ޖުވޭރިޔާ އިނީ ހިމޭނުންނެވެ. ދީމް ސައި ނިންމާލާފައި ދާން ތެދުވެލުމުން އޭނަ ދީމްއަށް ގޮވާލިއެވެ. ދީމް މަންމައަށް ބަލާލިއެވެ. ފުރަތަމަ ވެސް މަންމަ އޭނަގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނެކަން އޭނައަށް އެނގެއެވެ. އަމިއްލަ ދަރިންނަށް ވުރެ މަންމައަށް މުހިންމު ވަނީ ހިލޭ މީހުންނެވެ. ޔަޤީނެވެ. އެއުޅެނީ އޭނަގެ ނިންމުން ބަދަލުކުރުވާށެވެ. ނަމަވެސް އޭނަ އަކީ މަންމަ ހީކުރާހާ ނުވިސްނޭ ކުއްޖެއް ނޫނެވެ. ”ދަރިފުޅުގެ ބައްޕަ ވަނީ އެޕޮއިންޓްމެންޓް ހައްދާފަ، އެއީ ރާއްޖޭގަ މިވަގުތު ހުރި އެންމެ މޮޅު […]
“މިއަދު އަފާ ވަރަށްތަފާތު… އެމަންޖެ ހީވަނީ ބޮޑުއުފަލެއް ލިބިގެން އުޅޭހެން..” ކާމޭޒު ކައިރީގައި އިނދެ ސަމީރާ ވާހަކަދެއްކީ މޫސައާއެވެ. “އެހެންތަ؟ ތިވާނީ އެމަންޖެއަށް ވިސްނެނީކަމަށް.. އެހެންގޮސް މަޑުމަޑުން ޒައިންމަތިން ހަނދާންނެތިދާނެ..” މޫސައެހެން ބުނީ އެއީއޭނާ ބޭނުންވާ ގޮތްކަމުގައި ވާތީއެވެ. އިރުކޮޅަކުން އަފާއާއި ވަސީމް ކާންއައުމުން ދެމީހުން ދައްކަމުން ދިޔަވާހަކަ ހުއްޓާލުމަށްފަހު މޫސަ ވާހަކައޮޅުވައިލިއެވެ. “ދަރިފުޅާ ވަސީމް.. ރެސްޓޯރެންޓުގެ މަސައްކަތް ކިހާހިސާބަކަށް ގޮއްސިތަމިހާރު. ؟” “ފަސްމަސް ތެރޭގަ ހުޅުވޭވަރު ވާނެހެން ހީވަނީ.” ވަސީމް ފެންތަށިން ކޯވަރެއް ބޯލަމުން ޖަވާބުދިނެވެ. […]
ހަވީރު ވެހެން ފެށި ވާރޭ ހުއްޓާލިތާ އަދި މާކަ ގިނައިރެއް ނުވާނެއެވެ. އަނެއްކާވެސް އޮއްސައިގަންނަން އެއޮތީ ތައްޔާރަށެވެ. ލީނާއިނީ ފެންޑާގައި އިން ކުޑަ ދަށުގައެވެ. ޖާވިދު އައިސް ވާހަކަ ދެއްކުމުން ލީނާ ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. ޖާވިދު އެވެ. ގަސްތުގަ ހެއްޔެވެ.. ނޫނީ އޮޅިގެން ހެއްޔެވެ. ލީނާ ކީ ތީ ފުރަތަމަ ފަހަރެވެ. ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. ކީއްވެ ކަމެއް ނޭގެއެވެ. ޖާވިދު އަހަރެން ދުރުކޮއްލީހެން ހީވަނީ ކީއްވެ ހެއްޔެވެ. ތި ލޮލުން ކުރިއާ ހިލާފަ އެއްޗެއް […]
ޔޫޝައު ބުމަ ކައިރިކޮށްލަމުން ސައިކަލުން ފޭބިއެވެ. މުށްކެވިފައިވާ އަތް ޖިސްންގެ ޖީބަށް ކޮށްޕާލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. ފަލަކްގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކުން އޭނަގެ ސިކުނޑި ރުޅިވެރިކަމުން ފިއްސާލައި ފިއެވެ. އެކަން އޭނަގެ ދެލޮލުން ސާފުކޮށް ހާމަކޮށްދެއެވެ. ”އައެމް ސޮރީ ފަލަކްއަށް ގޯސް މެސެޖެއް ދެވިފައިވާނަމަ، އެވަގުތު އެކުރެވުނު ކަންތައް އަހަރެން ރިގްރެކްޓް ކުރަން…. ފަލަކް އަހަންނާ މެދު ތިދެކޭ ނަޒަރުން ދުވަހަކު ވެސް އަހަންނަށް ފަލަކްއާ މެދު ނުދެކެވޭނެ، އެކަން ދުވަހަކު ނުވާނެ، އަހަންނަށް […]
ގެމެންދޫ ފަޅުތެރެއަށް ވަދެގެން ލޯންޗެއް އައެވެ. އެއީ ފުލުހުންގެ ލޯންޗުކަން އެނގުމުން އެންމެން ތެދުވެ އެ ލޯންޗު ގާތްކުރި ދިމާލަށް ހިނގައިގަތެވެ. ފުލުހުންގެ ހަތަރު މީހުންގެ ޓީމެކެވެ. ރަށުތެރެއަށް ފޭބުމާއި އެކީ މަޢުލޫމާތު ސާފުކުރުމަށް ސުވާލުކުރަން ފެށިއެވެ. ދަތުރުގެ ބައިވެރިންތަކާއި ވާހަކަ ދައްކަމުން އީވާންގެ ފުރާނަ ނެތް ހަށިގަނޑު ކައިރިއަށް ދިޔައެވެ. ރަށުތެރެއިން ދުވެފައި ކަހަލަ ގޮތަކަށް ނުކުތް މަޒީނާއި ވިޝާލާއި ރާއިފް އައީ ނިތްކުރި މައްޗަށް ދެލޯ ދީގެންހުރެއެވެ. ތެޅެމުން ފޮޅެމުން އައި މަޒީން ގާތުގައި […]
އަހަރެން ފޯނު ކަނޑާލުމަށްފަހު އެތަނުން ތެދުވެގެން ހިގައިގަތީމެވެ. އެވަގުތު ފާރިޝް އަހަރެން އިން ގޮޑިއާއި ދިމާލަށް އަންނަތަން ފެނުނެވެ. އަހަރެން ވަކި ހިސާބަށް ގޮސްފައި އެބުރި ބަލާލިއިރު ފާރިޝް ހުރީ އެގޮޑި ކައިރީގައި އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންވެ. އަހަރެން ދިޔަގޮތަށް ގޮސްވަނީ އަހަރެންގެ ކޮޓަރިއަށެވެ. އަހަރެންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެއަށްވުރެއް ބޮޑަށް ސިކުނޑިއަށް އުދަގޫ ކުރަމުންދިޔައީ މަލިކާގެ ހަނދާންތަކެވެ. ދޮރު ތަޅުލުމަށްފަހު އެނދުގައި އަހަރެން އޮށޯވެލީމެވެ. ލޯމަރާލުމާއި އެކު ލޯމަތިން […]
ހަތަރު މީހުން އެކުޑަ ކުޑަ އެނދުމަށްޗަށް ޖެހިފައި ތިބި އިރު ތިބެވެނީ ފިތިބާރުވެގެންނެވެ. ގަގައި ފޭރާމެއް ނެތް އިރު ހީވަނީ ހާލުދެރަވެފައި ތިބި ނިކަމެތި ފަގީރުން ތަކެއް ހެންނެވެ. ” ކޮބާ މުސާ މިހާރު ހޭ އަރައިފިތަ؟ މިހާރު އެނގިއްޖެ ދޯ މަށާ ދިމާއަށް ފާޑު ފާޑު އެއްޗެހި ބުނީމައި ވާނެ ގޮތް، ދެން ނިކަން މަށޭ ކިޔާފައި އެއްޗެއް ކިޔާލަބަލަ މަވެސް މީ ނުލަފާ މީހެއްކަން އަންގާލާނަން، ފާތުމައަށް ކަލޭގެ ތިއުޅުން ނޭނގިއްޖިއްޔާ މަގޭ ނަމަކަށް […]
ފެންވަރާލައިގެން ތެތްއެއްޗެހި ބަދަލު ކޮއްލައިގެން ދެމީހުންވެސް ހިޔާ ކޮއްފައިވާ ޓެރެސްއަށް އަރާ އެތާ ބަހައްޓާފައިވާ ސޯފައިގައި އިށީންދެލިއެވެ. އެކި ވާހަކަ ދައްކަމުން ގޮސް ލިވްޔާ ރޭގަ ކަންތަށް ކުރެވުނު ގޮތުން މައާފަށްވެސް އެދުނެވެ. ދެމީހުން ދައްކަމުން ދިޔަ ވާހަކަ މެދު ކެނޑުނީ ލިވްޔާގެ ފޯނު ރިންވާ އަޑަށްށެވެ. ފޯނު ނަގާ ހަލޯ އޭ ބުނުމުން އެ ކޮޅުން ބުނި އެއްޗެއް އަޑު އިވިފައި ލިވްޔާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އޭރު އެދެލޯ ވަނީ ކަރުނުން ފުރިފައެވެ. […]
ޖަވާބަކަށް ބޭނުންވާ ފަދައިން ޖާވިދު ލީނާއާ ދިމާލަށް ބަލަން ހުރުމުން އިސްޖަހާލީ ލީނާ ބުނާ އެއްޗަކުން ޖާވިދު ހިތްހަމަނުޖެހިދާނެތީއެވެ. “ނޭނގެ.. ފަޔާ ފެނުނީމަ ވަރަށް ދެރަވޭ.. ނޭނގެ ކީއްވެކަމެއް.. އަދިވެސް ފަޔާއާއެކު އުޅެން ބޭނުން ވާހެން ހީވަނީ.. ދެން ނޭނގެ.. ފަޔާ ބޭނުމެއް ނުވާނެ އަހަރެން ކަހަލަ މީހަކާއެކީގައި އުޅޭކަށް.” ލީނާ އަނެއްކާވެސް އިސްޖަހާލީ ކަރުނަތަށް ޖާވިދުއަށް ފޮރުވުމަށެވެ. “ރެޕަންޒިލް ތިހެން ނުވިސްނަބަލަ.. އަހަންނަށް ހީވަނީ ފަޔާޒްވެސް މިހާރު ރެޕަންޒިލް ބޭނުންހެން.. އޭނަގެ އަމަލު ހުރިގޮތުން ހީވަނީ […]