Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (4ވަނަ ބައި)

Eyesh Level 210 Stories100 Comments
December 4, 2015 2 Mins Read
23 Comments

“އައްސަލާމުއަލައިކުމް” … ސަމީރާ ދޮރާއިދިމާލަށް ބަލައިލިއިރު ޒައިން އޭނާގެ މަންމައާއި ބައްޕަ އެކީގައި ދޮރުމަތީގައި ތިއްބެވެ. ސަމީރާއެމީހުން ވައްދައި ސޯފާގައި ބޭތިއްބިއެވެ. އަދި ތަބަކެއްގައި ޖޫސް ހިފައިގެންް އައިސް އެމީހުންނަށް ދިނެވެ. “އަފާ… ދަރިފުޅާ ޒައިންމެން އައިސްފި… އާދެބަލަ އަވަހަށް.” ސަމީރާ އަފާގެ ކޮޓަރީގެދޮރުގައި ތަޅަމުން ގޮވިއެވެ.
މޫސަވެސް އައިސް ޒައިންގެ މައިންބަފައިންނާއި ސަލާމްކޮށް ހެދުމަށްފަހު ކާމޭޒުދޮށުގައި އެމީހުންނާއިއެކު އިށީނެވެ. އަފާއާއި ވަސީމްވެސް އައިސް އެމީހުންނާއި ބައިވެރިވިއެވެ. ތަފާތުއެކި ވާހަކަތައް ދައްކަމުންގޮސް އަފާއާއި ޒައިންގެ ކައިވެނީގެ ތާރީޚުވެސް ހަމަޖެއްސިއެވެ. ފަސްމަސް ފަހުން ކައިވެނިކުރާގޮތަށް ނިންމީ ޒައިން އިތުރަށް ފައިސާއެއްކުރަން ބޭނުންވާތީއެވެ.
ޒައިންއަކީ ބައްޕަނެތް ކުއްޖެއްކަމަކު މޫސައަށް ޒައިން ވަރަށްކަމުދިޔައެވެ. ޒައިންފަދަ ހަރުދަނާ ކުއްޖަކާއި އަފާގުޅެން ނިންމުންވީ މޫސައާއި ސަމީރާ ވަރަށް އުފާވިކަމަކަށެވެ. ޒައިންގެ އިސްތަށިގަނޑު ދިގުކޮށްފައި ހުރުމުން މޫސަ ހިތްހަމަނުޖެހޭނެކަމަށް އަފާ ހީކުރިނަމަވެސް ކަންތައްވީ އެއާއި މުޅިންޚިލާފަށެވެ. ޒައިންވީ މޫސައަށް ވަރަށް ކަމުދާކުއްޖަކަށެވެ. ދެއާއިލާއިންވެސް ޒައިންއާއި އަފާގެ ގުޅުމަށް މަރުހަބާކީ އުފަލުންނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ އަފާއާއި ޒައިންގެ ލޯބީގެ ބަގީޗާ އިތުރަށް އާރޯވަމުންނެވެ. ޒައިން ސަލީމްގެ އޮފީހުގައި ހޭދަކުރާވަގުތުތައް ގިނަކުރިއެވެ. ރައްޓެއްސަކާއިއެކު އަމިއްލަ ވިޔަފާއެއް ފެށުން ވެގެންދިޔައީ ޒައިންއަށް އިތުރުފައިސާ ލިބުމަށް ހުޅުވުނު އާދޮރަކަށެވެ. އަފާއާއި ކައިވެނި ކުރުމަށްޓަކައި ޒައިން ތައްޔާރުވަމުން ދިޔައެވެ. ދެއާއިލާއިންވެސް ޒައިންގެ ހަރުދަނާކަމަށް ތައުރީފުކޮށް ހިތްވަރުދިނެވެ.
ގަޑިން ހެނދުނު ހަޔެއްޖެހީއެވެ. އަފާއަށް ހޭލެވުނީ ފޯނު ރިންގުވާއަޑަށެވެ. ހަލޯއޭބުނުމާއެކު އިވުނީ ރީޝާ ރޯއަޑެވެ. ގިސްލަމުން އަފާކައިރީގައި އޭނާ ބަލައި އެގެއަށް އައުމަށް އެދުނެވެ. އިތުރުވާހަކައެއް ނުދައްކައި ރީޝާ ފޯނުކަނޑައިލުމުން ވެގެންއުޅޭގޮތެއް އަފާއަކަށްނޭގުނެވެ. ނިދާފައިއޮތް ވަސީމުއަށް ގޮވާހޭލައްވާފައި ރީޝާ ގެނެސްދިނުމަށް އަފާއެދުނެވެ. ވަސީމް ވީއުފަލެއްގެ ބޮޑުކަމުން އަވަސް އަވަހަށް ތައްޔާރުވެލައިގެން ނުކުތެވެ. އަދި މީގެކުރިން އެންމެ ފަހަރަކުވެސް ރީޝާ ވަސީމްގެސައިކަލުގެ ފަހަަތަށް އަރާފައިނުވާތީ ލިބުނުފުރުސަތު ގެއްލުވައިލާކަށް އޭނަބޭނުމެއް ނުވިއެވެ.
ވަސީމް ސައިކަލު މަޑުކޮށްލުމާއިއެކު ދޮރުމަތީގައިހުރި ރީޝާ އަވަސްއަވަހަށް ސައިކަލުފަހަތުގައި އިށީނީ އޭނާގެލޮލުން ފައިބަމުން ދިޔަކަރުނަތައް ފޮހެލަމުންނެވެ. ރީޝާ ކިތަންމެވަރަކަށް ފޮރުވަން މަސައްކަތް ކުރިނަމަވެސް ވަސީމްއަށް ރީޝާރޮނީކަން އެނގުނެވެ. “ކިހިނެއްވީ؟ ކީއްވެ ތިރޮނީ؟” ރީޝާ ރޯތަން ބަލާކަށް ވަސީމްއަށް ކެތެއްނުވިއެވެ. ” ތަނަކަށް ތަދުވަނީތަ؟ މީހަކު އެއްޗެކޭ ބުނީތަ؟.. ނޫނީ މީހަކު ކަމެއް ކުރީތަ؟.” ވަސީމްގެ އެއްވެސް ސުވާލަކަށް ރީޝާ ޖަވާބު ނުދިނުމުން ވަސީމް ސައިކަލު ސްޓާޓް ކޮށްލިއެވެ. ގެއާހިސާބަށް ދެވުންއިރުވެސް ރީޝާއަށް ރޮވެނީއެވެ. ސައިކަލުގެ ލޯގަނޑުން އިރުއިރުކޮޅާ ވަސީމް ރީޝާގެމޫނަށް ބަލައިލައެވެ.
އަފާފެނުމާއިއެކު ރީޝާއަށް ބާރަށް ރޮވުނެވެ. އަފާ ރީޝާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. “ރީޝާއަށް ކިހިނެއްވީ؟” ސިޓިންރޫމްގައިހުރި ސަމީރާ ވަސީމްއާއި ސުވާލު ކުރިއެވެ. ވީގޮތެއް ނޭނގޭ ކަމުގައި ބުނުމަށްފަހު ވަސީމްގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.
އަފާގެ އުނގުގައި ބޯއަޅައިގެންއޮވެ ރީޝާރޮމުން ދިޔައެވެ. އަފާ ރީޝާގެބޮލުގައި ފިރުމަމުން ހުއްޓާލުމަށް ބުންޏެވެ. އެތައްއިރަކު ރުއިމަށްފަހު ވަރަށް ހިތްވަރުކޮށްފައި ރީޝާ ވެގެންއުޅޭގޮތް ކިޔައިދޭން ފެށިއެވެ. ” ހޫދު…. ހޫދު ބޭނުމެއް ނޫނޯ މަށާއެކު އުޅޭކަށް…. އޭނަ މިހާރު މަދެކެލޯތްބެއް ނުވެޔޯ…އޭނަ އެންމެލޯބިވާ ކުއްޖާ އޭނައަށް ލިބިއްޖެޔޯ…. މަ ވަރަށް އާދޭސް ކުރިން. އެކަމަކު އޭނަމަށާ ރުޅިވެއްޖެ.. މަ އެހާވަރުން އުޅުނީމަވެސް އެހެރީ އޭނަ ކަންތައްކުރިގޮތް… މިހާދުވަހު އެއްކޮށްއުޅެފަ…. ދެމީހުން ދޭތެރޭ އެހާގިނަ ކަންތައްވެސް ވެފައިއޮއްވާ އޭނަ އެދިޔައީ.. ދެންކިހިނެއް ހަދާނީ؟..” ރީޝާ ވާހަކަ ދެއްކީ ގިސްލަމުންނެވެ. އަފާ ރީޝާއަށް ނަސޭހަތްތެރިވީ އިތުރަށް ހޫދުއަށް ނުގުޅުމަށެވެ. އޭނަމަތިން ހަނދާން ނައްތާލަން ކިތަންމެ އުދަގޫވީނަމަވެސް އެކަން ކުރުމަށެވެ. އަފާދިން ހިތްވަރުން ރީޝާނިންމީ ހޫދުގެނަން އޭނާގެހިތުން އެއްކޮށް ފޮހެލުމަށެވެ.
ރީޝާ ގިނަގިނައިން އަފާމެންގެ ގެއަށް އައިސް އުޅެންފެށިއެވެ. އަފާއާއިއެކު ގިނަވަގުތު ހޭދަކުރުން ވެގެން ދިޔައީ ހޫދުގެ ހިޔާލުތަކާއި ދުރުވާން ލިބުނުހިތްވަރަކަށެވެ.
ކޮންމެދުވަހަކު ރީޝާ ބަލައިގޮސް އަދި ގެއަށް ގެންދަން ޖެހޭތީ ވަސީމް ހުންނަނީ ވަރަށް އުފަލުންނެވެ. އެކަމަކު އަދިވެސް ވަސީމްގެ ހިތުގެއަޑު ރީޝާއަށް އިއްވަން އޭނާވަނީ ފަސްޖެހިފައެވެ.
އާދުވަހަކަށް އިރުއެރީ ޒައިންގެދިރިއުޅުމަށް ކަޅުބޯވިލާގަނޑެއްގެ ހިޔަނިއެޅެމުންނެވެ. ދޮރުގައި ޓަކިޖަހާއަޑަށް ނައިމާގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ތިބީ ޕޮލިސް ޔުނީފޯމުގައިތިބި ތިންފިރިހެނުންނެވެ. “އަޅުގަނޑުމެން މިއައީ ލިބިފައިވާމައުލޫމާތެއްގެ ދަށުން މިގެބަލާފާސްކުރަން. މިއޮތީ ކޯޓުއަމުރު.” ހައިރާންވެ އަނގަ ހުޅުވިފައިހުރި ނައީމާގެ އަތަށް ކޯޓުއަމުރު ލިޔެފައިވާ ކަރުދާސްގަނޑު ދިއްކޮށްލަމުން އެމީހުން ގޭތެރެއަށްއަށްވަދެ ތަންތަން ހޯދަންފެށި އެވެ. ޒައިންގެ ކޮޓަރިއަށްވަދެ ފާސްކުރުމަށް ފަހު އޭނާގެ އަތުގައި ބިޑިއަޅުވައިގެން ގެއިންނެރުނެވެ. ޒައިން ހުރީއިސްޖަހާލައިގެންނެވެ. ނައީމާ ރޮމުންގޮސް ޒައިންގެ ގައިގާ އޮޅުލައިގަތެވެ. “އަހަރެންގެ ދަރިފުޅު ކީއްތަ ކުރީ؟.. އޭނާތިޔަގެންދަނީ ކީއްވެތަ.” ޒައިންގެ ގައިގައި ބާރަށް ބައްދައިގެންހުރެ ނައީމާ ރޮމުންދިޔައެވެ. އޭރު ކުޑަކުޑަ އަލްވިޝް ބިރުން ރޮނީއެވެ. އައިސްތިބި ޕޮލިހުންގެ ތެރެއިން އިސްކޮށްހުރި މީހާ ނައީމާގެއަތުގައިހިފާ ޒައިންއާއި ދުރުކޮށްލިއެވެ. “ދައްތަ ކޯޓުއަމުރު ކިޔާލަބަލަ. އަހުމަދު ޒައިން ފައިސާގެވަގު ވިޔަފާރިކުރާކަމަށް އަޅުގަނޑުމެންނަށް ވަނީ މައުލޫމާތު ލިބިފަ. އަޅުގަނޑުމެން މިއަދާކުރަނީ އަޅުގަނޑުމެންގެޑިއުޓީ.” ނައީމާ އެއީތެދެއްތޯ ޒައިންކައިރީގައި އެހުމުން ޒައިން އިސްޖަހާލިއެވެ. ޒައިންގެ އެހަރާތުން ނައީމާއަށް އެނާކުރި ސުވާލުގެ ޖަވާބިލިބިނެވެ.
ސަލީމުއައިސް ގެއަށް ވަތްއިރު ނައީމާ އަޑުންއަޑުނަގާ ރޮނީއެވެ. ވެގެން އުޅޭގޮތް އެނގުމުން ސަލީމްއަށްވެސް ރޮވިއްޖެއެވެ. ޒައިން އެވަރުގެކަމެއް އެކުރީ އޭނާއަށް ކޯއްޗެއް މަދުވެގެން ހެއްޔެވެ. ސަލީމް ރޮވިފައިހުރެ އަފާއަށްއަށް ގުޅައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ލިބުނު ޝޮކެއްގެސަބަބުން ސިޓިންރޫމުގައި ޓީވީބަލަންއިން އަފާގެއަތުން ފޯނުދޫވެގެންވެއްޓުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ހުވަފެނެއްބާ؟ (4ވަނަ ބައި)

Next

ކިއާރާ

Next
December 5, 2015

ކިއާރާ

Previews
December 4, 2015

ހުވަފެނެއްބާ؟ (4ވަނަ ބައި)

23 Comments!

  1. Eyesh says:
    December 4, 2015 at 11:34 pm

    Hi everyone. Mi part mihaa kurukoh genes dheefai mivanee dhimaavi kuda kamaa gulhigen. I hope everyone will understand and like this part too. Thanx for reading my stories ?

  2. maalu says:
    December 4, 2015 at 11:35 pm

    Vvv reethi

    1. Eyesh says:
      December 4, 2015 at 11:40 pm

      Thanx maalu ?

  3. maalu says:
    December 4, 2015 at 11:36 pm

    Me first yayy

  4. Petite says:
    December 4, 2015 at 11:53 pm

    V nice story.. keep it up.. waiting for the next part 🙂

    1. Eyesh says:
      December 5, 2015 at 1:32 am

      Thanx petite ☺

  5. shainy says:
    December 5, 2015 at 12:00 am

    V salhi, next part dhigu kohlahchey

    1. Eyesh says:
      December 5, 2015 at 1:33 am

      Thanx shainy ☺

  6. sam says:
    December 5, 2015 at 1:35 am

    Comment kohlaa kudhin haadha childish ey dho. Huriha kudhin ves beynun vanee 1st dho. Mi story hama varah salhi.. zain n afaa dhuru nukurahchey. Love this story ♡

    1. Eyesh says:
      December 5, 2015 at 10:05 am

      Thanx sam. M glad that u loved it ? afa aa zain ah vaanegoteh adhi neyge ehnu dhw ?

  7. Ahmed Ammu says:
    December 5, 2015 at 5:42 am

    Nice. 🙂 keep it up

    1. Eyesh says:
      December 5, 2015 at 10:07 am

      Thnx ammu ? n thnx for ur support besty ?

  8. samma says:
    December 5, 2015 at 8:07 am

    v v v nice….. 🙂

    1. Eyesh says:
      December 5, 2015 at 10:07 am

      Thnx samma ?

  9. mmmmmm, says:
    December 5, 2015 at 8:34 am

    V nice story eh

    1. Eyesh says:
      December 5, 2015 at 10:08 am

      Thanx dear ?

  10. nuhnu says:
    December 5, 2015 at 10:25 am

    Story hama vrh salhi…baeh meehun mah comment kuran neygenee:)

    1. Eyesh says:
      December 5, 2015 at 10:30 am

      Thanx nuhnu ?

  11. Shabee says:
    December 5, 2015 at 10:43 am

    dhn kihinehbaa vaaany???? 😮 😮 😮 zain dhn ekahala kameh kuraanehenh hieh nuvey….. dhn ingidhaanethaa dhw nxt prt kiyaalyma…vrh kiyaahithun miiny…. 😀 nxt prt dhigu kh genesdhehchey 😉 all da bst 🙂

    1. Eyesh says:
      December 5, 2015 at 11:33 am

      Thanx Amreeeee ?
      Thanx shabee.. zain ge hageegai ves engidhaane thaa dhw ? thnx for reading my stories

  12. Amreeeee says:
    December 5, 2015 at 11:00 am

    thankolheh reechah vaahaka dhakkan dhaskobba.. vaahaka liyan neygey meehun ge vaahaka nukyma veenun.. insaanunah januvaarunge namun muhaathab kuraa iru evves ladheh neh dho.. vaahaka varah reethi eyesh.. 🙂 waiting for the next part. 😀

  13. shif says:
    December 5, 2015 at 12:16 pm

    Chyydii.. Meena noony noolhey comment kureway meeheh.. Hayaai kuda.. Amilla mamma aa dhimaayah thihen kiyaabala..

  14. fentey says:
    December 5, 2015 at 12:30 pm

    mi shif ah varugadha bondi eh dhineema dhw maithiri vanee…. abadhu firihenun kotari ah vaddhain ulheyya landeh libidhaane… inzaaru

Comments are closed.

Next Episodeލޯބީގާ ވާތީފަނާ… (5ވަނަ ބައި)←


All Right Reserved!