Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ކަނޑުފެން (ސަތާރަވަނަ ބައި) KanduFen – P-17

Shax Lyn Level 4100 Stories10 Stories500 Comments100 Comments
December 7, 2015 9 Mins Read
22 Comments

ޑރ.ފިރްދައުސް އެޅުވި ވީޑިޔޯއަކީ އަލީނާއަށް އީ.ސީ.ޓީ ދިނުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ގެނައި ތަނެވެ. އަލީނާގެ ގަދަ ދައްކަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުގައި އެހާބާރެއް ނެތްކަން އެނގެއެވެ. ކަރުގެ ބުޑުން ހަޅޭއްލަވާ އޭނާގެ އަޑުވަނީ ހަލާކުވެފައެވެ. އެނދުގައި އޭނާ ބޭއްވުމަށްފަހު ހަތަރު މީހުން އޭނަ ހިފެހެއްޓުމަށްފަހު އަތާއި ފައި ޕްލާސްޓިކް އަތްގަނޑެއް ލައްވާ ތަޅުއަޅުވައެވެ. އަލީނާ އަަތަށާއި ފަޔަށް ކިތެންމެ ބާރެއް ގެނައެއް ކަމަކު ގުޑާވެސް ނުލެވުނެވެ. ދެން އޭނާގެ ބޮލުގައި އެ ހެލްމެޓް އަޅުވާ ޝޮކް ޖައްސަން ފަށައެވެ. ދެދަތްޕިލަ ދެމެދަށް ޕްލަސްޓިކް އެއްޗެއް ލައްވައެވެ. ދެން ޝޮކް ޖެއްސުމުން އަލީނާ ގަޔަށް ބާރު އަރައެވެ. ފަސްވަރަކަށް ސިކުންތު މަޑުކޮށްލުމަށްފަހު ޝޮކް ދޫކޮށްލައެވެ. މިގޮތަށް ތިން ފަހަރު ޝޮކް ޖެއްސުމަށް ފަހު ބޮލުގައިވާ ހެލްމެޓް ވަކިކޮށްލުމަށްފަހު އަލީނާ ބޭއްވިއެވެ. އޭރު އޭނާއަށް ވަނީ ނިދިފައެވެ. ދެލޯ ވަނީ މެރިފައެވެ.

އޭގެ ފަނަރަވަރަކަށް މިނިޓު ފަހެވެ. ހަޅޭއް ލަވަމުން ރޯ މަހެއްހެން ތެޅެން ފަށައެވެ. ދެއަތާއި ދެފައި ހައްޔަރުވެފައި ވުމުގެ ސަބަބުން މާ ބޮޑުގުޑުމެއް ނުގެނެވެއެވެ. އަލީނާ ލޯ ބޮޑުކޮށްގެން އޮވެ ތެޅެމުން ދާ މަންޒަރު ފެނުނެވެ. ދެން އެނާ ނޭވާލާން އުނދަގޫވެގެން އުޅޭހެން ހީވުމުން ހުދު ޔުނީފޯމުގައި ތިބި މީހުންތައް އައިސް އޭނާގެ އަތާއި ފައި މިނިވަން ކޮށްލިއެވެ. އަދި ކައިރީ ހުރި ފެން އެއްޗެއްގެ ތެރެއަށް އަލީނާގެ ކަރުގައި ހިފާ ގަންބާލިއެވެ. ފެންގަނޑު ތެރޭގައި ހަރަކާތް ހުއްޓިފައި އިރުކޮޅަކު އޮތުމަށްފަހު އަލީނާގެ ދެއަތް ސަލާމަތްވުމަށް ތަޅުވަން ފެށިއެވެ. ހާސްވެގެން ތެޅެން ފެށުމުން އެމީހުން އަލީނާ ނަގާ އެނދުމަތީގައި ބޭންދިއެވެ.

އިސްތަށިގަނޑުއެކީ ވަނީ ތެމި ފޯވެފައެވެ. މޫނުމަތީގައި އަތްކާއްތަމުން ފެންތައް ފޮހެމުން އަލީނާ ރޮމުން ވާހަކަ ދެއްކިއެވެ. މިހާރު ކުރިން އަރުވަމުން ދިޔަ ވަރުގަނޑުވަނީ މައިތިރިވެފައެވެ. “މަންމަ… މަންމަ ކައިރިޔަށް ދާން ބޭނުމީ…. މިޝްކާ ގެނެސްދީބަލަ… ޕްލީޒް….”

ޤަވާއިދުން ކައިގެން ބޭސް ކާނަމަ މިޝްކާމެން ގެނެސްދިނުމަށް ޑޮކްޓަރ އެއްބަސް ވިއެވެ. އެހިސާބުން އަލީނާއަށް ގެނެސްދިން ރޭގަނޑުގެ ކެއުން ކެއުމައިގެން އަވަސްވެގަތެވެ. ކާންގެނައި ތަށީގައި އޮތީ ޕާން ފޮއްޗަކާއި، މަސްކޮޅަކާއި، އާފަލެކެވެ. އެ އެކީ ކައި ހުސްކޮށްލިއެވެ. އަދި އެއަށްފަހު އެމީހުން ގެނެސްދިން ބޭސްވެސް ފެންފޮދަކާއި އެކު އަލީނާ ދިރުވާލިއެވެ.

ވީޑިއޯ ކްލިޕް ނިއްވާލިއިރު މިޝްކާއަށް އަލީނާ ކިޔައިދިން ވާހަކަ ހަނދާންވިއެވެ. އަލީނާ ކޮޓަރީގައި ހުރެ އެ ދެއްކީ މި ކަންތައްތަކުގެ ވާހަކައެވެ. އަލީނާގެ ވީޑިއޯއަށް ބަލަމުން ދިޔަ ސީމާއަށް ކެތްނުކުރެވިގެން ރޮނީއެވެ. ރިޒާއަށްވެސް ވަނީ އެކަމުން ވަރަށް އަސަރުކޮށްފައެވެ. އެމީހުން އެންމެ ބޮޑަށް އަޖައިބުވަނީ އަލީނާ ރަނާގެ ނަމުން ގޮވާތީއެވެ. އަލީނާއަށް ރަނާއެއް ނޭނގޭނެއެވެ. އެހެންްވީއިރު ރަނާ ގާތުގައި ސަލާމަތަށް އެދި އާދޭސްކުރަނީ ކީއްވެގެންކަން އެއީ އެމީހުންނަށް ނުވިސްނުނު ކަމެކެވެ. ރިޒާ ހަމަޖެހިލަން މަސައްކަތް ކުރަމުން އޭނާގެ ނިންމުން ހާމަކުރިއެވެ. “އަހަރެން ބޭނުންވަނީ އަލީނާ ސްޓޭބަލް ވީމާ މެލޭޝިޔާއަށް ގެންދަން… އެކޮޅުގައި ހުންނާނެ މިކަމަށް ވަރަށް މޮޅު ޑޮކްޓަރެއް… ޑޮކްޓަރ އާރިޝް… އެއީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް….”

ކަމެއް ހަނދާންވެގެން އަހާ ފަދައަކުން ޑރ.ފިރްދައުސް އަހާލިއެވެ. “ތިބުނުއްވަނީ ޑރ.އާރިޝް ފިޒާމްގެ ވާހަކަތޯ؟…” ޖަވާބުގައި ރިޒާ ބޯ ޖަހާލަމުން އާއެކޭ ބުނެލިއެވެ. އަނެއްކާވެސް ވާހަކަ ދެއްކީ ޑރ.ފިރްދައުސެވެ. “އެއީ އަޅުގަނޑާ އެކީ ކިޔެވި ޑޮކްޓަރެއް… ވަރަށް މޮޅު ބޭފުޅެއް އެއީ… މައްސަލައެއް ނެތް ކުރިއަށް އޮތް ހަފްތާ ތެރޭގައި އަލީނާގެ ބިހޭވިއަރ އެއްވަރެއްގައި ހިފަހައްޓާ ލެވިއްޖިއްޔާ ޑިސްޗާރޖް ކުރެވިދާނެ….”

ޑޮކްޓަރާއި ވާހަކަ ދައްކާ ނިމުމަށްފަހު ތިންމީހުން ޑރ. ފިރްދައުސާއި ސަލާމް ކުރުމަށްފަހު އެ ކޮޓަރިން ނުކުތީ ގެއަށް ދިޔުމަށް އަޒުމް ކަނޑައަޅައިގެންނެވެ. މިޝްކާގެ ހިތުތެރޭގައި ގޮތްނޭނގޭ ބިރުވެރިކަމެއް އުފެދެމުން ދިޔައެވެ. އަލީނާއަށް މިވަމުން ދިޔަ ކަންތައްގަނޑުގެ ތެރޭގައި ރަނާގެ ނަން ބޭނުން ކުރެވުނީ ކީއްވެގެން ހެއްޔެވެ. ރަނާ އާއި އަލީނާއާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ.

*** *** *** *** ***

މިޝްކާ ދައްކަމުން އައި ވާހަކައަށް ހުއްޓުމެއް އައީ ވެއިޓަރު ގެނެސްދިން ބިލަށް ފައިސާ ދެއްކުމަށް ކަޔާން މަޑުޖެހިލުމުންނެވެ. ފޯނުން ގަޑި ބަލާލިއިރު އޭރު ހެނދުނު އެގާރަ ޖަހަނީއެވެ. އުޑުމަތި ވަނީ ބޯ ވިލާތަކުން ބަނަ ކޮށްލާފައެވެ. އެހެން ކަމުން ކަޔާން އަވަހަށް ބިލަށް ފައިސާ ދައްކާލުމަށްފަހު އެ ކެފޭއިން ނުކުތުމަށް ހިނގައިގަތެވެ. މިޝްކާގެ އަތް ދަބަސް ކޮނޑުގައި އަޅުވާލައިގެން ކަޔާންގެ ފަހަތުން ނުކުމެ އާޓިފިޝަލް ބީޗާ ދިމާލަށް ހިނގައިގަތެވެ.

އެ ދެމެދުގައިވާ ހަމަހިމޭންކަން ނަގާލަން ކަޔާން ވާހަކަ ދައްކަން ފެއްޓިއެވެ. “އެއީ ދޯ އަލީނާ މެލޭޝިޔާއަށް ދިޔަ ގޮތަކީ…. އެކަމަކު އަހަރެން ކައިރީ ބުނި ކެރިއަރއަށް ހުރަސް އެޅޭ ކަހަލަ ކަމެއް ކުރާކަށް ބޭނުމެއް ނޫނޭ…. އަސްލު ކަޔާން ހީކުރީ އަލީނާ ދިޔައީ ކިޔަވަން ކަމަށް….”

ކަޔާން އެ ސުވާލުތައް ކުރާނެކަން މިޝްކާއަށް މާކުރިން އެނގެއެވެ. “އަލީނާ ކިޔަވަމުން ދިޔަ ކޯސް އެހިސާބުން ޖެހުނީ މެދުކަނޑާލަން…. ސީމައްތަ ބޭނުމެއް ނުވި އެކަންތައް އެއްވެސް މީހަކަށް އަންގާކަށް…. އޭރުވެސް ރަށުތެރޭގައި އަލީނާ މޮޔަވީއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކަމުން ދިޔައީ… އެހެންވެ އަހަރެން އެ ވާހަކަތައް ސިއްރުކުރީ… ސީމައްތަ ބުނިބުނުމަކަށް… އަސްލު ކަޔާން އުޅުނު ގޮތް ފެނިފަ މިޝްވެސް ވަރަށް ދެރަވި…. އެކަމު އެ ވާހަކަ އޭރު ކިޔައި ނުދިނީ އެ ސަބަބަށްޓަކައި… އައިމް ސޯ ސޮރީ ކަޔާން…” ކަޔާނަށް އެ ދުވަހު ދޮގު ހަދައިގެން ވާހަކަ ދައްކަން ޖެހުނު ސަބަބު މިޝްކާ އޮޅުން ފިލުވައި ދިނެވެ.

ކަޔާން ހުރީ އިންތިހާއަށް ދެރަވެފައެވެ. އެވަރުގެ ބޮޑު ކަންތައް ގަނޑަކާއި އަލީނާ ހަނގުރާމަ ކުރިއިރު އެކަމުގައި އަލީނާއަށް އެހީތެރިވެ ދިނުމަށް ކަޔާނަށް ނުހުރެވުނީމައެވެ. “ފަހުން ހިތަށް އެރި ކީއްވެހޭ ފޭސްބުކް ޑީ އެކްޓިވޭޓް ކުރީ…. ދެން ހިތަށް އެރި ރަނގަަޅަށް ވިއްޔާ އަލީނާ އާ އައިޑީއެއް ހެދީއްޔޭ… އަލީނާއަށް ކޮންމެވެސް އެހެންމީހަކު ފެނުނީއްޔޭ…” ކަޔާންގެ ވާހަކަ މެދުކަނޑާލުމުން މިޝްކާ ސުވާލުކޮށްލިއެވެ. “މަޒީން…. ކޮބާ ވާހަކަ ސަޅިތަ؟….”

ކަޔާނަށް ސިހުންވިއެއް ކަމަކު މިޝްކާ އެ މުޚާތަބު ކުރީ އޭނަައަށް ކަން އެނގުނެވެ. “އޯ… ވާހަކަ ވަރަށް ސަޅިއޭ ތޫބާ…. ބައިދަވޭ ވިޝާލާ ތި ދެމީހުން ބްރޭކް އަޕްވުން އެއީ ކިހިނެއް ވީކަމެއްތަ؟… މިހާރު ކޮން ބިޓެއް ނަގައިގެން ތި އުޅެނީ….”

ލުއި ހިނިތުންވުމަކާއި އެކީ ތުންފަތަށް ވައްތަރެއް ޖައްސަމުން މިޝްްކާ ވާހަކަ ދެއްކިއެވެ. “އަސްލު ނޭނގެ ކީއްވެކަމެއް އެ ރިލޭޝަން ވޯކެއް ނުކުރި…. ޚިޔާލު ތަފާތީ…. ސޯ އެހިސާބުން ނިންމާލީ…. ބަޓް އަދިވެސް ވީއާ ގުޑް ފްރެންޑްސް….” މިޝްކާގެ ޖަވާބަށް ރައްދުދެމުން ކަޔާން ހިނިގަނޑެއް ޖަހާލިއެވެ. “އޯ…. ކަޔާނަކަށް ގެޓެއް ނުވޭ… ކިހިނެއް ފްރެންޑްސް ހެން އުޅޭނީ…. ހެހެހެ…. ޖަސްޓް ކިޑިންގް އިނގޭ…” މަޖީދީ މަގާ ހަމައިން މިޝްކާ ހުއްޓުނެވެ. އަދި އޭނާ އެހިސާބުގައި ހުރި ގެއަަކަށް ދާ ވާހަކަ ބުނެލިއެވެ.

އަލީނާގެ ކަޅު މާޒީ ހިއްސާ ކޮށްދިނީތީ އެކަމާ ފަށްފަށުން މިޝްކާއަށް ޝުކުރު އަދާ ކުރަމުން ކަޔާން މިސްރާބު ޖެހީ ކަޔާންގެ ގެއަށެވެ.

ގޭގެ ދޮރު ހުޅުވާލި އިރު ދުވަމުން ދިޔަ މީރުވަހުން މަންމަ ކޮންމެވެސް ހާއްސަ ކެއުމެއް ތައްޔާރު ކުރަނީ ކަން އެނގުނެވެ. ގޭތެރެއަށް ވަދެގެން އައިސް ކާކޮޓަރި ދޮރުމަތީ ކަޔާން ހުއްޓުނެވެ. އެވަގުތު މަރީޝާ ދޮރާ ދިމާލަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. “ކަަޔާން…. މަންމަ ކަޔާންގެ ފޯނަށް ވަރަށް ގުޅިން…. މަންމަ ހޭލި އިރު ކަޔާން ނެތް ގެއަކު…. ކޮންތާކުން ތި އައީ؟….”

މަރީޝާ ކޮށަން ހުރި ކެރެޓް ތަށިން ކެރެޓް ކޮޅެއް އަނގަޔަށް ލަމުން ކަޔާން އޭނާގެ މަންމައާއި ވާހަކަ ދެއްކިއެވެ. “މިއައީ މިޝްކާއާއި އެކީ ބްރެކްފާސްޓަކަށް ގޮއްސަ…. ކޯއްޗެއް ތި ކައްކަނީ؟….” ކަޔާންގެ ސުވާލަށް މަރީޝާ މިހަދަނީ ފަރާޓާ އާއި ޑެވިލްޑް ޗިކަން ކަމަށް ބުންޏެވެ.

ކަޔާން އަވަސް ވެގަތީ އޭނާގެ ކޮޓަަރިއަށް ދިޔުމަށެވެ. މާގިނަ އިރުތަކެއްް ނުވެއެވެ. ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރުބަލަން ހުރިއިރު ކަޔާންގެ ސިކުނޑިއަށް އާވަމުން ދިޔައީ އެ ދަތުރުގެ ހަނދާންތަކެކެވެ. ދަތުރުގައި ދިމާވި ހާދިޘާއެވެ. ވައިގަދަވެ ވިއްސާރަވެ އަލީނާ ގެނބެން ފެށި މަންޒަރެވެ. އަލީނާ އެ ތޫފާނީ ރޭގައި ސަލާމަތް ކުރެވުނީ ހަމަ ކިރިޔާއެވެ. ނަމަވެސް އެރެއަކީ އެހެން މީހެއްގެ ފުރާނަ މިދުނިޔެއާއި އަލްވަދާއު ކީ ރެއެކެވެ.

ފުން ޚިޔާލުތަކަށް ގެއްލިފައި ވަނިކޮށް އެ ހަނދާންތަކުން ވަކިކޮށްލީ ބާރު ގުގުރީގެ އަޑުފައްގަނޑުންނެވެ. ވާހަކަ ފޮތް ހިފައިގެން އެނދުގައި ހަމަޖެހިލިއެވެ. އެންމެ ފަހުން ކިޔާފައިވާ ޞަފްޙާ އަށް ހުޅުވާލިއެވެ.

*** *** *** *** *** ***

ހުރިހާ އަންހެން ކުދިން އޭރު ތިބީ ވަރުބަލި ވެފައެވެ. ބޯޅަ ބަލާ މޫދާ ދިމާލަށް މަޒީން މިސްރާބު ޖެހުމުން ފަހަތުން ދުވެފައި ވިޝާލް ދިޔައެވެ. ގޮނޑުދޮށުގައި ރާޅު ބީއްސާ ހިސާބުގައިވާ ބޯޅައިގައި ވިޝާލް ފައިން ޖެހުމުން މޫދުގެ ތަންކޮޅެއް ބޭރަށް ބޯޅަ ދިޔައެވެ. އެހިސާބުން މަޒީނާއި ވިޝާލް އެކީހެން މޫދު ތެރެއަށް ފުންމާލައިގެން މިސްރާބު ޖެހީ އެންމެ ކުރިން އެ ބޯޅަ ނަގަން ދެވޭނީ ކާކަށްތޯ ބެލުމަށެވެ. މި މަންޒަރު ބަލަންތިބި ހުރިހާ އެންމެން އެކަމުގައި ބައިވެރިވާން މޫދަށް އެރި ފުންހިސާބަށް ދިޔުމަށް ފަތައިގަތެވެ.

މަންޒަރު ބަލަން ދޮންވެލިގަނޑު މަތީގައި ޒީކް އިށީނދެލައިގެން އިނީ އަތުގެ އިނގިލިތަކުން ގާކޮޅުތަކެއް ނަގައިގެން ފަސްއޮށް ކުޅެލަ ކުޅެލައެވެ. މޫދަށް ނޭރި އެއްގަމުގައި މަޑުކޮށްގެން ހުރި އީވާން، ޒީކް ގާތުގައި އިށީނުމަށް ފަހު ވާހަކަ ދައްކަން ފެއްޓިއެވެ. “ކީއްވެ މޫދަށް ނޭރި ތިއިނީ…. ކަނބުލޮއަށް ފަތަން ނޭނގެނީތަ؟”

އިވާނާ ދިމާލަށް ފުން ނަޒަރަކުން ބަލާލުމަށް ފަހު ޒީކް ދެއަތަށް ބޯ ހޫރާލިއެވެ. “ދެން އެހެންވީއިރު ކީއްވެ މޫދަށް ނޭރެން ތީނީ؟… އަނެއްކާ މޫދަށް ނޭރެވޭ ކަހަލަ ދުވަސްވަރަކީތަ؟….” ލާނެއް ގޮތަކަށް އިނދެ އީވާން ދަައްކަމުން ދިޔަ ވާހަކަ އަަޑުއަހަން އިން ޒީކް ރައްދުގައި ވާހަކަ ދެއްކިއެވެ. “ނޫން…. އަސްލު މޫދު ދެކެ ބިރުގަންނަނީ… ފަތަންވެސް އިނގޭ… އެކަމު މާ އޮއި ބާރިއްޔާ ވަރަށް ބިރުގަންނާނެ….” ޒީކްގެ ވާހަކަ މެދުކަަނޑާލިއެވެ. އަދި ދޮންވެލިގަނޑު މަތިން ތެދުވެ ދެއަތް ފޮޅާލަމުން މޫދާ ދިމާލަށް ހިނގައިގަތެވެ. އެ މަންޒަރު ބަލަން ދުރުގައި ތޫބާ ހުއްޓެވެ.

ޒީކް މަޑު ފިޔަވަޅުތަކުގައި ގޮސް ރާޅު ބީއްސަމުން ދިޔަ ދިމާލުގައި ހުއްޓިގެން ހުރުމަށް ފަހު މޫދުގައި މީހުން ތިބި ހިސާބުން ދުރަށް ގޮނޑުދޮށް މަތިން ހިނގައިގަތެވެ. އީވާންވެސް އެދިމާލަށް ޒީކްގެ ފަހަތުން ހިނގައިގަތެވެ. ޒީކްގެ ބަލާލުމަށް އީވާންގެ ހިތް ލެނބެމުން ދިޔައީ ހީވެސް ނުކުރާހާ އަަވަސް މިނެއްގައެވެ. ޒީކްގެ ގާތުގައި ހުއްޓި ޒީކްގެ ކޮނޑަށް އީވާން އަތް ވައްޓާލިއެވެ. ޒީކްގެ ހަރަކާތް ހުންނާނެ ގޮތަކާއި މެދު ވިސްނާލުމެއް ނެތިއެވެ. ޒީކް ލުއި ހިނިތުންވުމަކާއި އެކީ އީވާނާއި ދިމާލަށް ބަލާލަމުން އިތުރަށް އީވާނުގެ ހަށިގަނޑާއި ގާތްވެލިއެވެ.

ދުރުދުރުން މި މަންޒަރު ބަލަންހުރި ތޫބާއަށް، ޒީކްގެ އަމަލުތައް ހުރި ގޮތުން ކުދި ކިއެން ފެށުނެވެ. ޒީކްގެ ފަސް ފަހަތުން ފާރަލާން ދިޔުމަށް ތޫބާގެ ހިތް ބުންޏެވެ. ނަމަވެސް ކުރިއަށް ދާން ފިޔަވަޅު އަަޅާލި ވަގުތު ތޫބާގެ ފަހަތުން އައިސް ވިޝާލް އޭނާގެ އުނަގަނޑުގައި އަތްވަށާލުމަށްފަހު ތޫބާ އުރާލިއެވެ. ވިޝާލްގެ އަތް ދޫކޮށްލާތޯ ތޫބާ ގަދަހަދަމުން ދިޔައެވެ. ނަމަވެސް ވިޝާލް އެއަށްވުރެއް ބާރު ގަދައެވެ. ތޫބާއާއި އެކީ ގޮސް މޫދުގެ ލޮނުގަނޑު ތެރެއަށް ޖެހިގަތެވެ. ތޫބާ މޫދުގެ ލޮނުގަނޑު ތެރެއިން ތެދުވަމުން މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިތައް އަތުން އެއްކައިރި ކޮށްލިއެވެ. އަދި އަނބުރާ ޒީކްމެން ދިޔަ ދިމާލަށް ބަލާލިއެވެ. އަރައިގެން ދިޔައީ ވަޔަށް ކަމެއް ނޫނީ ބިންފަޅާ އަޑިއަށް ކަމެއް ނޭނގުނެވެ. ލޮލުކޮޅަށް ފެންނަ ހިސާބުގައި ޒީކާއި އީވާނެއް ނެތެވެ.

މޫދުގެ ރާޅު ބީއްސަމުން ދިޔަ ހިސާބުން އީވާނާއި އެކީ ޒީކް ހިނގާފައި ދިޔައެވެ. ދެމީހުން އެކީ ގޮސް ހުއްޓުނީ ލެނބިފައިވާ ރުކެއްގެ މަތީގައެވެ. އެ ރުށްވަނީ މޫދާ ދިމާލަށް ލެނބިފައެވެ. ޒީކްމެން އިށީނދެގެން ތިބީ ތިރިއަށް ފައި އެލުވާލައި ގެންނެވެ. މޫދުގެ ލޮނުގަނޑުގައި ފައިތިލަ ޖެހެއެވެ. ދިޔަަވަރު ބޮޑުވެފައި ވުމުގެ ސަބަބުން ޖަހަމުން ދިޔަ ރާޅުގެ އަސަރު އިށީނދެގެން ތިބި ދިމާލަށް ކުރެއެވެ.  ޒީކް އެ ރުށްމަތިން ތެދުވެ ކޮޅަށް ހުންނަން ބެލެންސް ކުރިއެވެ. އަދި މަޑު ފިޔަވަޅު ތަކުގައި ރުކުގެ ކުރިއާ ހަމައަށް ދާން ހިނގައިގަތެވެ. ދެއަތް ފުޅާކޮށްގެން ހުރެ ފައިތިލަ މަޑުމަޑުން ނަގަމުން ރުކުގެ ކުރިއަށް ދިޔައެވެ.

ޒީކް އެހިސާބަށް ދިޔުމުން އީވާންވެސް އަވަސްވެގަތީ ޒީކް ގާތަށް ދިޔުމަށެވެ. ޒީކާއި، އީވާން ގާތްވަމުން ދިޔަ ވަރަކަށް ޒީކް ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ފަންގަނޑެއްގައި ފައި ލަށްވުމުން ދެން ފަހަތަށް ނުގޮސް މަޑު ޖެހެވުނެވެ. އެ ފުރުޞަތުގެ ބޭނުން ހިފުމަށް އީވާން އަވަސްވެގަތެވެ. ޒީކްގެ ހަށިގަނޑާއި ގާތްވަމުން އުނގަނޑުގައި ހިފާ އިވާނުގެ ހަށިގަނޑުގައި ޒީކް ޖައްސާލިއެވެ. ދުރަށް ޖެހެން ބޭނުންވެފައިވާ ހާލުގައި ޒީކް އޭނާގެ އަތުން އިވާންގެ މޭމަތީގައި އަޅާ ކޮށްޕަމުން ދިޔައެވެ. ނަމަވެސް އީވާން ގޮތެއް ދުލެއް ނުކުރިއެވެ. އޭނާ ގެ ބާރުގެ ދަށަށް ޒީކް ގެންނަން ބޭނުންވިއެވެ. ޒީކާއި ގާތްވެ ހަށިގަނޑުގައި ބައްދާލިއެވެ.

ބާރު މިނުގައި އަންނަ ރާޅުތައް ގޮނޑުދޮށަށް ކުދިކުދިވަމުން ދިޔައެވެ. ރާޅުގަނޑުން ބުރުވާލާ ލޮނުފެންތައް ޒީކްމެންގެ ގަޔަށް ބުރަމުން ދިޔައެވެ. އީވާންގެ މުށުތެރޭގައި ޒީކް އޮތީ މަޑު ފުށްގަނޑެއް ހެންނެވެ. އެއްވެސް ގަދައެއް ނުދައްކައެވެ. ވައިގަދަވަމުން ދިޔައެވެ. ޒީކްގެ އިސްތަށިގަނޑު ވަޔާ ވިހުރެން ފެށިއެވެ.

ޒީކްގެ ކަނދުރާ ދަށަށް ގުދުވަމުން އީވާންގެ ދުލުން ބޭރުކޮށްލި ބަސްތައް ޒީކްގެ ކަންފަތުގައި ޖެހުމާއި އެކީ ދެލޯ ބޮޑުކޮށްލިއެވެ. “ހިނގާ ރަށުތެރެއަށް މަޖާ ކޮށްލަން ދާން…. މަށާ ލީވާނާ ޒީކާ…. ސަޅިއެއްނު…” ޒީކް އީވާންގެ ގައިން ދުރަށް ޖެހިލިއެވެ. އަދި ބަލާކަށް ނުހުރެ ރުކުގެ ކޮޅަށް އަރާ މޫދުގެ ތެރެއަށް ޑައިބެއް ޖަހާލިއެވެ. އީވާން ވެސް ޒީކްގެ ފަހަތުން މޫދުގެ ތެރެއަށް ފުންމާލިއެވެ. އީވާން ލޮނުގަނޑުގެ ތެރެއަށް ފުންމާލުމާއި އެކީ ލޮނުގަނޑުގެ ތެރެއިން އަޑިއަށް ފީނާލިއެވެ. އެވަގުތު ޒީކް ފަތަމުން ފެންމައްޗަށް އަރަން ދިޔަ މަންޒަރު ފެނުމުން އެދިމާލަށް އީވާން ފަލި ޖަހައިލިއެވެ.

މައްޗަށް އެރުމާއިއެކު އީވާން ދެލޯ ބާރުކޮށް ފިއްތާލަމުން އެސްފިޔަމަތިން ފައިބަމުން ދިޔަ ލޮނުތައް އަތުން ފޮހެލިއެވެ. ދެލޯ ހުޅުވާލިއިރު ޒީކް ކަނޑާދިމާލަށް ދާ މަންޒަރު ފެނުނެވެ. ހިތުގައި އެފެދެމުން ދިޔަ ޖަޒުބާތުތަކާއި ނުބައި ޚިޔާލުތަކުން އީވާންގެ އެދުން ފުރިހަމަ ކުރުމުގެ ނިޔަތުގައި ޒީކް ގާތަށް ދިޔުމަށް އަވަސްވެގަތެވެ. ފަތާފައި ޒީކް ހުރި ހިސާބަށް ދެވުނު އިރު އީވާން ހުރީ މާނޭވާ ލެވޭ ވަރަށް ވަރުބަލި ވެފައެވެ. ލޮނުގަނޑު މަތީގައި އުއްޑުން އޮށޯވެލަމުން ފުންނޭވާތައް ބޭރުކޮށް މީހާ ހަމައަކަށް އެޅޭތޯ މަސައްކަތް ކުރިއެވެ.

ކުޑަ ވަގުތު ކޮޅަކަށް ފަހު އީވާން ތެދުވެ ޒީކާއި ކުރިމަތި ލިއެވެ. މަޑުމަޑުން ރާގަކަށް ޒީކް “ހޫން.. ހޫން..” ލައްވަމުންނެވެ. ޒީކް އީވާނާއި ގާތްވަމުން އައިސް އީވާންގެ ކޮނޑުގައި އަތް އަޅުވާލިއެވެ. މޫދުގެ ލޮނުގަނޑު ހުރީ ކަރާ ހަމައިގައެވެ. ވިލުތެރޭގައި ކަމުން ދެމީހުންވެސް ފެންމަތީ ތިބީ އަތް ފައި ހަރާކާތް ކުރަމުންނެވެ. ޒީކް އީވާނާއި ގާތްވަމުން ދިޔަ ވަރަކަށް އިވާނުގެ ހިތް އުފަލުން ފޮޅެމުން ދިޔައެވެ. ލީވާން މިތާ ހުރިނަމަ ސަޅިވާނެޔޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. އީވާނުގެ ނޭވާ އިހްސާސްވާހާ ކައިރިއަށް ޒީކް ޖެހިލިއެވެ. އީވާން ޒީކާ ބޮޑަށް ގާތްވެލުމަށް މަސައްކަތް ކުރިއެވެ. އެ ވަގުތު އީވާނުގެ ކޮނޑުމަތީގައި އަޅުވާލައިފައިވާ ޒީކުގެ އަތަށް ބާރުކޮށްލަމުން އީވާނާއި އެކީ ޒީކް ލޮނުގަނޑުގެ ތެރެއަށް ގެނބިގަތެވެ. ކުއްލިއަކަށް ޒީކް އެހެން ހެދުމުން އީވާނަށް ތެޅިގަނެވުނެވެ. އަދި ޒީކްގެ އަތްދޮށުން ސަލާމަތްވެ ލޮނުގަނޑުން މައްޗަށް އަރާ ފުންނޭވާއެއް ބޭރުކޮށްލިއެވެ.

“ކަނބުލޮ މަށަށް ކިހިނެއް ހަދަން ތި އުޅެނީ…. އާދެބަލަ ގޮތެއް ހަދާލާނަން…” އީވާންގެ ލޭކެކި އަރަމުން ދިޔައެވެ.

ހަމައަށް ނޭވާލެވުމުން އީވާން ޒީކާއި ގާތްވެލައި ފުންނޭވާއެއް ލަމުން ޒީކްގެ ތުންފަތުގައި ބޮސްދިނެވެ. ހަމައެއާއި އެކު ދެމީހުން މޫދުގެ ލޮނުގަނޑުގެ އަޑިއަށް ގެނބިގަތެވެ. މޫދުގެ އަޑީގައި ދެމީހުން ގައިގޯޅިކޮށް ތިބިއިރު ޒީކުގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކެއް އީވާނަކަށް ނުފެނުނެވެ. ޒީކްގެ ހަށިގަނޑުގައިވާ ޓީޝާޓާއި ސޯޓުބުރީގެ ފަސްބައި ދިގުވަމުން ދިޔަ ކަން އީވާނަކަށް ނޭގުނެވެ. އިވާނުގެ ދެލޯވަނީ މެރިފައެވެ.

ނޭވާ ކުރުވާން ފެށުމުން އީވާން ލޮނުގަނޑުން މައްޗަށް އެރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އީވާންގެ ފައިގެ ހަރަކާތް ހުއްޓުނެވެ. ފައިގައި އެއްޗެއް ވަށާލަމުން ދިޔަހެން ހީވުމުން ލޮނުގަނޑު ތެރެއިން ފަޔާ ދިމާލަށް ބަލާލެވުނެވެ. ހުދު ފޮތިގަނޑެކެވެ. އެ ފޮތިގަނޑު ދިޔައީ އީވާންގެ ފައިގައި އޮޅެމުންނެވެ. ނޭވާ ކުރުވަމުން ދިޔަ އީވާން ހަޅޭއްލަވަން އަނގަ ހުޅުވާލިއެވެ. އީވާންގެ އަނގަ ފުރިގެން ދިޔައީ މޫދުގެ ލޮނުންނެވެ. އަނގައިން ބޮކިޖަހަމުން ދިޔައެވެ. އީވާން ގައިގައި ހުރި ހުރިހާ ބާރެއްލާ މަސައްކަތް ކުރުމުން ވެސް އެ ފޮތިގަނޑުން ސަލާމަަތެއް ނުވެވުނެވެ. ލޮނުގަނޑުގެ އަޑިއަށް ގެނބެމުން ދިޔައީ ވަރަށް ހަލުވި މިނެއްގައެވެ.

ފަތާފައި ލޮނުގަނޑުގެ މައްޗަށް އެރި ޒީކަށް، މަޒީނާއި ވިޝާލާއި ތޫބާމެން އަތިރިމަތިން އަންނަ މަންޒަރު ފެނުނެވެ. ސަލާމަތަށް އެދި އެމީހުންނަށް ގޮވާ އަތް ހަނާ އަޅާލިއެވެ. ބަލަން މަޑު ނުޖެހި މަޒީނާއި ވިޝާލް އެކީގައި މޫދަށް ފުންމާލިއެވެ. އެ ދެމީހުން ޒީކާ ދިމާލަށް ފަތައިގަތް ތަނާ ޒީކް އަނެއްކާވެސް ފުންނޭވާއެއް ލަމުން ލޮނުގަނޑު ތެރެއަށް ފީނައިގަތެވެ. މަންޒަރު ބަލަން ތޫބާ ހުރީ ވަރަށް ހާސްވެފައެވެ. އެކަކަށްވެސް ވާނުވާއެއް ނޭނގެއެވެ.

މަޒީންމެންނަށް އެހިސާބަށް ދެވުނު އިރު ލޮނުގަނޑު ތެރެއިން ޒީކް އަރާ ފުންނޭވާއެއް ލިއެވެ. މާނޭވާލަމުން އީވާން ގެނބެނީ ކަމަށް ޒީކް ބުންޏެވެ. ލަހެއް ފަހެއް ނުވެ ވިޝާލާއި މަޒީން މޫދުގެ އަޑިއަށް ފީނައިގަތެވެ. ޒީކް ހަމަނޭވާ ލާން ފެންމަތީގައި މަޑުކޮށްލިއެވެ. މާ ގިނަ އިރުތަކެއް ނުވެ، ވިޝާލް ފެން މައްޗަށް އެރިއެވެ. ނަމަވެސް ހުސްއަތާއެވެ. ވަރުބަލިވެފައިވާ ހާލުގައި ޒީކާ ދިމާލަށް ބަލާލަމުން ދެއަތަށް ވިޝާލް ބޯ ހޫރާލިއެވެ. ހަމަ ނޭވާލެވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެ ވަގުތު އެ މީހުން ތިބި ހިސާބުން ތަންކޮޅެއް ބޭރުން މަޒީން އީވާނާއި އެކީ ލޮނުގަނޑު މައްޗަށް އެރިތަން ފެނުނެވެ. ހާސްވެގެން ގޮސް މަޒީން ހުރީ ކޮށި އަރާފައެވެ. ކެއްސަމުން ކެއްސަމުން އީވާން ގެ ހަށިގަނޑުގައި ހިފައިގެން އެއްގަމަށް ފަތައިގަތެވެ. ވިޝާލް އަވަސްވެގަތީ މަޒީނަށް އެހީތެރިވެ ދިނުމުގައެވެ.

ތިންމީހުން އެކީގައި އިވާން ގޮވައިގެން އެއްގަމަށް އައިއިރު ތޫބާ ދަތުރުގެ އެހެން ބައިވެރިންނަށް ގޮވާ ގޮނޑުދޮށަށް ގެނައެވެ. އިވާން ނޭވާއެއް ނުލައެވެ. ނޭވާ ލައްވަން މަސައްކަތް ކުރަމުން މަޒީން ބުނީ އަވަހަށް ލީވާނަށް ގުޅުމަށެވެ. ރާއިފް ފޯނު ބަލާ ޓެންޓުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ. ސީ.ޕީ.އާރު ދެމުން އީވާންގެ އަނގައިގާ އަނގަޖާހާ ފުމެމުން ގޮސް މަޒީން ވަރުބަލި ވީއިރުވެސް އީވާން ނޭވާއެއް ނުލިއެވެ.

މަޒީން މޮޔަޔެއް ހެން އެއްފަރާތަށް ޖެހުނީ ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެން ހުރެއެވެ. އެ ވަގުތު އީވާން ސަލާމަތް ކުރެވޭތޯ މިންނާ ކައިރިވިއެވެ. ފަނަވަރަކަށް މިނިޓުގެ މަސައްކަތަށް ފަހު މިންނާވެސް ވަރުބަލިވެގެން ހުއްޓާލީއެވެ. އޭރުވެސް އީވާން ހޭއަރާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އަތުގެ ކުޑަ ހުޅުގައި ހިފާ ވިންދު ބަލާލުމަށް ފަހު މިންނާ ދެއަތަށް ބޯ ހޫރާލިއެވެ.

އެވަގުތު ރާއިފް ފޯނު ހިފައިގެން ދުވަމުން ދުވަމުން އަންނަ ތަން ފެނުނެވެ. މަރުވެފައިވާ އީވާންގެ މަސްގަނޑަށް ބަލަހައްޓައިގެން ތިބެ އެންމެން ރޮމުން ދިޔައެވެ. ރާއިފްގެ ފިޔަވަޅު މަޑުކޮށްލިއެވެ. އެ ވަގުތު ވިޝާލް ސުވާލުކޮށްލިއެވެ. “ކޮބާ ލީވާނަށް ގުޅިއްޖެތަ؟….” ވިޝާލް ކުރަމުން ދިޔަ ސުވާލު ރާއިފަށް އަޑު ނީވޭ ކަހަލައެވެ. ކުޑަ އިިރުއްސުރެ އެކީގައި އުޅެ ބޮޑުވި އީވާން މަރުވެފައިވާ ތަން ފެނި ރާއިފަށް ދޮންވެލިގަނޑު މައްޗަށް ތިރި ވެވުނެވެ.

ރާއިފްގެ އަތުގައިވާ ފޯނު އަތުލުމަށްފަހު ލީވާންގެ ނަންބަރަށް ވިޝާލް ގުޅާލިއެވެ. ލީވާންގެ ފޯނު ވަނީ ނިއްވާ ލާފައެވެ. އެހެންކަމުން މަޒީނާއި ވިޝާލް ރަށުތެރެއިން ލީވާން ފެނޭތޯ ބަލަން ދިޔުމަށް ހިނގައިގަތެވެ. އޭގެ ކުރިން ފޯނުން ކުޑަހުވަދޫ ފުލުސް އޮފީހަށް ގުޅާ، ގެމެންދޫއަށް ދަތުރުއައިސް އުޅުނު ކުއްޖެއް ގެނބިގެން މަރުވި ޚަބަރު ދިނެވެ.

އީވާންގެ ކުއްލި މަރާއި އެކީ ދަތުރުގެ ފޯރި ކެނޑުނެވެ. ވިޝާލާއި މަޒީނާއި އެކު ރާއިފްވެސް ލީވާން ހޯދުމަށް ރަށުތެރެއަށް ހިނގައިގަތެވެ. ހުރިހާ އަންހެން ކުދިންތައް އީވާންގެ މަރުވެފައިވާ މަސްގަނޑަށް ބަލަހައްޓައިގެން ތިބީއެވެ. ޒީކް ގާތުގައި އިށީނދެގެން އިން ތޫބާއަށް މި ހަދިޘާއިން ޒީކަށް ކުރާނެ ފުން އަސަރު އިހްސާސް ކުރެވެއެވެ. ޒީކް އަނގައިން ބަހެއްވެސް ނުބުނެއެވެ. ހިމޭނުން ހުރީއެވެ. ކަންހިނގައި ދިޔަ ގޮތް އޮޅުން ފިލުވަން ބޭނުންވެ އިނދެ ތޫބާ އަހާލިއެވެ. “ޒީކް އަސްލު ކިހިނެއްތަވީ؟….”

ތޫބާ އިނީ ފުން ނަޒަރަކުން ޒީކާ ދިމާލަށް ބަލާށެވެ. ޒީކް ހުރީ ވަރަށް ދެރަވެފައެވެ. ޒީކް އެވަގުތު ކަންތައް ވީ ގޮތް ކިޔައިދިނެވެ. “އަހަރެމެން ދެމީހުން ތިބީ އެހެރަ ލެނބިފައި އޮތް ރުއްމަތީގައި….. އޭރު ވަރަށް ރާޅުވެސް ޖަހާ… މީނަ ފޮނިކަނޑަށް ދެކޮޅަށް ދުވެދުވެ ހުރީ…. ރުކުގެ ކޮޅުގައި ފެހި ޖަހާފަ ހުރީވެސް ދެން އެތަނުން ފައި ކައްސާލައިގެން މޫދުތެރެއަށް ވެއްޓުނީ… އޮޔާ ބޭރަށް ދާން ފެށީމަ އަހަރެން މޫދަށް ފުންމާލީ…. ދެން ދެން… އަހަރެންނަށް އޭނަ ނުހިފޭއްޓުނު… އެވަގުތު ވިޝާލްމެން އައީ….” ވާހަކަ އެހިސާބަށް ދިޔައިރު ޒީކަށް ރޮވިއްޖެއެވެ. ތޫބާ ޒީކްގެ ބޮލުގައި ފިރުމާލުމުން ތޫބާގެ ކޮނޑުގައި ޒީކް ބޯއަޅާލިއެވެ.

ގޮނޑުދޮށުގައި ތިބި އެންމެންވެސް ރޮނީއެވެ. އެކުގައި އެހާ މަޖާކޮށްފައި އުޅުނު އެކުވެރިއެއް ގެއްލިގެން ދިޔުމުން ހިތަށް އަސަރު ނުކޮށް ހުންނާނެ ހެއްޔެވެ.

ގެމެންދޫ ފަޅުތެރެއަށް ވަދެގެން ލޯންޗެއް އައެވެ. އެއީ ފުލުހުންގެ ލޯންޗުކަން އެނގުމުން އެންމެން ތެދުވެ އެ ލޯންޗު ގާތްކުރި ދިމާލަށް ހިނގައިގަތެވެ. ފުލުހުންގެ ހަތަރު މީހުންގެ ޓީމެކެވެ. ރަށުތެރެއަށް ފޭބުމާއި އެކީ މަޢުލޫމާތު ސާފުކުރުމަށް ސުވާލުކުރަން ފެށިއެވެ. ދަތުރުގެ ބައިވެރިންތަކާއި ވާހަކަ ދައްކަމުން އީވާންގެ ފުރާނަ ނެތް ހަށިގަނޑު ކައިރިއަށް ދިޔައެވެ.

ރަށުތެރެއިން ދުވެފައި ކަހަލަ ގޮތަކަށް ނުކުތް މަޒީނާއި ވިޝާލާއި ރާއިފް އައީ ނިތްކުރި މައްޗަށް ދެލޯ ދީގެންހުރެއެވެ. ތެޅެމުން ފޮޅެމުން އައި މަޒީން ގާތުގައި ފުލުސްމީހާ އަހާލިއެވެ. “ކިހިނެއްވީ… ހަމަޖެހިބަލަ…”

މަޒީނަށް ވާހަކައެއް ނުދެއްކެއެވެ. މަންމަނެއްހެން ރަށުގެ އަނެއްކޮޅަށް އިޝާރާތް ކުރަމުން ދިޔައިރު ރޮނީކަމެއް ހަޅޭއް ލަވަނީ ކަމެއް ނޭނގެއެވެ.

= ނުނިމޭ =

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ކިއާރާ

Next

އަނިޔާ… 2 ވަނަ ބައި

Next
December 8, 2015

އަނިޔާ… 2 ވަނަ ބައި

Previews
December 7, 2015

ކިއާރާ

22 Comments!

  1. ishyy says:
    December 7, 2015 at 10:17 pm

    good job shaz..

  2. Muru says:
    December 7, 2015 at 10:18 pm

    Salhi….next part koniraku?

  3. Shaa says:
    December 7, 2015 at 10:21 pm

    Wow.v reethi.anehbai dhen nereynee kondhuvahakun..keep it up.

  4. Shax Lyn says:
    December 7, 2015 at 10:23 pm

    Next part In-Sha Allah, I will try to upload on Thursday… 🙂 Thank you Muru and Ishy… <3

  5. shif says:
    December 7, 2015 at 10:24 pm

    Woow!!!!!so salhi ingey this part. .avaha next part ves up kohlaba…

  6. Petite says:
    December 7, 2015 at 10:29 pm

    Wowwwww…. v v v v habeysss 😀

  7. Xai says:
    December 7, 2015 at 10:30 pm

    yeyy me first ? .. mifaharu ranaa ge part kiyaalaa hithun hury.. but this story is awesome ingey hama.. hats off to shax ???

  8. Xai says:
    December 7, 2015 at 10:32 pm

    oops hehe.. im 6th dhw ???

  9. erum says:
    December 7, 2015 at 10:47 pm

    Oh so interesting. I luv this story thankolheh avahah up khdeeba pls shaz keep it up waitin for next part…

  10. leeeen says:
    December 7, 2015 at 11:29 pm

    Nice

  11. ina says:
    December 7, 2015 at 11:45 pm

    Nice v

  12. Reen says:
    December 8, 2015 at 12:11 am

    Varah salhi.

  13. Kul says:
    December 8, 2015 at 12:58 am

    Wow v Salhi..waiting 4 the nxt part.

  14. nabee jiaa says:
    December 8, 2015 at 2:13 am

    Varah varah varah nice. . Waiting for the next episode. …

  15. Xani says:
    December 8, 2015 at 7:59 am

    Reethi mi part vex..bt haadha lahey up kuraaleh..

  16. aleem says:
    December 8, 2015 at 8:24 am

    reethi mibaives… maalahee up vaaleh..

  17. sheynn says:
    December 8, 2015 at 11:24 am

    Wooowww….v nyc mi part vex…next part kiyaahithun kehmadhu vefa…avahah up kohdhehchey ingey

  18. Aleena says:
    December 8, 2015 at 4:00 pm

    Vara vara reethi.. jst awesome..

  19. Ahmed Ammu says:
    December 8, 2015 at 5:31 pm

    Habeys ☺

  20. Rana says:
    December 8, 2015 at 6:46 pm

    Story is great. Plus my name is there and baivaru stories eh story ehge therein genesdheythy hama habeys.?????. Waiting 4 the nxt part…..??

  21. aish aleena says:
    December 9, 2015 at 5:53 pm

    awesome ingey

  22. Hau says:
    December 10, 2015 at 2:10 pm

    Wow.. Vara salhi ☺

Comments are closed.


All Right Reserved!