ކޮއްކޮގެ ލޮލުގައިވާ ކަރުނަ އަހަރެންނަށް ފެނުނެވެ. ކޮއްކޮ ބޭރަށް ބަލަހައްޓައިގެން ހުރުމުން މަންމަވެސް ބޭރަށް ބަލާލިއެވެ. ނަމަވެސް އޭގެ ކުރިން އަހަރެން ބޭރަށް ނިކުމެއްޖައީމެވެ. އަދި ބޮލުގައި އިން އަވި އައިނު އަޅައިގެން ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. އަހަރެން ސައިކަލުގައި މަޑުކޮއްލީ މިހާރު އަހަރެން ދިރިއުޅޭ ކޮޓަރި ހުންނަ ގެސްޓް ހައުސް ކައިރިއަށެވެ. ސައިކަލު ޕާކް ކޮއްލުމަށްފަހު ދެތިންނޭވާ ބޭރުކޮއްލީމެވެ. އަދި އައިނު ރަނގަޅު ކޮއްލަމުން ސައިކަލުން ފައިބާ ސައިކަލު ތަޅުދަނޑި އަބުރަމުން ގެސްޓް ހައުސް […]
ޑރ.ފިރްދައުސް އެޅުވި ވީޑިޔޯއަކީ އަލީނާއަށް އީ.ސީ.ޓީ ދިނުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ގެނައި ތަނެވެ. އަލީނާގެ ގަދަ ދައްކަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުގައި އެހާބާރެއް ނެތްކަން އެނގެއެވެ. ކަރުގެ ބުޑުން ހަޅޭއްލަވާ އޭނާގެ އަޑުވަނީ ހަލާކުވެފައެވެ. އެނދުގައި އޭނާ ބޭއްވުމަށްފަހު ހަތަރު މީހުން އޭނަ ހިފެހެއްޓުމަށްފަހު އަތާއި ފައި ޕްލާސްޓިކް އަތްގަނޑެއް ލައްވާ ތަޅުއަޅުވައެވެ. އަލީނާ އަަތަށާއި ފަޔަށް ކިތެންމެ ބާރެއް ގެނައެއް ކަމަކު ގުޑާވެސް ނުލެވުނެވެ. ދެން އޭނާގެ ބޮލުގައި އެ […]
ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. އަރާމު ނިންޖަކުން ނިދާލާފައި އޮތް ލިވްޔާ ސިއްސައިގެން ދިޔައީ ކައިރީގައި ބާއްވާފާ އޮތް ފޯނު ރިންގުވާންފެށުމުންނެވެ. ދެލޯ އުނގުޅާލުމަށްފަހު ކައިރީގައި އޮތް ފޯނުނަގައި ހަލޯ އޭ ބުނެލުމާއެކު އެކޮޅުން އިވުނު އަޑަކުން ލިވްޔާގެ ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. ފުޅާ ހިނިތުންވުމަކާއިއެކު ފޯނު ކަނޑާލުމަށްފަހު ލިވްޔާ އޭނާގެ ހޭވިފާވައި ދިގު ދިގު އިސްތަށިގަނޑު އަތުން ރީތި ކޮއްލިއެވެ. އަދި ދުވަމުން ކަހަލަ ގޮތަކަށް ގޮސް ގޭގެ މައިދޮރު ހުޅުވާލިއެވެ. ފޯނާ ކުޅެންހުރި ނާއިކް ދޮރުހުޅުވިގެން ދިޔަ […]
އިޒްކާން ޔަޝްމްގެ އަތް ނައްޓުވާލުމަށްފަހު އަވަސް ވެގަތީ އުށްބައްތިއެއް ރޯކުރުމަށެވެ. އިޒްކާންގެ އަތުގެ ބީހުމުން ހަމަހޭވެރިކަން އައި ޔަޝްމްއަށް އަނދިރީގެ ތެރޭން އެއްޗެއް ފެނޭތޯ ހޯދާލެވުނެވެ. ދާދި ގާތުން މީހަކު ހަރަކާތްކުރާހެން ހީވިއެވެ. އެއާއެކު ޔަޝްމްއަށް ހަޅޭއްލަވައިގަނެވުނެވެ. ޔަޝްމް އުޅެނީ ބިރުންކަން އެނގުމުން އިޒްކާން އަތްމަތި އަވަސްކޮށްލަމުން އުށްބައްތިއަކާއި ލައިޓަރެއް ނަގައި އުށްބައްތި ރޯކޮށްލިއެވެ. އިސާހިތަކު އޭގެ ފަނޑު އަލި ކޮޓަރިއަށް ފެތުރިގެން ހިނގައްޖެއެވެ. ޔަޝްމް ނޭވާހިފަހައްޓާލައިގެން އިނދެ އިޒްކާންއަށް ފުން ނަޒަރެއް ދިނެވެ. މީގެ އިރުކޮޅެއް […]
“ކާކު ގަބޫލު ކުރާނީ އޭނަ އެކަހަލަ ކަމެއް ކުރާނެކަމަށް” އަހަރެންގެ އެކުވެރިޔާ ވާހަކަ ދެއްކިއެވެ. އެހެންމީހެއް ކީކުރަންހެއްޔެވެ. އަހަރެންނަށްވެސް އޭނަ އެކަހަލަ ކަމެއް ކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަހަރެން އޭނަ ނުލާހިކު ރަނގަޅަށް ދަންނަމެވެ. އޭނައަކީ އަހަރެންގެ އެންމެ ކުޑައިރުގެ ރަހްމަތްތެރިއެކެވެ. އަހަރެންނާއި އޭނަ ދިމާވެފައިވަނީ ސްކޫލް ދައުރުގައެވެ. އޭރުވެސް އޭނައަކީ މަޑުމައިތިރި އަހްލާގު ރަނގަޅު ބަސްމަދު ކުއްޖެކެވެ. ދެން މިއަދު އޭނަ ކުއްލިއަކަށް އެކަހަލަ ބޮޑު ކަމެއް ކުރާންވީ ކީއްވެ ހެއްޔެވެ. “އޭރުވެސް އަހަރެންނަށް […]
ޝާމިން އެގޮތަށް ވަޅުގަނޑު ތެރޭ ބޭންދުމަށްފަހު ހަސަނު އަނެއްކައިވެސް މަސް ބޭނުމަށްޓަކައި ކަންވާރި އޮޅާފައިވާ ފުޅިން ބައެއް ނިއުޅުވާލުމަށް މޫދަށް އެއްލިއެވެ. އިސާ ހިތަކު މަސްބެވެން ފެށުމުން ހަސަނު ހުރީ ވަރަށް އުފަލުންނެވެ. އިތުރު މީހަކު އެތާ ހުރިހެންވެސް ހަސަނަށް ހީނުވެއެވެ. މޫދުގެ ދިޔަވަރު ބޮޑުވަމުން އައި ވަގުތެވެ. ކުއްލިއަކަށް އެއްގަމަށް ބީއްސާލި ރާޅު އައިސް ޝާމިންގެ މޫނަށް ޕައްގޮއްވާލިއެވެ. އެވަގުތު ޝާމިންގެ ލޮލުގެ ތެރޭގައި ހުރި ވެލިތަށް ދޮވެވިގެން ދިޔައެވެ. ދެލޮލަށް އަތައިގަތް ފިލައާއި އެކު […]
އަނޫފުއާއި ޒަޔާލް އަންހެން ވެރިން ކައިރިއަށް ދިޔައެވެ. އަނޫފު ކަތި ނަޒަރަކުން ފިޔާ ކޮށަން އިން ޝައުނާއާއި ދިމާލަށް ބަލާލިއެވެ. ރައުނާ އަށާއި ސާނިޔާއަށް އެތަން ފެނި ދެމީހުން ދެމީހުންގެ މޫނަށް ބަލާލިއެވެ. “ދެން ތިކަހަލަ ނަޒަރުތަށް ދޭނެކަމެއް ނެތް ރީއްޗަށް ބުނަން ވީނު ޝައުނާ އިނީމައޭ މިއައީ…” ރައުނާ ސާނިޔާއާއި ދިމާލަށް ބަލާލަމުން އެހެން ބުނެލާއިރަށް ޝައުނާ އިސް އުފުލާ ބަލާލިއެވެ. އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. ނަމަވެސް އެކަން ފޮރުމުަށްޓަކައި އިސްޖަހާލައިގެން ފިޔާ ކޮށަމުން […]
ޒަރީނާ ގަދަކަމުން ޝާމިން ގެންދާ މަންޒަރު ސަނާ ބަލަން ހުރީ ފެންކަޅިވެފައެވެ. ނަމަވެސް އެމަންޒަރު ބަލަން އިން މަރީނާގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ފަދައެވެ. މަރީނާ މިއޮއް ހާއި ދުވަހު އެކަމަށް އިންކާރު ކުރީ ރަށުމީހުން އަނެއްކާވެސް ފަތުރަން ފަށާނެ ވާހަކަ ތަކާއި ދޭތެރޭ ވިސްނާލާފައެވެ. އެއްގޮތަކަށް ވެސް މަރީނާ ބޭނުން ވެގެންނެއް ނޫނެވެ. *** *** *** ޝާމިން އެގެއަށް ގެނައުމަށްފަހު ޝާމިން އަށް އެ ގޭގެ ތަންތަން ދައްކާލުމަށްޓަކައި ޒަރީނާ އުޅުނެވެ. ޝާމިންގެ […]
“އަ… އަހަރެން….. ޒިލާލް އަހަންނަށްފެނުނީ ހުވަފެނުގައި…..” ހަނާ ވާހަކަދެއްކީ އާގަންނަމުންނެވެ. އިރުޝާދު ހަނާއާއި އާބިދާއަށް ކިޔެވެލި ކިޔެވިވަގުތުގައި ވީހުރިހާކަމެއް ކިޔާދިނެވެ. ބިރުންގޮސް އާބިދާގެދެފައި ތުރުތުރު އަޅައިގަނެގެންދިޔައެވެ. “މާތްކަލާކޯ… ހަނާދެކެ… ލޯބިވާ ޖިންނިއެކޭ؟” އާބިދާގެއަޑު ކިރިޔާނިކުންނަ ކަމެވެ. “ހަނާ ކިޔައިދީބަލަ.. ހުވަފެނުގައި ޒިލާލް ކީތްތަކުރީ؟. ” އިރުޝާދު އިތުރަށް އެނގެން ބޭނުންވިޔެވެ. ހަނާ ކަމެއްސިއްރުކުރާކަން އިރުޝާދުއަށް އެނގުނެވެ. “އަހަރެން ހަނދާނެއް ނެތް ހުވަފެނުގައި ވީގޮތެއް.” ހަނާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. ހަނާއެކަނި ބާއްވަން ބޭނުންނުވާތީ އާބިދާވެސް […]