތަކަށް ނިމުނެއް އައީ ދިޔާނާ އެތަނަށް އައުމުންނެވެ.

“ދެކުދިން އަދިވެސް ކޮފީ ބޮއެ ނުނިމެނީތަ.. ޖާވިދު ކޮންތާކު އުޅެނީ.” މިއުޅެނީ ރައްޓެއްސެއް ގޭގަ.. އެހާ ގިނަ ދުވަހަކަށް ނޫން މިކޮޅަށް މިއައީ. އެހެންވެ ގޭގަ އެއްވެސް މީހަކު ނޫޅޭނެ. އެކަނި ނޫޅެވޭނެތީ..” ޖާވިދު ގެ ވާހަކަ ކުރިއަށް ނުގެންދެވުނީ ދިޔާނާ ވާހަކަ ދެއްކުމުންނެވެ. “ނޫން ރަނގަޅުގޮތެއް ނޫންތީކީ. ދޭ އެއްޗެހިތަށް ހިފައިގެން އަންނަށް.. ދައްތަ ވަރަށް ދެރަވާނެ ޖާވިދު ދައްތަ ބުނާގޮތް ނަހަދައިފިއްޔާ” ދިޔާނާގެ އެދުމަށް ނޫނެކޭ ބުނަން ޖާވިދުއަށް ނުކެރުނެވެ. އެއްޗެހި ހިފައިގެން މިއަންނަނީއޭ ކިޔާ ޖާވިދު ނިކުތީ އިސްހާގްއާވެސް އެކީގައެވެ.

***

ހެނދުނުގެ އަލި ފަރުދާއިން ފުރޭނިގެން އައިސް ލީނާގެ ދޮން ކަނދުރާއަށް އެޅުމުން ނެގި ދިލަ ހޫނުން ދެލޯ ހުޅުވާލިއެވެ. އެދުގެ ހެޑްބޯޑްގައި ލެގިލައިގެން ކުޑަކުއްޖެއްހެން މޯޅިއަކަށް ދެމިލިއެވެ.

އެއްލިކަޅިން ތުވާލި އަދެގެން އިން ފިރިހެނާ ފެނުމުން ލީނާ އަޑުގެ ނެއްތަނަށް ހަޅޭލަވައިގަތެވެ.

“ޔޫ.. މީ އަހަރެންގެ ރޫމްއޭ.. އެހެން ނޫނަސް ދިސް އިސް މައި ހައުސް.. ނިކުމޭ.. އަނެއްކާވެސް ތިއުޅެނީ ޕްރޮޕަޓީއޭ ކިޔަންދޯ. ނިކުމޭ.. މަންމާ.” ލީނާއަށް ކަމެއްވީ ކަމަށް ހީކޮށް ދިޔާނާއާއި އިސްހާގް ލީނާގެ ކޮޓަރިއަށް ދިޔައިރު ވާނެއެއްޗެއް ވެނިމިއިއްޖެއެވެ. އެނދުގަ އެއްވެސް ބާލީހެއް ނެތެވެ. ލީނާގެ ގައިމަތީގައި އޮތް ރަޖާ ގަނޑު ފިޔަވާ ލީނާ އަތުޖެހޭ ހުރިހާ ސާމާނެއް ހުރީ ޖާވިދް ވަށައިގެން ބިންމަތީގައެވެ. ލީނާއަތުގައި އޮތް ކުޑަ ލޭމްޕް އެއްލާލަން ނެގިތަނާ ދިޔާނާގެ އަޑުއިވިފައި ހުއްޓުން އެރިއެވެ.

“ދައްތާ މީކާކުގެ ދަރިއެއް… ހާދަ ހީނުވެއޭ މީ ދައްތަގެ ދަރިއެއްހެން.. ޒުވާން ފިރިހެނަކަށް އަނިޔާ ކުރަމުންދާއިރު އެއްޗެކޭވެސް ހިތަށްނާރާ.” ޖާވިދު އެހެން ބުނެ ދިޔާނާ ފުރަގަހަށް ވަދެލީ ލީނާ އަތުގައި އޮތް ލޭމްޕް އެއްލާލާލެކަން ޔަގީންވާތީއެވެ. ކަންތަށްވީވެސް އެހެންނެވެ. ލޭމްޕަގޮސް މަތަވީ ފާރަށެވެ.

“މަންމާ މީކާކު.. އެހެންނޫނަސް މިކޮޓަރިއަށް ވަނުމުގެ ހުއްދަދިނީ ކާކު.. މީ އަހަރެންގެ ކޮޓަރި.. މީ މަންމަގެ ދަރިއަކަށް ނުވަންޔާ ތީތަ މަންމަގެ ދަރިއަކީ..” ލީނާ ހުރީ ވަރަށް ރުޅިގަދަވެފައެވެ. “ކޮއްކޯ.. ޖޭޑްއައީ ދޮންބެ ބުނެގެން ބޮލުގަ އަޅާ ބުރުސް ބަލާ.. ކޮއްކޮ ހޭލަންވެސް އެގުނީ ޖޭޑްވަތް ގަޑީގައިވިއްޔާ” އިސްހާގެ އެހެން ބުނުމުން ލީނާ ބާރަކަށް ދޮންބޭ އޭ ކިޔާ ގޮވާލިއެވެ. ކުއްވެރިވީވެސް އަހަރެންތާއޭ ލީނާ ބުނެލިއެވެ. “ރެޕަންޒިލް އަންނާނަން އެނގޭ ހުކުރަށް ގޮސްލާފަ” ޖާވިދު އެހެންބުނެ ދަމުން ދިޔައީ ލީނާއަށް އެއްލޯ މަރާލާފައެވެ.

މި ޖާވިދުމީ ކާކު ހެއްޔެވެ. ކޮން ރެޕަންޒިލްއެއްހެއްޔެވެ. ކޮންމެ މީހަކަށް ވިޔަސް މި ކޮޓަރިއަށް ވަންނަށް ނުޖެހޭނެ ނޫންހެއްޔެވެ. ދޮންބެއާއި މަންމަ މީނާ ފަހަތުން މިއުޅެނީ ކީއްވެ ހެއްޔެވެ. ވަރަށް ފޫހިވެއެވެ. ލީނާ ހުރީ ވަރަށް ރުޅިއައިސްފައިކަން އެމޫނަށް ބަލާލި މީހަކަށް އެނގޭނެއެވެ. ރުޅިގަދަވެގެން ރޮވޭގޮތްވުމުން އިސްޖަހާލިއެވެ. ދިޔާނާއަށް ލީނާއަށް ވީގޮތް އެގުނު ކަހަލައެވެ. މިހާރު އެއީ ލީނާގެ އާދައެވެ. ރުޅި އައިސްފިއްޔާ ފައްޓާނީ ރޯންށެވެ. ލީނާ ކުރިއާ ބަލާފަ ރުޅިވެސް މާގަދައީ އެވެ.

ދިޔާނާ ލޯބިން ލީނާގެ ބޮލުގައި ފިރުމާލިއެވެ. ދަރިފުޅާ ކިޔާ ލޯބިން ގޮވާލުމުން ލީނާ އިސްއުފުލާ ބަލާލިއެވެ. މަންމާ އޭ ކިޔާ ބައްދާލައިގެން އެތަށް އިރެއްވަންދެން ރޯން ދިޔާނާ ކޮނޑުމަތީގައި އޮތެވެ. “މަންމާ އަޅުގަނޑަށް މާފޫ ކުރޭ.. އަޅުގަނޑާހެދި މަންމައަށް އުދަގޫވޭ ދޯ… މަންމާ އަޅުނގަޑަށް ރޮވެނީ ގަސްތަކުނޫން.. ނޭގެ ވާއެއްޗެއް.. ރުޅިގަދަވަނީ..” ދަރިފުޅާ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ﷲ ވޮޑިގެންވަނީ ކެއްތެރިންނާއެކެ.” ދިޔާނާގެ ލޮލުން ކަރުނައިގެ އަސަރުފާޅުވާން ހުރުމުން ލީނާ އަމިއްލަ ނަފްސު ކުއްވެރިކުރިއެވެ. އަނެއްކާވެސް ލީނާ އިސްޖަހާލިއެވެ. ދިޔާނާއަށް ވީ ކިހިނެއް ކަން ނަގައިގަނެވުނު ކަހަލައެވެ.

“ދަރިފުޅާ… ޖާވިދުއާ ދިމާލަށް އެވަރަށް އެއްޗެހި ކިޔަނީ ކީއްވެ… ދަރިފުޅަށް ނޭގޭތަ އެއީ ކާކުކަމެއް.” ދިޔާނާ އެހެން ބުނުމުން ލީނާ ފުންކޮއްވިސްނާލިއެވެ. އަދި ކޮންމެވެސް ތާކުން ފެނުނު ހަނދާން ވެއޭ ބުނެލިއެވެ. ދަރިފުޅާ އެއީ ބޮޑުދައިތަ މެންގޭ ޖާވިދު.” ދިޔާނާ އެހެން ބުނުމުން ލީނާ ދޮރާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އެއީ “ޖޭޑް” ހޭ އަހާލިއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ )ފުރަތަމަ ބައި(

Next

ހުވަފެނެއްބާ؟ (4ވަނަ ބައި)

Next
December 4, 2015

ހުވަފެނެއްބާ؟ (4ވަނަ ބައި)

Previews
December 4, 2015

މިއީ ތަޤްދީރު ހޭ؟ )ފުރަތަމަ ބައި(

8 Comments!

  1. Jamal says:
    December 4, 2015 at 2:38 pm

    Varah reethi thankolhe kuree genadheyle ekamves varah reethi

    1. Naaz says:
      December 4, 2015 at 3:17 pm

      Nice

  2. mal says:
    December 4, 2015 at 2:42 pm

    Yey.. me first… varah salhi mi partves..next part wen??

  3. hajj says:
    December 4, 2015 at 3:46 pm

    Varah reethi mi part ves

  4. Petite says:
    December 4, 2015 at 6:38 pm

    Woww enjoyed the part… v salhi.. keep it up.. waiting for the next part 😀

  5. kamana says:
    December 4, 2015 at 11:52 pm

    Thnk u hurihaa kudhinn. ??

  6. shelly says:
    December 5, 2015 at 9:09 am

    nxt part kon irakun up kurany

  7. Kamana says:
    December 5, 2015 at 3:00 pm

    Nxt part insha allah tmrw. ?

Comments are closed.


All Right Reserved!