
އަނިޔާ… 2 ވަނަ ބައި
ކޮއްކޮގެ ލޮލުގައިވާ ކަރުނަ އަހަރެންނަށް ފެނުނެވެ. ކޮއްކޮ ބޭރަށް ބަލަހައްޓައިގެން ހުރުމުން މަންމަވެސް ބޭރަށް ބަލާލިއެވެ. ނަމަވެސް އޭގެ ކުރިން އަހަރެން ބޭރަށް ނިކުމެއްޖައީމެވެ. އަދި ބޮލުގައި އިން އަވި އައިނު އަޅައިގެން ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ.
އަހަރެން ސައިކަލުގައި މަޑުކޮއްލީ މިހާރު އަހަރެން ދިރިއުޅޭ ކޮޓަރި ހުންނަ ގެސްޓް ހައުސް ކައިރިއަށެވެ. ސައިކަލު ޕާކް ކޮއްލުމަށްފަހު ދެތިންނޭވާ ބޭރުކޮއްލީމެވެ. އަދި އައިނު ރަނގަޅު ކޮއްލަމުން ސައިކަލުން ފައިބާ ސައިކަލު ތަޅުދަނޑި އަބުރަމުން ގެސްޓް ހައުސް ތެރެއަށް ވަދުނީމެވެ. ރިސެޕްޝަން ކައިރީގައި މަޑުކޮއްލިއިރުގައި އެތަނުގައި އިނީ އަބަދުވެސް އެތަނުގައި އިންނަ ޗައިނާގެ ރީތި ޒުވާން އަންހެން ކުއްޖެކެވެ. “މައި ކީ” އަހަރެން ހިނިތުންވެލަމުން އެކުއްޖާއާއި ދިމާލަށް ބުނެލީމެވެ. “ރޫމް ނަމްބަރ ސަރ” އެކުއްޖާވެސް ހިނިތުންވުމެއް ރައްދުކޮއްލަމުން ބުނެލިއެވެ. “ޓުވެންޓީ ފައިވް” އަހަރެން ހަމަ އެހުރިގޮތަށް ހުރެ ބުނެލީމެވެ. އެކުއްޖާ އަހަރެން އަތަށް ތަޅުދަނޑި ދިނުމާއި އެކު އަހަރެން މައްޗަށް އަރަން ހުރި ސިޑިއާއި ދިމާލަށް ހިގައިގަތީމެވެ. ދެހަރުފަތް ގިރާކުރުމަށްފަހު އަހަރެންގެ ކޮޓަރި ހުރި ފަންގިފިލާއަށް އެރުނެވެ. އަހަރެން ބާރު ހިގުމެއްގައި ގޮސް ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު އަހަރެން ލޮލުގައި އިން އައިނު ނަގާ ޑުރެސިން ޓޭބަލް މަތީގައި ބޭއްވިތަނާ ކުއްލިއަކަށް އަހަރެން އަތުގައި އޮތް ބައްތި ނޮކިޔާ ފޯނު ރިންގު ވާން ފެށިއެވެ. ފޯނު ނަގާ ބަލާލީމެވެ. ސްކްރީންގައި އިނީ “އަންނޯން” މިހެންނެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލީމެވެ. “ވާހަކަ ނުދައްކާ ތިހުރީ މިއަދު ކުރެވުނު ކަންތަކުންދޯ” ފޯނު ކަންފަތުގައި ޖައްސައިގެން އަހަރެން ވާހަކަ ނުދެއްކުމުން އެކޮޅުން އިވިގެން ދިޔައީ ފިރިހެނެއްގެ އަޑެކެވެ. “އެގޭ ދޯ މިއަދު ތިކުރެވުނީ ރަނގަޅު ކަމެއް ނޫންކަން” އަނެއްކާވެސް އެކޮޅުން ވާހަކަ ދެއްކިއެވެ. “އަދި ކިހާ ދުވަހެއް ވަންދެން އަހަރެން މިހެން އުޅެން ޖެހޭނެ” އަހަރެން އެންމެ ފަހުން ސުވާލު ކޮއްލީމެވެ. “މިހުރިހާ ދުވަހުވެސް ކެތްކުރީނުން. ދެން ނުވާނެ އެހާ ގިނަދުވަހެއް. މިހާރު ހުރިހާ ކަމެއްވެސް ނިމެނީ. ކުޑަ ދުވަސްކޮޅެއް ދެންވާނީ” އެކޮޅުން ޖަވާބު ލިބުނެވެ. އެހެން ބުނުމާއި އެކު އަހަރެން ފޯނު ކަނޑާލީމެވެ. އަދި އަތުކޮޅަށް ފޯނު އެއްލާލީމެވެ. އެދިޔަ ބާރު މިނުގައި ފޯނު ގޮސްޖެހުނީ ފާރުގައެވެ. ފާރުގައި ފޯނު ޖެހުމާއި އެކު ފުޑުފުޑު ވެގެން އެކި އެތިކޮޅު އެކި ތަންތަނަށް ބުރައިގެން ދިޔައެވެ. އަހަރެންނަށް ބޮލުގައި ހިފަހައްޓާލަމުން އެނދުގައި އިށީދެވުނެވެ.
އަހަރެންނަށް ދެނެއް މިކަންތަކެއް ނުވާނެއެވެ. މިވޭނުގައެއް ނޫޅެވޭނެއެވެ. އެންމެންގެ ރުޅި ބަސްތަކެއް އަޑެއް ނޭހޭނެއެވެ. މަންމަގެ ރުޅިވެރިކަމާއި އިތުރަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަހަރެން މިހުރިހާ ދުވަހުވެސް ކެތްކުރީއެއް ނޫނެކެވެ. ނަމަވެސް އިތުރު ގޮތެއް ނެތީއެވެ. އަހަރެންނަށް ކުރިއަށްދެވެން އޮތީ މިގޮތަށް ކަންތައް ކޮށްގެންނެވެ. އަހަރެންގެ ބޮލަށް ވަރަށް ބާރަށް ދެއަތުން ބާރުކޮއްލީމެވެ. އެމީހުން ހިތުން އަހަރެން ކެތްކުރީއެވެ. ނަމަވެސް އެމީހުން އަހަރެންނަށް މަޖްބޫރު ކުރީއެވެ. ކުއްލިއަކަށް އަހަރެންގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހިއެވެ. އަހަރެން ކޮޓަރީގެ ފާރުގައި ހުރި ގަޑިއަށް ބަލާލީމެވެ. ބޮލުގައި ޖަހާލަމުން ގޮސް ދޮރު ހުޅުވީމެވެ. ” ހޭ ބްރޯ ކިހާ އިރެއްތަ މިހާރު ގުޅާތާ. ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ” ދޮރުމަތީގައި ތިބި ދެފިރިހެނުން އެތެރެއަށް ވަންނަމުން ބުނެލިއެވެ. އެއީ މިހާރު އަހަރެންގެ އެކުވެރިންނެވެ. އަހަރެންނާއި އެކު މީގެ ގާތްގަޑަކަށް އެއްގަޑިއިރު ކުރިން ކޮފީ ބޯންތިބި ތިން މީހުންގެ ތެރެއިން ދެމީހުންނެވެ. ނާފިލް އެވެ. އުމުރުން އެންމެ 19 އަހަރުގެ ކުއްޖެކެވެ. ބޮލުންފެށިގެން ފަޔަށް އެންމެ މިޒަމާނު ވެފައެވެ. ކަރުގަޔާއި ކަންފަތުގައި އަދި އިތުރުން އަތުގަވެސް ނެތް އެއްޗެއް ނެތެވެ. މަންމަގެ ބަހުންނަމަ ހުސް ޗޭނެވެ. ދެންހުރީ އަހަރެންނާއި އެން އުމުރެއްގެ މާޒިންއެވެ. 29 އަހަރެވެ. ނާފިލްއެކޭ އެއްގޮތަށް އެންމެ މިޒަމާނު ފެޝަނެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ދޮރު ހުޅުވާލުމާއި އެކު އެތެރެއަށް އެމީހުންވަނެވެ.
“އޭ އަދިވެސް ކަޓާފަތަ. އަހަރުމެން އޭރު އެހެންކީ ޝާމް ހިންހަމަނުޖެހޭނެ ކަމަކަށް ނޫން” ނާފިލް ވާހަކަދެއްކިއެވެ. އޭނަގެ އުމުރުން ކިތައްމެ ކުޑަޔަސް އޭނަގެ ވާހަކަ ހުންނަނީ އެންމެ ބޮޑެތި މީހުންގެ ވާހަކަ ހުންނަ ގޮތަށެވެ. ނާފިލް އެހެންބުނީ ތަޅާލައިފައިވާ ފޯނު ފެނުމުންނެވެ. “ކަމް އޯން މޭން. ތިގޮތަށް ހުރީމަ ވަރަށް ނުގުޅޭ. ނާއްޓޭ ނަގާބަލަ ޖީބުގައި ތިހުރި އެއްޗެހި. މީނަ ހަމަޔަކަށް އެޅޭނީ އޭރުން” އަހަރެން ބަލަން ހުރި ގޮތުން މިފަހަރު ވާހަކަ ދެއްކީ މާޒިންނެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އެނދުމަތީގައި އިށީނީމެވެ. އެވަގުތު ނާފިލް އޭނަގެ ޖީބުން ކުޑަ ކަރުދާސް ކޮޅެއް ނެގިއެވެ. އަދި މާޒިންއަށް ދިއްކޮށްލިއެވެ. މާޒިން އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު އެކަރުދާސް ކޮޅު ހުޅުވާލިއެވެ. އެތެރޭގައި ހުރީ ކަޅު ކުލައިގައި ހުރި ކޮންމެވެސް ވަރެއްގެ ދިޔާ އެއްޗެކެވެ. އަހަރެން އިނީ ބަލާށެވެ. މާގިނަ އިރެއް ނުވެ ސިގިރެޓްގައި ހުންނަ ކުޑިއާއި އެކަޅުކުލައިގައި ހުރި އެތިކޮޅު އެއްކޮށްލުމަށްފަހު ބިޑިއެއް ހަދާލިއެވެ. އަދި ރޯކޮށްލުމަށްފަހު މާޒިން އެތެރެއަށް ދަމާލިއެވެ. އެވަގުތު ނާފިލް އެބިޑި ޖަހާގަތެވެ. ހީވީ ބަނޑުހައި ވެފައިވާ ސިންގާއަކަށް އޭގެ ޝިކާރުފެނުމުން އެއާއި ދިމާލަށް ފުއްމައިގެންހެންނެވެ. އަދި ދެތިންފަހަރަކު އެތެރެއަށް ދަމާލިއެވެ. އަހަރެން މިހުރިހާ މަންޒަރެއް ބަލަން އިނީމެވެ. އަނެއްކާވެސް މާޒިން އެބިޑި ދަމާލިއެވެ. “އޭ އޭނައަށް ދީބަލަ” ނާފިލް އެހެންބުނުމާއި އެކު އެބިޑި މާޒިން އަހަރެންނާއި ދިމާލަށް ދިށްކޮއްލިއެވެ. އަހަރެން އޭގައި ހިފީ އިތުރުގޮތެއް ނެތީމައެވެ.
އަހަރެން ކޮޓަރިން ނިކުތީމެވެ. އޭރު ކޮޓަރި ތެރޭގައި މާޒިންނާއި ނާފިލް ވާނުވާ ނޭގޭ ހާލުގައި ތިއްބެވެ. އަހަރެން ދިޔަގޮތަށް ބޭރަށް ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. ދާނެ ވަކި މިސްރާބެއް ނެތެވެ. އަހަރެން ވަކި ދާނީ ކޮންތާކަށް ހެއްޔެވެ. މިބޮޑު މާލޭގައި އަހަރެން ގިނަ ވެއްޖެއެވެ. އަދިވެސް އަހަރެންގެ ސިކުނޑިއަށް އުދަގޫ ކުރަމުންދިޔައީ ހުޝާމްގެ ކަންތަކެވެ. އޭނަ އެވަރުގެ ކަމެއް ކުރި ސަބަބެވެ. އެއީ އަހަރެންގެ އެކުވެރިއެކެވެ. ސައިކަލު ދުއްވަމުން އައިސް އަހަރެން މަޑުކޮއްލީ ހިމަ ގޯޅިގަނޑަކަށެވެ. ސައިކަލު ޕާކް ކުރުމަށްފަހު އަހަރެން އެހިމަ ގޯޅިގަނޑުން އެތެރެއަށް ހިގައިގަތީމެވެ. އެވަގުތު މީހެއް އަހަރެންގެ ކުރި މައްޗަށް އެރިއެވެ. އަހަރެން އެމީހާއާއި ދިމާލަށް ބަލާލަމުން އެއްފަރާތަކަށް ޖެހިލަމުން އަނެއްކާވެސް ހިގައިގަތީމެވެ. މަޑުހިގުމަކަށްފަހު ހަދަންފަށާފައިވާ ގެއަކަށް ވަނީމެވެ. އެގޭގައި ބޮޑުބައެއް ނަހަދާ ހުރި އިރުގައި އެއްކޮޓަރިވަނީ ހަދާފައެވެ. އަހަރެން މަޑު ހިގުމެއްގައި ގޮސް އެކޮޓަރިތެރެއަށް ވަނީމެވެ. އެކޮޓަރި ތެރޭގައި ހުރީ ދެގޮޑިއާއި މޭޒެކެވެ. އަހަރެން ގޮސް ގޮޑި ދަމާލަމުން އިށީދެލީމެވެ.އަހަރެން އެހެން އިންނަތާ ފަނަރަ މިނެޓް ފަހުން އެތެރެއަށް ވަދެގެން އައީ ފިރިހެނެކެވެ. ޓީޝާޓަކާއި ޖިންސެއް ލައިގެން ހުރި އިރު އޭނަ އަކީ އަހަރެންނާއި ހާސްތަފާތު މީހެކެވެ. އޭނަގެ އަތުގައި ކުޑަ ދަބަހެއް އޮތެވެ. އެމީހަކު އައިސް މޭޒުގެ އަނެއް ފަރާތުގައި އިން ގޮޑީގައި އިށީދެލިއެވެ. “އާ އިންފޮމޭޝަން އެއް ލިބުނީތަ” އިޝީދެލަމުން އޭނަ އަހާލިއެވެ. އަހަރެން އޭނައާއި ދިމާލަށް ބަލާލީމެވެ. އޭނައަށް އަހަރެން ބަލާލުމުގެ މާނަ ދެނެގަނެވުނެވެ. “ޝާމް ޔޫ ހޭވްޓް ޑޫ ދިސް” އަހަރެން އިސްޖަހާލީމެވެ. “މިއަދު ކަންތަށް ކުރި ގޮތް ރަނގަޅެއް ނޫން. އެގޭތަ ޝާމްގެ ކޮއްކޮ ހަމަޔަކަށް އަޅުވަން އަހަރެން ކުރާ މަސައްކަތް. އަނެއްކާ އަހަރެން ގެއަށް ވަންނަ އިރަށް ޝާމްގެ މަންމަ ކިޔާ އެއްޗެހި އަޑުއަހާކަށް މަށަކަށް ފަސޭހައެއް ނޫން”އެމީހާ ގޮޑީގައި ހަމަޖެހިލަމުން ބުނެލިއެވެ.
އަނެއްކާވެސް އަހަރެން ބަލާލީމެވެ. “ގަބޫލު ކުރަމޭ ޝާމްއަށްވެސް ފަސޭހަ ނޫންކަން. އެކަމަކު ދެން ކުޑަ ދުވަސްކޮޅެއް. މިހާރު ނަތީޖާ ފެންނަން މާގިނަ ދުވަހެއް ނެތް. ދެން ޝާމް ތިހެން އުޅުނީމަ”އޭނަގެ ވާހަކަ އޭނަ ކުރިއަށް ގެންދިޔައެވެ. “އަހަރެން ބޭނުން ހުޝާމްއާއި ވާހަކަ ދައްކަން” އަހަރެން ބުނެލީމެވެ. އެމީހާ އަހަރެންނާއި ދިމާލަށް ބަލާލީއެވެ. “ޝާމް” އެމީހާ އުޅުނީ ވާހަކަ ދައްކާށެވެ. ނަމަވެސް އަހަރެން އޭގެކުރިން ވާހަކަ ދެއްކީމެވެ. “ޕްލީޒް ފާރިޝް. އައި ޖަސްޓް ވޯންޓް ޓޯކް ޓު ހިމް” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ޔޫ ނޯ ޔޫ ކާންޓް ހެލްޕް ހިމް ރައިޓް” ފާރިޝް ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. “އޭނަ ވަނީ ހުރިހާ ކަމަކަށް އެއްބަސްވެފަ. އެހެންވީމަ ޝާމްއަށް އެއްވެސް ކަމެއް ނުކުރެވޭނެ” އަނެއްކާވެސް ފާރިޝް ބުނެލިއެވެ. “އައި ޖަސްޓް ވޯންޓް ޓޯކް” އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. “އޯކޭ އައި ވިލް ޓްރައި. އެކަމަކު ހިޔެއްނުވޭ އެހާ ފަސޭހަ ވާނެ ހެނެއް. އެގޭނެ އެކަމަކީ ވަރަށް ސެކިއުރުޓީ ވަރުގަދަ ކޮށް ގެންދާ ކަމެއްކަން. ބަޓް އައި ވިލް ޓޯކް ޓު ބޮސް” ފާރިޝް ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. “ދެން މިވަގުތު އަހަރެން ދަނީ. ރަނގަޅު އިންފޮމޭޝަން އެއް ލިބުނު އިރަކުން އަހަރެންނަށް އަންގާލާ. އެނގެއެއްނުން ދެން ބައްދަލު ވާނެ ތަންދޯ” ފާރިޝް ތެދުވަމުން ބުނެލިއެވެ. އަހަރެން މިފަހަރުވެސް ބޯޖަހާލީމެވެ. ފާރިޝް ހިނިތުންވެލަމުން ބޭރަށް ދާން ހިގައިގަތެވެ. “ވެއިޓް. މައި ފޯން އިޒް ޑެޑް. އެންޑް އައި ނީޑް މޯ މެޑިސިން. އަހަރެން އަތުގައި ހުރި ބޭސް ހުސްވަނީ” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ރުޅި އަންނަ ކޮންމެ ފަހަރަކު ފޯނަށް ވަރު ބާލަން ޖެހޭތަ. އެގޭތަ މި މަސައްކަތުގައި ޝާމްއަށް ކިތައް ފޯނު ހަރަދުވެއްޖެކަން” އެހެން ބުނުމަށްފަހު ފާރިޝް ދަބަސްތެރެއިން ކުޑަ ފޮއްޓެއް ނަގާ ދިއްކޮއްލިއެވެ. އެއީ ނޮކިޔާ ފޯނެކެވެ. އަހަރެން ހިނިތުންވެލަމުން އޭގައި ހިފީމެވެ. “އަހަރެން ޑޮކް އާއި ވާހަކަ ދައްކާނަން. ޝާމްގެ މެޑިސިން ޝާމްއަށް ލިބޭނެ މިރޭ” އެހެން ބުނުމަށްފަހު ފާރިޝް އެތަނުން ނިކުތެވެ.
އަހަރެން އެތަނުން ނިކުތީ ފާރިޝް ނިކުންތާ ފަނަރަ މިނެޓް ފަހުންނެވެ. ސައިކަލަށް އަރާ ސްޓާކް ކޮއްލީމެވެ. އަހަރެން ދިޔައީ އަމީނީމަގުން ކުޑަކުދިންގެ ޕާކްއާއި ދިމާލަށެވެ. ކޮޓަރިއަށް ދިއުމުގެ ކުރިން ސިކުނޑި ހަމަޖައްސާލުމަށެވެ. ނަމަވެސް އަހަރެން ދުއްވަމުން ދިޔަ ސައިކަލްގެ ބުރެކި އަހަރެންނަށް ކުއްލިއަކަށް ޖައްސާލެވުނެވެ. މަގުހުރަސް ކުރަމުންދިޔަ ކުއްޖާ ފެނުމުންނެވެ. އަންހެން ކުއްޖެކެވެ. އެއީ މިދުނިޔޭގައި ހުރި އަހަރެންނަށް އެންމެ ރީތި އަންހެން ކުއްޖާއެވެ. އޭނަގެ އަތުގައި ހިފައްހާޓައިގެން ކުޑަ ކުއްޖަކު ހުއްޓެވެ.
ނުނިމޭ….
139 Comments
Comments are closed.
ކިހިނެއްތަ ހުރިހާ ކުދިން… މިބައިވެސް ހުރިހާ ކުދިންނަށް ކަމުދާނެކަމަށް ހީކުރަން… ހުރިހާ ކުދިންގެ ހިޔާލުތަކަށް މަރުޙަބާ ކިޔަން 🙂
Vvvvvv nice…thanks for uploading…when zpart
thnks vily v bodah 🙂 next part maadhan iraadha kureviyya 🙂
anekkaa shaaam akee polihehtha????
Mi kurin genesdheefa oh story eh dhw?
yes mary.. mi vaahaka kurin up kohfa innany… 🙂
V v rythi…. hama awsum…. nd v hppy daily koh kiyan libeythyy… n thnks….. cant wait fr tmrw’s part…
thnks nukko.. iraadha kuerviyya up koh dheynan konme dhuvahaku igey 🙂
Kurin vx up kohffa in story eh dhw