Skip to content
އެސްފިޔަ

ކަނޑުފެން (ސޯޅަވަނަ ބައި) KanduFen P-16

ދެވަނަ ބުރިން ފެންނަމުން ދިޔައީ ކޮޓަރިތަކެކެވެ. ތިންވަނަ ބުރިން ފެންނަމުން ދިޔައީ ކުޅިވަރު ކުޅުމަށް ހާއްސަކޮށް ހަދާފައިވާ ތަނެއް ގޮތަށެވެ. ދިމަ ދިމާލުގައި މޭޒު ޖާހާފައިވާއިރު އެކި މޭޒުތަކުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވެން ހުއްޓެވެ. އޮށްވަޅު ގޮނޑިއާއި، ކެރަމްއާއި، ތާސްބަޔާއި، ރާޒުވާއާއި، ސްކްރޭބަލްއާއި، މޮނޮޕޮލީއެވެ. އޭރުވެސް ބައެއް ބަލިމީހުން ކުޅެން ތިބިތަން ފެނުނެވެ. ހަތަރުވަނަ ބުރިއަށް ލިފްޓް އައިސް ހުޅުވުމުން މިޝްކާމެން އަވަހަށް ލިފްޓުން ފޭބިއެވެ.

އެބައިގައި ފެންނަންހުރި ކުޑަ ކައުންޓަރ ކައިރިއަށް ތިންމީހުން ދިޔައީ ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ. ކައުންޓަރު ދޮށުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ވަރަށް ހައިރާން ވިއެވެ. ކައުންޓަރ މަތީގައިވާ ބެލްއަށް ފިތާލިއެވެ. ބެލްގެ ތޫނު އަޑު މުޅިތަނުގައި ގުގުމާލިއެވެ. ކުޑަ ވަގުތު ކޮޅަކަށް ފަހު ކައުންޓަރު ދޮށަށް ފިރިހެން މުވައްޒަފެއް އަތުވެއްޖެއެވެ. އޭނާވެސް ހުރީ ހުދުކުލައިގެ ޔުނީފޯމެއް ގައެވެ. ބަލިމީހާގެ ނަން ބުނުމުން ސިސްޓަމްގައި އެނަންޖަހާ ސާރޗް ކޮށްލިއެވެ. އަދި ވަކިވަކިން ތިން މީހުންގެ މޫނަށް ބަލާލުމަށްފަަހު މޭމަތީގައި ޖަހާފައިވާ ވިޒިޓަރސް ކާޑަށް އެމީހާ ނަޒަރު ހިންގާލިއެވެ.

ކާޑަކާއި އެކު ކުޑަ ރިމޯޓެއް ފާޑު އެއްޗެއް ދިއްކޮށްލަމުން އެމީހާ ވާހަކަ ދައްކަން ފެއްޓިއެވެ.

“މިކާޑަކީ އެ ކޮޓަރީގެ ދޮރު ހުޅުވައިދޭ ކާޑް…… ކަމެއް ގޯސްވެއްޖެނަމަ މި ރިމޯޓަށް ފިތާލައްވާ، އޭރުން އަޅުގަނޑުމެން ކޮޓަރިއަށް ދާނަން…. ރޫމަށް ވިޒިޓް ކުރެވޭނީ ފަހަރަކު މީހަކަށް… ބަކީ ދެން ތިބި މީހުން ބޭރުގަ ވެއިޓިންގް އޭރިޔާގަ މަޑުކޮށްލައްވާ…. ބަލިމީހުންގެ ކޮޓަރީގައި ކެމެރާ ހަރުކުރެވިފައި ހުންނާނެ…. ދައްކާ ވާހަކަތަކާއި އަމަލުތައް ސާފުކޮށް އެނގޭނެ….” އެމީހާ ދިއްކޮށްލި ތަކެތީގައި ރިޒާ ހިފިއެވެ. އަދި ރޫމް 404 ކައިރިއަށް ގޮސް ވެއިޓިންގް އޭރިއާއަށް ދިއުމަށް ރިޒާ އެދުނެވެ.

ސީމާއާއި އެކީ މިޝްކާ ވެއިޓިންގް ރޫމަށް ވަނެވެ. އެ ކޮޓަރިވަނީ އޭސީ ކޮށްފައެވެ. ވަށައިގެން ގޮނޑި ޖަހާފައިވާއިރު ފާރުގައި ހުރި ކަބަޑުތަކުގައި ވާހަކަފޮތާއި މަޖައްލާ ފޮތްތައް އަތުރާފައި ހުއްޓެވެ. އަދި ފާރުގައި ހަރުކޮށްފައިވާ ޓީވީން ހުރީ ނަފްސާނީ ބަލިތަކާއި ބެހޭ މައުލޫމާތު ދޭ ޑޮކިއުމަންޓްރީއެއް އަޅުވާފައެވެ. ސީމާއާއި މިޝްކާ އެތަނުން ދެ ގޮނޑީގައި އިށީނެވެ. އަދީ ޓީވީން ދައްކަމުން ދިޔަ ޑޮކިއުމަންޓްރީއަށް ބަލަން ތިބީ ރިޒާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ސީމާމެން އެހެން ތިބޭތާ އިރުކޮޅެއް ވީތަނާހެން، ވެއިޓިންގް ރޫމް ތެރެއަށް ރިޒާ ވަދެގެން އައި ތަން ފެނުނެވެ. ރިޒާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން ފޮރުވަން ލުއި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން އައިސް ސީމާއަތަށް ކާޑާއި ރިމޯޓް ދިއްކޮށްލިއެވެ. ކެތްމަދުވެފައިވާ ސީމާ އަވަހަށް އެ ތަކެތީގައި ހިފަމުން ވެއިޓިންގް ރޫމުން ބޭރަށް ހިނގަައިގަަތީ ހަލުވި ފިޔަަވަަޅު ތަކެއްގައެވެ. ސީމާ ނުކުމެގެން ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު މިޝްކާ ގާތުގައި ހުރި ގޮނޑީގައި އިށީނދެ ރިޒާ ދެއަތަށް ބޯ ހޫރާލިއެވެ. ރިޒާއަށް ވެފައި ހުރިގޮތް ފެނުމުން މިޝްކާގެ ހިތަށް ވަރަށް އުނދަގޫވިއެވެ. އަލީނާގެ ހާލު ރަނގަޅު ނޫން ކަން ވިސްނުނެވެ.

ސީމާ އައުމުން މިޝްކާވެސް އަލީނާއާއި ބައްދަލު ކުރަން ދިޔުމަށް އެދެމުން ރިޒާ މިސްރާބު ޖެހީ ކައުންޓަރާއި ދިމާލަށެވެ. ރިޒާ އަވަސް އަރުވާލާފައި ހުރިގޮތުން މިޝްކާއަށް އަހާލެވުނެވެ. “ރިޒާބޭ…. ކިހިނެއްވީ؟… ކޮންތާކަށް ތިދަނީ؟…” ރިޒާ މިޝްކާއަށް ބަލާލަމުން ޖަވާބު ދިނެވެ. “މިދަނީ އަލީނާގެ ޑޮކްޓަރާ ބައްދަލު ކޮށްލެވޭނެ ގޮތެއް ވޭތޯ ބަލާލަން…. މި އަންނަނީ….”

ރިޒާ ކައުންޓަރު ދޮށަށް ދިޔަތާ ދިހަވަރަކަށް މިނިޓު ފަހުން ސީމާ އައިސް ވެއިޓިންގް އޭރިޔާއަށް ވަނެވެ. އަދި މިޝްކާއަށް ކާޑާއި ރިމޯޓް ހަވާލުކޮށްލި އިރު ސީމާގެ މޫނުމަތީގެ ކުލަވަރުވަނީ މުޅިންހެން މިލާ މޯޅިވެފައެވެ. “ސީމައްތާ!.. ކިހިނެއްވީ؟… އަލިނާ ރަނގަޅުތަ؟…” ސަބުރުވެރިކަން ކޮޅުންލާފައިވާ ހާލުގައި މިޝްކާ އަހާލިއެވެ.

ސީމާގެ ލޮލުގެ ތެރެއިން ވިދާ ބަބުޅަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއް ނެތި އޭގެ މަގާމުން ބޭރުވަމުން ދިޔައެވެ. “އޭނާ އަނގަޔަކުން ނުބުނޭ… މިޝްކާ ގެނެސްދިނުމަށް އެދެނީ… މިޝްކާ ކޮބައިހޭ އަހަމުންދަނީ… މިޝްކާ ދޭ…. އަލީނާ އެހުރީ މިޝްކާގެ އިންތިޒާރުގައި… އަހަރެންމީ ކާކުކަމެއްވެސް ނޭނގުނު… މިޝްކާއޭ ކިޔާފަ އަަހަރެންނާވެސް ވާހަކަ ދެއްކީ….” ސީމާގެ ދުލުން ހިފެހެއްޓުމެއްނެތި ބޭރުވަމުން އައި ބަސްތައް، އަޑުއަހަން އިން މިޝްކާގެ ހިތާ ކުޅެލިއެވެ. ސީމާ ގޮނޑީގައި ބޭންދުމަށްފަހު އިރުކޮޅަކުން ރިޒާބެ އެބައާދެޔޭ ބުނެލިއެވެ. ސީމާ ފުން ނޭވާލަމުން ނުރޯން މަސައްކަތް ކުރަމުން ދިޔައެވެ. ލޮލުން ފައިބަމުން އައި ކަރުނަތައް ބުރުގަލުގެ ކަނުން ފޮހެލިއެވެ.

މިޝްކާ ކާޑް ހިފައިގެން ގޮސް ކޮޓަރީގެ ތަޅު ކައިރީ، ނަންބަރު ތަކެއް ޖަހާފައިވާ މެޝިނުގައި ކާޑު ލައްވާ ކަނޑާލިއެވެ. އެ މެޝިނުގެ ނަންބަރުތައް މަތިން ރަތް ކުލައިން ނިވި ދިއްލެމުން ދިޔަ ބޮކި ފެހި ކުލައިން ދިއްލުމާއެކީ އެ ދޮރު ހުޅުވިއްޖެއެވެ. ހުޅުވުނު ދޮރުގެ އެތެރެއަށް މިޝްކާ ދެމިގަތުމަށް ފަހު ޖިންސު ޖީބަށް ކާޑު ލިއެވެ. އެވަގުތު އެ ދޮރު މަޑުމަޑުން ލެއްޕުނެވެ. އަތު ތެރޭގައިވާ ރިމޯޓުގައި ބާރަށް ހިފަހައްޓާލަމުން އެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނެވެ.

ދިހަފޫޓު ދިހަފޫޓުގެ ކުޑަ ކޮޓަރިއެކެވެ. ކޮޓަރީގެ ކަނެއްގައި ދަގަނޑު އެނދެއް ހުއްޓެވެ. އެނދުމަތީގައި ވާ ތުނި ގޮދަޑީގައި އަޅިކުލައިގެ ރަޖަލެއް އަޅާފައިވެއެވެ. އެނދުމަތީގައި ކުރުގެޅިގެން މޭދަށަށް ބާލިސް ލާ ބައްދާލައިގެން އަލީނާ އޮތެވެ. އަލީނާ ލައިގެން ހުރީ ކަނޑު ނޫކުލައިގެ، ގަޔަށް ދޫ ހެދުމަކާއި ކަޅުކުލައިގެ ހަރުވާޅެކެވެ. އެ ކޮޓަރީގެ ކަނެއްގައި މޫނު ދޮންނަ ތައްޓަކާއި ފާހާނާ ކުރާ ތައްޓެއް ހުއްޓެވެ. އެނދާ ދިމާވާގޮތަށް ދައުރުވާ ފަންކާއެއް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. އަލީނާ ހުރި ހާލު ފެނި މިޝްކާގެ ލޯ ކަރުނުން ފުރުނެވެ. އެނދާ ކައިރިއަށް ހިނގައިގަތީ ޖެހިލުންވެ ހުރެއެވެ.

އެނދާ އަރާ ހަމަވުމުން އަލީނާ އިސް އުފުލާލިއެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށާލާފައެވެ. ހޭވިފައިވާ އިސްތަށިތައް މޫނު މައްޗަށް ވެއްޓިފައި ހުރުމުން ސާފުކޮށް އޭނާގެ މޫނެއް ނުފެނެއެވެ. ލޯބިން ފުރިގެންވާ ރާގަކުން އަލީނާއަށް މިޝްކާ ގޮވާލިއެވެ.

މިޝްކާގެ އަޑު ކަންފަތުގައި ޖެހުމާއި އެކީ އަލީނާ އެނދުން ފުންމައިގެން ތެދުވިއެވެ. މޫނު މައްޗަށް ތަރުތީބެއް ނެތި ވެއްޓިފައި ވާ އިސްތަށިތައް އަތުން އެއްކައިރިޔަށް ޖައްސަމުން ވާހަކަ ދެއްކިއެވެ. “މިޝްކާ… މިޝްކާތަ؟…. އާދޭ އަހަރެން ކައިރިޔަށް…. ކޮންތާކަށްތަ ދިޔައީ؟….” އަލީނާގެ ގާތުގައި މިޝްކާ އިށީނުމަށް އަލީނާ އެދުނެވެ. މިޝްކާ އެ އެނދުގައި އިށީންއިރު ކުޑަކަމުދާ ތަކެތިން ދުވާފާޑު ވަހެއް ތަންމަތީގައި ހުރިކަން އެނގުނެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދާ އެނދުގައި އިށީނދެ އަަލީނާގެ ގައިގައި ފިރުމާލިއެވެ. އަލީނާ ނުފެނި ދެދުވަސް ވީއިރު އަލީނާއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ލޯކައިރި ވަޅުވަދެ މީހާވަނީ ކުރިޔަށްވުރެ ހިކި އަނަރޫފަވެފައެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ފުސް ބުރާފައެވެ. އަލީނާގެ ރާޅުބާނި ދިގު އިސްތަށިގަނޑުވަނީ ކަންފަތު ބުޑާ ހަމައަށް ކޮށާލާފައެވެ.

“ހެއި… އައި މިސްޑް ޔޫ…. ކިހިނެއްތަ؟….” އަލީނާއާއި ދައްކަންވީ ކޮން ވާހަކައެއް ކަން ނޭނގި ހުރެ މިޝްކާ ވާހަކަ ދަައްކަން ފެއްޓިއެވެ.

“މިޝް… ކީއްވެ ދިޔައީ… ރޭގަ އަހަރެން އެމީހުން ގެންގޮސް ހެދިގޮތެއް އެނގޭތަ…. ބަލާ އަހަރެންގެ އަތް…. ބަލާ…. އަހަރެންގެ ބޯ….” އަލީނާގެ އަތުގެ ކުޑަހުޅާއި އިސްތަށިގަނޑު ދައްކަމުން އޭނަ ވާހަކަ ދެއްކިއެވެ. އަތުގެ ކުޑަހުޅަ ދިމާލުންވަނީ ރަތްވެފައެވެ. ހީވަނީ އަތުގައި ބާރަށް އެއްޗެއް އައްސާފައި ހުރިހެންނެވެ. އެ ނިކަމެތި އަލީނާގެ ބޮލުގައި މިޝްކާ ފިރުމާލިއެވެ. އަދި ނިތްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް ރަނގަޅު ކޮށްލިއެވެ. ނިތްކުރި މަތިން ސިކުނޑިވަޅާއި ދިމާލުން ދެ ފަރާތުގައި ވަކިލާރި ފޮއްޗެއްހެން ތަންގަނޑެއް ރަތްވެފައި ހުރިތަން ފެނުނެވެ.

“މީ ކިހިނެއް ވީ ކަަމެއް….” ރަތްވެފައި ހުރި ތަންތަނުގައި ފިރުމާލަމުން މިޝްކާ އަހާލިއެވެ.

“އެނގޭތަ ރޭގަ އެމީހުން އަހަރެން ގެންދިޔައީ ފާޑެއްގެ އަނދިރި ކޮޓަރިއަކަށް…. ގެންގޮއްސަ ބޮލުގަ ފާޑެއްގެ އެއްޗެއް އެޅުވި… އަތްވެސް އެއްސީ އަހަރެން ގަދަ ދައްކާތީ… ދެން އެމީހުން ހެދި ގޮތްގޮތުން ބޮލަށް ވަރަށް ތަދުވި… މުޅިގައިގަ ދިލަ ނަގަމުން ދިޔައީ… ނޭގެ ވީ ނުވީއެއްވެސް ދެން އަހަރެންނަށް ނިދުނީ ކަންނޭނގެ….. ދެން ފެނުނީ ވަރަށް އެހެންކަހަލަ ހުވަފެނެއް…. އަހަރެން ނިދާފައި އޮއްވާ މުޅިތަން ފެން ބޮޑުވަމުން ދިޔައީ…. ފެންގަނޑު ބޮޑުވަމުން އައި އިރު އަހަރެން އެފެންގަނޑު ތެރޭ ގެބެން ފެށީ…. ފަތަން ވަރަށް މަސައްކަތްކުރިން އެކަމަކު އަހަރެން އަތެއް ފައެއްވެސް ގުޑުވާ ނުލެވުނު…. އަހަރެން ސަލާމަތްވުމަށް ހަޅޭއްލަވާ ހެދިން… ހަޅޭއްލަވަން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު އަނގަ ފުރިގެން ދިޔައީ ލޮނުފެނުން….. ދެން އަހަރެންގެ ނޭވާ މުޅިން ހެން ހުއްޓުނު… އަތުގެ ހަރަކާތްވެސް އެކީ ހުއްޓުނު… ދެން އަހަރެންނަށް ހޭލެވުނީ އެމީހުން އަހަރެންގެ ކަރުގައި ހިފައި ފެން އެއްޗަކަށް ލައިގެން ތަޅުވަނިކޮށް ނޭވާ ހާސްވެގެން….. ލޯ ހުޅުވި އަހަރެންނަށް ނޭވާލެވުމުން އެމީހުން އަހަރެން މި ކޮޓަރިއަށް ގެނައީ..” އަލީނާ އެއްފައްޗަކަށް ކިޔައިދެމުން ދިޔަ ވާހަކަ އަޑު އަހަން މިޝްކާ އަށް އިނދެވުނީ ގަބުއަރާފައެވެ.

“އަދި އަހަރެންނަށް ފެނުނު މަންޒަރެއް ވަރަށް ހަނދާންވޭ…. އަހަރެން މަންމަ ގައިގައި ބައްދާލުމަށްފަހު އެހެން އަންހެން ކުއްޖަކާއި އެކީ ބޭރަށް ދާ މަންޒަރު… އޭރު އަހަރެން މަންމަ ހުރީީ ބަނޑު ބޮޑުވެފައި… އެކަމު އެއީ އަހަރެން ދުވަހަކުވެސް ލޮލުން ދުށް ގެއެއް ނޫން…. ވަރަށް އާދައިގެ ގޮތަކަށް ހަދާފައިހުރި ގެއެއް… އެޅިގަލުން ރާނާފަ…. ސިމެންތިވެސް ނުޖަހާ ހުރީ…” އަލީނާ ކިޔައިދެމުން ދިޔަ ވާހަކަ މެދުކަނޑާލީ މިޝްކާ އެ ވާހަކައިގެ ތެރެއަށް އިތުރުކޮށްލި ބަސްތަކަކުންނެވެ.

“އެދުވަހު އަލީނާ ލައިގެން ހުރީ ހުދުކުލައިގެ ޕާކިސްތާނު ހެދުމެއް ދޯ…. ފިލްމު ބަލާށޭ ކިޔާފަ ދޯ ދަނީވެސް….” މިޝްކާ ކިޔައިދިން ވާހަކައިން އަލީނާ ހުރީ ހައިރާންވެފައެވެ. އޭނައަށް ފެންނަަމުން ދިޔަ މަންޒަރުތައް ކިޔައިދޭން މިޝްކާއަށް އެނގުނީ ކީއްވެބާ އޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

“މިޝްކާއަށް ކިހިނެއް އެނގުނީ….” އަލީނާ ކޮށްލި ސުވާލުން ވާހަކަ އޮޅުވާލަން މިޝްކާއަށް މަޖުބޫރު ވިއެވެ. “އަލީނާ… ދެން ހަމަ ހިތަށް އައި އެއްޗެއް މި ބުނެލީ… މި ދެއްކި ވާހަކަ އަލީނާއަށް ފެންނަ ކަންތައްތަކާއި ދިމާވުމަކީ އިއްތިފާގެއް… އަލީނާއަށް ފެންނަ ކަންތައްތަކާ ހުވަފެންތައް އަހަރެންނަށް ކިޔައިދިނީމަ ދޯ އިނގޭނީވެސް…” އަލީނާއަށް ވިސްނައި ދެވުނީތީ އެކަމާ މިޝްކާ އުފާ ކުރިއެވެ. ސިކުނޑީގެ ބައްޔަކަށް ބޭސްކުރަމުން ދާ ދަނޑިވަޅެއްގައި އަލީނާގެ ބޮލަށް ބާރުކުރާ ކަހަލަ ވާހަކައެއް ދެއްކުމަކީ އެންމެ ރަނގަޅު ގޮތްނޫންކަން މިޝްކާއަށް އެނގުނެވެ.

“އޯކޭ ދެން އަހަރެން ގޮސްލަނީ… އަންނާނަން މާދަމާ…. ބީ އަ ގުޑް ގާލް…. އިނގޭ….” ކުޑަކުއްޖަކު ފަދައިން އަލީނާ ހައްދާލުމަށްފަހު މިޝްކާ އެކޮޓަރިން ނުކުތެވެ. ކޮޓަރީގެ ބޭރުގައި ހަރުކޮށްފައިވާ ‘އެންޓިބެކްޓީރިއަލް ހޭންޑް ޖެލް’ ފުޅިން އެތިކޮޅެއް އަތަށް ޖަހާލުމަށްފަހު ދެއަތް ދެއަތާއި އުނގުޅާލިއެވެ. އަދި ވެއިޓިންގް އޭރިއާއަށް ދިޔުމަށް ހިނގައިގަތެވެ. މިޝްކާ އަންނަތަން ފެނި ރިޒާއާއި ސީމާ ގޮނޑިން ތެދުވިއެވެ. އަދި މިޝްކާއާއި ދިމާލަށް އައުމަށްފަހު އަލީނާ ވާހަކަ ދެއްކިތޯ ސުވާލު ކުރުމުން މިޝްކާ ބޯ ޖަހާލިއެވެ.

ރިޒާ ބުނި ބުނުމަށް ތިން މީހުން އެކުއެކީގައި ހިނގައިގަތީ ދެވަނަ ބުރިއަށެވެ. އަލީނާއަށް ފަރުވާދިނުމަށް ހަވާލުވެހުރި ޑޮކްޓަރާއި ބައްދަލު ކުރުމަށެވެ. ދެވަނަބުރީގައި ހުރި ކޮޓަރިތަކުން ‘ޑރ.ފިރްދައުސް ކަމާލް’ ޖަހާފައިވާ ކޮޓަރީގައި ޓަކި ޖަހާލުމަށް ފަހު ދޮރު ހުޅުވާލިއެވެ.

މޭޒު މަތީގައިވާ ލެޕްޓޮޕްގެ ސްކްރީނަށް ބަލަހައްޓައިގެން އެއްއަތުން ކޮފީތަށި ހިފައިގެން އިނީ އަންހެނެކެވެ. އޭނާ އިނީ ކަޅުކުލައިގެ ޝޯލެއް އޮޅައިގެން މުނާ ދެއަަތްތިލަ ފިޔަވާ އެހެނިހެން ތަންތަން ނިވާވާކަހަލަ ގަޔަށް ދޫ ހެދުމެއް ލައިގެންނެވެ. ތުނި ހަށިގަނޑެއްގެ ވެރިއެކެވެ. މަޑު މޭކަޕެއްގައި ހުރިއިރު އެއީ ވަރަށް ޒުވާން އަަންހެން ކުއްޖެއްކަން ފާހަގަވިއެވެ. ޑޮކްޓަރުގެ އަތުގެ އިޝާރާތަށް އެކޮޓަރި ތެރޭގައިވާ ސޯފާ ސެޓުގައި ތިން މީހުން އިށީނެވެ. ސޯފާގެ ކުރިމައްޗަށް އިން ފާރުގައި ސްމާޓް ބޯޑެއް ހަރުކުރެވިފައި ހުއްޓެވެ.

“އަޅުގަނޑު މީ ފިރްދައުސް…. އަލީނާގެ ބެލެވެރިން ދެއްތޯ؟…. ކިހިނެއްތޯވީ…” ޑރ. ފިރްދައުސް ވާހަކަ ދެއްކުމުގައި ހުރީ ވަރަށް ހިތްހެޔޮ މަޑުމައިތިރި ގޮތެކެވެ. ޑޮކްޓަރާ މުޚާތަބުކޮށް ވާހަކަ ދެއްކީ ރިޒާއެވެ. “އަލީނާއަށް ކިހިނެއްތޯ މިވަނީ؟… އޭނާ ރަނގަޅު ކުރެވޭނެތޯ؟…”

“އާދެ،.. އޭނަ ރަނގަޅު ކުރެވޭނެ….. އަލީނާގެ މައްސަލައާއި ބެހޭގޮތުން ދެވިފައިހުރި މަޢުލޫމާތުތަކަށް ބަލާ އެނާގެ ބިހޭވިއަރ މޮނިޓަރ ކުރުމުން އަޅުގަނޑަށް އެނގުނު ގޮތުގައި އަލީނާ ކުރިމަތިލަމުން އެދަނީ ޑިޕްރެޝަންގެ އެއް ވައްތަރާ…..”

ރިޒާކުރި ސުވާލަށް ޖަވާބުދެމުން ޑރ.ފިރްދައިސް ސްމާޓް ބޯޑް ކައިރިއަށް އައިސް ހުއްޓުނެވެ. ސްމާރޓް ބޯޑު ހުޅުވާލުމަށްފަހު އަތުގައި ވާ މާރކަރެއް ފާޑުގެ ދަނޑިކޮޅަކުން ސްކްރީންގައި ޖައްސާލުމުން ފައިލްތަކެއް ހުޅުވިއްޖެއެވެ. އޭގެތެރެއިން ޑިޕްރެޝަން ނަމަކަށް ޖަހާފައިވާ ފައިލެއް ހުޅުވާލިއެވެ. އަނެއްކާވެސް ޑރ.ފިރްދައުސް ވާހަކަ ދައްކަން ފެއްޓިއެވެ. “މިހާރު ތި ފެނި ވަޑައިގަންނަވަނީ ޑިޕްރެޝަންގެ ވައްތަރުތައް…. ޑިޕްރެޝަން ބެހިގެން ވަނީ ނުވަ ބަޔަކަށް…. އޭގެތެރެއިން އަލީނާއަށް ފެންނަމުން މި ދަނީ ‘ސައިކޮޓިކް ޑިޕްރެޝަން’ ގެ އަލާމާތްތައް….”

ސްކްރީނުން ފެންނަންހުރި ޑިޕްރެޝަންގެ ލިސްޓަށް ބަލަން ތިބި މީހުންގެ ތެރެއިން އެންމެ ފުރަތަމަ ސުވާލުކުރީ މައިލަގޮޑިއަށް ކެތްނުވެފައިވާ ހާލުގައި ސީމާއެވެ. “މިބަލީގެ އަލާމާތްތަކަކީ ކޮބާ؟”

ސީމާގެ ސުވާލަށް ފަހު ޑރ.ފިރްދައުސް އޭނާގެ އަތުގައިވާ ދަނޑިކޮޅުން އެ ނަމަށް ފިތާލިއެވެ. ދެން ހުޅުވިގެން ދިޔަ ސަފްހާގައި ސައިކޮޓިކް ޑިޕްރެޝަންގެ މަޢުލޫމާތުތައް ފެންނަން ހުއްޓެވެ. “ސައިކޮޓިކް ޑިޕްރެޝަން ހުންނަ މީހުން ތަޖުރިބާ ކުރަމުން ދާނެ ‘މޭޖަރ ޑިޕްރެޝަން’ ގެ އަލާމާތްތައް… އޭގެތެރޭގައި ހިމެނޭ ކަންތައްތަކަކީ މާ ބޮޑަށް ވަރުބަލިވުން… ފޫހިވުން…. އަވަސް މިނެއްގައި ބަރުދަންލުއިވުން ނޫނީ އިތުރުވުން…. ކެއުމާ ދުރުވުން…. އެހެންމީހުންނާ ވަކިވެ އެކަނި އުޅެން ބޭނުންވުން… ނިދި މަޑުވެ ނުނިދުމުގެ ސަބަބުން ބޮލުގައި އާދަޔާ ޚިލާފަށް ރިއްސުން… އަމިއްލައަށް މަރުވާން އުޅުން… މިކަމަކީ ޖެނެޓިކަލީ ވާރުތަކުރާވެސް ކަމެއް… އޭގެ މާނައަކީ އާއިލާ ތެރޭގައި މިކަހަލަ ކަމެއް ދިމާވެފައިވާ މީހަކު ހުންނާނެ… ލޭގެ ގުޅުމުން މިކަން ވާރުތަކުރާނެ…. މޭޖަރ ޑިޕްރެޝަންގެ އަލާމާތްތަކުގެ އިތުރަށް ފާހަގަވާ ކަންތައްތަކަކީ…. ހަޤީގަތެއް ނެތް ޚިޔާލީ މަންޒަރުތައް ލޯމައްޗަށް ސިފަވުން… މޮޔަ ވާހަކަ ދެއްކުން…”

ބަލީގެ އަލާމާތްތައް ކިޔައިދިނުމުން ސީމާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ހަރިއްޔާއަށް ދިމާވި ކަންތައް މަތިން ހަނދާންވިއެވެ. އަދި އެބަލީގައި ހަރިއްޔާ މަރުވިގޮތްވެސް ހަނދާންވިއެވެ. ސީމާއަށް ކުރަމުން ދިޔަ އަސަރު ރިޒާއަށް ފާހަގަވިއެވެ. އެހެންކަމުން ރިޒާ ސީމާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

ޑރ.ފިރްދައުސް ދެއްކި ވާހަކައަށް ތާއީދު ކުރާގޮތަށް ބޯޖަހަމުން ރިޒާ ވާހަކަ ދެއްކިއެވެ. “އާދެ އަލީނާގެ މާމަ… އަޅުގަނޑުގެ މަންމަ މޮޔަވި… މުޅިން ހަމަނުޖެހޭ ވާހަކަ ދައްކާނީ… މަންމަ ރަނގަޅު ކުރަން އަޅުގަނޑުގެ ބައްޕަ އެކިކަހަލަ ފަންޑިތަވެރިން ގެނެސްގެން މަސައްކަތްކުރި…. އެކަމަކު…..” ރިޒާގެ އަރުތެރެ ބެދުމުގެ ސަބަބުން އިތުރަށް ވާހައެއް ނުދެއްކުނެވެ. ސީމާ ގެ އަތުތެރޭގައިވާ ރިޒާގެ އަތުގައި ސީމާއަށް ފިރުމާލެވުނީ ރިޒާއަށް ހިތްވަރު ދިނުމަށެވެ.

ޑރ.ފިރްދައުސް ގެ މޭޒުމަތީގައި ހުރި ފެންފުޅި ރިޒާއަށް ދިއްކޮށްލިއެވެ. އަދި ރިޒާ ފެންބޮއި ނިމުމުުން ޑރ.ފިރްދައުސް ވާހަކަ ދެއްކަން ފެއްޓިއެވެ. “އެހެންވީއިރު މިހާރު މަންމަ ކޮބާ؟… ރަަނގަޅުތަ؟…” ދެއަތަށް ބޯ ހޫރާލަމުން ސީމާ ބުނެލިއެވެ. “މަންމަ އެއްކޮށް ރަނގަޅު ނުވަނީސް ނިޔާވީ…” ހިތްވަރު ދިނުމުގެ ގޮތުން ޑރ.ފިރްދައުސް ސީމާގެ ކޮނޑުގައި ހިފާލުމަށްފަހު ވާހަކަ ދައްކަން ފެއްޓިއެވެ. “މިބައްޔަކީ ފަސޭހަ ކުރަން ވަރަށް އުނދަގޫ ބައްޔެއް…”

ޑރ.ފިރްދައުސްގެ ޖުމްލަތަކުން ހައިރާންވެ ހުރެ ރިޒާ އަހާލިއެވެ. “ދެން ކިހިނެއް ހަދައިގެންތޯ ރަނގަޅު ކުރެވޭނީ؟…އަޅުގަނޑުމެން އަލީނާ ރަނގަޅު ކުރަން ބޭނުން…. ހުރިހާ ކަމެއް ކުރަން މި ތިބީ ތައްޔާރަށް….”

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޑރ.ފިރްދައުސް ސީމާމެންގެ ގާތުގައި ހުރި ހުސް ގޮނޑިއެއްގައި އިށީނެވެ. ސީމާމެންނާ ދިމާލަށް ގުދުވެލުމަށްފަހު ދެއަތް ޖޯޑުކޮށްގެން ވާހަކަ ދައްކަން ފެށިއެވެ. “ފަރުވާ ނުދީ ހުރެއްޖެނަމަ މި ބަލީގެ ސަބަބުން ބަލި މީހާއަށް ފެންނަ ޚިޔާލީ މަންޒަރުތަކަށް ލެނބި އެ ދުނިޔޭގައި އުޅެން ފަށާނެ… އެހިސާބުން އަތުން ފައިން ގޯސްހެދި ގިނަ މީހުން މަރާ ކުރިމަތި ލާ ހިސާބަށްދޭ… މިބުނީ އަމިއްލައަށް މަރުވާ ވާހަކަ…. ލޮލަށް ފެންނަ ޚިޔާލީ މަންޒަރުތަކުން ބަލިމީހާއަށް އުނދަގޫވެ އެކަންތަކުން ސަލާމަތްވާން އޮންނަ އެންމެ ފަހު ކަމެއްގެ ގޮތުގައި މަރުވުން އިޚްތިޔާރު ކުރެވެނީ….”

ޑރ.ފިރްދައުސްގެ ވާހަކަ އެހިސާބުން މެދުކަނޑާލަމުން ގޮނޑިން ތެދުވެ ސްމާރޓް ބޯޑު ކައިރިއަށް ގޮސް ހުއްޓުނެވެ. “މިކަމަށް އޮންނަ ހަމައެކަނި ފަރުވާއަކީ ‘އިލެކްޓްރޯ ކޮނވާރސިވް ތެރަޕީ’ ނޫނީ އީ.ސީ.ޓީ އޭވެސް މީހުން ކިޔައި….” ޑޮކްޓަރ އެބުނަނީ ކޮންކަހަލަ ތެރަޕީއެއް ކަން މިޝްކާގެ ސިކުނޑިއަށް ނަގައި ގަނެވުނީ އަލީނާގެ ހަށިގަނޑުގައި ރަތްވެފައި ހުރި ތަންތަން މަތިން ހަނދާންވުމުންނެވެ.

“އެއީ ކޮންޓްރޯލްޑް އިލެކްޓްރޯނިކް ސްޓިމުލޭޝަން…. މީގެ ސަބަބުން ސިކުނޑިތެރޭ އުފެދެމުން އަންނަ ޚިޔާލީ ދުނިޔެއިން މީހާ ވަކިކޮށްދޭ…” ސްމާރޓް ބޯޑުން ފޮޓޯތަކެއް ހުޅުވާލަމުން ޑޮކްޓަރ ވާހަކަ ދެއްކިއެވެ.

އެ ފޮޓޯތަކުން ފެންނަމުން ދިޔައީ އެނދުމަތި ކުރެވިފައިވާ ބަލިމީހާގެ އަތާއި ފައި އައްސާފައިވާ މަންޒަރެވެ. އަދި ބޮލުގެ ވަށާ ދަގަނޑު ފާޑުގެ ހެލްމަޓެއް އަޅުވާފައިިވާ ތަނެވެ. އެ ހެލްމެޓްގެ އިތުރުން ނިތްކުރިިމަތިން މަރުވަޅު ކައިރީގައި ޕްލާސްޓިކް ދެ ފޮތި ތަތް ކޮށްފައިވާ މަންޒަރެވެ.

“މީތޯ ކޮންޓްރޯލްޑް އިލެކްޓްރޯނިކް ސްޓިމުލޭޝަން ދޭ ގޮތަކީ؟… އަލީނާއަށް ވަނީ މިފަަރުވާ ދޭން ފަށާފައި ދެއްތޯ؟…..” މިޝްކާއަށް އެ ފެންނަމުން ދިޔަ ފޮޓޯތަކުގެ ސަބަބުން ހިމޭނަކުން ނުހުރެވުނެވެ. ހިތުގައި ފެންމަތިވަމުން އައި ސުވާލުތައް ބަންޑުން ކޮށްލިއެވެ.

މިޝްކާއާއި ހަތަރުކަޅި ހަމަކުރަމުން ޑޮކްޓަރ ވާހަކަ ދައްކަން ފެއްޓިއެވެ. “އާދެ… އަލީނާއަށް މިވަނީ މިފަރުވާ ދެވެން ފައްޓާފައި…. އާންމު ގޮތެއްގައި މި ފަރުވާ ދީ ހަދަނީ މެޑިކޭޝަން ފަރުވާއިން އެއްވެސް އަސަަރެއް ކުރަން ނުފެށުމުން… މަސްތަކެއްގެ ފަރުވާއަށް ފަހު ބަލިމީހާއަށް އެކަށީގެންވާ ކުރިއެރުމެއް ނާންނަކަމަށް ވަންޏާ މި ފަރުވާ އަޅުގަނޑުމެން ދޭން ފައްޓަނީ… ނަމަވެސް އަލީނާ މިތަނަށް ގެނައި އިރުވެސް ހިފަހައްޓަން ވަރަށް އުނދަގޫވި…. އޭނާގެ ގަޔަށް އަރުވަމުން ދިޔަ އާދަޔާ ޚިލާފް ބާރާއި، ވައްތަރުތަކާއި، ވާހަކަތައް މެދުނުކެނޑޭ… ކޮންމެ ފަހަރަކު ނިދާ އިންޖެކްޝަން ޖަހަން ޖެހެނީ…. އެހެން ކަމުން ރޭގަ އަޅުގަނޑުމެން އެންމެ ފުރަތަމަ ފަހަރަށް އީ.ސީ.ޓީ ދޭން ނިންމީ…. އަލީނާ މިކޮޅަށް ގެނައި ފަހުން ކާއެއްޗެއްވެސް ނުކައި… ބޭސްވެސް ނުދެވޭ… އެހެންވެ އޭނާގެ ސިކުނޑި ހަމައަކަށް އަޅުވަން އަޅުގަނޑަށް އެ ޑިޒިޝަން ނަގަން ޖެހުނީ….”

ޑޮކްޓަރު ދެން އަޅުވާލީ ވީޑިއޯ ކްލިޕެކެވެ. އޭގެން ފެންނަމުން ދިޔައީ އަލީނާ ހުރި ކޮޓަރީގައި އޭނާ ޖައްސަމުން ދިޔަ ވައްތަރުތަކެވެ. ކާން އެއްޗިހި ގެނައުމުން އެ ހުރިހާ އެއްޗެސް ކޮޓަރި ތެރެއަށް އުކާލައެވެ. ފެން ފޮދެއްހާ ހިސާބުވެސް ނުބޮއެވެ. ދެން އޭނާ ގޮވަމުން ދިޔައީ ރަނާއަށެވެ. “ރަނާ އަހަރެން ސަލާމަތް ކޮށްދީ… ރަނާ އާދޭ… މި މީހުން އަހަރެން މަރާލާނެ….” އަލީނާގެ ބަސްތަކުން ރިޒާއަށާއި ސީމާއަށް ފުން އަސަރުތަކެއް ކުރިއެވެ.

ނުކައި ނުބޮއި އަލީނާ ހުންނަތާ ދެވަނަ ދުވަހުގެ ވީޑިއޯ އެޅުވިއެވެ. އެ ވީޑިއޯގައި އަލީނާގެ އިސްތަށިގަނޑު ވަނީ ކަންފަތު ފޫޅާ ހަމައަށް ކޮށާލާފައެވެ. އެ ދުވަހު ކޮޓަރިއަށް ވެއްދި ފެނާއި ކާއެއްޗެތި އުކާލުމަށްފަހު އަލީނާ ފާހާނާ ތަށިން ފެންނަގައިގެން ބޯން ފަށައެވެ. މި މަންޒަރު ފެނި މިޝްކާއަށް އޯކަށް ދެމެވުނެވެ. ދެން ފެނުނީ ހުދުކުލައިގެ ޔުނީފޯމުގައި ތިބި ބަޔަކު ކޮޓަރިއަށް ވަދެ އަލީނާ ގަދަކަމުން އެ ކޮޓަރިން ބޭރަށް ގެންދިޔަ މަންޒަރެވެ.

ދެން ޑރ.ފިރްދައުސް އެޅުވީ އަލީނާއަށް އީ.ސީ.ޓީ ދިނުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ގެނައި ތަނެވެ. އަލީނާގެ ގަދަ ދައްކަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުގައި އެހާބާރެއް ނެތްކަން އެނގެއެވެ. ކަރުގެ ބުޑުން ހަޅޭއްލަވާ އޭނާގެ އަޑުވަނީ ހަލާކުވެފައެވެ. އެނދުގައި އޭނާ ބޭއްވުމަށްފަހު ހަތަރު މީހުން އޭނަ ހިފެހެއްޓުމަށްފަހު އަތާއި ފައި ޕްލާސްޓިކް އަތްގަނޑެއް ލައްވާ ތަޅުއަޅުވައެވެ. އަލީނާ އަަތަށާއި ފަޔަށް ކިތެންމެ ބާރެއް ގެނައެއް ކަމަކު ގުޑާވެސް ނުލެވުނެވެ. ދެން އޭނާގެ ބޮލުގައި އެ ހެލްމެޓް އަޅުވާ ޝޮކް ޖައްސަން ފަށައެވެ. ދެދަތްޕިލަ ދެމެދަށް ޕްލަސްޓިކް އެއްޗެއް ލައްވައެވެ. ދެން ޝޮކް ޖެއްސުމުން އަލީނާ ގަޔަށް ބާރު އަރައެވެ. ފަސްވަރަކަށް ސިކުންތު މަޑުކޮށްލުމަށްފަހު ޝޮކް ދޫކޮށްލައެވެ. މިގޮތަށް ތިން ފަހަރު ޝޮކް ޖެއްސުމަށް ފަހު ބޮލުގައިވާ ހެލްމެޓް ވަކިކޮށްލުމަށްފަހު އަލީނާ ބޭއްވިއެވެ. އޭރު އޭނާއަށް ވަނީ ނިދިފައެވެ. ދެލޯ ވަނީ މެރިފައެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (41)

  1. Kotharivilla

    Me first… V v v nic. Bt maa bodah beykaaru baithah hurikamah faahaga vey. Hop next time u will minimize that and will put some important end interesting parts??

    1. Shax Lyn
      Kotharivilla

      Thanks…. Kotharivilla… hope ull like next part more…. 🙂 im not changing anypart of story… just bbringing it as I have written… but next part will be interesting…

  2. zee

    Hahaha… salhi story…. i wish raajjeyga moyainge jospitaleh hunnanama… like this… mihaaru maa moyain ginaeee….

    1. zee
      zee

      Moyainge hospitaleh 😉

  3. Mal

    Yey!!!me first….wow..

  4. Kul

    vv nice

  5. Anonymous

    Dhen okey…. but am more interested tto know abt ranaaa… varah keh madhjvey ebai kiyaa hiyvaneee.. overall story husha alhaadheyhoiy habeys…

    1. Shax Lyn
      Anonymous

      thanks anonymous…. ya Ranaa Chapter is the interesting part… keep waiting…. 🙂

  6. Aby

    What will happen next?? Curious.. great work shaaz

  7. Orchid

    Need to know more about ranaa. Curious!

  8. shif

    Waiting for the climax. .. varah interesting. .keep it up

  9. Rana

    Reethi but this last 2 episodes not so v.interesting unlike the previous ones.. Mulhin present ga othyma kanneyge.. Kudakoh past or future ge manzareh hurinamaey hithan eri…rana or mishka n saleem ge namaves 😉

    1. Shax Lyn
      Rana

      ooohhh… so eep waitin for next episode.. I think ull like that part more…. 🙂 thank u for reading…. and sharing ur views… 😉

  10. ziyada

    mA my imadudhin ga kiyavaadhey myheh e school v kada nudhey trophy eh kyhkuran shield eh haaethivx foohi schooleh aee vvv kada ;$

  11. ziyada

    He he he story vv nice ekam kyp ir up 😉

  12. Petite

    Wowww its amazing.. i love this story.. waiting for the next part

  13. Firu

    Interesting as usual. Waiting for the next part ??????

  14. Aleena

    So dhen aleena ah fennaanee dhw ranaa ah aslu v goi. Neyva hifahattaigen kiyunee mibai. Aleena fakeeru. Curious vejje aleenaa thikantha gandun salaamai v gotheh balaalan. Can hardly wait. Sifa kurun v reethi. Every detail s there. Heevany ethaa ulhevun hen. M a fainthearted person, cnt read such things, ehenve ehaa like eh nuvey mi part. Bt these things happens in real dhw. Mi part vs hama salhi..

    1. Shax Lyn
      Aleena

      oohhh…. sorry cause u cant read such things… but thanks for ur support… hope ull like next episode…. 🙂

  15. Ahmed Ammu

    v habeys. It’s so interesting 😀

  16. m@ Dhy

    Vvv salhi kuriyah dhaa goiyh.

  17. nuzoo

    vaahaka hadi…… shif

    1. shif
      nuzoo

      Nuzoo kaley hadi ey kiyaafa ves hama nukiya nuhureveyne dhow. .yageeney vaahaka up vaa irah enmme kurin kiyanee nuzoo kan..reethi kamun ehen bunan nukerigen hadi ey kiyanee..

    2. Ibrahim
      nuzoo

      Nuzu….huree shif aah hithaavefa hama

    3. Shax Lyn
      nuzoo

      oooh am sorry…. nuzoo ah mi vaahaka kamu nudhaathy… eki meehunnah kamudhaanee eki kahala vaaahaka…. kurin baigaves hadiyey bunefa in… hope u like my next story…. tc n thanks for reading so far… 🙂

  18. Shax Lyn

    Thanks for ur support….In-Sha Allah next episode on Monday… keep waiting…. 🙂 <3

  19. Anonymous

    this story is amazing…keep it up.??

  20. Shaa

    V reethi story..keep it up.??

  21. nuzoo

    shif ae bunaa irah iburaahima kaleyah kon thuraaleh tha thivanee… balaaennu..mashah heevanee kaley hen eynaya hithaa vegen netten neygigen thiulhenee…

    1. shif
      nuzoo

      Nuzoo kaley varah hithaa vey dhow mashaa. ..Mi story ge enmme bodu fan akee hama nuzoo

  22. nuzoo

    vaahaka kiyan fasha iraku neh dhw comment kureveynee only vaahaka reethi meehunnashey.. so plz hajam… kaleymennakah neygeyne ma kiyan jehey vashaka eh nukiyan jehey vaahaka eh.. understand… u better understand

  23. Xai

    nuxoo kaley comment nukoh hurumaky mi vaahaka kiyamundhaa ehn kudhinge vrh bodu edhumeh ??.. shax ge mi vaahaka hama habeyss ?? waiting for the next part desperately

  24. me

    v unique intresting story eh.. kurin vaahaka eh nukiyan.. someone told me abt ur story nd 1st part kiyaalaafa nukiyaeh nuhurevunu.. 🙂 v nice.. Keep it up.

  25. nuzoo

    kaleyakah neygeyne ma comment kuran viyas nuviyas… ok.. be in your limit zaima ot zaifa whatever

  26. nadhee

    nice

  27. ridha

    kon aharaku tha alina ah mikan dhimaa vegen miulheny. heevany future hen hospital sifa kohffai huri gothun. but ECT dhey goiy sifa kohdhyfai oiy iru heevany v kury zamaanugai ekan kuraa gotha sifa kohfai oiy hen. hurihaa gothakun technelogy kuri eri iru Brain Stimulation Therapies dhey gotha ehves kuri erume naadhe tha.

  28. ahareN

    thiya sifakurumah magey salaam..

  29. Xai

    nuzuha or nuzura.. I don’t know dhn whatever ?? kaley mi vaahaka hama hadi ey kiyaafa vx baraabarah nukiyaa comment nukoh nuhurevey dhw.. Thihaa vaahaka ah lobi kuraa myhakaa adhi dhimaeh nuvey.. LOL ??

  30. Lana

    Kobaaaa its Monday already

  31. Shax Lyn

    vaahaka uploading now….. 🙂 sorry for delay…… anyways still its Monday…. enjoy episode 17

  32. aish aleena

    its as usual very nice

Comments are closed.